ދަ

ނ. [ބޯދާ] 1 ވަ. 2 އަހަރެން. މިސާލު: ދަބުނެފީމާ. (އަހަރެން ބުނެފީމެވެ.) 3 ދަގަނޑު.

  544

މާނައާ ގުޅުންހުރި

ހަ

ނއ. އަދަދުގެ ގޮތުން ހައެއް. މިސާލު: {ހ} ހަ ގޮނޑި. ނ. 2 [ބޯދާ] ގަހާތަރި.

ހަހުރަޔާ

ނ. [ބޯދާ] ހަސަދަވެރިޔާ.

ހަހެތި

ނ. [ބޯދާ] ޒިޔާރަތް، މަޤާމު ފަދަ އިތުރު ތަންތަން.

ހަށަންބަނުން

މ. 1 ޙަރަމް ބަނުން. 2 ވައަތް ބަނޑުގައި ޖައްސައި އެއަތުގެ ކުޑަހުޅުގައި ކަނާއަތުން ހިފެހެއްޓުން. 3 ކަނާއަތްތިލަ ވައަތު ކިހިލިފަތްދޮށަށް ލުމާއިއެކު ވައަތްތިލަ ކަނާތު ކިހިލިފަތްދޮށަށް ލުން. 4 މެޔާހަމައިގައި ދެއަތުން ގޮށެއްގެ ސިފަ ޖެއްސުން. އަދި މިނޫން ގޮތްގޮތަށްވެސް މިޙަރަކާތް ގެނެއެވެ. އަދި މިޙަރަކާތްތައް އަދަބުވެރިގޮތުން ނޫނަސް ގެނެވެ އެވެ.

ހަށަންބަންތަކުބީރު

ނ. 1 ނަމާދަށް ހަށަންބަންނަމުން ކިޔާ "الله އަކްބަރު". 2 ނަމާދުގެ ދެވަނަ ރުކުން.

ހަށަބަސް

ނ. ހަށަނަރަބަޅައިގެ ތަރުތީބުން ޖެހިޖެހިގެން އޮންނަ ދެއަކުރު އެއްއަކުރު އަނެއްއަކުރާ ބަދަލުކޮށްގެން ވާހަކަދައްކާ ބަސް. މިސާލު: {ހ} ތުއްތުދީދި (ލުއްލުފީފި.) {ށ} މޫސާފުޅު (ވޫޑާދުބު). {ނ} ހުސައިންދީދީ (ށުޑެންފީފި).

ހަށަވާދަ

ނ. 1 ލަދުގަންނަ ޒާތުގެ ޒުވާބު. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ދައްކާ ލަދުގަންނަ ޒާތުގެ ވާހަކަ. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅުކަމަށް ބުނެ ކުރާ ޒުވާބާއި ވާ އަރާރުން. 4 (ސ) ވައްބަހުން ދައްކާ ވާހަކަ.

ހަށަވާދަކިޔުން

މ. 1 ލަދުގަންނަޒާތުގެ ޒުވާބުކުރުން. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ލަދުގަންނަ ޒާތުގެ ވާހަކަ ދެއްކުން. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅު ކަމަށްބުނެ ވާހަކަދައްކައި ޒުވާބުކޮށް އަރާރުންވުން. 4 (ސ) ވައްބަހުން ވާހަކަ ދެއްކުން.

ހަށިހުއްދަ

ނއ. 1 ބަލިވެއިންކަމުގައި ނުވާ. 2 އަނެކާގެ ޢިއްދައެއްގައި އިންކަމުގައި ނުވާ.

ހަށިހުއްދަވުން

މ. 1 ބަލިވެއިންކަމުގައި ނުވުން. 2 އަނެކާގެ ޢިއްދައިގައި އިންކަމުގައި ނުވުން.

ހަށިވައު

ނ. (ހ) 1 ދަނޑީވައު. 2 ތުންމަތީ ރިޔަލުގެ ދަނޑި ހިފެހެއްޓުމަށް ދަނޑީގެ ކުރީގައި ޖަހާ ވައު.

ހަށިފަސޭހަ

ނއ. 1 ވިހާ. 2 ހަށިގަނޑަށް އުނދަގޫވާ ކަމެއްނެތް. 3 [މަޖާޒު] ހިތްފަސޭހަ.

ހަށިފަސޭހަވުން

މ. 1 ވިހެއުން. 2 ހަށިގަނޑަށް އުނދަގޫވާ ކަމެއްނެތުން. 3 [މަޖާޒު] ހިތްފަސޭހަވުން.

ހަށިފޮޅައިލުން

މ. 1 ދޫނިސޫފާސޫފީގެ ގައިގައި ހުންނަފެން ނުވަތަ ހިރަފުސް ފޮޅައިލުމަށް އެސޮރުމެންގެ ހަށިގަނޑަށް ހަރަކާތްގެނައުން. 2 ތިމާގެ ގައިގައި މީހަކު ނުވަތަ ދިރޭއެއްޗެއް ބައްދައިފައި އޮތް ބެއްދުމެއް ނައްޓައިލުމަށް ޙަރަކާތްކުރުން. 3 [މަޖާޒު] ކުރިމަތިވެފައިވާ ދަތިތަކަކުން ސަލާމަތްވެގަތުން.

ހަނކާ

ނ. 1 ބަރަވަލި، ގޮޅާފަދަތަކެތީގެ ތޮށި. 2 ސަންގު.

ހަނދަރަބޮލި

ނ. (ޏ) ސަނދަރަބޮލި.

ހަނދަމަގަ

ނ. (ސ) ހަނދުހިނގާ އުސްދަނޑި.

ހަނދާނީފިލާ

ނ. ޚިދުމަތެއްގެ އަގުވަޒަންކުރުމަށްޓަކައި ނުވަތަ ކަމެއްގެ ހަނދާނެއްގެ ގޮތުން ލިޔެ ކުރެހުން އަޅައި ނުވަތަ ފޮޓޯއެއް ޖަހައިގެން ހަދައިފައި ދޭ ބޯޑެއް. މި ހަދައިފައި ހުންނަނީ ތަފާތު އެއްޗެހިން ތަފާތު ގޮތްގޮތަށެވެ.

ހަނދާނީލިޔުން

ނ. ކަމެއްގެ ހަނދާނެއްގެ ގޮތުން ދޭ ސަނަދު ނުވަތަ ސެޓުފިކެޓް ފަދަ ލިޔުން.

ހަނދާން

ނ. 1 ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާ ހުރުމުގެ ބާރު. 2 ކަމެއް ނުވަތަ އެއްޗެއް ހިތަށްގެނައުމުގެ ބާރު.

ހަނދު

ނ. 1 ބިމުގެ ވަށައިގެން ދައުރުކުރާ ތަރިއެއް. މިއީ އިރުން އެއަށް އަލިކަން ލިބިގެން ރޭގަނޑު ބިމަށް އަލިކުރާ ތަރިއެކެވެ. 2 ތަރިއެއްގެ ވަށައިގެން ދައުރުކުރާ ފިޔަޖަހާ ތަރިއަކުން އަލިކަން ލިބިގެން އެތަބާވާ ތަރިއަކަށް އަލިފޮނުވައިދޭ ތަރިއެއް.

