ލ

އ. 1 ތާނައިގެ ސާދަވަނަ އަކުރު. 2 އަކުރުފިލި ތާނައިގެ އޮބޮފިލި. 3 ދިވެހި ހިސާބުއަކުރުގެ ފަހެއް.

  573

މާނައާ ގުޅުންހުރި

ހަ

ނއ. އަދަދުގެ ގޮތުން ހައެއް. މިސާލު: {ހ} ހަ ގޮނޑި. ނ. 2 [ބޯދާ] ގަހާތަރި.

ހަހަރު

ނ. ލޯބި.

ހަހަރުވެތި

ނއ. ލޯބިވެތި.

ހަހަރުވެތުން

މ. ލޯބިކުރުން.

ހަހުރަ

ނ. [ބޯދާ] އަނެކަކަށް ލިބިފައިވާ ކުޅަދާނަކަމެއް ނުވަތަ ނިޢުމަތެއް ތިމާއަށްވެސް ލިބޭނެނަމައޭ ހިތަށްއަރާ އެރުން.

ހަށަނަރަ

ނ. 1 ތާނައިގެ އަލިފުބާ. 2 ތާނައިގެ އަކުރުތަކަށް އެއްކޮށް ކިޔާ ނަން.

ހަށަން

ނ. 1 ޙަރަމް. 2 ހަށަން ބަނދެފައި ހުންނަ ވައްތަރު. 3 މައްކާގެ ގަސްގަހާގެހި ކެނޑުމާއި ޝިކާރަކުރުން މަނާ ހިސާބު. 4 ގެފުޅާއި ޒިޔާރާތްފުޅާއި މަސްޖިދުލް އަޤްޞާގެ ވަށައިގެން އޮންނަ ހަރިންމަ.

ހަށަންބަނުން

މ. 1 ޙަރަމް ބަނުން. 2 ވައަތް ބަނޑުގައި ޖައްސައި އެއަތުގެ ކުޑަހުޅުގައި ކަނާއަތުން ހިފެހެއްޓުން. 3 ކަނާއަތްތިލަ ވައަތު ކިހިލިފަތްދޮށަށް ލުމާއިއެކު ވައަތްތިލަ ކަނާތު ކިހިލިފަތްދޮށަށް ލުން. 4 މެޔާހަމައިގައި ދެއަތުން ގޮށެއްގެ ސިފަ ޖެއްސުން. އަދި މިނޫން ގޮތްގޮތަށްވެސް މިޙަރަކާތް ގެނެއެވެ. އަދި މިޙަރަކާތްތައް އަދަބުވެރިގޮތުން ނޫނަސް ގެނެވެ އެވެ.

ހަށަންފުޅު

ނ. މައްކާ އާއި މަދީނާ އާއި މަސްޖިދުލް އަޤްޞާގެ ހަށަން.

ހަށަބަސް

ނ. ހަށަނަރަބަޅައިގެ ތަރުތީބުން ޖެހިޖެހިގެން އޮންނަ ދެއަކުރު އެއްއަކުރު އަނެއްއަކުރާ ބަދަލުކޮށްގެން ވާހަކަދައްކާ ބަސް. މިސާލު: {ހ} ތުއްތުދީދި (ލުއްލުފީފި.) {ށ} މޫސާފުޅު (ވޫޑާދުބު). {ނ} ހުސައިންދީދީ (ށުޑެންފީފި).

ހަށަވާދަ

ނ. 1 ލަދުގަންނަ ޒާތުގެ ޒުވާބު. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ދައްކާ ލަދުގަންނަ ޒާތުގެ ވާހަކަ. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅުކަމަށް ބުނެ ކުރާ ޒުވާބާއި ވާ އަރާރުން. 4 (ސ) ވައްބަހުން ދައްކާ ވާހަކަ.

ހަށަވާދަކިޔުން

މ. 1 ލަދުގަންނަޒާތުގެ ޒުވާބުކުރުން. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ލަދުގަންނަ ޒާތުގެ ވާހަކަ ދެއްކުން. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅު ކަމަށްބުނެ ވާހަކަދައްކައި ޒުވާބުކޮށް އަރާރުންވުން. 4 (ސ) ވައްބަހުން ވާހަކަ ދެއްކުން.

ހަށަވާލި

ނ. ވާލި އާއިލާގެ ފަރުމަހެއް. މިމަސް އެހެނިހެން ވާއްޔަށްވުރެ ދިގުވާނެއެވެ. މިވާލީގެ ބުރަކަށި މަތީ އެއްވަރަކަށް ހުންނަ ކަށިތަކެއް ހުންނާނެއެވެ. މަހުގެ ކުލައަކީ ރިހިއަޅި ކުލައެވެ. މަހުގެ އަރިމަތީގައި ދެބަރިއަކަށް ހުންނަ ކަޅު ލައްތަކެއް ހުރެއެވެ.

ހަށިހުއްދަ

ނއ. 1 ބަލިވެއިންކަމުގައި ނުވާ. 2 އަނެކާގެ ޢިއްދައެއްގައި އިންކަމުގައި ނުވާ.

ހަށިހުއްދަވުން

މ. 1 ބަލިވެއިންކަމުގައި ނުވުން. 2 އަނެކާގެ ޢިއްދައިގައި އިންކަމުގައި ނުވުން.

ހަށިހެޔޮ

ނއ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅު. 2 ސަމައްތަރު ހެޔޮ. 3 ހަށިގަނޑު އެކަށީގެންވާ ވަރަށް ފަލަ. 4 ރޫފަ ރަގަނޅު.

ހަށިހެޔޮކަން

ނއނ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅުކަން، 2 ސަމައްތަރު ހެޔޮކަން. 3 ހަށިގަނޑު ހެޔޮވަރަށް ފަލަކަން 4 ރޫފަ ރަނގަޅުކަން.

ހަށިހެޔޮވުން

މ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅުވުން. 2 ސަމައްތަރު ހެޔޮވުން 3 ހަށިގަނޑު އެކަށީގެންވާ ވަރަށް ފަލަވުން. 4 ރޫފަ ރަނގަޅުވުން.

ހަށިބުރަ

ނއ. ބަރުހެލި.

ހަށިބުރަކަން

ނއނ. ބަރުހެލިކަން.

ހަށިބުރަވުން

މ. ބަރުހެލިވުން.

ހަށިކޮޅުފުރާނޭވާފުޅުލެއްވުން

މ. [އެންމެމާތް] "ހަށިފުރާ ނޭވާލުން" މިބަހުގެ އެންމެ މާތްގޮތް.

ހަށިވައު

ނ. (ހ) 1 ދަނޑީވައު. 2 ތުންމަތީ ރިޔަލުގެ ދަނޑި ހިފެހެއްޓުމަށް ދަނޑީގެ ކުރީގައި ޖަހާ ވައު.

ހަށިފަސޭހަކޮށްލުން

މ. [މަޖާޒު] ހިތްފަސޭހަކޮށްލުން.

ހަށިފުރާނޭވާލުން

މ. 1 ދިގުކޮށް މާނޭވާލުން. 2 ދިގުކޮށް ފުންކޮށް ނޭވާއެއް ލުން.

ހަށިފުރާނޭވާލެއްވުން

މ. [މާތް] "ހަށިފުރާނޭވާލުން" މިބަހުގެ މާތްގޮތް.

ހަށިފޮޅައިލުން

މ. 1 ދޫނިސޫފާސޫފީގެ ގައިގައި ހުންނަފެން ނުވަތަ ހިރަފުސް ފޮޅައިލުމަށް އެސޮރުމެންގެ ހަށިގަނޑަށް ހަރަކާތްގެނައުން. 2 ތިމާގެ ގައިގައި މީހަކު ނުވަތަ ދިރޭއެއްޗެއް ބައްދައިފައި އޮތް ބެއްދުމެއް ނައްޓައިލުމަށް ޙަރަކާތްކުރުން. 3 [މަޖާޒު] ކުރިމަތިވެފައިވާ ދަތިތަކަކުން ސަލާމަތްވެގަތުން.

ހަށިފޮޅައިލެއްވުން

މ. [މާތް] "ހަށިފޮޅައިލުން" މިބަހުގެ މާތްގޮތް.

ހަށިލުއި

ނއ. ބުރަހެލިކަން ނެތް.

ހަށިލުއިކަން

ނއނ. ބުރަހެލިކަމެއް ނެތްކަން.

ހަށިލުއިވުން

މ. ބުރަހެލިކަމެއް ނެތުން.

ހަށިގަނޑު

ނ. 1 އިންސާނުންނާއި ޙަޢިވާނުންގެ ބޮލާއި ހަތަރެސްފައި ނޫންހައިތަން. 2 މުޅިއިންސާނާ ނުވަތަ މުޅި ޙައިވާނާ.

ހަށުގަނޑަ

ނ. (ލ) ހަށިގަނޑު.

ހަނކާ

ނ. 1 ބަރަވަލި، ގޮޅާފަދަތަކެތީގެ ތޮށި. 2 ސަންގު.

ހަނކިބޮލި

ނ. (ގ) ސައްކެޔޮ ބޮލިޒާތުގެ ބޮއްޔެއް.

ހަނދަ

ނ. (ލ،ސ) ހަނދު.

ހަނދަރަބޮލި

ނ. (ޏ) ސަނދަރަބޮލި.

ހަނދަފަޅަ

ނ. (ލ) 1 ހަނދުފަޅި. 2 ހުޅެވިހަނދު.

ހަނދަލަ

ނ. (ހ) 1 ބޮޑުކޮރަކަލި. 2 ކޮރަކައްޔާއި ހަންޖާ ދެމެދުގެ ހަނދިމަސް.

ހަނދާނީފިލާ

ނ. ޚިދުމަތެއްގެ އަގުވަޒަންކުރުމަށްޓަކައި ނުވަތަ ކަމެއްގެ ހަނދާނެއްގެ ގޮތުން ލިޔެ ކުރެހުން އަޅައި ނުވަތަ ފޮޓޯއެއް ޖަހައިގެން ހަދައިފައި ދޭ ބޯޑެއް. މި ހަދައިފައި ހުންނަނީ ތަފާތު އެއްޗެހިން ތަފާތު ގޮތްގޮތަށެވެ.

ހަނދާނީލިޔުން

ނ. ކަމެއްގެ ހަނދާނެއްގެ ގޮތުން ދޭ ސަނަދު ނުވަތަ ސެޓުފިކެޓް ފަދަ ލިޔުން.

ހަނދާން

ނ. 1 ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާ ހުރުމުގެ ބާރު. 2 ކަމެއް ނުވަތަ އެއްޗެއް ހިތަށްގެނައުމުގެ ބާރު.

ހަނދާންބެހެއްޓުން

މ. އެއްޗެއް ހިތުންފިލައި ދިޔަނުދިނުން.

ހަނދާންނެތުން

މ. 1 ހިތަށް ނައުން. 2 ހިތުން ފިލައިދިއުން.

ހަނދާންކުރުން

މ. 1 ވިސްނައި ފިކުރަށް ގެނައުން. 2 އަލުން ހިތްމައްޗަށް ގެނައުން. 3 ވިސްނުމަށް ގެނައުން. 4 ހިތުގައި ބެހެއްޓުން.

ހަނދާންވުން

މ. 1 ވިސްނައި ފިކުރަށް އައުން. 2 އަލުން ހިތްމައްޗަށް އައުން. 3 ވިސްނުމަށް އައުން.

ހަނދި

ނ. 1 ފަރުމަހުގެ ބާވަތެއް. މީގެ ކިތަންމެ ވައްތަރެއް ހުރެއެވެ. މިސާލު: {ހ} ފަނިހަނދި. {ށ} މުޑަހަނދި. 2 ރާނާ އުވަޖަހަން ގެންގުޅޭ އާލަތެއް.

ހަނދިވަޅު

ނ. އުވަޖެހުމުގައި ހަނދިން އޮމާން ކުރުމަށްފަހު ނުފިލާހުންނަ ހަނދީގެ އަސަރު

ހަނދިވާލި

ނ. ވާލީގެ ބާވަތެއް. މީގެނަގޫފަތް ދިގުވާނެއެވެ.

ހަނދު

ނ. 1 ބިމުގެ ވަށައިގެން ދައުރުކުރާ ތަރިއެއް. މިއީ އިރުން އެއަށް އަލިކަން ލިބިގެން ރޭގަނޑު ބިމަށް އަލިކުރާ ތަރިއެކެވެ. 2 ތަރިއެއްގެ ވަށައިގެން ދައުރުކުރާ ފިޔަޖަހާ ތަރިއަކުން އަލިކަން ލިބިގެން އެތަބާވާ ތަރިއަކަށް އަލިފޮނުވައިދޭ ތަރިއެއް.

ހަނދުބަލާރޭ

ނ. ހަނދުމަހުގެ ތިރީސްވިލޭރޭ.

ހަނދުބަޑި

ނ. 1 އީދުރޯދައަށް ހަނދު ފެނުނީމާ ޖަހާ ބަޑި. 2 އިހުގައި ރަޖަބު ، ރަމަޟާން، ޝައްވާލު، މިތިންމަހުގެ ފުރަތަމަރޭ ޖަހައި އުޅުނު ރަސްމީބަޑި. 3 މެދުވަރުގެ ހަރުމަތީބަޑި.

ހަނދުބެލުން

މ. 1 މަހުގެ ތިރީސްވިލޭރޭ ހުޅެވި ހަނދު ފެނޭތޯ ބެލުން. 2 ހަނދުމަހަށް ފެށުން.

ހަނދުބޮލި

ނ. (މ) ސަނދަރަބޮލި.

ހަނދުކަލާބޮލި

ނ. (ފ) ސަނދަރަ ބޮލި.

ހަނދުވަންހަ

ނ. އުތުރު އިންޑިޔާގައި ރަސްކަންކުރި ޢާއިލާއެއްގެ ނަން. ރާއްޖެއިސްލާންވީ އިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ މިދަރިކޮޅުގެ ބޭފުޅެކެވެ. ދިވެހީން މިދަރިކޮޅަށް "ތީމުގޭ ދަރިކޮޅު" އަދި "މަލެއި" ދަރިކޮޅު މިހެންވެސް ކިޔައެވެ.

ހަނދަވަރަސުރާ

ނ. (ސ) ހަނދުވަރު މޫސުމުގައި ބޮޑެތިކަން ނެލި ބޭނުމަށްކުރާ މަސްވެރިކަން.

ހަނދުވަރީމައު

ނ. ކަށިގިނަ ގަހެއްގައި އަޅާ ކުދިކުދި މާތަކެއް. މިމަލުގައި ވައިލެއޓް ކުލަޔާ ހުދުކުލަ ހުރެއެވެ. ފަތްވައްތަރުވަނީ ކުދި ހީނާފަތާއެވެ. މިގަހުގައި ނުކުންނަ އޮށް ވައްތަރުވާނީ ދޮންމޫސަ ގަހުގެ އޮށާއެވެ. ނަމަވެސް މީގެ ކުލައަކީ ރީނދޫ ކުލައެވެ.

ހަނދުވަރީގަސް

ނ. 1 ހުނިގޮނޑި ފިލާގަހުގެ ފަތްހުންނަގޮތަށް ފަތް ހުންނަގަހެއް. މިގަސް ހެދެނީ ހީނާގަސް ހެދޭގޮތަށެވެ. 2 ހަނދުވަރީމާ އަޅާގަސް.

ހަނދުވަރު

ނ. ހަނދުން ލިބޭއަލި.

ހަނދުވަރުމޫސުން

ނ. 1 އިރާކޮޅު ހަނދުވަރު ރީތިކޮށް އޮންނަ ދުވަސްވަރު 2 ހަނދުމަހުގެ ހަވަނަރޭން ފެށިގެން އަށާރަވިލޭރެއާއި ދެމެދު.

ހަނދުވަރުދިނުން

މ. ހަނދުގެ އަލިކަން ދުނިޔެއަށް އެޅުން.

ހަނދުވެނިފާންކަން

ނއނ. [ބޯދާ] ހަނދުވަރުގެ އަލިކަން.

ހަނދުމަ

ނ. " ހަނދާން "ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާހުރުމުގެ ބާރު

ހަނދުމަސް

ނ. 1 ހިޖުރީ ކަލަންޑަރުގެމަސް. 2 މުޙައްރަމް މަހުން ފެށިގެން ޙައްޖުމަހަށް ނިމޭ އަހަރުގެ ކޮންމެ މަހެއް.

ހަނދުފަޅިބިބީ

ނ. ރާއްޖޭގެ ފަރުފަރުގެ ބޭރުގައި އުޅޭ ރީނދޫ ކުލައިގެ މަހެއް. މިމަހުގެ ލޮލުގެ ހުރަހަށް ވަރަށް ފަލަ ކަޅުކުލައިގެ ރޮނގެއް ހުރެއެވެ. މި ރޮނގުގެ ފަހަތުގައި ހަނދުފަޅިބުރަށް ހުންނަފުޅާ ހުދުކުލައިގެ ރޮނގެއް ހުރެއެވެ. އަދި މިހަނދުފަޅީގެ ފަހަތުން މަހުގެ މައްޗަށް ވާގޮތަށް ކަޅުކުލައިގެ ފުޅާރޮނގެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދޮށް ހުންނަނީ ކަޅުކުލައިގައެވެ.

ހަނދޭގިރި

ނ. 1 އިހުގައި ދައުލަތް ހިންގަވާން އިސްވެތިއްބަވާ ވެރީންކުރެ އެކަކަށް ދެއްވާކޮލީގެ ނަމެއް. 2 ވަޒީރުއްދާ ޚިލިއްޔާ.

ހަނދޭގިރިބުރުރުމާ

ނ. ބޮލުގައި އަޅާރުމާލުގެ ތެރެއިން ކަންހުދުކޮށް ހުންނަ ބާވަތެއް.

ހަނދޭގިރިކަން

ނއނ. 1 ހަނދޭ ގިރި ކަމުގެ ވަޒީފާ. 2 ހަނދޭގިރިޔަކާ ޙަވާލުވާ ކަންތައް.

ހަނގާ

ނ. 1 ކުރާއުނދަގޫ. 2 ތޮޅޭތޮޅުން. 3 ޅަކުއްޖާ މީހަކާ އަޅާލައިގެން އެޖައްސާ ވައްތަރު. 4 (ޏ) ބުޅާކުޅުވާ ފިހިގަނޑު.

ހަނގު

ނ. އިހުގައި ރަނދުން ދެއްވާ އުޅުއްވި އޮޅިމެދުކަމުގެ ދަރަޖައެއް. މިބޭކަލުން ތިއްބަވަނީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރުގެތެރޭގައެވެ.

ހަނގުހަނޑޫ

ނ. ހަނގުބޭކަލުންނަށް މުސާރައަށް ދެއްވާ ހަނޑޫ، މިންވަރަކީ ފޯޔަކު ބާރަނާޅިއެވެ.

ހަނގުން

ނ. 1 ހަނގުކަން ލިބިފައިވާ މީހުން. 2 ހަނގުބޭކަލުން.

ހަނގުރާމަ

ނ. 1 ހަތިޔާރު ހިފައިގެން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅައިމެރުން. މިބަސް އާންމުކޮށް ބޭނުންކުރަނީ އެއްޤައުމު އަނެއް ޤައުމާ ދެމެދު ހިނގާ މިފަދަ ޙަމަލާތަކަށެވެ. 2 މިސައިލާއި ރޮކެޓް ބޭނުންކޮށްގެން އެއްޤައުމު އަނެއް ޤައުމާ ކުރާ ހަނގުރާމަ.

ހަނގުބޭކަލުން

ނ. ކުރީގެ ޒަމާނުގައި ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރު.

ހަނޑަސް

ނ. 1 އަތްކަންކުރާމީހުން. އެއްޗެތީގައި ހިފާންގެންގުޅޭ ދެފައިކަށިލީ ހަތިޔާރެއް. 2 ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ވަކިކޮށްފައިވާތަން. 3 ކަކުނީގެ ދާނަ ދަތްގަޑު.

ހަނޑަސްބުރި

ނ. ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ވަކިކޮށް ފައިވާބައި.

ހަނޑަސްތުންވުން

1 ކާޅަށް އެޗެއް ނުކެވޭނޭހެން ތިރީތުނބަށް މަތީތުން ހެރީމާހުންނަގޮތްވުން 2 [މަޖާޒު] ނުގަބޫލުވެގެން އަނގައިން ނުބުނުން.

ހަނޑޫހޮވުން

މ. ހަނޑުލުގެ ތެރޭގައި ހުންނަ ވީ.އާއި ކަޅުހަނޑޫ ފަދަ އެއްޗެހި ވަކިކޮށް ނެގުން.

ހަނޑޫކަނޑާވަން

ނ. ހަނޑުސާފުކުރާން ލަކުޑީން ހަދައިފައި ހުންނައެތި.

ހަނޑޫކަނޑާލަވަ

ނ. ދަނޑި ބެރުގެ އަރުވައިބާލާ ލަވަތަކުގެ ތެރެއިން ލަވައެއް.

ހަނޑޫކަނޑާމޯ

ނ. ވަނަށް އަޅައިގެން ހަނޑޫތަޅަން ގެންގުޅޭ އެތި. މިހުންނަނީ ދެކޮޅު ފަލަކޮށް މެދުގައި ހިފާތަން ހިމަކޮށް ކުރެދިންލިޔެފައެވެ.

ހަނޑޫކެނޑުން

މ. ހަނޑޫވަނަކަށް އަޅައިގެން މޯލުންތަޅައި ސާފުކުރުން.

ހަނޑޫމުގުރާދަތި

ނ. ހަނޑޫ ފަދަތަކެތި ހިމުން ކުރުމަށް މައުދަނީ އެއްޗަކުން ހަދައިފައިހުންނަ އާލަތެއް.

ހަނޑޫފޮޅި

ނ. (މަލިކު) ބަތްޕޮޅި.

ހަނޑޫފޮޅުން

މ. ބަތްޕޮޅިއަކަށް ހަނޑޫ އަޅައިގެން ހަނޑުލުގެ ކުނޑިއާއި، ނިޔާއި، ބުރި ހަނޑުލާއި މޫހަނޑޫލާ ވަކިވާގޮތް ހެދުން.

ހަނައަނބުރައިލުން

މ. ތަޅައިގަތްގަތުން ކުއްޖެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ދުވަސް ދުއްވައިލުން.

ހަނަފަސް

ނ. 1 ދޫވެލިގަނޑު. 2 ތެތްކަމެއްނުވާ ހިކިފަސް.

ހަނަފަސްބިން

ނ. 1 ވެލިގަނޑު ދޫކޮށް ހުންނަބިން. 2 ތެތްކަމެއްނުވާ ހިކިފަހުން ހެދިފައިވާބިން. 3 ގަސްހެދުމުގެ ބާރު ނުހުންނަ ތެތްކަންނެތް މަޑު ފަސްގަނޑު.

ހަނާ

ނ. 1 އަލިފާނުގެ ހޫނުން ތަކެތި ކުރާ މުރަނަ. 2 ހަވާދުލައިގެން ހިކިކޮށް މަސްހަދާގޮތް. 3 ފުރާނަހުރި އެއްޗެހި ކޮންމެވެސް ހޫނަކުން ނުވަތަ ބަނޑުހައި ކަމުގެ ސަބަބުން ވާ މަރު، ނުވަތަ މަރުވުމާ ކައިރިވާވުން. 4 ދުރުގައި ހުރެގެން ކައިރިޔަށް އައުމަށް ކުރާ އިޝާރާތް.

ހަނާހިނދުން

މ. ދިޔާއެއްޗެއްގެ ތެރޭގައި ހުންނަ އޮލަ އެތިކޮޅު އަޑިޔަށްފޭދުން.

ހަނާހިންދުން

މ. ދިޔާއެއްޗެއްގެ ތެރޭގައި ހުންނަ އޮލަ ހިމުންބައި އަޑިޔަށް ފޭދެންދެން ބެހެއްޓުން.

ހަނާހުނިކުރުން

މ. ހަލާކުކޮށް ނައްތައިލުން.

ހަނާކަފަ

ނ. ކަފައިގެ ބާވަތެއް. މިކަފަ އޮށްކަފަޔަށްވުރެ އޮށް މަދުވެފައި ފިލުވަން ފަސޭހަވާނެއެވެ. މިގަހުގެ ފަތްވެސް އޮށްކަފަ ފަތަށްވުރެ ކުދިވާނެއެވެ.

ހަނާކުރިމަސް

ނ. ކޮތަންބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ފޮނިތޮށި ކާފޫރުތޮޅި، ނައަނދާވަރަށް ހަނާކޮށްގެން މުގުރައި މިހަވާދުލައިގެން ކައްކާ މަސް.

ހަނާކުރިފޯއް

ނ. ފޯއް ކޮށައި އަވީލައި، މުރަނަވީމާ އުނދުންމައްޗަށް އުދައިގެން މުރަނަކޮށްފައި ހުންނަ ފޯއް.

ހަނާކުރުން

މ. 1 ހިކިތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަކުރުން. 2 ކޮތަނބިރި ހަވާދު ދަވައި، ހިމުންކޮށްގެން ހިކިކޮށް މަހުގައި ރިހަކެއްކުން.

ހަނާއެޅުން

މ. 1 އަތްތިލައިން ނުވަތަ އިނގިލިތަކުން އަންނާން އެންގުން. 2 އަތުގައި އޮތް ކޮންމެވެސް އެއްޗަކުން މިފަދަ އިޝާރާތެއްކުރުން.

ހަނާވުން

މ. [މަޖާޒު] 1 ހިކިތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަވުން. 2 ފުރާނަހުރި އެއްޗެއްސަށް މަރުވުންފަދަ ގެއްލުން ލިބުން.

ހަނި

ނ. 1 ތަނަވަސްކަން ކުޑަ. 2 ފުޅާމިން ކުޑަ. މިސާލު: މިއީ ކާރަކަށް ދެވޭ ވަރަށް ވުރެވެސް ހަނި މަގެކެވެ. 3 ފުޅަލުގެ އިދިކޮޅު.

ހަނިވަތް

ނ. (ސ) 1 އޮޑީގެ ހިޔަލުގެ ދިރުނބާކޮޅު ބިތާގުޅޭވަތް. 2 ތިރިމަޅުމަތި.

ހަނިވުން

މ. 1 ފުޅާމިން ކުޑަވުން. 2 [މަޖާޒު] ކުޑަވުން. މިސާލު: ވާހަކަދެއްކުމުގެ ދާއިރާ ވަރަށް ހަންޏެވެ.

ހަނިލުން

މ. (ޏ،ސ) ހަނުލުން.

ހަނު

ނ. 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނު ކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް. 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް. 3 ކއ. މަޑުން. 4 ނއ. ހިމޭން.

ހަނުކަކުނި

ނ. (އ) ހުދުފަހާއި ކަޅުފަސް ބެދުނު ހިސާބުގައި ހަރުކޮނެގެން އުޅޭ ކަކުންޏެއް. މިކަކުނީގެ ފައި ވަރަށް ބަލިކަށި ވާނެއެވެ. ތޮށިގަނޑު ހުންނާނީ މަޑު އަޅި ކުލައިގައެވެ.

ހަނުކިޔާލަވަ

ނ. 1 ހަނުލާއިރު އެއިވޭ އަޑު. 2 [މަޖާޒު] ޖަމާޢަތެއްގެ ބަޔަކު ހިތްހިތަކަށް އުޅޭއުޅުން. (އަމިއްލައަމިއްލައަށް އުޅޭ އުޅުން)

ހަނުކުނޑި

ނ. ހަނުލާއިރު ނެގޭ ކުނޑި.

ހަނުތެޅުން

މ. 1 ހަނުހެދުން. 2 ލާޔާއި ކުރަނދާއެއްކޮށް ތަޅައި، ހަނުގެ ހިލަ ބުރުގަނޑު ތައްޔާރުކުރުން.

ހަނުގާގަނޑު

ނ. ހަނުލާއިރު ހަނުގައި ޖައްސާ ގާ ގަނޑު.

ހަނޮ

ނ. (ޏ،ސ) 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނުކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް

ހަން

ނ. 1 އިންސާނުންނާއި ދިރޭއެއްޗެހީގެ ހަށިގަނޑުގެ ބޭރުދުލި. 2 ބިރުވެރިކަމެއް ޖެހިގެން އެހީޔަކަށް އެދި ކައިރީގައިވާ ރަށަކަށް ނުވަތަ ކަނޑުމަތިން ދާ ބަޔަކަށް އަންގާން އުފުލާއެތި. 3 ޢާއްމުކޮށް ދިޔާއެއްޗެހި އަޅަން ޕުލާސްޓިކާއި ރަބަރު ފަދަ ތަކެތީން ހަދައިފައި ހުންނަ ކަންވާރު. 4 އެއްގަމުގައި ދުއްވާ ތަކެތީގެ ފުރޮޅުގެ އެތެރެ ރަބަރާއި ބޭރު ރަބަރު. 5 ބޯޅަ ފިޔަވައި ވައިޖަހައިގެން ފުފޭގޮތަށް ހަދައިފައި ހުންނަ އެއްޗެހި. 6 ބެރުގެ ދެކޮޅުގައި އަޅައިފައި ހުންނަ އެއްޗެހި. 7 ހުރަސް

ހަންހާރަ

ނ. 1 މަތިވެރި ލޯބި. [ބޯދާ] 2 ޖިސްމާނީ ލޯބި.

ހަންހާރަކުރުން

މ. ލޯބިކުރުން.

ހަންހާރަވުން

މ. ލޯބިވުން.

ހަންހާރަވެތި

ނއ. 1 ލޯބިވެތި. 2 ލޮބުވެތި.

ހަންހާރަވެތިކަން

ނއނ. 1 ލޯބިވެތިކަން. 2 ލޮބުވެތިކަން.

ހަންނެގުން

ނ. 1 ދިރޭ އެއްޗެތީގެ ހަން މަހުން ވަކިކުރުން. 2 ދަތުރުކުރާއިރު ކަނޑުމަތިން ނުރައްކަލެއް ދިމާވެގެން އެކަން އެންގުމަށް ނިޝާނެއް އުފުލުން.

ހަންނޮޅުން

މ. 1 ހަންފޮޅުން. 2 ގައިން ފޮޅިފައި ހުންނަ ހަންކޮޅުކޮޅު ނެއްޓުން. 3 ބަކަރި ކުކުޅުފަދަ ތަކެތީގެ ހަން ފިލުވުން

ހަންކެނޑުން

މ. [މަޖާޒު] މަސައްކަތްކުރުމުގައި ބުރަ އުފުލި މިންވަރު ބަޔާންކޮށްދިނުމަށް ބުނެއުޅޭ ބަހެއް.

ހަންމަޅި

ނ. (މަލިކު) ގިރުނބާ.

ހަންމަތަކުރުން

މ. 1 މަތަކުރުން. 2 މައިތިރިކޮށް ހުއްޓުން އަރުވައިލުން.

ހަންމާލާ

ނ. މޫދުގައި ވެލިއުފުލާން ގެންގުޅޭ ހަތަރެސްކަން އެއްޗެއް.

ހަންމުށި

ނ. 1 ދިރޭ އެއްޗެތީގައި ތަޅާން ގެންގުޅޭ އާލާތް. މިއޮންނަނީ ލަޓިގަނޑެއް، ނުވަތަ ބޮންތިއެއްގެ ކުރީކޮޅުގައި ނަނުފަށެއް ބައްދައިފައެވެ. ނޫނީ ބޮންތީގެ ކޮޅު ހިމަކުރަމުންގޮސް ނަނުގަނޑެއްހެން ހަދައިފައެވެ. 2 މީހުންނަށް އަދަބުދޭން ގެންގުޅޭ އެތި.

ހަންމޯ

އ. (ސ) ބޯބޯ. ކުޑަކުދިންގެ ބަހުން ހުސްވެއްޖެއޭ ބުނާ ބަސް. މިސާލު: ކުޑަކުއްޖަކަށް ކާންދެމުންގޮސް ހުސް ވުމުން ކުއްޖާއާ ދިމާއަށް ހީނލާފައި ހަންމޯ! މިގޮތަށް ބުނާބަހެއް.

ހަންފީރު

ނ. ލަކުޑިކޮޅެއްގައި ކަށިމަޑީގެ ހަންތަތްކޮށް ހިއްކައިގެން ލަކުޑިގާނަން ގެންގުޅޭ އާލާތް.

ހަންފީމިޔަރު

ނ. މިޔަރުގެ ބާވަތެއް. މީގެ ހަމާއިމަސްގަނޑު ވަރަށް ބަލިވާނެއެވެ. މި ވައްތަރުވާނީ ފާނަޔާއެވެ.

ހަންދަ

ނ. 1 މޫދުގައި ދިރިއުޅޭ ގޮޅާބާވަތުގެ އެއްޗެއް. މީގެ ބޭރުގައި ހުންނާނީ އުން ފަޅާފައެވެ. 2 ސަނދަރަބޮލި.

ހަންދަނިޔަފަތި

ނ. (ހ) ސަނދަރަބޮލި.

ހަންދަރު

ނ. 1 ސަތޭކަބާރަ ރާތަލުގެ ބުރަދަން. 2 އެއްޗެހި ކިރުމަށްޓަކައި ދަގަނޑުން ހަދައިފައި އޮންނަ ވަޒަނެއް. މީގެ ބަރުދަނަކީ ސަތޭކަ ބާރަ ރާތަލެވެ.

ހަންދަމަތި

ނ. ސަނދަރަބޮލި.

ހަންދުބޮލި

ނ. 1 ހަންދަމަތި. 2 ސަނދަރަބޮލި.

ހަންގަނޑު

ނ. 1 ބެރުޖަހަން ދަސްކުރުމަށްޓަކައި ބެރުއެދުރުގޭގައި އޮންނަބެރެއް. މިއީ ހަމުގެ ކެހެރިނުކޮށައި ދޫކޮށްއަޅައިފައި އޮންނަބެރެކެވެ. 2 ދިރޭއެއްޗެއްގެ ހަމުގެބައެއް. 3 ކުރަފަތްތޫނުކުރަން ގެންގުޅޭ ހަމުގެ ފޮތިވަރު. 4 އިހުގައި، ކަސްޓަމުގައި އޮންނަ ބޮޑުފޮތެއް، މިހަދައިފައި އޮންނަނީ ބޮޑެތި ކަރުދާސް ހުރިގޮތަށެވެ. މިއީ ބޯޓުފަހަރުން ގެންނަމުދަލާއި ތަކެތި ބޭލޭވަރު ބަލަހައްޓާފޮތެވެ. އަދި އެކްސްޕޯޓް އިންޕޯޓް ބަލަހައްޓާ ފޮތަކީ ވެސްމި އެވެ.

ހަންގަނޑުޖެހުން

މ. 1 ހަންގަނޑުން ކުރަފަތް ތޫނުކޮށްލުން. 2 ބެރުއެދުރުގޭގައި ދަސްކުރާންޖަހާ ހަމުގެ ކެހެރިނުކޮށާ ދޫކޮށް އަޅައިފައި އޮންނަބެރު ޖެހުން. 3 [މަޖާޒު] ދުއްރައިން ތެޅުން.

ހަންގިލި

ނ. (މަލިކު) ކިހިލިފަތި.

ހަންގިސްކާރަ

ނ. ނަކަތްތެރީން ގެ ޚިޔާލީ ޒަމާނެއް.

ހަންޑި

ނ. ޚިޔާލީ އަންހެން ފުރޭތައެއް ނުވަތަ ޖިންނިއެއް.

ހަންޑިހުނިގޮނޑި

ނ. 1 ފަޅޯގަހު އިބިލީސް. 2 ފާވެފައި ހުންނަ ފަޅޯގަސްގަނޑަށް އަންނަ ފައިދިގު މަދިރިއެއް ކަހަލަ އެއްޗެއް. މިއީ ބުރަކަށި މަތި އިތި، ރަތް ރީނދޫ ކުލައިގެ އެއްޗެކެވެ.

ހަންޑިހެލެނބެލި

ނ. މޭއްޔަ ހެލެނބެލި. މިއީ ހެލެނބެލި ފަތްވައްތަރަށް ފަތް ވައްތަރަށް ފަތް ހުންނަ ގެދަގަހާ އެއްވަރަށް ހެދޭ ވިނައެވެ.

ހަންޑިބުރެ

ނ. (ގ) ހަންޑިފިލާ.

ހަންޑިބުޅި

ނ. (ސ) ކީސްފިލާ.

ހަންޑިކަށި

ނ. (ސ) ފޮނިލޯލި.

ހަންޑިކަންފަތް

ނ. 1 ފީކަންފަތް. 2 ފީވަމުންދާ ލަކުޑިގަނޑުން ކަންފަތެއްގެ ބުރުގައި ފަޅާ އެއްޗެއް.

ހަންޑިކައްޓަލަ

ނ. ވިހަލަގޮނޑި.

ހަންޑިކާށި

ނ. ތިރިކޮށްހެދޭ ވިނައެއް. މީގެ ފަތް ހުންނަނީ ހަނިކޮށެވެ. އެއް އިންޗިވަރަށް ދިގުވާނެއެވެ. މީގެ ގަސްގަނޑުގެ ކުލައަކީ މަޑުފެހިކުލައެވެ.

ހަންޑިކުނާފަތް

ނ. (މަލިކު) ކީސްފިލާ.

ހަންޑިކުންނާރު

ނ. ވިނައިގެ ބާވަތެއް. މިއީ، ހެލެނބެލިފަތާ ވައްތަރުގޮތަކަށް ފަތްހުންނަ ތިރިކޮށްހެދޭ ވިނައެކެވެ. މީގައި ކުދިކުދި އޮށްތަކެއް އަޅައެވެ.

ހަންޑިކުޑަ

ނ. 1 ފީލަކުޑި ގަނޑަކުން ނުވަތަ ލަކުޑިފީވި ތާ ބިންގަޑުން ހަތެއްގެ ސިފައިގައި ފަޅައިފައި ހުންނަ މަލެއް. 2 ފީމާ. 3 ބުޅާކަންފަތް.

ހަންޑިކޮކާ

ނ. ބާވަތެއްގެ ކުޑަކުޑަ ކޮކާލެއް. މި އީ ފިޔައިގައި ރަތް ތިކި ތަކެއް ހުންނަ ހުދުކުލައިގެ ކުޑަ ކޮކާލެކެވެ.

ހަންޑިއުޅައު

ނ. އެއްޒަމާނެއްގައި މިރާއްޖޭގައި އަންހެނުން އަޅައިގެން އުޅުނު ބިއްލޫރި ނުވަތަ ތަށިމުށި އުޅައެއް. މިހާރު އެފެންނަނީ ބިމުގެތެރެއިންނެވެ.

ހަންޑިވޮށް

ނ ބައެއްރަށް ރަށުގެ ވަލުތެރޭގައިހެދޭ ބާވަތެއްގެ ގަހެއް.

ހަންޑިފަން

ނ. 1 ކީސްފިލާ. 2 މޭއްޔަފަން.

ހަންޑިފަންގިވަން

ނ. ކީސްފިލާ.

ހަންޑިފޯލި

ނ. މޭއްޔަފޯލި.

ހަންޑިލުނބޯ

ނ. މޭއްޔަލުނބޯ.

ހަންޑިޓައްކެނޑުން

މ. ރޭގަނޑު މީހުން ނިދައި، ފައިހިލަވަޅު އޮބުނީމާ އިވޭ އަޑެއް. މި އަޑު އިވެނީ އަނގައިން ޓައްކަނޑާއިރު އިވޭ ގޮތަށެވެ. މިއަޑުއިވޭވަކި ދިމާއެއް ފާހަގައެއް ނުކުރެވޭނެއެވެ.

ހަންޖާއެޅުން

މ. 1 ރިޔާނެގުމަށްފަހު ހަންޖާ، ބުޅީގައި އެއްސުން، 2 ހަންޖަލެއްގެ ބޭނުމުގައި ވަލެއް އެނބުރުން.

ހަންޖާމުގޫ

ނ. ހަންޖާވަލުގެ ފަހަތުކޮޅު.

ހަންޖެހުން

މ. 1 ކަނޑުމަތީގައި ބިރުވެރި ކަމެއްދިމާވެގެން އެހީއަކަށް އެދި ކައިރީގައިވާ ރަށަކަށް، ނުވަތަ ކަނޑުމަތިންދާބަޔަކަށް އަންގައިލާން އެއްޗެއް އުފުލުން. 2 ދިބާޣުކުޅަ ހަން ފޮތުގެ ނުވަތަ ފޮށީގެ ބޭރުގައި ހިއްޕުން. 3 ވިދުހަންޖެހުން.

ހަރަކާތް

ނ. 1 ހިމޭނުގެ އަނެއްކޮޅު. 2 ގުޑޭގުޑުން. 3 ހެލޭހެލުން. 4 އިޝާރާތް.

ހަރަކާތްތެރި

ނއ. 1 ހީވާގި. 2 މުރާލި. 3 ހިންގުންތެރި. 4 ކަންކުރެވޭ.

ހަރަކާތްތެރިން

ނ. 1 ހީވާގި މީހުން. 2 މުރާލި މީހުން. 3 ހިންގުންތެރީން. 4 ކަންކުރެވޭ މީހުން.

ހަރަކާތްތެރިކަން

ނއނ. 1 ހީވާގިކަން. 2 މުރާލިކަން. 3 ހިންގުންތެރިކަން. 4 ކަންކުރެވޭކަން.

ހަރަކާތްތެރިވުން

މ. 1 ހީވާގިވުން. 2 މުރާލިވުން. 3 ހިންގުންތެރިވުން. 4 ކަންކުރެވުން.

ހަރަކާތްތެރިޔާ

ނއނ. 1 ހީވާގި މީހާ. 2 މުރާލި މީހާ. 3 ހިންގުންތެރި މީހާ. 4 ކަންކުރެވޭ މީހާ.

ހަރަވާޅު

ނ. (މަލިކު) ހަރުވާޅު.

ހަރަދު

ނ. 1 ޚަރަދު. 2 [ބޯދާ] ބިލެތްހަވާދު.

ހަރަގަނޑަ

ނ. (ލ) ހަރުގަނޑު.

ހަރާން

ނއ. 1 ޙަލާލުގެ އިދިކޮޅު. 2 ދީނުގައި މަނާ. 3 ޙަރާމު.

ހަރާންބަކަރި

ނ. [މަޖާޒު] ނަހަލާލުދަރި.

ހަރާންކުރުން

މ. ދީނުގައި ހުއްދަކަމެއް އަމިއްލައަށް ނުކުރާން ބުނުން.

ހަރާންފަދަ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަ. 2 އެއްގޮތަކަށްވެސް ނެތް. މިސާލު: ހަރާންފަދަ މިގޭގައި ކޮތަނބިރިކޮޅެއް.

ހަރާންފަދަވާނެ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަވާނެ. 2 ނޫންކަމަށް ގަދަކުރާންބުނާ ބަހެއް. މިސާލު: ހަރާންފަދަވާނެ އަހަރެން އެގެއަށް ވަންނަނަމަ.

ހަރާންފަދަތޯއްޗެއް

އކ. 1 ކަމެއް ނުކުރުމުގެ މައްޗަށް ގަދައެޅުމުގެ ގޮތުން ބުނާ ބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް އަހަރެން އޭނާއާ އަނގައިން ބުނާނެނަމަ. 2 ކަމެއް ކުރުވާން ބޮޑަށް އެދުންވެރިވުމާއެކު އެކަމެއް ކުރުވާން ގަދަކޮށްލާން ބުނާބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް ދޭނެނަމަ. މިހެން ބުނެއުޅެނީ، ނުދޭނެހެން ހީވާ އެއްޗެއް ދީފާނަމޭ ބުނިބަސް ގަދަކުރުވުމަށެވެ.

ހަރާންދަރި

ނ. ނަހަލާލު ދަރި.

ހަރާމުޖާދާ

ނ. 1 ޚިޔާލީ ވާހަކައެއްގައި އުޅޭ ނުލަފާ މީހެއް. 2 [މަޖާޒު] ޖެއްސުމަށް ކަންތައްކުރާމީހާ. 3 ނުބައި ނުލަފާމީހާ.

ހަރިންމަ

ނ. 1 މިސްކިތާއި ޒިޔާރަތްފަދަ ތަންތަނަށްޓަކައި އެތަންތާނގެ ވަށައިގެން ދޫކޮށްފައި އޮންނަބިން. 2 މިސްކިތް ތެރޭގައި މީހުން ވަޅުނުލައި މިސްކިތަށްޓަކައި ދޫކޮށްފައި އޮންނަ ތަން. 3 މަނާވެގެންވާ ދާއިރާ.

ހަރިސަ

ނ. އެއްގަމުމަހާ، ގިތެލާ، ގޮދަނާ އެއްކޮށްގެން ކައްކާލޮނުކާއެއްޗެއް.

ހަރިޖެހުން

މ. (ޏ،ސ) ދެމީހަކު ކަމަކާމެދު ދެކޮޅަށް ދަލީލު ދެއްކުމާއެކު އެމީހެއްގެބަސް ގަދަ ކުރުމުގެ ގޮތުން ވާހަކަ ދެއްކުން.

ހަރީރާ

ނ. 1 ގެރިކިރުގައި ހަދާ ފޮނި އޮލަ ބުއިމެއް. އަންހެނުންނަށް ކިޔާނަމެއް.

ހަރު

ނ. 1 ކަކުންޏާއި މީދާ ފަދަ ތަކެތި އުޅޭން ބިމުގައި ކޮންނަ ލޯވަޅު. 2 ރުކަށް އަރާން ރުކުގައި ބަންނަ ގަޅި. 3 މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. 4 ފޯއްވަޅިއާއި ދޮލަނގާއި ކަނޑިފަދަ ތަކެތި ބަހައްޓާން ބިތުގައި ހަރުކޮށްފައި ހުންނަ އެތި. 5 ބައެއް އެއްޗެހި ބަހައްޓާން ނުވަތަ ތިއްބާން އެކިގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗެހި. މިސާލު: ލިޔާހަރު، ބަޑިހަރު، ބައިސްކަލުހަރު. ނއ. 6 މަޑުގެ އިދިކޮޅު. 7 ޅަކަމުގެ އިދިކޮޅު. 8 ވައިމަތި ޅަކަންކެނޑުމުން ވާގޮތް. މިސާލު: ފުރަން ވާނީ ވައިމަތި ހަރުވެލީމައެވެ. (ވައިމަތި ޅަވުމަކީ ދެންމެދެންމެ ވިއްސާރަ ވެދާނެ ކަހަލަ ގޮތަކަށް ޖައްވު އޮތުމެވެ.) 9 ހަރުބޭހުގެ ސަބަބުން ހަށިގަނޑަށް ވާ ރަނގަޅު. 10 ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ފައްކާވަމުން އައިސް ދޮންވުމަށް ވާ ތައްޔާރު. 11 ބުއްދިވެރި. 12 ހަރުދަނާ. 13 ހަލުއި، މިސާލު: ދޯނި އެދުވަހު ހުޅުލެއަށް ދިޔައީ އޭގެ އެންމެ ހަރު ދުވެލީގައެވެ. 14 އެއްޗެއްގައި އަނެކައްޗެއް ވާ ތަތް. މިސާލު: އަހަރެން މި ހަދާ މަލުގައި މިހާރު ދެފިޔަ ހަރުކޮށްފީމެވެ. 15 ބާރު. މިސާލު: އޭނާ ދިޔައީ ވަރަށް ހަރުކޮށެވެ. ނ. [ބޯދާ] 16 ދިރިއުޅޭ ތަން. 17 ގެ.

ހަރުހަށްފަތި

ނ. (ޅ) އެތެރޭން ދޫ ދުޅަވުމުގެ ސަބަބުން އެއްޗެހި ނުކެވޭ ބަލި.

ހަރުންދެމި

ނ. (ސ) އިޑިއައްޕަން ދަމާ ހަރުން ދަމައިގެން ތެލުލައި ހަކުރުލައިފައި ހުންނަ ހެދިކާ އެއްޗެއް.

ހަރުބީ

ނ. 1 ރަދުން ނުވަތަ ރަދުންގެ މަޤާމުގައި ވަޑައިގަންނަވާ ބޭފުޅަކު ޢިއްޒަތުގައި ވަޑައިގަންނަވާއިރު ބެރުގައި ޖަހާ ލަވައާއި ފުމޭ ލަވަ. ނއ. 2 މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ. 3މުސްލިމުންނާ ޢަދާވާތްތެރި.

ހަރުބީކާފަރުން

ނ. 1 މުސްލިމުންނާއި ޢަދާވަތްތެރި ކާފަރުން. މިސާލު: އަބޫޖަހުލަކީ ފައްކާ ހަރުބީ ކާފަރެކެވެ. 2 މުސްލިމުންނާ ހަނގުރާމަކުރާ ކާފަރުން .

ހަރުބީމަތީމުސްކުޅިލަވަ

ނ. ދަނޑިބެރުގައި ޖަހާ ލަވަމަތީ ލަވައިގެ ބާވަތެއް.

ހަރުބީމަތީލަވަ

ނ. ހުކުރުދުވަހާއި ޢީދުދުވަހު ބަންގި ބެރުގެ ލަވަމައްޗަށް ޖަހާ ލަވަ.

ހަރުބޭސް

ނ. 1 ބައެއް ބަލިބައްޔަށް ދިވެހި ބޭސްކޮށް ނިމިގެން ޅައިކަން ފިލުވާން ކުރާ ބޭސް. 2 އަންހެނުން ވިހައިގެން ހަށިގަނޑު ހަރުކުރުވުމަށްޓަކައި ކާންދޭން ހިލާ ބޭސް. 3 ހިލިބޭސް.

ހަރުބޮނޑިބަތް

ނ. 1 ހިލިބޭސް. 2 ތަތްބޮނޑިބަތް.

ހަރުކަށި

ނ. 1 އޮބައިނުލެވޭ، ލަނބައިނުލެވޭކަށި. 2 ފުރާނަހުރި އެއްޗެއް މަރުވިތާ ގިނައިރު ވެގެންގޮސް ހުޅުހުޅުން ނުލެނބޭ ވަރަށް ވެފައިވާހަރު. 3 އެއްކަށި އަރާއެރުން. 4 [މަޖާޒު] ގޮތްދޫނުކުރާ އަމިއްލަގޮތެއްހުރި. މިސާލު: އިބުރާހީމަކީ ވަރަށް ހަރުކަށި މީހެކެވެ. ނއ. 5 އޮބޭގޮތާއި ލެނބޭގޮތްނެތް. 6 ގަދަބަދަވިކަންބޮޑު. 7 ރަޙުމުކުޑަ.

ހަރުކަށިކަން

ނއނ. 1 މަޑުމައިތިރިކަމުގެ އިދިކޮޅު. 2 ދޫނުކުރާކަން. މިސާލު: އޭނާގެ ހަރުކަށިކަން ވަރަށް ބޮޑެވެ.

ހަރުކަށިވުން

މ. 1 އޮބައިލެވޭގޮތާއި ލަނބައިލެވޭގޮތް ނެތުން. 2 އެއްކަށިވުން. 3 ރަޙުމުކުޑަވުން. 4 ކަންތައްކުރުމުގައި ނިޔަނެތި ގޮތްނެތުން. 5 [މަޖާޒު] ގޮތްދޫނުކުރާ މީހަކަށްވުން. މިސާލު: ގެންގުޅޭ މީހުނާ މެދުގައި އޭނާ ވަރަށް ހަރުކަށިވާނެއެވެ.

ހަރުކަން

ނއނ. 1 އޮބޭގޮތްނެތްކަން. 2 ހަރުދަނާކަން. 3 ދުވުމުގެ ހަލުއިކަން.

ހަރުކުރުން

މ. 1 އެއްޗެއްގައި އަނެއްކައްޗެއް ހިފެހެއްޓިފައި ހުންނާނެގޮތް ހެދުން. 2 ނަނުވައު ފަދަ ތަކެތި އަނބުރާ ހަރުކަން ގެނައުން. 3 ގަސްގަހުގައި އަޅާ ތަކެތި ޅަކަން ކެނޑެންދެން ގަހުގައި ބެހެއްޓުން. 4 ފޮތިފަދަ ތަކެތި ތާންޖަހައި ހަރުކުރުން. 5 ރުއްގަސްދިރުވައި ބެލެހެއްޓުން. 6 ގަދަކަން ގެނައުން. 7 މެޓާފަދަ ތަކެތި ކައްކައި ހިއްކުން. 8 އޮޑިހައްޔަރުކުރުން. 9 ދުވުން ބާރުކުރުން.

ހަރުކޮށް

ކއ. 1 އަވަހަށް. 2 ހަލުއިކޮށް. 3 ބާރަށް.

ހަރުވަރު

ނއ. 1 މެދު ޢުމުރަށްވުރެ މައްޗަށް ޖެހިލައިފައިވާ. 2 ހަރުވަމުން އަންނަ.

ހަރުވާޅު

ނ. ފޫޅާކަކުލާ ދެމެދު ނިވާކުރަން އަޑިންލާ ފޭރާމެއް. މިހުންނަނީ އަންނަ ފަށް ލައިފައި ދެފައިކުރި ވަކިން ފަހައިފައެވެ.

ހަރުވާޅުދާގަނޑު

ނ. ހަރުވާޅު އުނަގަނޑުމަތީ އައްސާން އަންނަފަށު ތެރެއަށް ލައްވައިފައިވާ ފަށް.

ހަރުމަނިޔާ

ނ. އަތުންވައި ވައްދައިގެން ރާގުޖަހާން ގެންގުޅޭ މިއުޒިކުގެ އާލާތެއް.

ހަރުމަލް

ނ. 1 ދިވެހިބޭހަށް ބޭނުންކުރާ އޮށެއްއަޅާ ގަހެއް. 2 މިގަހުގެ އޮށް. މީގެ ތަފާތު ކުލަތައް ހުރެއެވެ.

ހަރުމުދާ

ނ. 1 ގެވެހިކަންވާރާއި ގަހަނާ. 2 ގިނަދުވަސް ވަންދެން ހަލާކުނުވެ ހުންނަ މުދާ.

ހަރުފަވިހަ

ނ. 1 ހަރުފައިގެ ހުންނަ ވިހައިގެ މާއްދާ. 2 ހަރުފަވިހަލުމުގެ ސަބަބުން ވާވިހަ.

ހަރުފަމުތް

ނ. 1 ހަށިގަނޑުން ވިހަދަމާ ހިލައެއް. މީގެ އަޞްލު އުފެދެނީ ހަރުފައިގެ އެތެރެހަށީގައި ކަމަށް ބުނެވެއެވެ. 2 މޮހޮރާ.

ހަރުފަދުލި

ނ. (މަލިކު) ހަލުވިދާ.

ހަރުފަތަށްއެރުން

މ. ހުކުރު ކުރުމުގެ ހުއްދަ ލިބުން. އިހުގައި މިކަންކޮށް އުޅެނީ އުޖޫރައެއްނެތިއެވެ.

ހަރުފަތް

ނ. 1 އަރާފައިބަން ފިލައިން ނުވަތަ ގަލުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަ ހަރުގަނޑު. 2 ހަރުގަނޑުގައި ފައިއަޅާން ހުންނަ ފިލާ ނުވަތަ ގައު. 3 ސިޑި. 4 [މަޖާޒު] ކަމެއްގެ މަރުޙަލާތައް.

ހަރުފަސް

ނއ. ވެލިގަނޑުހަރު.

