ލޯބި

ނ. 1 ކުލުނު. 2 ރުހެވޭ ރުހެވުން. 3 ގަބޫލު. 4 އެދުން. 5 ހިތްކިޔާކިޔުން. 6 ނއ. ރީތި. 7 [ބޯދާ] ހަންހާރަ. 8 އިޝްޤު. 9 ލޭފަ. 10 ލޮބު. 11 ހަހަރު.

  447

މާނައާ ގުޅުންހުރި

ހަހަރު

ނ. ލޯބި.

ހަހަރުވެތި

ނއ. ލޯބިވެތި.

ހަހަރުވެތުން

މ. ލޯބިކުރުން.

ހަންހާރަ

ނ. 1 މަތިވެރި ލޯބި. [ބޯދާ] 2 ޖިސްމާނީ ލޯބި.

ހަންހާރަކުރުން

މ. ލޯބިކުރުން.

ހަންހާރަވުން

މ. ލޯބިވުން.

ހަންހާރަވެތި

ނއ. 1 ލޯބިވެތި. 2 ލޮބުވެތި.

ހަންހާރަވެތިކަން

ނއނ. 1 ލޯބިވެތިކަން. 2 ލޮބުވެތިކަން.

ހަކާ

ނ. [ބޯދާ] 1 ބޮޑުވެ ތަސައްރަފު ފުދޭ ފުދުން. 2 ލޯބި.

ހިނާ

ނ. 1 ލޯބި، 2 ހިނައިގަތުމަށް ކުރާ އަމުރު. 3 (ގ،ޏ) ހިނި.

ހިމާރުކުލުނު

ނ. 1 ހިމާރުގެ ލޯބި. 2 [މަޖާޒު] ކަމެއްގެ އެދެމުގައި މީހަކަށް ހެޔޮކޮށް ހިތަ ހިތައި ހުރެފައި އެކަމެއް ފުދުމުން އެމީހަކަށް އިހާނެތިކޮށް ހިތާ ހިތުން.

ހިތުލޭފަ

ނ. ހިތުލޯބި.

ހިތުލޯބި

ނ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި.

ހިތުލޯބިޖެހުން

މ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި އުފެދުން.

ހިތްހެޔޮ

ނއ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރި. 2 އޯގާވެރި. 3 ހިތުގައި ނުބައެއް ނުވާ.

ހިތްހެޔޮކަން

ނއނ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރިކަން. 2 އޯގާވެރިކަން.

ހިތްހެޔޮވުން

މ. 1 މީހުންގެ މައްޗަށް ހިތުގައި ލޯބިހުރުން. 2 އޯގާވެރިވުން. 3 ހިތުގައި ނުބައިއެއްނުވުން.

ހިތްބަންޑުންކުރުން

މ. 1 ހިތުގެ އެދުން ތައް ހާމަކުރުން. 2 ލޯބި ފާޅުކުރުން.

ހިތްކިޔުން

މ. 1 ހިތް އެދުން. 2 ޝައުޤު އުފެދުން. 3 ލޯބި އުފެދުން. 4 ބޭނުން ވުން.

ހިތްކެނޑުން

މ. 1 ފޫހި ވުން. 2 ލޯބި ކެނޑުން.

ހިތްއަތުލުން

މ. 1 މީހެއްގެ ހިތުގައި ތިމާގެ މައްޗަށް ލޯބި އުފެއްދުން. 2 ތިމާގެ މައްޗަށް ހިތް ލެންބުން.

ހިތްދިނުން

މ. [މަޖާޒު] 1 ހިތާވުން. 2 މީހަކު ދެކެ މާބޮޑަށް ލޯބިވުން.

ހިތްޖެހުން

މ. 1 ކުރާހިތްވުން. 2 ޝައުގުއުފެދުން. 3 ހިތްއެދޭ ގޮތްވުން. 4 ބޭނުންވުން. 5 ލޯބިއުފެދުން.

ހިތްޖެއްސުން

މ. 1 ކަމަކަށް ދަހިވެތި ކުރުން. 2 ލޯބިޖެއްސުން.

ހީނާ

ނ. 1 މީރުވަސްދުވާ މައު އަންނަ ފަތްކުދި ގަހެއް. ހުދުހަމާއި ނިޔަފައްޗާއި ނުރަ ރަތްކުރާން މި ގަހުގެ ފަތްބޭނުން ކުރެއެވެ. މި ގަހުގެ ފަތާއި، މަލާއި އޮށް ބޭހަށް ބޭނުން ކުރެއެވެ. މީގެ ފަތްބޮޑު ވައްތަރެއް ވެސް ހުރެއެވެ. މި ވައްތަރަށް ކިޔަނީ ސުވޭހު ހީނާއެވެ. [ބޯދާ] 2 ލޯބި.

ހުބެސުނބެ

ނ. އެދުންވެރިކަމާއި އެކީ ވަސްގެން ކުރާލޯބި.