ހަނދުބަޑި

ނ. 1 އީދުރޯދައަށް ހަނދު ފެނުނީމާ ޖަހާ ބަޑި. 2 އިހުގައި ރަޖަބު ، ރަމަޟާން، ޝައްވާލު، މިތިންމަހުގެ ފުރަތަމަރޭ ޖަހައި އުޅުނު ރަސްމީބަޑި. 3 މެދުވަރުގެ ހަރުމަތީބަޑި.

ހަނދުބޮލި

ނ. (މ) ސަނދަރަބޮލި.

ހަނދުކަލާބޮލި

ނ. (ފ) ސަނދަރަ ބޮލި.

ހަނދުކޭތަ

ނ. އިރާއި ހަނދާއި ބިން އެއެއްޗެހީގެ ދަތުރުކުރާ މަގުގައި ދަތުރު ކުރަމުން ގޮސް އެއްދަނޑިއަކަށް ދިމާވާ ހިނދު ހަނދަށްއެޅޭ ބިމުގެ ހިޔަނި.

ހަނދުވަންހަ

ނ. އުތުރު އިންޑިޔާގައި ރަސްކަންކުރި ޢާއިލާއެއްގެ ނަން. ރާއްޖެއިސްލާންވީ އިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ މިދަރިކޮޅުގެ ބޭފުޅެކެވެ. ދިވެހީން މިދަރިކޮޅަށް "ތީމުގޭ ދަރިކޮޅު" އަދި "މަލެއި" ދަރިކޮޅު މިހެންވެސް ކިޔައެވެ.

ހަނދުމަ

ނ. " ހަނދާން "ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާހުރުމުގެ ބާރު

ހަނދޭގިރި

ނ. 1 އިހުގައި ދައުލަތް ހިންގަވާން އިސްވެތިއްބަވާ ވެރީންކުރެ އެކަކަށް ދެއްވާކޮލީގެ ނަމެއް. 2 ވަޒީރުއްދާ ޚިލިއްޔާ.

ހަނގާ

ނ. 1 ކުރާއުނދަގޫ. 2 ތޮޅޭތޮޅުން. 3 ޅަކުއްޖާ މީހަކާ އަޅާލައިގެން އެޖައްސާ ވައްތަރު. 4 (ޏ) ބުޅާކުޅުވާ ފިހިގަނޑު.

ހަނގާކުރުން

މ. 1 އުނދަގޫކުރުން. 2 ތޮޅުން. 3 ސަމާސާކުރުން.

ހަނގު

ނ. އިހުގައި ރަނދުން ދެއްވާ އުޅުއްވި އޮޅިމެދުކަމުގެ ދަރަޖައެއް. މިބޭކަލުން ތިއްބަވަނީ ދިވެހިރާއްޖޭގެ ރަސްގެފާނުގެ ލަޝްކަރުގެތެރޭގައެވެ.

ހަނގުންފަރާ

ނ. ދިވެހިރާއްޖޭގެ ދަނޑުވެރީން އަތުން އިހުގައި ސަރުކާރަށް ނެގިބައެއް. މިނެގި މިންވަރަކީ ދަނޑުކޮށި ކޮންމެ ރަށަކުން ދެގޮނެވެ. މިކެނޑުނީ ހ. ތޭރަސަތޭކަފަންސާސްއެކެއް. ވަނަ އަހަރުގައެވެ.

ހަނގުރާމަ

ނ. 1 ހަތިޔާރު ހިފައިގެން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅައިމެރުން. މިބަސް އާންމުކޮށް ބޭނުންކުރަނީ އެއްޤައުމު އަނެއް ޤައުމާ ދެމެދު ހިނގާ މިފަދަ ޙަމަލާތަކަށެވެ. 2 މިސައިލާއި ރޮކެޓް ބޭނުންކޮށްގެން އެއްޤައުމު އަނެއް ޤައުމާ ކުރާ ހަނގުރާމަ.

ހަނގުކަން

ނ. 1 ރަސްމީ ދަރަޖައެއް. 2 އޮޅިމެދުކަމެއް.

ހަނޑަސް

ނ. 1 އަތްކަންކުރާމީހުން. އެއްޗެތީގައި ހިފާންގެންގުޅޭ ދެފައިކަށިލީ ހަތިޔާރެއް. 2 ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ވަކިކޮށްފައިވާތަން. 3 ކަކުނީގެ ދާނަ ދަތްގަޑު.

ހަނޑޫހޮވުން

މ. ހަނޑުލުގެ ތެރޭގައި ހުންނަ ވީ.އާއި ކަޅުހަނޑޫ ފަދަ އެއްޗެހި ވަކިކޮށް ނެގުން.

ހަނޑޫކަނޑާވަން

ނ. ހަނޑުސާފުކުރާން ލަކުޑީން ހަދައިފައި ހުންނައެތި.

ހަނޑޫކަނޑާލަވަ

ނ. ދަނޑި ބެރުގެ އަރުވައިބާލާ ލަވަތަކުގެ ތެރެއިން ލަވައެއް.

ހަނޑޫމުގުރާދަތި

ނ. ހަނޑޫ ފަދަތަކެތި ހިމުން ކުރުމަށް މައުދަނީ އެއްޗަކުން ހަދައިފައިހުންނަ އާލަތެއް.

ހަނަދޭސްވަރަ

ނއ. [ބޯދާ] މޮޅުގަދަކަންފޯރާ.

ހަނާކުރިމަސް

ނ. ކޮތަންބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ފޮނިތޮށި ކާފޫރުތޮޅި، ނައަނދާވަރަށް ހަނާކޮށްގެން މުގުރައި މިހަވާދުލައިގެން ކައްކާ މަސް.

ހަނާކުރިފޯއް

ނ. ފޯއް ކޮށައި އަވީލައި، މުރަނަވީމާ އުނދުންމައްޗަށް އުދައިގެން މުރަނަކޮށްފައި ހުންނަ ފޯއް.

ހަނާކުރުން

މ. 1 ހިކިތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަކުރުން. 2 ކޮތަނބިރި ހަވާދު ދަވައި، ހިމުންކޮށްގެން ހިކިކޮށް މަހުގައި ރިހަކެއްކުން.

ހަނާއެޅުން

މ. 1 އަތްތިލައިން ނުވަތަ އިނގިލިތަކުން އަންނާން އެންގުން. 2 އަތުގައި އޮތް ކޮންމެވެސް އެއްޗަކުން މިފަދަ އިޝާރާތެއްކުރުން.

ހަނާވުން

މ. [މަޖާޒު] 1 ހިކިތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަވުން. 2 ފުރާނަހުރި އެއްޗެއްސަށް މަރުވުންފަދަ ގެއްލުން ލިބުން.

ހަނު

ނ. 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނު ކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް. 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް. 3 ކއ. މަޑުން. 4 ނއ. ހިމޭން.

ހަނުލުން

މ. ވަޅި އާއި ފުރޯފަދަ ތަކެތި ހަނުން ތޫނުކުރުން.