ހަރުފުށް

ނ. (ޅ) ހުންޏާ ހަކުރާއި ފުށާ އަޅައިގެން ހިލައިފައި ހުންނަ ކާއެއްޗެއް.

ހަރުދަނޑި

ނއ. 1 ގަދަޔަށް ނިދައިފައިވާ. މިސާލު: ނިދައިހަރުދަނޑިވެއްޖެއޭ ބުނަނީ މާގަދަޔަށް ނިދީކަން އެންގުމަށެވެ. 2 މަރުވެ ގިނައިރުވެފައިވާ. މިސާލު: މަރުވެ ހަރުދަނޑިވެއްޖެއޭ ބުނަނީ މަރުވިތާ ގިނައިރުވެ ހަރުކަށިވީމައެވެ.

ހަރުދަނާ

ނއ. 1 ރަނގަޅު އުސޫލެއްގައި ސާބިތުވެހުންނަ. 2 އުޅުމުގެ ޤަވާޢިދުތައް ރަނގަޅު.

ހަރުދަނާކަން

ނއނ. 1 ރަނގަޅު އުސޫލެއްގައި ސާބިތުވެ ހުންނަކަން. 2 އުޅުމުގެ ޤަވާޢިދުތައް ރަނގަޅުކަން.

ހަރުދަނާވުން

މ. 1 ރަނގަޅު އުޞޫލެއްގައި ސާބިތުވެހުރުން. 2 އުޅުމުގެ ޤަވާޢިދުތައް ރަނގަޅުވުން.

ހަރުދު

ނ. [ބޯދާ] ބިލެތްހަވާދު.

ހަރުލައިހުރުން

މ. 1 ތަތްވެފައިވުން 2 ނުގުޑާގޮތްވެފައިވުން 3 ހިފެހެއްޓިފައިވުން. 4 ނުފިލައި ހުރުން. މިސާލު: {ހ}ހަނދާނުން ނުފިލައި ހުރުން. {ށ}ވަސްނުފިލައި ހުރުން.

ހަރުގަނޑު

ނ. 1 ތަންތަނަށް އަރާން ދެދަނޑި އެއްކޮށް ގަޅިބަދެގެން ގެންގުޅޭސިޑި. 2 ސިޑީގައިބަންނަ ގަޅި. 3 ތަކެތި ބެހެއްޓުމަށް ފައިޖަހައިފައި ބައިބަޔަށް ފިލާއަޅައިފައި ހުންނައެތި. 4 އިޑިއައްޕަން ދަމާއޮބި.

ހަރުގެ

ނ. 1 އޮޑިދޯނިފަހަރު ލައިފައި ބަހައްޓާގެ. 2 މީހުން އާދަކޮށް ނުއުޅޭ އެކިއެކި ޢާންމުބޭނުމަށްޓަކައި ހިޔާކޮށްފައި ހުންނަގެ.

ހަރުޖި

ނ. (މަލިކު) ކަމަކަށްއެދި ފޮނުވާ ސިޓީ. (ޢަރިޟު)

ހަރޮނގުހިކާ

ނ. ހިކާގެބާވަތެއް. މަހުގެ ކުލައަކީ ދަނބުކުލައެވެ. މަހުގެ މަތީކައިރިން ފެށިގެން ތިރިއަށް މަހުގެ ދިގަށް އޮރެންޖްކުލައިގެ ފުޅާ ހަނރޮގު ފާޅުކޮށް ފެންނަން ހުރެއެވެ. ނިގޫފަތް ހުންނަނީ ފެހިކުލައިގައެވެ. ކަޅުކުލައިގެ ލަފެއްނިގޫފަތުގެ ބަނޑުދަށުގެ މަތީބައިގައި ހުރެއެވެ.

ހަރޯދަ

ނ. ޝައްވާލުމަހުތެރޭގައި ހިފަން އޮންނަ ސުންނަތް ހަރޯދަ. މި ހަރޯދަ ޢާއްމުކޮށް ހިފައިއުޅެނީ، ވަޅުއީދު ދުވަހުން ފެށިގެންނެވެ.

ހަބަރު

ނ. ބޭހަށް ގެންގުޅޭ ހިތިރަހަގަދަ، ކަޅުކުލައިގެ ހިކިއެއްޗެއް.

ހަބަރުބޭ

ނ. އިހުގައި އުޅުނު މީހެއްގެ ވަނަން. މީނާއަކީ މަތިންބައިން އަންހެނުންނާ ހިތާވެގެން އެކަނބަލުންނާ އަޅައިގަނެ ފާރަލާ އުޅުނު މީހެކެވެ.

ހަބަރުބޭހެދުން

މ. މަތިންބައިން އަންހެނުންނާ ހިތާވެގެން އަޅައިގަނެގެން ފާރަލައި އުޅުން.

ހަބަރުގަސް

ނ. ސުތުލިގަސްހެން ކުދިކޮށް ހެދިފައި ބޮނޑިމަސްކޮށް ފަތްހުންނަ ގަހެއް. މިގަހުގެ ފަތުގެ ތެރޭގައި ހަލުވިދާ ތަނޑެއް ކަހަލަ ބިއްލޫރި ކުލައިގެ އެއްޗެއް ހުރެއެވެ. މިއަޅައިގެން ގިރާފަންޏަކީ ފިނި މީރު އެއްޗެކެވެ.

ހަބަސްރައިވަރު

ނ. ހަބަހުން އެކުލެވިގެންވާ ރައިވަރު.

ހަބޭސް

ނ. ވާވަލަށް ދަމާން ލާބާރު.

ހަބޭސްކުރުން

މ. 1 ނައުޒޯނގުގެ ނަގިލިނަގަމުން ދިއުން. 2 ވާވަލަށް ދަމައި ވާންކުރުން.

ހަޅަ

ނ. 1 އިރުވައިގެ ދެވަނަނަކަތް ފެށުނީއްސުރެ ތިންވަނަ ނަކަތް ހުސްވުމާއި ދެމެދު. 2 އިރުވައި މޫސުމުގެ ގަދަވައި. 3 [މަޖާޒު] ސަމާސާގޮތުން ހަޅޭއްލާ ގަދައަށް ކުރާ ޒުވާބު. 4 ސަކަ.

ހަޅި

ނ. [ބޯދާ] ފޭލި.

ހަޅިބައިން

ނ. ހުންގާނާއި ކޮޅުފަސްކޮޅު މުލައްގަނޑާ އެއްކޮށް އައްސާ މާރުގަނޑު، ނުވަތަ ނަނުގަނޑު.

ހަޅުތާލު

ނ. މަސައްކަތްކުރާ ބަޔަކު ޝަކުވާއެއް ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން މަސައްކަތް ހުއްޓާލާ ހުއްޓާލުން.

ހަޅުތާލުކުރުން

މ. މަސައްކަތްކޮށްއުޅޭ ބަޔަކު ޝަކުވާއެއް ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން މަސައްކަތް ހުއްޓައިލުން.

ހަޅޭއްފަޅޭއްޖަހައިގަތުން

މ. ކުއްލިޔަކަށް މާބާރާށް ހަޅޭއްލަވައިގަތުން.

ހަޅޭލައިގަތުން

މ. ކުއްލިއަކަށް މާބޮޑަށް އަޑުގަދަ ކޮށްގަތުން.

ހަޅޭޖެހުން

މ. ހަޅޭއްލައި އަޑުގަދަކުރުން.

ހަކަވެޅާ

ނ. (ސ) އިހުޒަމާނުގައި އުރަވަޅިބޮޑުވީމާ ކުޑަކުރުމަށްޓަކައި ފަރުވާދޭއިރު ފަންވަތުން ހަދާފައި އޮންނައުޅަލެއް. މިއުޅާ އުރަވަޅީގެ މަތީގައި ބާއްވާފައި އޭގެ ތެރެއަށް ތޫނުބޭސް އަޅައިގެން އެހިސާބުގެ މަސްގަނޑުމަރައި ލޯވަޅެއް އުފައްދައި އެތެރޭގައި ހުންނަ ފެންނަގައި، މަސްތައް ކޮށާ ހަދައެވެ.

ހަކަތަ

ނ. 1 ހަށިގަނޑު ޙަރަކާތް ކުރުމުގެ ކުޅަދާނަކަން ލިބިދޭބައި. މިސާލު: {ހ}ގައިގެވަރު. {ށ}ހަށިގަނޑުގެ ބާރު. 2 އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. މިސާލު: {ހ}އިރުގެއަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާބާރު. {ށ}ތެލުން އިންޖީނު ހިންގާ ހިންގުން. {ނ}އެއްޗެއް ވަކިވަރަކަށްވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެބާރު

ހަކާ

ނ. [ބޯދާ] 1 ބޮޑުވެ ތަސައްރަފު ފުދޭ ފުދުން. 2 ލޯބި.

ހަކި

ނ. 1 ބިލެތްފަދަ ވެޔޮވެލުގެ ފަތްވަޅުން ނުކުމެ ތަންތާނގައި ހިއްޕާ މޫތައް. 2 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައްޔާއި، ބުޑުވަކާ އިހިގަނޑާ ދޭތެރޭގައި ޖަހައިފައި ހުންނަތޭރި. 3 ގިނަދުވަހު މޫދުގައި އޮންނަ ލަކުޑި ފަދަ އެއްޗެހީން ފަޅާ ރިނދަ. 4 އުދަރެހުގައި ފަށަލަ ފަށަލައަށް ޖަހާ ވިލާބުޑު. 5 (ސ) ބިލެތް އަރުވައިފައި ހުންނަ ރުއްރުކުގައި ވާލައްވާން ބަންނަ ކަފިގަނޑު 6 (ހ) އެނދު އުނދޯލިފަދަ ތަކެތީގެ ފަޑީގައި ލިޔެފައި ޖަހާ ތޭރި.

ހަކިބަނުން

މ. (ސ) ބިލެތްއަރުވައިފައި ހުންނަ ރުކުގައި ވައުލައްވަން ބަންނަ ކަފިގަނޑު ބަނުން.

ހަކިގޮޅާ

ނ. ގޮޅާގެ ބާވަތެއް. މިގޮޅާގެ ބޭރުގައި ނުސާފު ހުދުކުލައަކާއި ފެހިމުށި ކުލައަކާއި، ކަޅާއި އަދި ދަނބުކުލައަކުން ކުރެހުން އެޅިފައިވެއެވެ. އަނގަމަތި ހުންނަނީ ހުދުކުލައިގައެވެ.

ހަކުންފަލި

ނ. 1 މަސްދޯނިފަހަރުގެ މާވަތުގައި ބޭނުންކުރާ ފަލި. 2 ބަނޑުފައްޔާއި ޖެހިގެން ކުރިޔަށް އޮންނަ ފަލި.

ހަކުރާވަރު

ނ. ހަވަރުގެ ތެރެއިން، ހަކުރާ ބޭކަލަކާ ޙަވާލުވެފައިވާ ވަރު ނުވަތަ ބައި.

ހަކުރު

ނ. 1 އުއްދަނޑިއާއި ރުކުރާއާއި ވައްތަރު ވައްތަރުގެ މޭވާއާއި އަޑިއަށް ފައިބާ ގޮނޑިލީ ބައެއް ތަކެތިން ނަގާފޮނި. މިހިކިކޮންނާއި ދިޔާކޮށްހުރެއެވެ. 2 (ވ) ބާވަތެއްގެ މޫދުމަހެއް.

ހަކުރުހަލާނފަތް

ނ. (ޏ) ނަނުބެއްދިފަތް. މިއީ އޮލަދިޔައެއް ހުންނަ ފަތެކެވެ. މިއަށް ކުދީންކުޅޭ ކަރަންފޫ މިހެންވެސް ކިޔައެވެ.

ހަކުރުހިލުން

މ. ރާ ފޮނި ހަކުރައް ވަންދެން ކައްކައި އޮލަކުރުން.

ހަކުރުހެދުން

މ. (ސ) ދިވެހިހަކުރު ހިލުން.

ހަކުރުހޭނުން

މ. (ގ) ހަކުރު ހިލުން.

ހަކުރުބަލި

ނ. ހަށިގަނޑަށްބޭނުންވާ ގުލްކޯޒް ބޭނުންކުރާ ނިޒާމަށް ގެއްލުން ވެގެންޖެހޭ ބައްޔެއް.

ހަކުރުބޮލި

ނ. ބޮލީގެ ބާވަތެއް. ގަދަމުށިކުލައިގެ ތިކީގެ ރޮނގުތަކެއް ވަރަށް ހިމަކޮށް މިބޮލީގެ ބޭރުގައި ހުރެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކޮށެވެ. ބުރަކަށިމަތީގައި މުށިކުލައާއި ގާތް ދޮންކުލައެއް ހުރެއެވެ.

ހަކުރުބޮޑުއައްޕަން

ނ. (މަލިކު) ފޮނިބޯކިބާ.

ހަކުރުފަނި

ނ. 1 ހުސްހަކުރުން އޮލަކޮށް ގިރާފައި ހުންނަ ފަނި 2 (ބ) ރާ ކައްކަން ބޭނުންކޮށްފައި ހުންނަ އަކިރި ތަކުގެ ތެރެއަށް ފެން އަޅައިގެން ހޫނުކޮށްލައިގެން ތައްޔާރުކުރާ ފަނި. 3 (ސ) ރާފޮނި.

ހަކުރުފޮނި

ނ. ދިވެހިރުކުގެ ރާ ކުޑަކޮށް ކައްކާލައިފައި މުޅިން ހަކުރަށް ނަހަދާ ހުންނައިރު ކިޔާ ނަން.

ހަކުރުލުން

މ. ހަކުރު ދިޔާކޮށްފައި އޭގެތެރެއަށް ހަކުރުލާންވީ އެއްޗެއް އަޅައިގެން ކައްކައި ހިއްކައިލުން

ހަކުބައިން

ނ. ހަކަށް ލައްވާބައިން.

ހަކެރެ

ނ. (ލ،ގ) ހަކުރު.

ހަކޮށި

ނ. 1 ބޮޑު ރިނދަލި. 2 މޫދުގައި މަސްލައިގެން ދުވާ ރިނދަލިޒާތުގެ ބޮޑުއެއްޗެއް.

ހައި

ނ. 1 ކުނާވިޔަން ގެންގުޅޭހުއި. 2 ވިޔުނު އެތިގަނޑުގެ ކޮޅުން ކަނޑާލާ އުއިގަނޑުގެ އުއި 3 ބަނޑު ހުސްވުމުގެ އުނދަގޫ 4 ނއ. އަޑި. 5 ހިނދި. 6 ވަރުލައި. މިސާލު: {ހ} މީހާގެ ހައިވެލާ ތަންކޮޅެއް ނެތެވެ.{ށ}މިދޯނީގައި ހައިވެލާ ތަންކޮޅެއް ނެތެވެ. {ނ} މިއީ ހައިނުކޮށް ރާޅުމުގުރާ ތަނެކެވެ. އތ. 7 މިންވަރު. މިސާލު: ނާޅިއެއްހާ ހަނޑޫ. 8 ކޮންމެ. މިސާލު: ނެތްހައި އެއްޗެއް ހޯދަން އުޅެއެވެ.

ހައިހޫނު

ނ. 1 ބަނޑަށް ޖެހޭޖެހުން. 2 ކާބޯތަކެތި ނުލިބިގެން ޖެހޭހާލު.

ހައިހޫނުކަން

ނއނ. ކާބޯތަކެތި ނުލިބިގެން ލިބޭ ބަނޑުހައިކަން.

ހައިހޫނުވުން

މ. ކާބޯތަކެތި ނުލިބިގެން ބަނޑުހައިވުން.

ހައިނުކުރުން

މ. 1 ވަރުނުލުން. 2 ކެނޑިނޭޅުން. 3 ހުއްޓުމެއްނެތުން. 4 މެދުކެނޑުމެއްނެތުން.

ހައިނުކޮށް

ކއ. 1 ވަރުނުލައި. 2 ކެނޑިނޭޅި. 3 ހުއްޓުމެއްނެތި. 4 މެދުކެނޑުމެއްނެތި.

ހައިރާންމާކު

ނ. ލިޔެކިޔުމުގައި ބޭނުންކުރާ ނިޝާނެއް. މިނިޝާން ޖަހަނީ ޙައިރާންވާ ކަހަލަ ވާހަކައެއް ނުވަތަ، ރުޅިވެރިކަމެއް، ނުވަތަ ހިތާމައެއް، ނުވަތަ އަމުރެއް، ނުވަތަ މަލާމާތެއް، ނުވަތަ އިސްތިޙުސާނެއް އެކުލެވޭ ބަސްބަހާއި ޖުމުލައިގެ ފަހަތުގައެވެ.

ހައިރު

ނ. [ބޯދާ] 1 ކަޅުވެލި. 2 ކަޅުފަސް.

ހައިބަ

ނއ. 1 ބިޔަ. 2 ނުހަނު ބޮޑު. މިސާލު: {ހ}ހައިބަ ބޮޑު މިނިކާވަގެއް. {ށ} ހައިބަ ބޮޑު{ނ} ނިކަބިލިއްސަ ގަހެއް.

ހައިބަވަންތަ

ނއ. 1 އެންމެ ފުރިހަމަ ހައިބަތުހުރި. 2 މީސްތަކުން ޖެހިލުންވާ ތޫނުފިލި ސިފަހުރި

ހައިބަވަންތަކަން

ނއނ. މީހުން ޖެހިލުންވާ ސިފަ. މިސާލު: {ހ} اللهގެ ހައިބަވަންތަކަން ހަނދުމަކުރާށެވެ. {ށ}އެއީ ވަރަށް ހައިބަވަންތަކަން ހުރި މީހެކެވެ. {ނ}އެޖަލްސާގެ ހައިބަވަންތަކަން ބޮޑުކަމުން އަޅުގަނޑަށް އެއްޗެއް ނުބުނެވުނީއެވެ.

ހައިބަތު

ނއ. މީހެއްގައި ހުންނަ މީހުން ޖެހިލުންވާ ތޫނުފިލި ސިފަ.

ހައިބަތުހުރުން

މ. މީސްތަކުން ޖެހިލުންވާ ތޫނުފިލި ސިފަހުރުން.

ހައިކަ

ނ. އަތުރާ ކުރަހާފައިވާ ކޮޅު މޮށްކޮށް އޮންނަ ތަވީދުލާ ބަޑިއެއް.

ހައިކެޑުން

މ. (ސ) 1 ހައިކުރުން. 2 ކުރާކަންތައް ތަންކޮޅެއް މަޑުކޮށްލުން.

ހައިވަކަރު

ނ. މޮޅި ލަކުޑިއެއް. ދޭތެރެ ދޭތެރެއިން ފަތްފައިބާ ބިޔަކޮށް ހެދޭގަހެއް. މިއީ، އިންޑިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގައި ހެދޭ ގަހެކެވެ. މިގަހުގެ ލަކުޑިއަކީ މަޝްހޫރު މޮޅުލަކުޑިއެކެވެ.

ހައިދު

ނ. [ބޯދާ] 1 ނެތިކުރާކުރުން. 2 ހަލާކު ކުރާހަލާކު ކުރުން.

ހައިތަރު

ނ. [ބޯދާ] 1 ކަޅުވެލި. 2 ކުދި ހިލަކޮޅުކޮޅު.

ހައިގަނޑު

ނ. ވިޔާތަކެތި ވިޔެ އަވަދިވެގެން ކޮޅުން ކަނޑާލާ އުއިގަނޑު.

ހައިސިއްޔަތު

ނ. 1 މަޤާމް. 2 ދަރަޖަ. 3 ނިސްބަތްވާގޮތް. މިސާލު: ވެރިއެއްގެ ހައިސިއްޔަތުން.

ހައިޑުރިޖަން

ނ. ގޭހުގެ ބާވަތެއް. މިއީ ކުލައެއް ވަހެއް ނެތް އެއްޗެކެވެ. ވަރށް ފަސޭހައިން އަލިފާން ހިފާ އެއްޗެކެވެ. ގޭހުގެ އެހެނިހެން ބާވަތްތަކަށްވުރެ ލުއި އެއްޗެކެވެ.

ހައިޑުރޯއިލެކްޓްރިކު

ނ. 1 ފެނުގެ ޒަރީޢާއިން ނުވަތަ ފެނުން އަރާ އާވީގެ ޒަރީޢާއިން އުފައްދާ އިލެކްޓުރިކު. 2 ފެނުގެ ބާރުން ޑައިނަމޯ އަނބުރައިދީގެން އުފައްދާ ކަރަންޓު.

ހައިޑުރޯމީޓަރު

ނ. 1 ފެންގަނޑު ބޮޑުވެ ކުޑަވާވަރު ބެލުމަށް ބޭނުންކުރާ އާލަތެއް. 2 ދިޔާ އެއްޗެހީގެ ބިމަށްދަމާ ބާރުބެލުމަށް ބޭނުންކުރާ އާލަތެއް. މިކަންކުރަނީ ފެނުގައި ލޮނުގެ އަސަރު ހުންނަ މިންވަރު ބެލުމަށެވެ.

ހައިޑުރޯފޯބިޔާ

ނ. 1 ފެންދެކެ ބިރުގަންނަ ބަލި. އެންމެ އާންމުކޮށް މިބަލިޖެހެނީ ކުއްތާ ދަތްއެޅުމުންނެވެ. 2 ވަކި އެއްޗެއް ދެކެ ގަންނަ ބިރު

ހައިޑުރޯގުރަފީ

ނ. 1 ކަނޑުތަކާއި ކޯރުތަކާއިބެހޭ ޢިލްމު. 2 ފެނުން އުފައްދާ އާތްވާ ބެހޭ ޢިލްމު. 3 ކަނޑުތަކާއި ކޯރުތަކުގެ ފެންގަނޑަށް އަންނަ ބަދަލުތައް ބެލުމަށް ކުރާ ތަހުލީލު.

ހައިޖާނު

ނ. 1 ހިތުގައި ވަކިކަމެއްގެ މައްޗަށް ޚިޔާލުތަކެއް ގަދަވާ ގަދަވުން. 2 ބައެއްގެ މެދުގައި އުފެދޭ އަރާރުމާއި ހަމަނުޖެހުން.

ހައުރުފިޔާ

ނ. (މަލިކު) 1 ވަކި ރުފިޔާ. 2 ވަކި ލާރި.

ހައުޅަލަ

ނ. (ސ) ހާޅަލަ.

ހައުޅާބައިން

ނ. އަންނަ ފޭލީގެ ކޮޅުމަތީގައި އަޅާ ދުޅައެއް.

ހައުޅާބައިންޖެހުން

މ. އަންނަ ފޭލީގެ ކޮޅުމަތީގައި ހައުޅަ ނަގައިގެން ދުޅައެޅުން . މިއީ ކޮޅުމަތި ރީތި ކުރާން ކުރާ ކަމެކެވެ.

ހައުޅު

ނ. (ގ) ޖާހިލު.

ހައުދަހައި

އ. 1 ހައުދަ. 2 ހާދަހާބަލާ.

ހައެއްކަ

ނއ. ގާތްގަނޑަކަށް، ހަޔެއް، މިބަހުގެ މާނަދޭހަވަނީ އެއްޗަކާ ގުޅުނީމައެވެ. މިސާލު: {ހ}ހައެއްކަ ފަހަރު. {ށ}ހައެއްކަފޮތް.

ހައް

ނ. 1 ދިގުއޮޑިކޮށް އޮންނަ ލަކުޑިކޮޅެއްގައި ދެލޯވަޅު ތޮރުފައި، އެއްލޯވަޅުން ކުސަފުރައި އަނެއްލޯވަޅުން ވާލައްވާން ހުންނަ ކައްޕި ފަދަ އެއްޗެއް. 2 ގުޑިވައިގައި ހިއްޕުމަށްޓަކައި ދަނޑިއެއްގެ ކުރީގައި ހަކެއްފަދަ އެއްޗެއް ހަރުކޮށް އެއަށް، ދިދައިގެވާ ފަދައިން ވަލެއްލައްއްވައި ކޮޅަށްޖަހައިފައި ހުންނަ ދިގުދަނޑި. 3 ސަންގު. 4 ސަންގާވައްތަރު ކޮންމެ އެއްޗެއް.

ހައްބަ

ނ. ކޮންމެ އެއްޗަކުން. ނަމަވެސް ބޭނުމެއް ނުހިފޭހައި މަދު މިންވަރު. މިބަސް ބުނެއުޅެނީ އެއްޗެއް ނެތްކަން ދެއްކުމަށެވެ. މިސާލު: އޭނާ އަތުގައި ހައްބަވެސް ނެތެވެ. އެބުނީ އޭނާ އަތުގައި އެކައްޗެއްވެސް ނެތް ވާހަކައެވެ.

ހައްބަމުކައްބަވެސްނެތުން

މ. މީހެއްގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަން ގަދަކޮށްލުމަށް ބުނެއުޅޭ ބަހެއް. މިސާލު: އޭނާގެ އަތުގައި ހައްބަ މުކައްބަވެސް ނެތެވެ.

ހައްބުރު

ނ. (ހ) ރާބުޅަލާއި ވައްތަރު ކުޑަކުޑަ މަހެއް. މަހުގެ ހުރަހަށް ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ތުން ހިމަ ވާނެއެވެ. މި މަސް އުޅެނީ ފަޅުތެރޭގައި ހުންނަ އާނުގަނޑުގަނޑުގެ ކައިރީގައެވެ. އަދި ގޮނޑުދޮށާއި ކައިރިގާތަކުގެ ތެރޭގައިވެސް އުޅެއެވެ.

ހައްކަޅެ

ނ. (ގ) ކައިރިފަށް ގިރިގެން ނުވަތަ ކަންފަތިވެގެން ލޯވަޅެއް ވާ ބޮޑު.

ހައްކަޅޮވުން

ނ. (ޏ) ލޯވަޅެއް ފަދަތަނެއް ކައިރިފަށް ގިރިފެން ނުވަތަ ކަންފަތިވެގެން ބޮޑުވުން.

ހައްކަޖެހުން

މ. (މަލިކު) ކުއްލިޖެހުން.

ހައްވާމަހަ

ނ. (ޏ) ފަޅުގައިއުޅޭ ކަޅުކުލައިގެ ކުޑަމަހެއް. މިއީ ފެނަށް ދިރޭމަހެކެވެ. މަހުގެ ބަނޑުދޮށްހުންނަނީ ދޮންކުލައިގައެވެ. މަހުގެ ބޮލާވީ ކޮޅުން ބުރިކަށިމަތިން ދެފަރާތަށް ހުދު ރޮނގެއްހުންނާނެވެ. ނިގޫފަތުގެ ކައިރީގައި ދެފަރާތަށް ވާގޮތަށް ވަރަށް ކުލަފަނޑު ރީނދޫ ކުލައިގެ ރޮނގެއް ހުންނާނެއެވެ.

ހައްދައިލުން

މ. ރަޓުވައިލުން. މިސާލު: އޭނާ ހައްދައިލީމާ އެކަން ކުރާންޤަބޫލު ވެއްޖެއެވެ.

ހައްދު

ނ. 1 ޒިނޭކުރުމުން ނުވަތަ ރާބުއިމުން އެމީހާގެ ގައިގައި ދުއްރައިން ތަޅާ ތެޅުން. 2 މީހަކާ ދިމާއަށް ޒިނޭކޮށް ފިޔޭ ބުނެ ޒިނޭ ސާބިތުނުވީމާ އެބުނި މީހާގެ ގައިގައި ދުއްރައިން ތަޅާތެޅުން. 3 މިން. 4 ހިސާބު. މިސާލު: {ހ}ހައްދުފަހަނަޅައި ހިނގައްޖެއޭ ބުނެފިނަމަ، އެއީ މިނަށްވުރެ އިތުރަށް ދިޔައީއެވެ. {ށ}މީނާ ދުންބުއިމުގެ ހައްދެއްނެތޭ ބުނެފިނަމަ އެއީ ދުންބުއިމުގެ ވަކި މިންވަރެއް ނެތީއެވެ.

ހައްދުފަށަށްއެރުން

މ. ކައިވެނިވުމަކާއި ނުލައި، ދެމަފިރިންގެ ދަރަޖައަށް ގައިގޯޅިވެގެން އުޅުން.

ހައްދޫކަނޑުފަނިގޮޅާ

ނ. (ޏ) އަލަށްމާލެދާ މީހުން އަތުން ހައްދޫ ކަނޑު ފަހަނައެޅީމައި އާދައެއްގެ ގޮތުން ނެގޭ ކޮންމެވެސް ފޮނިކާއެއްޗެއް.

ހައްތާ

އކ. 1 އަބަދު. 2 މުޅީން. މިސާލު: ހައްތާކަނީ ކޯރާ ހަނޑުލެވެ. މިހެން ބުނެފިނަމަ އެއީ އަބަދުކަނީ ކޯރާ ހަނޑުލެވެ.

ހައްގުލަންގަރު

ނ. ބަނދަރުކުލި.

ހައްސަލޮނދި

ނ. (ޅ) އެމުގެ ތެރޭގައި އުޅޭ ދެއިންޗި ވަރުގެ ހިމަދިގު ފެހިކުލައިގެ ލޮނދި އެމެއް

ހައްޔަރު

ނ. 1 މީހަކު ނުވަތަ އެއްޗެއް ތަނެއްގައި ކޮށްފައިވާ ބަންދު. 2 އަމިއްލަވެގެން އުޅުނަ ނުދިނުމަށް ކުރާބަންދު. 3 މާބަނޑުކަން.

ހައްޔަރުންނެއްޓުން

މ. 1 ބަލިވެ އިންމީހާ ހަތަރުމަހުގެ ކުރީގައި އެކަމުން ނެއްޓުން. 2 ބައިގެންދިޔުން.

ހައްޔަރުގައިއިނުން

މ. 1 ބަލިވެއިނުން. 2 މާބަނޑުވުން.

ހައްޔަރެއްނެތުން

މ. 1 ބަންދުކަމެއްނެތުން. 2 ހިފެހެއްޓުމެއްނެތުން. 3 [މަޖާޒު] ބަލިވެއިން ކަމުގައި ނުވުން.

ހައްޕިލަނޑައި

ނ. (ޅ) ހުއިފިލަނޑާ.

ހައްޕިލަނޑާ

ނ. ހުއިފިލަނޑާ. (ޅ) ހައްޕިލަނޑައި.

ހައްޕު

އކ. 1 އަނގައިން ނުބުނާން ޤަސްތު ކޮށްގެން ހުރިކަން އަންގައިލުމަށް ބުނެއުޅޭ ބަހެއް. މިސާލު: އަހަރެން ހައްޕު ކިޔައިފީމޭ ބުނެފިނަމަ އެއީ، އަހަރެން އަނގަޔަކުން ނުބުނާނަމޭ. 2 [މަޖާޒު] ކަމަކުން ދުރުވެހުރިކަން އަންގައިލުމަށް ބުނެއުޅޭ ބަހެއް. މިސާލު: "ތިޔަކަމަށް ހައްޕު ކިޔައިފީމޭ" ބުނެފިނަމަ އޭގެ މާނަޔަކީ ތިޔަކަމުން ދުރުވެގެން ފީމޭ.

ހައްޕުނޑަ

ނ. (ލ) ހައްޕުނޑު

ހައްޕުނޑި

ނ. (ގ) ހުއިފިލަނޑާ.

ހައްޕުނޑު

ނ. 1 ދުފާއިރު އަނގަޔަށް އެއްވާ ކުނޑިބޮނޑި. 2 ތަކެތީގެ ދިޔަބޮއިފައި އުކާލާ ކުނޑިބޮނޑި.

ހައްޕުކިއުން

މ. އަނގައިން ނުބުނާން ގަސްތުކޮށްގެން ހުރިކަން އަންގާލުމަށް ހައްޕު މިބަސް ބުނުން.

ހަވަރަށްދެއްވުން

މ. ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ޚާއްޞަގޮ ތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެމީހާއަށް ހަދައިލުމަށް ރަދުން އެމީހަކު އެބޭކަލުންނަށް، ދެއްވުން.

ހަވަރު

ނ. 1 ހަނގުބޭކަލުން ބެހިފައި އޮންނަ ހަބައި. 2 ރަދުންގެ ލަޝްކަރު.

ހަވަރުކެނބު

ނ. ބޮޑެތިފަލަ ކެނބު. އިހުގައި މިކަހަލަ ފަލަ ކެނބު އަޅަނީ ހަވަރު ނުކުންނަވައިގެންނެވެ. އެއަށް މިނަން ކިއުނީ މިހެން ވެގެންނެވެ.

ހަވަރުއެއްވުން

މ. "ހަވަރުހުއްޓިލެއްވުން"

ހަވަރުފެންފޮޅިޔަށްއެޅުން

މ. 1 ހަވަރު ގޮވާލުމަށް ފެންފޮޅި ފިހާން މަޖިލީހަށް އަރާ ބޭކަލުންގެ ގޭގެޔަށް ހަނޑޫ ބެހުން. 2 [މަޖާޒު] ތިމާޔަށް އިވުނު ޚަބަރެއް ހުރިހާތާކަށް ފަތުރަމުން ހިނގުން.

ހަވަރުދުރޯ

ނ. ހަވަރަށް ގޮވީމާ، ހާޒިރުނުވާ މީހުންގެ އަތުން ނަގާ ލާރި. މިނަގާނީ، ވާރުނަގާ ހަމައިގެ މަތީންނެވެ.

ހަވަރުތުންފުހި

ނ. 1 ހަވަރު ގޮވާލުން ކޭންބައްލަވައިގެން ހަވަރު އަތް ފުއްސަވާން އެލުވައި ފައި ހުންނަ ފޮތިގަނޑު. 2 [މަޖާޒު] ޝަހްވާނީގޮތުން ތިމާގާތަށް އައިކޮންމެ ފިރިހެނަކާ ޤަބޫލުވާ އަންހެނާ.

ހަވަރުގެރި

ނ. އަޟްޙިއްޔާ ކަތިލެއްވުމަށް ހަވަރަށް ރަދުން ދެއްވާ ގެރި.

ހަވަލި

ނ. (މަލިކު) އަލި.

ހަވާކެއުން

މ. 1 އަރާމުކޮށްލާން ހިނގައިލުން. 2 ވައިޖައްސައިލުން.

ހަވާދު

ނ. 1 ރިހަކައްކާއިރުއަޅާ، ދިރި، ދަވިއްގަނދު، ކޮތަނބިރި، ފިޔާ، ލޮނުމެދު، މިރުސް ފަދަ ރިހަޔަށްލާން ބޭނުންކުރާ ބާވަތްތައް. 2 އަތްކަންކުރާމީހުން ރަނުގެ ބަޔެއް ގަހަނާގެ ކުރެހުމުގެ ތެރެއަށް އަޅާ ކަޅުކުލައިގެ އެއްޗެއް. 3 ފޮނިތޮށި ހަވާދު.

ހަވާދުކުރުން

މ. ކަރުފައްޓަރުގެމަހި، ކަންފަތުމުދި ފަދަތަކެތީގެ ކުރެހުން ރީތިކުރާން ކުރެހުމުގެ ތެރޭގައި ކަޅުކުލަޖެއްސުން.

ހަވާދުތަޅަންވަން

ނ. (ލ) ހަވާދުތަޅާވަން.

ހަވާދުތަޅާވަން

ނ. ހަވާދު ހިމުންކުރަން ގެންގުޅޭ ވަން. މިހުންނަނީ ދަނގަޑުން ނުވަތަ ލޮއިންނެވެ.

ހަވާދުގޮށި

ނ. ކަރުދާސް ފަތް ޖަހައިގެން ހަތަރުފޫ ލައިފައި ހަދާގޮށި.

ހަވާލާދިނުން

މ. ދައްކާވާހަކައެއްގައި ނުވަތަ ލިޔާއެއްޗެއްގައި އަނެކެއްގެ ބަހަކަށް ނުވަތަ ލިޔުމަކަށް އިޝާރަތްކުރުން.

ހަވާލުކުރުން

މ. 1 މީހަކާ އެއްޗެއް ނުވަތަ ކަމެއް މަތިކުރުން. 2 މަސްއޫލިއްޔަތު އުފުލާން ޖެއްސުން.

ހަވާލުވުން

މ. ތިމާއާއި ޙަވާލުކުރާ ކަމެއް ނުވަތަ އެއްޗެއް ޤަބޫލުކުރުން.

ހަވާލުޖެއްސުން

މ. އެއްފިހާރައެއްގައި އޮތް މީހެއްގެ ހިސާބު އަނެއް ފިހާރައަކާ ޙަވާލު ކުރުން.

ހަވާސާ

ނ. 1 ލިޔެފައިވާ ފަތްފުށެއްގެ ވަށައިގެން އޮންނަ ހުސްތަން. 2 ތަނަވަސް ހުސްބިން. 3 ނއ. އެކުވެރިކަންބޮޑު. 4 އަލި. 5 ހާމަ.

ހަވާސާނޯޓް

ނ. މައިގަނޑު ލިޔުމުގައި ވާއެއްޗެއް އިތުރަށް ތަފްޞީލު ކޮށްދިނުމުގެ ގޮތުން އެލިޔުމެއްގެ ތިރީގައި ނުވަތަ އެސަފުހާއެއްގެ ތިރީގައި ލިޔެފައި ހުންނަ ވާހަކަތައް.

ހަވާސާކަން

ނއނ. 1 އެކުވެރިކަމުގެ ބޮޑުކަން. 2 އަރިސްކަން. 3 ގަސްނެތުމުން ލިބޭ އަލިކަން.

ހަވާސާވުން

މ. 1 ބޮޑަށްއެކުވެރިވުން. 2 އަރިސްވުން. 3 ގަސްނެތި އަލިވުން.

ހަވާސުލައިމާނު

ނ. 1 ދިވެހިބޮޑު ލަވައެއް. 2 އެލަވައިގެ ރާގު.

ހަވާސް

ނ. ފަސްޙިއްސު. އެއީ ރަހަލުން، ފެނުން، އިވުން، ވަސްދުވުން ގައިގައި ޖެހުނީމާ އެނގޭ އެނގުން މިއެވެ.

ހަވިންތަ

ނ. [ބޯދާ] ބިންގަލެއްހެން ނުގުޑާ.

ހަވިއްތަ

ނ. 1 ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ހަދައިފައި ހުންނަ ބައެއްކަހަލަ ތަންތަން. 2 ބައެއް ރަށްރަށުގައި އަކިރިއާއި ވެލިން ފޮރުވިފައި ހުންނަ ބައެއްކަހަލަ އުސްތަންގަނޑު.

ހަވީރަ

ނ. (ލ) ހަވީރު.

ހަވީރު

ނ. 1 ދުވާލުގެ ހަތަރުބައިކޮށް ފަހުބައި. 2 އަސުރުވަގުތާއި އިރުއޮއްސޭ ވަގުތާދެމެދު.

ހަވީރުހަކުރު

ނ. ހަވީރުރާގައި ހިލާހަކުރު.

ހަވީރުރާ

ނ. ހަވީރަށް ބާލާރާ.

ހަވެދަނޑިކާނަ

ނ. (ޏ) އަންނަފޭލީގެ ކޮޅުމަތީގެ އެއްވައްތަރެއް.

ހަވޭލި

ނ. 1 ދުރުތަންތަން ބަލާން ހަދައިފާހުންނަ އުސްގޭގެ. 2 އިހުޒަމާނުގައި މުއްސަނދިންނާ ޝާހީ އަންހެން ބޭފުޅުން ތިއްބެވުމަށް ބޭރު ފެންނަގޮތަށް ހަދައިފައި ހުންނަ އުސް ޢިމާރާތް.

ހަވޭޑައިކާނަ

ނ. (ސ) ފޭލީގެ ކޮޅުމަތީ ފަށުވި ޖަހައިގެން ހަދާތަނުގެ އެއްވައްތަކަރަށް ކިޔާނަމެއް.

ހަމަ

ނ. 1 އިންސާފު. 2 އެއްވަރު. 3 ތިންހަމަ ކުޅޭއިރު އެއްކަހަލަ ތިންފުށްވާދިމާ. 4 ބެރާލަވަޔާވާއެކު. 5 އކ. އެއްވެސް ބޭނުމެއްނެތް ކަމުގެ މައްޗަށް ދަލީލުކުރާ ބަހެއް. މިސާލު {ހ} ހަމައައީ. {ށ} ހަމައިނީ. 6 ވުމުގެ މައްޗަށް ނުވަތަ ނުވުމުގެ މައްޗަށް ބަސްގަދަކުރުމަށްބުނާ ބަހެއް. މިސާލު: {ހ} ހަމަނުފެނުނޭ. {ށ} ހޯދީވިއްޔާ ހަމަފެންނާނެއޭ.

ހަމަހިފެހެއްޓުން

މ. 1 އިންސާފުން އެއްކިބާނުވުން. 2 ގަވާއިދާއެއްގޮތަށް ޢަމަލުކުރުން. 3 ވަޒަން ހިފެހެއްޓުން.

ހަމަހިލާ

އކ. އެއްގޮތަކަށްވެސް. މިސާލު: "ހަމަހިލާ ނުދާނަމެވެ." އެބަހީ އެއްގޮތަކަށްވެސް ނުދާނަމެވެ.

ހަމަހިލޭ

ކއ. 1 އެއްވެސް ކަހަލަ ބަދަލެއްނެތި. 2 ކަމެއްނެތި.

ހަމަހިލޭދިނުން

މ. އެއްވެސްކަހަލަ ބަދަލެއްނެތި ދިނުން.

ހަމަނުވުން

މ. 1 ވަޒަނުން ނުވަތަ އަދަދުން މަދުވުން. 2 ގަޑިއެއްނަމަ އަވަސްވުން ނުވަތަ ލަސްވުން. 3 (މަލިކު) ރަނގަޅުނުވުން.

ހަމަނުޖެހުން

މ. 1 ރަމަތަނުވުން. 2 ދެކޮޅުވެރިކަން އުފެދުން. 3 ޚިޔާލު ތަފާތުވުން. 4 ވަޑާންކުރާއިރު ގުޅުވައި ދެގަނޑެތި ރަނގަޅަށް ފެތި ހިމުންނުވުން. 5 ހަމަޖެހުން މިބަހުގެ އިދިކޮޅު. 6 އޮންނަންވީ ރަނގަޅު ގޮތުން ނެއްޓުން. 7 ފައްތަރު ފަރަގުވުން. 8 ނ. ގަޑުބަޑު.

ހަމަނޭވާ

ނ. ދަތިކަމެއްނެތި ލެވޭ ނޭވާ.

ހަމަނޭވާލުން

މ. 1 ނޭވާ ދަތިވެގެން އުޅެފައިނޭވާ ހަމަޔަށްލުން. [މަޖާޒު] 2 ހަމަނުޖެހޭ އުޅުމަކަށްފަހު ހަމަޖެހޭ އުޅުމަކަށް އައުން. 3 އަވަދިނެތި އުޅެފައި ތަންވަޅު ލިބުން.

ހަމަރޮދި

ނ. ފަހަންވީގޮތަށް ފޮތިގަނޑު ހަރުކޮށްލުމަށްޓަކައި ތިނޯސްވަޅު ދުރުދުރުކޮށް ޖަހާ ދުވާރޮދި.

ހަމަބިމަށްފޭބުން

މ. [މަޖާޒު] 1 މަތީ މަޤާމަކަށް ދެވުމުން ބޮޑާވެ ކިބުރުވެރިވެފައި ހުރި މީހަކު ދަށް މަޤާމަކަށް ބަދަލުވުން. 2 ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުން އައިސްފައި ހުންނަ ރުޅިގަނޑު ފިލައިގެން ދިއުން.

ހަމައަލި

ނ. އެއެއްޗަކުން ލިބެންހުރި ފުރިހަމަ އަލި.

ހަމައަލިލިބުން

މ. އެއެއްޗެއްގައި ހުންނަންވާ ފުރިހަމަ އަލި ލިބުން.

ހަމައިންނެއްޓުން

މ. 1 އިންސާފުން ބޭރުވުން. 2 ޤަވާޢިދާއި ޚިލާފުވުން.

ހަމައެކަނި

އ. 1 އެނޫން އެހެން އެއްވެސް އެއްޗެއް، ނުވަތަ ކަމެއް ނުވަތަ މީހެއް ނެތްކަން ބަޔާންކޮށް ދިނުމަށް ބުނެއުޅޭ އަކުރެއް. މިސާލު: {ހ} ބުނީ ހަމައެކަނި އެހެން. {ށ} އައީ ހަމައެކަނި އޭނާ. {ނ} ބޭނުންވަނީ ހަމައެކަނި ގަލަމެއް. 2 އެކަނި މިބަސް ގަދަކުރުމަށް ބޭނުންކުރާގޮތް.

ހަމަވައި

ނ. 1 ހަމަރޯޅި. 2 ނިވަލެއްނެތި ޖެހޭވައި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށްފަހު ލިބޭ ފަސޭހަ.

ހަމަވައިގައިޖެހުން

މ. 1 ނިވަލެއްނެތި އަންނަވައިގައި ޖެހުން . 2 [މަޖާޒު] މީހެއްގެ އުޅުން ވަކިގޮތަކަށް ހަމަނުޖެހި އުޅެއުޅެފައި އެއްގޮތެއްގައި ހަމަޖެހުން.

ހަމަވައިޖެހުން

މ. 1 ނިވަލެއްނެތި ވައިޖެހުން. 2 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލައްފަހުލިބޭ ފަސޭހަ

ހަމަދުވެލި

ނ. 1 ހަމަވައިގައި ދުވާދުވެލި. 2 ފުރިހަމަ ދުވެލި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށް ފަހު ލިބޭފަސޭހަ.

ހަމަދުވެލިލިބުން

މ. 1 ފުރިހަމަ ދުވެލި ލިބުން. 2 ހަމަވައިގައި ދުވާ ދުވެލި ލިބުން.

ހަމަތި

ނ. (ޏ) ބަނޑުފުށް މައްޗަށްލައި ރާޅާއިއެކު ފުރޮޅެމުންދާ މަސްއައިން.

ހަމަޖެއްސުން

މ. 1 ރަމަތަކުރުން. 2 އަރާރުމާއި ގަޑުބަޑު ފިލުވުން. 3 ދަތިފިލުވުން. 4 ވަޑާން ކުރާއިރު ދެގަނޑެތި ރަނގަޅަށް ފައްތާ ހިމުން ކުރުން. 5 އެގޮތް މިގޮތްވެފައިވާ އެއްޗެހިތަކެއް ތަރުތީބު ކުރުން.

ހަމިހިލެއި

ކއ. (ސ) ހަމަހިލޭ.

ހަމްދަރުދީ

ނ. އަނެކަކަށް ދެރައެއް ލިބުނީމާ އެކަމުންތިމާގެ ހިތަށް ތަދުވެ އެމީހާއާ ބައިވެރިވާ ބައިވެރިވުން.

ހަމްދަރުދީވުން

މ. 1 އަނެކަކަށްލިބޭ ހިތާމައެއްގައި ބައިވެރިވުން. 2 އަނެކަކަށް ލިބޭ ހިތާމައެއްގެ ސަބަބުން ތިމާގެ ހިތަށް ތަދުވުން.

ހަމްލު

ނ. 1 ޙަމްލު. 2 ޙަމްލު ރާހީގެ ފުރަތަމަ ރާހި. މިރާހި ފެށޭނީ މާރިޗުން އެކާވީސް ނުވަތަ ބާވީސް ވަނަ ދުވަހުއެވެ.

ހަމްލުބުރުޖު

ނ. ޙަމްލުރާހި.

ހަމްލުގަވައިދު

ނ. ޙަމްލު ރާހި ހޯދާ ގަވާޢިދު.

ހަފީސް

ނ. (މަލިކު) އޮފީސް.

ހަފު

ނ. 1 ނަންނުގަތި ކަހަލަ ސޫތްޕެއް. މީގެ ބޮލުގައި ހުޅިއެއް ހުރެއެވެ. 2 (ޅ) ނަންނުގަތި.

ހަފުސަރު

ނ. (މަލިކު) އޮފިސަރު.

ހަފޮޅުން އެތެރެވެއްޖިއްޔާ ބަޔެއް އޮންނާނެ

[މުސްކުޅިބަސް] އެއްވެސްކަމެއް ނުވެވުނަސް މަހަށް ދިޔައީތީ ބައިދޭ މީހުނާމެދު ބުނެއުޅޭ މިސާލެއް. މިސާލުދީ އުޅެނީ ކޮންމެވެސް ބައެއްގެ ތެރޭގައި އުޅޭ އެބަޔަކަށް ލިބޭ އެއްޗެއްލިބިމެ އެއްވެސް ބޭނުމެއްނެތް މީހަކާ ދިމާއަށެވެ.

ހަދަނޑިވަޅުލަވަ

ނ. 1 ސަމާތާރައިގައި ޖަހާލަވަޔަކާއި ކިޔާލަވައެއް. 2 ދަނޑިބެރުގައި ޖަހާކުޑަލަވައެއް.

ހަދަސުވެރިކަން

ނއނ. 1 ވުޟޫ ގެއްލިފައިވާކަން. 2 ހިނެއިން ވާޖިބުވެފައިވާކަން.

ހަދިޔާ

ނ. އެކުވެރިކަމުގެ ގޮތުން، ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހަމަހިލޭ ދޭ ތަކެތި.

ހަދިޔާބަޑި

ނ. 1 އެއް ދައުލަތެއްގެ މަނަވަރެއް އަނެއް ދައުލަތެއްގެ ރަށަކަށްގޮސް ވަނުމާ އެކުޖަހާ ސަލާމުގެ ބަޑި. 2 އޭގެ ޖަވާބުގައި އެރަށަކުން ޖަހާބަޑިޔަށްވެސް ކިޔަނީ މިހެންނެވެ. 3 ބަޑިކޮށީމީހުން ޢީދު ދުވަހު ގޭގެ ދޮށުގައި ކުދިންނަށް ޖަހައިދޭ ބަޑި.

ހަދިޔާދިނުން

މ. މީހަކަށް ހިލޭ އެއްޗެއްދިނުން.

ހަދު

ނ. 1 މުށިން ހަދައިފައި ހުންނަ، ކަރުދިގު ބަނޑިޔަލެއް ކަހަލަ ކަންވާރެއް. 2 (ޏ،ސ) ފުފޭ. [ބޯދާ] 3 މީރުވަސް.

ހަތަރު

ނއ. ގުނުމުގެ ހަތަރު ވަނަ އަދަދުގެ ނަންއިތުރު މިސާލު: {ހ}ހަތަރުފަރާތް.{ށ} ހަތަރު މަޛްހަބް.

ހަތަރުބީރުންގެވާހަކަ

[މިސާލުބަސް] ހަތަރުބީރުން ދެއްކިކަމުގައި ބުނެވޭ ވާހަކައެއް، މީގައި އެކަކު ކިޔާ އެއްޗެއް އަނެކަކަށް އޮޅުން ނުފިލައިގެން އެކި މީހުން ދެއްކީ އެކި ވާހަކައެވެ. ބައަކު މިބާވަތަށް ވާހަކަ ދައްކަންޏާ މިސާލަކަށް ބުނެއުޅެނީ "އެ ދައްކަނީ ހަތަރު ބީރުންގެ ވާހަކަ" އެވެ.

ހަތަރުޚަލީފާ

ނ. 1 އަބޫބަކުރުގެފާނު. 2 ޢުމަރުގެފާނު. 3 ޢުޘްމާނުގެފާނު. 4 ޢަލީގެފާނު.

ހަތަރުބޯފޮޅި

ނ. ބޯފޮޅި ފިހެގެން މައްޔިތުންގެ މައްޗަށް ފާތިޙާ ކިޔަވައި އުޅުނުހަތަރުދުވަސް. (އަހަރެއްގައި އަންނަނީ މިބާވަތުގެ ހަތަރު ދުވަހެވެ.) އެއީ 1 ރަޖަބު ބޯފޮޅި. (ޖުމާދަލްއާޚިރާމަހުގެ ނަވާވީސް ވަނަދުވަސް.) 2 ހިޔަރަކާތްބޯފޮޅި. (ޝަޢުބާންމަހުގެސާދަ ވަނަދުވަސް.) 3 ރޯދަބޯފޮޅި. (ޝަޢުބާންމަހުނަވާވީސްވަނަދުވަސް.) 4 ހައްޖުބޯފޮޅި. (ހައްޖުމަހުގެއަށްވަނަދުވަސް.) މިގޮތަށް ފިހާފޮޅި އެދުވަސް ދުވަހުގެ ހަވީރު މިސްކިތަށް ގެންގޮސްގެން ހުރިހާ މައްޔިތުންނަށް ފާތިޙާ ކިޔަވައި ހަދައެވެ. އިހުގައި މިރާޖޭގެ ކޮންމެ ގެއެއްގައިމެ މިފޮޅި ފިހެ ފާތިޙާ ކިޔަވައެވެ.

ހަތަރުކަންކަށި

ނ. އޮޑިދޯނިފަހަރުގެ ދެމައްޔާ ކައިރީން ބޭރު ހަތަރު ފަރާތް. އެއީ ދިރުނބާކޮޅުގެ މައްޔަލާއި ހުރަސްފިލަޔާ ދޭތެރެއެވެ. ކޮޅުފަސްކޮޅުގެ ދަށްމަޅުގެ ކޮޅުފަސްކޮޅުން ފެށިގެން މައްޔަލާއި ދޭތެރެއެވެ.

ހަތަރުކަޅިހަމަވުން

މ. 1 އެކަކު އަނެކަކަށް އެއްފަހަރާ ލޯފެންނަގޮތަށް ބަލައިލެވުން. 2 ހަތަރުކަޅި ބައްދަލުވުން.

ހަތަރުކަކޫޖެއްސުން

މ. (ސ) ކަކުލާއެކު ހަތަރެއްފައި ޖެއްސުން.

ހަތަރުއަވަށް

ނ. މާލޭގެހަތަރުބައި، އެއީ ހެންވޭރު، މާފަންނު، ގަލޮޅު، މައްޗަންގޮޅި.

ހަތަރުއަތޮޅުމެދު

ނ. އަރިއަތޮޅާއި ނިލަންދެ އަތޮޅުގެ އިރުން، ފެލިދެއަތޮޅާއި މުލަކުއަތޮޅުގެ ހުޅަނގުން އޮންނަ ކަނޑު.

ހަތަރުއާރު

ނ. ސައިޙޫނު، ޖައިޙޫނު، ފުރާތު، ނީލް.

ހަތަރުއިމާމުން

ނ. ސުންނަތް ޖަމާޢަތުގެ ހަތަރު މަޛްހަބުގެ އިމާމުވެރި ބޭކަލުން. 1 ހަނަފީމަޒުހަބުގެ އިމާމު އަބޫޙަނީފާ. 2 ޝާފިޢީ މަޒުހަބުގެ އިމާމު އިމާމު މުހައްމަދުބުނި އިދްރީސުއް ޝާފިޢީ 3 މާލިކީ މަޒުހަބުގެ އިމާމު އިމާމު މާލިކު. 4 ހަންބަލީމަޒުހަބުގެ އިމާމު އިމާމު އަހްމަދު ބުނި ޙަންބަލު.

ހަތަރުއުންސުރު

ނ. ގިނި، ވެލި، ވައި، ފެން.

ހަތަރުމަލާއިކަތުން

ނ. ޖިބްރީލު، މީކާއީލު، އިސްރާފީލު، ޢިޒްރާއީލު.