ހުއްޖެހުން

މ. (ޏ،ސ) 1 ކުޑަކުދީން ކަންކަމަށް އެދި އާދޭސް ކުރުމުގެ ގޮތުން ކުސްތެޅުން. 2 ލޯބިކުރުމުގެ ތެރޭގައި އުނހު، އުނހު މިއަޑު އިއްވުން. 3 ހުނހު، ހުނހު،

ހެނދުވުން

މ. 1 ލޯބިން ވަސްގަތުން. 2 ދެޖިންސުގެ ދެމީހުން އެދުންވެރިކަމާއެކީ ލޯބި ކުރުން.

ހެޔޮވުން

މ. 1 އަނެކާއަށް އޯގާތެރިވުން. 2 އެހީތެރިވުން. 3 ލޯބިކޮށް ހިތުން. 4 ފުދުން. 5 އެދުން ފުދުން.

ރަނަ

ނ. 1 ލޯބިވާ އަންހެންކުއްޖާ. 2 ހިތާވެގެންއުޅޭ އަންހެންކުއްޖާ.

ރަނާ

ނ. ލޯބިން އަންހެނުންނަށް ކިޔާނަމެއް.

ރަންކޮޅު

ނ. [މަޖާޒު] ލޯބިން މީހުންނަށް ކިޔާނަމެވެ.

ރަންފުޅު

ނ. 1 ބޮޑުމުސްކުޅި ބޭކަލުންނަށް ލިބޭ ދަރިންނަށް ކިޔާ ރަސްމީ ނަމެއް. 2 މައިންބަފައިން ދަރިންދެކެ ލޯބިން ކިޔާނަމެއް.

ރަންދަރިފުޅު

ނ. އެންމެ ލޯބިވާ ދަރިފުޅު.

ރަންދިޔަ

ނ. 1 އަންހެންކުއްޖަކާ ބޮޑަށް ހިތާވެގެން ލޯބިން ކިޔާ ވަނަމެއް. ގިނައިން މިބަސް އިސްތިޢުމާލު ކޮށް އުޅެނީ ޅެމުގައެވެ. 2 [މަޖާޒު] ކަޅުބިލަމަސް.

ރަންގުލޯބި

ނ. 1 ކުޑަ ދުވަސްކޮޅަކަށްވާ ހިތާ. 2 މަތިމަތީންވާ ލޯބި.

ރަސް

ނއ. 1 ރަސްގެފާނަށް ނުވަތަ ރަސްކަމަށް ނިސްބަތްވާ. 2 މޮޅު. މިސާލު: ރަސްއައިން. 3 އެންމެބޮޑު. މިސާލު: ރަސްމަގު. 4 އެންމެ ލޯބިވާ. މިސާލު: މަގޭ ރަސްދަރިފުޅު. 5 ނ. ފަސްއޮށްކުޅޭއިރު ވިދިވިދިގެން ހަތްލަނޑުދިނީމާ. ނުވަތަ ހުސްފުށަތުން ލާއިރު އޮށްބައި އެކަށް ހިފުނީމާ ކިޔާނަން.

ބީހިކުޅުން

މ. ދެޖިންސުގެ ދެމީހުން އެކަކު އަނެކަކަށް ގައިގައި ޖެހި ލޯބިކުރުން.

ބުޅިކަނޑާލާފައިދިއުން

[މަޖާޒު] ލިބިފައިވާ ކަމަށްހީކޮށްހުރި އެއްޗެއް އަތުން ބީވުން. (މަޤާމަށްވެސް ލޯބިލިބުމަށްވެސް މިހެންބުނެއެވެ.)

ބޮސް

ނ. 1 މާތްކޮށް ހިތުމުގެ ގޮތުން އެއްޗެއްގައި ނިތްޖައްސާ ޖެއްސުން. ނުވަތަ އެއްޗެއްގައި އަތްލައިފައި، ނިތުގައި އަތް ޖައްސާ ޖެއްސުން. 2 ހުރުމަތްތެރިކަމުގެ ލޯބިން، އެއްޗެއްގައި މޫނު ޖައްސައިފައި ދެތުންފަތުން ދަމާލާ ދަމާލުން. 3 ދޮންދޭދިނުން.

ބޮސްދިނުން

މ. 1 މާތްކޮށް ހިތުމުގެ ގޮތުން އެއްޗެއްގައި ނިއްޖެއްސުން ނުވަތަ އެއްޗެއްގައި އަތްލައިފައި ނިތުގައި އަތްޖެއްސުން. 2 ހުރުމަތްތެރިކަމުގެ ލޯބިން އެއްޗެއްގައި މޫނު ޖައްސައިފައި ދެތުން ފަތުން ދަމާލުން. 3 ދޮންދިނުން.

ކަނުލޯބި

ނ. 1 އުނިސިފަތައް ނުފެންނަ ލޯބި. 2 ދޮންފުތު ލޯބި.