ހަނޮ

ނ. (ޏ،ސ) 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނުކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް

ހަން

ނ. 1 އިންސާނުންނާއި ދިރޭއެއްޗެހީގެ ހަށިގަނޑުގެ ބޭރުދުލި. 2 ބިރުވެރިކަމެއް ޖެހިގެން އެހީޔަކަށް އެދި ކައިރީގައިވާ ރަށަކަށް ނުވަތަ ކަނޑުމަތިން ދާ ބަޔަކަށް އަންގާން އުފުލާއެތި. 3 ޢާއްމުކޮށް ދިޔާއެއްޗެހި އަޅަން ޕުލާސްޓިކާއި ރަބަރު ފަދަ ތަކެތީން ހަދައިފައި ހުންނަ ކަންވާރު. 4 އެއްގަމުގައި ދުއްވާ ތަކެތީގެ ފުރޮޅުގެ އެތެރެ ރަބަރާއި ބޭރު ރަބަރު. 5 ބޯޅަ ފިޔަވައި ވައިޖަހައިގެން ފުފޭގޮތަށް ހަދައިފައި ހުންނަ އެއްޗެހި. 6 ބެރުގެ ދެކޮޅުގައި އަޅައިފައި ހުންނަ އެއްޗެހި. 7 ހުރަސް

ހަންނެގުން

ނ. 1 ދިރޭ އެއްޗެތީގެ ހަން މަހުން ވަކިކުރުން. 2 ދަތުރުކުރާއިރު ކަނޑުމަތިން ނުރައްކަލެއް ދިމާވެގެން އެކަން އެންގުމަށް ނިޝާނެއް އުފުލުން.

ހަންނޮޅުން

މ. 1 ހަންފޮޅުން. 2 ގައިން ފޮޅިފައި ހުންނަ ހަންކޮޅުކޮޅު ނެއްޓުން. 3 ބަކަރި ކުކުޅުފަދަ ތަކެތީގެ ހަން ފިލުވުން

ހަންކަނޑައިލުން

މ. [މަޖާޒު] 1 މީހަކަށް ކެއްސެއް ދިނުން. 2 ގިނައަދަދަކަށް ފައިސާ ޚަރަދުކުރުވުން. 3 ނުކުޅަދާނަ ވަރުގެ މަސައްކަތެއް ފަދަ ކަމެއް ޖެއްސުން.

ހަންމުށި

ނ. 1 ދިރޭ އެއްޗެތީގައި ތަޅާން ގެންގުޅޭ އާލާތް. މިއޮންނަނީ ލަޓިގަނޑެއް، ނުވަތަ ބޮންތިއެއްގެ ކުރީކޮޅުގައި ނަނުފަށެއް ބައްދައިފައެވެ. ނޫނީ ބޮންތީގެ ކޮޅު ހިމަކުރަމުންގޮސް ނަނުގަނޑެއްހެން ހަދައިފައެވެ. 2 މީހުންނަށް އަދަބުދޭން ގެންގުޅޭ އެތި.

ހަންދަ

ނ. 1 މޫދުގައި ދިރިއުޅޭ ގޮޅާބާވަތުގެ އެއްޗެއް. މީގެ ބޭރުގައި ހުންނާނީ އުން ފަޅާފައެވެ. 2 ސަނދަރަބޮލި.

ހަންދަނިޔަފަތި

ނ. (ހ) ސަނދަރަބޮލި.

ހަންދަރު

ނ. 1 ސަތޭކަބާރަ ރާތަލުގެ ބުރަދަން. 2 އެއްޗެހި ކިރުމަށްޓަކައި ދަގަނޑުން ހަދައިފައި އޮންނަ ވަޒަނެއް. މީގެ ބަރުދަނަކީ ސަތޭކަ ބާރަ ރާތަލެވެ.

ހަންދަމަތި

ނ. ސަނދަރަބޮލި.

ހަންދުބޮލި

ނ. 1 ހަންދަމަތި. 2 ސަނދަރަބޮލި.

ހަންގަނޑު

ނ. 1 ބެރުޖަހަން ދަސްކުރުމަށްޓަކައި ބެރުއެދުރުގޭގައި އޮންނަބެރެއް. މިއީ ހަމުގެ ކެހެރިނުކޮށައި ދޫކޮށްއަޅައިފައި އޮންނަބެރެކެވެ. 2 ދިރޭއެއްޗެއްގެ ހަމުގެބައެއް. 3 ކުރަފަތްތޫނުކުރަން ގެންގުޅޭ ހަމުގެ ފޮތިވަރު. 4 އިހުގައި، ކަސްޓަމުގައި އޮންނަ ބޮޑުފޮތެއް، މިހަދައިފައި އޮންނަނީ ބޮޑެތި ކަރުދާސް ހުރިގޮތަށެވެ. މިއީ ބޯޓުފަހަރުން ގެންނަމުދަލާއި ތަކެތި ބޭލޭވަރު ބަލަހައްޓާފޮތެވެ. އަދި އެކްސްޕޯޓް އިންޕޯޓް ބަލަހައްޓާ ފޮތަކީ ވެސްމި އެވެ.

ހަންގަނޑުތެޅުން

މ. ބެރުޖަހަން ދަސްކުރާން ހަންގަނޑުގައި ޖެހުން.

ހަންގަނޑުޖެހުން

މ. 1 ހަންގަނޑުން ކުރަފަތް ތޫނުކޮށްލުން. 2 ބެރުއެދުރުގޭގައި ދަސްކުރާންޖަހާ ހަމުގެ ކެހެރިނުކޮށާ ދޫކޮށް އަޅައިފައި އޮންނަބެރު ޖެހުން. 3 [މަޖާޒު] ދުއްރައިން ތެޅުން.

ހަންޑިހެލެނބެލި

ނ. މޭއްޔަ ހެލެނބެލި. މިއީ ހެލެނބެލި ފަތްވައްތަރަށް ފަތް ވައްތަރަށް ފަތް ހުންނަ ގެދަގަހާ އެއްވަރަށް ހެދޭ ވިނައެވެ.

ހަންޑިކަރުނަ

ނ. 1 ދަކުރުއި ކަރުނަ. 2 ހަންޑިއަސް ބިސްއަޅާން ބަދަނެއްގެ ސިފައިގައި އެސޮރުހަދައިފައި އޮންނަ އެއްޗެއް.

ހަންޑިކުރާ

ނ. ކޮރުކޮކާހުއި. މިއީ ވިނަ ގަސްތަކުގެ ތެރޭގައި ހެދޭ ބައިއިންޗި ހާ އުސްމިނުގެ ވިނައެކެވެ. މާ ހުންނާނީ، ގޮދަން ފުކެއް ހެން ހުންނަ ތަންކޮޅެއް ގައި ނަރުކޮޅެއް ފަޅައިފައެވެ.

ހަންޑިޓައްކެނޑުން

މ. ރޭގަނޑު މީހުން ނިދައި، ފައިހިލަވަޅު އޮބުނީމާ އިވޭ އަޑެއް. މި އަޑު އިވެނީ އަނގައިން ޓައްކަނޑާއިރު އިވޭ ގޮތަށެވެ. މިއަޑުއިވޭވަކި ދިމާއެއް ފާހަގައެއް ނުކުރެވޭނެއެވެ.

ހަންޓޯޓޯ

ނ. މުސްކުޅިވެ، ދަތްވެރި، މޫނުގައި ރޫޖެހި އަނގަ ވަޅުވަދެފައި.