ހަތަރުމަސްދިހަވުން

މ. 1 މީހަކު މަރުވާތާ ހަތަރުމަހާ ދިހަދުވަސްވުން. އެދުވަހަކީ މަރުވިމީހާގެ މައްޗަށް ފާތިހާ ކިޔަވާ ދުވަސްތަކުގެ ތެރޭން ބޮޑު ދުވަހެކެވެ. 2 މަރުވިމީހާގެ އަނބިމީހާ ބަލިވެ އިންކަމުގައި ނުވާނަމަ ޢިއްދަ ހަމަވުން.

ހަތަރުމަޛުހަބް

ނ. ސުންނަތް ޖަމާޢަތުގެ މަޝްހޫރު ހަތަރު އިމާމުންގެ ފިޤްހީ އުޞޫލުތައް. (އެއީ ހަނަފީ، ޝާފިޢީ، މާލިކީ، ހަންބަލީ، މިހަތަރު މަޛްހަބެވެ.)

ހަތަރުމުރިނގު

ނ. 1 އަރާމުރިނގު 2 އޮއްސޭމުރިނގު 3 މުރިނގު އީރާން. 4 މުރިނގު އަސްތަމާން. ބަސްބޭނުންކުރާ މިސާލު: ކަލެއަކީ ހަތަރު މުރިނގުވެސް ނުދަންނަމީހެކެވެ.

ހަތަރުމޮށްގަނޑު

ނ. ހަތަރެސްފައިޖެހި ޖަނަވާރުގެ ހަތަރުފައިގެ ކަކުލުހުޅުން ތިރި.

ހަތަރުފަށްއެއްތެޔޮ

ނ. ސިޔާސީ ބޮޑެތި އަދަބު ދިނުމަށްޓަކައި ހަތަރު އެއްތެލުން ހަދައިފައި ހުންނަ ހަންމުށި. މީގެ ކުރީކޮޅު ހުންނާނީ ހަތަރުފަށް ވަކީންނެވެ. ފަހަތުގައި އެއްތެޔޮ އޮޅައި ހަތަރުފަށް އެއްކޮށްފައެވެ. މި ހަންމުށި އޮންނަނީ އެތެރެކޮއިލުގައެވެ.

ހަތަރުފަރާތުންތެދުއުއިއެރުން

[މަޖާޒު] ހުރިގޮތަކުން ބަލާއިރުވެސް ކުށެއް އައިބެއް ނެތުން.

ހަތަރުފައިޖެހިގޮނޑި

ނ. 1 އިށީންނަތަން ވައްކޮށް ލިޔެލާޖަހައިފައި ކިއްސަރަކަށް އޮންނަ ހަތަރުފައިޖެހި ގޮނޑިއެއް: މީގެ އުސްމިނަކީ ގާތްގަނޑަކަށް ފޫޓެކެވެ. މިއީ އިހުގައި ގަނޑުވަރުތެރޭގައި ވަރަށް ޢިއްޒަތް ހުރި އެއްޗެކެވެ. 2 ހަތަރުފައިޖަހާފައި ހުންނަ ކޮންމެ ގޮނޑިއެއް.

ހަތަރުފަތިފޭލި

ނ. އިހުގައި އަންހެނުން އަނދެއުޅުނު ފޭއްޔެއް. މިފޭލިވިޔެފައި ހުންނަނީ އެއްތަތުނުގައި ހަތަރުފޭލި އޮންނަ ވަރަށް ފުރައިގެންނެވެ. މި، ތިންފަތި ފޭއްޔަށްވުރެ ދެރަވާނެއެވެ.

ހަތަރުފަލުކުނާ

ނ. ރާއްޖޭގައިވިޔާ ދުރުދުރުގައި ރޮނގުހުންނަ ކުނަލެއް. މިއަށް މިނަން ކިއުނީ ވާރުނެގި ޒަމާނުގައި ހަތަރު ފައު ބޮލީގެ ބަދަލުގައި މިކުނާ ޤަބޫލުކުރާތީއެވެ.

ހަތަރުފިޔަދޫނި

ނ. ދޮންދޫނި، ލެބުރު، ލޯފިނދު އަދި މިނޫންވެސް މިފަދަ ހަތަރުފިޔަލީ ދޫނި.

ހަތަރުފޮތް

ނ. ބާވައިލެއްވި މަޝްހޫރު ހަތަރުފޮތް. އެއީ ތައުރާތު، ޒަބޫރު، އިންޖީލު، ޤުރްއާން.

ހަތަރުދަން

ނ. 1 ދުވާލު ނުވަތަ ރޭގަނޑުގެ ހަތަރުބައި. 2 މުޅި ދުވާލު ނުވަތަ މުޅި ރޭގަނޑު. 3 ސާޅީސް އަށް މޭލުގެ ދުރުމިން.

ހަތަރުދަންފަށް

ނ. ސާޅީސްއަށް މޭލުގެ ދުރުމިން.

ހަތަރުޖަންގީކައްޕި

ނ. ހަތަރު ފޮރޮޅުލީ ކައްޕި.

ހަތަރެސް

ނއ. އެއްޗަކާ ގުޅިފައިވާ ހަތަރު ބަޔަކަށް ދަލީލުކުރާ ބަހެއް. މިސާލު: ހަތަރެސްކަން، ހަތަރެސްފައި.

ހަތައިވަރަ

ނ. ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގެ ތެރޭގައި (މިސާލަކަށް އަހަރު ދުވަހަކަށް) ތަނުގައި އުފައްދާ ހުރިހާ އެއްޗަކާއި، ދޭ ޚިދުމަތާއި ތަނުގެ މީހުން ބޭރުގައި ކުރާ ޚިދުމަތަށް ލިބޭ އަގުގެ ޖުމްލައިން، ބޭރަށްދާންޖެހޭ ހުރިހާ ޚިދުމަތެއްގެ އަގު ކެނޑީމާ ނުކުންނަ އަދަދެވެ.

ހަތަވިވަރަ

ނ. 1 ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރު ދުވަހަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. [ބޯދާ] 2 ހާސިލުވާ އެއްޗެއް.

ހަތާ

ނ. 1 މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު. 2 ތުނިގައު ފޮތި ފޮތި. 3 ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާގެ. 4 ދިރޭއެއްޗެއްގައި ދިރުންހުންނަ އެންމެ ކުޑަބައި. ހުރިހާ ދިރޭއެއްޗެހި އެއެއްޗަކުން އުފެދިގެންވާ އަސާސީމާއްދާ. މައިކްރޯބްފަދަ ސާދާ ދިރޭއެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުންފަދަ އޮޅުން ބޮޅުން ބޮޑުއެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ.

ހަތާ ނެތި އުޅޭ ވައިކުޅަނދުރެއްހެން

[މިސާލު] މީހަކު ކުރާނެ ވަކި ކަމެއް ދާނެ ވަކި ތަނެއް ނެތި ވައިވެގެން އުޅޭ އުޅުމަށް ބުނެއުޅޭ ބަހެއް.

ހަތާވީސްކިޔެވުން

މ. އިހުގައި ކޮންމެ ރޯދަމަހެއްގެ ހަތާވީސް ވިލޭރޭ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގަޔާއި ދެގެދޭތެރެގަޔާއި، ކުޑަކިބާ ބޭރުގެކޮޅުތެރޭގައި ޤުރްއާން ކިޔެވުން. މިކަން ކުރަން ފަށަނީ، ތަރާވީސްކޮށް ނިމުނީމާ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގައި، ބޮޑުކިޔެވެނިންނާއި ކުދިކިޔެވެނިންނެވެ. އޭރުހަތާވީސްފުކުގައި ދިއްލާފައި ހުންނާނެއެވެ. ކިޔަވާނީ ފޮތް ފޮއްޓެކެވެ. އެއަށްފަހު، ގަނޑުވަރުތެރެއަށް ދުރުވެ ދެގެ ދޭތެރޭގައެވެ. މިވަގުތު، ކުޑަކިބާ ބޭރުގެކޮޅު ތެރޭގައިޚަތީބުބޭކަލަކު ފޮތް ފޮށިކޮޅެއް ބެހެއްޓެވީމާ،"ތިންމަހުރޯދަކިޔަވަން" އައްޓަށް ދުރުވިބޭކަލުން، ނައްކާރަ ޖަހަން ދެން ކިޔަވާނެއެވެ. ފަހަކަށް އައިސް މިކިޔެވުން ކިޔެވީ، ދަންބެރު ޖަހަންދެން ހުކުރު މިސްކިތު ހަރުގޭގައެވެ.

ހަތާތަޅައިލުން

މ. 1 ކުޅަނދުރުގެހަތާ ހަލާކު ކޮށްލުން. 2 [މަޖާޒު] ތިމާއުޅޭގެ ނުވަތަ ތިމާ އެތަނަކާ ގުޅިފައިވާތަނެއް ތިމާގެ ކިބައިން ނިގުޅައިގަތުން ނުވަތަ ނައްތައިލުން.

ހަތި

ނ. 1 ފީވެފައިހުންނަ ރުއްބުޑުން ފަޅާ ފަށަލަ ފަށަލައަށް ހުންނަ ހުދު ރީނދޫ ކުލައިގެ ގަދަކަންފަތް. ތެތް ލަކުޑި ގަނޑެއް ހިކެމުން އަންނަ އިރުވެސް މިކަހަލައެއްޗިހި ފަޅައެވެ. 2 މޫދުން ފަޅައިފައި ހުންނަ ބާވަތެއްގެ ގަލެއް.

ހަތިކޮޅު

ނ. 1 މަޑައިގައި ހަރުކޮށްފައި އޮންނަ ހެތުރު މަޑަދަނޑީގައި ކުޑަގޮތަކަށް ހަރުކޮށްލުމަސް ބޭނުންކުރާ ބަލިބަލި ވަކަފަށްފަދަ ތަކެތި. 2 ކުރުމަހަށް ބުޅިންޖެހުމަށް ބުޅީގައި ހަރުކޮށްފައި އޮންނަ ހެތުރު، ދޮށްދަނޑީގައި އައްސާލުމަށް ގެންގުޅޭފަށް. 3 ފައްތައިގެން މަސްވެރިކަން ކުރާއިރު އެންގަނޑު އަޅާފައި އޮންނަ ބުޅި އަޑިއަށް ފޮނުވުމަށް ބުޅިގައިލާ ބަރު އައްސާފައި އޮންނަ ފަށް. އެ ބަރު އަޑީގައި ޖެހުމުން މައްޗަށް ނަގައި ނަނު ތަޅުވާލީމާ ހަތިފަށް (ހަތިކޮޅު) ކަނޑައިގެން ހިނގައިދާނެއެވެ. 4 މާލެއަތޮޅު ހުޅަނގު ދެކުނު ކަނުގައި އޮންނަ ކަނޑުއޮޅިއެއް، މި ކަނޑުއޮޅި ވަރަށްދުރުން ހޭލަމުން ގޮސް ވަރަށް ތިލަވާނެއެވެ.

ހަތިމައު

ނ. (ސ) މުރަކައިގެ ބާވަތެއް. މި ވައްތަރުވާނީ މާގަނޑުކޮޕީއާއެވެ. މީގެ ކުލައަކީ މުށިކުލަށެވެ. މި މުރަކަ އެކޭ އެއްގޮތަށް މުރަނަ ވާނެއެވެ.

ހަތިމާ

ނ. (ސ) ފަރުމަތީ ބޮޑެތި ގާތަކުގެ ތެރޭގައި ރޯގަހަކާ ވައްތަރަށް މަތިފުޅާކޮށް ފަތާކޮށް ހެދޭ ގަލެއް.

ހަތިފަށް

ނ. 1 ބައެއް ޒާތުގެ ކެޔޮޅުކަމުގޮސް ނަނު ނުވަތަ ހެތުރު ފައްތައިފައި އޭގައިޖަހާ ހިމަ އެތިފަށް. މިހުންނާނީ ދޯނިން ބޭރަށް ދަނޑިބުރިއެއް ދިއްކޮށްފައި އޭގައި އެއްކޮޅު ބައްދައި ފައި އަނެއްކޮޅު ހެތުރުގައި ބައްދައިފައެވެ. 2 ރޯނުގަނޑެއްގެ އެއްކޮޅު ބޮޑުގަލެއް ނުވަތަ ތުން ބަނދެފައި އޮންނަ ވެލިގޯންޏެއްގައި ބައްދައި އަނެއްކޮޅު ދޯނިއަޅާ ވަލުގައި ބައްދާ އެތިފަށް.

ހަތިޔާރުބެހެއްޓުން

މ. ހަނގުރާމައިގައި ދެރަވިބަޔަކު ބަލިވީކަން ޤަބޫލުކޮށް އަމާންދިނުން.

ހަތޭލި

ނ. ހަތޭލިކަށިން ފަހާއިރު އަތް ތިލައަށް މަހަށް، ހަމުން ހަދައިފައިވާ އެއްޗެއް.

ހަތޭލިކަށި

ނ. ނާފަހަރުގެ ރިޔަލާއި ސަތަރިއާއި ގޯނިފަދަތަކެތި ފަހަން ގެންގުޅޭ ފަގަ ހުންނަ ކައްޓެއް. މީގެ ތުނޑަށް ވީކޮޅު އޮންނާނީ ތިން އަރިއަށް ވާ ގޮތަށް ކުޑަކޮށް ފަތާކޮށެވެ. ތުނޑު ހުންނާނީ ކުޑަގޮތަކަށް މައްޗަށް ލެނބިފައެވެ.

ހަތް

ނ. 1 ރަސްކަމުގެ ޢިއްޒަތަށްޓަކައި ގެންގުޅޭ މަތިހަމަޔަށް ހުންނަ ހުދުކުލައިގެ ވިހޭފަށްލީ ކުޑައެއް. 2 ރަސްކަމަށް ކޮލިލާ ދުވަހު ހަތަރު އަވަށު މައިޒާން ދޮށުގަޔާ ގުޅަކުޅޭފަސްގަނޑުގައި ހަތަރު ކޮށީންމެ ޖަހާ ކުޅިއެއް. މިކުޅިޖަހާނީ އިސްދަރިވަރުންގެ ތެރޭގައި ތިބި ކޮށީގެ އެދުރުކަމާއި އެންމެ ގާތް މީހުންގެ ތެރެއިން ދެމީހެކެވެ. 3 ނއ. ގުނުމުގެ ހަތްވަނަ ޢަދަދުގެ ނަން އިތުރު. މިސާލު: {ހ} ހަތްދުވަސް. ަ{ށ}ހަތްބިން. {ނ} ހަތްސާއަތް.

ހަތްހަކީމުން

ނ. 1 އަރަސްތޫ. 2 އަފްލާތޫނު. 3 ޖާލިނޫސް. 4 ބަޤަރާތު. 5 ސަޤަރާތު. 6 އިބްނިސީނީ. 7 ދިޔޯޖާނުސް.

ހަތްހާއްޔަށްލުން

މ. 1 ބަފާބުޅަލަށް ފޮރުވާން މައިއެތި ޅަ ބުޅާތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުން. 2 [މަޖާޒު] މާބޮޑަށް ފޮރުވުން.

ހަތްހެއްތި

ނ. (ސ) ހަތްއަމުރު. މިއީ އިހުޒަމާނުގައި ކޮންމެ ހުކުރު ދުވަހަކު ހުކުރުން ފޭބުމަށްފަހު ވެރީންގެ ފަރާތުން ރައްޔިތުންނަށް ކުރާ ހަތް އަމުރެވެ. 1މާތްކަލާގެއަށް ކިޔަމަންތެރިވާހެއްތި. 2 ޒިނޭނުކުރާ ހެއްތި. 3 ވައްކަން ނުކުރާ ހެއްތި. 4 ދޮގުނުހަދާހެއްތި. 5 ނަމާދުކުރާހެއްތި. 6 ރޯދަހިފާހެއްތި. 7 ވެރިންނަށް ކިޔަމަންގަންނަހެއްތި.

ހަތްނަރަކަ

ނ. ނަރަކައިގެ ހަތް ވަތްގަނޑު، އެއީ ޖަހައްނަމު، ޖަޙީމު، ސަޤަރު، ސަޢީރު، ލަޡާ، ޙުޠަމާ، ހާވިޔާ.

ހަތްރީތި

ނ. އަންހެނުންގެ ރީތި ސިފަކިޔަން ބޭނުންކުރާ ހަތްނަމެއް. އެއީ، 1 ކުރަނގިދެލޯ. 2 އިހިކަނދުރާ. 3 ހިތިފަތުބުމަ. 4 ގިއުޅުއަތުކުރި. 5 ޝިކާރަމަތީ ކުއްތާގެ ބަނޑު ކަހަލަ ބަނޑު. 6 ތުނިޔަނިޔަފަތި. 7 އަންނާރުއޮށުދަތްޕިލާ. މިއެވެ.

ހަތްބަހައްޓާދޮރާށި

ނ. ގަނޑުވަރު ތެރޭގައި ހުންނަ ޚާއްޞަ ދޮރާއްޓެއް، ރަސްކަލަކު ރަސްމީ ޢިއްޒަތުގައި، ކޮއިލު ތެރޭން ނުކުމެ ވަޑައި ގަތުމަށްފަހު، އަނބުރާ ކޮއިލު ތެރެއަށް ވަޑައި ގަންނަވާއިރު މިދޮރާއްޓާ ހަމަވުމުން ހަތްކޮޅުތައް ހިފައިގެން ތިބޭ މީހުން، ކިއެވެނި ބޭކަލުންގެ އަށީގެ ފާރުން އަޑި ކޮށްލެވިފައި ވާ ތަނެއްގައި ހަތްކޮޅު ބަހައްޓާތީ މި ދޮރާށްޓަށް މިނަން ނިސްބަތް ވެފައިވަނީއެވެ.

ހަތްބޯރާހި

ނ. ހަތްބޯ ހުންނަކަމަށް ހީކުރާ ޚިޔާލީ ފުރޭތައެއް.

ހަތްކޮޅު

ނ. ބޮޑުކުޑަ އަކާ ވައްތަރު ގޮތަކަށް ވަށައި ކައިރީގައި ވިހޭފަށެއް ލައިފައި ހަދައިފައި ހުންނަ އެއްޗެއް. މިއީ އިހުގައި ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުން ބައެއްކަހަލަ ރަސްމީ ޢިއްޒަތުގައި ކަންކަމަށް ނުކުމެވަޑައިގަންނަވާއިރު އެބޭފުޅުންގެ އިސްތަށިފުޅަށް ނަގާ އުޅުނު އެއްޗެކެވެ.

ހަތްކޮޅުނެގުން

މ. ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުންގެ އިސްތަށިފުޅަށް ފުރަތަމަ ހަތްކޮޅު ފޮޅުވައިލުމާއި، އެކަމާއި އެކުލެވިގެން ކުރާ ރަސްމީ ކަންތައްތައް ކުރުން.

ހަތްކޮޑިކޮޑިކާލި

ނ. ރަސްކަމަށް ކޮލި ލާދުވަހު ކޮއްޔާ އެކުގައި ގެންދާ އެއްޗެއް. މި ހުންނާނީ ތިރި ނުބައްދާ ހުންނަ ލަންޓަނެއްގެ ސިފައިގައި ދިގު ދަނޑި އެއްގައި ލާފައެވެ.

ހަތްއައްތަވާޅީންގާނެގުން

މ. ރިޔަނު ދެކޮޅުން މުގޯއްޔެއް އަޅަމުން ގޮސް ހަތްމުގޯލި އަޅައި ކޮންމެ މުގޯއްޔެއްގައި ހަތްގައުކޮޅު ބާއްވައިގެން ކުޅޭ ކުޅިވަރެއް. މިކުޅިވަރުގައި އެއް މުގޯލި ދޮށުގައި އުޑަފައިން އިށީނދެ ގައުކޮޅެއް ހިފައިގެން ތެދުވެ ހިންދަމާލައި ދެން ޖެހިގެން ހުރި މުގޯލި ކައިރީގައި އުޑަފައިން އިށީދެ ބާއްވަނީއެވެ. މިގޮތް މަތީން އެއް މުގޯއްޔަށް ފަހު އަނެއް މުގޯލި ހުސްކުރަމުންގޮސް ހަތްމުގޯލި ހުސްކުރަނީއެވެ.

ހަތްއަޖައިބު

ނ. ގަދީމީ ޒަމާނުގައި މީހުން ކޮށްފައިވާ ބިނާތަކާއި ހަދައިފައިވާ ތަކެތީގެ ތެރެއިން އާދަޔާ ޚިލާފުކަމަށް ފާހަގަކޮށްލެވޭ ބައެއް ތަންތަނަށާއި ތަކެއްޗަށް ކިޔާނަމެއް. މިތަންތަނާއި ތަކެއްޗާމެދު އެކި މީހުންގެ ޚިޔާލު ތަފާތެވެ. މިތާނގައި މި ފާހަގަކުރާ ތަންތަނާއި ތަކެތި އެންމެ ފުރަތަމަ ފާހަގަކުރީ ޢީސާގެފާނުގެ ދުއިސައްތަ ފަންސާސް އަހަރުކުރިން ޞައިދާގެ (މިހާރުގެ ލުބުނާނުގެ ދެކުނު ރަށެއް) އެއްޓިޕޭޓަރއެވެ. 1 މިޞްރުގެ ޖީޒާގައިވާ އަހުރާމުތައް. މި ތިން އަހްރާމު ތެރޭގައި ހިމެނޭ އެންމެބޮޑު އަހުރާމަކީ ޢީސާގެފާނުގެދެހާސް ފަސްސަތޭކަ އަހަރުގެ ކުރިން ބިނާކުރެވުނު ޚޫފޫ އަހުރާމެވެ. މި އަހުރާގެ އުސްމިނަކީ ހަތަރުސަތޭ އައްޑިހަ ފޫޓު އެގާރަ އިންޗިއެވެ.ހެދިފައި ވަނީ ދެމިލިޔަން ތިން ސަތޭކަހާސް ހިލައިން ނެވެ. ކޮންމެހިލައެއްގައި ދޭ ބައި ޓަނުގެ ބަރުދަން ހުރެއެވެ. ހަތްއަޖައިބުގެ ތެރެއިން ހަލާކުނުވެ މިވަގުތަށް ހުރީހަމައެކަނި އަހުރާމުތަކެވެ. 2 ޢިރާގުގެ ބާބުލްސަހަރުގައި އޮތް ސެމިރާމިސްގެ އެލިފައިވާ ބަގީޗާ. މިތަން ހެދިފައިވަނީ ޢީސާގެފާނުގެ ހަސަތޭކަ އަހަރު ފަހުންނެވެ. 3 ގްރީސްގެ އޮލިމްޕިޔާ ސަރުގައި ހުރި ޒިއަސްގެ ސާޅީސް ފޫޓޫ އުސްބުދު. މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ފަސްވަނަސައްތާގައި ރަނާއި އެތުދަތާއި މަރުމަރު ހިލައިންނެވެ. 4 ކްލޯސަސް އޮފް ރޯޑްސްގެ ނަމުން މަޝްހޫރުވެފައިވާ ފިލިއޮސް (ނުވަތައެޕޯލޯ) ގެ ބުދު ސަތޭކަސަތާރަ ފޫޓުގެ އުސް މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ދުއިސައްތަ އައްޑިހަ އަހަރު ކުރީންނެވެ. މި ބުދު ހަދައިފައިވަނީ ލޮއިންނެވެ. 5 އާޓީމިސްގެ ފައްޅި. މިތަން ބިނާކުރެވުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސް އަހަރު ކުރިން (މިހާރުގެ ތުރުކީވިލާތުގެ) އިޕިސަސްހަރުގައެވެ. 6 މަޔޭ ސޯލަސްދު ރަސްގެފާނުގެ މަގުބަރާ. ސަތޭކަތެއްތިރީސް ފޫޓުގެ އުސް މި މަޤުބަރާ ހެދުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސްދޭއް އަހަރު ކުރިން (މިހާރުގެ ތުރުކީގެ) ހެލިކާރުނާސަސްގައެވެ. 7 އިސްކަންދަރިއްޔާ ބައްތި. ހަތަރުސަތޭކަ ފަންސާސް އުސް މި ބައްތި ހެދިފައިވަނީ މިސްރުގެ އިސްކަންދަރިއްޔާގެ އައްސޭރީގައިވާ ކުޑަކުޑަ ޖަޒީރާއެއްގައި ޢީށާގެފާނުގެ ދުއިސައްތަ އައްޑިހަ އަހަރުކުރިންނެވެ. މި ބައްތި ހަލާކުވީ އެ ހިސާބަށް އައި ވަރުގަދަ ބންހެލުމެއްގައެވެ.

ހަތްއާރު

ނ. ސައިޙޫން، ޖައިޙޫން، ޛިޖްލަތު، ނީލު، ފުރާތު، ގަންގާ، ޖަމްނާ.

ހަތްއުޑު

ނ. އުޑުގެ ހަތްފަށަލަ

ހަތްމުދި

ނ. ކުޑަކުދީންގެ ޢުމުރުން 7 ވަނަ ދުވަހު، ފައްޓަރު ފަށެއްގައި ނުވަތަ ރޮއްޖެއްގައި ލާފައި ކަރުގައި އަޅާ ރަންރިހީގެ ހަތްބޮޅު.

ހަތްފައިތަޅާ

ނ. ބިމުގެހަތްފަށަލަ.

ހަތްފުކުދިއްލުން

މ. ވޮށުގައި ހަތްފުއްރޯކުރުން. މިކަންކޮށްއުޅުނީ ރާއްޖޭގައި ވޮށްދިއްލި ޒަމާނުގައެވެ. މިކަންކުރަނީ ރޯދަމަހުގެ އުފަލަށްޓަކައި މުލަރޯދަ ވިލޭރޭގައެވެ. އަދި ބައެއް ޚާއްސަ ރޭރޭވެސް މިކަން ކޮށް އުޅުނެވެ.

ހަތްދަށުކުޅި

ނ. ރަސްކަމަށް ކޮލިލާދުވަހު ހަތްޖަހާފަދައިން ހަތަރުކޮށީންމެޖަހާ ހަތްޖަހާ ބަޔަށްވުރެ، ދެރަ ދަރަޖައިގެ ދެމީހުން ކުޅިއެއް.

ހަތްދަންނަބޭކަލުން

ނ. ފަންޑިތަވެރީން ގެންގުޅޭ ހަތްނަމެއް. އެއީ ޢުބައިދުالله، ޢުރްވަތު، ޤާސިމް، ސަޢީދު، އަބޫބަކުރު، ސުލައިމާނު، ޚާރިޖަތު.

ހަތްދުން

ނ. ބޮކަރު، މާވަހަރު، މަސްތަކާ، ކުމުންޒާނި، ހުއިސުން، ލާދަން، ހަބަރު.

ހަތްދުވަސް

ނ. 1ކުއްޖަކު ދުނިޔެއަށް އުފަންވާތާ ހަތްވަނަޔަށްވާ ދުވަސް. 2 ހުކުރުދުވަސް ހިމަނައިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް ހަފުތާގައި ހިމެނޭ 7 ދުވަސް

ހަތްދުވަސްވުން

ނ. ވިހާތާ ހަތްވަނައަށް ވާދުވަސް ފާހަގަކުރުން. ޅަކުއްޖާގެ ބޯބާލައި ނިޔަފަތިކަނޑައި ޢަޤީޤާ ކަތިލައި ނަންކިއައި ހަދައި އުޅެނީ މިދުވަހުއެވެ. އަދި އާދަވެގެން މައިމީހާ ބޭރަށް ލަނީވެސް މިދުވަހުގައެވެ.

ހަތްދެވި

ނ. ފަންޑިތަ ވެރިން ގެންގުޅޭ ޚިޔާލީ ހަތްނަމެއް. 1 ބުއްޑެވި. 2 ކަށްޑެވި. 3 މުޅަދެވި. 4 ކިއްސައްދެވި. 5 ރަށްދެވި. 6 ދަކުދެވި. 7 ބޮޑު މުޅަދެވި.

ހަތްދޮށުކޮލި

ނ. ކިލެގެކަމަށް ލާ ކޮލި. މިއީ ރަސްކޮލިފިޔަވައި، ދެންއޮތް އެންމެމަތީ ދަރަޖައިގެ ކޮއްޔެވެ.

ހަތްތަރި

ނ. 1 ހަތްދިހަ. 2 70. 3 ނަވަހައްޓިއާއި އެކާހަތްތަރިއާއި ދެމެދުގެ އަދަދު. 4ހަތެއްގެ ދިހަގުނަ 5ޒުޙަލު، މުޝްތަރީ، މިއްރީޙު، ޝަމްސު، ޒުހުރަތު، ޢާޠާރިދު، ޤަމަރު. މިއީ ގުރަހައިގެ ހަތްތަރިއެވެ.

ހަތްގޭފާތިހާއަށް ފުނޑައިފައި ހުރި ދައެއްހެން

މިސާލު: މީހުން މާ ބޮޑަށް ބަނޑު ހައިވީމާ ބަނޑު ހުންނަ ގޮތާމެދު ޖަހައިއުޅޭ މިސާލެއް.

ހަތްޤިރާއަތް

ނ. ތިރީގައި މިލިޔާ ހަތްބޭކަލުން ޤުރުއާން ކިޔަވާ ވިދާޅުވިގޮތް. އެހަތްބޭކަލުންނީ: 1 އަބޫ ޢަބުދުއް ރަހްމާން ނާފިޢު ބުނު އަބީ ނުޢައިމިލް މަދަނީ. 2 ޢަބުދުالله ބުނު ކަޘީރުލް މާލިކީ. 3 އަބޫޢަމްރު ބްނުލްޢަލާ އަލްބަޞަރީ. 4 ޢަބުދުالله ބުނު ޢާމިރިއްދިމަޝްޤީ. 5 އަބޫބަކުރު ޢާސިމް ބުނު އަބިއްމުޖޫދިލްކޫފީ. 6 އަބޫ ޢިމާރާ ހަމްޒަތު ބުނު ހަބީބުއް ޒައްޔާތިލްކޫފީ. 7 ޢަލީ ބުނު ހަމްޒާ އަބުލް ހަސަނުލްކިސާއީ.

ހަލަހެލަ

ނ. (އ) ހަލަވެލި.

ހަލަނި

ނ. 1 އެއްޗެހި ފުރާނަން ނުވަތަ ލުހެން ގޮޅިތައް ބޮޑެތިކޮށް ވިޔެފައި ހުންނަ އާލަތެއް. މި ކިތަންމެ ގޮތަކަށް ހަދައި ފައި ހުރެއެވެ. 2 ނއ. ފެންނަހާ އެއްޗެއްނަގާ ހަލާހިތްވާ. ގިނައިން މިބަސްބުނެއުޅެނީ ކުދީންނާ މެދުގައެވެ. 3 (ޏ،ސ) މަދިރިފަނި.

ހަލަބޮލި

ނއ. 1 ހިމޭނުން ނުހުރެވޭ (މިބަސްބުނެ އުޅެނީ ކުޑަކުދީންނާ މެދުގައެވެ.) 2 ކަނޑުގައި އެގޮތް މިގޮތަށް ރާޅުތައް އުފެދޭ 3 ހިލިގަނެގެންއުޅޭ.

ހަލަބޮލިކަން

ނއނ. 1 ހިމޭނުން ނުހުރެވޭ ކަން. (މިބަސް ބުނެއުޅެނީ ކުޑަކުދީންނާ މެދުގައެވެ.) 2 ކަނޑުގައި އެގޮތް މިގޮތަށް ރާޅުތައް އުފެދޭކަން. 3 ހިލިގަނެގެން އުޅޭކަން.

ހަލަބޮލިވުން

ގ. 1 ހިމޭނުން ނުހުރެވުން. (މިބަސް ބުނެއުޅެނީ ކުޑަކުދީންނާ މެދުގައެވެ.) 2 ކަނޑުގައި އެގޮތް މިގޮތަށް ރާޅުތައް އުފެދުން. 3 ހިލިގަނެގެން އުޅުން.

ހަލަކަ

ނ. 1 އެއްޗެއް އުފުލުމަށް ނުވަތަ ހުޅުވުމަށް ހިފާން ހުންނަ އަތްގަނޑު (މިނަން ގިނައިން ކިޔާ އުޅެނީ ފޮށީގައި ހުންނަ އުޅައްގަނޑަށެވެ.) 2 ތަޅުވަޅު.

ހަލަވެލި

ނ. އާންމުގޮތެއްގައި ތިރިކޮށްފެތުރިހެދޭ، ގޮފިގިނަ، ލަކުޑިހަރުގަހެއް. މިއެންމެ ވައްތަރުވާނީ ކުރެދިގަހާއެވެ. ކުރަދިފަތަށްވުރެ، ފަތްތުނިވުމާއެކު، މަޑުމަޑު މީރުވަހެއް ހުންނާނެއެވެ. މީގެ ބައެއްގަސް 3 މީޓަރު 4 މީޓަރަށް އުސްކޮށް ހެދިފައިހުރެއެވެ.

ހަލާހެލި

ނ. [ބޯދާ] ދަމައި ފިރުކައި ނައްތައިލާ ނައްތައިލުން.

ހަލާހެލުން

މ. [ބޯދާ] 1 ދަަމައި ނެރުން. 2 ކުއްލިއަކަށް ދެމުން. 3 ނ. ކުދި ތޮޅުން.

ހަލާބަޑި

ނ. އިހުގައި އިރުވަޔަށް ބަޑިހެލުމަށް ތައްޔާރުކުރާ ބަޑި.

ހަލާކިފަންބުޑާ

ނ. (ސ) އެމީހެއްގެ ސަބަބުން ހަލާކު ކުރިމަތިވާ މީހާ.

ހަލާކު

ނ. 1 ހާނިއްކައެއް ވެގެން ނުވަތަ ގެއްލުމެއް ލިބިގެން އެވާގޮތް. 2 ރޫޅި ފުނޑުފުނޑުވާވުން.

ހަލާކުކުރުން

މ. 1 ފުނޑުފުނޑުކޮށްލުން. 2 ގެއްލުންދިނުން. މިސާލު: އޭނާ ފޮޓޯކޮޕީމެޝިން ހަލާކުކޮށްލައިފިއެވެ. 3 [މަޖާޒު] މީހެއްގެ އަޚުލާޤު ނުބައިކުރުން.

ހަލާކުވުން

މ. 1 އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިގެން ކުރިން ހުރިގޮތާ ތަފާތުވުން. 2 ގެއްލުމެއް ލިބުން. 3 ރޫޅުން. 4 ނުބައިވުން.

ހަލާވެލި

ނ. ހަލަވެލި.

ހަލާދަނޑީގެ ދެކޮޅު ބަލާށެވެ.

[ހަރުބަސްް] ކަމެއް ކުރަންވާނީ ހުރިހާ ފަރާތަކަށްވެސް ވިސްނައި އެއިން ލިބިދާނެ ގެއްލުމަކަށް ބަލައިގެންކަން އަންގައިދިނުމަށް ބުނެއުޅޭ ބަހެއް.

ހަލާދަނޑި

ނ. ކުޅިޖަހާއިރު ބޮންތިއާއި އައްޑަނަ ހިފައިގެން ހުންނަ މީހާއާއި ޙަމަލާދޭން ނުކުންނަ މީހާ ގެންގުޅޭ ހިމަ ދިގު ދަނޑިއެއް. އެ ދަނޑީގެ ފުލުގައި އޮންނަނީ ގިގުނިލައިފައެވެ. ބައެއް ދަނޑީގެ ކުރީގައި ތިލަވެސް ހުރެއެވެ. މި ދަނޑި އެކިގޮތްގޮތަށް ހަލުވާލީމާ އެ ގިގުނިތަކުން ވަރަށް ރީތި އަޑެއް ކިޔާނެއެވެ. މިއީ ވަރަށް ލޮޅާ ދަނޑިއެކެވެ.

ހަލި

ނއ. 1 އަވަސް. 2 ހަލުވި. 3 ފަސޭހަ.

ހަލިކަން

ނއނ. 1 އަވަސްކަން. 2 ހަލުއިކަން. 3 ފަސޭހަކަން.

ހަލިވުން

މ. 1 އަވަސްވުން. 2 ހަލުއިވުން.

ހަލުއި

ނއ. 1 އަވަސް. 2 ބުރަހެލީގެ އިދިކޮޅު. 3 ތަންތަނަށް އަރައި ދުވެފުމެ ހެދުމަށް ފަރިތަ. 4 ހިނގުމަށް ފަސޭހަ.

ހަލުއިކަން

ނއނ. 1 އަވަސްކަން. 2 ހަލުއި

ހަލުވާ

ނ. 1 ގިތެޔޮލައިގެން ހިލައިފައި ހުންނަ ފޮނި ކާއެއްޗެއް. 2 ހެލުވުން. މި މަސްދަރުގެ އަމުރު.

ހަލުވި

ނއ. ހަލުއި.

ހަލުވިކަން

ނއނ. ހަލުއިކަން.

ހަލުވިމަސް

ނ. 1 ހިމަނަގުލާމަސް. 2 ގިރީމަސް. މިއީ ބާވަތެއްގެ ހަނދިމަހެކެވެ.

ހަލުވިފިޔަވަޅު

ނ. ދުވުމަށްވުރެ ލަސް، ހިގުމަށްވުރެ އަވަސް ފިޔަވަޅު.

ހަލުވިދާ

ނ. ހެފޭ ގޮތަށް ބެދިފައި ހުންނަ ފޮނިކާ އެއްޗެއް. މިހަދަނީ ހަލުވިދާ ނަރުންނެވެ.

ހަލުވިދާނަރު

ނ. ހަލުވިދާ ކައްކާން ގެންގުޅޭ ފުސްކުލައިގެ ފަށްތަކެއް. މިއީ ކަނޑުގެ ވިނައަކުން އުފައްދާ އެއްޗެކެވެ.

ހަލޫދާނަރު

ނ. ހަލުއިދާނަރު.

ހަލޫލް

ނ. (ޏ) ހަލުވި.

ހަލްކާ

ނއ. 1 ދެރަ. 2 ލުއި. 3 ހަރުދަނާކަންކުޑަ.

ހަސަނާތުތަރި

ނ. ފަތިހަށް އަރާ އަލިގަދަ ތަރިއެއް. މިއީ ފަޖުރުއްޞަދިޤު ތަރިއެވެ. (ފަޖުރުތަރި)

ހަސަންދަރި

ނ. (ސ) ދޯނިފަހަރުގެ ހުރަސް ފިލާގެ ކަނާތްފަރާތުގައި ވާ އައްސާން ލަކުޑިން ޖަހައިފައި ހުންނަ ދެމޫޓު.

ހަސް

ނ. 1 އެއްޗެއްގައި ހުންނާންވީގޮތް. 2 އާކަން. 3 ރަނގަޅުކަން. 4 ކާންބޯން ލިބޭ ލިބުން. މިބަސް އަބަދުވެސް ބުނެއުޅެނީ މިކަންކަން ނެތްކަން ދައްކާށެވެ. 5 "ހަސްނެތުން"

ހަސްނެތުން

މ. 1 ފަދަޔަކުން ފަދަޔެއްނެތުން. 2 އަތުގައި އެއްވެސް އެއްޗެއްނެތުން. 3 ބާވެގެންގޮސް ކޮޅުންލުން.

ހަސްނެތް

ނއ. 1 ފަދަޔަކުން ފަދަޔެއްނެތް. 2 އަތުގައި އެއްވެސް އެއްޗެއްނެތް. 3 ބާވެގެންގޮސް ކޮޅުންލާ.

ހަސްކާ

ނ. 1 ކުއްލި. 2 އެއްވާމަކަށް ވާންވެފައިހުރެފައި ދުލެއް ޖެހިލައިފައި ޖެހޭލަކި. މިބަސް ގިނައިން ބޭނުންކުރަނީ ވައިމަޑު އިރަށް ރިޔަލުގެ ދަންމާނުން ޖަހާ ލަތްކަށާއި ނަގިލީގެ ކެނބަށް އަރާ ކުއްލިއަށެވެ. 3 [މަޖާޒު] ވެރިޔަކު ދަށުގައިވާ މީހަކަށްވާ ކޯފާ.

ހަސްފަތާލު

ނ. ބަލިމީހުންނަށް ބޭސްފަރުވާ ކުރުމަށް ތައްޔާރުކޮށްފައި ހުންނަތަން.

ހަޑަހަގެ

ނ. (މަލިކު) ގެފިލި.

ހަޑަގަތާނަ

ނ. 1 އަންގާ ނަކަތް ތެރި ކަމުގައި ދުވަސް ބަހައިފައިވާ ބައިތަކުގެ ތެރެއިން އެއްބައި. 2 ޚިޔާލީ ފުރޭތައެއް.

ހަޑިހޭވުން

މ. 1 ނުތާހިރު ރަޑައެއްޗެއްގެ ތެރެއަށް އެއްޗެއް ބާނައިގެން ތެޅުވުން. 2 ތަހުޒީބާ ތާހިރުކަމާ ޚިލާފުކަންތައް ކުރުން. 3 [މަޖާޒު] އަބުރަށްގެއްލުމެއް އަތުވެދާނޭ ކަމެއް ކުރުން.

ހަޑިކުރުން

މ. ހަޑިކޮށްލުން.

ހަޑިކޮށްލުން

މ. 1 ނުތާހިރުކޮށްލުން. 2 ނުސާފުކޮށްލުން. 3 ރީތިކަން ކަނޑުވައިލުން. [މަޖާޒު] 4 ކަމަކާހެދި އަދަބުވެރިގޮތް ދޫކޮށްލުން. 5 ބޭޒާރުކޮށްލުން.

ހަޔާތް

ނ. 1 ލަދުހުތުރު ބަސް. 2 އަވަގުރާނަ. 3 ދިރިއުޅުން.

ހަޔާތްނެތުން

މ. ލަދުނެތުން.

ހަޔާތްކެނޑުން

މ. ލަދުކެނޑުން.

ހަޖަރަލްއަސްވަދު

ނ. ގެފުޅުގެ ދެކުނު ބިތްކޮޅުގެ އިރުމަތީ ކޮޅުގައި އޮންނަ މާތްހިލައެއް.

ހަޖަރަލްޔަހޫދި

ނ. ބޭހަށް ގެންގުޅޭ ކުދި ހިލައެއް.

ހަޖަރު

ނ. 1 ގަލާ އަކިރިން ހެދިފައި ހުންނަ ރަށް. 2 ރަށްރަށުގެ ފަޅުތެރޭގައި ގޮނޑުދޮށާ ގުޅިގެން ނުވަތަ ނުގުޅި ހެދިފައިވާ ބޮޑެތި އާނު ގަނޑުގަނޑު.

ހަޖަރުލްއަސްވަދު

ނ. ހަޖަރަލް އަސްވަދު.

ހަޖަމު

ނ. 1 ކާތަކެތ ނަޖިހަށް ވުމަށް ވާ ބަދަލުތައް. 2 ކާތަކެތި ހަށިގަނޑަށް ފައިދާލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވެގެންދާދިޔުން.

ހަޖަމުކުރުން

މ. 1 ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުކުރުން. 2 [މަޖާޒު] ނަގައިލުން، ނުވަތަ ޚިޔާނާތްތެރިގޮތުން ބޭނުންހިފުން.

ހަޖަމުވުން

މ. ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވުން.

ހަޖާމު

ނ. ދުނިޔެ އުޅުމުގެ މަސައްކަތަކަށް މީހުންގެ ބޮލާއި ތުނބުޅި މަތިމަސް ބާލައި، ކޮށައި ހަދައި އުޅޭ މީހާ.

ހަޖާމުކުރުން

މ. މީހުންގެ ބޮލާއި ތުނބުޅި ކޮށައި ބާލައި ހެދުން.

ހަޖޫ

ނ. މަލާމަތް ކުރުމުގެ ގޮތުން ދައްކާ ވާހަކަ.

ހަޖޫކިޔުން

މ. މަލާމާތުގެގޮތުން ވާހަކަދެއްކުން.

ހާ

ނ. 1 ކުކުޅުގެ ފިރިހެން އެތި. 2 އަތޮޅެއްގެ އެތެރެވަރީގައި ވަށައިގެން ތިލަ ކައިރިފަށެއް އޮތުމާއެކު، އެތެރެ ފުންކޮށް ހުންނަ ތަންތަން. މިސާލު: އެދޯނި މިއަދު އެން އެޅީ ވަރަށް ދުރުގައި އޮތް ހަލަކުންނެވެ. 3 ބައެއް އެއްޗެހީގެ އެތިއެތިކޮޅު. މިސާލު:{ހ} އުޑުމަތީގައި ހާވިލާ ވަރަށްގިނައެވެ. {ށ} ތިޔަ ހާމަސްކޮޅު ގެންނާށެވެ. {ނ} ހާރަން. 4 ލައްޕާފައި ހުންނަ ބައެއްތަކެތި ހުޅުވައިލުން. މިސާލު: ފޮށީގެ މަތި ހާކޮށްފި އެވެ. 5 ފޭ. މިސާލު: ދޮރުފަތުގެ ހިންމި މިހިރީ ހާ ވެފައެވެ. 6 އެއްޗެއްގެ ފޭރާންދެރަކަމުން، ނުވަތަ އެ އެއްޗެއްގައި ހުންނަ ބާކޮޅަކުން، ނުވަތަ އެއްޗެއްގެ ހިންމިން ދުރުވެގެން އެއްފަރާތުން އަނެއް ފަރާތް ފެންނަފެނުން. މިސާލު: މިތަނުން އަދިވެސް އެބަ ހާ އަޅައެވެ. މިބަހުގެހަތަރުވަނަ ފަސްވަނަ މިދެނަންބަރުގައި ވާ ހާ އިން ކޮންމެވެސް އެއްޗަކާ ގުޅުވައިގެން މެނުވީ މާނައެއް ދޭހައެއް ނުވެއެވެ މިސާލު: ހާވުން، ހާކުރުން.

ހާހާ

ނ. ގިނަ މީހުންތަކެއް އެއްވެގެން ލަވާ ހަޅޭއް.

ހާހާދަރު

ނ. [ބޯދާ] ހުދުކުލައިގެ ބޮޑު ފޮތިގަނޑު.

ހާހުރަޔާ

ނ. [ބޯދާ] 1 މީހުންނަށް ގެއްލުންދޭން ސިހުރު ހާހޫރަ ހަދާމީހާ. 2 އަނެކުންނަށް ހިތް ނުބައިކުރާ މީހާ. 3 އަނެކަކަށް ލިބިފައިވާ ކުޅަދާނަކަމެއް ނުވަތަ ނިޢުމަތެއް ތިމާއަށްވެސް ލިބުން އެދޭ މީހާ.

ހާހޫރަ

ނ. މީހުންނަށް ގެއްލުން ދިނުމަށް ހަދާ ފަންޑިތަ.

ހާހޫރަކުރުން

މ. މީހުންނަށް ގެއްލުން ދިނުމަށް ފަންޑިތަ ހެދުން.

ހާހޫރަޖެހުން

މ. ފަންޑިތައިން ގެއްލުމެއް ލިބުން.

ހާހޯ

ނ. 1 ހާހާ. 2 ވަކިމާނައެއް ދޭހަނުވާގޮތަށް ލަވާ ހަޅޭއް.

ހާހޯލެވުން

މ. 1 މީހުންތަކެއް އެއްވެގެން އަޑުގަދަކުރުން. 2 މީހުންތަކެއް އެއްވެގެން ކިޔާ ނުކިޔާ އެއްޗެއް ނޭނގޭގޮތަށް ހަޅޭއްލެވުން.

ހާނ

އ. 1 އާނއެކެވެ. 2 ހޭއަރުވާލުމަށް ބުނެއުޅޭ ބަހެއް.

ހާނބަސް

ނ. (ޏ،ސ) 1 އާނބަސް. 2 ޤަބޫލުވުމުގެ ބަސް.

ހާނބު

ނ. (މަލިކު) ބުމަރު.

ހާނަރު

ނ. ބޮނބިތަޅައި ކުނޑިފިލުވައިފައި ލީލި ނާޅައި ހުންނަ ނަރު.

ހާނިއްކަ

ނ. 1 ހާނީއްކަ. 2 (މަލިކު) ސަމާސާ.

ހާނީއްކަ

ނ. 1 ލިބޭ އެތިފަހަރަކުން ހަށިގަނޑަށް ލިބޭ ގެއްލުން. 2 އަނިޔާ.

ހާނީއްކަވުން

މ. 1 ލިބޭ އެތިފަހަރަކުން ހަށިގަނޑަށް ގެއްލުންވުން. 2 އަނިޔާވުން.

ހާންތި

ނ. 1 ބަނޑުހައިގަނެގެންވާ ވަރުބަލި. 2 މަސައްކަތް ނުކުރެވޭވަރަށް ވާ ބަނޑުހައި. [ބޯދާ] 3 ހޫނު. 4 ހޭވެރިކަން.

ހާންތިކަން

ނއނ. 1 ބަނޑުހައިވެގެންވާ ވަރުބަލިކަން. 2 މަސައްކަތް ނުކުރެވޭވަރަށްވާ ބަނޑުހައިކަން.

ހާންތިވުން

މ. 1 ބަނޑުހައިވެގެން ވަރުބަލިވުން. 2 މަސައްކަތް ނުކުރެވޭ ވަރަށް ބަނޑުހައިވުން.

ހާރުވާ ކެޔޮގަނޑުގައި ފަލައަރި ޖަހާނެ

[މުސްކުޅިބަސް] ކުޑަކުދިން ދެރަކޮށްލުމަށް ބުނާ އެއްޗަކުން އެކުދިން ރަނގަޅު ކުދިންނަށް ބަދަލުވެއޭ ބުނުމަށް ބުނެއުޅޭ ބަހެއް.

ހާރުދަން

ނ. 1 ރޭދެބައިވީއްސުރެ ފަޖުރުލުމާއި ދެމެދު. 2 ހާރުކާވަގުތު.

ހާބޮނގަ

ނ. ކުރަން އުޅޭ ކަމަކަށް ފައިދާއެއް ނުވާގޮތުން ހިނގާ ބިނގާ ވުމާއެކު ލަވާ ހަޅޭއްފަޅޭއް.

ހާބޮނގަލެވުން

މ. ކުރަންއުޅޭކަމަކަށް ފައިދާއެއް ނުވާގޮތުން އަވަސް އަވަހަށް ކޮޅުކޮޅަށް ހިނގުމާއި ހަޅޭއްފަޅޭއްލުން.

ހާބޮނގުލެވުން

މ. ހާބޮނގަލެވުން.

ހާޅަހަންކޭ

ނ. (ގ) ހާޅަގޮއްޑޯ ބަލާ.

ހާޅައްބަ

ނ. (ގ) ލޯވަޅެއްގެ މަތި ހުރިވަރަށް ހުރެފައި އެތެރެއިން ބޮޑުވާ ބޮޑުވުން.

ހާޅަލަ

ނ. ލަކުޑީގެ ކީލިހިމުން މެދުމިނު ގަހެއް. މިގަހުގެ ފަތް ބޭހަށް ބޭނުންކުރެއެވެ.

ހާޅަގޮއްޑޯ

ނ. (ގ) ހާޑުލާ ކައްޕި.

ހާޅާއިލޯނޓި

ނ. (ގ) ތަތުނުގައި ލައިފައި ހުންނަ އިލޮށި.

ހާކަނޑުގައިލަބަރިތެޅުން

މ. 1 މަސްއައިނެއްގެ އެއްވެސް ޢަލާމާތެއް ނުފެންނަނީސް ކަނޑަށް އެންއުކަމުން ދުއްވުން. 2 [މަޖާޒު] ކަމެއްކުރާނެ ގޮތެއް ފެނިނެތީސް އެކަމެއް ކުރާން އުޅުން.

ހާކައިލުން

މ. 1 އެކައްޗެއް އަނެކައްޗެއްގައި ކާއްތައިލުން. 2 ދިޔާއެއްޗެއް ހިކިއެއްޗެއްގައި އުނގުޅައިލުން.

ހާކާލާފަތް

ނ. އެންމެމޮޅު ގުޑާކު. މީގެ ދުންފަތް އަޅާގޮތަކީ ދަގަނޑު ފޮތީގައި އެތިކޮޅެއް އުނގުޅައިލަނީއެވެ.

ހާވިލާ

ނ. 1 ހާފުސް. 2 ވިއްސާރައިގެ ކުދިކުދިވިލާކޮޅު.

ހާވިޔާ

ނއ. 1 ވިއްސިވިހާލި. 2 އެކުވެފައިހުރި އެއްޗެއް ރޫޅެމުންދާ. 3 ވަކިވަކިވަމުންދާ.

ހާވިޔާވުން

މ. 1 ވިއްސިވިހާލިވުން. 2 ވަކިވަކިވެގެންދިއުން.

ހާވުން

މ. 1 ފޭވުން. 2 ނިވަލެއްނެތުން. 3 ހާމަވުން. 4 ހުޅުވުން.

ހާމަ

ނއ. 1 ނިވަލެއްނެތް. 2 ހުރަހެއްނެތް. 3 ދިމާޔަށް. 4 ހާސާ.

ހާމުދުރު

ނ. ބުދުދީނުގެ ޢިލްމުވެރިޔާ.

ހާފުސް

ނ. ކޮޅިޔަށްނުވާ، ވިލާ ވިލާ ކޮޅު.

ހާދާރު

ނ. [ބޯދާ] 1 ހުދު ފޮތި ފޭލި. 2 ހުސް.

ހާދިސާ

ނ. ކުއްލިޔަކަށްހިނގާ އަދަޔާ ޚިލާފު ކަންތައް.

ހާތި

ނ. [ބޯދާ] 1 މެންދުރުފަސް. 2 ދުވާލުގެ ފަހުބައި.

ހާތްތެރި

އ. މީހެއްގެ ކަމެއްގެ ނުވަތަ ތަނެއްގެ ފުރިހަމަ ކަމުން ނުވަތަ އާދަޔާ ޚިލާފު ކަމުން ބުނެއުޅޭބަހެއް. މިސާލު: ހާތްތެރި! ތިޔަހަރަ ހިނގުމެއްތާ!

ހާލަކުންފަހަރަކު

ކއ. މަދުފަހަރެއްގައި. މިސާލު: އޭނާ ހާލަކުންފަހަރަކު ނޫނީ މި ގެއަކަށް ނާދޭ.

ހާލަކުންނާދަލަކުން

ކއ. "ހާލަކުން ފަހަރަކު" މި ބަސް ގަދަކުރުމަށް ބުނާގޮތް. މިސާލު: ހާލަކުން ނާދަލަކުންވެސް މިގެ އަކަށް ވަދެއެއް ނުލާނެންޏަ.

ހާލަތު

ނ. 1 ހާލުހުރިގޮތް. 2 ކަންހުރިގޮތް. 3 ދަނޑިވަޅު.

ހާލިހެދުން

މ. 1 ހާލިތައްޔާރު ކުރުން. 2 ހާލި

ހާލިނެގުން

މ. (ޏ) އުދުހޭ އެއްޗެހިތަކެއް ގިނަ ޢަދަދަކަށް ބައިބަޔަށް އެކުގައި އުދުހުން މިސާލު: {ހ} ފުޅަނގިތައް ހާލިނަގަން ފަށައިފިއެވެ. {ށ} އެތާނގައި މަދިރި ގިނަކަމުން ހީވަނީ ހާލިނަގާހެންނެވެ.

ހާލިގަބަ

ނ. (ސ) 1 ލާނދާބަންނައިރު ބަރިކުރެވިފުޅާ ކުރުމަށް އަރުވާ ވަކިވައްތަރެއްގެ މަޅިއެއް. 2 [މަޖާޒު] އޮޅުވައިލުމަށްޓަކައި ތަކެތި އެކިއެކި ތަންތާނގައި ބަހައްޓައިފައި ހުންނަ ހުރުން.