ކަޅިއެޅުން

މ. އެއްޗަކާ ދިމާއަށް ޙާއްސަގޮތަކަށް ކަޅިހުއްޓައިލައިގެން ބެލުން. މިގޮތަށް ގިނައިން ބަލައިއުޅެނީ ލޯބިވެރި ކަމުގައްޔާއި، އެދުންވެރި ކަމުގައްޔާއި ރުޅިވެރި ކަމުގައެވެ.

ކަލޯ

ނ. 1 ފިރިހެނެއްކަން ދަލީލުކުރާ ނަމއެއް. 2 ތިމާއަށްވުރެ ހަގު ގާތްތިމާގެ ފިރިހެނުންނަށް ލޯބިން ކިޔާނަމެއް. 3 ދެރަކޮށް ނިކަމަތިކޮށްލުމަށް ފިރިހެނުންނާ ދިމާއަށް ބުނާގޮތް. 4 މުސްކުޅިބަހުގައި މާތް ފިރިހެނުންނަށް ކިޔާގޮތެއް. 5 ބައެއް ކަހަލަ ޖަނަވާރާއި ދޫނިސޫފާސޫފީގެ ނަމުގެ ފަހަތަށް ގެންނަބަހެއް. މިސާލު: (ހ) ބުޅާކަލޯ. (ށ) މާކަނާކަލޯ.

ކާނލޯ

ނ. "ދިޔެ" މިބަހުގެ ބަދަލުގައި ބޭނުންކުރެވޭ ނަމެއް. (މިސާލު: މަރިޔަން ކާނލޯ، ފާތިންކާނލޯ، އާމިންކާލޯ އަދި އޯގާވެރިކަމާ ލޯބި ފަޢުޅުކުރުމުގެ ގޮތުން އަންހެންދަރިންގެ ނުވަތަ އުމުރުން ދުވަސްމަދު އަންހެންކުދިންގެ ނަމުގެ ބަދަލުގައިވެސް "ކަނލޯ" މި ބަސް ބޭނުންކުރެއެވެ.)

ކިސް

ނ. 1 ލޯބިކުރުމުގެ ގޮތުން ތަނެއްގައި ނުވަތަ އެއްޗެއްގައި މޫނުޖައްސައިފައި ދެތުން ފަތުން ބޮސްދޭ ބޮސް ދިނުން. 2 [ބޯދާ] ބަނޑު.

ކިސްކުރުން

މ. ލޯބިކުރުމުގެ ގޮތުން ތަނެއްގައި ނުވަތަ އެއްޗެއްގައި މޫނު ޖައްސައިފައި ދެތުންފަތުން ބޮސްދިނުން.

ކުލުނު

ނ. 1 ލޯބި. 2 ދެޖިންސުގެ ދެމެދުގައި ފާޅުކުރާ ޝަހުވާނީ އެދުން.

އަހުރަ

ނ. [ބޯދާ] ލޯބި.

އަހުރަވެތި

ނއ. ލޯބިވެތި.

އަނބޯ

ނ. ވަސްގަތުމާއެކު ކުރާލޯބި.

އަނބޯދިނުން

މ. ބޮސްދީލޯބިކުރުން.

އަޅައިގަތުން

މ. 1 އެއްޗެއް އެއްޗެއްގައި އެޅޭ ގޮތްވުން. 2 އެއްޗެއް ތާކު ދަތިވުން. 3 [މަޖާޒު] ލޯބިން ނުވަތަ ރުޅިއައިސްގެން މީހަކާ ނުވަތަ އެހެންވެސް އެއްޗަކާ ބެހިގަނެގެން އުޅުން.

އަލިހަކާ

ނ. [ބޯދާ] ލޯބި.

އަލިމި

ނ. 1 ލޭފަ 2 ލޯބި

އަލޭ

ނ. (ޏ) ލޯބި.

އަގަލު

ނ. 1 ކުލުނު. 2 ލޯބި. 3 އަޚްލާޤު. 4 ކަންތަކަށް ބަހައްޓަންވާ ފަރުވާ.

އާހަ

ނ. 1 ލޯބި. 2 ގެރިބަކަރި ޖަނަވާރުފަދަ ތަކެތި ގެންނާން ގޮވާގޮތެއް.

އާލަ

ނ. 1 ލޯބި. 2 ހިތާވުމުގެ ލޯބި. 3 ފިޔަލަ އާއިލާގެ މަހެއް. މި މަސް ފިޔަލައަށްވުރެ ކުދިވާނެއެވެ.

އިސްކު

ނ. [ބޯދާ] 1 ޢިޝްޤު. 2 ގަދަލޯބި. 3 ދެޖިންސެއްގެ ދެމެދުގައި ހިނގާ ލޯބި.

އިސްތިރި

ނ. 1 ކަރަންޓުން ނުވަތަ އަލިފާން އަޅައިގެން އެއްޗެހި ރޫފިލުވަން ގެންގުޅޭ އެއްޗެއް. 2 ދެ މީހަކު ލޯބީގެގޮތުން ގުޅުވާން ހަދާ ފަންޑިތަ. [ބޯދާ] 3 އަންހެނާ. 4 ލޯބިވާ އަންހެނާ.