ހަންޓޯޓޯވުން

މ. މުސްކުޅިވެ ދަތްވެރި މޫނުގައިރޫޖެހި، އަނގަ ވަޅުވަނުން.

ހަރަހެރި

ނއ. (ގ) 1 ރަށްވެހި. 2 ހަރުދަނާ.

ހަރަމަލި

ނއ. (ސ) މޭވާފަދަ ތަކެތި ގަހުގައި ވަރިވަރިޔަށް އަންނައިރު ހަރުވާން ކައިރިވެފައި ހުންނަވަރި.

ހަރާންބަޅުމަސް

އ. 1 ހަރާން އެއްޗަކާ އެއްފަދަ ކުރުމަށް ބުނެ އުޅޭބަހެއް. 2 އެއްގޮތަކަށްވެސް ނެތްކަން ދެއްކުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހަރާންބަކަރި

ނ. [މަޖާޒު] ނަހަލާލުދަރި.

ހަރާންކުރުން

މ. ދީނުގައި ހުއްދަކަމެއް އަމިއްލައަށް ނުކުރާން ބުނުން.

ހަރާންފަދަ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަ. 2 އެއްގޮތަކަށްވެސް ނެތް. މިސާލު: ހަރާންފަދަ މިގޭގައި ކޮތަނބިރިކޮޅެއް.

ހަރާންފަދަވާނެ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަވާނެ. 2 ނޫންކަމަށް ގަދަކުރާންބުނާ ބަހެއް. މިސާލު: ހަރާންފަދަވާނެ އަހަރެން އެގެއަށް ވަންނަނަމަ.

ހަރާންފަދަތޯއްޗެއް

އކ. 1 ކަމެއް ނުކުރުމުގެ މައްޗަށް ގަދައެޅުމުގެ ގޮތުން ބުނާ ބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް އަހަރެން އޭނާއާ އަނގައިން ބުނާނެނަމަ. 2 ކަމެއް ކުރުވާން ބޮޑަށް އެދުންވެރިވުމާއެކު އެކަމެއް ކުރުވާން ގަދަކޮށްލާން ބުނާބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް ދޭނެނަމަ. މިހެން ބުނެއުޅެނީ، ނުދޭނެހެން ހީވާ އެއްޗެއް ދީފާނަމޭ ބުނިބަސް ގަދަކުރުވުމަށެވެ.

ހަރާންދަރި

ނ. ނަހަލާލު ދަރި.

ހަރާދުކިއުން

މ. 1 ވާދަކިޔައިގެން ކުޅޭކުޅިވަރާއި ކުރާޒުވާބުގައި ދެރަވާމީހާ މޮޅުވާ މީހާއަށް އެއްޗެއްދޭން ޝަރުޠު ކުރުން. 2 ބާޖީމެރުން. 3 ޖުވާކުޅުން.

ހަރި

ނ. (ޏ،ސ) 1 ގަދަ ޒުވާބު. 2 ދެފަރާތަކުން ދެކޮޅަށް ދައްކާ ވާހަކަ.

ހަރިންމަ

ނ. 1 މިސްކިތާއި ޒިޔާރަތްފަދަ ތަންތަނަށްޓަކައި އެތަންތާނގެ ވަށައިގެން ދޫކޮށްފައި އޮންނަބިން. 2 މިސްކިތް ތެރޭގައި މީހުން ވަޅުނުލައި މިސްކިތަށްޓަކައި ދޫކޮށްފައި އޮންނަ ތަން. 3 މަނާވެގެންވާ ދާއިރާ.

ހަރިވާދަ

ނ. (ސ) ހަށަވާދަ.

ހަރިވާދަޖެހުން

މ. (ސ) ހަށަވާދަކުރުން.

ހަރިސަ

ނ. އެއްގަމުމަހާ، ގިތެލާ، ގޮދަނާ އެއްކޮށްގެން ކައްކާލޮނުކާއެއްޗެއް.

ހަރިޖެހުން

މ. (ޏ،ސ) ދެމީހަކު ކަމަކާމެދު ދެކޮޅަށް ދަލީލު ދެއްކުމާއެކު އެމީހެއްގެބަސް ގަދަ ކުރުމުގެ ގޮތުން ވާހަކަ ދެއްކުން.

ހަރު

ނ. 1 ކަކުންޏާއި މީދާ ފަދަ ތަކެތި އުޅޭން ބިމުގައި ކޮންނަ ލޯވަޅު. 2 ރުކަށް އަރާން ރުކުގައި ބަންނަ ގަޅި. 3 މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. 4 ފޯއްވަޅިއާއި ދޮލަނގާއި ކަނޑިފަދަ ތަކެތި ބަހައްޓާން ބިތުގައި ހަރުކޮށްފައި ހުންނަ އެތި. 5 ބައެއް އެއްޗެހި ބަހައްޓާން ނުވަތަ ތިއްބާން އެކިގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗެހި. މިސާލު: ލިޔާހަރު، ބަޑިހަރު، ބައިސްކަލުހަރު. ނއ. 6 މަޑުގެ އިދިކޮޅު. 7 ޅަކަމުގެ އިދިކޮޅު. 8 ވައިމަތި ޅަކަންކެނޑުމުން ވާގޮތް. މިސާލު: ފުރަން ވާނީ ވައިމަތި ހަރުވެލީމައެވެ. (ވައިމަތި ޅަވުމަކީ ދެންމެދެންމެ ވިއްސާރަ ވެދާނެ ކަހަލަ ގޮތަކަށް ޖައްވު އޮތުމެވެ.) 9 ހަރުބޭހުގެ ސަބަބުން ހަށިގަނޑަށް ވާ ރަނގަޅު. 10 ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ފައްކާވަމުން އައިސް ދޮންވުމަށް ވާ ތައްޔާރު. 11 ބުއްދިވެރި. 12 ހަރުދަނާ. 13 ހަލުއި، މިސާލު: ދޯނި އެދުވަހު ހުޅުލެއަށް ދިޔައީ އޭގެ އެންމެ ހަރު ދުވެލީގައެވެ. 14 އެއްޗެއްގައި އަނެކައްޗެއް ވާ ތަތް. މިސާލު: އަހަރެން މި ހަދާ މަލުގައި މިހާރު ދެފިޔަ ހަރުކޮށްފީމެވެ. 15 ބާރު. މިސާލު: އޭނާ ދިޔައީ ވަރަށް ހަރުކޮށެވެ. ނ. [ބޯދާ] 16 ދިރިއުޅޭ ތަން. 17 ގެ.

ހަރުންދެމި

ނ. (ސ) އިޑިއައްޕަން ދަމާ ހަރުން ދަމައިގެން ތެލުލައި ހަކުރުލައިފައި ހުންނަ ހެދިކާ އެއްޗެއް.

ހަރުބަސް

ނ. އަދަބީބަސްތަކުގެ ތެރެއިން އަމުރަކަށްވާ ނުވަތަ ނަހީއަކަށްވާ ނުވަތަ ނަސޭހަތެއް ކަމުގައިވާ ކޮންމެ ބަހެއް.