ހާލުހާލުން

ކއ. ވަރަށް މަދުމަދުން ވާކަންތަކާމެދު ބުނެއުޅޭ ބަހެއް. މިސާލު: ހާލު ހާލުން އޭނާ މިގެއަށް ވަދެލާއުޅޭ.

ހާލުބެލުން

މ. ކަންހުރިގޮތް ބެލުން.

ހާލުގައިޖެހުން

މ. 1 ކާބޯތަކެތި ހުސްވެ އަތްމަތި ދަތިވުން. 2 ދަތުރުވެރީން ކަނޑު ދަތުރުގައި ދަތުރުގެއްލި ފެނާއި ކާބޯތަކެތި ހުސްވެ ބިކަވުން.

ހާސިލު

1 ރަށަކުން ބޭރުވާ މުދަލަކުން ސަރުކާރަށް، ނުވަތަ ރަށު މީހުންނަށް ނަގާބައި. 2 ލިބޭލިބުން. 3 ހޯދާހޯދުން. 4 ފުދޭފުދުން.

ހާސިލުކުރުން

މ. 1 ލިބިގަތުން. 2 ހޯދުން. 3 ފުއްދުން.

ހާސިލުވުން

މ. 1 ލިބުން. 2 ފުދުން.

ހާސިލުމާސިލު

ނ. ރަށަށް ބޭރުން އަންނަ މުދަލުންނާއި ރަށުން ބޭރުވާ މުދަލުން ސަރުކާރަށް ނުވަތަ ރަށުމީހުންނަށް ނަގާތަކެތި.

ހާސް

ނ. 1 ދިހަސަތޭކަ 1000. 2ނުތަނަވަސް 3ބަންދުކަމުގެ ސަބަބުން ވާ ދަތި. 4ނޭވާލާން ވާ އުނދަގޫ.

ހާސްކަން

ނއނ. 1 ދަތިކަން. 2 ނުތަނަވަސްކަން 3 ބަންދުކަމުގެ ސަބަބުންވާ ދަތިކަން. 4 ނޭވާލާން ވާ އުނދަގޫކަން.

ހާސްފައި

ނ. 1 ނުހަނު ފައިގިނަ ކަޅުރަތް ކުލައިގެ ފަންޏެއް، މިގިނައިން އުޅެނީ ފީފަން ފުރާޅުގައެވެ. 2 ކުނބުރޮށި ފަނި.

ހާސްގަނޑުފޮތީތާކިހާ

ނ. ކުލަ ކުލައިގެ ފޮތިކޮޅު ތަކެއް އެއްކޮށް ގެން ހަދައި ފައި ހުންނަ ތާކިހަލެއް. މީގެ ދެބާވަތެއް ހުރެއެވެ. އެއްވައްތަރަކީ ރަތާ ހުދާ ކަޅާ ރީނދުލާ މި ހަތަރު ކުލައިގެ ފޮތި ފޮތިކޮޅުން ގޮޅި ހަމަކޮށް، ހަދައި ފައި ހުންނަ ވައްތަރެކެވެ. ބޭރުގެ ތަންތާނގެ ބޮޑުން ފަގުޑި އޮޅައި ފައި ހުންނަނީ މިބާވަތުގެ ތާކިހަލުގައެވެ. ރާއްޖޭގެ ރަސްމީ ބައެއް ހެދުމުގައި މިކަހަލަ ތާކިހާ ބޭނުންކޮށް އުޅުނެވެ. އަނެއް ވައްތަރަކީ ކުލަކު ލައިގެ ފަށުއިން ތަންކޮޅެއް ދިގުކޮށް ވިޔެފައި ހުންނަ ވައްތަރެކެވެ. އިހުގައި ސޯޅިޔާއިން އަޅާއުޅުނީ މި ކަހަލަތާކިހަލެވެ.

ހާޑަށްދެމުން

މ. ހާޑުވަލަށް ބާރުކުރުން.

ހާޑަށްތިރިކުރުން

މ. ހާޑުމަޅިތިރިއަށް ޖައްސައި ހާޑުވަލަށް ދަމައި ތިރިކުރުން.

ހާޑުހައް

ނ. ހާޑުލައްވާކައްޕި. ދިގުއޮޑިކޮށް އޮންނަ ލަކުޑިކޮޅެއްގައި ދެލޯވަޅު ތޮރުފައި، އެއްލޯވަޅުން ކުސަފުރައި އަނެއްލޯވަޅުން ވާލައްވާން ހުންނަ ކައްޕި.

ހާޑުކިއްލާ

ނ. 1 ބޭނުންނުހިފޭ ތަކެތި ލާތަން. 2 އުކައިލަންވެފައިހުންނަ ތަކެތި ފަހަރެއްގައި ބޭނުންހިފިދާނޭ ކަމަށްޓަކައި އުކާނުލާ ބަހައްޓާތަން.

ހާޑުމަޅި

ނ. ރިޔަލުގާ ހާޑުލާން ބޭނުންކުރާ ވަލުގައި ފަރުމާނާއެކު ކުނބު ކުރީގައި އަޅުވަން ހަދާމަޅި.

ހާޑުވައު

ނ. ހާޑުލާން ގެންގުޅޭ ވައު

ހާޑުފަށް

ނ. 1 ރިޔަލުގައި ހާޑުލުމަށް ބޭނުންކުރާ ވައުގަނޑު. 2 ހާޑު ހަކަށް ލައްވައި ފައި ހުންނަ ވައު.

ހާޒިރީ

ނ. ގަޑި ގަޑިއަށް ތަންތަނަށް ދާންޖެހޭ މީހުންނާއި އިސްކޫލަށް ދާ ކުދިން އެތަނަށް ދިޔަކަމަށް ފާހަގަ ލާން ނުވަތަ ސޮއިކުރާ ފޮތް.

ހާޖަތް

ނ. 1 ބޭނުން. މިސާލު: އޭނާގެ ހާޖަތް ފުދިއްޖެއެވެ. 2 ހާޖިވެރިކަން.

ހާޖީބަންޑާރައިން

ނ. 1 އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން ، ސިރީކުލަރަންމަނި ކީރިތި މަހާރަދުން 2 ޝަހީދު ކުޅަ ބަންޑާރައިން

ހާޖިވެރިކަން

ނ. 1 ބޮޑުކަމާއި ކުޑަކަމުގެ ނަޖިސް. 2 ކުޑަގެފިއްޔާއި މާގެފިލި.

ހިހޫކުރުން

1 ހޫނުކަން ކުޑަކުރުން. 2 ހޫނުކަން ކަނޑުވައިލުން. 3 [މަޖާޒު] އައިސްފައިވާ ރުޅި މައިތިރި ކޮށްލުން.

ހިހޫތަނުންކެއުން

މ. 1 މަސައްކަތަކާއި ނުލާ މީހުންގެ ތައްޕާހުން ކައިބޮއި ހެދުން. 2 މީހަކު ކުރި މަސައްކަތަކުން ތިމާ ފައިދާ ހޯދުން.

ހިށުވައިގަތުން

މ. (ސ) ދަރަންޏަށް އަތުލުން.

ހިނަ

ނ. (ސ،ލ) ހިނި.

ހިނާ

ނ. 1 ލޯބި، 2 ހިނައިގަތުމަށް ކުރާ އަމުރު. 3 (ގ،ޏ) ހިނި.

ހިނިހަރު

ނ. ހިނިއުޅޭން ކޮނެފައި ހުންނަ ލޯވަޅު.

ހިނިހަރުބަވާސީ

ނ. ގިނަ އަނގަތަކެއް ލައިފައި ހުންނަ މުލިހި. މި މުލިހި ޖަހަނީ ފުރަގަސް ފަރާތުގައެވެ.

ހިނިކު

އ. (ސ) ތިޔަކަމެއް ނުވާނޭ ނުވަތަ ނުކޮށް ދޭނަމޭ، ފޫހީގެ ގޮތުން ބުނާ މާނައިގައި ބުނާ ބަހެއް. މިސާލު: ކަލެއަށް ހިނިކު!

ހިނިވަރުނަ

ނ. އެންމެ މާތް މީހުން ހޭ ހިނި. މިބަސް މިހާރު ބޭނުންކުރަނީ ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތް ކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގައެވެ.

ހިނިވަރުނަކުރެއްވުން

މ. އެންމެމާތް މީހުންހޭ ހުނުން. މި ބަސް ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމު ގައެވެ.

ހިނިވަރުނަވުން

މ. އެންމެ މާތް މީހުންގެ ހެވުން. މި ބަސް މިހާރު ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގަ އެވެ.

ހިނެވުން

މ. މައްޔިތާ ޝަރުޢީ ހިނެވުމަކުން ފެންވެރުވުން. މިސާލު: ހިނަވައި ފައި އޮތް މައްޔިތެއް.

ހިނޭ

ނ. 1 ވެލާ، ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި، އެތަން ފޮރުވުމަށް ފަސްގަނޑަށް ހަދާގޮތް. [މަޖާޒު] 2 ފަސްގަނޑު ހާވައިފައިހުންނަ ހުރުން. 3 ތަންމަތި އަޅައި ފައި ހުރި އެނދެއްގެ ފޮތިގަނޑު ބޮނޑި ކޮށްލައި ބާލިސްތަކާއި އެއްޗިހި އެފުށް މިފުށަށް ޖަހާ ޖެހުން.

ހިނޭޖެހުން

މ. 1 ވެލާ ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި ބިސްވަޅު ނާންގާން ފަސްގަނޑު އެ ގޮތް މި ގޮތަށް ހޭވުން، [މަޖާޒު] 2 ބިންމަތީގައި ނުވަތަ ފަސް ފުންޏެއްގައި ބަކައެޅުން. 3 ގައިގެ އެތަން މިތާގައި އުނގުޅޭ ގޮތަށް ބައެއް ކަހަލަ މަސައްކަތް ކުރުން. މިސާލު: ރިހާކުރު ނުވަތަ ދިޔާހަކުރު ފަދަ ތަކެތިން ހިނޭޖެހުން.

ހިން

ނ. 1 އުނަގަނޑު. 2 "ހިންދިރުވުން" ބަލާ!

ހިންހަރައިލުން

މ. 1 ހިންބާރުކޮށްލުން. 2 ޙާޖަތަށްދިއުމަށް ބާރު ލާހެން އެތެރެ ހައްޓަށް ބާރު ލުން.

ހިންނަ

މ. މީހުންއުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެ ދެވޭ ގޮތަށް ޚާއްޞަ ކޮށްފައި ވާ ބިން ބިން.

ހިންބާރުކޮށްލުން

މ. ހިންހަރައިލުން.

ހިންކުރަވާ

ނ. (ގ) 1 ރުކުގެ ޅަ ކުރިގަނޑު. 2 ލޯކުރި.

ހިންކުރި

ނ. 1 ރުކުގެ ޅަކުރި ގަނޑު. 2 ލޯކުރި.

ހިންމަފުށީލަދުބޮޑުބޭހެދުން

[މިސާލުބަސް] ލަދުގަންނަންވީ ކަމަކަށް ލަދުނުގަނެ ލަދުނުގަންނަންވީ ކަމަކަށް ލަދުގަތުމުން ބުނެއުޅޭ ބަހެއް.

ހިންމުން

މ. 1 ތަރާފަތުގައި ގަނޑުލުން. 2 ކައްކަން ގެންގުޅޭ ވިރިކެކޭ ތަކެތީގައި ހެދޭ ލޯވަޅު ބެއްދުން.

ހިންމެވުން

މ. 1 ފުއްދެވުން. 2 އިލާހީ ބާރުދެއްވުން. 3 އެދޭކަމެއް ޙާޞިލުކޮށް ދެއްވުން.

ހިންދަމައިލުން

މ. 1 އުނަގަނޑު ދަމައިލުން. 2 މައިކަށި ތެދުވާވަރަށް ހަށިގަނޑު ތެދުކޮށްލުން. 3 [މަޖާޒު] އޮށޯވެލުން. 4 ހަމަޖެހިލުން.

ހިންދިރުވުން

މ. 1 ކަރުތެރޭގެ ތެތްކަން އެތެރެޔަށް ދުއްވާލުމުގެ ބާރުލުން. 2 އެއްޗެއްނެތި ދިރުވައިލުމުގެ ބާރު ކަރުތެރެއަށްލުން.

ހިންދަމާލުން

މ. ހިންދަމައިލުން.

ހިންދީން

ނ. 1 ހިންދުސްތާނުގެ އަހުލުވެރިން. 2 ހިންދުސްތާނަށް ނިސްބަތް ވެގެންވާ މީހުން. 3 ބުދަށް އަޅުކަން ކުރާ ވަކި މަޛުހަބެއްގެ ބައެއް.

ހިންދުކޮކާބިބީ

ނ. ކޮކާބިބީގެ ބާވަތެއް. މިއީ ދެއަރި މަތީގައި ހުދުކުލަ ހުންނަ މަހެކެވެ. މި މަހުގެ ބޮލުގައި ލޯ ހުރަސްކޮށް ކަޅު ކުލައިގެ ވަރަށް ފުޅާ ރޮނގެއް ދެމިފައި ހުރެއެވެ. މަހުގެ ކޮތަރި ބައިގައި ހުންނަނީ ރީނދޫ ކުލައެވެ. މަހުގެ ދެއަރި މަތީގައި ދެކަތްޕަށް ހުންނަ އަޅިކުލައިގެ ފަނޑު ރޮނގެއް ހުރެއެވެ.

ހިންދުދިދަމަސް

ނ. ދިދަމަހުގެ ބާވަތެއް. މިއީ ފަޅުފަޅާއި ފަރުފަރުގައި އުޅޭ މަހެކެވެ. މި މަހުގެ ތަލަމައްޗާއި ލޮލުގެ މަތީފަރާތުން ކޮޅަށް އޫ ކޮށް އުފުލިފައި ހުންނަ އުފުލުންތަކެއް ހުރެއެވެ. މަހުގައި ހުންނަނީ ހުދުކުލަ އާއި މުށިކުލައެވެ.

ހިންދޫރަ

ނ. 1 ރަތް ރީނދޫ ކުލައިގެ ކުނޑި ބޭހެއް. 2 ކަޅު ތިމަރައިގެ އަޅި.

ހިންދެމިލުން

މ. ހިންދަމައިލުން.

ހިންތާ

ނ. [ބޯދާ] 1 މަކަރު. 2 ހީލަތް. 3 އިޔަހޫދި. 4 ކެހި. 5 ވިސްނާ ވިސްނުން. 6 ކުރާ ފިކުރު.

ހިންތާހެދުން

މ. 1 މަކަރުހެދުން. 2 ޙީލަތް ހެދުން. 3 އިޔަހޫދިހެދުން. 4 ކެހިދިނުން.

ހިންތާކުރުން

މ. [ބޯދާ] 1 ފުންކޮށްވިސްނުން. 2 ފުޅާކޮށް ފިކުރުކުރުން. 3 މަކަރުހެދުން. 4 ހީލަތްހެދުން. 5 އިޔަހޫދި ހެދުން.

ހިންގައިލުން

މ. ހިންގުން މިބަސްލުއިކޮށްބުނާގޮތް.

ހިންގުން

މ. 1 ކަމެއް. ނުވަތަ އެއްޗެއް ހުއްޓުނަ ނުދީ ގެންދިއުން. މިސާލު: އިންޖީނުގެ ސޯބުތައް އެނބުރުވުން. 2 ކަމެއްކުރުވުން. 3 ތަނެއްގެ ކަންތައް ތައް އިންތިޒާމު ކޮށް ބެލެހެއްޓުވުން. 4 ހިންގުވުން.

ހިންގުންތެރި

ނއ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭން ވިއަނުދީ ޙަރަކާތްތެރި ކުރުވުމުގެ ސިފަ ލިބިހުރި. 2 ގިނަ ކަންތައް ތަކެއް ފުރިހަމައަށް ކުރިޔަށް ގެންދިއުމުގެ ކުޅަދާނަކަށް ލިބިހުރި. މިސާލު: އެއީ ވަރަށް ހިންގުންތެރި ވެރިއެކެވެ.

ހިންގުންތެރިން

ނ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭންވިއަނުދީ ހަރަކާތް ތެރިކުރުމުގެ ސިފަލިބިފައިވާ މީހުން. 2 ގިނަކަންތައްތަކެއް ފުރިހަމައަށް ކުރިޔަށް ގެންދިޔުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން.

ހިންގުންތެރިކަން

ނއނ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭންވިޔަނުދީ ޙަރަކާތްތެރި ކުރުވުމުގެ ސިފަލިބިގެންވާކަން. 2 ގިނަ ކަންތައް ތަކެއް ފުރިހަމަ އަށް ކުރިޔަށް ގެންދިއުމުގެ ކުޅަދާނަކަން ލިބިގެން ވާކަން. މިސާލު: އެ ކަންތައް އެހާ ފުރިހަމަކޮށް ނިންމައިލެވުނީ ސެކެޓަރީގެ ހިންގުންތެރި ކަމުންނެވެ.

ހިރަފުސް

ނ. ވެލިގަނޑު ހިކިގެން ގޮސް އެއިން އުފެދޭ ހިމުން ފުށް.

ހިރަފުސްކަން

ނއނ. ވެލިގަނޑު ހިކިގެން ގޮސް އެއިން ހިމުންފުށް އުފެދޭކަން.

ހިރަފުސްކުލަ

ނ. 1 މަޑުއަޅި ކުލަ. 2 ހިރަފުހުގައި ހުންނަކުލަ.

ހިރަފުސްވުން

މ. ވެލިގަނޑު ހިކިގެންގޮސް އެއިން ހިމުންފުށް އުފެދުން.

ހިރަފުސްދެމި

ނ. ކަރަންޓުން ހިންގައިދޭ އާލަތެއް. މިއީ ތަޅުންގަނޑާއި ދޫލައާއި މަޚުމާގެ އެއްޗެހިން ހިރަފުސް ސާފުކޮށްދޭ އެއްޗެކެވެ. ވައިގެ ބާރުން ހިރަފުސް ދަމައިދޭ އެއްޗެކެވެ.

ހިރަގަނޑަ

ނ. (ލ) ހިރުގަނޑު.

ހިރިހަމައިދި

ނ. ކަންގަތި ކޮލީގެ ތެރެއިން ވަކި ކޮއްޔެއްގެ ނަމެއް.

ހިރިހަމައިދިކަން

ނ. ކަންގަތި ކޮލީގެ ނަމެއް. މިކޮލި ލެވިފައިވާ މީހުންގެ ކަމަކީ ދަޢުލަތުގެ އެންމެ އިސް ވެރިޔަކަށް ހުންނަ މީހަކަށް ލަފާދިނުމާއި، ބޮޑެތި ޢިއްޒަތުގެ ރަސްމިއްޔާތުތައް ފުރިހަމަކުރުމުގެ ގޮތުން ބައިވެރިވުމެވެ.

ހިރިބައި

ނ. (ސ) ފޭލީގެ ހުދުހިރު ދެހިރު.

ހިރިކުއްޅަ

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިފަތް ހުންނާނީ ތަނޑެއްނެތި ގަހުން ފަޅައި ފައެވެ. މި ފަތުގެ ސިފަ ހުންނަނީ ކުއްޅަ ފިލާފަތާ ވައްތަރު ގޮތަކަށެވެ. މާހުންނަނީ މަލުގެ ބުޑު ފެހިކޮށް، ފިޔަތަކަށް ފެށޭ ހިސާބު މަޑުފިޔާތޮށި ކުލައަކުން ފެށިގެން ކުލަ ގަދަވަމުން ގޮސް މަލުގެ ކުރީކޮޅު ވައިލެޓު ކުލައި ގައެވެ. ފިޔަތައް ހުންނާނީ ނަރުތަކެއް ހެއް ހިމަކޮށެވެ.

ހިރިކުލޭ ހިރިކުލޭ

ނ. [ބޯދާ] 1 ތޫނުސިލޭހަ. 2 ތޫނު ހަތިޔާރު.

ހިރިއަދަދު

ނ. ގެއްލި ހުސްވާ އަދަދު.

ހިރިއްދަ

ނ. (ސ) ތެދުއުއި ވަޑާމުގެ މަސައްކަތުގައި އަލަމާރި މޭޒުފަދަ ތަކެތި ޖަހާއިރު ރީތި ކުރުމަށް ޓަކައި ކައިރި ފަށުގައި އަޅާ ފަތި.

ހިރިމަގޫ

ނ. ބޭސްވެރިކަމަށް ގެންގުޅޭ ފަތްޕިލާވެއްޔެއް. މީގެ ފަތްހުންނާނީ ފުސް ކުލައި ގައި މަގޫފަތުގެ ބައްޓަމު ގައި ކުދިކޮށެވެ.

ހިރިމިރިހި

ނ. (މ) ފިލާވެއްޔެއް. މިއީ މިރިހިފަތުގެ ސިފައިގައި، ފަތްތައް ވަރަށް ކުދިކޮށް ހުންނަ، ވިނައިގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ހިރިފާޅަ

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ، ކުއްޅަފިލާ ވައްތަރަށް ހުންނަ، ވަރަށް ކުޑަކުޑަ ހުދުމަލެއް އަޅާ ގަހެކެވެ. ބޮޑުމިންވާނީ ގާތްގަނޑަކަށް ދެހިންޗި ހާ ވަރެވެ. ފަތް ވެސް ހުންނާނީ ކުއްޅަފިލާ ފަތް ހުންނަ ގޮތަށް އެއަށްވުރެ ކުދިކޮށެވެ.

ހިރިފިނޮޅި

ނ. (ގ) ހުނިގޮނޑިފިލާ.

ހިރިދަކަނދާ

ނ. ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ ބަދަބަދައަށް ހުންނަ ފަތްދިގު ވިނައެކެވެ.

ހިރިދަތި

ނ. 1 ހުނިގޮނޑިފިލާ. 2 [ބޯދާ] އިސްކު.

ހިރިލުން

މ. 1 ކިރިޔަ ކިރިޔާ ހެލިލުން ނުވަތަ ގުޑިލުން. 2 ވަރަށް ކުޑަކޮށް ޙަރަކާތް ކޮށްލުން.

ހިރިގައު

ނ. މުރަކައިގެ ބާވަތެއް. މިއީ ގޮފިނުވާގޮތަށް އެކަތިގަނޑަކަށް ހެދިފައި ހުންނަ އެއްޗެކެވެ. މިއީ ރާއްޖޭގައި އުފެދޭކަމަށް ބުނެވޭ އެންމެ މޮޅު ގަލެވެ. އިހުގެ ދިވެހިން، ވަޅުވަޅާއި ޢިމާރާތްފަދަ ތަންތަނާއި، މަހާނަގާފަދަ ތަކެތި ހެދުމަށް މިގާ ބޭނުންކުރިއެވެ. ހިރިގަލުގައި ބިންވަޅުނަގައި ކުރެހުމަކީ ދިވެހީންގެ ވަރަށް ޚާއްޞަ ފަންނީ މަސައްކަތެކެވެ.

ހިރިޔާމާލަން

ނ. ވައިގެބަނދަރާއި ޖަލްސާކުރާ މާލަންފަދަ ތަންތަނުގައި ޚާއްޞަ ބޭބޭފުޅުންނަށް ކަނޑައަޅައިފައި ހުންނަ އިންތިޒާރު ކޮޓަރި.

ހިރު

ނ. 1 އަނގައިގެ ދަތްތައް ހިފެހެއްޓުމަށް ހުންނަ މަސް. 2 އެއްޗެހި ޒީނަތް ކުޅައުމަށް ނުވަތަ ކުރެހުމުގައި ބޮޑުކޮށް ފާޅުކޮށް ހުންނަ ކޮންމެ ކުލައެއްގެ ނުވަތަ ރޮނގެއްގެ ކައިރީގައި އެހެން ކުލައަކުން ދަމާ ހިމަ ރޮނގު. މިސާލު: ހ ފޭލީގެ ހިރު. {ށ} ދަމާ ފޮތިގަނޑުގެ ހިރު. 3 ބޯވަޅުގައި ހަރުކުރާން ކަސަބުން ނުވަތަ ބަރަނިން ހަނިކޮށް ފަތިކޮށް ގަތާ ފަށް ކަނދުތައް. މިއަތުރައިފައި ހުންނާނީ މޫދުން ފެށިގެން ގެނބުރަށެވެ.

ހިރުނދު

ނ. 1 ހިރުނދުގަހުގެ ވަކި. 2 ގޮފިގިނަކޮށް ފެތުރިހެދޭ ހިޔާބޮޑުގަހެއް. 3 ރާއްޖޭގައި ހެދޭ ލަކުޑީގެ ތެރެއިން އެންމެ މޮޅު އެއްލަކުޑި. މިއީ އޮޑިދޯނި ފަހަރު ބަނުމަށާއި ފަރުނީޗަރު ޖެހުމަށް ބޭނުންކުރާ ކީލި ހިމުން ލަކުޑިއެކެވެ.

ހިރުނދުދޫނި

ނ. ހިރުނދުގަހުގައި އުޅޭ ސޫތްޕެއް. މީގައި ހުންނާނީ ކަޅުތިކިތަކެއް ޖަހައިފައެވެ. މި އެންމެ ވައްތަރުވާނީ މާމަކުނަކާއެވެ. މީގައި ހަފައި ހުރެއެވެ. ފައިގެމަތީ ބަޔާއި ފިޔަހުންނާނީ ރަތްރީނދޫ ކުލައިގައެވެ.

ހިރުނދުލަކުޑި

ނ. ހިރުދުގަހުގެ ލަކުޑި.

ހިރުން

މ. 1 މަޑުމަޑުން ހެލިލުން. [ބޯދާ] 2 ސިއްރުކުރުން.

ހިރުނބު

ނ. (ޅ) އޮޑިދޯނި ފަހަރު ބާލާއިރު މޫދުތެރޭ އަޑީގައި އަތުރާލާފައި ހުންނަ ދުނބުރި މިއަތުރާފައި ހުންނަނީ މޫދުން ފެށިގެން ގެނބުރަށެވެ

ހިރުބޮލި

ނ. 1 ބޮންތިއާއި އަސާގެ މަތީކޮޅުގައި ހުންނަގޮބު. 2 ކަސަބުބޯ ވަޅުގައި ކާއްތާ އޮމާންކޮށް އޮފުއެރުވުމަށް ބޭނުން ކުރާ ދޮންކުލައިގެ ބޮއްޔެއް

ހިރުކެނޑި

ނ. ލިޔެލާ ޖަހާމީހުން ދެފަށްޖަހާއިރު، އެލާޖަހާ އެތީގައި ރޮނގުޖަހާން ގެންގުޅޭ ކުރެދިކަށި.

ހިރުކޭތަލަ

ނ. 1 ހިއްތަލަފާޑަށް ބިމަށް ފައިބާ، ކާބާވަތުގެ ގޮނޑިއެއް. މީގެ ގަހަކީ ހިއްތަލަގަސް ފާޑުގެ އެއަށްވުރެ ބޮޑު ގަހެކެވެ. މީގެ މާގަނޑު ފޮޅޭއިރު ވަރަށް ނުބައިވަސް ދުވާނެއެވެ. 2 އިރުކޭތަލަ.

ހިރުއްދަ

ނ. ދިވެހި ގޭގޭ ގައި ހުންނަ އެނދުބައިލީދޮރުގެ އެނދުބައިގެ ތިރިޔާއި މަތީގައި ކުދިކުދި އެއްޗެހި ބެހެއްޓޭނޭހެން ހުންނަތަން.

ހިރުއްދަފިލާ

ނ. އެއްޗެހި ބަހައްޓަން ބިއްބިތުގައި ހަރުކުރާ ފިލައެއް. މިފިލާ ހުންނަނީ އިހުގެ ގޭގޭގައެވެ.

ހިރުވުން

މ. 1 ކެހުންފަށެއް އައުން. 2 ކުދިކުދި ފަނި، މަކުނުފަދަ ތަކެތި ގައިގައި ދުވާން ފެށީމާ އެކަމުގެ އިޙްސާސުވުން. 3 ފަތްތަކެއް ނުވަތަ ކުނިތަކެއްގެ ތެރޭގައި ދިރޭ އެއްޗެއް އޮވެގެން އަޑުއިވޭގޮތަށް ނުވަތަ ހެލޭގޮތަށް އުޅުން. 4 [މަޖާޒު] ޝަހްވާނީ އެދުން އުފެދުން.

ހިރުމަހުރަ

ނ. މަސްދޯނިފަހަރުގެ ދެ އިހިގަނޑު ދެމެދުގައި ނުވަތަ އިންނަފަތާއި އިހިގަނޑާ ދެމެދު ވަނާ ކަނޑައިގެން ހަރުކުރާ ފިލާގަނޑު.

ހިރުމާ

ނ. ހިރުގަނޑުގެ ބައްޔެއް. މިއީ ހިރުގަނޑުން ނަގާ ހުދުކުލައިގެ، ވަށްކޮށް ހުންނަ އެއްޗިހިތަކެކެވެ. މީގެ ދެމެދުގައި ޗޮކްލެޓް ކުލައިގެ ތިއްކެއް ހުންނާނެއެވެ.

ހިރުމާރު

ނ. 1 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައި، އަރިއަށް ޖަހައިފައި ހުންނަ ފިލާ. 2 ހިރުއްދަފިލާ.

ހިރުމާޖެހުން

ނ. ހިރުގަނޑަށްޖެހޭ ބައްޔެއް، މި ބަލިޖެހުމުން ހިރުގަނޑުގައި ބިހިތަކެއް ނަގައި ފައި އެ ބިހިތައް ދޮސް ގަންނަނީއެވެ.

ހިރުދެމުން

މ. އެއްޗެހި ޒީނަތްތެރި ކުރުމުގައި ނުވަތަ ކުރެހުމުގައި ބޮޑުކޮށް ފައުޅުކޮށް ހުންނަ ކޮންމެ ކުލައެއް ނުވަތަ ރޮނގެއްގެ ކައިރީގައި އެހެން ކުލަ އަކުން ހިމަރޮނގު ދެމުން.

ހިބަ

ނ. 1 ހަމަ ހިލޭ ދިން އެއްޗެއް. 2 ހިލޭ ދޭދިނުން. 3 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 4 (ހ) ކުރަފިޒާތުގެ ބޮޑު ދިރޭއެއްޗެއް. މި ގިނައިން އުޅެނީ ކުނިގޮނޑުގެ ތެރޭގައެވެ.

ހިބަހިކާ

ނ. ހިކައިގެ ބާވަތެއް. މިއީ މެދުފަޅުމަތީގައި އުޅޭ. ދެ އިންޗި ބައިގެ ބޮޑު މިނުގެ، ހުދުކުލައިގެ މަހެކެވެ. މިއީ ވަރަށް ވިހަގަދަ އެއްޗެކެވެ.

ހިބަން

ނ. (އ) ހިބަ މިބަހުގެ ތިންވަނަ މާނަ ބަލާ!

ހިބަންމަސް

ނ. 1 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 2 (މ) ފަސްގަނޑުގައި އުޅޭ ވަޅުޖަހާ މަހެއް.

ހިބަޅުލަނޑާ

ނ. (އ) ނަގުލުގެ މަތީފަރާތް ދިގު ނޫކުލައިގެ ފަތިލަނޑައެއް.

ހިބަކޮށްދިނުން

މ. ތިމާގެ މިލްކުގައިވާ އެއްޗެއް ތިމާގެ މިލްކުން ކަނޑައި ހަމަހިލޭ އަނެކަކަށް ދިނުން.

ހިބަމަސް

ނ. މާ ވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް.

ހިބަފަތް

ނ. ހިބައެއްގެ މައްޗަށްދޭ ޝަރުޢީ ލިޔުން.

ހިނބުޅެ

ނ. (ގ) 1 ވޭރުހުލި. 2 މާބުރު.

ހިނބޫ

ނ. (ސ) މެދުފަޅާއި ފަރާއިގުޅޭ ފަޅުމަތީގައި އުޅޭ ގަދަމުށި ކުލައިގެ ކުރެހުމެއް ހުންނަ އަދި ކަރުތާ ފަތްގަނޑުގެ ފަހަތުބައިގެ ތިރީކައިރީގައި ދެ ކަށި ހުންނަ މަހެއް މި މަހުގެ ސިފަ ލަނޑަ އާއި ވައްތަރު ވެފައި ހުޅުނބު ހުންނާނެއެވެ.

ހިނބެ

ނ. (ގ) މެދުފަރު މަތީގައްޔާއި، ވިލުގައި އުޅޭ، ލަނޑަޔާ ވައްތަރު ކަށިޖަހާ ވިހަމަހެއް.

ހިބޮށި

ނ. (ސ) ލޮނާއި ހަކުރުއަޅާން ބޭނުން ކުރާ ޅަ ކުރުނބާގެ ނާށި.

ހިނދި

1 އަޑި. މިސާލު: ހިނދިބަނޑު. 2 އަޑިކޮޅު. 3 ވައިރޯޅި ނެތި ވެފައި އޮންނަމަޑު.

ހިނދިވަޅު

ނ. 1 ލަގޮނޑިވަޅު. 2 މޭކަށިގަނޑު ކޮޅުގައި ހުންނަ އަޑިކޮޅު. 3 ކަންކަށީ ގައި ހުންނަ އަޑިކޮޅު ފަދަ ތަންތަން.

ހިނދިލޮނު

ނ. ބޭހަށް ގެންގުޅޭ ބާވަތެއްގެ ގަނޑުލޮނެއް.

ހިނދުން

މ. 1 ކެކި ކެކި ފެން ހުސްވުން. 2 ދިޔަވަރު އަޑިވުން. 3 އޮއްވަޅު ކުޅޭއިރު ހުސް ވަޅަކަށް އަތް ހުސްވުން. [މަޖާޒު] ކަމެއް ކުރަމުންގޮސް ގަސްތުކުރި ގޮތަށް ނުވެވި އެ ކަމެއް ހުއްޓުން. 4 ކަނޑުގައި ހިފާވަރަށް ވައިރޯޅި ނެތުން. 5 ފުފި ފައި ހުރި އެއްޗެއް ހައިވުން. 6 ރޮމުން ރޮމުން ނުވަތަ ހެމުން ގޮސް ނޭވާ ނުލެވޭ ވަރުވުން. 7 ދިޔާއެއްޗެހި އާތްވަށް އަރާހުސްވުން.

ހިނދުރި

ނ. 1 ނޯށް. 2 ނޭފަތުގެ ލޯވަޅު. 3 ކަންފަތުގެ ކޮރުވަޅު.

ހިނދޫ

ނ. (ބ) 1 އާރުނުލާވަރުގެ ލަކުޑި. 2 ގަސް ގަހުގައި ގަންނަ ޅަވަކި. 3 (ޅ) ޅަނދޮޅު. މިސާލު: މިގަހުގެ އެންމެ ހިނދޫ ކުރި.

ހިނގަހެލި

ނ. ހިނގަހަލި.

ހިނގައިލުން

މ. 1 ވައި ޖައްސައިލާން ނުވަތަ ހިތް ފަސޭހަ ކޮށްލަން ގެއިން ބޭރު ކޮންމެވެސް ތަނެއްގައި ހިނގުން. 2 ކަމަކަށް ތާޢީދު ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަބަޔަކު އެކުގައި ހިނގުން.

ހިނގަމަހަ

ނ. (ގ) އަލަނާސިމަސް.

ހިނގަމަސް

ނ. (ސ) އަނގަބޮޑު ރަތްކުލައިގެ ލޮނދިމަހެއް. މިއީ ރަތްމަސް ފާޑު މަހެކެވެ.

ހިނގަތް

(މަލިކު) ހިނގާ!

ހިނގާކޮށި

ނ. 1 އެތެރޭގައި ހުރެގެން ދެފަރާތުގައި ހިފަހައްޓައިގެން ހިނގޭނެގޮތަށް ހަދައިފައި ހުންނަ އެއްޗެއް. 2 ކުދިންނަށް ހިނގާން ފަރިތަ ކޮށްދޭން ހަދައި ފައި ހުންނަ ބާވަތެއްގެ ގާޑިޔަލެއް.

ހިނގާލަންދިއުން

މ. ވައި ޖައްސައިލަން ނުވަތަ ހިތް ފަސޭހަ ކޮށްލަން ކޮންމެވެސް ހިސާބަކަށް ދިއުން.

ހިނގާޞަލަވާތް

ނ. އިހުގައި ސަރުކާރުގެ ފަރާތުން ޒިޔާރަތް ޒިޔާރަތް ދޮށުގައި ކިޔެވި ޞަލަވާތް. މިޞަލަވާތް ކިޔަވައި އުޅުނީ ކޮންމެ ދުވަހަކު ޒިޔާރަތެއް ދޮށުގައެވެ. މާލޭގައި ހުރިހާ ޒިޔާރަތް ވަށާ ޖެހުނީމައި، އަނެއްކާ ފަށަނީއެވެ. މިކަމަށް ގެންދާ ކޭން ކައްކަނީ ކަނބާފާނު ގަނޑުވަރުގައެވެ.

ހިނގުން

މ. 1 ދިރޭ ތަކެތީގެ ތެރެއިން ހަތަރެސްފައި ހުންނަ ޖަނަވާރާއި ދެފައި ހުންނަ ތަކެތި ފައިގެ ބޭނުންކޮށްގެން ކޮންމެވެސް ކޮޅަކަށް ދިއުން. 2 އިރުހަނދާއި ތަރިތަކާއި ފަލަކު ތައް އެނބުރުން. 3 މެޝިނާއި އިންޖީނުގެސޯބުތައް އެނބުރި އެނބުރި ހުރުން. 4 ދުނިޔޭގެ ކަންތައް ވޭވެހުރުން. 5 ހެލިހެލި ހުރުން. މިސާލު: ގަޑީގެ ބަރު ހިނގުން. 6 ޖައްވީ އުޅަނދުން ބޭރުގައި ހަވާގެ ތެރޭގައި އިންސާނުން އެއްތަނުން އަނެއްތަނަށް ދިޔުން. 7 ލެޔާއި ފެންފަދަ ތަކެތި ހޮޅިހޮޅީގައި ނުވަތަ ނާރުތަކުގެ ތެރޭގައި ދައުރު ކުރުން [މަޖާޒު] 8 ދިޔާ އެއްޗެހި އާތްވަށް އަރާ ހުސްވުން. 9 ޢާންމު ކޮށް ޤަބޫލު ކުރުން 10 ހަލުއި ކޮށް ވިކުން

ހިޅި

ނ. (ޏ،ސ) ކުކުޅު ހާލުގެ ކެޔޮފޮތި.

ހިޅިގަޑޮ

ނ. (ސ) ކުކުޅުހާލުގެ ކެޔޮފޮތި.

ހިކަ

ނ. ކުޑަކުދީން ކުޅޭ ކުޅިވަރެއް. މިއީ ކުޑަކުދީން، ހިކަކީ ކުއްޖާ އަތުލާން ދުވެދުވެފައި ކުޅޭ ކުޅިވަރެކެވެ. ހިކަކީ ކުއްޖާ އަތުލައިފި ނަމަ އެއަތުލީ ކުއްޖަކަށް ހިކަ ލިބުނީއެވެ. މި ކުޅިވަރު މޫދުގަވެސް އެއްގަމުގައިވެސް ކިތަންމެ ގޮތަކަށް ކުޅެއެވެ.

ހިކަނދި

ނ. 1 ލޯއަނދިރި ވަސްނުބައި ދިރޭ އެއްޗެއް. މިވައްތަރުވާނީ މީދަލާއެވެ. 2 ބައެއް މަސްމަހުގެ ބަނޑުތެރޭ އޮންނަ އެއްޗެއް.

ހިކަނދިއެރުވުން

މ. މުލައްދަނޑީގައި އޮންނަ ހިކަނދިމަސްގަނޑު އުފުލޭނެގޮތް ހެދުން.

ހިކަނދިވަކަރު

ނ. 1 މެއްލަ ޖަހައިގެން އަޅާގޭގޭގެ ބޮޑުއަށީ ބިތްދޮށުގައި މެއްލަ ތަކަށް ކަނޑައިފައި އަޅާފަތިވަކަރު 2 ގެދޮރު އެޅުމުގައި މެއްލަ ޖެހުމަށްޓަކައި ގާފޮޅުމަތީ ބާއްވައިފައި އޮންނަ ފަތިވަކަރު.

ހިކަނދިމަސްގަނޑު

ނ. 1 މުލައްދަނޑީގައި އޮންނަ ވަކީން އުފުލޭ މަސްގަނޑު. 2 މީދާމަސްގަނޑު.

ހިކަނދިމީދަލުގެވެސް އަބުރެއް އޮންނާނެ

[މިސާލުބަސް] އެންމެދެރަ މީހާގެވެސް އަބުރެއް އޮންނާނެއޭ ބުނުމަށް ބުނެއުޅޭބަހެއް.

ހިކަނދިފޭލި

ނ. އަނުމަށާއި ބޮލުގައި އޮޅުން ނޫން ކަންތަކަށް ބޭނުން ކުރާ ފޭރާންދެރަ ފޭއްޔެއް. މި ފޭލީގެ ކުލައަކީ އަޅިކުލައެވެ.

ހިކަނދިތުންމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ސައިޒުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މީގެ ތުން ހިމަވާނެއެވެ. ބުރަކަށި މަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. ކަންފަތްގަނޑު ކުޑަވާނެއެވެ. މި މިޔަރުގެ ބުރަކަށި މަތީގައި ހުންނަނީ ކަޅު އަޅި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ފަނޑު ހުދު ކުލައެއްގައެވެ.

ހިކަރި

ނ. (ސ) 1 ތެމިގެންވާފޯ. މިސާލު: "ތެމިހިކަރިވެގެ" މިބަހީތެމިފޯވެއްޖެ. 2 އޮށްވަޅު ކުޅޭއިރު އެއްފަރާތުގެ ހުރިހާ ވަޅެއް ކަނުވާ ކަނުވުން.

ހިކަރިވުން

މ. (ސ) 1 ތެމިފޯވުން. 2 އޮށްވަޅު ކުޅޭއިރު ކުޅުންތެރިޔަކަށް ވަޅަކަށް ލާންޖެހޭ ވަރަށް ފުއް ނުލިބި ބަލިވުން.

ހިކާ

ނ. ފަޅުތެރޭގައި އުޅޭ ކުޑަ ވަރެއްގެ މަހެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. މިއީ ބޮނޑިމަސް ކޮށްހުންނަ ފެހިކުލައިގެ މަހެކެވެ. ބޮޑުމިނަކީ، ދެއިންޗިބައި، ތިން އިންޗިއެވެ.

ހިކާކަލޯލަވަ

ނ. ދަންބެރުގެ އަށްވަނަލަވަ.

ހިކާދުރުކުރި

ނ. 1 އެންދަމާއިރު ހިކާތައް އައިސް އުނދަގޫ ކުރަން ފެށީމާ، އެ ހިކާތައް ދުރުކުރަން ދުރަށްޖަހާ ފިލިގަނޑު. [މަޖާޒު] 2 ގޭގެއަށް ވަދެއުޅޭ ބޭނުމެއްނެތް މީހުން. އަވަހަށް ފޮނުވައި ލުމަށްޓަކައި ދީއުޅޭ ކާބޯއެތިކޮޅު. 3 ހިތުގައި އަގުނެތް މީހުންނަށް ދީއުޅޭ ކާބޯއެތިކޮޅު.

ހިކި

ނ. 1 ތެތްކަމުގެ އިދިކޮޅު. 2 ރޯކަމުގެ އިދިކޮޅު. 3 ފުރާނަހުރި ތަކެތި ވާ އަނަރޫފަ. މިސާލު: {ހ} ހިކިދަރު. {ށ} ހިކިފަން. {ނ} ހިކިމީހާ.

ހިކިހިތްވަރު

ނ. ކުއްލި ކުއްލިއަށް އަންނަ ރުޅި.

ހިކިހިތްވަރުއެރުން

މ. ކުއްލި އަކަށް އަންނަ ގަދަ ރުޅިގަނޑެއް އައުން.

ހިކިހުތް

ނ. ހުތްރަހަ ދޭގޮތަށް ހަދައި ފައި ހުންނަ ކުނޑި. މި ހުންނާނީ ހިމުންލޮނާ އެއްގޮތަށެވެ.

ހިކިބަލި

ނ. އަނަރޫފަ ވާ ބައްޔެއް. މިއަށް ކިޔަނީ ކެކެކްސިއާ އެވެ.މިއީ މީހާގެ ހަށިގަނޑު މާބޮޑަށް ހިކޭ ބަލިތަކުގެ ނިޝާނެކެވެ. މިހެންވާ ކިތަންމެ ބައްޔެއް ހުރެއެވެ. މީގެތެރޭގައި ޓީބީ (ކެއްސުންބަލި) ޓައިފޮއިޑްހުން، އެކި ވައްތަރު ވައްތަރުގެ ކެންސަރު، އަދި "ކާޑުބަލި" ހިމެނެއެވެ.

ހިކިބިލަމަގު

ނ. 1 ހިކި ފައި ހުންނަ ބިލަމަގު. 2 [މަޖާޒު] ފުރިހަމަ ބައްޓަން ނުލިބޭ ވަރަށް ހިކި ކޮށް ތިބޭ އަންހެނުން

ހިކިބޮނދެ

ނ. (ގ) ބޮޑުހިކަޔާ ވައްތަރު ލަނޑައެއް.

ހިކިއަނަރޫފަވުން

މ. 1 ހިކިގެންގޮސް ކަމީނާ ވުން. 2 ހިކިގެންގޮސް ރޫފަ ގެއްލުން.

ހިކިއަމުރު

ނ. 1 ތިމާޔާ ޙަވާލުވެފައި ނެތްކަމަކަށް ކުރާއަމުރު. 2 ނުހިނގާ އަމުރު.

ހިކިއަމުރުކުރުން

މ. 1 ތިމާޔާ ޙަވާލު ވެފައި ނެތް ކަމަކަށް އަމުރުކުރުން. 2 ނުހިނގާ އަމުރު ކުރުން.

ހިކިއަތަރު

ނ. ކޮންމެވެސް އެއްޗެއް އަޅައިގެން އޮލަކޮށްފައި ހުންނަ އަތަރު.

ހިކިފަންފުޅަނގި

ނ. މަސްކާށިދޫނީގެ ބާވަތެއް. މި އީ ހިކިފަންކުލައިގައި ހުންނަ އެއްޗެކެވެ.

ހިކިފިންދަނޑި

ނ. ހަށިގަނޑާ އަޅާ ބަލާއިރު ފިނދުމަސްގަނޑު މާބޮޑަށް ހިކިފައި ވާ އަނަރޫފަ މީހާ.

ހިކިދޮވުން

މ. ފެނުގެ ބޭނުން ނުކޮށް ކެމިކަލް ބޭނުން ކޮށްގެން ފޭރާން ފަދަ ތަކެތި ސާފުކުރުން.

ހިކިތަވާގައިލުން

މ. ހުސްތަވާގައި ކުޑަކޮށް ހޫނުކޮށް ލުން.

ހިކުން

މ. 1 ތެތްކަމާއި ރޯކަން ފިލައިގެން ދިޔުން. 2 ފުރާނަ ހުރި އެއްޗެހި އަނަރޫފަ ވުން. 3 ފެންގަނޑު ހިނދުން. 4 ދިޔަވަރު ކުޑަވުން.

ހިއަ

ނ. 1 ނުވަދިހަ ހައެއް2 ދުއިސައްތަ ފަންސަވީސް ފުށްބޮލި. [ބޯދާ] 2 އުރަ، 3 ހެއުގުނަ، 4 ހިތް.

ހިއަމިތުރު

ނ. [ބޯދާ] ހެޔޮލަފާ އަންހެނާ.

ހިއަދެވިކަމަނާބޯ

ނ. ހިޔަތޮނަ. މިއީ މުލުގައި މީރުވަސް ދުވާ ވިނައެކެވެ.

ހިއްކަށްދިނުން

[މަޖާޒު] ކާންދިނުމުގެ ބަދަލުގައި ފައިސާދިނުން.

ހިއްކިބިލިމަގު

ނ. ހިއްކައިފައި ހުންނަ ބިލިމަގު. ގިނައިން މިހިއްކަނީ ލޮނުއަޅައިގެން ފޮނު ފޮޅުވައި ފައެވެ.

ހިއްކުން

މ. 1 ފެން ހުސްކުރުން. 2 ތެތްކަން ކެނޑުވުން. 3 ރޯކަން ކެނޑުވުން. 4 ހަށިގަނޑުގެ ފަލަކަން ކެނޑުވުން.

ހިއްމަތުބޯޅަ

ނ. ހޮކީ ދަބަކާއި ހޮކީ ބޯޅައެއް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރު ކުޅޭއިރު ލޯވަޅުތަކެއް އަޅައިފައި ހުންނަ އުވަލީ ގޯނި ގަނޑެއްފަދަ އެއްޗެއް ދަމައިފައި ހުރެއެވެ. އެ ގޯނި ގަނޑުގެ ކައިރީގައި ހޮކީދަބު ހިފައިގެން ތިބޭ ދެ ކުޅުންތެރިން ތިބޭނެއެވެ. އަނެއް ޓީމުން ބޯޅަ އުކާމީހުން ބަލާނީ ގޯނި ގަނޑުގައި އަޅައި ފައި ވާ ލޯވަޅުންކުރެ ލޯވަޅަކުން ބޯޅަ ފޮނުވައިލެވޭތޯއެވެ. ބޯޅަ އެގޮތަށް ފޮނުވައި ލެވިއްޖެނަމަ އެލޯވަޅެއްގެ ކައިރީގައި ޖަހައިފައި ވާޕޮއިންޓު ލިބޭނެއެވެ. ދަބު ހިފައިގެން ތިބޭ ދެކުޅުންތެރިން ބަލާނީ ދަބު ބޭނުން ކޮށްގެން ބޯޅަ ދިޔަ ނުދީ ވޭތޯއެވެ.

ހިތްފަސޭހަކަން

ނއނ. 1 ހިތްފަހިކަން. 2 ފިކުރެއްނެތްކަން. 3 ފިކުރުބޮޑުނުވާކަން. 4 ހިތްއަލިކަން.

ހިއްތަންދޮރާށި

ނ. އިހުގައި މާލޭގައި ހުރި ބޮޑު ގަނޑުވަރަށް ވަންނަން ހުންނަ އުތުރުފަރާތު ދޮރާށި (ރަސްމީދޮރާށި)

ހިއްތަލަ

ނ. ހިތިފިލުވައިގެން ކާ ގޮނޑިއެއް. މިއީ ރާއްޖޭގައި ވަރަށް ގިނައިން ހެދޭ ކާނާ އެކެވެ. މިއެންމެ ވައްތަރު ވާނީ ވިލާތު އަލުއްވާ އެވެ.

ހިއްތަލަބަތް

ނ. ހިއްތަލަ ފުށަށް ކާށި ހުނިލައިގެން ފިހާތުނި ފަތަފޮޅި އެއް.

ހިއްތަލައަވެލި

ނ. ވަރަށް ތުނިކޮށް ހިއްތަލަ ކޮށައި، ހިތިފިލުވައި، ހިއްކައިގެން ހަދާ ކާއެއްޗެއް. މިހުންނާނީ އަވެލި ވައްތަރަށެވެ.

ހިއްތަލަފިށި

ނ. (ސ) ހިއްތަލައިން އުފައްދާ ފުށް.

ހިއްތަލަފުށް

ނ. ހިއްތަލަ ހިމުންކޮށް ގާނައިގެން ހިތިފިލުވައި ހިއްކާފައި ހުންނަ ފުށް.

ހިއްތަލަފިށިދޯރާ

ނ. (ސ) ހިއްތަލަފުށުގެ އޮލަފުށުގެ ތެރެއަށް ފެންފޮދެއް އަޅައި ރަނގަޅަށް ގިރާލުމަށްފަހު ކެކިކެކި ހުރި ދޯރާ އެއަށް މިންވަރުވާވަރަށް އަޅައިގެން ހަލުވައި ރަނގަޅަށް އެއްކޮށްގެން ހަދާބުއިމެއް

ހިއްތުން

މ. 1 ދަހިކުރުވުން. 2 މީހަކަށް އެއްޗެއް ދޭން ދިއްކޮށްލައިފައި ނުދީ ހިފެހެއްޓުން. 3 ދިއްސުން. 4 ހިތުގައި ޖެއްސުން.

ހިއްލައިލުން

މ. 1 އެއްޗެއްގެ އެއްކޮޅު ނުވަތަ އެއްފަރާތް ކުޑަކޮށް އުފުލައިލުން. 2 ވޮލީކުޅޭއިރު ޝޮޓްޖެހުމަށްޓަކައި ބޯޅަ އުފުލައިލުން.

ހިއްލުން

މ. 1 ނެގުން. 2 އުފުލުން. މިސާލު: {ހ} މިގާ ހިއްލާލަދީބަލަ! {ށ} ހެދުން ނުހިއްލާ! 3 ނޭވަޔަށް އުނދަގޫވުން. 4 ރިޔާނަގައިގެން ދުއްވާ އެއްޗެހި ވަޔަށް ނެގުން. 5 ވޮލީ ކުޅޭއިރު ސޮޓްޖެހުމަށް ބޯޅަ އުފުއްލައި ދިނުން. 6 ހުޅުވުން، 7 [މަޖާޒު] ކޮޅުވުން.

ހިއްސާ

ނ 1 މުދަލުން ނުވަތަ ފައިސާއިން ނުވަތަ އެނޫންވެސް އެއްޗަކުން ނުވަތަ ކަމަކުން މީހަކަށް ލިބެންޖެހޭ ބައެއް. 2 ބައި. 3 އަމިއްލަވާ ނުވަތަ ބައިވެރިވާ، ނުވަތަ ޒިންމާވާ މިންވަރު.

ހިއްސާކުރުވުން

މ. މުދަލުގެ ނުވަތަ ފައިސާގެ ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއްގައި މީހަކު ބައިވެރިކުރުވުން.

ހިއްސާދާރު

ނ. މުދަލުގެ ނުވަތަ ފައިސާގެ ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއްގެ ބައިވެރިޔާ.

ހިއްސު

ނ. 1 ގުނަވަންތަކުން އެނގޭ އެނގުން. 2 އިންސާނާގެ ހަށިގަނޑުގައި ލައްވައިފައިވާ އެނގުމުގެ ބާރު. މިސާލު: {ހ} އިވުން. {ށ} ފެނުން. {ނ} ވަސްލިބުން.

ހިއްޕަބޯ

ނ. (ރ) ދޮންހުއިފިލަނޑާ.

ހިއްޕީން

ނ. އެއްވެސް ގަވައިދެއް އުޞޫލެއްނެތި އުޅޭބައެއް. (މިމީހުން އާންމު ގޮތެއްގައި މަސްތުވާ ތަކެތި ބޭނުންކުރެއެވެ.)

ހިއްޕުން

މ. 1 ތަތްކުރުން. 2 ދެމީހުންލައްވާ އޮޅުލެއްވުން. 3 އޮޑިދޯނިފަހަރު އެހެލާންވެގެން ބީއްސުން. 4 އަނެކަކު އެއްޗެއްގައި ހިފާނޭގޮތް ހެދުން.

ހިއްޗަށްދިއުން

މ. (ސ) ބަޔަކުމީހުން ކާއެއްޗެހި ހަދައިގެން އަތިރިމައްޗަށް ރޯދަވީއްލާން ދިއުން.