އިޙުތިރާމުލިބުން

މ. މީހުންގެ ޤަދަރާއި ލޯބި ލިބުން.

އުނހުއުނހު

އ. އިޝްޤީ ލޯބިކުރުމުގައި އިއްވޭ އަޑެއް.

އުރަށްލުން

މ. 1 ލޯބިވެރިކަމުގައި އެކުއުޅުން. 2 އިންސާނެއް ނުވަތަ ޖަނަވާރެއް އުނގުތެރެޔަށްލުން.

އެކޮއި

ނ. 1 ދަރީންނަށް ނުވަތަ ކުޑަކުދިންނަށް ލޯބިން ބުނާގޮތެއް. 2 ކޮއްކޮ.

އެފަކީރު

ނ. އަނެކެއްގެ މައްޗަށް ރަޙުމު އުފެއްދުމަށްޓަކައި ލޯބިން ބުނެއުޅޭގޮތެއް.

ވަތައި

އ. 1 ވެގެންހުރެ. މިސާލު: ބިރުވަތައި (ބިރުގަނެގެން ހުރެ)، ލޮބުވަތައި (ލޯބިވެގެންހުރެ) 2 (ސ) ޓަކައި.

މަނަދޫސޭކުހެއްދުން

މ. [މިސާލުބަސް] ލޯބިވާކަމަށް ދައްކައިގެން މީހަކު ހައްދައިގެން އުޅުން.

މަންޖެ

ނ. 1 ކަނބުލޮ. 2 ތިމާއަށްވުރެ ހަގު އަންހެން ކުދިންނަށް ލޯބިން ނުވަތަ ގާތްކޮށްލުމުގެ ގޮތުން ކިޔައި އުޅޭ ގޮތެއް.

މައިކުލުނު

ނ. 1 މައިވަންތަކަމުގެ ލޯބި. 2 މައިންގެ ހިތުގައި ދަރިންނާމެދު އުފެދޭލޯބި.

މައިދަރިކުލުނު

ނ. 1 މައިމީހާއި ދަރިޔާ ދެމެދުގައި ހުންނަ ލޯބި. 2 މައިބަފައިންނާއި ދަރިންނާ ދެމެދުގައި ހުންނަ ލޯބި.

މަޖުނޫނު

ނ. 1 މޮޔަމީހާ. 2 މިހަކުދެކެ މާބޮޑަށް ހިތާވެފައި ހުންނަމީހާ 3 ޤައިސްޢާމިރީއަށް ދެވިފައިވާ ނަމެއް. މީނާއަކީ ލައިލާގެ ލޯބިވެރިޔާއެވެ.

މަޢުޝޫޤު

ނ. ލޯބިވެވޭ މީހާ.

މިތުރު

ނ. 1 ރަޙުމަތްތެރިޔާ. 2 އެކުވެރިޔާ. 3 ލޯބިވެރިޔާ. 4 [ބޯދާ] އަންހެނާ.

މޮޑެގަތުން

މ. 1 ލޯބިން ހިތްފުރިގެން ކުއްލިއަކަށް މީހަކު ގައިގައި ނުވަތަ އެއްޗެއްގައި ހިފައި އޮޅުލައިގަތުން. 2 އެއްޗެހިތަކެއް ކުއްލިއަކަށް މޮޑެން ފެށުން.

ފަހަތުންއަޅައިގަނެގެންއުޅުން

މ. [މަޖާޒު] ލޯބިން ނުވަތަ ރުޅިއައިސްގެން މީހަކު ނުވަތަ އެހެންވެސް އެއްޗަކާ ބެހިގަނެގެން އުޅުން.

ފަރި

ނއ. 1 ނަލަ. 2 ޗާލު. 3 ހިތްގައިމު. ނ. 4 ޖަނަވާރާއި ދޫނިސޫފާސޫފި އެއް ޖިންސު އަނެއް ޖިންސުގެ ކުރިމަތީގައި ގެންނަ އެދުންވެރިކަން އުފެއްދުމުގެ ޙަރަކާތް. 5 ބައެއްކަހަލަ ކަންތަކަށް ވާ ތައްޔާރު. މިސާލު: ދުއްވައިގަތުމަށް ނުވަތަ ލާނދާ އެއްލުމަށް މީހާ ވާ ފަރި. 6 ކުޅި ޖަހާއިރު ތިމާގެ ކުޅަދާނަކަން ދެއްކުމަށް ހަދާގޮތް ނުވަތަ ގެންނަ ޙަރަކާތް. 7 މާކެޔޮޅުކަމު ގެންދާން ކަމުދާވަރަށް ކޯމަސް ވާ ކުނި. 8 މާމެލާމެލި ފޮޅުމަށްޓަކައި ފިޔަތައް ހުޅުވޭހުޅުވުން. 9 (ޏ،ސ) ކުޑަކުއްޖަކާ ލޯބިން ތޮޅެލުމަށް ކުރާ ޙަރަކާތާއި ދައްކާ ވާހަކަ. 10 (ގ) މާމެލާމެލި ވާ މޯޅި. [ބޯދާ] 11 އެތެރޭގައި ފަޅެއް އޮންނަ ގޮތަށް ފަޅުގެ ވަށައިގެން ނުވަތަ، ކަނޑާއި ފަޅުމައްޗާ، ދެމެދު ގަލާއި މުރަކައިން އުފެދިފައިވާ ތިލަތަން.