ހަރުބީއަށްހިނގުން

މ. ހަރުބީއަށް ހަމަވާގޮތަށް ފިޔަވަޅު އަޅަމުން ހިނގުން. މިއީ އިހުގައި ގަނޑުވަރުތެރޭ ފިރިހެން ބޭފުޅުން ދަސްފުޅު ކުރައްވާ ކަމެކެވެ.

ހަރުބީމަތީމުސްކުޅިލަވަ

ނ. ދަނޑިބެރުގައި ޖަހާ ލަވަމަތީ ލަވައިގެ ބާވަތެއް.

ހަރުކަށި

ނ. 1 އޮބައިނުލެވޭ، ލަނބައިނުލެވޭކަށި. 2 ފުރާނަހުރި އެއްޗެއް މަރުވިތާ ގިނައިރު ވެގެންގޮސް ހުޅުހުޅުން ނުލެނބޭ ވަރަށް ވެފައިވާހަރު. 3 އެއްކަށި އަރާއެރުން. 4 [މަޖާޒު] ގޮތްދޫނުކުރާ އަމިއްލަގޮތެއްހުރި. މިސާލު: އިބުރާހީމަކީ ވަރަށް ހަރުކަށި މީހެކެވެ. ނއ. 5 އޮބޭގޮތާއި ލެނބޭގޮތްނެތް. 6 ގަދަބަދަވިކަންބޮޑު. 7 ރަޙުމުކުޑަ.

ހަރުކަން

ނއނ. 1 އޮބޭގޮތްނެތްކަން. 2 ހަރުދަނާކަން. 3 ދުވުމުގެ ހަލުއިކަން.

ހަރުކުރުން

މ. 1 އެއްޗެއްގައި އަނެއްކައްޗެއް ހިފެހެއްޓިފައި ހުންނާނެގޮތް ހެދުން. 2 ނަނުވައު ފަދަ ތަކެތި އަނބުރާ ހަރުކަން ގެނައުން. 3 ގަސްގަހުގައި އަޅާ ތަކެތި ޅަކަން ކެނޑެންދެން ގަހުގައި ބެހެއްޓުން. 4 ފޮތިފަދަ ތަކެތި ތާންޖަހައި ހަރުކުރުން. 5 ރުއްގަސްދިރުވައި ބެލެހެއްޓުން. 6 ގަދަކަން ގެނައުން. 7 މެޓާފަދަ ތަކެތި ކައްކައި ހިއްކުން. 8 އޮޑިހައްޔަރުކުރުން. 9 ދުވުން ބާރުކުރުން.

ހަރުކުލައިގެމީހުން

ނ. 1 ޤަދަރުހުރި މީހުން. 2 ރަށެއްގައި ތިބޭ ހަރުދަނާ މީހުން. 3 ބުއްދިވެރިން.

ހަރުއަޑު

ނ. 1 ބާރުއަޑު. 2 ގަދައަޑު.

ހަރުމަނިޔާ

ނ. އަތުންވައި ވައްދައިގެން ރާގުޖަހާން ގެންގުޅޭ މިއުޒިކުގެ އާލާތެއް.

ހަރުމީހުން

ނ. 1 ޤަދަރުވެރިން. 2 ޢިއްޒަތްތެރިން. 3 ކަމުވޮށިވެގެންވާ މީހުން. 4 ހަރުދަނާ މީހުން. 5 ދުވަސްވީމީހުން.

ހަރުފަ

ނ. ނަންނުގަތި ފާޑުގެ ސޫތްޕެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ބައެއް ހަރުފައިގެ ދަތުގައި ވަރަށް ގަދަ ވިހައެއް ހުރެއެވެ. މީގެ ވަރަށް ބޮޑެތި އެއްޗެހިވެސް އުޅެއެވެ.

ހަރުފަމުތް

ނ. 1 ހަށިގަނޑުން ވިހަދަމާ ހިލައެއް. މީގެ އަޞްލު އުފެދެނީ ހަރުފައިގެ އެތެރެހަށީގައި ކަމަށް ބުނެވެއެވެ. 2 މޮހޮރާ.

ހަރުފަތަށްއެރުން

މ. ހުކުރު ކުރުމުގެ ހުއްދަ ލިބުން. އިހުގައި މިކަންކޮށް އުޅެނީ އުޖޫރައެއްނެތިއެވެ.

ހަރުފަތް

ނ. 1 އަރާފައިބަން ފިލައިން ނުވަތަ ގަލުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަ ހަރުގަނޑު. 2 ހަރުގަނޑުގައި ފައިއަޅާން ހުންނަ ފިލާ ނުވަތަ ގައު. 3 ސިޑި. 4 [މަޖާޒު] ކަމެއްގެ މަރުޙަލާތައް.

ހަރުދަނޑި

ނއ. 1 ގަދަޔަށް ނިދައިފައިވާ. މިސާލު: ނިދައިހަރުދަނޑިވެއްޖެއޭ ބުނަނީ މާގަދަޔަށް ނިދީކަން އެންގުމަށެވެ. 2 މަރުވެ ގިނައިރުވެފައިވާ. މިސާލު: މަރުވެ ހަރުދަނޑިވެއްޖެއޭ ބުނަނީ މަރުވިތާ ގިނައިރުވެ ހަރުކަށިވީމައެވެ.

ހަރުދަނޑިވުން

މ. 1 މަރުވާތާ ގިނައިރުވެގެން ހަރުކަށިވުން. 2 ގަދަޔަށް ނިދުން.

ހަރުދަނާވަތި

ނ. [ބޯދާ] 1 މަހާނަ. 2 ދަނާވަތި.

ހަރުގަނޑު

ނ. 1 ތަންތަނަށް އަރާން ދެދަނޑި އެއްކޮށް ގަޅިބަދެގެން ގެންގުޅޭސިޑި. 2 ސިޑީގައިބަންނަ ގަޅި. 3 ތަކެތި ބެހެއްޓުމަށް ފައިޖަހައިފައި ބައިބަޔަށް ފިލާއަޅައިފައި ހުންނައެތި. 4 އިޑިއައްޕަން ދަމާއޮބި.

ހަރުގެ

ނ. 1 އޮޑިދޯނިފަހަރު ލައިފައި ބަހައްޓާގެ. 2 މީހުން އާދަކޮށް ނުއުޅޭ އެކިއެކި ޢާންމުބޭނުމަށްޓަކައި ހިޔާކޮށްފައި ހުންނަގެ.

ހަރޮށި

ނއ. 1 ހަރުދަނާ. 2 ކުޅަދާނަ. 3 އިންސާނިއްޔަތުގެ ފުރިހަމަބާރު.

ހަރޮނގުހިކާ

ނ. ހިކާގެބާވަތެއް. މަހުގެ ކުލައަކީ ދަނބުކުލައެވެ. މަހުގެ މަތީކައިރިން ފެށިގެން ތިރިއަށް މަހުގެ ދިގަށް އޮރެންޖްކުލައިގެ ފުޅާ ހަނރޮގު ފާޅުކޮށް ފެންނަން ހުރެއެވެ. ނިގޫފަތް ހުންނަނީ ފެހިކުލައިގައެވެ. ކަޅުކުލައިގެ ލަފެއްނިގޫފަތުގެ ބަނޑުދަށުގެ މަތީބައިގައި ހުރެއެވެ.