ހިއްޗިގޮނު

ނ. (ސ) ރޯދަމަހު އިރުއޮއްސޭ ވަގުތަށް ރޯދަވީއްލަން އަތިރިމައްޗަށް ގެންދާން ކާތަކެތި އަޅަން ފަނުން ވިޔެފައި ހުންނަ ގޮނު.

ހިވިގެ

ނ. [ބޯދާ] 1 ކީމަ. 2 ފޭލިގެ.

ހިމަ

ނއ. 1 ފަލަކަމުގެ އިދިކޮޅު. 2 ކަމީނާ. 3 ފަލަމިނުންއުނި.

ހިމަހޯއްދުން

ނއ. 1 ހިމަތޮޅި ކަމާއި އެކުލެވިގެންވާ ރީތިސިފަހުރި (މިބަސް ބުނެއުޅޭނީ އަންހެން ކުދީންނާ މެދުގައެވެ.) 2 ލޫޅާފަތި.

ހިމަނައިލުން

މ. 1 ޢަދަދު ބަލައިލުން. 2 ގުނައިލުން. 3 ބައިވެރިކޮށްލުން.

ހިމަނަގުލާމަސް

ނ. ހަލުވިމަސް. މިއީ ހަނދިމަހުގެ ބާވަތެކެވެ.

ހިމަބިހި

ނ. ހުންއައިސްފައި، ގައިގެ ހަމުން ނުލާހިކު ގިނައިން ކުދިކުދި ބިހިތަކެއް ނަގާ ބައްޔެއް. މިއީ ވަރަށް ފަސޭހައިން އެކަކުގައިން އަނެކަކު ގަޔަށް އަރާ ބައްޔެކެވެ. މިބަލި ގިނައިން ޖެހެނީ ކުޑަކުދީންނަށެވެ.

ހިމަބޯދު

ނ. ބޯދީގެ އާއިލާގެ ބާވަތެއް. މިއީ އެހެނިހެން ބޯދީގެ ބާވަތް ތަކަށްވުރެ ހިމަ އެއްޗެކެވެ. މީގެ ބަނޑުދޮށް ފަރާތުން ކަރުތާފަތާ ދިމާ ތިރީގައި ހުންނަ ކޮތަރިބައި ބޮލުގެ ދިގުމިނުގެ ދެބައިކުޅަ އެއްބައިހާ ދިގެވެ. މަހުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް މަހުގެ ކަރުތާފަތްގަނޑުގެ ކޮޅަށް ގަދަމުށި ކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ.

ހިމަކަން

ނއނ. 1 ފަލަމިނުގެ އުނިކަން. 2 ކަމީނާކަން. 3 [މަޖާޒު] ދެރަކަން.

ހިމަކުރުން

މ. 1 ފަލަމިނުން އުނިކުރުން. 2 ކަމީނާކުރުން. 3 [މަޖާޒު] ދެރަކުރުން.

ހިމަވުން

މ. 1 ފަލަމިނުން އުނިވުން. 2 ކަމީނާވުން. 3 [މަޖާޒު] ދެރަވުން.

ހިމަފުށް

ނ. 1 އޮލަފުށް 2 ހިއްތަލަފުށް ހަދާއިރު އެންމެ ހިމުންކޮށް ނަގާބައި.

ހިމަދޮނާ

ނ. ރަތްކުލައިގެ އެމެއް.

ހިމަގޮހޮރު

ނ. އިންސާނުންނާއި ޙައިވާނުންގެ ބަނޑު ތެރޭގައި ސަނގަލާ ޖެހިފައި އޮންނަ ގޮހޮރު.

ހިމަގޮދަން

ނ. ބާރުލީ. މިއީ މަޝްހޫރު ގޮވާމެކެވެ.

ހިމާރަށްގޮވުން

މ. 1 ހިމާރަކަށް ގޮވާލުން. 2 އިންސާނަކާ ދިމާއަށް ހިމާރެކޭ ބުނުން.

ހިމާރިޔަން

ނ. 1 ސަމުގާގެ މިޞްރާބެއް. 2 ގަލްބުގެ ދެކުނު މިޞްރާބު.

ހިމާރު

ނ. ތަކެތި އުފުލުމަށާއި ސަވާރުވުމަށް ބޭނުންކުރާ މަޝްހޫރު ޖަނަވާރެއް. މިއީ އެންމެ ގަބު އެންމެ އަޑުހުތުރު ޖަނަވާރެވެ.

ހިމާރުކުލުނު

ނ. 1 ހިމާރުގެ ލޯބި. 2 [މަޖާޒު] ކަމެއްގެ އެދެމުގައި މީހަކަށް ހެޔޮކޮށް ހިތަ ހިތައި ހުރެފައި އެކަމެއް ފުދުމުން އެމީހަކަށް އިހާނެތިކޮށް ހިތާ ހިތުން.

ހިމާޔަތްލިބުން

މ. ރައްކާތެރިކަން ލިބުން.

ހިމުން

ނއ. 1 ފުށްކުދި. 2 ފުއްބޮޑުކަމުގެ އިދިކޮޅު. 3 ރާޅުކަމުގެ އިދިކޮޅު. 4 ދެގަނޑެއްޗެއް ޖެހިފައި ހުންނަލެއްގާތް. 5 (މ) އެދޭގޮތަށްވުން. މިސާލު: އޭނާކުރާ ކަންތައް އަހަންނަށް ވަރަށް ހިމެއެވެ.

ހިމުންކަން

ނއނ. 1 ފުއްކުދިކަން. 2 ދެގަނޑެއްޗެއް ޖެހިފައި ހުންނަލެއް ގާތްކަން.

ހިމުންފުށް

ނ. 1 ހިމުން ކޮށް ހުންނަފުށް. 2 އޮލަފުށް.

ހިމެނުން

މ. 1 އަދަދުބެލުން. 2 އަދަދުކުރުން. 3 ބައިވެރިކުރުން. މިސާލު: އެވަފުދުގައި އިތުރު މެންބަރަކު ހިމަނަން ޖެހެއެވެ.

ހިމެރި

ނ. ވައްތަރެއްގެ ތޮޅިޔެއް އަޅާވެލެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ގިނަބާވަތުގެ ތޮޅިޔަކީ ކާން ރަނގަޅު އެއްޗެކެވެ.

ހިމޭންރަނގަބީލު

ނ. އިސްކޫލު ތަކުގައި ވަކި ވަގުތު ކޮޅަކަށް ކުދީން ހިމޭން ކުރުވުމަށް ޖަހާ ރަނގަބީލު.

ހިފަހައްޓައިލުން

މ. 1 އޮބަހައްޓައިލުން. 2 ދޫކޮށްނުލުން. 3 ދިޔަނުދީ މަޑުކުރުވުން.

ހިފައިގަތުން

މ. 1 އަތުލައިގަތުން. 2 އޮޅުލައިގަތުން. 3 ބަގުޑިލައި ގަތުން. 4 ފޭރިގަތުން. 5ރ. ޒުވާބުކުރުން.

ހިފައިގެންގުޅޭތަކެތި

ނ. އެނދު، އަށި، އަލަމާރި ފަދަ ތަކެތި ފިޔަވައި ގޭތެރޭ ގެންގުޅޭ ކުދިސާމާނު.

ހިފިހުރުން

މ. 1 ތަތްވެފައި ހުރުން. 2 އެގޮތް މިގޮތަށްނުވެ ހަރުލާ ހުރުން. 3 ކިޔަމަންތެރިވެފައި ހުރުން. 4 ބަންދުވެފައި ހުރުން. މިސާލު: {ހ} ލޭހިފި ހުރުން. {ށ} ދިޔަހިފި ހުރުން.

ހިފުން

މ. 1 އަތުން ނުވަތަ އިނގިލީން އެއްޗެއްގައި ބެއްދުން. 2 މުށުތެރޭގައި އެއްޗެއް ބަންދު ކުރުން. 3 ގަދަ ބައްޔަށް ދެމީހުން އޮޅުލުން. 4 ޝިކާރަ ކުރުން. 5 އަތުލައި ގަތުން. 6 ހަރުލުން. 7 އުފުލުން. މިސާލު: {ހ} ސަންދޯއް ހިފުން. {ށ} ފޮށި ހިފުން.

ހިފެހެއްޓިހުރުން

މ. 1 އަލުން އިތުރުނުވެ ހުރުން. 2 ފަހަށްނުގޮސް ހުރުން. 3 ގުޑާނުލާ ހުރުން.

ހިދާޔަތްލިބުން

މ. 1 ތެދުމަގުލިބުން. 2 ސަލާމަތުގެ މަގުފެނުން.

ހިދެ

ނ. (ލ،މ) ހިނދު.

ހިތަށްފިނިކަންލިބުން

މ. 1 ހިތްހަމަޖެހުން ލިބުން. 2 ހިތަށް އުފާވެރިކަން ލިބުން.

ހިތަށްތަދުވުން

މ. 1 ހިތަށް ހިތި އަސަރެއްކުރުން. 2 ހިތްދަތިވުން.3 އަނެކަކު ކުޅަކަމަކުން ތިމާގެ ހިތަށް މޮޅިވެރިކަން ލިބުން

ހިތަމިޔަރު

ނ. (އ) ކަޅުތިކިތަކެއް ހުންނަ ރީނދޫ ކުލައިގެ މިޔަރެއް.

ހިތާ

ނ. 1 ހިތްޤަބޫލު. 2 ހިތްރުހޭ. 3 "ހިތުން" މިބަހުގެ ވާކަން. 4 "ހިތުން" މިބަހުގެ އަމުރު.

ހިތާވުން

މ. 1 މީހެއްގެ ނުވަތަ އެއްޗެއްގެ މައްޗަށް ހިތް ލެނބުން. 2 ހިތްޖެހުން. މިބަސް ގިނައިން ބުނެއުޅެނީ އިންސާނުންގެ ދެޖިންސުގެ ދެމެދުގައި ހިންގާ ލޯތްބަށެވެ. 3 ޤަބޫލުވުން.

ހިތާމަ

ނ. ހިތަށް ލިބޭ ގަދަ މޮޅިވެރިކަން.

ހިތި

ނ. 1 ހަބަރުގައި ހުންނަރަހަ. 2 ބާވަތެއްގެ ފަތްކުދި ބޮޑުގަހެއް. 3 ހިތިގަހުގެ އޮށް. 4 ބަތާލައިގެން ކާން ފުނޑި ހަވާދުނުލާ ކައްކާ ދޮންރީނދޫ ކުލައިގެ ދިޔައެއް. މީގެ ތެރެއަށް ހިތި ދަމުއިލުމީ ކޮންމެހެން ބޭނުން ކަމެކެވެ. 5 ހިޔާނުކޮށް ހުންނަ ފެންގަނޑުގައި އުފެދޭ ދޮން ފެހި ކުލައިގެ ކުދިކުދި ދިރޭއެއްޗެއް. މީގެ ބޮޑުމިންވާނީ ގެރެވިފުކެއް ވަރެވެ. އެކަމަކު އޭގެ ސަބަބުން މުޅި ފެންގަނޑު އޮންނާނީ އޮލަވެފައެވެ. 6 ބަބުކޭލުގެ ތެރޭގައި ހެދިފައި ހުއްޓައި ފެންނަ ފެހިކުލައިގެ ބައްޔެއް 7 ރަމަޟާންމަހުގެ ބާވީސް، ސައުވީސް، ސައްބީސް، އަށާވީސް މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކޮށްއުޅުނު ރަސްމީ ކަންތައް ތަކެއް. 8 ރަހައާ ގުޅޭގޮތުން ބޭނުންކުރާ ނަންއިތުރެއް. މިސާލު: ހިތިބޭހެއް 9 ކަމަކުން ނުކުންނަ ދެރަނަތީޖާ. މިސާލު: ހިތި ނަތީޖާ. 10 ހިތަށް ކުރާ ވޭނީ އަސަރު. މިސާލު: ހިތި ހިތާމަ 11"ހިތުން" މިބަހުގެ ނިމިނިމުނުކަން.

ހިތިހުންބޭސް

ނ. ބޭރުގައި ހަކުރު ނުލައިހުންނަ ހުންބޭސްގުޅަ. މީގެ ދިޔާ ބޭސްވެސް ހުރެއެވެ. އެހުންނާއި މަޑުފިޔާތޮށި ކުލައިގައެވެ.

ހިތިހެދުން

މ. 1 ވަތްމަތިކަހައިލުން. 2 ހެއި އަރުވައިލުން.

ހިތިރަހަދިނުން

މ. ހިތިރަހަ ލުން.

ހިތިބަދަން

ނ. ބޭހަށް ބޭނުންކުރާ އެއްޗެއް. މީގެ ތޮށިގަނޑު ހަރުވެފައި ތޮށިގަނޑުގެ ކުލަ ހުންނާނީ ފެހިކުލައެއް ގައެވެ. މިއީ ކާފޫރުތޮޅި އަށް ވުރެ ކުޑަކޮށް އެކަހަލަ ސިފައަކަށް ހުންނަ އެއްޗެކެވެ. ބޭހަށް ބޭނުން ކުރަނީ އެތެރޭގެ މަދެވެ.

ހިތިބޯ

ނ. އެމުގެބާވަތެއް: މިއީ ހުޅުނބުތައް ވަރުގަދަކޮށް ހުންނަ ކަށި ގިނަ އެމެކެވެ. މީގެ މަތީފަރާތުގައި ހުންނަނީ ފެހިއަޅި ކުލައެކެވެ. ހުޅުނބު ތަކުގެ ކައިރިފަށް ހުންނަނީ ކަޅު ކުލައެއްގައެވެ. މީގެ ދެއަރި މަތީގައި ރިހިކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.

ހިތިކަށި

ނ. (ސ) 1 ކަނޑުމަހުގެ ބަޑާދޫ ކަނޑާލީމާ ބަނޑުގެ އެތެރޭ ހަމާއި މަސްގަނޑާއި ގުޅިފައިވާ ފަތިކަށީގެ ބައި. 2 ނއ. ހިކިއަނަރޫފަ.

ހިތިކަރުނަ

ނ. 1 ނުލާހިކު ގަދަ ހިތާމައެއްގެ އަސަރުން ލޮލުން އޮހޮރޭ ކަރުނަ. 2 [މަޖާޒު] ނުލާހިކު ގަދަހިތާމަ.

ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ.

[މުސްކުޅިބަސް] ނުބައިކަމުގައި ޙައްދު ފަހަނަޅާފައިވާ މީހަކަށް ކިތަންމެ ހެޔޮ ނަސޭހަތެއް ދީ، ވިސްނައިދީ ހެދިޔަސް އޭނާގެ ނުބައިކަމަށް ބަދަލެއް ނާންނާނެ ކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިތިއެޅުން

މ. 1 ވެޔޮ، ވަޅު ފަދަ ފެންފެން ގަނޑުގައި ހިތި އުފެދުން. 2 ހިޔާ ނުކޮށް ހުންނަ ފެންގަނޑުގައި އުފެދޭ ދޮން ފެހި ކުލައިގެ ކުދިކުދި ދިރޭއެއްޗެއް. މީގެބޮޑުމިންވާނީ ގެރެވިފުކެއް ވަރެވެ. އެކަމަކު އޭގެ ސަބަބުން މުޅި ފެންގަނޑު އޮންނާނީ އޮލަވެފައެވެ.

ހިތިވަނުން

މ. 1 ބަނބުކޭލުގެ ތެރޭގައި ހެދޭ ހިތި އުފެދުން. 2 ބަނބުކޭލުގެ ތެރޭގައި ހެދިފައި ހުންނަ ފެހިކުލައިގެ ބައްޔެއް.

ހިތިވުން

މ. 1 ހިތިރަހަދިނުން. 2 މަލާއި މޭވާފަދަ ތަކެއްޗަށް ލިބޭ ހާނީކައަކުން އޭގެ ރަހަޔާއި ވަސް ބަދަލުވުން. 3 [މަޖާޒު] ނުބައިވުން.

ހިތިފަތުބުމަ

ނ. ބުމަ ރީތިކަމުގެ މައްޗަށް ދޭ މިސާލެއް.

ހިތިފިލުން

މ. 1 އެއްޗެއްގައި ހުރި ހިތިރަހަ އެ އާ ވަކިވުން. 2 [މަޖާޒު] ކުށެއް ވުމުގެ ސަބަބުން މީހަކަށް މާނާވީ ހުރިހާ ކަމަކުން ސަލާމަތްވުން.

ހިތިދަނޑި

ނ. ބޭހަށް ގެންގުޅޭ ހިތިރަހަލާ ހިމަދަނޑިއެއް . މިއީ ރާއްޖެއިން ބޭރުން ގެންނައެއްޗެކެވެ. މީގެ ގަސްހެދެނީ އޮނު ހުންނަ ގޮތަށް ބަދަބަދަލައިފައި ބަދަތައް ވަރަށް އޮމާން ކޮށެވެ. ބަދަތައް ހުންނަނީ ހިމަކޮށެވެ. ގާތްގަޑަކަށް ކުޑަވާއިނގިއްޔެއްހާ ފަލަމިނެއްގައެވެ. ފަތްތައްވެސް ހުންނަނީ އޮނުފަތާ ވައްތަރުކޮށް އެއަށްވުރެ ކުދިކޮށެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް ފަސް ފޫޓެއް ހާވަރަށެވެ. އިނގިރޭސިބަހުން މިގަހަށް ކިޔަނީ ސިންކޯނާއެވެ.

ހިތިދަމުއި

ނ. ދިރިފުކެއްގެ ދެބައިކުޅައެއްބައި ހާވަރުގެ ވަށްފާޑަށް ހުންނަ ފުއްތަކެއް. މީގެ އެތިކޮޅެއް އަތަށްލާފައި އުނގުޅައިލީމާ މީރުވަހެއް ހުންނާނެއެވެ. މިއަށް ބޭސްދަމުއި ވެސް ކިޔައެވެ.

ހިތިދުވަސް

ނ. ރަމަޟާންމަހުގެ ބާވީސް، ސައުއްވީސް، ސައްބީސް، އަށާވީސް، މި ހަތަރު ދުވަސް. މިއީ، ރަސްމީ ގޮތުން ރަސްކަލަކު، ބައެއް ވަލީވެރިންގެ ޒިޔާރަތަށް ފާތިޙާ ވިދާޅުވުމަށް ވަޑައިގަންނަވާ ދުވަސް ދުވަހެވެ. 1 ހެންވޭރު ބޮޑު ހިތީގައި ޙަބްޝީގެފާނުގެ މަޤާމްފުޅަށް. 2 މާފަންނު ބޮޑު ހިތީގައި އަލި ރަސްގެފާނު ޒިޔާރަތަށް. 3 ހެންވޭރު ކުޑަހިތީގައި މެދުޒިޔާރަތަށް. 4 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން، މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީ މި ރޭތަކުގައެވެ. 5 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީސް މިރޭތަކުގައެވެ.

ހިތިތެޔޮ

ނ. ވަރަށް އޮލަކޮށް ހުންނަ ބޭސްތެލެއް. މި ތެޔޮ ހުންނާނީ ކަޅުނޫ ކުލައެއް ގައެވެ. މިތެޔޮ ހަދަނީ ހިތިގަހުގެ ފަތާ މަލާ ދަނޑީގެ ތޮއްޓާ ހުރިހާ އެއްޗެއް އެއްކޮށް ގެންނެވެ.

ހިތިތޮރާ

ނ. ތޮރައިގެ ހިތިބާވަތް. މިއީ އިހުޒަމާނުގައި މާލޭގައި ހެދުނު ބާވަތެކެވެ. މިތޮރާ ހުންނާނީ އާދައިގެ ތޮރައަށްވުރެ ކުދިކޮށެވެ. ކާންކެރޭ ވަރަށްވުރެ އެތޮރައިގެ ރަހަ ހިތިވާނެއެވެ.

ހިތިގަސް

ނ. އުސްކޮށް، ބޮޑުތާނގައި ފެތުރިގެންހެދޭ ލަކުޑިމޮޅު ގަހެއް. މިގަހުގެ ލަކުޑި ހުންނާނީ މަޑުމުށިކުލައިގައެވެ. މިގަހުގެ ދަނޑިޔާއި ފަތަކީ އެކިކަންކަމަށް ފައިދާހުރިބޭހެކެވެ. ފަތް ހުންނާނީ، ކުރިޔަށް ހިމަކޮށް ބުޑުދޮށަށް ފަލަކޮށް އަރިޔަށް ލެނބި ލައި ފައެވެ. ފަތުގެ ކައިރިފަށް ހުންނާނީ ތުނޑު ތުނޑު ލައިފައެވެ. ފަތުގައި ވަރަށް ގަދަ ހިތިރަހައެއް ހުންނާނެއެވެ.

ހިތީބޯޓް

ނ. 1 ހިތިދުވަހަށް ހިތީ ކުޅިވަރަށް ހަދާ ވައްތަރުގެ ނައުޒޯނގު. 2 [މަޖާޒު] އަޞްލުގައި ނެތްއެއްޗެއް ކަމުން ދެއްކުން. މިސާލު: ފޮތްތެރިއަކަށް ނުވާ މީހަކު ފޮތްތަކެއް އެއްކޮށްގެން ފޮތްތެރިއަކަށް ހެދިގެން އުޅުން.

ހިތީކުޅި

ނ. ހިތި ދުވަހާއި ހިތި ވިލޭރޭގެ ކުޅިވަރު.

ހިތީކޭން

ނ. ހިތީކިޔަވާން ދުރުވާ ހަނގުބޭކަލުން ނާއި، އަވަށު މީހުން، ރޯދަ ވީއްލުމަށް ކައްކައި ގެން ގެންދާކޭން. މިކޭން ކައްކަނީ މަޖިލީހަށް އަރާ ބޭކަލުންގެ ގޭގެއިންނެވެ. މި ކޭމާއި ފާރުދޮށުކޭމާ ހުންނަ ތަފާތަކީ މި ކޭމުގައި ހިތި ހުންނަކަމެވެ.

ހިތީކޮލި

ނ. ހިތިދުވަހު ހެނދުނު އެދުވަހު ހިތީ ކިއެވުމަށާއި، ކިއަވާންވީ ތަނަށް ދާން އެނގުމަށް ލާ ކޮލި.

ހިތުނެތްގޮތް

ނ. 1 ހިތަށްވެސް ނާރާ ފަދަ ކަންތައް. 2 ތަނަވަސްކަމުގެ ކޮޅުނެތް ކޮޅު. މިސާލު: އައްޔަށް އެ މާވަހަރު ހޮވުނުފަހުން އެ އާއިލާ ހިތުނެތްގޮތަށް ދިރިއުޅެމުން ގެންދެއެވެ.

ހިތުން

ނ. 1 ހިތަށް ފެންނަ ގޮތް. މިސާލު: މަހިތުން މިހާރު އިރު އޮއްސިދާނެ. 2 މީހަކާ މެދު ކަންކުރާގޮތް. މިސާލު: ހެޔޮކޮށް ހިތާ ހިތުން. ނުބައިކޮށް ހިތި ހިތުން. 3 މ. ހީކުރުން.

ހިތުންކިޔުން

މ. ނުބަލާ ކިޔުން.

ހިތުންފިލުވައިލުން

މ. ހިތުންފޮހެލުން.

ހިތުންފިލުވުން

މ. 1 ހަނދާން ނައްތައިލުން. 2 ކަމަކާ ނުވަތަ އެއްޗަކާމެދު ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން ނައްތައިލުން.

ހިތުންފޮހެލުން

މ. ހިތުންފިލުވުން.

ހިތުވަފެއިދިނުން

މ. (ސ) 1 ހިއްތައިފައި ދިނުން. 2 ދިއްކޮށްލާފައިދިނުން.

ހިތުފާހަގަ

ނ. 1 ހިތަށް ފެންނަ ދިމާ. 2 ކަމަކަށް ބޭނުންވެގެންވާ ސާމާނާއި ނުލައި އެކަމަށް ހިތުން ކުރާލަފާ.

ހިތުދަސްކުރުން

މ. 1 އެއްޗެއް ނުވަތަ ކަމެއްގެ ތަނެއްގެ ހަނދާން ހިތުގައި ހަރުކުރުން. 2 ނުބަލާ ކިއޭވަރަށް ދަސްކުރުން.

ހިތުދަސްވުން

މ. 1 އެއްޗެއްގެ ނުވަތަ ކަމެއްގެ ހަނދާން ހިތުގައި ހަރުލުން. 2 ނުބަލާ ކިއޭ ވަރަށް ދަސްވުން.

ހިތުލީބޮލިނެގުން

ނ. 1 ބޮލި އަތުރައިގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރުގައި އެކެއްގެ ހިތުން ގަސްތުކުރާ ބޮލި ދެވަނަ ފަހަރު އެތުރުމުގެ ގޮތުން އަނެކަކު ވިސްނައި ގަނެއެވެ. 2 [މަޖާޒު] މީހަކާ ހިތާވެގެން އެކަން ފާޅު ނުކޮށް ހުރެ ހުރެ ފައި އެމީހަކާ އިންނަ އިނުން.

ހިތުލޭބަ

ނ. [ބޯދާ] ހިތުލޭބާ.

ހިތުލޭފަ

ނ. ހިތުލޯބި.

ހިތުލޯބި

ނ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި.

ހިތުލޯބިޖެހުން

މ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި އުފެދުން.

ހިތުލޯތްބަށްދިނުން

މ. 1 ދަރުމަޔަށް ދިނުން. 2 ހަމަހިލޭދިނުން.

ހިތުގައިގާގަނޑެއްހެންއޮތުން

[މިސާލުބަސްް] ތިމާޔަށް އަސަރު ކުރާ ގޮތަށް އަނެކަކު ކުރާ ކަންތައް ނުވަތަ ބުނާ ބަސްތައް ހިތުން ފިލައި ގެން ނުގޮސް ހުންނަ ހުރުމަށް ބުނެއުޅޭ ބަހެއް.

ހިތުގައިޖެހުން

މ. 1 ހިތަށް ތަދުވުން. 2 އަނެކަކު ކުޅަ ކަމަކުން ތިމާގެ ހިތަށް މޮޅިވެރިކަން ލިބުން.

ހިތުގިނި

ނ. 1 ހަސަދަވެރިކަން. 2 އަނެކަކަށް ރަގަޅުކަމެއް ލިބޭތީ ތިމާގެ ހިތަށްވާތަދު.

ހިތުގިލަން

ނ. 1 ހިތުގެބަލި. 2 ނުފިލާހުންނަގަދަމޮޅި.

ހިތުގެބަލި

ނ. 1 ހިތަށްޖެހޭބަލި. 2 [މަޖާޒު] އިޝްޤީބަލި.

ހިތެއްފިތެއްނެތުން

މ. [މަޖާޒު] 1 ރަޙުމެއް ހަމުދަރުދީއެއް ނެތުން. 2 ކުލުނެއް އޯގާވެރިކަމެއް ނެތުން. 3 ބިރެއް ސިހުމެއް ނެތުން.

ހިތެއްފިތެއްނެތް

ނ. [މަޖާޒު] 1 ރަޙްމެއް ހަމްދަރުދީއެއް ނެތް. 2 ކުލުނެއް އޯގާވެރިކަމެއް ނެތް. 3 ބިރެއް ސިހުމެއް ނެތް.

ހިތޭރި

ނ. [ބޯދާ] ހިތުގެ ކުލުނު ދޭ މީހާ.

ހިތް

ނ. 1 އެތެރެހަށީގައިވާ ވެރިގުނަވަން ތަކުގެ ތެރޭގެ ގުނަވަނެއް. މީގެ މަސައްކަތަކީ ލޭހިންގުމެވެ. 2 އެދުން. 3 ބޭނުން.

ހިތް އޮންނާނީ ސިދުރަތުލް މުންތަހާގައެވެ

[މިސާލުބަސް] މިންވަރަށް ވުރެ މާ މައްޗަށް ހިތް ގެންގޮސްގެން އުޅޭ މީހުނާމެދު ބުނެއުޅޭ ބަހެއް.

ހިތްއޮންނާނީއާސްމާނުގައެވެ.

[މިސާލުބަސް] މީހެއްގެ ކިބުރުވެރިކަމާއި ބޮޑާކަން މާ މައްޗަށް ދިއުމުން އެކަމާމެދު ބުނެއުޅޭ ބަހެއް.

ހިތްހަށިހަމަވުން

މ. 1 ހިތާއި ހަށިގަނޑު ހަމަޖެހިފައި ހުރުން. 2 ހިތްގައިމު ކަންލިބުން.

ހިތްހަރާންކުރުން

މ. ތިމާގެ އެއްޗެއް އަނެކަކު ބޭނުންކުރަން ފެށީމައި ނުވަތަ ތިމާގެ ބާރު ހިނގާ މީހަކު ތިމާ ނުރުހޭ ކަމެއް ކުރަން ފެށީމައި ނުވަތަ ތިމާ ދަސްކޮށްދީފައިވާ ހުނަރެއް ތިމާ ނުރުހޭ ގޮތަކަށް ބޭނުން ކުރަން ފެށީމައި އެކަމާ ނުރުހޭކަން އެންގުމުގެ ގޮތުން ބޭނުންކުރާ ބަހެއް. މިސާލު: {ހ} ކަލޭ އަހަރެންގެ ގަލަން ބޭނުން ކުރުން ހިތްހަރާމެވެ. {ށ} ކަލޭ އެގެއަށް ވަނުން އަހަރެން ހިތްހަރާމެވެ. {ނ} މީހަކަށް ގެއްލުން ދިނުމަށް މިދަސްކޮށްދިން ފަންޑިތައިގެ ބޭނުން ހިފުން އަހަރެން ހިތްހަރާމެވެ.

ހިތްހަމަޖެހުން

މ. 1 ހިތަށް ލިބިފައިވާ ދަތިކަމެއް ފިލުން. 2 ހިތްރުހޭ ގޮތްވުން.

ހިތްހަލާލުހޯދުން

މ. ހިތްހަލާލު އަތުލުން.

ހިތްހިތަކަށް

ކއ. 1 އަމިއްލައަމިއްލައަށް. 2 ހިތަށްއެރިހާ ގޮތަކަށް.

ހިތްހިތަކަށްވުން

މ. 1 އަމިއްލަ އަމިއްލައަށް ކަންކުރެވޭގޮތްވުން. 2 ބަޔަކު މީހުންގެ ހިތަށް އެރިހައި ގޮތަ ކަށް ކަންކުރެވޭ ގޮތްވުން.

ހިތްހިތެކޯގޮވުން

މ. 1 ހިތަށްއެރި ގޮތެއް ހަދާށޭގޮވައިލުން. 2 ބޭނުންމީހަކު ބޭނުން ވަރަކަށް ގެންދާށޭ ގޮވައިލުން.

ހިތްހެޔޮ

ނއ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރި. 2 އޯގާވެރި. 3 ހިތުގައި ނުބައެއް ނުވާ.

ހިތްހެޔޮކަން

ނއނ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރިކަން. 2 އޯގާވެރިކަން.

ހިތްހެޔޮކުރުން

މ. 1 ހިތްބަރުކަމެއް ނުބޭއްވުން. 2 ނުރުހުމެއް ރުޅިވެރިކަމެއް ހިތުގައި ނުބޭއްވުން. 3 [މަޖާޒު] ހިތުން ފިލުވައިލުން. މިސާލު: އަހަރެންގެމަތިން ހިތްހެޔޮ ކޮށްލާށޭ. މިހެން ބުނެފިނަމަ އޭގެމާނައަކީ ހަނދާންނައްތާލާށޭ މިއެވެ.

ހިތްހެޔޮވުން

މ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރުން. 2 އޯގާވެރިވުން. 3 ހިތުގައި ނުބައިއެއްނުވުން.

ހިތްނުބައި

ނއ. 1 ހިތްހެޔޮކަމުގެ އިދިކޮޅު. 2 މީހާގެ އެތެރެ ފުށް ނުސާފު. 3 ނުނިޔަތްލާ. 4 ހަސަދަވެރި. 5 ރުޅިވެރި.

ހިތްނުބައިކަން

ނއނ. 1 މީހާގެ އެތެރެ ފުށް ނުސާފުކަން. 2 ޙަސަދަވެރިކަން. 3 ނުނިޔަތްލާކަން. 4 ހިތުގައި އުފެދޭ ރުޅިވެރިކަން.

ހިތްނުބައިވުން

މ. 1 މީހާގެ އެތެރެ ފުށް ނުސާފުވުން. 2 ހަސަދަވެރިވުން. 3 ނުނިޔަތް ލުން. 4 ރުޅިވެރި ކަން އުފެދުން.

ހިތްރުހުން

މ. ހިތްޤަބޫލުވުން.

ހިތްރުއްސުން

މ. ގަބޫލުކުރުވުން.

ހިތްބަންޑުންކުރުން

މ. 1 ހިތުގެ އެދުން ތައް ހާމަކުރުން. 2 ލޯބި ފާޅުކުރުން.

ހިތްބަރު

ނއ. 1 ހިތް ކިލަނބު. 2 ހިތުގައި ހިނގާ ނުރުހުން. 3 ހިތްހެޔޮ ނޫން.

ހިތްބަރުކުރުން

މ. 1 ހިތްކިލަނބުކުރުން. 2 ހިތުގައި ނުރުހުން ހިންގުން. 3 ހިތްނުބައިކުރުން.

ހިތްބަރުވުން

މ. 1 ހިތުގައި ކިލަނބުކަން ހިނގުން. 2 ހިތްނުބައިވުން.

ހިތްބިރު

ނ. ބައްޔެއްގެ ނަން. މިބަލީގައި އެއްވެސް ކަމެއްނެތި، ނުވަތަ ސަބަބެއްނެތި ބިރު ގަނެއެވެ.

ހިތްކާފަރުކުރުން

މ. [މަޖާޒު] ޝަހްވާނީ ޚިޔާލު ހިތަށް ވެއްދުން.

ހިތްކާފަރުވުން

މ. [މަޖާޒު] ޝަހްވާނީ ޚިޔާލު ހިތަށް ވަނުން.

ހިތްކިޔުން

މ. 1 ހިތް އެދުން. 2 ޝައުޤު އުފެދުން. 3 ލޯބި އުފެދުން. 4 ބޭނުން ވުން.

ހިތްކެނޑުން

މ. 1 ފޫހި ވުން. 2 ލޯބި ކެނޑުން.

ހިތްއަވަސްވުން

މ. 1 ކަމެއްވާލެއް ލަސް ވެގެން އެކަމާ ކަންބޮޑު ވެގެން އުޅުން. 2 ލައިނުގަނެ ގެން އުޅުން. 3 ކެތްތެރިކަން ކުޑަވުން.

ހިތްއަތުލުން

މ. 1 މީހެއްގެ ހިތުގައި ތިމާގެ މައްޗަށް ލޯބި އުފެއްދުން. 2 ތިމާގެ މައްޗަށް ހިތް ލެންބުން.

ހިތްވަރު

ނ. 1 ހިތުގެ ސާބިތުކަން ހުންނަ ހުރުން. 2 ކަންތަކާއި ކުރިމަތިލާން ކެރޭކެރުން.

ހިތްވަރުހުރުން

މ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަ ކަން ލިބިފައި ވުން. 2 ކަންތަކާއި ކުރިމަތި ލާން ކެރުން.

ހިތްވަރުއެލުން

މ. 1 ހިތުގެ ސާބިތުކަން ކުޑަވުން 2 ކަންތަކާ ކުރިމަތިލާން ކެރޭގޮތް ކުޑަވުން. 3 ހިތްވަރު ދެރަވުން.

ހިތްވަރުލިބުން

މ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ޙާޞިލުވުން. 2 ކަންތަކާ ކުރިމަތިލާން ކެރޭ ސިފަ އުފެދުން.

ހިތްވަރުގަދަ

ނއ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ހުންނަ. 2 ކަންތައްތަކާއި ކުރިމަލާން ކެރޭގޮތް ހުންނަ. 3 ޖެހިލުންކުޑަ. 4 ބިރުކުޑަ.

ހިތްވަރުގަދަކަން

ނއނ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ހުންނަކަން. 2 ކަންތައްތަކާއި. ކުރިމަތިލާން ކެރޭގޮތް ހުންނަކަން. 3 ޖެހިލުންކުޑަކަން. 4 ބިރުކުޑަކަން.

ހިތްވުން

މ. 1 ހިތްޖެހުން. މިސާލު: ކާހިތްވުން، ކުޅޭހިތްވުން. 2 ކަމަކަށް ބޭނުންވުން. 3 ކަމަކަށް އެދުންވެރިވުން.

ހިތްމަރުވުން

މ. އަނެކަކު ކުރިކަމަކުން ހިތަށް ދަތިކަން ލިބި ފޫހިވެ، މާޔޫސްވުން.

ހިތްފަހި

ނއ. 1 ހިތްފަސޭހަ. 2 ފިކުރެއް ނުވާ. 3 ހިތްއަލި.

ހިތްފަހިކަން

ނއ. 1 ހިތްފަސޭހަކަން. 2 ފިކުރެއް ނުވާކަން. 3 ހިތްއަލިކަން.

ހިތްފަހިވުން

މ. 1 ހިތްފަސޭހަވުން. 2 ފިކުރެއްނެތުން. 3 ހިތްއަލިވުން.

ހިތްފަޅައިގެންދިއުން

މ. [މަޖާޒު] 1 ހިތަށްމާބޮޑަށް ހިތިއަސަރެއް ކުރުން. 2 ހިތަށް މާބޮޑަށް ވޭނާއި ކެކުޅުން ލިބުން.

ހިތްފަސޭހަ

ނއ. 1 ހިތްފަހި. 2 ފިކުރެއް ނެތް. 3 ފިކުރުބޮޑު ނުވާ. 4 ހިތްއަލި.

ހިތްފަސޭހަވުން

މ. 1 ހިތްފަހިވުން. 2 ފިކުރެއް ނެތުން. 3 ފިކުރުބޮޑު ނުވުން. 4 ހިތްއަލިވުން.

ހިތްފުރިއެރުން

މ. 1 މާބޮޑަށް ހިތްއުފާ ވުން. 2 މާބޮޑަށް ހިތަށް ހަމަޖެހުމާއި ތަނަވަސް ކަން ލިބުން.

ހިތްދަމައިގަތުން

މ. 1 މީހެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ހުންނަ ގޮތަކުން ހިތުގައި ލޯތްބާއި ކުލުނު އުފެއްދުން. 2 މީހެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ހުންނަ ގޮތަކުން ހިތުގައި ތަޢުރީފާއި އިސްތިޙުސާން އުފެދުން.

ހިތްދަތި

ނއ. 1 ހިތް ނުތަނަވަސް ވެފައިވާ. 2 ކަންބޮޑު ވެފައިވާ. 3 ފިކުރުބޮޑު ވެފައިވާ. 4 ހިތާމަ ލިބިގެންވާ.

ހިތްދަތިކަން

ނއނ. 1 ހިތްނުތަނަވަސް ކަން. 2 ކަންބޮޑު ވެފައި ވާކަން. 3 ފިކުރުބޮޑު ވެފައި ވާކަން. 4 ހިތާމަ ލިބިގެން ވާކަން.

ހިތްދާހާތާކަށްހަށިނުފޮނުވާށެވެ.

[ހަރުބަސް] ހިތް އެދޭހައިކަމެއް ވިސްނުމަކާނުލައި ނުކުރުމުގެ މައްޗަށް ނަސޭހަތްތެރިވުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިތްދިނުން

މ. [މަޖާޒު] 1 ހިތާވުން. 2 މީހަކު ދެކެ މާބޮޑަށް ލޯބިވުން.

ހިތްދެރަ

ނއ. ހިތްބަލި.

ހިތްދެރަވުން

މ. ހިތްބަލިވުން.

ހިތްތަރުބެލުން

މ. ހިތްއޮތްގޮތް ބެލުން.

ހިތްތުން

މ. 1 ހިތްދަހި ލެއްވުން. 2 ދިއްސުން. 3 އެކިއެކިގޮތް ގޮތުން ހިތްދަހި ކުރުވުން.

ހިތްތެރި

ނ. [ބޯދާ] ހިތްއަލިކަމުގެ ފައިދާ ހޯދާމީހާ.

ހިތްތެޅުން

މ. 1 ހިތުގެ ހަރަކާތް އިތުރުވުން. 2 ހިތުގައި ބިރެއް ނުވަތަ ވަސްވާހެއް އުފެއްދުން. 3 ކަންބޮޑުވުން. 4 ހިތަށް ކުއްލިޔަކަށް އަސަރުކުރުން.

ހިތްތެޅޭބަލި

ނ. 1 ފިނިބަލި. 2 ޝައްކުބަލި.

ހިތްގަދަ

ނއ. 1 އަނެކާއަށްލިބޭ ހިތާމައަކުން ނުވަތަ ހާނީއްކައަކުން އަސަރު ނުކުރާ. 2 ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް ޖެހިލުމެއްނުވާ.

ހިތްގަދަކަން

ނއނ. 1 އަނެކާއަށް ލިބޭ ހިތާމައަކުން ނުވަތަ ހާނީއްކައަކުން އަސަރު ނުކުރާކަން. 2 ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ޖެހިލުން ނުވާކަން.

ހިތްގަދަވުން

މ. 1 އަނެކާއަށްލިބޭ ހިތާމައަކުން، ނުވަތަ ހާނީއްކަ އަކުން އަސަރު ކުރާގޮތްނެތުން. 2 ކޮންމެފަދަ ކަމެއް ކުރުމަށްވެސް ޖެހިލުންނުވުން.

ހިތްސާފު

ނއ. 1 ރުޅިއެއް ހަސަދައެއް ހިތުގައިނުވާ. 2 އިޚްލާޞްތެރި.

ހިތްސާފުކަން

ނއނ. 1 ރުޅިއެއް ހަސަދަ އެއް ހިތުގައި ނުވާކަން. 2 އިޚުލާޞްތެރިކަން.

ހިތްސާފުކުރުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުވައިލުން. 2 ހިތުގައިވާ ހަސަދަވެރިކަން ފިލުވައިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ފިލުވައިލުން.

ހިތްސާފުވުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުން. 2 ހިތުގައިވާ ހަސަދަ ފިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ނެތުން.

ހިތްޖެހުން

މ. 1 ކުރާހިތްވުން. 2 ޝައުގުއުފެދުން. 3 ހިތްއެދޭ ގޮތްވުން. 4 ބޭނުންވުން. 5 ލޯބިއުފެދުން.

ހިތްޖެއްސުން

މ. 1 ކަމަކަށް ދަހިވެތި ކުރުން. 2 ލޯބިޖެއްސުން.

ހިތްޙަލާލުދިނުން

މ. ތިމާމީހަކަށް ހިލޭ ކޮށްދިން މަސައްކަތަކަށް އެމީހާގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް ހިތްރުހޭ ބަސް ބުނުން.

ހިތްޙަލާލުއަތުލުން

މ. މީހަކު ތިމާއަށް ހިލޭ ކޮށްދިން މަސައްކަތަކަށް އެމީހާގެ ކިބައިން ހިތްރުހޭ ބަސް ލިބިގަތުން ނުވަތަ އެމީހާގެ ހިތްހެޔޮކަން ހޯދުން.

ހިތްޙަލާލު

ނ. މީހަކު އެހެންމީހަކަށް ހިލޭ ކޮށްދޭ މަސައްކަތަކަށް އެމީހެއްގެ މައްޗަށް ނުރުހުމެއް ނެތި ކުރާ ހިތްހެޔޮކުރުން.

ހިލަ

ނ. 1 ޤުދުރަތީގޮތުން ބިމުގައި އުފެދޭ މަޢްދަނީ ހަރުއެއްޗެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ގިނަބާވަތް ބާވަތް ގަލަށްވުރެން ހަރުވެފައި ބަރެވެ. މީގެ ބައެއް ޒާތްޒާތަކީ ނުހަނު އަގުބޮޑު އެއްޗިއްސެވެ. ބާވަތްބާވަތުގެ ޖަވާހިރަކީވެސް ހިލައިގެ ތެރެއިން ހިމެނޭ އެއްޗެއްސެވެ. 2 ބައެއް ފަރުބަދަ އުފެދި ފައި ހުންނަ މާއްދާ. 3 ހަށިގަނޑުގެ ތެރޭގެ ގުރުދާ ފަދަތަންތާގައި އުފެދޭ ކަށިނޫން ހަރުއެތި ކޮޅު ކޮޅު.

ހިލަނބަށްދިއުން

މ. ފިރިހެނަކު ބޭރު ރަށަކުން މީހަކާ އިނދެފައި ރަށަށްއައިމާ އެފިރިހެނެއްގެ ޢާއިލާގެ މީހުން (މައިންބަފައިން ފިޔަވައި) އެ އަންހެނަކު ބަލައި އެމީހެއްގެ ރަށަށް ދިއުން.

ހިލަން

ނ. 1 އެއްޗެއްގެ ލިސާން. 2 އަލާމާތް. 3 ޚަބަރު. 4 "ހިލުން" މިބަހުގެ ވާކަން. (ފުރަތަމަ މީހާޔަށް ރައްދުވާގޮތަށް)

ހިލަންހުވަން

ނ. 1 "ހިލަން" މި ބަސްގަދަ ކުރާން ބުނާގޮތް. 2 ހިލަން.

ހިލަންކުރުން

މ. 1 އަންގައިލުން. 2 ލިސާނެއް ކޮށްލުން.

ހިލަންވުން

މ. 1 އެއްޗެއްގެ ލިސާންވުން. 2 ޢަލާމާތެއްފެނުން. 3 ޚަބަރެއްވުން.

ހިލަބިން

ނ. ހިލައާއި ހިލަވެލިން ހެދިފައިވާ ބިން.

ހިލަކަންފަތި

ނ. ފަނިހަނދީގެ ބާވަތެއް، މިބާވަތުގެ ހަނދި އާދައިގެ ހަންޖަށް ވުރެ ދިގު ވެފައި ކަންފަތް ގަނޑު ވަކީން ދިގު ވާނެއެވެ. އެހެން ހަންޖަށް ވުރެ މި މަހުގެ ކަޅުކުލަ ގަދަވާނެއެވެ.

ހިލަކަރުދާސް

ނ. ލަކުޑި އާއި މަޢުދަނީ ތަކެއްޗާއި އެނޫންވެސް ބައެއް ތަކެތި އޮމާންކުރަން ގެންގުޅޭ އެއްފުށް ރާޅުކޮށް ހަދައިފައި ހުންނަ ކަރުދާހެއް.

ހިލަކިހުނު

ނ. ބައްޔެއްގެ ނަން. މިބަލީގައި ކުޑަކަމުދިއުން ދަތިވެ ބަނޑުގައި ރިހި ކުރިމަތި ފަރާތުން ހިލަ ނުވަތަ ވެލި ކަހަލަ އެއްޗެއް އަންނާނެއެވެ. އަޞްލުގައި ކިހުނުބައްޔާއި، ހިލަ އުފެދޭ ބައްޔާއި، މާބޮޑުގުޅުމެއް ނޯވެއެވެ. ނަމަވެސް ދެބަލީގައި މެ އަވަސް އަވަހަށް ކުޑަކަމުދާން ޖެހިފައި ކުޑަކަމުދާއިރު ތަދުވާގޮތްވާތީ ހިލަކިހުނޭ ކިޔާ ފައި ވަނީއެވެ.

ހިލަވަޅު

ނ. 1 ނިޝާން. 2 ޢަލާމާތް. 3 ކުރިކަމެއްގެ އަސަރު. 4 ހިނގާ ދިޔަކަމެއްގެ އަސަރު. 5 ހިލަން.

ހިލަވާލި

ނ. (މ) ވާލީގެ ބާވަތެއް. މިމަހުގެ ބޯކޮޅު އޮންނަނީ ވަށްކޮށެވެ. މިމަސް ދިރި ދިރި އޮންނައިރު ބޯކޮޅުން ފެށިގެން ބަނޑުދަށް ފަރާތުން މެދަށްވުރެ ތިރިޔަށް ރަންކުލަޔަށް ދާ ކުލަޔެއް ހުންނާނެ އެވެ. ދެފަރާތުގައި ހުންނަ ދެކޮތަރި ހަނދީގެ ކޮތަރިއަށް ވުރެ ދިގުވެފައި ކަންފަތުން ބުރިކައްޓާ ގުޅިފައި ހުންނަބައިގެ އެތެރޭގައި ހިލައެއްހެން އޮންނަ ކަށިކޮޅެއް ހުންނާނެއެވެ.

ހިލަވުން

މ. 1 އެއްޗެހި ހިކިގެންގޮސް މާބޮޑަށް ހަރުވުން. 2 ހިލަޔަށްވުން.

ހިލަވެލި

ނ. ހިލަބިމުގެ ވެލި.

ހިލަމާދިއުން

މ. (ބ) 1 ބޭރުރަށް ރަށު ގައި ނުވަތަ ރަށުގެ އެހެން އަވަށެއް ގައި ކާވެނިކުރުމުން އަންހެންމީހާގެ ގެނައުމަށް އެރަށަކަށް ނުވަތަ އެއަވަށަކަށް ބަލައިދިއުން. 2 ބޭރުރަށް ރަށު ގައި ކުރާ ބޮޑެތި މަސައްކަތުގެ ޚަބަރު އިވިގެން ނުވަތަ އެހެން އަވަށެއް ގައި ބޮޑުމަސައްކަތް ކުރާތީ އެކަމަށް ތަރުޙީބު ދިނުމަށް ހުރި އޮޅު ނުވަތަ ކޭން ހިފައިގެން ދިއުން.

ހިލަމަށްދިއުން

މ.(ރ) ފިރިހެނަކު އެމީހާގެ ރަށްނޫން އެހެންރަށެއްގެ އަންހެނަކާ ކައިވެނި ކުރުމުން ފިރިމީހާގެ ގާތްތިމާގެ މީހުންނާއި، ރައްޓެހީން ފަރިވަޅު ހިފައިގެން އަންހެން މީހާގެ ރަށަށް އޭނާ ދެކިލުމަށް ދިއުން.

ހިލަމަށްއައުން

މ. (ރ) ފިރިހެނަކު އެމީހާގެ ރަށް ނޫން އެހެންރަށެއް ގެ އަންހެނަކާ ކައިވެނި ކުރުމުން ފިރިމީހާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ފަރިވަޅު ހިފައި ގެން އަންހެން މީހާގެ ރަށަށް އޭނާ ދެކިލުމަށް އައުން.

ހިލަފުށް

ނ. 1 ވަކަރުލާ ފަރާތް. 2 ވަކަރުގެ ބޭރުފުށް.

ހިލަފުއްޕުން

މ. 1 ހަށިގަނޑުގެ އެކި ތަންތާނގެ މަސްގަނޑަށް އަރުވާ ބާރަކުން، އާދަޔާ ޚިލާފަށް އެތަންތަން ހަރުކުރުން. 2 ފުލޯކުވާހަކައި ގައި އަންނަ ޞިހުރުވެރީން އެއުރެންގެ ހަށިތައް ހަދާގޮތެއް، އެހެން ހެދުމަށްފަހު ކަނޑިއެއް ލޮންސިއެއް ނުވަންނަކަމަށް ބުނެވެއެވެ.

ހިލަފޮތި

ނ. ހިލަކަރުދާސްހެން ހުންނަ ފޮއްޗެއް.

ހިލަތިޔާގެބަލި

ނ. (ސ) ހިލަކިހުނު.

ހިލަގައު

ނ. 1 ގަލުގެ ތެރޭގައި ހުންނަ އެންމެ ހަރުވައްތަރު. 2 ކަނޑުގެ އާނުގެ އަޑީގެ ހަރު ހުދު ގައު.

ހިލާ

އތ. 1 ކަމެއް ނުކުރުމުގެ މައްޗަށް ނުވަތަ ވިޔަނުދިނުމުގެ މައްޗަށް ހުރި ގަދަކަން ދެއްކުމަށް ބުނާބަހެއް. މިސާލު: {ހ} ހިލާނުދާނަން. {ށ} ހިލާތިއަހެނެއްނުވާނެ. 2 ހިލުން މިބަހުގެ އަމުރު އަދި ވާކަން.

ހިލާލީދަރިކޮޅު

ނ. ރާއްޖޭގައި ރަސްކަން ކުރި ހަތް އާއިލާގެ ތެރެއިން ތިންވަނަ އަށް ރަސްކަންކުރި ދަރިކޮޅު. މިދަރިކޮޅަށް "ބަދުރުއްދީން" ދަރިކޮޅޭވެސް ކިޔައެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ހުޅުލޭ ހިލާލީކަލޯއާއި ގޯލާވެހި ކަނބުލޯގެ އައްސުލްތާން ޙަސަނުލް ހިލާލީއެވެ. މިދަރިކޮޅަކީ ރާއްޖޭގައި އެންމެ ގިނަރަސްކަލުން ރަސްކަން ކުރެއްވި އެކަމަކު ހަމަޖެހުން ކުޑަ ދަރިކޮޅެވެ.

ހިލާލުން

މ. 1 ހިލުން 2 [މަޖާޒު] ކަމެއްގެ ހަމަގޮތް، ރީތިގޮތް ނުބަލައި ފަސޭހަގޮތަށް ހަދައި ނިންމާލުން.

ހިލިހިލާ

ނ. 1 ދަގަނޑުޗޭނު. 2 ދަގަނޑުން ހަދައިފައިވާ ފަލަކެވެލި.

ހިލިހިލާޖެހުން

މ. ހިލިހިލާއިން ބަނދެ މީހަކު ހައްޔަރުކުރުން.

ހިލިހުނި

ނ. (ހ) ހުންޏާ ހަކުރާ އެއްކޮށްގެން ހިލާ ފޮނިކާއެއްޗެއް.

ހިލިފުށް

ނ. ހުންޏާހަކުރާ އަޅައިގެން ހިލައި ގެން ހިލައި ފައި ހުންނަފުށް.

ހިލިކުސަ

ނ. 1 ފޮނިކާއެއްޗެއް. 2 [މަޖާޒު] ކައްކާންއުޅެ ރަނގަޅަށް ނުކެކިގެން ދެން އެހިލައި ރޯފިލުވީމާ ކިޔާނަން.

ހިލިފުށް

ނ. ހުންޏާހަކުރާ އަޅައިގެން ހިލައި ގެން ހިލައި ފައި ހުންނަފުށް.

ހިލިގަތުން

މ. 1 ހަމައިންނެއްޓިގެން އުޅެގަތުން. 2 ހޯބޯލަވައި ތެޅި ފޮޅި ގަތުން.

ހިލުން

މ. 1 ހަލަމުން ކައްކައި އޮލަކުރުން. ނުވަތަ މިގޮތަށް ކައްކައި ހިއްކުން. މިސާލު: {ހ} މެޓާހިލުން. {ށ} ހަކުރުހިލުން. 2 މީ ހާ އާދައިގައި ހުންނަ ވަރަށްވުރެން އަނގަގަދަވެ ސަމާސާ ބޮޑުވުން. 3 ބަޔަކު ސިހިގެން ގޮތްގޮތަށް އުޅެގަތުން. 4 ބަޔަކު ޤަވާޢިދާ ޚިލާފަށް ނުކުމެގެން އުޅެގަތުން. 5 ނަގިއްޔާއި ފަނާފަދަ ބުރަތަކެތި އޮތްތަނުން ގުޑައިލުން. 6 ފާޅުވެގަތުން. މިސާލު: {ހ} ލޭނާރު ހިލުން. {ށ} ރޯގާ ހިލުން. {ނ} ކުރަފިހިލުން. 7 ދިރޭބޮލި ފަޅުތެރޭން ހޮވުން. 8 އޮށްވަޅު ކުޅުމުގައި ގޮނޑީގެ ވަޅެއް ހުސްކޮށް ނެގުން.