ފަރިއެޑުން

މ. (ޏ،ސ) 1 ޅަކުދީންނާ ސަމާސާކޮށް ލޯބި ކުރުން. 2 ފަރިއެޅުން. 3 ޅަކުއްޖަކު ބޮޑުމީހަކުގާތަށް ދާންވެގެން ކުރާ ޙަރަކާތް ކުރުން.

ފަރިދިނުން

މ (ސ) ކުޑަކުދިންނާ ސަމާސާކޮށް ލޯބިކުރުން.

ފިރިސަން

ނ. [ބޯދާ] ލޯބި.

ފިކުރާވުން

މ. 1 ހިތާވުން. 2 ލޯބިވުން. 3ޤަބޫލުވުން. 4 ރުހުން.

ފުށްގަނޑު

ނ. 1 ރޮށްޓާއި ޕާންފަދަ ތަކެތި ފިހަން މޮޑެފައި ހުންނަ ފުށް. 2 [މަޖާޒު] ދޫނި ސޫފާސޫފީގެ ޅައެއްޗެހި. މިސާލު: މާކަނާ ފުށްގަނޑު، ހޯގުޅާ ފުށްގަނޑު. 3 ސަމައްތަރު ހެޔޮކުޑަ ކުދިންނަށް ލޯބިން ކިޔާނަމެއް.

ފުށްގުޑި

ނ. 1 ދޫނިފަދަ ތަކެތީގެ ފުށްފަތް. 2 [މަޖާޒު] ކުޑަކުދިންނަށް ލޯބިން ކިޔާނަމެއް. 3 ގިނައިން މޫނުގައި ފުށްޖަހާފައި ހުންނަ މީހާ.

ފުޅު

ނ. 1 މީހުންގެ ނަމުގެ ފަހަތަށް އިތުރުކުރާ ނަމެއް . މިސާލު: ޙަސަންފުޅު، އަޙްމަދު ފުޅު. 2 މާތްކުރުމުގެ ގޮތުން ނަމެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ދޫނިފުޅު، ގުރާފުޅު، 3 ލޯބިން ބުނެއުޅޭ ބަހެއް. މިސާލު: ދަރިފުޅު ކޮއިފުޅު، 4 އިންސާނާގައިވާ މައުނަވީ ސިފަތަކަށް މާތްކޮށް ބުނާގޮތް މިސާލު: ސަބަބަކީ އެބޭފުޅާގެ މުރާލިފުޅު ކަމެވެ.

ފުކު

ނ. ކުޑަކުދީން ނަށް ލޯބިން ކިޔާ ނަމެއް.

ފޮންޏެއްދިނުން

މ. (ހ) 1 ދޮނެއްދިނުން. 2 ކުޑަކުދިންގެ މޫނުގާ ލޯބިން ވަސްގަތުން. 3 ހަނދުވައިލުން.

ފޮތްތެރިކަން

ނއނ. 1 ގިނައިން ފޮތްކިޔައި އުޅުމުގެ ސަބަބުން މަޢުލޫމާތު ތަނަވަސް ވެފައިވާކަން. 2 ފޮތް ބެލުމަށް ލޯބި ޖެހިފައިވާކަން.

ފޮތްތެރީން

ނ. 1 ގިނައިން ފޮތްކިޔައި އުޅުމުގެ ސަބަބުން މަޢުލޫމާތު ތަނަވަސް ވެފައިވާ މީހުން. 2 ފޮތް ބެލުމަށް ލޯބި ޖެހިފައިވާ މީހުން.

ދަރިކުލުނު

މ. 1 ދަރިޔަކު ދެކެ ވާލޯބި. 2 ދަރިޔަކު ދެކެވާ ފަދަ ލޯބި.

ދަރިފުޅު

ނ. ދަރިއަށް ލޯބިން ކިޔާގޮތް.

ދަރުމަނާ

ނ. (ލ) ކުޑަކުދީންނަށް ލޯބިން ކިޔާނަމެއް.

ދޫނި

ނ. 1 މައިކަށިން އުފެދިފައިވާ ހަށިގަނޑެއްގައި ފަތްފަޅައިފައި ހުންނަ ބިސްއަޅާ އުދުހޭސޫފި. މީގެހަށިގަނޑުގައި ލޭހުންނާނެއެވެ. 2 [މަޖާޒު] ބައެއް ޒާތުގެ އުދުހޭ ފަނިފަކުސަ، މިސާލު: {ހ} ދޮންދޫނި. {ށ} މަސްކާށި ދޫނި. 3 [މަޖާޒު] ކުޑަކުދިންނާއި އަންހެނުންނަށް ލޯބިން ކިޔާނަމެއް.