ހަރޮމަލި

ނއ. (ޏ) މޭވާފަދަ ތަކެތި ގަހުގައި ހުންނައިރު ހަރުވާން ކައިރިވެފައި ހުންނަ ވަރި، އެއީ ވަރީގެ ތަފާތެވެ.

ހަރޯދަ

ނ. ޝައްވާލުމަހުތެރޭގައި ހިފަން އޮންނަ ސުންނަތް ހަރޯދަ. މި ހަރޯދަ ޢާއްމުކޮށް ހިފައިއުޅެނީ، ވަޅުއީދު ދުވަހުން ފެށިގެންނެވެ.

ހަބަރު

ނ. ބޭހަށް ގެންގުޅޭ ހިތިރަހަގަދަ، ކަޅުކުލައިގެ ހިކިއެއްޗެއް.

ހަބޭސް

ނ. ވާވަލަށް ދަމާން ލާބާރު.

ހަބޭސްކުރުން

މ. 1 ނައުޒޯނގުގެ ނަގިލިނަގަމުން ދިއުން. 2 ވާވަލަށް ދަމައި ވާންކުރުން.

ހަޅަ

ނ. 1 އިރުވައިގެ ދެވަނަނަކަތް ފެށުނީއްސުރެ ތިންވަނަ ނަކަތް ހުސްވުމާއި ދެމެދު. 2 އިރުވައި މޫސުމުގެ ގަދަވައި. 3 [މަޖާޒު] ސަމާސާގޮތުން ހަޅޭއްލާ ގަދައަށް ކުރާ ޒުވާބު. 4 ސަކަ.

ހަޅަނގު

ނ. އޮޑިދޯނި ފަދަތަކެތި ކޮޅާން ގެންގުޅޭ ކިފުޅިރޯނު.

ހަޅަޖެހުން

މ. 1 ހަޅަމޫސުމުގެ ގަދަވައި ޖެހުން. 2 އިރުމަތިން ގަދަވައިޖެހުން. 3 [މަޖާޒު] އަޑުގަދަކޮށް ސަކަރާތްގަތުން 4 ސަކަ.

ހަޅޭފަށް

ނ. ކިޔާނުކިޔާ އެއްޗެއް ނޭނގި އިވޭ ގަދައަޑުތައް.

ހަޅޭފަޅޭ

ނ. (ހ) 1 ހަޅޭ. 2 މީހަކުނެރޭ ގަދައަޑު.

ހަޅޭފަޅޭލުން

މ. ގޮތެއް ފޮތެއްނެތި އަޑުގަދަ ކުރުން.

ހަޅޭލައިގަތުން

މ. ކުއްލިއަކަށް މާބޮޑަށް އަޑުގަދަ ކޮށްގަތުން.

ހަޅޭލުން

މ. މީހަކު ނުވަތަ ބަޔަކު އަޑުގަދަ ކުރުން.

ހަޅޭލެވުން

މ. އަޑުގަދަކުރުން.

ހަޅޭޖެހުން

މ. ހަޅޭއްލައި އަޑުގަދަކުރުން.

ހަކަ

ނ. 1 ތާކުންތާކުނުޖެހޭ ވާހަކަ. 2 (ސ) ހާޑުހައްފަދަ ކޮންމެ އެއްޗެއް. 3 (އކ) ވަރަށް، ތަންކޮޅެއް.

ހަކަވެޅާ

ނ. (ސ) އިހުޒަމާނުގައި އުރަވަޅިބޮޑުވީމާ ކުޑަކުރުމަށްޓަކައި ފަރުވާދޭއިރު ފަންވަތުން ހަދާފައި އޮންނައުޅަލެއް. މިއުޅާ އުރަވަޅީގެ މަތީގައި ބާއްވާފައި އޭގެ ތެރެއަށް ތޫނުބޭސް އަޅައިގެން އެހިސާބުގެ މަސްގަނޑުމަރައި ލޯވަޅެއް އުފައްދައި އެތެރޭގައި ހުންނަ ފެންނަގައި، މަސްތައް ކޮށާ ހަދައެވެ.

ހަކާވުން

މ. [ބޯދާ] 1 ދަރިމައި އުމުރަށް އައުން. 2 ތަސަރައްފު ފުދުން.

ހަކި

ނ. 1 ބިލެތްފަދަ ވެޔޮވެލުގެ ފަތްވަޅުން ނުކުމެ ތަންތާނގައި ހިއްޕާ މޫތައް. 2 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައްޔާއި، ބުޑުވަކާ އިހިގަނޑާ ދޭތެރޭގައި ޖަހައިފައި ހުންނަތޭރި. 3 ގިނަދުވަހު މޫދުގައި އޮންނަ ލަކުޑި ފަދަ އެއްޗެހީން ފަޅާ ރިނދަ. 4 އުދަރެހުގައި ފަށަލަ ފަށަލައަށް ޖަހާ ވިލާބުޑު. 5 (ސ) ބިލެތް އަރުވައިފައި ހުންނަ ރުއްރުކުގައި ވާލައްވާން ބަންނަ ކަފިގަނޑު 6 (ހ) އެނދު އުނދޯލިފަދަ ތަކެތީގެ ފަޑީގައި ލިޔެފައި ޖަހާ ތޭރި.

ހަކިގޮޅާ

ނ. ގޮޅާގެ ބާވަތެއް. މިގޮޅާގެ ބޭރުގައި ނުސާފު ހުދުކުލައަކާއި ފެހިމުށި ކުލައަކާއި، ކަޅާއި އަދި ދަނބުކުލައަކުން ކުރެހުން އެޅިފައިވެއެވެ. އަނގަމަތި ހުންނަނީ ހުދުކުލައިގައެވެ.

ހަކުރު

ނ. 1 އުއްދަނޑިއާއި ރުކުރާއާއި ވައްތަރު ވައްތަރުގެ މޭވާއާއި އަޑިއަށް ފައިބާ ގޮނޑިލީ ބައެއް ތަކެތިން ނަގާފޮނި. މިހިކިކޮންނާއި ދިޔާކޮށްހުރެއެވެ. 2 (ވ) ބާވަތެއްގެ މޫދުމަހެއް.

ހަކުރުބޮލި

ނ. ބޮލީގެ ބާވަތެއް. ގަދަމުށިކުލައިގެ ތިކީގެ ރޮނގުތަކެއް ވަރަށް ހިމަކޮށް މިބޮލީގެ ބޭރުގައި ހުރެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކޮށެވެ. ބުރަކަށިމަތީގައި މުށިކުލައާއި ގާތް ދޮންކުލައެއް ހުރެއެވެ.

ހަކުރުދަތުރު

ނ. ހަކުރުވިއްކަންދާ ދަތުރު. މި ދަތުރުގައި ހަކުރު ހިފައިގެން ވިކޭތަނަކާ ޖެހޭންދެން ގޮސްއުޅެއެވެ.

ހަކޮށި

ނ. 1 ބޮޑު ރިނދަލި. 2 މޫދުގައި މަސްލައިގެން ދުވާ ރިނދަލިޒާތުގެ ބޮޑުއެއްޗެއް.

ހަކޮޑި

ނ. (ޅ) ބޮޑެތި ރިނދަ.