ހިލުންދަލާ

މ. [ބޯދާ] ނިރުލައިހެދުން.

ހިލުއްދަލާ

ނ. [ބޯދާ] 1 ނިރުލައި ހެދޭހެދުން. 2 ބުޑުން ކުރިތައް ފަޅަމުން ހެދެމުން ދާ ދިއުން.

ހިލޭ

ނއ. 1 ތިމާގެކަމުގެ ގުޅުމެއް ނެތް. 2 އަގަކާ ނުލައި. 3 ކަމަކާ ނުލައި. 4 ހިމޭންކަމުގައި.

ހިލޭކުރުން

މ. 1 ތިމާގެކަމުގެ ނުވަތަ އެކުވެރިކަމުގެ ނުވަތަ ކައިވެނީގެ ގުޅުން ކަނޑައި ލުން. 2ފޮށި ވަށި ފަދަ ތަކެތި ހުސްކުރުން.3 އަގަކަށް، ނުވަތަ ބަދަލަކަށް އެއްޗެއް ދީފައި އެގޮތް ކަނޑުވައިލުން.

ހިލޭވުން

މ. 1 އުޅުމުގެ ގުޅުން ނެތުން. 2 މަސައްކަތް ހުސްވުން. 3 އަގަކާނުލައި ލިބޭގޮތްވުން.

ހިލޭދިނުން

މ. އަގަކާނުލައި އެއްޗެއް ދިނުން.

ހިލޭޖެހުން

މ. 1 ފުޓުބޯޅަ އާއި ހޮކީފަދަ ކުޅިވަރުގައި، ކުށްކުރާބަޔާއި އިދިކޮޅަށް ދޭ ޖެހުމެއް. މީ ގައި ސީދާ ހިލޭޖެހުމާއި ނުސީދާ ހިލޭޖެހުން ހުރެއެވެ. 2 އެއްޗަކަށް ނުވަތަ ތަނަކަށް ކުރިޚަރަދު އަނބުރާލިބި އަގުހަމަވުން.

ހިސާބު

ނ. 1 ވިޔަ. 2 ލޭންދޭނު. 3 މިންވަރު. 4 އަދަދު. 5 ދެމެދުގެ ދުރުމިން. 6 ހެޔޮވަރު. 7 ހިސާބު ޢިލްމު.

ހިސާބުކިތާބު

ނ. މުދަލާއި ފައިސާއާއި ބެހޭ ލިޔެކިޔުން.

ހިސް

އ. ޖަނަވާރު ފައްސައިލަން އިއްވައިލާ އަޑެއް.

ހިސްޓީރިޔާ

ނ. ސިކުނޑީގެބައްޔެއް. މިބަލީގައި އެކި އެކި އަސަރުކުރުމުގައި ނަފްސާނީ ގޮތުން ހިފެހެއްޓުން ކުޑަވެއެވެ. އޭގެ ސަބަބުން ހިސްޓީރިޔާޖެހިފައިވާ މީހާގެ ކިބައިން ޖިސްމާނީ ބަލިބަލީގެ އަލާމަތްވެސް ފެނުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތުން ފެންނަ އަލާމަތް ގިނަފަހަރަށް ވެފައި އޮންނަނީ ބަލިމީހާ އަށް ކުރެވޭ ހީ ތަކެއްގެ ސަބަބުން ކޮޕީކުރެވޭ ކަންތައް ތަކެއް ކަމުގައެވެ.

ހިޔަ

ނ. 1 ނުވަދިހަ ހައެއް (96). 2 ސަތޭކަ ފަންސަވީސް ފުއް ބޮލި. [ބޯދާ] 3 ހިތް. (މި ލަފުޒު ބޭނުންކުރެވެނީ އިހުސާސެއް ބަޔާންކުރާ އިރުއެވެ.) 4 ނއ. ހިތްހެޔޮ.

ހިޔަނި

ނ. 1 އަލީގައި ހުންނަ އެއްޗިއްސާއި ގުޅިގެން އެ އެއްޗެއްގެ ސިފައިގާ ހުންނަ އަނދިރި ފަށް. މި ހުންނާނީ އަލިހުންނަ ފަރާތް ނޫން އަނެއް ފަރާތުގަ އެވެ. 2 ކޮންމެ އެއްޗެއްމެ އަވީގައި ނުވަތަ އަލީގައި ހުރީމާ އެ އެއްޗަކުން އަނެއް ފަރާތަށް ގޮސްފައި ހުންނަ އަނދިރި. 3 މޫނުބަލާ ލޯގަނޑުފަދަ ތަކެތީން އެ ފެންނަ ސޫރަ. 4 އެންދަމާދަލުގެ ވަށައިގެން ކައިރީގައި ތަންކޮޅެއް ގޮޅިބޮޑެތިކޮށް ބަނދެފައި އޮންނަތަން. 5 ލޯގަނޑެއްފަދަ އެއްޗަކަށް އަލި އެޅުނީމާ އެއިން އަނބުރާ ފޮނުވައިދޭއަލި.

ހިޔަނިއެޅުން

މ. 1 އެއްޗެއްގެ އަނދިރި އަނެކައްޗަކަށް އެރުން. 2 މީހެއްގެ އަނދިރި، ނުވަތަ އެއްޗެއްގެ އަނދިރި މީހަކަށް އުނދަގޫ ވާ ގޮތަށް ފޯރުން. 3 މޫނުބަލާ ލޯގަނޑުފަދަ އެއްޗެއް މެދުވެރިކޮށްގެން ތަނަކަށް ނުވަތަ އެއްޗަކަށް އަލިއެރުވުން. 4 ފެންގަނޑެއްގެ ތެރެއިން ނުވަތަ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗަކުން މީހެއްގެ ނުވަތަ އެއްޗެއްގެ ސޫރަ ފެންނަން ހުރުން.

ހިޔަނިފިލާކޮޅު

ނ. މީހާ ވަޅުލާދުވަހު، ތާރީޚު ލިޔެފައި މަހާނައި ގައި ޖަހާ ފިލާކޮޅު.

ހިޔަނިދައު

ނ. ގޮޅިދެރަވަރަށް ބަންނަ އެންދަމާ ދަލުގެ ހަތަރު ފަރާތުގައި މެދުތެރެއަށްވުރެން ގޮޅި ނުވަތަ މަޅި ބޮޑުކޮށް އޮންނަ ބައި.

ހިޔަނިލުން

މ. 1 ދަލުގައި ހިޔަނިހަރުކުރުން. 2 އަކުރާއި ކުރެހުމުގެ ކައިރީގައި އޭގެ ހިޔަނި ހުންނަގޮތަށް ފެވުން.

ހިޔަނިގައު

ނ. ވަގުތު ގަލުގެ މަތީގައި ހިޔަނިބަލަން ޖަހައި ފައި ހުންނަ ގައު.

ހިޔަންޏަށްމުޑިނުނަގާށޭ

[ހަރުބަސް] ކަމަކަށް ނުވާކަހަލަ ކަމަކާމެދު ބިރުގަތުމަށާއި އެއްވެސް ޙަޤީޤަތެއްނެތް ކަން ކަމާ ޖެހިލުން ދޫކޮށްލުމަށް ބުނެއުޅޭ ބަހެއް.

ހިޔަންޏަށްމުޑިނެގުން

މ. 1 ބައެއް ޖަނަވާރު ހިޔަންޏެއް ފެނިގެން އެއީ އަސްލޭ ހީކޮށް އެއާ ދިމާއަށް މުޑިނެގުން. 2 [މަޖާޒު] ކަމެއް ޙާސިލުވެދާނޭކަމަށް ހީކޮށް އޭގެ އަސްލެއްނެތި އެކަމެއް ލިބިއްޖެނަމަ ކުރަންވީ ކަންތައްތައް ހޯދައި، މީހުން ހިނިއަންނަ ދަރަޖައަށް އެކަމައިގެން އުޅުން. މިސާލު: ޖައްރާފާގެ ވެރިކަން ލިބިދާނެކަމަށް ހީކޮށް ޖައްރާފާގައި އުޅޭ މީހުންކުރެން އޭގެ ވާހަކަ އަހައި އަވަސްއަވަހަސް އިންޖީނުގެއަށް ވަދެ މީހުން ހިނިއަންނަ ދަރަޖައަށް އުޅުން .

ހިޔަޅު

ނ. ހަށިގަނޑު ބުޅަލެއްވަރު ވާ ޖަންގަލީ ޖަނަވާރެއް. މިއީ ވަރަށް މަކަރުވެރި އެއްޗެކެވެ.

ހިޔައުއެޅުން

މ. 1 ވިލާގަނޑެއްގެ ނުވަތަ އުދުހޭ އެއްޗެއްގެ ހިޔަނި އެރުން. 2 [މަޖާޒު] ވެރިއެއްގެ އެހީތެރިކަމާއި ރައްކާތެރިކަން ލިބުން.

ހިޔައުއެރުން

މ. 1 ވިލާގަނޑުގެ ނުވަތަ ގަސްގަހާއި ގޭގެ ފަދަ ތަންތާނގެ ހިޔަނި އެރުން. 2 ހަވީރުވެގެން ގޮސް ރަށުތެރެއަށް ހިޔާފެތުރުން.

ހިޔައުވަހިކަން

ނއނ. 1 ހިޔައުކަން. 2 ރައްކައުތެރިކަން ލިބިފައިވާކަން.

ހިޔައުވަހި

ނ. 1 ހިޔައުކަން ލިބިފައިވާތަން. 2 ރައްކައުތެރިކަން. 3 ގެދޮރު.

ހިޔަމަ

ނ.1 ބަނޑުދޮށް ނޫން ހުރިހާގޮތަކުން ވަރަށް މުރަނަ، ތޫނުދިގު ކަށިތަކެއް ފަޅައިފައިވާ މޫދުގެ ދިރޭ އެއްޗެއް. 2 ފަކުރު. 3(ޅ)ކަށިތެލި.

ހިޔަމަރިނދަލި

ނ. ރިނދަލީގެ ބާވަތެއް. މި ރިނދަލީ ގައި ހުންނަނީ ނުސާފު ހުދުކުލަ އެކެވެ. ރިނދަލީގެ ބޭރުގައި ދިގު ފައިކަށިތަކެއް ހެން އެކިވަރުގެ އުންތަކެއް ހުރެއެވެ.

ހިޔަލާ

ނ. (ގ) ފިޔަލަ.

ހިޔާ

ނ. 1 ވާރެޔާއި އަވީން ރައްކާވެވޭ ތަންތަން. 2 އޮޑިދޯނިފަހަރުގެ ކުނބުކަތްޕާ ކުންބާ ދޭތެރޭ ދެފުރާޅު ލައިފައި ހަދައިފައި ހުންނަގެ. 3 [މަޖާޒު] މީހެއްގެ ފަރާތުން ލިބޭ ރައްކާތެރިކަން. 4 އެހީތެރިކަން.

ހިޔާނެގުން

މ. އޮޑިދޯނިފަހަރުގެ ހިޔާ ރޫޅައިލުން.

ހިޖުރަ

ނ. 1 ސަލާމާއި ޞަލަވާތްލެއްވި ރަސޫލު الله ގެފާނު މައްކާ ދޫކުރައްވައިފައި މަދީނާގައި ހުންނަވާން ވަޑައިގަތް ވަޑައިގަތުން. 2 ތިމާގެ އަމިއްލަ ރަށް ދޫކޮށްފައި، އެހެން ރަށަކަށް ވަޒަންވެރިވުމަށްދާ ދިއުން.

ހިޖުރަކުރުން

މ. ތިމާގެ އަމިއްލަ ރަށްދޫކޮށް އެހެން ރަށަކަށް ވަޒަންވެރިވާން ދިޔުން.

ހިޖުރައޮޅުން

މ. 1 ހިޖުރައިންވީ ދުވަސް އޮޅުން. 2 [މަޖާޒު] އެއްބަސްވީ ގޮތާ ޚިލާފަށް ކަން ހިނގާން ފެށީމާ ތިމާޔަށް އޮޅުން އެރުން. 3 ހަދާނެ ނުހަދާނެ ގޮތެއް ނޭނގުން. 4 މުސްކުޅި ވެގެން ގޯސްމަތިންލުން.

ހިޖުރީއަހަރު

ނ. 1 ކީރިތި ރަސޫލާ ހިޖްރަކުރެއްވި އަހަރުން ފެށިގެން ޖަހަމުން އަންނަ ތާރީޚުގެ އަހަރު. 2 ހަނދުމަހުގެ އަހަރު.

ހިޖުރީތާރީޚު

ނ. ކީރިތިރަސޫލާ މަދީނާޔަށް ހިޖުރަ ކުރެއްވި އަހަރުން ފެށިގެން ޖަހާ ތާރީޚު.

ހީ

ނ. 1 ޝައްކު. 2 ކަށަވަރުކަމެއް ނެތި ހިތަށް އަރާ އެއްޗެހި. 3 ފިނިކަމުން ހަށިގަނޑަށް ލިބޭ އުނދަގޫ.

ހީހަން

ނ. (ސ) 1 ތެޔޮހަން. 2 މޭވާ ތަރުކާރީ ފަދަ އެއްޗެހީގެ ބޭރު ފަށަލަ. (އެންމެ ތުނި ފަށަލަ)

ހީހަންފޮޅުން

މ. (ސ) ތެޔޮހަން ކެނޑި ފާރުވާ ބަލިޖެހުން.

ހީހުން

ނ. ހުމެއްގެ ނަން. މި ހުން އަންނަނީ ވަރަށް ގަދަޔަށް ހީކަރުވާ ފައެވެ. ހީ ފިލުމާއެކު އުދާސްކުރަން ފަށަ އެވެ. މި ހުން އަންނަ ވަގުތު، ދާނީ ބަދަލު ވަމުން ނެވެ.

ހީނގަތުން

މ. ކުއްލިއަކަށް ގަދައަށް ހުނުން.

ހީނސަމާސާކުރުން

މ. 1 އުފާކޮށް ސަމާސާކުރުން. 2 [މަޖާޒު] ހިލޭފިރިހެނަކާ އަންހެނަކާ އެދުންވެރިކަމުގައި ހީނހީނފައި ސަމާސާކުރުން.

ހީނާ

ނ. 1 މީރުވަސްދުވާ މައު އަންނަ ފަތްކުދި ގަހެއް. ހުދުހަމާއި ނިޔަފައްޗާއި ނުރަ ރަތްކުރާން މި ގަހުގެ ފަތްބޭނުން ކުރެއެވެ. މި ގަހުގެ ފަތާއި، މަލާއި އޮށް ބޭހަށް ބޭނުން ކުރެއެވެ. މީގެ ފަތްބޮޑު ވައްތަރެއް ވެސް ހުރެއެވެ. މި ވައްތަރަށް ކިޔަނީ ސުވޭހު ހީނާއެވެ. [ބޯދާ] 2 ލޯބި.

ހީރަސްނަރު

ނ. ހީރަސްޖަހާ ދައްޗަށް ލައްވާނަރު.

ހީރަސްދަތި

ނ. އެއްޗެހީގައި ހީރަސްޖެހުމަށް ބޭނުންކުރާ އާލަތެއް.

ހީރާ

ނ. އަލިމަސް. މިއީ ހުދުބިއްލޫރި ކުލައިގެ ޖަވާހިރެކެވެ.

ހީރާންސި

ނ. ފައްތުފިލާގެ ދަށުން، ބޮޑުފަށްގަނޑުގެ ފަހަތުކޮޅުގައި ހުރަހަށް ކަނޑައި ފައްތާފިލާ. މިއީ ބޮޑުފަށްގަނޑު ފޭވިޔަނުދޭން ހަރުކުރާ ފިލައެވެ.

ހީރާސި

ނ. އޮޑިފަހަރުގެ ކުނބުކަތްޕާ ހަމާގައި ފިލާގަނޑުމަތީ ހުރަހަށްޖަހައިފައި ހުންނަފިލާ.

ހީރިހުން

ނ. (ސ) ނުފިލާ ހުންނަ މަޑުހުން

ހީރިކަން

ނއނ. (ސ) ބަލިކަށިކަން.

ހީރުވަހައިގޮވުން

މ. (ގ) ކުއްލިއަކަށް ބިރުގަނެގެން ސިއްސައިގެންގޮސް ވަރަށް ބާރަށް ތޫލިކޮށް ބޭއިޚްތިޔާރު ގައި ހަޅޭއްލެވުން.

ހީރޯ

ނ. ބަޠަލު.

ހީބިހި

ނ. ބިރުގަތީމާ ނުވަތަ ހީކަރުވައިގަތީމާ ބިހިތަކެއްހެން އިސްތަށިބުޑުތައް އުފުލޭއުފުލުން. ހީލިކެރުވީމާވެސް މިހެންވެއެވެ.

ހީބިހިނެގުން

މ. ހީކަރުވައި ގަތީމާ ނުވަތަ ބިރު ގަތީމާ ބިހިތަކެއްހެން އިސްތަށިބުޑުތައް އުފުލުން.

ހީކިރިލި

ނ. 1 (ޅ) މަސްއައިނުގެ ތެރެއަށް އެނބުރެމުން ތިރިވާ ކިރުދޫނި ކަހަލަ ކުޑަ ދޫންޏެއް. 2 ފީކިރިލި.

ހީކުރުން

މ. 1 ކަށަވަރުކަމެއް ނެތި ވަކިގޮތަކަށް ލަފާކުރުން. 2 ބަލިގޮތަކަށް ކަމަކަށް ގަސްދުކުރުން.

ހީއެރުން

މ. (ސ) ހީލިއެރުން.

ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެން

[މިސާލުބަސްް] މާ އަވަސް އަރައި ގަނެގެން އެއް ތަނެއްގައި ހިމޭނުން ނީނދެވިގެން ނުވަތަ ނުހުރެވި ގެން އުޅެން ފެށީމާ ބުނާބަހެއް.

ހީވަނީބަނޑުފުރިއަރައިދާނެހެން

[މިސާލުބަސްް] ދުވާވަހެއްގެ މީރުކަން ދޭހަކޮށް ދިނުމަށް ބުނެއުޅޭ ބަހެއް.

ހީވަނީ ކަފުލޯ ދުންމާރިއެއްގެ އަޑުހެން

[މިސާލުބަސްް] އަޑުގެ ހިމަކަމާއި ރީތިކަމާއި ތޫނުކަން ދައްކައިދޭން ބޭނުންކުރާ ބަހެއް.

ހީވާގި

ނއ. 1 މުރާލި. 2 ކަންނެތްކަމުގެ އިދިކޮޅު.

ހީވާގިކަން

ނއނ. މުރާލިކަން.

ހީވާގިވުން

މ. މުރާލިވުން.

ހީވާގޮތް

ނ. 1 ހީ. 2 ލަފާކުރެވޭގޮތް. 3 ހިތަށްފެންނަގޮތް.

ހީވީމެޔަށް ފެންއެއްޗެއް އަޅައިލިހެންނެވެ

[މިސާލުބަސްް] މާބޮޑަށް ސިހޭގޮތްވުމުން ނުވަތަ ބިރުގަތުމުން ބުނެ އުޅޭ ބަހެއް.

ހީފަލިކެއުން

މ. (ސ) ހީލިކެރުވުން.

ހީފިލުން

މ. 1 ހަށިގަނޑަށް ލިބުނު ފިނިކަން ފިލައި ހަމަޖެހުން. 2 ފިނިކަމުން ހަށިގަނޑަށް ލިބުނު އުނދަގޫކަން ކެނޑުން.

ހީފިލުވުން

މ. ފިނިކަމުން ހަށިގަނޑަށް ލިބިފައިވާ އުނދަގޫ ނެއްތައި ލުން.

ހީފުއްޕުން

މ. ހީކަރުވައި ގަނެގެން ގައިން ހީބިހި ނަގައި ލޯލިތައް ކޮޅަށް ޖެހުން.

ހީފެލިކެއުން

މ. (ސ) ހީލިކެރުވުން.

ހީލި

ނ. 1 ގިލިގިލި ކޮއްޓީމާ ހަށިގަނޑަށް އެވާގޮތް. 2 އުޅަނބޮށީގެ ހީލިކަށިގަނޑު ތަނަކު ޖެހުނީމާ ވާގޮތް. 3 ނުރައްކައު އުސްތަންތާގައި މީހުން ހިނގާތަން ފެނުނީމާ ބައެއް މީހުންގެ ދަށްފަޔަށް އެވާގޮތް. 4 ހަރު ދެއެތިގަނޑު ކޭރުވީމާ އިވޭ ބާވަތެއްގެ އަޑަކުން ބައެއް މީހުންގެ ދަތަށް އެވާގޮތް. 5 ޖިންސީ އެދުންވެރިކަން އައުމުން އަންހެނުންގެ ކުރިމަތި ފަރާތަށް އެވާ އިހްސާސް

ހީލިކަށިގަނޑު

ނ. އުޅަނބޮށިހުޅު ގައްޔާއި ކަކުލުހުޅު ގައިވާ ކަށިގަނޑެއްގެކޮޅު. އެކަށިގަނޑު ތަނެއްގައި ޖެހޭގޮތަކުން ބައެއްފަހަރު ވަރަށް ހީލިކަރުވާނެއެވެ.

ހީލިކެރުވުން

މ. 1ގިލިގިލި ކޮއްޓީމާ އެވާގޮތްވުން. 2 ހީލި.

ހީލިކޮއްޓުން

މ. ހީލިކަރުވާ ތަންތަން އިނގިލި ކުރިން ނުވަތަ އެފަދަ އެއްޗަކުން ކޮއްޓުން.

ހީލިއެރުން

މ. [މަޖާޒު] އަންހެނުންގެ ޝަހުވާނީ އެދުން ހިލުން.

ހީގޮވުން

މ. (މަލިކު) ހުނުން.

ހީސި

ނ. 1 ޅަކުދީންގެ ކުޑަގިފިލި. 2 ކުޑަކުދިންގެ ޒަކަރު.

ހީސްކިޔުން

މ. ކުޑަކުދީން ހީސްލައްވާން ފައި ހިއްޕައިގެން ގޮއްވާއަޑު ގޮއްވުން.

ހީޓަރު

ނ. އެއްޗެއް ނުވަތަ ތަނެއް ހޫނުކޮށް ބަހައްޓައިދޭ އާލަތެއް.

ހުހިވައް

ނ. މޫދުގައި އުފެދޭ ނުހަނުލުއި މަޑުއެއްޗެއް. މީގެ އެތެރޭގައި ވަރުވަރުގެ ލޯވަޅުތައް ތޮރުފި ފައި ހުންނާނެ އެވެ. ބޭރުގައި ހުންނަ ކުރަކި ކަމަކާއި ތޫނު ކަމަކުން އެއްޗެހި އުނގުޅައި ސާފުކުރުމަ ށާއި، ގައި އުނގުޅުމަށް ގެންގުޅެއެވެ.

ހުށި

އކ. ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށްޙަރަމް ބަނުމުގެ ކުރީގައި ޤިބްލައަށް ކުރިމަތިލާހުށި.

ހުށިގެނޑި

ނ. (ސ) އެއްލަކުޑި ގަނޑަކުން ދެފައި ހުންނަގޮތަށް ހަދައި ފައި ހުންނަ ތިރި ގޮނޑި. މިއީ އާއްމު ގޮތެއް ގައި ބަދިގެ ދޮށުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ހުށޫ

އ. ހުށި، މިބަސް ފަދައިން ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށް ޙަރަމްބަނުމުގެ ކުރީގައި ޤިބުލައަށް ކުރިމަތިލާހުށި. ނުވަތަ ކުރިމަތިލާހުށޫ.

ހުނ

އ. ނުރުހުމުގެ ގޮތުން ނުވަތަ ނުރުހިގެން އިއްވާލާ އަޑެއް. މިސާލު: ހުނ، އެހެންތަހީކުރީ.

ހުނބުޅު

ނ. މާބުރުގެ ސިފައަށް އެއަށްވުރެ ބޮޑެތޮށް ހުންނަ ދިރޭ ސުއިއްޕެއް. މީގެ ކުލައަކީ ކަޅުކުލައެވެ. ފިޔައިގައި ހުންނާނީ ކަޅުދިހުން ކުލައެކެވެ. މިއީ ވަކަރު ގަނޑު އަދި މަޑުލަކުޑި ފަދަ ތަކެތި ބޮއި ކުނޑި ނެރޭ އެއްޗެކެވެ.

ހުނބޮށި

ނ. 1 ބޮޑެތި ނާށި ބަރަވަލި. 2 (މަލިކު) ކުދިމީދާ.

ހުނގު

ނ. ތަފާތު ވައްތަރުގެ ގަސްގަހުގެ ތެލުން އުފައްދައިފައި ހުންނަ ތެލަކާ ކާބާވަތް ބާވަތުގެ ގަސްގަހުގެ ކިރާއި ގޮދަންފުށް އެއްކޮށްގެން ހަދައިފައި ހުންނަ އެއްޗެއް. މީގައި ގަދަ ޒަވި ވަހެއް ދުވައެވެ. މިހުންނަނީ ރަތްމުށި ކުލައިގައެވެ. މިއީ ދިވެހި ބޭހުގައި ބޭނުންކުރާ އެއްޗެކެވެ.

ހުނގުމަސް

ނ. ފަރުމަހުގެ ބާވަތެއް. މިމަހުގެ އަނގަހުންނަނީ މަހުގެ މައްޗަށް ވާގޮތަށް ތެދަށެވެ. މަހުގެ ކަރުތާފަތް ގަނޑުގެ ތިރީބައިގައި ރާޅުކަމެއް ހުރެއެވެ. މަހުގެ ހަމުގައި ރާޅުކޮށް ހުންނަ ކުދި ހުޅުނބު ތަކެއް ހުރެއެވެ. ނަގޫފަތުގެ ދެކޮޅު ފަހަތަށް ދިގުކޮށް ހުރެއެވެ. މިމަހުގެ ކުލައަކީ ރަތްކުލައެވެ.

ހުނގުލާބޮލާއެޅުން

މ. 1 ބޮލުރޯނާ ހުނގުލިރޯނާ ދިމާވާނޭހެން ފަންގެލުން. މިއީ ފުރާޅު ފަންގެލުމުގެ އެންމެ ދެރަގޮތް. 2 [މަޖާޒު] ދެމީހުން ދެކޮޅަށް ތިބެގެން ޖިންސީ ގުނަވަން ބުއިން.

ހުނގުލި

ނ. 1 ބިތްފަންގަނޑުގެ ހުނގުލި ރޯނުންތިރި. 2 ފަތާއި ފަނުގެކުރި.

ހުނގުލިރޯނު

ނ. ފަންގަނޑެއް ވިންނައިރު ފަންވަތްތަކުގެ ހުނގުލިތަކާ ކައިރިންޖަހާ ރޯނު.

ހުނގުލިޖެހުން

މ. ފަންފުރާޅުގެ އަސްކެނިވަލުގެ ހުނގޫ. ތަންތަން ކޮޅުން ފުރާޅަށް އެއްސުން

ހުނގުގަސް

ނ. އިރުމަތީގެ ޤައުމުތަކުގައި ހެދޭ ކެރެޓްއާއިލާގެ ގަހެއް. މިގަހުން ނުބައިވަސްދުވާ ތަތްކިރެއް ނެގެއެވެ. އެކިރަކީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. އެއަށް ކިޔަނީ ހުނގެވެ.

ހުނގޫ

ނ. 1 ފަތްފަތާއި ފަނުގެކުރި. 2 ބިލެތްގަނޑުގެ ހުނިޖަހާކޮޅު. 3 ބިތްފަންގަނޑުގެ ހުނގުލި ރޯނުން ތިރި.

ހުނގޫފަތް

ނ. ބިލެތްގަނޑުގެ ހުނިޖަހާކޮޅު.

ހުނސްޖެހުން

މ. ޒުވާބުކުރާމީހާ ދެރަކޮށްލާން "ހުނހ" މިއަޑުއިއްވުން.

ހުނަހިރު

ނ. 1 އޮނަހިރި. 2 ކޭލަ ހަމަނުވާ.

ހުނަމަލެވެމަ

ނ. (ގ) ވެނުގެ ބާވަތެއް. މިއީ ގަދަމުށިކުލައިގެ ވެނެއް.

ހުނަފަތި

ނ. (ޅ) ކުރުވެލި.

ހުނި

ނ. 1 ފެންއަޅައިގެން ފޮތީން އުވަ ފުރޭނީމާ ނެގޭ ސާފު ހިމުން އުވަ. 2 ކާށި ގަބުޅި ފަދަ ތަކެތި ހުނިގޮނޑި ފަދަ އެއްޗަކުން ގޭނީމާ ނުކުންނަ ކުނޑި. 3 (އ) ނޫކުލައިގެ އެމެއް.

ހުނިހަކުރުފަތަފޮޅި

ނ. އެތެރެޔަށް ހުނިހަކުރު އަޅައިގެން ހަދާ ފަތަފޮޅިއެއް. މީގެ އެންމެމޮޅު ގޮތަކީ އާވީން ކެއްކުމެވެ. އަދި ފިހެ ތެލުލައި ވެސް ހަދައެވެ.

ހުނިހަކުރުފޫކުއްތު

ނ. (މަލިކު) ހުނިހަކުރު ފަތަފޮޅި.

ހުނިހައް

ނ. ފޫއެނބުރީގެ ވައްތަރެއް. މިއީ ދޮންކުލައި ގައި ހުންނަ ވަރަށް ތުނި ބޮއްޔެކެވެ.

ހުނިހުނގޫ

ނ. ބިލެއްގަނޑުގައި ހުނިޖަހައި ފައި ހުންނަތަން. ހުނިޖަހައި ފައި ހުންނަނީ ބިލެތްގަނޑުގެ ހިމަކޮޅު ގައެވެ.

ހުނިބަޑި

ނ. އެއްކޮޅަށް ބިލެތްހުނި އަނެއްކޮޅަށް ދުންފަތް އަޅައިގެން، ގެންގުޅޭ އެއްޗެއް.

ހުނިބޮޅު

ނ. ހުނިގުރާބުގެ ތެރެއަށް އިނގިލި ބާނައިގެން ދުފުމަށް ބޭނުންކުރަން ނަގާ މިންވަރު.

ހުނިބޮލި

ނ. 1 ބިލެތްހުނި އަޅަން ހަދާފައިވާ އެއްޗެއް. 2 ބޮލީގެ ބާވަތެއް. މިއީ ހުދުކުލައާއި މުށިކުލައިގެ ރޮނގުތަކެއް ފާޅުކޮށް އެނގެންހުންނަ ބޮއްޔެކެވެ. 3 (ސ) ދޮންއަނގަ.

ހުނިކަނދުގަނޑަ

ނ. (ލ) [ބޯދާ] ހުނިދަޅު.

ހުނިކޭ

ނ. ނިލަމެހި ތެރޭ ހުންނަ ހުދު އެމެއް.

ހުނިކޮންނަކަށި

ނ. ބިލެތްހުނި ނަގާން އެއްކޮޅު ފަތިކޮށް ހަދައިފައި އޮންނަ ކަށްޓެއް.

ހުނިވަޅު

ނ. (މަލިކު) އުވަވަޅު.

ހުނިފަތް

ނ. 1 ހުނިހުނގޫ. 2 ބިލެތްގަނޑުގައި ހުނިޖަހައިފައި ހުންނަތަން.

ހުނިފުރޭނުން

މ. 1 ފޮތިގަނޑަކަށް އުވައަޅައިގެން ފެންއަޅަމުން، ނުވަތަ ފެންއެއްޗެއްގެ ތެރެއަށް އެ ލައިގެން ވަކިގޮތަކަށް ހެލުވުން. 2 އުވައިން ހުނިނެގުން.

ހުނިފެންބޮއިގެންއުޅުން

[މަޖާޒު] 1 ލަދުޙަޔާތް ކެނޑޭ ވަރަށް މީހަކާ ހިތާވެގެން އުޅުން. 2 ހެހެސްގަތުން.

ހުނިލީރޮށި

ނ. ފުށްގަނޑަށް ހުނިލައި މޮޑެގެން ފިހާރޮށި.

ހުނިލުން

މ. 1 ދުފާއިރު ބިލެތުގެ ކުޅިމަރާން ހުނިކޮޅެއް އަނގަޔަށްލުން. 2 އުވަފުރާނައިގެން ނެގޭހިމުންބައި ފެނާއެއްކޮށް އޮލަކޮށް ގިރައި ތަންތާގައި ހޭކުން. 3 ބައެއް ބާވަތުގެ ކާ ތަކެއްޗަށް ކާށިހުނި އެޅުން.

ހުނިލެއިބަތް

ނ. (ސ) ހުނިލީބަތް.

ހުނިގުރާބު

ނ. ދުފާހުނި އަޅާން ބޮއްކުރައެއްގެ ސިފަގައި ލަކުޑީން ހަދައި ފައި ހުންނަ ކުޑަކުޑަ އެއްޗެއް.

ހުނިގެނޑިދީނި

ނ. (ސ) ހުނިގޮނޑީގެ ތިލަނޫންހާތަން.

ހުނިގޮނޑި

ނ. 1 ފުއްކެނޑި ތިލައެއް ޖަހައިގެން ހުނިގާނަން ގެންގޭ ގޮނޑި. 2 (ގ) ޑިނގާ.

ހުނިގޮނޑިފިލާ

ނ. ހުނިގޮނޑި ތިލަހެން ފަތްހުންނަ ވެލަށްހެދޭ ފަތްޕިލާ ވެއްޔެއް. މިއީ ވިނައިގެ ބާވަތެކެވެ. މި ފަތް ދިވެހިބޭހަށް ބޭނުން ކުރެވެއެވެ.

ހުނިގޮނޑިދޫނި

ނ. 1 ހުނިގޮނޑީ ތިލަނޫންހައިތަން. 2 ހިކި ބިމުގެ ވިނަގަނޑު މަތީގައި، މަސްކާށި ދޫނިހެން އުޅޭ ހިމަ ދިގު ހަލުއި ދޫންޏެއް.

ހުނިގޮނޑިތިލަ

ނ. ހުނިގޭނުމަށްޓަކައި، ހުނިގޮނޑީގައި ޖަހައިފައި ހުންނަ ފުށްކެނޑި ތިލަ.

ހުނިޖެހުން

މ. 1 ބިލެތްގަނޑުގެ ހުނގުޅުގައި ހުނިކޮޅެއް ތަތްކުރުން. 2 ވައްތައް ގާތްކޮށް ހުންނަ ކެޔޮގަނޑު ފަދަ ތަކެތި ގުނުމުގައި ބިލެތް ހުނިން ފާހަގަ ޖެހުން. 3 [މަޖާޒު] ވަކިފަރާތަކަށް ނުވަތަ ވަކި ސިފައަކަށް މީހަކު ޚާއްޞަކޮށްލުން.

ހުނުގޮނޑި

ނ. (ލ) ހުނިގޮނޑި.

ހުން

ނ. 1 ހަށިގަނޑު ހޫނުވާ ބައްޔެއް. މިބަލީގެ ކިތަންމެ ބާވަތެއް ހުރެއެވެ. 2 (އކ) ބަރުއެއްޗެހި ނަގާއިރު ބާރުލާން ބުނާބަހެއް. 3 ތިމާޔާ ޒުވާބުކުރާ މީހަކު ދެރަކޮށްލާން އިއްވާއަޑެއް.

ހުންނާ

ނ. (ގ) ރާއެރިން އެތުގައިލާ އެންމެ ކުޑަ ގުޑި.

ހުންބަލާކަށިގަނޑު

ނ. ހޫނުމިން ބެލުމަށްޓަކައި ބިއްލޫރިން ހިމަދިގުކޮށް ހަދާ އެތެރެއަށް ދިރޭރަހަ އަޅާ ބޭރުގައި ދަރަޖަތަކެއް ޖަހައިފައި ހުންނަ އާލާތެއް. މީގެ އެއްކޮޅު ގައި ދިރޭރަހަ ހަރުލާ ވަރަށް ފަލަކޮށް ހުންނަ ތަންކޮޅެއް ހުންނާނެ އެވެ. އެތެރޭގައި ވަރަށް ހިމަ ލޯވަޅެއް ހުރެއެވެ. ހޫނުވުމުން އެލޯވަޅުން ދިރޭރަހަ ދަތުރުކުރާނެ އެވެ. ފިނިވާއިރަށް ފަލަތަނަށް ދިރޭރަހަތައް ފައިބާނެއެވެ.

ހުންބެލުން

މ. ހުންހުރިވަރު ބެލުން.

ހުންކާބަރަވަލި

ނ. ބޮޑެތި ހުންކާ ބޮލި.

ހުންކާބޮލި

ނ. 1 ފޫއެނބުރި ފާޑަށް އުންފަޅައިފައި ހުންނަ ކުޑަބޮއްޔެއް. 2 އަލަނާސި ބޮލި.

ހުންވިހެލުން

މ. ހަށިގަނޑުން ހުމުގެ ހޫނުކަން ފިލުން.

ހުންގަބުޅަ

އ. ބަރުއެއްޗެއް އޮތްތާކުން ހަލުވާލާން ބާރުލާން ބުނާ ހިތްވަރުގެ ބަހެއް.

ހުންގާނު

ނ. 1 ފުރާނަނެތް ދުއްވާތަކެތި ބޭނުން މިޞްރާބަކަށް ގެންދާން ހުންނައާލަތެއް. 2 [މަޖާޒު] އަނބިމީހާ. 3 ބެލެހެއްޓުންތެރިޔާ.

ހުންގާނުދޫނި

ނ. 1 ފެންމަތީގައި ދުއްވާ އެއްޗެހީގެ ހުންގާނު ދެފަރާތަށް ގެންދާން ހުންގާނުގައި މަހައިލެވޭ ގޮތަށް އޮންނަ އެއްޗެއް.

ހުންގާނުކަރުވަޅު

ނ. ދޯނީގެ މައްޔަލުގައި، އަޅުވަން ހުންގާނުގެ މަތީކޮޅުން ކަނޑައިފައި ހުންނަތަން.

ހުންގާނުކަރުފޮތި

ނ. ހުންގާނު ގަދަ ކުރަން އޭގެ ކަރުވަޅު ގައި ދެފަރާތުން އަޅާ ފިލާފޮތި.

ހުންގާނުކުރެދިގަނޑު

ނ. 1 ހުންގާނުގެ ފޫހަރުކުރަން އޭގައި ހަރުކުރާއިލި. 2 ހުންގާނު އިލިގަނޑު.

ހުންގާނުއިލިގަނޑު

ނ. އުޅަކުގައި އަޅުވާން ހުންގާނުގައި ޖަހައިފައި ހުންނަ އިލި.

ހުންގާނުއުޅައްގަނޑު

ނ. ހުންގާނުގެ ފޫ ހިފެހެއްޓުމަށް ހުންގާނުގެ އިލިގަނޑު އެޅުވޭގޮތަށް މައްޔަލުގައި ހަރުކުރާ އުޅައް.

ހުންގާނުމައިފޮތި

ނ. މައްޔަލުގެ ކިއްސަރަށް ކޮށާ މަށާ އޮމާން ކޮށްހަދައި މައްޔަލުގާ ގުޅުވާ ނުވަތަ ހަރުކުރާ ހުންގާނުގެ ފުރަތަމަބައި.

ހުންގާނުގެ

ނ. އޮޑިފަހަރާއި ބައްތެލިފަހަރުގެ ކުޑަހިޔަލާ ހުންގާނާ ދޭތެރޭ ހިޔާކޮށްފައި ހުންނަގެ.

ހުންގުޅަ

ކނ. ރޭގަނޑަށް ދިއްލައި ފައި ހުއްޓައި ދުރުން ފެންނަ ފަނޑު އަލި.

ހުންޑީ

ނ. އަނެކާގެ ހަވާލުގައި ހުންނަ ތިމާގެ ފައިސާ ދިނުމަށް ދޭ ސިޓީ.

ހުރަހެޅުން

މ. 1 ކުރިމައްޗަށް ނެރެ ދެއްކުން. 2 ކުރިމަތިކުރުން. 3 މައްސަލައެއް ނުވަތަ ކަމެއް ހުށަހެޅުން.

ހުރައްދެއަލަ

ނ. (ގ) ފުރައްދެއަލަ.

ހުރައްސަލަ

ނ. (ގ) ރަގޯޔާ. ފެންފިލާގެ ދިރުނބާ ކޮޅުގެ އޮޅިގަނޑުގެ މަތީގައި ގުދުކޮށްފައި އޮންނަ ބައި.

ހުރަވީދުވަސް

ނ. ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް. އެއީ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ.

ހުރަގެ

ނ. 1 ކުށްވެރީން ހައްޔަރުކުރާގެ. 2 ޖަލު.

ހުރަގެޖެހުން

މ. 1 ހުރަގެއަށްލުން. 2 ޖަލަށްލުން.

ހުރަސްކީލި

ނ. ލަކުޑީގައި ކައްޗަށް ހުންނަ ކީލި.

ހުރަސްކުރުން

މ. 1 ކަޑައްތުކުރުން. 2 ކުރިކެނޑުން. 3 ދިގަށް އޮތް އެއްޗެއް ހުރަހަށް އަނބުރާލުން. 4 އެއްފަރާތުން އަނެއް ފަރާތަށް ދިއުން.

ހުރަސްފިލާ

ނ. އޮޑިދޯނި ފަހަރުގެ ދިރުނބާ ކޮޅުގައި ސަވާބުޅި ޖަހައި ފައި ހުންނަފިލާ.

ހުރަސްގަޅިލޮނދިމަސް

ނ. ފަރުފަޅުގެ އުރަފަށުގައި ދިރިއުޅޭމަހެއް. މީގެ ކުލައަކީ މަޑުރީނދޫކުލައެވެ. މަހުގެ ބުރަކަށިމަތީގައި ކޮތަރިބައިގެ ކުރީކޮޅުން ފެށިގެން ލޯ ހުރަސްކޮށް ތިރިއަށް ގަދަމުށިކުލައިގެ ރޮނގެއް ހުރެއެވެ. މިބާވަތުގެ މަހުގެ ބޭރު ހަމުގައި އާދަޔާ ޚިލާފު ވިހައެއް އެކުލެވޭ ލޮނދީގެ ފަށަލައެއް ހުރެއެވެ.

ހުރާ

ނ. 1 ފަޅުފަޅުގައި އަކިރިއާއި ގަލުން ހިކިފައި ހުންނަ ތަންތަން. މިތަންތާނގައި ގަސްގަހާ ގެއްސެއްނުހުންނާނެއެވެ. 2 ހުރާގަނޑު. 3 ކާފު އަތޮޅުގެ ރަށެއްގެ ނަން.

ހުރާމަސް

ނ. ބާވަތެއްގެ ފަރުމަހެއް. މިއީ ގާގަލުގައި ތަތްވެފައި އިސްޕަންޖުގޮތަށް ހުންނަ އަޅިކުލައިގެ އެއްޗެކެވެ. މިވައްތަރުވާނީ ދޮންކެޔޮވަކެއްގެ ހަތަރުފަޅި ކޮށް އެއްފަޅިއާއެވެ.

ހުރާގޭދަރިކޮޅު

ނ. ރާއްޖެ އިސްލާންވީ ފަހުން ހަތްވަނަ ޔަށް ރާއްޖޭގައި ރަސްކަންކުރި ޢާއިލާ. މި ޢާއިލާގެ ފުރަތަމަ ރަސްކަލަކީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ޙުސައިން ދަހަރާ ތަކުރުފާނުގެ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން އަލްޣާޒީޙަސަން އިއްޒުއްދީނު ދޮންބަންޑާރައިން ނެވެ. މިޢާއިލާއިން ތޭރަ ރަސްކަލުން ރަސްކަން ކުރެއްވިއެވެ.

ހުރާގޭތަފާ

ނ. މީހުންގެ ގައިގައި އެމީހާ ބަލިކޮށްލުމަށް ޓަކައި އަތުން ވަކިގޮތަކަށް އަޅާ އެތިފަހަރު.

ހުރިގޮތަށްހުރުން

މ. 1 އެގޮތް މިގޮތް ނުވެހުރުން. 2 ގޮތެއްނުވެހުރުން. 3 ބަދަލެއް ނައިސް ހުރުން.

ހުރެ

އ. 1 ހެދި. މިބަހުގެ މާނަ ދޭހަވަނީ އެހެން އެއްޗަކާއި ގުޅުވައިގެން ބުނީމައެވެ. މިސާލު: މަދިރިޔާ ހުރެ ނިދޭކަށް ނެތެވެ. 2 (ގ) ރޫ.

ހުބައޯގަ

ނއ. (ނކ) ހުރިހައިކަމަކަށް ރަނގަޅު. މިއީ ނަކަތްތެރިންގެ އިޞްތިލާހެކެވެ.

ހުބަސާނަ

ނ. [ބޯދާ] އަތްތިލަ.

ހުބެސުނބެ

ނ. އެދުންވެރިކަމާއި އެކީ ވަސްގެން ކުރާލޯބި.

ހުޅަނގު

ނ. 1 އިރުއޮއްސޭފަރާތް. 2 އައްސިދައިން ފެށިގެން މުލަނަކަތާ ދެމެދުގެ މުސޫން.

ހުޅަނގުވިނައަށްވުން

މ. [މަޖާޒު] ކަމެއްމާ ބާރަށް ފެށުމަށްފަހު މާއަވަހަށް ހުލިވެގެން ދިއުން.

ހުޅަނގުމޫސުން

ނ. އައްސިދައިން ފެށިގެން މުލަނަކަތާއި ދެމެދުގެ ދުވަސްވަރު.

ހުޅަނގުވުން

މ. 1 އައްސިދަލައިގަތުން. 2 ހުޅަނގު މޫސުން ފެށުން.

ހުޅަނގުފަރާތް

ނ. އައްޔޫގު އަސްތަމާނާއި ގަލްބު އަސްތަމާނާދެމެދު.

ހުޅައްފަނި

ނ. (ސ) 1 ކިލާފަނީގެ ބާވަތެއް. މިހުންނާނީ ކިލާފަންޏަށްވުރެ ކުލަގަދަކޮށް އެ އަށްވުރެ ތަންކޮޅެއް ފަލަކޮށެވެ. ތުންކޮޅު ހުންނާނީ ހުރަހަށް ބުރިކޮށްލީމާ ހުންނަހެންނެވެ. 2 ފެންހަރުފަ.

ހުޅަގަ

ނ. (ލ) ހުޅަނގު.

ހުޅި

ނ. 1 ޒީނަތަށް ބޮލުއިސްތަށިގަނޑުން ޖަހާ ގޮށް. 2 ގުޅަކޮށް ހައްޔަރުކޮށްފައި އޮންނަ އިސްތަށި ގަނޑު. 3 އަންހެނުންގެ ރުމާއޮޅާން ކައްޗޭ ބޯފަދަ ތަކެތީގައި ފޮތީން ބަންނަ ބޮނޑި. 4 ބައެއް ދޫނީގެ ބޮލުގައި ވަކީން އުފުލިފައި ހުންނަ ފަތްކޮޅު. 5 ސިންގާ އަސްފަދަ ތަކެތީގެ ކަނދުރާމަތީގައި ވަކީން ދިގުކޮށް އޮންނަ ކެހެރިގަނޑު. 6 (ޏ،ސ) ނާޅި ލާހިފަދަ ތަކެތީން މިނާއިރު އުސްތުނބަށް ހުންނަތަން. 7 ރާޅު އުފުލިގެންދާއިރު ވަކީން އުސްކޮށް ހުންނަތަން.

ހުޅިހިކާ

ނ. ގުޅިފައި ހުރިތަނުން ވަކިނުވެ، ލެނބި، އެނބުރިވާނޭ ގޮތުގައި ދެ އެއްޗެއް ގުޅުވާ އެތި. މިސާލު: {ހ} ދޮރުފަތުގެ ހުޅު. {ށ} ފޮށީގެ ހުޅު. {ނ} އުޅަނބޮށި ހުޅު. 2 ރޯވެގެން އަރައިފައި ހުންނަ އަލިފާން. 3 ދެ ލަކުޑިގަނޑުގެ ކަން މަހާ ގޮތަށް އެއްކުރާން ކަނޑާ ކެނޑުމެއް. [ބޯދާ] 4 ނއ. ކުޑަ.

ހުޅިގަނޑު

ނ. 1 ބޮލުހުޅި. 2 ސިންގާ އާއި އަސްފަދަ ތަކެތީގެ ކަނދުރާ މަތީގައި އޮންނަ ދިގު ކެހެރިގަނޑު.

ހުޅު

ނ. 1 ގުޅިފައި ހުރިތަނުން ވަކިނުވެ، ލެނބި، އެނބުރިވާނޭ ގޮތުގައި ދެ އެއްޗެއް ގުޅުވާ އެތި. މިސާލު: {ހ} ދޮރުފަތުގެ ހުޅު. {ށ} ފޮށީގެ ހުޅު. {ނ} އުޅަނބޮށި ހުޅު. 2 ރޯވެގެން އަރައިފައި ހުންނަ އަލިފާން. 3 ދެ ލަކުޑިގަނޑުގެ ކަން މަހާ ގޮތަށް އެއްކުރާން ކަނޑާ ކެނޑުމެއް. [ބޯދާ] 4 ނއ. ކުޑަ.

ހުޅުހިފުން

މ. އަލިފާންރޯވުން.

ހުޅުނބު

ނ. މަސްމަހާއިމެހީގެ ހަންގަނޑުގެ މަތީގައި އަލިކޮށް ހުންނަ ތުނިފޮތިތައް. މިހުންނަނީ ނިޔަފަތި ހުންނަ ޒާތަކަށެވެ.

ހުޅުނބުފިލާ

ނ. ފަތްޕިލާވެއްޔެއް. މިއީ ވިނަހުންނަ ތަންތާ ގައި ހެދޭގަހެކެވެ. މީގެ ފަތްހުންނާނީ ކޮޅުވައްކޮށް ކުދިކުދި ކޮށެވެ. ފަތް ބުރަނދަގޮޑި ފަތާ ވަރަށް ވައްތަރު ވާނެއެވެ. މިފަތުގެ ދިޔަ ދުޅަވާ ތަންތާގައި ވަށައެވެ.

ހުޅުނބުޖެހުން

މ. މަހުން ހުޅުނބު ފިލުވުން.

ހުޅުބަލިފެލާ

ނ. (ޏ،ސ) ޗަސްބިމުގައި ހެދޭ ވިނައެއް މި ވިނަގަސް ހެދެނީ ބަދަބަދައަށެވެ. ވެލެއްހެން، ހެދޭ މިވިނަގަސް ބިންމަތީ ދުވަމުން ދާއިރު ބަދަވަޅު ތަކުން މޫ ފައިބަމުން ދާނެއެވެ. މި އީ ވަރަށް އަވަހަށް ހެދޭ އަދި ގިނަވާ ވިނައެކެވެ. މިގަސް ބިމުން ލުހެލަން އުޅެފިނަމަ ބަދަވަޅުތަކުން ބިންދަ ބިންދައިގެން ދާތީ "ހުޅުބަލިފެލާ" އޭކިޔަނީއެވެ.

ހުޅުއެޅުން

މ. އެއްރަށަކުން އަނެއްރަށަކަށް އަންގާން އަލިފާންދެއްކުން. މިކަން ކޮށްއުޅެނީ ކޮންމެވެސް ބޮޑު ޚަބަރެއް އެންގުމަށެވެ.

ހުޅުވައި

ނ. 1 ރާއްޖެބަލީގެ ވަޔެއް. 2 ދުޅަނުވެ ހުޅުހުޅުގައި ރިހޭ ބައްޔެއް.

ހުޅުވައިއިނގިލި

ނ. ކަށިއިނގިލި.

ހުޅުވުން

މ. 1 ލެއްޕިފައިހުރި އެއްޗެއްގެ ތެރެ ހާމަކޮށްލުން. 2 ފޮށިފަދަ ތަކެތީގެ ހުޅުލައި ހަރުކޮށްފައި ހުންނަ މަތި ހާކުރުން. 3 ޖެހިފިތިފައި ހުންނަ ދެއެއްޗެއް ފޭކޮށްލުން. މިސާލު: {ހ} ކަތުރު ހުޅުވުން. {ށ} ޗާކުފިޔޮހި ހުޅުވުން. 4 ފިހާރަ މަދުރަސާ މަޢުރަޟް ފަދަތަންތަން ހަދާ ނިމިގެން އެތަންތަން ހިންގާން ފެށުން. 5 އޮފީސް ފަދަ ތަންތާގެ މަސައްކަތް ހިނގާން ފެށުން.

ހުޅުމެހުން

މ. 1 ހުޅުއެރުވުން. 2 ހުޅުލެއްވުން.

ހުޅުދާން

ނއނ. އާދަޔާ ޚިލާފަށް ކޮށްފައި ހުންނަގަދައަލި.

ހުޅުދާންކުރުން

މ. އާދަޔާ ޚިލާފަށް ބޮޑަށް އަލިކުރުން.

ހުޅުދުޅަވުން

މ. ދޯނގިބަލި.

ހުޅުލާމިޔަރު

ނ. (ގ) ހޫހިމިޔަރު. މިއީ ފަޅުމަތީ އުޅޭ ދޮންކުލައިގެ މިޔަރެކެވެ.

ހުޅުލުން

މ. 1 އެންދުމުގެ ގަސްތުގައި ފުރަތަމައިން އަލިފާން ރޯކުރުން. 2 ހުޅު ހަރުކުރުން.

ހުޅުގަނޑު

ނ. ރޯވެގެން އަރާ އަލިފާން. މިސާލު: {ހ} ބައްތީގެ ހުޅުގަނޑު. {ށ} އުދުނުގެ ހުޅުގަނޑު.

ހުޅުޖެހުން

މ. 1 އެންދުމުގެ ގަސްތުގައި އަލިފާން ރޯކުރުން. 2 އުޅާފަދަތަކެތީގެ ހުޅު ހަރުކުރުން.

ހުޅެފުން

މ. [ބޯދާ] 1 ހިނގުން. 2 ހިނގައިލުން.

ހުކުންޖެހުން

މ. ހުކުންލުން.

ހުކުރަހަތްދޯހަ

ނ. (ލ) ހުކުރު ހަތްދުވަސް.

ހުކުރުހިނގުން

ނ. އިހުގައި ނަމާދުނުކުރާ މީހުންނާއި ހުކުރަށް ނުދާމީހުން ބެލުމަށް ހުކުރު ދުވަހު ހަވީރު ފަނޑިޔާރުގޭގެ ނާއިބު ބޭކަލަކާއި، ދޭވާންޏަ ކާއި މަޖިލީހަށް އަރާ ބޭކަލަކާއި ދުއްރަ ހިފައިގެން ކޮލިހިނގާމަގު ވަށައިގެން ހިނގައިއުޅުނު ހިނގުމެއް. މިގޮތަށް ހިނގާއިރު މަގުމަތިން ފެންނަ ފިރިހެނުންކުރެން ހުކުރައް ދިޔަތޯއާއި، ނަމާދު ކުޅަތޯ އަހައި، ނޫންކަމަށް ވާނަމަ އެމީހުން ތަޢުޒީރުކޮށް ހަދައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ނައިބުންގެ ފަރާތުން މިކަންކޮށް އުޅުނެވެ.