ދޫނިގަނޑު

ނ. [މަޖާޒު] މީހުންނަށް ލޯބިން ކިޔައިއުޅޭ ނަމެއް.

ދެލޯކޮޅު

ނ. ކުދިންދެކެ، ނުވަތަ މީހުންދެކެ ލޯބިން ބުނެއުޅޭ ބަހެއް.

ދޮނު

ނ. [ބޯދާ] 1 ފޮށި. 2 (ޏ،ސ) ކުޑަކުދިންނަށް ލޯބިން ކިޔާނަމެއް.

ދޮންފުތު

ނ. 1 ފިރިހެން ދަރިފުޅަށް ލޯބިން ކިޔައި އުޅޭނަމެއް. 2 ފިރިހެނުންނަށް ކިޔާނަމެއް.

ދޮންފުތުލޯބި

ނ. 1 ދަރިންދެކެވާ ކަނުލޯބި. 2 ތިމާގެ ދަރިފުޅުގެ ކުށްތިމާއަށް ނުފެންނަ ލޯބި.

ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނެއެވެ

[މުސްކުޅިބަސް] އެމީހެއްގެ ދަރިއަކު ނުވަތަ ލޯބިވާ މީހަކު ކިތންމެ ވިޔާނުދާ ކަމެއްކުރިކަމުގައި ވިޔަސް އެކުރީ ވިޔާނުދާކަމެއްކަމަށް އެމީހާއެއް ނުދެކޭނަމަ އަދި އޭނާ ޤަބޫލުކުރާ ގޮތުން އޭނާގެ ދަރިއެއް އެފަދަ ވިޔާނުދާ ކަމެއް ނުކުރާނެކަން ބަޔާންކުރުމަށް ބުނެއުޅޭ ބަހެއް.

ތުއްތުދޮންބޭބެ

ނ. ބޭބެއިންގެ ތެރެއިން ހަގުވެފައި ލޯބިވެތިކަން ބޮޑު ބޭބެ.

ތޮޅިލުން

މ. 1 ލޯބިން ކުޑަކުދިންގެ ގައިގައި ކޮއްޓައިލުން. 2 އިރު ހަނދު ފެނުން މައްޗައް އެރުން. 3 ބަނޑުގައިވާ ދަރިފުޅު ޙަރަކާތެއް ކުރުން. 4 ހަށިގަނޑުގެ ތަނެއް ނުވަތަ ތަންކޮޅެއް ތެޅިލުން.

ތޮޅެލުން

މ. 1 ލޯބިން ކޮއްޓާލާ ސަމާސާކޮށްލުން. 2 ގައިން ތަނެއް ތެޅިލުން.

ލާނެއްގަނޑު

ނ. 1 ސަމާސާގެ ގޮތުން ހެއްވާ މަޖާ ވާހަކަދައްކައި އުޅޭ މީހާ. 2 ސަމާސާގެ ގޮތުން ހެއްވާ މަޖާކަންތައް ކުރާ މީހާ. 3 ލޯބިން އަންހެން ކުދިންނަށް ކިޔާނަމެއް.

ލާނެތްގަނޑު

ނ. 1 ސަމާސާގެ ގޮތުން ހެއްވާ މަޖާ ވާހަކަ ދައްކައި އުޅޭ މީހާ. 2 ސަމާސާގެ ގޮތުން ހެއްވާ މަޖާކަންތައް ކުރާ މީހާ. 3 ލޯބިން އަންހެން ކުދިންނަށް ކިޔާނަމެއް.

ލޭފަ

ނ. [ބޯދާ] ލޯބި.

ލޭފަވެތި

ނއ. ލޯބިވެތި.

ލޮބު

ނ. ލޯބި.

ލޮބުވަތައި

ކއ. 1 ލޯތްބާއެކުގައި. 2 ލޯބިވެތިވެ.

ލޮބުވެތި

ނއ. ލޯބިވެތި.

ލޮބުވެތިކަން

ނއނ. ލޯބިވެތިކަން.

ލޮބެކަން

ނއނ. (ގ) 1 ލޯބިކަން. 2 ރީތިކަން.

ލޮބެކުރުން

މ. (ގ) 1 ލޯބިކުރުން. 2 ރީތިކުރުން.

ލޮބެވުން

މ. (ގ) 1 ލޯބިވުން. 2 ރީތިވުން.

ލޮބޮއި

ނއ. (ޏ،ސ) ލޯބިކޮޅު. މިއީ ކުޑަކުދީންނަށް ލޯތްބާއި ހަމްދަރުދީ ފާޅުކުރުމުގެ ގޮތުން ބުނެއުޅޭ ބަހެކެވެ.

ލޯބިކަން

ނއނ. 1 ރީތިކަން. 2 ހިތް ގައިމުކަން. 3 ލޯބިވާގޮތް ހުންނަކަން.