ހައި

ނ. 1 ކުނާވިޔަން ގެންގުޅޭހުއި. 2 ވިޔުނު އެތިގަނޑުގެ ކޮޅުން ކަނޑާލާ އުއިގަނޑުގެ އުއި 3 ބަނޑު ހުސްވުމުގެ އުނދަގޫ 4 ނއ. އަޑި. 5 ހިނދި. 6 ވަރުލައި. މިސާލު: {ހ} މީހާގެ ހައިވެލާ ތަންކޮޅެއް ނެތެވެ.{ށ}މިދޯނީގައި ހައިވެލާ ތަންކޮޅެއް ނެތެވެ. {ނ} މިއީ ހައިނުކޮށް ރާޅުމުގުރާ ތަނެކެވެ. އތ. 7 މިންވަރު. މިސާލު: ނާޅިއެއްހާ ހަނޑޫ. 8 ކޮންމެ. މިސާލު: ނެތްހައި އެއްޗެއް ހޯދަން އުޅެއެވެ.

ހައިރާން

ނ. 1 ފިކުރުހުސްވެގެން ބުއްދިއަށް އަންނަ އޮޅުން. 2 އާދަވެގެން ނުފެންނަ ކަމެއް ފެނިގެންވާ އަޖައިބު.

ހައިބަރު

ނ. ބަނދަރު.

ހައިކަން

ނއނ. 1 ބަނޑު ހުސްވުމުގެ އުނދަނގޫކަން 2 ހައި

ހައިސިއްޔަތު

ނ. 1 މަޤާމް. 2 ދަރަޖަ. 3 ނިސްބަތްވާގޮތް. މިސާލު: ވެރިއެއްގެ ހައިސިއްޔަތުން.

ހައިޑުރޯމީޓަރު

ނ. 1 ފެންގަނޑު ބޮޑުވެ ކުޑަވާވަރު ބެލުމަށް ބޭނުންކުރާ އާލަތެއް. 2 ދިޔާ އެއްޗެހީގެ ބިމަށްދަމާ ބާރުބެލުމަށް ބޭނުންކުރާ އާލަތެއް. މިކަންކުރަނީ ފެނުގައި ލޮނުގެ އަސަރު ހުންނަ މިންވަރު ބެލުމަށެވެ.

ހައިޑުރޯފޯބިޔާ

ނ. 1 ފެންދެކެ ބިރުގަންނަ ބަލި. އެންމެ އާންމުކޮށް މިބަލިޖެހެނީ ކުއްތާ ދަތްއެޅުމުންނެވެ. 2 ވަކި އެއްޗެއް ދެކެ ގަންނަ ބިރު

ހައިޑުރޯގުރަފީ

ނ. 1 ކަނޑުތަކާއި ކޯރުތަކާއިބެހޭ ޢިލްމު. 2 ފެނުން އުފައްދާ އާތްވާ ބެހޭ ޢިލްމު. 3 ކަނޑުތަކާއި ކޯރުތަކުގެ ފެންގަނޑަށް އަންނަ ބަދަލުތައް ބެލުމަށް ކުރާ ތަހުލީލު.

ހައިޖާނު

ނ. 1 ހިތުގައި ވަކިކަމެއްގެ މައްޗަށް ޚިޔާލުތަކެއް ގަދަވާ ގަދަވުން. 2 ބައެއްގެ މެދުގައި އުފެދޭ އަރާރުމާއި ހަމަނުޖެހުން.

ހައުރުދަން

ނ. "ހާރުދަން"

ހައުދަހައި

އ. 1 ހައުދަ. 2 ހާދަހާބަލާ.

ހައުދަހައިވާ

އ. ހާދަހާވާ.

ހައުދު

އތ. ހާދަ.

ހައެއް

ނ. 1 ގުނުމުގެ ހަވަނަ އަދަދުގެ ނަން. 2 6. 3 ފަހަކާއި، ހަތަކާއި ދެމެދުގަ އަދަދު.

ހައެއްވުން

މ. 1 ހަވަނަ ޢަދަދު ހަމަވުން. 2 [މަޖާޒު] ޅަކުއްޖަކު ތަންދޮރު އެނގޭ ވަރަށް ބޮޑުވުން.

ހައް

ނ. 1 ދިގުއޮޑިކޮށް އޮންނަ ލަކުޑިކޮޅެއްގައި ދެލޯވަޅު ތޮރުފައި، އެއްލޯވަޅުން ކުސަފުރައި އަނެއްލޯވަޅުން ވާލައްވާން ހުންނަ ކައްޕި ފަދަ އެއްޗެއް. 2 ގުޑިވައިގައި ހިއްޕުމަށްޓަކައި ދަނޑިއެއްގެ ކުރީގައި ހަކެއްފަދަ އެއްޗެއް ހަރުކޮށް އެއަށް، ދިދައިގެވާ ފަދައިން ވަލެއްލައްއްވައި ކޮޅަށްޖަހައިފައި ހުންނަ ދިގުދަނޑި. 3 ސަންގު. 4 ސަންގާވައްތަރު ކޮންމެ އެއްޗެއް.

ހައްބަމުކައްބަވެސްނެތުން

މ. މީހެއްގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަން ގަދަކޮށްލުމަށް ބުނެއުޅޭ ބަހެއް. މިސާލު: އޭނާގެ އަތުގައި ހައްބަ މުކައްބަވެސް ނެތެވެ.

ހައްކަޅޮވުން

ނ. (ޏ) ލޯވަޅެއް ފަދަތަނެއް ކައިރިފަށް ގިރިފެން ނުވަތަ ކަންފަތިވެގެން ބޮޑުވުން.

ހައްމަތަކުރުން

މ. ހަމައިންނެއްޓިގެން އުޅޭ ބަޔަކު ނުވަތަ ކަމެއް ބާރުގެ ދަށަށްގެނައުން.

ހައްމާމު

ނ. ފެންވެރުމަށްޓަކައި ވަށައިގެން ބަންދު ކުރެވޭގޮތަށް ހަދައިފައި ހުންނަތަން.

ހައްދަށްއެރުން

މ. ކަމެއްދާންއޮތް އެންމެމަތީ ދަރަޖައަށް ދިއުން.

ހައްދައިލުން

މ. ރަޓުވައިލުން. މިސާލު: އޭނާ ހައްދައިލީމާ އެކަން ކުރާންޤަބޫލު ވެއްޖެއެވެ.

ހައްދުފަށަށްއެރުން

މ. ކައިވެނިވުމަކާއި ނުލައި، ދެމަފިރިންގެ ދަރަޖައަށް ގައިގޯޅިވެގެން އުޅުން.

ހައްދޫކަނޑުފަނިގޮޅާ

ނ. (ޏ) އަލަށްމާލެދާ މީހުން އަތުން ހައްދޫ ކަނޑު ފަހަނައެޅީމައި އާދައެއްގެ ގޮތުން ނެގޭ ކޮންމެވެސް ފޮނިކާއެއްޗެއް.

ހައްގުލަންގަރު

ނ. ބަނދަރުކުލި.

ހައްޓި

ނ. 1 ފަސްދޮޅަސް. 2 60 3 އޮނަހައްޓިއާއި އެކާހައްޓިއާއި ދެމެދުގެ ޢަދަދު.