ހުކުރުހެދުން

ނ. 1 ހުކުރަށްދާން އަޅާ ހެދުން. 2 [މަޖާޒު] އަވަހަށް ބަދަލުވާ ބަދަލުވުމާމެދު ދޭމިސާލެއް. މިސާލު: އިރުވައި ވިއްސާރައެކޭ ހުކުރު ހެދުމެކޭ އެއްގޮތެވެ.

ހުކުރުއެޅުން

މ. 1 ގަސްތުގައި ހުކުރު ނަމާދު ދޫކޮށްލުން. 2 ހުކުރުނަމާދު ފާއިތުކޮށްލުން.

ހުކުރުފަނި

ނ. (ސ) 1 ބިމުގައިއުޅޭ ރަތްކުލައިގެ ފަންޏެއް. 2 އިހުގައި ކޮންމެ ހުކުރުވިލޭރެއަކު މަޣުރިބުނަމާދުން ފޭބީމާ މިސްކިތްދޮށުގައި ބަހައި އުޅުނު ފަންޏެއް.

ހުކުރެދި

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ ގާތްގަޑަކަށް ދެފޫޓުބަޔަށް ހެދޭގަހެކެވެ. ފަތްތައް ހުންނާނީ ކުރަދިފަތާއި ވައްތަރުކޮށް އެއަށްވުރެ މާތުނިކޮށެވެ.

ހުއި

ނ. 1 ހިމަދިގުކޮށް ފަތް ހުންނަ ވިނަ. 2 މޫދުވިނަ. 3 (ލ) މުގުރާމުގެ ބާވަތެއް.

ހުއިކަންނެޔޮ

ނ. (އ) ހުއިފިލަނޑާ.

ހުއިވަނި

ނ. 1 މޫދުގައިއުޅޭ ދިރޭއެއްޗެއް. މިއޮންނަނީ ބިޗުލެއްގެ ސިފައިގައެވެ. 2 ނޫނު އަތޮޅުގެ ފަޅުރަށެއްގެ ނަން. 3 ހުވަނި.

ހުއިވަކުބަލި

ނ. ފުރަގަސްފަރާތުގެ ބަލީގެ ބާވަތެއް. މިބަލިނަގަނީ ފުރަގަސް ފަރާތު ދޮރުގެ ކައިރިފަށުގައި އުހިވަކެއް ހެންނެވެ. އެއީ "ހުހިވައް" މިކިޔާއެއްޗެކެވެ.

ހުއިވެލާ

ނ. ވާވޮށިވެލާ.

ހުއިފަތުހިކާ

ނ. ހިކާގެ ބާވަތެއް. މިއީ ހަލުވި ޙަރަކާތްތަކެއްކުރާ ރީތި ހިކައެކެވެ. މަހުގެ ކުލައަކީ ހުއިފަތުފެހި ކުލައެވެ. ބުރަކަށިމަތި ހުންނަނީ ފެހި ކުލައިގައެވެ. މިފެހި ކުލައިގެ ތެރެއިން ރަތްކުލައެއް ފާއްދާފައި ހުރެއެވެ. އަނގައިގެ މަތިން ފެށިގެން ކަރުތާފަތުގެ ކުރީކޮޅާ ހަމައަށް ރިހިކުލަ އެއްގެ ރޮނގެއް ހުރެއެވެ.

ހުއިފަތުނައި

ނ. މޫދުގައި ހުއިގަސްތަކު ތެރޭއުޅޭ ނައެއްކަހަލަ އެއްޗެއް މީގެކުލަވެސް ހުއިފަތާ އެއްކުލަވާނެއެވެ.

ހުއިފަތުމަސް

ނ. ފަރުމަހުގެބާވަތެއް. މިބާވަތުގެ ބޮޑެތިމަސް ދިރިއުޅެނީ މާކަނޑުގައެވެ. ފަޅުތެރެއަށްވަދެއުޅޭ މީގެކުދިމަސް ދުވެއުޅެނީ އަރިއަށް ތިބެގެން ވަރަށް މަޑުމަޑުންނެވެ. މިގޮތަށް މިމަސްދުވާއިރު ހީވަނީ މަރުވެފައިވާ ހުއިފަތް ކޮޅެއް އޮޔާ ދާހެނެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ. މަހުގެ ނިގޫފަތް ހުންނަނީ ވައްކޮށެވެ.

ހުއިފަތުފިލޮޅު

ނ. ފިލޮޅުގެ ބާވަތެއް. މިމަހުގެ ތުން ދިގުވެފައި މަހުގެ ހަށިގަނޑުގައި ހުންނަ ހުޅުބުތައް ހަރުވެފައި ބޮޑެއްޗެވެ. މަހުގެ ބޮލުގެ މަތީބަޔާއި ކަރުތާފަތް އަދި ކަންފަތްގަނޑު ގެ ބުޑުދޮށުގައި ހުޅުނބެއް ނުހުރެއެވެ. މި މަހުގެ ކުލައަކީ މުށިކުލައެވެ.

ހުއިފަތުފެހި

ނ. މޫދުވިނައިގައި ހުންނަ ކުލަ.

ހުއިފިލަނޑާ

ނ. މޫދުގައިއުޅޭ ދިރޭ އެއްޗެއް. މީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް އެއްޗެހި ކަޅުކުލައިގައި އުންފަޅައިފައި އަނެއްބައި އެއްޗެހި ކުކުޅުބިސް ކުލައިގައި ކަޅުލައް ޖަހައިފައިހުރެއެވެ. މީގެތެރެއިން ބައެއް އެއްޗެހީގެ ބަނޑުގައި ބިއްލޫރި ކުލައިގެ ހިމަދިގު މަހެއް އޮވެއެވެ.

ހުއިފޮލަނދަ

ނ. (ލ) ހުއިފިލަނޑާ.

ހުއިފޮލަޑަ

ނ. (ސ) ހުއިފިލަނޑާ.

ހުއިފޮޑަލަ

ނ. (ށ) ހުއިފިލަނޑާ.

ހުއިތަނޑިމުގުރާން

ނ. އިލޮށި ހާ ހިމަކޮށް ހުންނަ ކަޅުރަތް ކުލައިގެ އެމެއް.

ހުއިތޮށި

ނ. (ސ) ތުނިރިނދަލިހެން ހުންނަ ކުދިކުދި އެއްޗެއް. މިއީ ގޮނޑުދޮށަށް ކަށިވެލި އަރާހެން އަރާ އެއްޗެކެވެ. ގިނައިން މިއަރަނީ އައްޑުއަތޮޅަށެވެ.

ހުއިގަނޑުމަސް

ނ. (ޅ) ޅަ ލަނޑާ.

ހުއިސުން

ނ. 1 މީރުވަސްދުވާ ތޫނު ހިތިރަހަދޭ މުލެއް. 2 ހުވަނދު ބޭހުގެ ބާވަތެއް.

ހުއްބު

ނ. 1 އިހުގައި ކޮންމެ ބުރާސްފަތި ދުވަހަކު ހަވީރު މެދުޒިޔާރަތް ދޮށުގައި މާމުދިން ބޭކަލަކު ކިޔަވާ ކިޔެވެއްޔެއް. 2 (އ) ނިލަމެހިތެރޭގައި ހުންނަ ދޮންނޫކުލައިގެ އެމެއް

ހުއްބުކޭން

ނ. ހުއްބުކިޔަވާ މީހާއަށް، ކައްކާ ބަދިގެއިން، ގެންދާ ބޮނޑިބަތް މަލާފަތެއް.

ހުއްބޮއި

ނ. (ގ) ކަށިކޭލުގެ އޮށް ފަޅާލައިގެން ނަގާ ހަލާކުނުވެ ރީތިކޮށް ހުންނަ މަދު

ހުއްކަރަ

ނ. (ސ) ފަތުލި ހަކުރު.

ހުއްކަރެ

ނ. (ގ) ފަތުލިހަކުރު.

ހުއްކަރޮ

ނ. (ސ) ފަތުލިހަކުރު.

ހުއްދަ

ނ. 1 އިޒުނަ. 2 ކަމެއްކުރުމަށްލިބޭ އަމުރު. 3 ނއ. ދީނުގައި ކުރުމާ ނުކުރުން ހަމަހަމަ.

ހުއްދަބަލައިދިއުން

މ. ގަނޑުވަރުތެރޭ ބޭފުޅުންނާއި، ދައުލަތުގެ ކުރިޔަށް ތިއްބެވި ބޭފުޅުން ތިއްބަވާ ތަންތާނގެ ކައިރީގައި ތިބޭމީހުން އެބޭފުޅުން ތިއްބަވާ ތަންތާނގެ އެތެރެ ފެންނަވަރުގެ އުސްތާކަށް އަރަން ޖެހިއްޖިއްޔާ، އެކަމުގެ އިޒުނަ ހޯދަން އެތަން ތަނަށް ދިއުން.

ހުއްދަނެގުން

މ. އަމުރު އަތުލުން

ހުއްދަކަން

ނއނ. 1 ދީނުގައި ކުރުމާ ނުކުރުން ހަމަހަމަކަން. 2 އިޒުނަ ލިބިފައިވާކަން.

ހުއްދަކުރުން

މ. 1 އިޒުނަ ލިބިގެންވާ ކަމަކަށް ހެދުން. 2 ހަލާލު ވާ ގޮތް ހެދުން.

ހުއްދަވުން

މ. 1 ހަލާލުވުން. 2 އިޒުނަލިބިގެންވުން. 3 މަނާކަންކެނޑުން.

ހުއްދަފަތާނިކުތުން

މ. އިހުގައި ހުއްދަފަތާއި ޚިލާފަށް ހިނގާ ކަންތައް މަނާ ކުރުމަށް ވެރިކަމުގެ ފަރާތުން ބަޔަކު ނެރުން.

ހުއްޓައިލުން

މ. 1 ނުހިނގާގޮތް ހެދުން. 2 ނުގުޑާގޮތް ހެދުން. 3 ނުހެލޭގޮތް ހެދުން. 4 ނިންމާލުން.

ހުއްޓި

ނ. 1 ފުރާޅު ބަނުމުގައި ހުރަހަށް ބަހައްޓާ ދަނޑި. 2 ފުޅަށް އެޅުމުގައި ދުރު ދޭތެރެ ބައްދާން ބަހައްޓާ ދަނޑި. 3 ފުޅަލީގައި ކޮޅަށް ބަހައްޓާ ދަނޑި. 4 ލިޔާއިރު ޖުމުލަ ނިމުމުގައި ޖަހާ ތިކި. (ފުލުސްޓޮޕް.)

ހުއްޓިހުރުން

މ. 1 ނުހިނގާ ހުރުން. 2 ނުގުޑިހުރުން. 3 ނުހެލި ހުރުން.

ހުއްޓުން

މ. 1 ނުހިނގުން. 2 ނުގުޑުން. 3 ނުހެލުން. 4 ނިމުން. 5 މަރުވުން. 6 (މަލިކު) ވަރިކުރުން.

ހުއްޓެކުންފަތާވަތާ

ނ. (ގ) ކުނބުގެ ދިރުނބަލުން އޮންނަވަތް.

ހުއްޔެ

ނ. (ހ) 1 ލޫޅާފަތި އަންހެނުން. 2 އަންހެންކުދިންގެ ވަނަމެއް.

ހުއްޖަތް

ނ. 1 ބަހުން ދައްކާހެކި. 2 ކަމެއް ސާބިތުކޮށް ދިނުމަށް ދައްކާ ދަލީލު. 3 މަކަރު. 4 ދައްކާ ބަހަނާ.

ހުއްޖަތްދެއްކުން

މ. 1 ދަލީލު ދެއްކުން. 2 ހެކިދެއްކުން.

ހުއްޖެހުން

މ. (ޏ،ސ) 1 ކުޑަކުދީން ކަންކަމަށް އެދި އާދޭސް ކުރުމުގެ ގޮތުން ކުސްތެޅުން. 2 ލޯބިކުރުމުގެ ތެރޭގައި އުނހު، އުނހު މިއަޑު އިއްވުން. 3 ހުނހު، ހުނހު،

ހުވަނދު

ނ. 1 މީރުވަސް. 2 މީރުވަސްދުވާތަކެތި. 3 މަޖްލިސް މަޖްލިސްގައި ދޭން ގެންގުޅޭ އަތަރުފަދަ ތަކެތި.

ހުވަނދުފަރުވާ

ނ. ގަސްގަހާގެއްސާއި މާމެލާ މެލިން ނަގާ އަތަރާއި ހުވަނދު ބޭނުންކޮށް ގެން ދޭ ފަރުވާއެއް.

ހުވަނދުހެދުން

މ. މަޖްލިސް މަޖްލިސްގައި ހުވަނދު ދޭން ފިނިފެނާއި، މީރުވަސްދުވާ އަތަރާއި، ސެންޓް ފަދަ ތަކެތި އެއްކޮށް ތައްޔާރުކުރުން.

ހުވަނދުބުލިބުލި

ނ. މަޖްލިސް މަޖްލީހުގައި ދޭ ހުވަނދު އަޅައިގެން ގެންގުޅޭ ކަންވާރު.

ހުވަނދުބޭސް

ނ. މީރުވަސްދުވާ ބޭހުގެ ބާވަތްތަކެއް. އެއީ ކެލާ، ބޮކަރު، ކަޅަނގާރި، ލާދަން، ފޮތި ހުވަނދު، މަހުލަނބޯއޮށް، ކޮއްޗޭފަތް، ހުއިސުން، ކުމުންޒާނި މިއެވެ.

ހުވަނދުކެލާ

ނ. ކެލާ ގަހުގެ ލަކުޑި. މިއީ ދިވެހި ބޭހުގައި ބޭނުންކުރާ އެއްޗެކެވެ. މިއަށް ހުވަނދު ކެލާ ކިޔަނީ ކެލާގެ ވައްތަރުތަކުގެ ތެރެއިން މި ކެލައިން ދުވާ ކެލައިގެ ވަސް މީރުވެފައި ގަދަވީމައެވެ.

ހުވަނދުމައު

ނ. 1 މީރުވަސްދުވާ ހުދުމަލެއް. ދިވެހީން މާފެންއަޅާން ގިނައިން ގެންގުޅެނީ މިމަލެވެ. 2 މާކެޔޮޅުކަމުގެ އިސްޠިލާޙުގައި، އެންމަހުގައި އަޅާފުޅަ.

ހުވަނދުމިރިގަނޑު

ނ. ލޮލުގައި ރިހޭތީ ނިއްކުރީގައި އަޅާން ހުވަނދުބޭހާ، މިރިޔާ އެއްކޮށްގެން ހަދާ ބޭސްގަނޑެއް.

ހުވަނދުގޮށި

ނ. ހުވަނދުއަޅާން ބިލެތްގަނޑަކުން ރޫޖައްސައިގެން ހަދާގޮއްޓެއް. މިއީ ހުކުރު ދުވަހު ހުކުރުކުރާ ޚަޠީބެއްގެ ގެއިން މުދިން ބޭކަލަކު މިޙްރާބުގޭގައި ތިއްބަވާ ބޭކަލުންނަށް ދޭން ހުވަނދު ގެންގޮސް އުޅުނު އެއްޗެކެވެ.

ހުވަނި

ނ. 1 ހޫނުމޫސުމަށް ބައެއްގަސްގަހުގައި އަޅާ ވިހަފަންޏެއް. މިޖެހުނީމާ ގައިކަހައި ބިހިނަގައެވެ. 2 (ޏ،ސ) ކަޅުބިލަމަސް ބާނާ ބުޅި.

ހުވަނިކޮކާ

ނ. ކޮކާލުގެ ބާވަތެއް މިއީ ހުވަނިން އުފެދޭ ކޮކާލެކެވެ.

ހުވަން

ނ. 1 އަށާވީސް ނަކަތުގެ ތެރެއިން ތޭވީސްވަނަ ނަކަތް. 2 އިރުވައި މޫސުމުގެ ހަތަރުވަނަ ނަކަތް. 3 އެއްޗެއްގެ ޚަބަރު. މި ބަސްގިނައިން ކިޔައި އުޅެނީ "ހިލަން" މި ބަހާ ގުޅުވައިގެންނެވެ. މިސާލު: އޭނާގެ ހުވަން ހިލަން ވެސް ނުވެޔޭ ބުނެފި ނަމަ އެއީ އޭނާގެ އެއްވެސް ޚަބަރެއް ނުވެއޭ ބުނުމެވެ. 4 (ޏ،ސ) ނަގުލުވައި. [ބޯދާ] 5 މައްޗަށް އެރުން.

ހުވަންހިލަން

ނ. 1 ލިސާން. 2 ޢަލާމާތް. 3 ޚަބަރު.

ހުވަކުރުން

މ. 1 ފަސޭހަކުރުން. 2 ލުއިކުރުން.

ހުވަފަތްކަން

ނއނ. ފިރިމަރުވީމާ އެމީހާއަށް ލިބޭ އެކަނިވެރިކަން.

ހުވަގޮށް

ނ. ފެނުތެރޭގައި ހެދޭ ގަހެއްގެ ގަސްގަނޑު. މިއީ ޒަވި ފޮނިވަހެއް ދުވާ އެއްޗެކެވެ. މި ހިއްކައި ފައި ހުންނައިރު ފަތްބުޑުތައް ހުންނާނީ ގޮށެއް ގެ ސިފައިގައެވެ. މިއީ ކީލި ގިނަ އެއްޗެކެވެ. މި ބޭނުންކުރަނީ ދިވެހި ބޭހުގެ ތެރޭގައެވެ.

ހުވާ

ނ. 1 މާތް ރަސްކަލާނގެ ރަސްކަންފުޅު ގަންދީބުނާ ބުނުން. 2 ޝަރީޢަތުގައި ކަމެއް ކަށަވަރު ކުރުމަށް ޓަކައި ވާގާލު. "ބުނާބަސް"

ހުވާގެކައްފާރަ

ނ. ހުވާ އުވައިލުމުން ނުވަތަ ދޮގު ހުވާ ކުރުމުން އެކަމުގެ ފާފައިން ސަލާމަތް ވުމަށް ކުރާ ކަންތައް.

ހުވާސްނެތުން

މ. ކޮންމެ އެއްޗެއް ނަމަވެސް އޭގެ އެއްވެސް ކަހަލަ އަސަރެއްނެތުން.

ހުމޭކޮތަރު

ނ. (މަލިކު) މަސްކާށިދޫނި.

ހުފާ

ނ. (ގ) 1 އަތްބައްތި ނުވަތަ ފުޅިބައްތީގެ ފީތާ. 2 ވޮށަށް ލައްވާ ފުއް.

ހުފީބަތެ

ނ. (ގ) 1 މަތިކަރާބޭސް ލައިގެން ހަނޑުލުގައި ކައްކާ ބޮނޑިބަތެއް. 2 ކުޅި ބޮނޑިބަތް. 3 ފުއްޕި ބަތް. މިތަފާތު ސިފަ ސިފައަށް ހިކި ކެޔޮފަތުގައި ބަންދުކޮށްފައި ހުރެއެވެ.

ހުދު

ނ. 1 ކަޅުގެއިދިކޮޅު. 2 ކަފައިގައި ހުންނަކުލަ. ނަންއިތުރެއްގެ ގޮތުންވެސް މިބަސް ބޭނުންކުރެއެވެ.

ހުދުހަން

ނ. އަތްތިލަޔާއި ފައިތިލައިގެ ބަނޑުފުށުގައި ހުންނަހަން.

ހުދުހަކުރު

ނ. (ސ) ސާފުކޮށްފައި ހުންނަ ދޯބުރާލިހަކުރު.

ހުދުހިރު

ނ. ފޭލީގައި ދިގަށް ހުންނަ ހުދުރޮނގު.

ހުދުހިލަފާޖާރު

ނ. ވިހައިގެ ބޭހެއް. މިއީ ހުދުކުލައިގެ މަޢުދަނީ އެއްޗެކެވެ.

ހުދުހުއްފެލާ

ނ. (ގ،ސ) ހުދުހުތްޕިލާ.

ހުދުހުއްޕުލާ

ނ. (ގ) ހުދުހުތްޕިލާ.

ހުދުހުދާ

ނ. ބޮލުގައި ހުޅިއެއްހުންނަ ތިއްތިއްޖެހި ކުޑަވަރެއްގެ ދޫންޏެއް.

ހުދުހުތްފިލާ

ނ. ހުދުހުތްޕިލާ.

ހުދުހުތްޕިލާ

ނ. ތިރިކޮށް ހެދޭގަހެއް. މީގެ ކޮންމެ ފަތްވަޅެއްގައި ހުދުކުލައިގެ ކުޑަކުޑަ މާބޮޑިއެއް ހުންނާނެއެވެ. ފަތްހުންނާނީ ދެކޮޅަށް ހިމަކޮށް، ވަރަށް ކުދިކުދިކޮށެވެ. މީގައި ކިރު ވަރަށް ގިނައެވެ.

ހުދުހެލަކަންފަތް

ނ. (ޏ) ހިލަކަންފަތި.

ހުދުރަން

ނ. ހުދުކުލަގައި ހުންނަ، ވަރަށް އަގުބޮޑު މަޢުދަނެއް. މިއީ، ނާދިރު ހަ، މަޢުދަނުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިވިރެނީ އެއްހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓު ފަހެއް ޑިގްރީ ސެންޓިގްރޭޑަށް ހޫނުކަންގޮސް ގެންނެވެ.

ހުދުރަންކަރު

ނ. ބޭސް ހަދަން ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް. މިއީ ވިހައިގެ ބޭހެކެވެ.

ހުދުރާތް

ނ. އަންހެނުންލައިއުޅުނު ފޭރާންދެރަ ލިބާހެއް. މިއީ ރާއްޖޭގައި ވިޔެއުޅުނު ލިބާހެކެވެ.

ހުދުރުވާ

ނ. ރުވާގަހުގެ ބާވަތެއް. މީގެ މަލާއި ތަނޑު ހުންނާނީ ހުދުކުލައިގައެވެ.

ހުދުރޮނޑު

ނ. ރޮނޑުގެ ބާވަތެއް. މިރޮނޑުގެ ހަށިގަނޑު ހުންނަނީ ހުދުކުލައިގައި ވަރަށް އޮފުގަދަކޮށެވެ. ހަންގަނޑުގެ ކޮތަރިން ތިރިއަށް ހުންނާނީ ހުދުކަލައެވެ. ބޮލާ ހަށިގަނޑާ ގުޅުނު ހިސާބުގައި ހުރަހަށް ކަޅުކުލައިގެ ދެ ރޮނގު ހުންނާނެއެވެ. ބުރަކަށީގެ މަތީ ކޮތަރިބައި ފެށޭ ހިސާބުގައި ކަޅުކުލައިގެ ކައްޓެއް ހުންނާނެއެވެ.

ހުދުބަލި

ނ. ބަރޮސްބަލި. މިބަލީގައި ގައިގެ ތަންތަން ހުދުވާނެއެވެ.

ހުދުކަޅި

ނ. ލޮލުގެ ކަޅުކަޅި ވަށައިގެންވާ ހުދުތަން.

ހުދުކައިރު

ނ. 1 ބޭސްހަދަން ގެންގުޅޭ ކައިރެއް. 2 އާދައިގެ ކައިރަށްވުރެ ކުލަމަޑު ކައިރުގެ ބާވަތެއް.

ހުދުކިއްތާނި

ނ. ހުދުސުތުލި ވަކައިން ވިޔެފައި ހުންނަ ބޯ ފޭރާން.

ހުދުކުރިކައްޓަލަ

ނ. މޭޒުމަތީ ކައްޓަލަ.

ހުދުކޮކާ

ނ. ދެމޫސުން ބެދޭއިރު ރާއްޖެއިން ފެންނަ ކުދިހުދު ކޮކާލެއް.

ހުދުކޮކާބޮލި

ނ. 1 ކޮކާބޮލީގެ ހުދުވައްތަރު 2 ލައްޖެހިކޮކާބޮލި

ހުދުއަނދުން

ނ. ލޮލުބޭހަށް ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް.

ހުދުއަސޭމިރުސް

ނ. ތޮށިފިލުވައިފައި ހުންނަ އަސޭމިރުސް.

ހުދުއިސްބަގުލު

ނ. އިސްބަގުލުގެ ހުދުބާވަތް.

ހުދުއުއްދަނޑި

ނ. އުއްދަނޑީގެ އެންމެމޮޅު ބާވަތް. މީގެ ބޭރު ހުންނަނީ މަޑުފެހި ކުލައެއްގައެވެ.

ހުދުވައިގުގޫ

ނ. އާދައިގެވައިގުގުލަށްވުރެ ސާފުކޮށް ހުދުކޮށް ހުންނަ ވައިގުގުލެއް.

ހުދުވެސްލީނު

ނ. ތަކެތިއެއްނުކޮށް ހުންނަ ބޭހަށް ގެންގުޅޭވެސްލީނު.

ހުދުމަޅު

ނ. ބޭހަށްގެންގުޅޭ ވައްތަރެއްގެ ލާއްޓެއް.

ހުދުމާވަހަރު

ނ. ހުދުއަޅިކުލައިގެ މާވަހަރު.

ހުދުފިހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހުދުފުއްފިލާ

ނ. ކުދިކުދި ހިމަގޮފިތަކެއްގައި ފެހިކުލައިގެ ކުދިކުދި ފަތްތަކެއްހެން ހުންނަ ހުދުކުލައިގެ މާތަކެއް ފޮޅޭ ކުދިކުދިއޮށް ތަކެއް އަޅާ ބިމަށްތިރިކޮށް އެއްތެދަށް ހެދޭ ފިލާވެއްޔެއް. މިގިނައިން ހެދެނީ ދަނޑުބިންތަކާއި ރަށްރަށުގެ ހޭޅިފަށުގަ އެވެ.

ހުދުފުށް

ނ. 1 ހުދުކުލައިގެ ފުށް 2 ބަނޑުފުށް. މިބަސްގިނައިން ކިޔައިއުޅެނީ މަސްމަހާމެހީގެ ބަނޑުފުށަށެވެ.

ހުދުފުށްވުން

މ. 1 މަސްމަހާމެހި ބަލިވެ ވަރުދެރަވެގެން ނުވަތަ މަރުވެގެން ބަނޑުފުށް މައްޗަށްޖެހުން. 2 [މަޖާޒު] އެމީހެއްގެ ދިރިއުޅުމުގައި ކުރާ މަސައްކަތް ނުވެވޭގޮތްވެ، ގޮތް ހުސްވުން.

ހުދުފިއްފިލާ

ނ. ހުދުހުތްޕިލާ.

ހުދުފުއްފިލާ

ނ. (ބ) ހުދުހުތްޕިލާ.

ހުދުފޫއެނބުރި

ނ. ފޫއެނބުރީގެ ތެރޭގައި ހުންނަ ހުދުކުލައިގެ ބާވަތް.

ހުދުތަން

ނ. ލޮލުގެބައްޔެއް. ލޮލުގެ ކަޅުކަޅީގައި މަލެއްގެ ސިފައަށް ނުވަތަ ހުނޅުބެއްގެ ސިފައަށް ޖަހާ ހުދު ތަންކޮޅެއް.

ހުދުލައްފާނަ

ނ. ފާނައިގެބާވަތެއް. މިމަހުގެބޮލުގެ ދިގުމިން ހަށިގަނޑު ގެއެންމެ ފުޅާ ހިސާބަށްވުރެ ދިގުވާނެއެވެ. މަހުގެ ބޮލުމަތިންދެ ލޮލުގެ ދޭތެރެ ހުންނަނީ އެއްވަރަކަށް ފަތާ ކޮށެވެ. މަހުގެ ކަރުތާފަތުގެ ކޮޅުހުންނާނީ ކޮޅަށް އޫ ކޮށެވެ. އަދި ކަރުތާފަތުގެ މަތީބައި ހުންނަނީ ވަރަށް ތެދަށެވެ. މިމަހުގެ ކުލައަކީ ކަޅުކުލައަކަށް ދާ ގަދަމުށިކުލައެވެ. މަހުގެ ބޮލުގައްޔާއި ހަށިގަނޑުގައި ހުދުކުލައިގެ ލައްތަކެއް ވަރަށްފާޅުކޮށް ފެންނަން ހުރެއެވެ.

ހުދުލަފު

ނ. 1 އިންސާނުންގެ ހަމުގައިނަގާ ހުދުކުލައިގެ ބައްޔެއް. 2 ބައެއް ޖަނަވާރުގައި ހުންނަ ހުދުކުލައިގެ ތަންތަން.

ހުދުލޯ

ނ. ލޮއިގެ ހުދުބާވަތް.

ހުދެހިރާ

ނ. (ގ) ބޯވަޅުއެޅިލިބާހުގެ ރޮދިގަނޑުގެ މައްޗާއި ތިރީގައި އޮންނަހިރު.

ހުދެންމަސްދަރި

ނ. (ހ) އެމުގެ ބާވަތެއް. މިއީ ބުރަކަށި މަތީގެ ކޮތަރިބައި މަޑުނޫކުލައެއް ހުރެފައި ބަނޑުދައްފަރާތް ހުދުކުލައިގައި ހުންނަ ދެ އިންޗިވަރުގެ ކުދިއެމެކެވެ. މިގިނައިން ހުންނަނީ އެން ދަމާއިރު އެން ތަކުގެ ތެރޭގައެވެ. މިގިނައިން ހުރެއްޖެނަމަ، މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.

ހުދެކުރިކައްޓަލަ

ނ. (ގ) ހުދުކުރި ކައްޓަލަ.

ހުތުރު

ނއ. 1 ރީތިކަމުގެ އިދިކޮޅު. 2 ބަލާހިތްނުވާ. 3 ސިފަ ރީތިނޫން.

ހުތުރުބަސް

ނ. އަދަބާ ޚިލާފުގޮތަށް ބުނެއުޅޭބަސް. މިސާލު: "ކާށޭ" ބުނުމުގައި "ކޮފާށޭ" ބުނުން. ވާހަކަ ނުދައްކާށޭ ބުނުމުގެ ބަދަލުގައި "އަނގަ ނުގަޅާށޭ" ބުނުން.

ހުތުރުކަން

ނއނ. 1 ސިފަ ރީތިނޫން ކަން. 2 ޝަރީޢަތާއި އަދަބާ ޚިލާފުކަން.

ހުތް

ނ. 1 ލުނބޯއާއި ބިލަމަގު ފަދަތަކެތީގެ ދިޔަ. 2 ލުނބޯ އާއި ނާރިނގާއި ބަނބުޅަބޮސް ފަދަ ތަކެތީގެ ތެރޭގައި ހުންނަ ފިތްނުވަތަ ބައި. 3 ރުކުރާ މޭބިސްކަދުރު ދިޔަ ފަދަ ތަކެއްޗަށް ވަކި މުއްދަތެއްވުމަށްފަހު ކިޔާނަން. 4 ލުނބޯ އާއި ބިލަމަގު ފަދަތަކެތީގައި ހުންނަރަހަ. މިބަސްނަން އިތުރެއްގެ ގޮތުންވެސް ބޭނުންކުރެއެވެ. މިސާލު: {ހ} ހުތް އަންނާރު. {ށ} ހުތް ކުންނާރު. 5 (އ) މޫދުތެރޭ ގަލުގައި ހިއްޕައިގެން އިންނަ އެއްޗެއް. 6 [މަޖާޒު] ނުބައި ކަމަކަށް ދޭނަސޭހަތް

ހުތްބުއި

ނ. އެމުގެ ބާވަތެއް. މިއީ ނިލަމެހި ފާޑަށް ރަތްކޮށް ފަތިކޮށް ހުންނަ އެމެއް.

ހުތްބޭސް

ނ. ހަމުގެ ބައެއް ބަލިބަލީގެ ބޭހަށް ގެންގުޅޭ ބާވަތެއްގެ އަލިފާން އާތްވެއް.

ހުތްކުންނާރު

ނ. 1 ހުތްގަދަ ކުންނާރު. 2 (ޏ،ސ) ވިލާތުކުންނާރު.

ހުތްމަސްކާށި

ނ. ލައިގެން ކާއެއްޗެއް. މިހަދަނީ ކިހައް، ހިކިމަސް، ކާށި، ފިޔާ، ހުތް، މިރުސް، ލޮނު، މިތަކެތި ލައިގެންނެވެ.

ހުތްފޮނި

ނއ. ހުތްރަހަޔާއި ފޮނިރަހަ އެކުލެވިގެންވާ.

ހުތްދިނުން

[މަޖާޒު] 1 ތިމާ ބޭނުން ގޮތަކަށް އަނެކަކު އަނބުރައިލުމަށް ޓަކައި ވާހަކަ ދައްކައިގެން ހެއްލުން. 2 ނުބައި ކަމަކަށް ނަސޭހަތް ދިނުން.

ހުތްތެޔޮ

ނ. ރާހުތް އަޅައިގެން ހަދާ ވައިތެލެއް. މިތެޔޮ އުނގުޅަނީ ތަންތަން ޅައި ކުރާށެވެ.

ހުތްޖަޑާ

ނ. (ޏ) ނާރިނގު ވައްތަރުގެ ބޮޑުހުތް ލުނބޮއެއް.

ހުލި

ނ. 1 ގަސްގަހުގައި އަޅާ އާދައާއި ޚިލާފަށް ކުދިވެ ބޭނުންނުހިފޭގޮތް ވެފައި ހުންނަވައް. 2 މަދު ނުހުންނަ އޮށް. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަ ވާއިރު އެއަށްލިބޭންވީ ސިފަ އުނިވެފައިވާ ބާވަތް. 4 އެނދުމުގެ ސަބަބުން ނެތިގެންދާ ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކު ފަދަތަކެތި އާތްވަށްވެގެންދާ ދިއުން. 6 ލޮނުމެދު ކާފޫރުތޮޅި ފަދަތަކެތި ހިކެމުން ކުޑަވަމުންދާ ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުންދާ ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ، މިބަސް ބޭނުން ކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުލިހުލި

ނއ. ހުލިކަންބޮޑު.

ހުލިހުލިކަކުނި

ނ. މޫދުގެ ގާތަކުގެ ތެރޭގައިއުޅޭ ކުރެހުންއެޅި ދުލިބާލާ ކަކުންޏެއް.

ހުލިކުރުން

މ. 1 ދުންގަނޑު ނުވަތަ ބިޑި، ސުއްޓާ، ސިނގިރެޓު ފަދަތަކެތި ބޮއިބޮއި ހުސްކުރުން. 2 [މަޖާޒު] އަނެކެއްގެ މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ދިނުން.

ހުލިވުން

މ. 1 ގަސްގަހުގައި އަޅާ މޭވާ ފަދަ ތަކެތި އާދަޔާ ޚިލާފަށް ކުދިވެ ބޭނުން ހިފޭގޮތް ނުވުން. 2 މަދުހުންނަ އޮށުގައި މަދުނެތުން. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަވާއިރު އެއަށް ލިބޭންވީ ސިފަ އުނިވެފައިވުން. 4 އެނދުމުގެ ސަބަބުން ނެތިގެން ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކުފަދަ ތަކެތި އާތްވަށް ވެގެން ދިއުން. 6 ލޮނުމެދު ކާފޫރުތޮޅިފަދަ ތަކެތި ކުޑަވަމުން ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުން ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ. މިބަސް ބޭނުންކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުލުހާ

ނ. (ގ) 1 ކަބީލާގައި އަޅާނަޓު. 2 ފުލުސް.

ހުލުހުލުކަކުނި

ނ. ހުލިހުލިކަކުނި.

ހުސިޔާރު

ނއ. 1 ވިސްނުން ތޫނު. 2 ކަންތަކަށް ކުޅަދާނަ. 3 ޗާލާކު.

ހުސިޔާރުވުން

މ. 1 ވިސްނުންތޫނުވުން. 2 ކަންތަކަށް ކުޅަދާންވުން. 3 ޗާލާކުވުން.

ހުސެންދަރި

ނ. 1 އޮޑިދޯނިފަހަރުގެ ހުރަސްފިލާގެ ދެކޮޅުގައި ވާއައްސާން ލަކުޑިން ޖަހާފާ ހުންނަ ދެމޫޓު. 2 (ޏ،ސ) އޮޑިދޯނިފަހަރުގެ ދިރުނބާކޮޅުގައި ވާއައްސާން ހުންނަ ދެމޫޓުގެ ތެރެއިން ކުޑަވަނި ފަރާތުގައި ހުންނަ މޫޓު.

ހުސް

ނއ. 1 އެއްޗެއްނެތް. މިސާލު: މިއީ ހުސްފުޅިއެކޭ ބުނެފިނަމަ އެއީ އެއްޗެއްނެތް ފުޅިއެކެވެ. 2 މުޅީން. 3 އެކީ. މިސާލު: މިދަތުރުގެނައީ ހުސްހަކުރޭ ބުނެފިނަމަ އެއީ މިދަތުރު ގެނައީ މުޅިން ހަކުރެވެ. ނުވަތަ މިދަތުރު އެކީގެނައީ ހަކުރެވެ. 4 މީހަކުނެތް. މިސާލު: ހުސް މަޤާމް. 5 ހަމައެކަނި. މިސާލު: ކެއީ ހުސްބަތް.

ހުސްނުހީނާ

ނ. މީރުވަސްދުވާ މަލެއް އަޅާގަހެއް. މިއީ ވާކޮށްފެތުރި ހެދޭގަހެކެވެ. މިއީ ފަތްގިނަ ގަހެކެވެ. މާހުންނާނީ މަޑުފެހިކުލައިގައި ކޯޅި ކޯޅި އަށެވެ. މި މާ ހުންނާނީ ކުޑަކޮށް ހިމަދިގު ކޮށެވެ. މީގެ މަލުގައި ހުންނަނީ ފަސް ފިޔައެވެ. މި ގަހުގައި އަޅާ މާ ހަތްފަހަރަށް ފޮޅެއެވެ.

ހުސްބުޅީގައިގަތުން

މ. 1 އެންނާޅާ ބުޅީގައި މަސްގަތުން. 2 [މަޖާޒު] ފިރިހެނަކު ކޮށްލާ ކުޑަކުޑަ އިޝާރާތަކަށް އަންހެނަކު ޖިންސީގޮތުން އިޖާބަދިނުން.

ހުސްކަރުބެއްދުން

މ. (ލ) ފުސްކަރުބެއްދުން. މިއީ ހިފުމުގެތެރޭ ގެންގުޅޭ ބެއްދުމުގެ އުކުޅެކެވެ. ނުވަތަ ބައްދާ ބެއްދުމެކެވެ.

ހުސްފުށަތުންލުން

މ. ފަސްއޮށް ކުޅޭއިރު ކުރާކަމެއް. މިކަންކުރާގޮތަކީ، ފަސްއޮށްބައި މައްޗަށް އެއްލައި އަތުގެ ފުށަށް ދިމާކޮށް ފުށަތަށް އެޅުނުއޮށްތައް ފުށަތުން މައްޗަށް އެއްލައި ހިފުމެވެ.

ހުސްގަޔާ

ނއ. ގަޔަށް އެއްޗެއް ނުލައި. މިބަސް ބޭނުން ކުރަނީ ފިރިހެނުންނަށް ނިސްބަތް ކޮށެވެ.

ހުސްޖެހުން

މ. ކަމަކާނުރުހިގެން ނުވަތަ މާލާމާތަށް އިއްވާލެވޭ އަޑު އިއްވުން.

ހުޑުހުލި

ނ. (ޏ،ސ) ފަރުމަހުގެ ބާވަތެއް. މިއީ ރިހިކުލައެއްގެ ފަތިކޮށް ހުންނަ މަހެކެވެ.

ހުޑުލި

ނ. (ސ) މަހުގެ ނިގުލުގައި ތިއްކެއްހުންނަ، ލަނޑަޔާވައްތަރު މަހެއް. މިއުޅޭނީ ދޮންފަޅު ފަޅުގައެވެ.

ހުޑޫ

ނ. (ސ) ފިލޮޅު ޒާތުގެ މަހެއް. މީގެ ނަގޫފަތުގައި ލަފެއް ހުންނާނެ އެވެ. މި މަހުގައި ވަރަށް ބޯކޮށް ހުޅުނބުހުންނާނެ އެވެ. މި މަސް ހުންނަނީ ހުދުކުލައެއް ގައެވެ.

ހުޓެކުންފަތުވަތާ

ނ. (ގ) ބޮޑުވަތް މަސްދޯނީގެ ކޮޅުފަހުން ދިރުނބަލަށް ފަސްވަނަ ވަތް.

ހޫ

ނ. (ޏ،ސ) 1 ލޯލި. 2 އުއްދަނޑިފަތާއި އޮނުފަތް ފަދަ ފަތްފަތުގައި ހުންނަ ތޫނު ކެހެރި. 3 (ލ) ހުއި.

ހޫނިފެލާ

ނ. (ސ) ހުނިގޮނޑިލާ.

ހޫނު

ނ. 1 ފިނީގެއިދިކޮޅު. 2 އަލިފާނާއި ކައިރިވީމާ ކުރާއަސަރު. 3 އަވީގައި ހުރީމާ ހަށިގަނޑަށް ކުރާ އަސަރު. 4 (ގ) ކާށިހުނި. [މަޖާޒު] 5 ރުޅި. 6 ފޯރިގަދަ. 7 ގަދަޒުވާބު.

ހޫނުބަތެ

ނ. (ގ) ހުނިލީބަތް.

ހޫނުބޮނޑިއެޅުން

މ. ހޫނުބޮނޑި ލޮލުގައި ޖައްސައި ބޮނޑިތާން ކުރުން.

ހޫނުކަން

ނއނ. 1 ފިނީގެ އިދިކޮޅުކަން. 2 އަލިފާނާއި ކައިރިވީމާ ހޫނުގެ އަސަރުކުރާކަން. 3 އަވީގައި ހުރީމާ ހަށިގަނޑަށް ހޫނުގެ އަސަރުކުރާކަން. [މަޖާޒު] 4 ރުޅީގެ އަސަރު ހުރިކަން. މިސާލު: މިއަދުގެ މެޗު ހުއްޓާލީ މާބޮޑަށް މެޗު ހޫނުވުމުގެ ސަބަބުންނެވެ. 5 ފޯރިގަދަކަން. 6 ގަދަ ޒުވާބު ކުރާކަން.

ހޫނުއުޅާ

ނ. މެދުއިނގިއް ޔާއި ބޮޑުވައި އިނގިލިން އަތުކުރީގައި ވަށައިގެން ހިފައި އަނބުރަމުންކުރާ ތަދު.

ހޫނުއުޅާއެޅުން

މ. މެދުއިނގިއް ޔާއި ބޮޑުވައި އިނގިލިން އަތުކުރީގައި ވަށައި ހިފައި ތަދުކުރުން.

ހޫނުވައި

ނ. 1 ހޫނުކަން ހުންނަވައި. 2 ފަރުބަދަމަތިން ސަހަރާއަށް އަންނަ ވައި. މިވައިގައި ދިލަހޫނެއް ހުރެއެވެ.

ހޫނުވުން

މ. 1 ހޫނުގެ އަސަރުކުރުން. 2 [މަޖާޒު] ރުޅިގަދަވުން. މިސާލު: އޭނާ ހުރީ ވަރަށް ހޫނުވެފައެވެ. 3 ކަމެއްގެ ފޯރި ގަދަވުން. މިސާލު: އެމެޗު ވަރަށް ހޫނުވެއްޖެއެވެ. 4 ކަމެއްގެ ތަޙްޤީޤު ފަދަ ކަމެއް މާބޮޑަށް ހޫނުވުން. މިސާލު: އެ މައްސަލަ މިހާރު އޮތީ ވަރަށް ހޫނުވެފައެވެ.

ހޫރައިލުން

މ. 1 އެއްޗެއްގެ އެއްކޮޅުގައި ހިފަހައްޓާފައި އަނެއްކޮޅު ފަރާތް ފަރާތަށް ބާރަށް ގެންދިއުން. 2 ނުރުހިގެން އެއްލައިލުން.

ހޫރާލުން

މ.ހޫރައިލުން

ހޫރުން

މ. 1 އެއްކޮޅު ހިފެހެއްޓިފައިވާ އެއްޗެއްގެ އަނެއްކޮޅު ހެލުން. 2 އަވަސް އަވަހަށް ފަރާތް ފަރާތަށް ދިއުން. 3 [މަޖާޒު] އާވާރާވެގެން އުޅުން.

ހޫބޯށި

ނ. (ލ) މާކަނާފޮށި.

ހޫކު

ނ. އެއްޗެހީގައި އަޅުވާން ނުވަތަ އެއްޗެހި އޭގައި އަޅުވާން ވިރިކެކޭ ތަކެތީން ހަދައިފައި ހުންނަ ބުޅި. މިސާލު: {ހ} ބޯޓު ހޫކު. {ށ} ތަޅުދަނޑި އަޅުވާ ހޫކު.

ހޫކުޅި

ނ. (ގ) ފާނަޔާ ވައްތަރު، ބޮލުގައި ކައްޓެއް ހުންނަ ވިހަ މަހެއް.

ހޫފަތި

ނ. (ގ) 1 ތުނބި. 2 މޫދުވިނައިގެ ތެރޭގައި އުޅޭ މުޅިއެތީގައި ކެހެރި ފަޅައިފައި ހުންނަ ފަންޏެއް. މިފަނި ޖެހިއްޖެއްޔާ ދިލަ ނަގާ ކަހައި ފިތް ނަގާނެއެވެ.

ހޫލަ

ނ. [ނަކަތްތެރި] 1 ނަކަތްތެރީން ނަކަތް ހިމަނާން ގެންގުޅޭ ކުރަހާފައި އޮންނަ ތާވަލު. 2 އެއްޗެއްގެ ބައިތައް ވަކި ވާގޮތަށް ރޮނގު ކުރެހުމުން ކުރަހައި ފައިވާ ކުރެހުން.

ހެހުން

މ.1 ފޭރާއިން ނުވަތަ އެފަދަ އެއްޗަކުން ކާށިފަދަ ބޮނބި ހުންނަ އެއްޗެހީގެ ބޮނބި ނެއްޓުން. 2 ކޮޅަށް ހުރިތޫނު އެއްޗަކަށް އެތެރޭގައި ހޮއި އޮންނަ އެއްޗެއް މަތިން ވެއްޓި އެމުނުން. 3 [މަޖާޒު] ނަހަމަ ގޮތުން ބިކުރު ކަނޑައިލުން.

ހެހެލުން

މ. ހެހުން މިބަހުގެ މާނަ ލުއިކުރުމަށް ބުނެއުޅޭ ގޮތެއް. މިސާލު: "މިކާށި ހެހެލާދީ" މިހެން ބުނެފިނަމަ އެއީ އާދޭހުގެ މާނަޔާއެކުގައި ބަސް ލުއިކޮށްލަނީ އެވެ.

ހެނދިވަޅު

ނ. 1 ލަގޮނޑިވަޅު 2 މޭކަށިގަނޑު ކޮޅުގައި ހުންނަ އަޑިކޮޅު3 ކަންކަށީގައި ހުންނަ އަޑިކޮޅު ފަދަ ތަންތަން.

ހެނދު

ނ. ޤުދުރަތީ ގޮތުން ހެދިފައި ހުންނަ ނެރުކަހަލަ ބޮޑެތި ފުންތަންތަން.

ހެނދުނަ

ނ. (ލ) ހެނދުނު.

ހެނދުން

ނ. ދުވާލުގެ ހަތަރުބައިން ކުރީބައި ނުވަތަ ދުވާލުގެ ފުރަތަމަ ތިންގަޑި.

ހެނދުވުން

މ. 1 ލޯބިން ވަސްގަތުން. 2 ދެޖިންސުގެ ދެމީހުން އެދުންވެރިކަމާއެކީ ލޯބި ކުރުން.

ހެނގާލި

ނ. ހިނގަހަލި.

ހެނޑެލި

ނ. (ގ،ސ) ހޮނޑަލި.

ހެނެވިރަސަ

ނ. [ބޯދާ] 1 ހެނެވި ރަސްގެ. 2 ރަސްކިލަގެ. 3 ބަދަލުގައި ރަސްކަން ހިންގާ ވަޒީރު. 4 ރަނިކަނބަލުންގެ ފިރިކަލުންނަށް ދެވޭ މަޤާމެއް.

ހެން

އ. 1 ކަހަލަ. 2 ފަދަ. 3 އެއްގޮތަށް. މިސާލު “ކަލޭ ބައްޕަ އުޅޭހެން އުޅޭ” 4 ވައްތަރަށް.

ހެންވޭރުޓަކި

ނ. [މަޖާޒު] މާ ބާރަށް ބޮލުގައިޖަހާ ޓަކި. މި ޓަކި ޖެހުމުން މީހުން ބައެއްފަހަރަށް މަރުވެސް ވެއެވެ.

ހެންޑެލި

ނ. ބައެއް ބާވަތުގެ އިންޖީނު ހިންގުމަށް ބާރުލާން ބޭނުންކުރާ މުށްގަނޑު ނުވަތަ އަތްގަނޑު.

ހެރަހަ

ނ. 1 އެންދަމާ ދަލުގެ ދެކޮޅުގެ ދެ ކުރަވި. 2 އަޑަވައި. 3 (ގ،ޏ) ހުރަސް. 4 (ޏ) އަރާކޮށި. މިސާލު: ހެރެހެ އަރައިގެން. "ކޮށި އަރައިގެން"

ހެރަފުހު

ނ. (ލ) ހިރަފުސް.

ހެރަސްދަނޑިގަނޑަ

ނ. (ސ) ދޯނިފަހަރުގެ ފިލާގަނޑުގެ ފަހުފޮތި.

ހެރުން

މ. 1 ތޫނުއެއްޗެއް ތަނަކަށް ވެއްދުން، ނުވަތަ ވަނުން. 2 އެއްޗެއް ތަނަކަށް ނުވަތަ އެއްޗަކަށް ގޯޅައިލުން. 3 (ސ) ފެނަށް ގެނބިގެން ދިއުން.

ހެރަކެނި

ނ. (ސ) އިލޮޅި.

ހެރެޖެހުން

މ. (ސ) ކުކުޅު ފަދަތަކެތި ފައްސާލީމާ ފިލަންވެގެން ގޮސް ތަނަކަށް ބޯކޮށްޕައިލައިގެން އިނުން. (ބޮނދާ އިނުން)

ހެބަޑޮ

ނ. (ސ) ބޮޑެތިލަނޑާ.

ހެކިބަސްހިފުން

މ. ހެކިދޭމީހާގެ ބަސް ޤަބޫލު ކުރުން.

ހެކިކުރުން

މ. ހެއްކެއް ކަމުގައިލުން.

ހެކިވުން

މ. 1 ތެދުކޮށް ޤަބޫލުކުރުން. 2 ހެއްކެއް ކަމުގައިވުން. 3 އެހެން މީހަކު ނުވަތަ ބަޔަކު މީހުން ބުނިބުނުމެއް، ނުވަތަ ކުރިކަމެއް، ދެނަހުރިކަމަށް ނުވަތަ އަޑުއެހިކަމަށް ބުނެ އެއްބަސްވުން.

ހެކިވެރިވެލާ

ނ. 1 ދެ ވެލާ ޖޯޑުވާއިރު ބަލާން އޮންނަވެލާ. 2 [މަޖާޒު] ސިއްރު ގޮތުގައި ދެމީހަކު ޖާމިލުކޮށްފައި ފާރަވެރިވެގެން ހުންނަމީހާ.

ހެކިދެއްކުން

މ. ބަހުގެ ތެދުކަން މައްޗަށް ދަލީލު ދެއްކުން.

ހެކުސަ

ނ. [ބޯދާ] ލައުޙުލް މަޙްފޫޡު.

ހެއި

ނ. 1 ވާނުވާ އެނގުމުގެ ބާރު. 2 ބުއްދި. 3 އަށާވީސް ނަކަތުން ފަނަރަވަނަ ނަކަތް "ހުޅަނގު މޫސުމުގެ ނަކަތެއް" 4 އ. ސުވާލުކުރުމުގެ ޖުމުލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: "އިބުރާހީމް އަތުވެއްޖެހޭ؟" މިބަހަށް "ހޭ" މިހެންވެސް ކިޔައެވެ.

ހެއިނިވައި

ނ. 1 ރަށުގެ ވައިދަށްފަރާތުން ހެއިލާ ހިސާބު. ނއ. [ބޯދާ] 2 ހުންނަ. 3 ބާރަށް ހޭނ ހުނުން.

ހެއިނެއްތުން

މ. ޑޮކްޓަރުން ބަލިބައްޔަށް ފަރުވާކުރުމަށްޓަކައި ޚަބަރު ހުސްވާގޮތް ހެދުން.

ހެއިނެތި

ކއ. ހައިނުކޮށް މިސާލު : "ބުންބާބޭގެ ތުނބުޅީގައި ހޭނެތި ދެކޮތަރުބިސް އަޅަޔޯ"

ހެއިބަލިވުން

މ. (ޏ،ސ) ހޭބަލިވުން.

ހެއިބެލުން

މ. 1 ފަރަކާ ކައިރިވެގެން އަންނައިރު ވަތް ހޭލާތޯ ބެލުން. 2 [މަޖާޒު] ނުރައްކާތެރިކަމެއް ލިބިދާނެ ފަރާތް ފަރާތަށް ވިސްނުން.

ހެއިއެރުން

މ. 1 ވާނުވާ ނޭނގުމަށްފަހު ވާނުވާ އެނގުން. 2 ތަންދޮރު އެނގުން. 3 ނިދިން ހޭލެވުން. 4 ހަމަބުއްދި ލިބުން. 5 ވަތްހޭލާން ފެށުން. 6 އަޑިއެނގެން ފެށުން. 7 ކަމެއްގެ މައްޗަށް ވިސްނުން ތެރިވުން. މިސާލު: އޭނާއަކީ ވިޔަފާރިއަށް ހޭއަރާމީހެކެވެ.

ހެއިމޫސާ

ނ. ޙިޔާލީ ދެއްވެއްގެ ނަން.

ހެއިލުން

މ. 1 ނިދުމަށްފަހު އިހުހުރި ޙާލަށް އައުން. 2 ސަމާލުވުން. 3 އަޑިނޭނގޭ ހިސާބުން އައިސް ވަތް އެނގޭން ފެށުން.

ހެއިލެއްވުން

މ. 1 ނިދައިފައި ވަނިކޮށް ގޮވައި ނެގުން. 2 ސަމާލުކުރުވުން. 3 ކަމެއް އޮޅުން ފިލުވައި ދިނުން. 4 ވިސްނައި ދިނުން.

ހެއިލެވުން

މ. 1 ހޭލެވުން. 2 [މަޖާޒު] ތަންދޮރު އެނގުން.

ހެއިޖެހުން

މ. 1 ބުއްދިވެރިވުން. 2 ބުއްދިލިބުން.

ހެއިޖެއްސުން

މ. 1 ވިސްނައިދީ މަގަށް އެޅުވުން. 2 ހޭނިތިފައިވާ މީހަކު ހޭއެރުވުން. 3 (ސ) ނިދައިފައި އޮތްމީހަކު ހޭލެއްވުން. 4 އިހުގައި ރަސްކަލަކު މީހަކަށް ބަނޑުހަނޑޫ ލިބޭފެންވަރުގެ ވަޒީފާ އެއް ދެއްވުން.

ހެއުނިބެއި

ނ. (ސ) 1 ރަނގަޅުގޮތާއި ނުބައިގޮތް. 2 ދީނީ މަޢުލޫމާތު.