ލޯބިކުރުން

މ. 1 ލޯބި ބެހެއްޓުން. 2 އަނެއް ޖިންސުގެ މީހެއްގެގައިގައި ލޯބިން ބޮސްދީ ފިރުމުން ފަދަ ކަންތައް ކުރުން.

ލޯބިކެރުން

މ. (ޏ) ލޯބިކުރުން.

ލޯބިވެރިޔާ

ނ. (ހ) ތިމާގެ ހިތުގައި އެމީހަކާމެދު ލޯބި އުފެދިފައިވާ މީހާ.

ލޯބިވެތި

ނއ. ލޯބިވާގޮތް ހުރި.

ލޯބިވެތިވުން

މ. ލޯބިވެވޭނެ ސިފަތައް ލިބިގެންވުން.

ލޯބިލޯބި

ނއ. ވަރަށް ލޯބި.

ގައުރު

ނ. [ބޯދާ] 1 އަހުރަ. 2 ލޯބި.

ގިރިޓީލޯބި

ނ. [މަޖާޒު] 1 ޙަޤީޤަތެއް ނެތް ލޯބި. 2 ބޭރުފުށުން ދައްކައިގެންއުޅޭ ލޯބި.

ގުއިވުން

މ. މާބޮޑަށް އެކުވެރިކޮށް ނުވަތަ މާބޮޑަށް ލޯބިވެގެން އުޅުނު ދެ މީހަކު އެކަކު އަނެކަކުދެކެ ފޫހިވެ ރުޅިވުން.

ސިންދިތާ

ނ. [ބޯދާ] ލޯބި.

ސިންތާ

ނ. [ބޯދާ] 1 ލޯބި. 2 ކަމަކާ ދޭތެރޭގައި މަޑުމައިތިރި ކަމާއެކު ވިސްނާ ވިސްނުން.

ސިއްތާ

ނ. [ބޯދާ] 1 ލޯބި. 2 ރުހޭ ރުހުން 3 ބޭނުންވާ ބޭނުންވުން.

ސުވޭހުކުލުނު

ނ. ކަރުދޮށްފަދަ ތަންތަން ބޮއިގެން ކުރާލޯބި.

ޖެހުން

މ. 1 ބޮނޑިއެއް އެޅުން. 2 ދެމީހެއްގެ ދެމެދުގައި އަރައިރުން ނުވަތަ ދެކޮޅުވެރިކަން އުފެދޭގޮތްވުން. 3 ބައެއް ކަހަލަ ތަކެތި ހެދުން. މިސާލު: ހ. ބުޅިޖެހުން ށ. މޭޒުޖެހުން. ނ. ނޫޓުޖެހުން. 4 ބައެއްކަހަލަ ކަންތައް ކުރުން. މިސާލު: ހ. އުވަޖެހުން ށ. މުށިޖެހުން. ނ. މާޖެހުން. 5 ބައެއްކަހަލަ ކަންތައްތައްވުން ނުވަތަ ލައިގަތުން. މިސާލު: ހ. ރޯގާޖެހުން. ށ. ބަނޑަށްޖެހުން. ނ. ރާޅުޖެހުން. 6 ބައެއްކަހަލަ ޝުޢޫރު އުފެދުން. މިސާލު: ހ. ހިތުގައިޖެހުން. ށ. ލޯބިޖެހުން. 7 މިޔުޒިކުގެ ބައެއްތަކެތި ކުޅުން. މިސާލު: ހ. ބެރުޖެހުން ށ. ގިޓާޖެހުން. 8 ދެމީހަކު ނުވަތަ ދެ އެއްޗެއް އައިސް ލައިގަތުން. މިސާލު: ދެކާރު ޖެހިއްޖެއެވެ. 9 ބައެއްކަހަލަ އެއްޗެހި ވެއްދުން. މިސާލު: ހ. ބަސްތާޔަށް ބަންބުޑި ޖެހުން. ށ. މޮރޮހު ޖެހުން. 10 ދަތީގައި ނުވަތަ މަޅިފަތީގައި ޖެހުން. މިސާލު: ހ. ދަތީގައި ޖެހުން. ށ. މަޅިފަތީގައި ޖެހުން. 11 ވެރިފަރާތުގެ ހުއްދަނެތި އެއްޗެއްގެ ބޭނުންކުރުން. މިސާލު: (ހ) ފައިސާގައިޖެހުން. (ށ) މުދަލުގައިޖެހުން. 12 ޓައިޕުރައިޓަރުން ނުވަތަ ކޮމްޕިއުޓަރުން އެއްޗެއް ލިޔުން. މިސާލު: ސިޓީޖެހުން. 13 ހިސާބު ޢިލްމު އުނގަންނައިދިނުން. މިސާލު: ހިސާބުޖެހުން.

ޢިޝްޤް

ނ. އެދުންވެރިކަމުގެ ގޮތުން އަންހެނަކާ ފިރިހެނަކާ ދެމެދުގައިވާ ގަދަ ލޯބި.

