ބޮއްކުރާ

ނ. ދޯނިފަހަރު ބަންނަ ގޮތަށް ބަނދެފައި ހުންނަ ކުޑަ އުޅަނދެއް. މި ބަނދެފައި ހުންނަނީ ކޮލި ބޮޑުކޮންނެވެ. މިއީ، ފަލިޖަހައިގެން ނުވަތަ ރިތުގެ ބޭނުންކޮށްގެން ދުއްވާ އެއްޗެކެވެ. މި ކުރިން ޢާއްމުކޮށް ބޭނުންކޮށް އުޅެނީ ދަތުރުވެރިން އޮޑިފަހަރަށް އަރާ ފޭބުމަށެވެ. މީގައި ކުނބެއް ހުންގާނެއް ނުހުންނާނެއެވެ.

މާނައާ ގުޅުންހުރި

ބޮއްކޮރާ

ނ. ބޮއްކުރާ.

ކަނބާދި

ނ. 1 އިހުގައި ދަތުރަށް އަރާ ވަޑައިގަންނަވާ ދޮރޯށްޓާދިމާ ގޮނޑުދޮށުގައި އަރާ ފައިބާން، ބިންގަޑު ކަތިކޮށް ހަދައިފައި އޮތްތަނެއް. 2 ގޮނޑުދޮށުގައި ބޮއްކުރާ ލަފައި މީހުން ފައިބާއުޅޭން ހަދައިފައި އޮންނަ ކެންޑުން.

ފަރުމާނުމަންދޭލަ

ނ. ހަމަރިޔާ ނަގާއެއްޗެހީގެ މައިރިޔާ ނެގުމަށް، ހަންޖަލަށް ލުއިކޮށް ދިނުމަށް އަރަލުގެ މެދުގައި ޖަހައިފައި ހުންނަ ދެރޯޒުގެވައު. މިހުންނާނީ ދެފުރޮޅުލީ ދެކައްޕި ގުޅައިފައެވެ. ބޮއްކުރާ ނަގަނީވެސް މަންދޭލައިންނެވެ.

ފައްތިޔާ

ނ. 1 ބޮޑު ދޯންޏަށް އަރަން އޮންނަ ކުޑަދޯނި، ނުވަތަ ބޮއްކުރާ ނުވަތަ ކަނދުފަތި. 2 އޮޑިދޯނި ފަހަރު އެޅުމަށް ފަޅުތެރޭގައި ނުވަތަ ބޭރުމަތީގައި ދެކޮޅު ހަރުކޮށްފައި އޮންނަވާ. 3 އަންނައުނު މޫދުގައި އަޅާން ދަމާފައި އޮންނަވާ.

ތޮކި

ނ. (ގ) ކުދި ބޮއްކުރާ.

ގޭކާވަޅި

ނ. (ސ) އެގެއެއްގެ މީހުންގެ ދިރިއުޅުމަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތް. (މަސްދޯނި، ނުވަތަ ވަދުދޯނި ނުވަތަ ބޮއްކުރާފަދަ ތަކެތި)

ލަފުޒާ ގުޅުންހުރި

ބޮއްކުރާ

ނ. ދޯނިފަހަރު ބަންނަ ގޮތަށް ބަނދެފައި ހުންނަ ކުޑަ އުޅަނދެއް. މި ބަނދެފައި ހުންނަނީ ކޮލި ބޮޑުކޮންނެވެ. މިއީ، ފަލިޖަހައިގެން ނުވަތަ ރިތުގެ ބޭނުންކޮށްގެން ދުއްވާ އެއްޗެކެވެ. މި ކުރިން ޢާއްމުކޮށް ބޭނުންކޮށް އުޅެނީ ދަތުރުވެރިން އޮޑިފަހަރަށް އަރާ ފޭބުމަށެވެ. މީގައި ކުނބެއް ހުންގާނެއް ނުހުންނާނެއެވެ.

ބޮއްކުރާދޮށަށްއޮޑިކެނބުން

މ. [މަޖާޒު] 1 ފިރިހެނުން ހޯދަން އަންހެނުން ދިއުން. 2 ނޯކަރު މީހާގާތަށް ސާހިބުމީހާ ކަންތަކާ ދިއުން.

ބަސްފޮތް ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރައްވާ

ބަސްފޮތުގެ މުޅިން އާ އިސްދާރެއް ބައްލަވާލައްވާ