ހެއުމީސްވުން

މ. މީހަކާމެދު އަނެކުންގެ ދުލުން ރަނގަޅު ހެޔޮމީހެކޭ ބުނެވުން.

ހެއުލަފާ

ނއ. ހެޔޮލަފާ.

ހެއްވާމީހާ

ނ. 1 ހިނިއަންނަ ޒާތުގެ ކަންތައްކުރާ މީހާ. 2 ހިނިއަންނަ ކަހަލަ ވާހަކަ ދައްކައި ހަދާމީހާ. 3 މީހުން ހެއްވަން އުޅޭ މީހާ. 4 [މަޖާޒު] ކަމުނުދާމީހާ.

ހެއްދުން

މ. 1 ގަސްބޮޑުކުރާން މަސަކައްކުރުން. 2 ޒީނަތްތެރިކުރުވުން. 3 ދޮގު ތާރީފުކޮށްގެން މީހަކު ހެއްލުން. 4 ރެޓުވުން. 5 ތިމާ އަނެކަކު ލައްވާ އެއްޗެއް ހެއްދުން.

ހެއްލުން

މ. 1 ތިމާ ބޭނުންގޮތަކަށް އަނެކާ އަނބުރައި ލުން. 2 ތިމާގެ ބަސްދަށުލުން. 3 އުނދޯލިފަދަ ތަކެތި ދެފަރާތް ދެފަރާތަށް ދާނޭގޮތް ހެދުން. 4 މީހަކުލައްވައި އަތުން އެދުން ފުއްދުވުން. 5 ހެލުން މިބަސް ކުރުވުމުގެ މާނައިގައި ބޭނުން ކުރާގޮތް

ހެއްލުންތެރި

ނއ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރިގަންނަ.

ހެއްލުންތެރިކަން

ނއނ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރި ގަންނަކަން.

ހެއްލުންތެރިވުން

މ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރި ގަތުން.

ހެއްލުމެއްގައިގެއްލުމެއް

[މުސްކުޅިބަސް] 1 އަމިއްލައަށް ވިސްނުމަކާނުލައި އަނެކާގެ ބަހަށް ކަންތައް ކުރުމުން ލިބޭ ގެއްލުމަށް ބުނެއުޅޭ ބަހެއް. 2 ކަމަކާއިމެދު ވިސްނަންވީ ވަރަށް ނުވިސްނައި ކަންތައް ކުރުމުން ލިބޭގެއްލުމަށް ބުނެއުޅޭ ބަހެއް.

ހެއްޓި

ނ. 1 ތަޅާކުރެވި. 2 (މަލިކު) ރިޔަލުގެ ކުރެވި.

ހެވަނަ

ނ. (ސ) ވިލާގަނޑުން ފައިބާ ނަގޫ.

ހެވަނެ

ނ. (ގ) ވިލާގަނޑުން ފައިބާ ނަގޫ.

ހެވަންރޯޅި

ނ. (ގ) ވިލާގަނޑުން ފައިބާ ނަގޫރޯޅި.

ހެވާ

ނ. ކުރުނބާގެ ނާށީގެ އެތެރެ ފަރާތުގައި ހިފައިފައި ހުންނަ ހުދުކުލައިގެމަޑު އެއްޗެއް. މިއީ ކާއެއްޗެކެވެ.

ހެވި

ނ. ކަނޑިއާއި ބަޑި އާއި ލޮންސި ފަދަ ހަތިޔާރަށް ކުލަދާނަ މީހާ.

ހެވިން

ނ. ކަނޑިބަޑި ލޮންސިފަދަ ހަތިޔާރަށް ކުޅަދާނަ މީހުން.

ހެވިކަން

ނއނ. 1 ހަނގުރާމަވެރިކަން. 2 ކަނޑި، ބަޑި ލޮންސި ފަދަ ތަކެއްޗަށް ކުޅަދާނަ ކަން.

ހެވޭ

އކ. 1 ވަރިހަމައޭ. 2 ފުދިއްޖެއޭ. 3 އެހީލިބެއޭ. 4 "ހެވުން" މިމަސްދަރުގެ ވޭވޭ ހުރިކަން.

ހެމަވަތި

ނ. (ގ) ފަތް ހިމަދިގުކޮށް ބަދަބަދަޔަށް ހެދޭ ތަނޑު ހިމަ ވެލެއް. މިވެލުގެ ފަތުގެ ބުޑުދޮށުގައި ނޫކުލައިގެ ކުދިމަލެއް ހުންނާނެއެވެ.

ހެމުސްވެރިން

ނ. [ބޯދާ] އިރުވަރުބަލާ މީހުން.

ހެދި

އ. 1 ސަބަބުން. މިބަހުގެ މާނަ ދޭހަވަނީ އެހެން އެއްޗަކާ ގުޅުވައިގެން ބުނީމައެވެ. މިސާލު: މިދަތުރު އައުދެވުނީ އޭނާޔާހެދިއެވެ. 2 ތައްޔާރުކުރި. 3 އުފެއްދި.

ހެދިބިލެތް

ނ. ދުފުމުގެ ސާމާނު އަޅައި ތައްޔާރުކޮށްފައި ހުންނަ ބިލެތް.

ހެދިކައިރު

ނ. ކައިރުސާފުކޮށް ފިނިފެނުގައި ކައްކައި އޮލަކޮށް ރަހަ މީރުކުރުމަށްޓަކައި އަތަރުފަދަ ތަކެތި އަޅައި، ގުޅަވަށައިގެން ދުފަން ގެންގުޅޭ ކައިރެއް.

ހެދިކާއެއްޗެހި

ނ. ތަތްބޮނޑިބަތް، ގުޅަފަތަފޮޅި، ބިސްފަތަފޮޅި، އުޅާލި ފަދަ ކާތަކެތި.

ހެދިގަތުން

މ. 1 ގަސްގަސް ދެރަވެފައި ހުރުމަށްފަހު އަލުންކުރިލައި ހެދެން ފެށުން. 2 ހެދިގަނެގެން އުޅުން. 3 ކުރިމަތީގައި އެއްޗެހި ގޮވައިގަތުން.

ހެދުން

ނ. 1 އަންނައުނު. 2 ތައްޔާރު ކުރުން މިސާލު: ކާން ހެދުން. 3 ވަކިސިފައެއް ޖައްސައިގެން އުޅުން. 4 އުފެއްދުން. 5 [މަޖާޒު] ޖިންސީ އެދުން ފުއްދުން.

ހެދުންއެޅުން

މ. ހެދުންލުން.

ހެލަބެލި

ނ. [ބޯދާ] 1 ލޮނު. 2 ލޮނި.

ހެލަކަންފަތް

ނ. ހިލަކަންމަސް.

ހެލަވަރު

ނ. [ބޯދާ] 1 ވެލަވަރު. 2 އަތްގުޅި.

ހެލެސްމަ

ނ. (ގ،ސ) ޚިލޭސްމޭ.

ހެލިކޮޕްޓަރު

ނ. މަތިންދާބޯޓުގެ ބާވަތެއް. މީގެ ބުރަފަތި ހުންނާނީ މަތީގައެވެ. މިވައްތަރުގެ ބޯޓަށް ވައިގެތެރޭގައި ހުއްޓާލައިގެން އޮވެވެއެވެ. މިއީ ބުރަފަތީގެ ބޭނުން ކޮށްގެން ސީދާ މައްޗަށްއެރޭ ބޭނުން ތަނަކަށް ތިރިކުރެވޭ އެއްޗެކެވެ.

ހެލިވަތްހެލުން

މ. 1 ކޮށްނިމިފައިއޮތް ކަމެއް އަނެއް ފަހަރު ކުރަން ނުޖެހެނީސް ކުރުން. 2 (ޅ) މީހަކުކޮށް ނިންމައިފައި އޮތްކަމެއް ތިމާކުރި ކަމެއް ކަމުގައި ހަނދާންވެގެން ދެވަނަ ފަހަރަށް އެކަންތައް ކުރުން. މިސާލު: ފޮޅައި ނިންމައި އޮތްތަނެއް އަލުން ފޮޅުން.

ހެލިލުން

މ. 1 ގުޑިލުން. 2 ހަރަކާތްވެލުން. 3 ތެޅިލުން. 4 ކުޅިޖެހުމުގެ ތެރޭގައި ހަލުއި ކަމާއެކު ފަރާތް ފަރާތަށް ހަރަކާތް ކުރުން.

ހެލުން

މ. 1 ގުޑުން. 2 އެއްޗެތީގައި އަތްލައި ފޮރޮޅުން. 3 އެއްޗަކަށް އެއްޗެއް ބާނައިގެން ތެޅުވުން. 4 އުފުލުން. 5 ތެޅުވުން. 6 (ސ) ހުޅުވުން. 7 (ލ) ފަން ގަނޑުން ބޯދި ފެއްސުން.

ހެލުވުން

މ. 1 ގުޑުވުން. 2 ހަރަކާތް ކުރުވުން. 3 ހެލުންމިބަސް ކުރުވުމުގެ މާނައިގައި ބުނާގޮތް.

ހެލޭ

ނ. (އ) 1 ރަކިސްބޮނޑު. 2 "ހެލުން" މިމަސްދަރުގެ ވާކަން. 3 "ހެލުން" މިބަހުގެ އަމުރު.

ހެލޭލަންމަޑި

ނ. (ގ) 1 ވެލިމަޑި. 2 ފިމައިމަޑި.

ހެސް

ނ. 1 ވަރަށް. 2 ބާރަށް. 3 ގަދަޔަށް. މިސާލު: "ހެސްކިޔާފައި ޖެހުން". 4 ހެހެސް.

ހެޑުމާސްޓަރު

ނ. އިސްކޫލު ތަކުގައި ކިޔަވައި ދިނުމުގެ ކަންތަކާ ހަވާލުވެގެން ހުންނަ އިސްމީހާ.

ހެޑުފޯނު

ނ. ރޭޑިޔޯއާއި ކެސެޓާއި ތެލެފޯނު ފަދަ އަޑުގެނެސްދޭ އިލެކްޓްރޯނިކް ތަކެތި އަޑުއެހުމަށް ބޭނުންކުރާ އާލަތެއް. މިތައްޔާރުކޮށްފައި ހުންނަނީ ދެކަންފަތުގައި ތިއްބޭގޮތަށެވެ.

ހެޓު

އ. 1 ހެސް. 2 ޖަނަވާރު ދުއްވައި ގަނުވާން ބުނާބަހެއް.3 – މަސައްކަތް ކުރުމުގައި ހުންނަ ޖޯޝާ ފޯރީ ބަޔާންކުރުމުގެ ގޮތުން ބުނާބަހެއް. މިސާލު: މިވެނިމީހަކު މިވެނިކަމެއް ހެޓުކިއައިފައި އެބަކުރެއެވެ.

ހެޔޮނުބައި

ނ. 1 ހެޔޮކަންތަކާއި ނުބައިކަންތައް. 2 ރަނގަޅު ނުރަނގަޅު. 3 ލަފާނުލަފާ. 4 ކޮންމެ މުސްލިމަކަށް ދީނީގޮތުން ކޮންމެހެން އެނގެންވާ މިންވަރު.

ހެޔޮރޯޅި

ނ. ބޮޑުރިޔަލަށް ފުރިހަމައަށް ވައިލިބޭވަރަށް ޖެހޭ ރޯޅި.

ހެޔޮރޯޅިވުން

މ. 1 ވައިފަހިވުން. 2 އޮޑިދޯނިފަހަރު ރީތިކޮށް ދުއްވާ ވަރަށް ވައިލިބުން.

ހެޔޮބަސްބުނުން

މ. 1 ރަނގަޅު ވާހަކަ ދެއްކުން. 2 އޯގާވެރިކަމުގެ ބަސްތައް ދުލުން ފާޅުކުރުން. 3 ފައިދާހުރި ނަސޭހަތްދިނުން.

ހެޔޮކަން

ނއނ. 1 ހެއުކަން. 2 ރަނގަޅުކަން. 3 އޯގާވެރިކަން. 4 ދީލަތިކަން. 5 ހުއްދަކަން. 6 އަޅުކަން.

ހެޔޮކަމެއްގެ ބަދަލުގައި ތެޔޮހަމެއް

[މިސާލުބަސް] ހެޔޮކަމެއް ކޮށްދިނީމާ އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދެރަ އެއް ދިނުމުން ބުނެއުޅޭ ބަހެއް.

ހެޔޮވަރުމީހާ

ނ.ތަޢުރީފާއި މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެއް. މިސާލު: ގިނަކަންތައްތައް ކުރާނޭގޮތް ދަންނަ ހުޝިޔާރު މީހެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެކޭ" ބުނެއުޅެއެވެ. މީހަކަށް ވެވުނު ދެރަކަމެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެއްތާއޭ" ބުނެއުޅެއެވެ.

ހެޔޮވުން

މ. 1 އަނެކާއަށް އޯގާތެރިވުން. 2 އެހީތެރިވުން. 3 ލޯބިކޮށް ހިތުން. 4 ފުދުން. 5 އެދުން ފުދުން.

ހެޔޮފެންލުން

މ. ތައްޓާއި އަންނައުނު ފަދަ އެއްޗެހި ދޮވުމަށް ފަހު ސާފު ފެނުން ދޮވެލުން.

ހެޔޮފޯރުން

މ. ހެޔޮކަންލިބުން.

ހެޔޮލަފާ

ނއ. 1 އަޚްލާޤު ރަނގަޅު. 2 ޚުލްޤުހެޔޮ. 3 އަޅުވެރި. 4 ޢިއްފަތްތެރި. 5 އޯގާވެރި.

ހެޔޮލަފާކަން

ނއނ. 1 އަޚުލާގު ރަގަޅުކަން. 2 ޚުލްގު ހެޔޮކަން. 3 އަޅުވެރިކަން. 4 ޢިއްފަތްތެރިކަން. 5 އޯގާވެރިކަން.

ހެޔޮލަފާވުން

މ. 1 އަޚުލާގު ރަނގަޅުވުން. 2 ޚުލްގު ހެޔޮވުން. 3 އަޅުވެރިވުން. 4 ޢިއްފަތްތެރިވުން. 5 އޯގާވެރިވުން.

ހޭ

ނ. 1 ވާނުވާ އެނގުމުގެ ބާރު. 2 ބުއްދި. 3 ދެވަނަ ފަހަރަށް ސުވާލު ކުރުމުގެ ޖުމްލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: މިބުނި އެއްޗެއް ވިސްނިއްޖެހޭ. 4 މީހަކު ތިމާޔާ ކުޅަ ސުވާލެއް އަނެކާގާތު ބުނާއިރު، ޖުމްލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: އަބްދުالله އަހަރެން ކުރެން އެއްސޭ އިބްރާހީމް ނާދޭހޭ. 5 ހުޅަނގު މޫސުމުގެ ނަކަތްތަކުގެ ތެރެއިން ފަނަރަވަނަ ނަކަތް. 6 ކަނޑުގެ އަޑި ކިރިޔަކިރިޔާ ފެންނަ. 7 (ޏ،ސ) ދުރުން ކިރިޔަކިރިޔާ ފެންނަ ފެނުން. 8 " އޭތް" މިބަސް އަންހެނުންނަށް ގޮވުމަށް ބޭނުން ކުރާގޮތް.

ހޭހަން

ނ. 1 ބަލިވެއުޅޭ މީހާއަށް އޯގާވެރިކަމާއެކު ކުރާ ޚިދުމަތް. 2 ބަލިމީހާއަށް ކުރާ ފަރުވާ. މިނޫނަސް މިބާވަތުގެ ޚިދުމަތަށް ހޭހަން ކިޔަ އެވެ. 3 ހާލުގައި ޖެހިފައިވާ މީހަކަށްވާ އެހީ. 4 (ސ.) ވަކި ދިމާއެއް ދެނެގަތުމަށް ބަލައި ހަނދާން ކުރުމަށް ޖަހާ ފާހަގަ.

ހޭހަންކުރުން

މ. 1 ބަލިވެއުޅޭމީހާއަށް އޯގާވެރިކަމާއެކު ޚިދުމަތްކުރުން. 2 ބަލިމީހާއަށް ފަރުވާތެރިކަމާއެކު އެހީވެ ދިނުން. 3 ހާލުގައި ޖެހިފައިވާ މީހަކަށް އެހީވުން. 4 [މަޖާޒު] މީހެއްގެ ގާތުގައި ވަފާތެރި ކަމާއެކު އަބަދު ޚިދުމަތް ކޮށް ކޮށް ހުރުން.

ހޭހުރުން

މ. 1 ވާނުވާ އެނގުމުގެ ބާރު ހުރުން. 2 ބުއްދި ފިލައި ނުގޮސް ހުރުން.

ހޭހޭ

އ. ރަކިކޮށްލާން ބުނާ ބަހެއް.

ހޭނަކަތުދޫނި

ނ. ޢާންމުކޮށް ހޭނަކަތުގައި ފެންނަ ދޫނި. މިސާލު: ދޮންދޫނި، ލޯފިނދު

ހޭނައްތާމީހާ

ނ. ބަލިމީހަކަށް ޞިއްޙީ ފަރުވާއެއް ދިނުމަށް ހޭނައްތަން ޖެހިގެން ހޭނެއްތުމުގެ ކަންތައްކުރާ ޑޮކްޓަރު.

ހޭނުން

މ. 1 ފިލަޔާއި ދަނޑިފަދަ ތަކެތި ބޭނުންގޮތަކަށް މަޑުމަޑުން ލެނބުން. 2 އިންސާނުންނާއި ފުރާނަހުރި ތަކެތި ވަކި ގޮތަކަށް ފަރިތަކުރުވައި އާދަކުރުވުން. 3 ތެޔޮ ހުންނަތަކެތި ކައްކައިގެން ތެޔޮ ނެރުން. 4 ހަށިގަނޑުގެ ތަންތަނަށް ފަރުވާކުރުމުގައި ވަކިގޮތަކަށް ޙަރަކާތްދިނުން. 5 [މަޖާޒު] އޮޑިދޯނިފަހަރު ދަތި ތަންތަނުން ނުބީއްސައި ގެންދިއުން.

ހޭނެޅި

ނ. ކުކުޅުގެ ކޭކުލި.

ހޭނެއްތުން

މ. 1 ޚަބަރު ހުސްކޮށްލުން، 2 ވާނުވާ އެނގުމުގެ ބާރު ކަނޑުވައިލުން.

ހޭނެތުން

މ. 1 ޚަބަރުހުސްވުން. 2 ވާނުވާ އެނގުމުގެ ބާރުނެތުން. 3 ހޭބަލިވުން.

ހޭރިޔާ

ނ. 1 ރިޔާނަގާ އެއްޗެހި ވައިމަތި ހިފާން އަނބުރާ އެނބުރުން. 2 ދަނޑި ބެރުގައި ޖަހާލަވައެއް.

ހޭރިޔާޖެހުން

މ. 1 ހޭރިޔާކުރުން. 2 ދަނޑިބެރުގައި ޖަހާ ވަކި ލަވައެއް ޖެހުން.

ހޭރުވުން

މ. 1 އަނެކާ ހަދާގޮތް މަލާމާތުގެ ގޮތުން ކުރިމަތީގައި ހެދުން. މިސާލު: {ހ} މީހަކު ވާހަކަދައްކާގޮތަށް ވާހަކަދެއްކުން. {ށ} ހިނގާގޮތަށް ހިނގުން. 2 ދަށްބަހުރުވައިގައި ރޮއްވުން. 3 ލަދުގެންނެވުން. 4 ރަކިކުރުން. 5 ދެރަކުރުން.

ހޭބަލިވުން

މ. 1 ނިދުމަކާއި ނުލައި ހުރިހައި ޙިއްސުތައް ބަންދުވުން. 2 ވާނުވާނޭނގުން.

ހޭބެލުން

މ. 1 ކަނޑު ދަތުރުކުރުމުގައި ފަރަކާ ކައިރިވެގެން އަންނައިރު ވަތްހޭލާތޯ ބެލުން. 2 [މަޖާޒު] ނުރައްކައުތެރިކަމެއް ލިބިދާނޭ ފަރާތް ފަރާތަށް ވިސްނުން.

ހޭބޯ

ނ. 1 ވިސްނާވިސްނުން. 2 ޚިޔާލު. މިބަސްބޭނުން ކުރަނީ ވަކިވަކި ޚާއްޞަ މަޤާމުގައެވެ. 3 ވިސްނުން ބެހެއްޓުން. މި ބަސް ބުނެއުޅެނީ ކަންތައްގަނޑެއްގެ ތެރޭގައި ނުވިސްނައި އަވަސްއަރަގެން އުޅޭ އިރުގައެވެ. މިސާލު: ނިކަން "ހޭބޯއަރައިގެން އުޅޭށޭ" ބުނެފިނަމަ އެ ބުނަނީ އެކުރާ ކަންތައްގަނޑެއްގެ ތެރޭގައި ވިސްނުން ބަހައްޓައިގެން ކުރާށެވެ.

ހޭބޯއެރުން

މ. ވިސްނުން ބެހެއްޓުން. މިބަސް ބުނެއުޅެނީ ކަންތައްގަނޑެއްގެ ތެރޭގައި ނުވިސްނައި އަވަސް އަރައިގެން އުޅޭއިރުގައެވެ. މިސާލު: ނިކަން " ހޭބޯއަރައިގެން އުޅޭށޭ" ބުނެފިނަމަ އެބުނަނީ އެކުރާ ކަންތައްގަނޑެއްގެ ތެރޭގައި ވިސްނުން ބަހައްޓައިގެން ކަންތައް ކުރާށެވެ.

ހޭޅި

ނ. 1 ރަށްރަށުގެ ދެވެލި ބިންފަށުގައި ހެދިފައިވާ ގަސްތައް. 2 ހޭރި.

ހޭކިލުން

މ. 1 އުނގުޅިލުން. 2 އެކަތިއަނެކަތީގައި ކޭއްތިލުން 3 [މަޖާޒު] މަސައްކަތުގެ ތެރެއަށް ނުކުމެ އުޅެލާފައި ފިލައިގެން ދިއުން.

ހޭކަޅުކުރުން

މ. (މ) މަސްދޯނި ފަހަރު އެންފަޅުން ކަނޑަށް ނުކުންނައިރު ޞަލަވާތް ފާތިޙާ ކިޔަވައި އޮޑިޔަށް ފަންޑިތަ ހެދުން.

ހޭކުން

މ. 1 އެކަތި އަނެކަތީގައި ކޭއްތުން. 2 ދިޔާއެއްޗެއް، ހިކިއެއްޗެއްގައި ނުވަތަ ތަނެއްގައި އުނގުޅުން. 3 (ހ) އެއްޗެއްގެ ތެރެއަށް އަނެކައްޗެއް ބާނައިގެން ހެލުވުން. 4 [މަޖާޒު] ނުނިމޭ ގޮތަށް މަސައްކަތުގައި އުޅުން.

ހޭއަރުވައިލުން

މ. 1 އިޝާރާތުން ވިސްނާލަދިނުން. 2 ކުޑަގޮތަކަށް ހޭއެރުވުން. 3 [މަޖާޒު] މީހަކަށް ހަނދާން ހުންނަވަރުގެ ބޮނޑިއެއް ދިނުން.

ހޭއެރުން

މ. 1 ވާނުވާ ނޭނގުމަށްފަހު ވާނުވާ އެނގުން. 2 ތަންދޮރު އެނގުން. 3 ނިދީން ހޭލެވުން. 4 ހަމަބުއްދި ލިބުން. 5 ވަތް ހޭލާން ފެށުން. 6 ކަމެއްގެ މައްޗަށް ވިސްނުންތެރިވުން. މިސާލު: އޭނާއަކީ ވިޔަފާރިއަށް ހޭއަރާ މީހެކެވެ.

ހޭއެރުވުން

މ. 1 ނިދާފައިވާ މިހާ ހޭލެއްވުން. 2 ހޭނެތިފައިވާ މީހާ ހޭޖެއްސުން. 3 ނަސޭހަތަކުން ނުވަތަ އަދަބަކުން ކަމެއްވިސްނައިދިނުން. 4 ވާންއުޅޭ ގެއްލުމެއް ނުވަތަ އަންނާން އުޅޭ ނުރައްކަލެއް ކޮންމެވެސް ގޮތަކުން އަންގައިދިނުން. 5 ވަތް ހޭލާ ހިސާބަށް ގެންދިއުން.

ހޭއް

(ލ) އަންހެނަކުނަމަ އޭއްޔޭ ގޮވާލާގޮތް.

ހޭވަރިވުން

މ. 1 ހަމަބުއްދިވުން 2 ތަންދޮރު ވަކިވުމުގެ ބާރު ލިބުން.

ހޭވައްޓައިލުން

މ. 1 ކަމަކާމެދު މާބޮޑަށް ފޯރިގަދަކޮށްލުން. 2 މާބޮޑަށް ޝައުޤުވެރިވެގެން ކަމެއްގެ ތެރެއަށް ވަނުން.

ހޭވަތް

ނ. 1 ކޮށިފިލާވަތް. 2 ބޮޑުހޭވަތް. 3 އެންވަތް. 4 ތޭރިޖެހިވަތް.

ހޭވުން

މ. 1 ޤަވާޢިދެއްނެތި އެފުށް މިފުށަށް ޖެހުން. 2 ވިއްސި ވިހާލި ކޮށްލުން. 3 ތަރުތީބު އޮޅުވައިލުން. 4 (އ) ނޭވާހިއްލުން.

ހޭމަސަކަވަރުނަ

ނ. [ބޯދާ] ހަނދުވެރިފާންކަން. (ހަނދުގެ އަލިކަން)

ހޭމަސްހެލުން

މ. 1 ކުރުމަހާއި ވޮށިމަސް ގެންނާން ހޭމަސްދޮއްޓެއްގައި ލައިގެން ކަނޑުގައި ކޭއްތުން. 2 [މަޖާޒު] އަންހެނުން ހިތް ޖެއްސުމަށްޓަކައި ޖިންސީ ގުނަވަން ކަހައި، ގޮތްގޮތް ހެދުން.

ހޭމާމަ

ނ. (ލ) ބައްޕަގެ މަންމަ.

ހޭފަށް

ނ. 1 ކަނޑާއި އުރަފަށާ ބެދުނު ތަނުން ވަތް ހޭލާ ހިސާބު. 2 އުރަފަށުގެ ބޭރުކައިރި.

ހޭދަ

ނ. 1 މުދަލުންނަމަ ޚަރަދު. 2 ޖާނުންނަމަ ޤުރުބާން. 3 ވަޤުތުންނަމަ ވޭތު.

ހޭދަކުރުން

މ. 1 މުދަލުންނަމަ ޚަރަދު ކުރުން. 2 ޖާނުންނަމަ ޤުރުބާން ކުރުން. 3 ވަގުތުން ނަމަ، ވެއަތުކުރުން.

ހޭތް

މ. (ލ) އަންހެނުންނަށް ގޮވާގޮތް.

ހޭލުންތެރި

ނއ. 1 ތަންދޮރު އެނގޭ. 2 [މަޖާޒު] ރޯފިލާފައިހުރި.

ހޭލުންތެރިކަން

ނއނ. 1 ތަންދޮރު އެނގޭކަން. 2 [މަޖާޒު] ރޯފިލައިފައި ހުރިކަން.

ހޭލުންތެރިވުން

މ. 1 ތަންދޮރު އެނގުން. 2 [މަޖާޒު] ރޯފިލުން

ހޭޖެހުން

މ. 1 ތަސައްރަފު ފުދުން. 2 ބުއްދިހަމަވުން. 3 (ސ) ހޭލުން. 4 (މަލިކު) ހޭއެރުން.

ހޭޖެއްސުން

މ. (ސ) 1 ހޭލެއްވުން. 2 ހޭއެރުވުން.

ހޮނދި

ނ. ބަތާލައިގެން ކާން ހަވާދުނުލައި ކައްކާ ދިޔައެއް.

ހޮނދު

ނ. 1 ލަކުޑިގަނޑު ފުރޮއިން ބުރިކުރާއިރު ހެދެމުންދާ ވަޅުގަނޑު. 2 ލަކުޑިގަނޑު ފަޅާން ފުރޯއިންޖަހާލާ ފުރޯވަޅު. 3 ލަކުޑިގަނޑު ކީހަމުންދާއިރު އެލަކުޑިގަނޑު ވަކިވަމުންދާމަގު.

ހޮނދުޖެހުން

މ. ލަކުޑިގަނޑު ފަޅާން ފުރޯއިން ޖަހައި ފުރޯވަޅު އުފެއްދުން.

ހޮނޑަލި

ނ. އެމުގެ ބާވަތެއް. މިއީ ހިމަދިގުކޮށް ހުންނަމަހެކެވެ. މަހުގެ މަތީ ބައިގެ ކުލައަކީ ނޫކުލައެވެ. މަހުގެ ބަނޑުދަށާއި އަރިމަތީގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ މަތީކޮތަރިހުންނާނީ މަހުގެ މެދެއްހާ ހިސާބުގައެވެ.

ހޮނޑަލިބޮޑުމަސް

ނ. ހޮނޑަލި ވައްތަރަށް ހުންނަ ބޮޑުމަހެއް.

ހޮނޑަލިކަނދު

ނ. (އ) ދޯނީގެ ބޮޑުފިލާގަނޑު ދަށުގައި، މަޅާދެތެރޭގައި، ކަފިގަނޑުކައިރީގައި ދޯނީގެ ހުރަހަށް ޖަހައިފައި ހުންނަ ފިލާފޮއްޗެއް. މި ފިލާފޮތި ޖަހައި އުޅެނީ އެ ތަނަށް ހޮނޑަލި އެޅުނަ ނުދޭށެވެ.

ހޮނޑާމަސް

ނ. (އ) ކުރުފަލަކޮށް، ފަތިކޮށް ދެހޮނޑު ލައިފައި ހުންނަ ކޯމަހެއް.

ހޮނޑެލި

ނ. މ. ހޮނޑަލި.

ހޮނޑެލިފަހާވާލި

ނ. ހަށަވާލި.

ހޮނޑެލިފޮތި

ނ. މަސްފިލާގަނޑުގެ ކުރީކޮޅުގައި މަތީ މަޅުމައްޗާއި ގުޅޭތަނުގެ ކެނޑުން ނުވަތަ ހުސްތަން ބައްދާން ހަރުކުރާއަރިފިލާ.

ހޮނޑޮހެދުން

މ. (ސ) ރާޅު މުގުރާލާން ތައްޔާރުވުން.

ހޮނޑޮކެޑުން

މ. (ސ) ރާޅު މުގުރައިލާން ތައްޔާރުވުން.

ހޮނަހިރަ

ނ. (ލ) ހޮނިހިރު.

ހޮނިހިރު

ނ. 1 ހަފުތާގެ ފަހު ދުވަސް. (ހުކުރު ދުވަހާ ވިދިގެން އަންނަ ދުވަސް) (ބ) 2 ހޮނިހިރު ވިލޭރޭ ކެއުމުގެ ބަދަލުގައި ކާން ހަދާ ހެދިކާ އެއްޗެއް. [ބޯދާ] 3 ނިންމާ ނިންމުން.

ހޮނިހިރުސައްކަރު

ނ. 1 ނަކަތްތެރިންގެ ފޮތުގައި ކުރަހާފައިވާ ޚިޔާލީ ސޫރައެއް. 2 ދުނިޔެ ވަށައިގެން ހޮނިހިރު ހިނގާ ގޮތުގެ ސިފަ ކަމުގައި ނަކަތްތެރީން ހީކުރާ ސޫރަ.

ހޮނު

ނ. ގުގުރުމުގެ އަޑާއެކު ތިރިޔަށް ފައިބާ އަލިފާން.

ހޮނުއެޅުން

މ. ގުގުރުމުން އުފެދޭ އަލިފާން އެއްޗަކަށް ނުވަތަ ތަނަކަށް ފޭބުން.

ހޮނުދަގަނޑު

ނ. ހޮނުން ރައްކާތެރިވުމަށްޓަކައި ޖަހާ އާލަތް.

ހޮންބޮއް

ނ. (ސ) ކުޑަފަރުމަހެއް. މިއީ މަޑު ރީނދޫ ކުލައިގެ މަހެކެވެ. މި މަހުގެ ބޮލުން ފެށިގެން ނިގޫފަތާ ހަމައަށް ރީނދޫކުލައިގެ ފަސްރޮނގު ހުރެއެވެ. ބުރަކަށިމަތީގެ ކޮތަރިބައި ނިމޭ ހިސާބުގައި ގަދަ ރީނދޫކުލައިގެ ލަފެއް ހުރެއެވެ.

ހޮރަ

ނ. ރާއްޖޭން ބޭރުން ގެންނަ، ރަތްވައްތަރެއްގެ ހަރުލަކުޑިއެއް.

ހޮރަޖެހުން

މ. (ސ) ފަހައިގަތީމާ ދުވެފައިގޮސް ތަނަކަށްވަދެ ފިލުން.

ހޮރު

ނ. 1 ދިރޭ އެއްޗެހި ކޮނެފައި ހުންނަ ލޯވަޅު. 2 އަންހެނުންގެ ކުރިމަތި ފަރާތު ދޮރު. 3 ދަރިކޮޅު.

ހޮރޮޖެހުން

މ. (ޏ،ސ) ބޯކޮޅު ބަލަމުން ފަހަތުން ދިޔުން.

ހޮބަ

ނއ. [ބޯދާ] 1 ހެޔޮ. 2 އޯގާވެރި. 3 ރީތި. 4 އަލިގަދަ.

ހޮބަސަކަވަރުނަ

ނ. [ބޯދާ] ހަނދުވަރުގެ އަލިކަން.

ހޮބާ

ނއ. 1 ރީތި. 2 އަލިގަދަ. 3 ސާފު.

ހޮބީ

ނ. އަދާކުރަން ޖެހިފައިވާ ވަޒީފާ ނުވަތަ ވާޖިބުގެ އިތުރުން ކުރާހިތުން ޝައުޤުވެރިކަމާއެކު ކުރާކަންތައް. މިސާލު: މުޙައްމަދުގެ ހޮބީއަކީ އިސްޓޭމްޕު އެއްކުރުމެވެ.

ހޮޅި

ނ. 1 ފޯލިކޮށް ދިގުކޮށް އެތެރޭގައި ހޮއި އޮންނަ އެތި. މިސާލު: {ހ} ބައްތިހޮޅި. {ށ} ފެންހޮޅި. {ނ} އާގުބޯޓުގެ ދުންހޮޅި. 2 ދިގުނޫން ނަމަވެސް މެދުގައި ހޮއިއޮންނަ ބައެއްތަކެތި. މިސާލު: {ހ}މޫދުގައި ފަތަން ގެންގުޅޭ ހޮޅި. {ށ} ފަންހޮޅި. {ނ} ފޮނިރޮށި ކަނޑާ ހޮޅި. 3 ލަވަކިޔާ ފޮށީގެ ލަވަ އަޅައިފައި އެއޮންނަ ފަތިބުރު. 4 އޮނުފަޅި. މިސާލު: {ހ} ހޮޅިކުރަފަތް. {ށ} ހޮޅިވަޑާންކަށި 5 އުތުރުކަރައިގެ މީހުންގެޒާތް. 6 ތާކުންތާކުނުޖެހޭ ކަންތައް. 7 ތާކުންތާކުނުޖެހޭ ވިޔާނުދާ ވާހަކަ.

ހޮޅިން

ނ. މަލަބާރި ކަރައިގެ މުސްލިމުން.

ހޮޅިރާޅު

ނ. ހޮޅިލައިފައި މުގުރާ ބޮޑެތިރާޅު.

ހޮޅިންނަށް ދިގުރަށް ދައްކާހެން

މިސާލުބަސް: ގެއެއް ނުވަތަ ތަނެއް ވީދިމާއެއް ޔަގީންނުވެ، މީހަކަށް އެ ގެ، ނުވަތަ އެ ތަނެއް ދައްކަން އުޅުމުން ބުނެއުޅޭ ބަހެއް.

ހޮޅިކުރަފަތް

ނ. ތިލައިގެ ދެފަރާތް ތަށިވަތްކޮށް ހުންނަ ކުރަފަތް.

ހޮޅިކުރުން

މ. (ސ) ލިޔެފައި ހުންނައެއްޗެއް އަނެކަކަށް ކިޔަން ނޭގޭގޮތަށް އޭގެ މަތީ އެގޮތް މިގޮތަށް ކުރެހުން.

ހޮޅިލައިމުގުރުން

މ. ބޮޑެތިރާޅު ހޮޅިކޮށްލައި ބިންދައިލުން.

ހޮޅިލަވަބައި

ނ. ސަމާގައި ނެއްޓިފަށާލަވަ.

ހޮޅިލުން

މ. 1 އެކިއެކި ބޭނުމަށްޓަކައި އެއްތަނުން އަނެއްތަނަށް ހޮޅި ވަޅުލަމުން ގެންދިއުން. 2 ބޮޑެތިރާޅު ބިންދައިލާން ލަނބާލުން. 3 (ސ) ކާށިކިބަ ލިއުން.

ހޮޅިގަނޑު

ނ. 1 ލަވައަޅައިފައި ހުންނަ ހޮޅި. 2 ހޮޅިއެއްގެ ބުރިވަރެއް.

ހޮޅިސާޑި

ނ. (މަލިކު) ކަޅު އަތްދުތްލީ ހުދު މުންޑެއް.

ހޮޅު

ނ. ކަނޑައިލައި ކުރި ބުރިކޮށްލައިފައި އޮންނަ ކަށިކެއު ގަސްގަނޑު.

ހޮޅުންއެޅުން

މ. ފަސްއޮށް ކުޅުމުގައި ހުސްފުށަތުން ލައިގެން އޮށްބައި އެކީ ނުހިފިއްޖެނަމަ، ހިފުނު އޮށްތައް މައްޗަށް އެއްލައި ނުހިފުނުއޮށްތައް ނެގުމާއެކު، ޝަހާދަތް އިގިއްޔާ ބޮޑުވައިއިނގިލީގެ ކުރިގާތް ކޮށްލީމާ އުފެދޭ ލޯވަޅުން މައްޗަށް އެއްލި އޮށްތައް އަތުތެރެއަށް އެޅުން.

ހޮޅުވާއިނގިލި

ނ. ކުޑަވާއިނގިލި.

ހޮޅުގަނޑު

ނ. 1 ކަނޑައިލައިފައި އޮންނަ ކަށިކެޔޮ ގަސްބުރި. 2 ރާއްޖޭގައި ހަދައިފައި ހުންނަ ހަންނުޖަހާ ގިރުނބާ. 3 [މަޖާޒު] ދަތްވެރިފައި ހުންނަ މުސްކުޅިޔާ.

ހޮއިހިރިޒުބެލުން

މ. (ސ) ސިއްރު މަޢުލޫމާތު ހޯދުން.

ހޮއިފަޅޯ

ނ. (ސ) 1 ފަޅޮލުގެ ހުލި. 2 އެތެރޭގައި އޮށްނުހުންނަ ފަޅޯ.

ހޮއެބޮލި

ނ. ބޮލީގެ ބާވަތެއް. މިއީ ތުނިކޮށް ވައްކޮށް ހުންނަ ފޫއެނބުރިއެކެވެ. ކުލައަކީ ކަޅު މުށިކުލައެވެ.

ހޮއްތަ

ނ. (މަލިކު) ކުދިހޮރު.

ހޮއްލުން

މ. (ޏ،ސ) 1 ހިތާނުވެގެން ވާހަކަ ދެއްކުން. 2 އަޑުލުން. 3 ވާހަކަދެއްކުން.

ހޮވައިނެގުން

މ. (މަލިކު) އިންތިޚާބުކުރުން.

ހޮވުން

މ. 1 ބިމައްވެއްޓިފައި ހުންނަ ބައެއްތަކެތިނެގުން. 2 އެތަކެއް ބާވަތުގެ އެއްޗެހި އެއްވެފައި ހުރިތާކުން ވަކިބާވަތެއްގެ އެއްޗެހި ނެގުން. މިސާލު: ހަނޑޫ ހޮވުން. 3 ގެއްލިފައި ހުންނަ ތަކެތި ފެނިގެން ނެގުން. 4 ވަކިކަމަކަށް ބަޔަކު ނުވަތަ މީހަކު އިޚްތިޔާރުކުރުން. 5 ބައެއް ކުޅިވަރުގައި ކުޅޭ ބައިނޫން އަނެއްބައިގެ މީހުން ކުރާކަންތައް. މިސާލު: ކުރިކެޓް ކުޅޭއިރު ބޯޅަހޮވުން. މަންޑިކުޅޭއިރު ފޯލި ހޮވުން.

ހޮފަލެކަކުޑި

ނ. (ގ) ތަޅުލާ ކަކުނި.

ހޮދާރު

ނއ. 1 ފަލަ. 2 ވަރުގަދަ. 3 އމ. ނައުޒޯނގު ގައި މިބަސް ބުނެފިނަމަ އެއީ ދޫނުކޮށް ހިފަހައްޓާށެވެ.

ހޮޑަ

ނ. (ލ) ހޮޑު.

ހޮޑު

ނ. ދިރުވާލުމަށްފަހު ނުވަތަ މައިދާޔަށް ދިޔުމަށްފަހު އަނބުރާ އަނގަޔަށް އަންނަތަކެތި.

ހޮޓާ

ނ. 1 އަގަށް މީހުންނަށް ކާންބޯންދޭ ތަންތަން. 2 ކެއުމާލައިގެން ނުވަތަ ކެއުމާނުލައި ކުލިދީގެން ވަގުތީގޮތުން ތިބޭތަންތަން. 3 ކުލިދީގެން ދަތުރުވެރީން ތިބޭ ތަންތަން.

ހޯ

އ. 1 ހުއްޓާލާ! 2 ނުކުރޭ! 3 ފުދިއްޖެ. މިބަސް ގަދަކުރުމަށް ފަށް ކޮށް ބުނެއެވެ. މިސާލު: ހޯހޯ. އަދި މިބަހަށް ބައެއް މީހުން " ހޮ" ވެސް ކިޔައެވެ. 4 (ހ) އާނއެކެވެ.

ހޯހިރިބެލުން

މ. (ޏ،ސ) 1 މީހަކު ނުވަތަ ބަޔަކު އުޅޭ ނުއުޅޭގޮތް އެމީހަކަށް ނުވަތަ އެބަޔަކަށް ނޭނގި ސިއްރުން ބެލުން. 2 އުޅަނދެއްގެ ދަތުރުފަތުރާއި ޙަރަކާތްތައް ހުންނަގޮތް އެ އުޅަނދެއްގެ މީހުންނަށް ނޭނގި ސިއްރުން ބެލުން.

ހޯހިރުދުބެލުން

މ. (ސ) 1 ކަންތައް ނުވަތަ ތަނެއް ހުރި ނެތްގޮތް ބެލުން. 2 ސިއްރު ހޯދާ ބެލުން.

ހޯހޯ

އ. 1 ހުއްޓާލާ. 2 ނުކުރޭ. 3 ފުދިއްޖެ. 4 ދެންހެޔޮ.

ހޯހޯމުގުރާން

ނ. (ހ) ވިލުގައި ހުންނަ ގާގަލުން ފެންނަ އެމެއް.

ހޯހޯގޮވުން

މ. ހުއްޓާލާން އަމުރުކުރުން.

ހޯނުވަތްއިނގިލި

ނ. (ތ) ކަށިއިނގިލި.

ހޯރަބޯޓު

ނ. ތައްޔާރުކޮށްފައިވާ ސާޅަނގައެއްގައި ލައިފައި ފޮނުވައިލުމުން ނުވަތަ އިންޖީނުލީ މަތިންދާބޯޓެއްގައި ކަފުޖަހައިގެން ގެންގޮސް ވައިގެތެރެއަށް ދޫކޮށްލުމުން އިނޖީނު ނުލައި އުދުހޭގޮތަށް ހަދައިފައި ހުންނަ، މަތިންދާ ބޯޓު. މިވައްތަރުގެ ބޯޓުގައި އިންޖީނެއް ނުހުންނާނެއެވެ.

ހޯރައެޅުން

މ. ދޫނި ސޫފާސޫފި އުދުހެމުންދާއިރު ފިޔަނުޖަހައި ފިޔަ ދަމައިލައިގެން އޮވެ ފަރާތް ފަރާތަށް ދިއުން.

ހޯރަފިޔަކުނާ

ނ. ހޯރަފިޔައިގެ ބައްޓަމަށް ކުރެހުން އަޅައިގެން ވިޔެފައި ހުންނަ ކުނާ. މިއީ ތުނޑު ކުނަލުގެ ބާވަތެކެވެ.

ހޯރަފިޔަތާނަ

ނ. ހޯރަފިޔަހެން އަކުރުތައް ހުންނަގޮތަށް ލިޔާތާނަ.

ހޯބޯ

ނ. ބަޔަކު މީހުން ގޮތެއްނެތިލާހަޅޭ.

ހޯބޯލެވުން

މ. 1 ހަޅޭއްފަޅޭއްލެވުން. 2 ރުޅިއައިސްގެން ނުވަތަ ކަމެއްގެ ފޯރީގައި ގިނަބަޔަކު ހަޅޭލެވުން.

ހޯޅިލުން

މ. (ޏ) ކާށިކިބަ ލިއުން.

ހޯއް

އކ. 1 އަންގައިލުމަށް ގޮއްވާލާ އަޑެއް ނުވަތަ މަލާމާތުގެ ގޮތުން ދެރަކޮށްލުމަށް ގޮއްވާލާ އަޑެއް. 2 އާންމުންގެ ތެރޭގައި ގެއެއްގެ ގިފިލި ފެންނަހިސާބު އުސްތަނަކަށް އަރަންވެއްޖިއްޔާ އެކަން އަންގައިލުމަން ގޮއްވާ އަޑު

ހޯއްދުން

ނ. 1 އިންސާނާގެ ބުރުސޫރަ. 2 ހަށިގަނޑުގެ ރީތިސިފަ. 3 ހަށިގަނޑުގެ ސަމައްތަރު. 4 (މ.) މީހަކުލައްވާ އެއްޗެއް ހޯދުވުން.

ހޯވަނި

ނ. (ޏ) އަލައާއި ކެޔޮ ގަސްގަހުގެ ބުޑުކަމުން ތޮރުފަމުންދާ ފަންޏެއް.

ހޯދަންބަޔޯ

ނ. (މަލިކު) ފީކޯތް.

ހޯދަރު

ނ. ބޮޑެތިއޮޑި ފަހަރު ބާލާއިރު މައްޔަލުގައި ހުރަހަށް އަޅާ "ގަސް" ކިޔާ އެތިގަނޑުގައި އަޅާޔާރި.

ހޯދަރުކުރުން

މ. (ސ) ހަދާފައިހުރި އިމާރާތެއްގެ އެތެރޭގެ ހުރިހާބައިނަގައި އެއްހޯލެއްގެ ގޮތުގައި ތަންބޮޑުކުރުން.

ހޯދައިބެލުން

މ. 1 ކަމެއްގެ ނުވަތަ އެއްޗެއްގެ ޙަޤީޤަތް އޮޅުން ފިލުވުން. 2 ބަހުސް ކުރުން. 3 ތަޙުޤީޤު ކުރުން. 4 ތަޙްލީލު ކުރުން.

ހޯދީ

ނ. (ޅ) 1 މާކެޔޮޅުކަމުގެ ބަހުރުވައިގައި އޮޑިދޮށުގައި ބަނދެފައި އޮންނަ ފިލިމަސް. 2 ހޯދުން މިބަހުގެ ނިމިނިމުނުކަން.

ހޯދީނެރުން

މ. [މާކެޔޮޅުކަމުގެ] ހުރަހަށް ދައްސޫރަ ދުއްވާފައި ފިލިމަސް އޮޑިއާ ދުރުކުރުން.

ހޯދީދަނޑި

ނ. (ހ) ކަތި ރިޔަލުދޯނި ފައްސިޔަށް ދާއިރު ކަނީގައި ޖަހާފައި ދޯންޏާ ދުރަށް ނެރެފައި ހުންނަ، ވައުހަރުކޮށްފައި އޮންނަ ދަނޑި.

ހޯދުން

މ. 1 އެއްޗެއް ނުވަތަ ކަމެއް ފެނޭތޯ ބެލުން. 2 މަސައްކަތް ކޮށްގެން ތަކެތި މިލްކް ކުރުން. 3 ޙާޞިލްކުރުން.

ހޯދުފަހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހޯލި

ނ. 1 ހިމަދަރު. 2 ގަސްގަހުންކޮށާ ހިމަ އޮފިއޮފިކޮޅު. ބައެއް ރަށްރަށު މީހުން މިއަށް "ފޯލި" ވެސް ކިޔައެވެ.

ހޯލު

ނ. 1 އިމާރާތެއްގައި ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަކޮށްފައި ހުންނަ ބޮޑު ކޮޓަރި. 2 މާލަން.

ހޯގީދަނޑި

ނ. ތުންމަތިރިޔަލުގެ ކުރެވި އެލުނަނުދޭން ޖަހާފައި ހުންނަ ދަނޑި.

ހޯލެއި

ނ. (ސ) ތޮށަލި

ހޯސާ

ނ. ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އެމެއް. މިއީ ހިމަދިގުކޮށް ހުންނަ، އޭގެ ބުރަކަށިމަތި ފެހިކުލައިގާ ބަނޑުދޮށް ރިހިކުލައިގައި ހުންނަ އެމެކެވެ. އޭގެ ދެއަރިމަތީގައި ރީނދޫކުލައިގެ ފުޅާރޮނގެއް ހުރެއެވެ. އަދި ތުނިކުދި ކުދި ހުޅުނބުތަކެއް ހުރެއެވެ.

ހޯސް

ނ. އެއްޗެއް އޮހުމުގެ ބާރުކަމާއި ގިނަކަމުގެ އަޑު. ހޯސްލައިފައި ފެން އަންނަނީއޭ ބުނެފިނަމަ އެއީ މާގިނައިން ފެން އަންނަނީއެވެ.

ހޯސްޕަވަރު

ނ. 1 ފައްސަތޭކަ ފަންސާސްރާތަލުގެ ބަރުދަން އެއްސިކުންތުގެ ތެރޭގައި އެއްފޫޓަށް އުފުލުމަށް ބޭނުންވާ ބާރު. 2 އަހުގެ ބާރު.

ހޯޑާ

ނ. އެމަށްފައްތައިގެން އުޅޭ ދަލުގެ ދެކޮޅު.

ހޯޑު

ނ. އެންދަމާ ދަލުގެ ހިޔަނި.

ހޯޕް

ނ. (ގ) މޫދުގައި އުޅޭކޮލި.

ހޯޖާބޭކަލުން

ނ. ކަޢުބަތު الله ގެފުޅު އަރިހުގައްޔާއި މަދީނާ ޒިޔާރަތްފުޅު އަރިހުގައި އެތަނަށް ޚިދުމަތް ކުރައްވަން ތުރުކީގެ ރަސްރަސްކަލުން ފޮނުއްވާ ޚާއްޞަ ޚާދިމުން.

ނަ

އކ. 1 ނަފީކުރަން ބޭނުންކުރާ އަކުރެއް. މިއަކުރު އާންމުކޮށް އަންނާނީ ބަހުގެ ކުރިޔަށެވެ. މިސާލު ނަހަމަ. 2 ނޫން.

ނަހަނާ

ނ. ހަމުގެބައްޔެއް. މިއީ ދޫތްމަކަށް ވުރެން ބޯކޮށް ހުންނަ ހަމުގެކުލަ ބަދަލުވާ ބައްޔެކެވެ. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ.

ނަހަމައިން

ކއ. 1 އިންސާފެއްނެތި. 2 ހަމަޔާ އިދިކޮޅަށް. 3 ރަނގަޅުގޮތާ ޚިލާފަށް.

ނަހަލާއު

ނ. (ސ) ނަހަލާލު.

ނަހަލާލު

ނއ. 1 ހަލާލުނޫން. 2 ޙަރާމް.

ނަހަލާލުދަރި

ނ. 1 ޒިނޭކޮށްގެން ލިބޭދަރި. 2 ހަރާންދަރި.

ނަށާމައު

ނ. ކަނޑާއި މޫދާއި ފަޅުގައި ދިރިއުޅޭ އެއްޗެއް. މީގައި ކަށްޓެއް ނުހުންނާނެއެވެ. މިއީ ވަރަށް މަޑު އެއްޗެކެވެ. މިހުންނާނީ މުރަކަ ގައު ފަދަ ތަކެތީގައި ހިއްޕައިލައިގެންނެވެ. މީގެ ބައެއް ވައްތަރުގައި ބާރުގަދަ ވިހައެއް ހުންނާނެއެވެ. މީގެ މަތީގައި ފަށްތަކެއްހެން ހުންނަ ބައި އަބަދު ހުންނާނީ ހުޅުވިލެއްޕި ވާގޮތަށް ޙަރަކާތް ކޮށްކޮށެވެ.

ނަނަށް ހެޔޮކުރާނީ ވަތުންނެވެ.

[މަޖާޒު] ކަމެއްކުރާއިރު ކޮންމެހެން އެކަމެއް ރަނގަޅުކުރަން އުޅޭނެ ކަމެއްނެތެވެ. މަސައްކަތް ރަނގަޅުވާނީ މަސައްކަތުން ލިބޭފައިދާ އަކުންނެވެ.

ނަނިކަން

ނއނ. (ގ) ރަނޑާލިކަން.

ނަނު

ނ. އުޔާއި ސުތުލިފަދަ ތަކެތީން ދެއުޅިޔަށްވުރެ ގިނަ އުޅިލައިގެން އަނބުރައިފައި ހުންނަ، ރޮއްޖަށްވުރެ ފަލަ އަދި ދިގުފަށެއް. މިސާލު: {ހ} ފުޅަނގިނަނު. {ށ} ކަންނެލިނަނު.

ނަނުބައި

ނ. ކެޔޮޅުކަމުދާން ތައްޔާރުކޮށް ގުޅުވައިގެން ގެންގުޅޭ ދެބުރި ނުވަތަ ތިންބުރި ނަނު. މީގެ އެކިބުރީގެ ފަލަމިން އެކިވަރު ވާނެއެވެ.

ނަނުބެއްދި

ނ. 1 ދެނަނު އެއްކުރާންޖަހާ ވަކިބާވަތެއްގެ ގޮށެއް. 2 ވަރަށް ތިރިކޮށްހެދޭ ގަހެއް. ފަތްތައް ހުންނާނީ ކުދިކޮށް ފުޅާކޮށެވެ. ފަތުގެ ކުލައަކީ ކަޅުފެހި ކުލައެވެ. މިގަހުގެ ވަކި ހުންނާނީ ކަރަންފުލެއްގެ ސިފައިގައެވެ. 3 ކުޅޭކުޅޭ ކަރަންފޫ. 4 ކުދިންކުޅޭ ކަރަންފޫ.

ނަނުއުކުން

ނ. ގޮނޑުދޮށުގައި ނުވަތަ ތޮށި މަތީގައި ހުރެގެން މަސްބާނަން ނަނުއެއްލުން. މިކަން ކޮށްއުޅޭގޮތަކީ، މުގޫކޮޅު ހަރުކޮށް ބަހައްޓައިގެން އެންގަނޑު އޮންނަކޮޅު އެއްލަނީއެވެ.

ނަން

ނ. އެލަފުޒަކުން މީހެއްކަން ނުވަތަ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ ކަމެއްކަން ނުވަތަ ސިފައެއްކަން ދޭހަވާ ކޮންމެ ލަފުޒެއް.