ޤައުމީލަވަ

ނ. ޤައުމުގެ ތަރައްޤީ އާއި، ޤައުމު ކުރިއެރުވުމުގެ ރޫޙާ ޤައުމު ދެކެވާ ލޯބި އެކުލެވޭގޮތަށް ހެދިފައި ހުންނަ ލަވަ.

ޤައުމީލޯބި

ނ. ޤައުމުދެކެވާ ލޯބި.

ލަފުޒާ ގުޅުންހުރި

ހިތުލޯބި

ނ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި.

ހިތުލޯބިޖެހުން

މ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި އުފެދުން.

ރަންގުލޯބި

ނ. 1 ކުޑަ ދުވަސްކޮޅަކަށްވާ ހިތާ. 2 މަތިމަތީންވާ ލޯބި.

ކަނުލޯބި

ނ. 1 އުނިސިފަތައް ނުފެންނަ ލޯބި. 2 ދޮންފުތު ލޯބި.

ދޮންފުތުލޯބި

ނ. 1 ދަރިންދެކެވާ ކަނުލޯބި. 2 ތިމާގެ ދަރިފުޅުގެ ކުށްތިމާއަށް ނުފެންނަ ލޯބި.

ތަނުލޯބި

ނ. މީހަކު ތަނެއްގައި އުޅޭތާ ގިނަދުވަސްވެގެން އޭނާގެ ހިތުގައި އެތަނަކަށް ޖެހޭ ކުލުނު.

ލޯބި

ނ. 1 ކުލުނު. 2 ރުހެވޭ ރުހެވުން. 3 ގަބޫލު. 4 އެދުން. 5 ހިތްކިޔާކިޔުން. 6 ނއ. ރީތި. 7 [ބޯދާ] ހަންހާރަ. 8 އިޝްޤު. 9 ލޭފަ. 10 ލޮބު. 11 ހަހަރު.

ލޯބިކަން

ނއނ. 1 ރީތިކަން. 2 ހިތް ގައިމުކަން. 3 ލޯބިވާގޮތް ހުންނަކަން.

ލޯބިކުރުން

މ. 1 ލޯބި ބެހެއްޓުން. 2 އަނެއް ޖިންސުގެ މީހެއްގެގައިގައި ލޯބިން ބޮސްދީ ފިރުމުން ފަދަ ކަންތައް ކުރުން.

ލޯބިކެރުން

މ. (ޏ) ލޯބިކުރުން.

ލޯބިވުން

މ. 1 ކުލުނުހުރުން. 2 ރުހުން. 3 ޤަބޫލުވުން. 4 އެދެވުން. 5 ހިތްކިޔުން. 6 ރީތިވުން.

ލޯބިވެރިކަން

ނއނ. 1 ކުލުނުހުރިކަން. 2 ރުހޭކަން. 3 ޤަބޫލުކަން. 4 އެދެވޭކަން. 5 ހިތްކިޔާކަން. 6 ރީތިވާކަން. 7 [ބޯދާ] ދޮހުކަން.

ލޯބިވެރިޔާ

ނ. (ހ) ތިމާގެ ހިތުގައި އެމީހަކާމެދު ލޯބި އުފެދިފައިވާ މީހާ.

ލޯބިވެތި

ނއ. ލޯބިވާގޮތް ހުރި.

ލޯބިވެތިވުން

މ. ލޯބިވެވޭނެ ސިފަތައް ލިބިގެންވުން.

ލޯބިލޯބި

ނއ. ވަރަށް ލޯބި.

ލޯބިޖެހުން

މ. 1 ހިތްޖެހުން. 2 ކަމަކާ ވަކި ނުވެވޭވަރަށް އެކަމަކަށް ބޭނުންވުން. 3 ކަމަކަށް މާބޮޑަށް ބޭނުންވުން.

ލޯބިޖެއްސުން

މ. 1 ހިތްޖެއްސުން. 2 ކަމަކާ ވަކި ނުވެވޭވަރަށް އެކަމަކަށް އެދުންވެރިކުރުވުން. 3 ކަމަކަށް މާބޮޑަށް ބޭނުންވާނޭގޮތް ހެދުން.

ގިރިޓީލޯބި

ނ. [މަޖާޒު] 1 ޙަޤީޤަތެއް ނެތް ލޯބި. 2 ބޭރުފުށުން ދައްކައިގެންއުޅޭ ލޯބި.

ގެރިލޯބި

ނ. [މަޖާޒު] 1 ކަމެއްގެ އެދުމުގައި މީހަކަށް ހެޔޮކޮށް ހިތަހިތައި ހުރެފައި އެކަމެއް ފުދުމުން އެމީހަކަށް އިހާނެތިކޮށް ހިތާ ހިތުން. 2 ހިމާރު ކުލުނު.

ޤައުމީލޯބި

ނ. ޤައުމުދެކެވާ ލޯބި.

ބަސްފޮތް ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރައްވާ

ބަސްފޮތުގެ މުޅިން އާ އިސްދާރެއް ބައްލަވާލައްވާ