ހަވަރަށްދެއްވުން

މ. ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ޚާއްޞަގޮ ތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެމީހާއަށް ހަދައިލުމަށް ރަދުން އެމީހަކު އެބޭކަލުންނަށް، ދެއްވުން.

ހަވަރުގޮވައިލުން

ނ. ވަޒީރުންނާއި ފުރަދާނައިން ޢީދުރޯދަ އަށް ހަވަރަށް ދެއްވާ ޖާފަތް.

ހަވާދު

ނ. 1 ރިހަކައްކާއިރުއަޅާ، ދިރި، ދަވިއްގަނދު، ކޮތަނބިރި، ފިޔާ، ލޮނުމެދު، މިރުސް ފަދަ ރިހަޔަށްލާން ބޭނުންކުރާ ބާވަތްތައް. 2 އަތްކަންކުރާމީހުން ރަނުގެ ބަޔެއް ގަހަނާގެ ކުރެހުމުގެ ތެރެއަށް އަޅާ ކަޅުކުލައިގެ އެއްޗެއް. 3 ފޮނިތޮށި ހަވާދު.

ހަވާދުކުރުން

މ. ކަރުފައްޓަރުގެމަހި، ކަންފަތުމުދި ފަދަތަކެތީގެ ކުރެހުން ރީތިކުރާން ކުރެހުމުގެ ތެރޭގައި ކަޅުކުލަޖެއްސުން.

ހަވާދުތަޅާވަން

ނ. ހަވާދު ހިމުންކުރަން ގެންގުޅޭ ވަން. މިހުންނަނީ ދަނގަޑުން ނުވަތަ ލޮއިންނެވެ.

ހަވާލާދިނުން

މ. ދައްކާވާހަކައެއްގައި ނުވަތަ ލިޔާއެއްޗެއްގައި އަނެކެއްގެ ބަހަކަށް ނުވަތަ ލިޔުމަކަށް އިޝާރަތްކުރުން.

ހަވިއްތަ

ނ. 1 ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ހަދައިފައި ހުންނަ ބައެއްކަހަލަ ތަންތަން. 2 ބައެއް ރަށްރަށުގައި އަކިރިއާއި ވެލިން ފޮރުވިފައި ހުންނަ ބައެއްކަހަލަ އުސްތަންގަނޑު.

ހަވީރުކުރުން

މ. ޅެމަކާމެދު ނުވަތަ ޅެންވެރިޔަކާމެދު އަދަބީ ގޮތުން ވާހަކަ ދެއްކުން.

ހަވޭލި

ނ. 1 ދުރުތަންތަން ބަލާން ހަދައިފާހުންނަ އުސްގޭގެ. 2 އިހުޒަމާނުގައި މުއްސަނދިންނާ ޝާހީ އަންހެން ބޭފުޅުން ތިއްބެވުމަށް ބޭރު ފެންނަގޮތަށް ހަދައިފައި ހުންނަ އުސް ޢިމާރާތް.

ހަމަ

ނ. 1 އިންސާފު. 2 އެއްވަރު. 3 ތިންހަމަ ކުޅޭއިރު އެއްކަހަލަ ތިންފުށްވާދިމާ. 4 ބެރާލަވަޔާވާއެކު. 5 އކ. އެއްވެސް ބޭނުމެއްނެތް ކަމުގެ މައްޗަށް ދަލީލުކުރާ ބަހެއް. މިސާލު {ހ} ހަމައައީ. {ށ} ހަމައިނީ. 6 ވުމުގެ މައްޗަށް ނުވަތަ ނުވުމުގެ މައްޗަށް ބަސްގަދަކުރުމަށްބުނާ ބަހެއް. މިސާލު: {ހ} ހަމަނުފެނުނޭ. {ށ} ހޯދީވިއްޔާ ހަމަފެންނާނެއޭ.

ހަމަހިލޭ

ކއ. 1 އެއްވެސް ކަހަލަ ބަދަލެއްނެތި. 2 ކަމެއްނެތި.

ހަމަހިލޭދިނުން

މ. އެއްވެސްކަހަލަ ބަދަލެއްނެތި ދިނުން.

ހަމަނުވުން

މ. 1 ވަޒަނުން ނުވަތަ އަދަދުން މަދުވުން. 2 ގަޑިއެއްނަމަ އަވަސްވުން ނުވަތަ ލަސްވުން. 3 (މަލިކު) ރަނގަޅުނުވުން.

ހަމަނޭވާ

ނ. ދަތިކަމެއްނެތި ލެވޭ ނޭވާ.

ހަމަނޭވާލުން

މ. 1 ނޭވާ ދަތިވެގެން އުޅެފައިނޭވާ ހަމަޔަށްލުން. [މަޖާޒު] 2 ހަމަނުޖެހޭ އުޅުމަކަށްފަހު ހަމަޖެހޭ އުޅުމަކަށް އައުން. 3 އަވަދިނެތި އުޅެފައި ތަންވަޅު ލިބުން.

ހަމަރޯނު

ނ. ރޭނުން ގަނޑެއްގެ މަތި ތެދުކުރާން އެންމެ ފަހުން ދަމާރޯނު.

ހަމަރޯނުނެގުން

މ. ރޭނުން ގަނޑެއްގެ މަތިހަމަ ކުރާން ދަމާ ރޯނާ ހަމަޔަށް ރޭނުން.

ހަމަބިމަށްފޭބުން

މ. [މަޖާޒު] 1 މަތީ މަޤާމަކަށް ދެވުމުން ބޮޑާވެ ކިބުރުވެރިވެފައި ހުރި މީހަކު ދަށް މަޤާމަކަށް ބަދަލުވުން. 2 ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުން އައިސްފައި ހުންނަ ރުޅިގަނޑު ފިލައިގެން ދިއުން.

ހަމައެކަނި

އ. 1 އެނޫން އެހެން އެއްވެސް އެއްޗެއް، ނުވަތަ ކަމެއް ނުވަތަ މީހެއް ނެތްކަން ބަޔާންކޮށް ދިނުމަށް ބުނެއުޅޭ އަކުރެއް. މިސާލު: {ހ} ބުނީ ހަމައެކަނި އެހެން. {ށ} އައީ ހަމައެކަނި އޭނާ. {ނ} ބޭނުންވަނީ ހަމައެކަނި ގަލަމެއް. 2 އެކަނި މިބަސް ގަދަކުރުމަށް ބޭނުންކުރާގޮތް.

ހަމަވައި

ނ. 1 ހަމަރޯޅި. 2 ނިވަލެއްނެތި ޖެހޭވައި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށްފަހު ލިބޭ ފަސޭހަ.

ހަމަވައިޖެހުން

މ. 1 ނިވަލެއްނެތި ވައިޖެހުން. 2 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލައްފަހުލިބޭ ފަސޭހަ

ހަމަދުވެލި

ނ. 1 ހަމަވައިގައި ދުވާދުވެލި. 2 ފުރިހަމަ ދުވެލި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށް ފަހު ލިބޭފަސޭހަ.

ހަމަތެދެއް

ނ. 1 ބުނާބަހުގެ ތެދުކަން ގަދަ ކުރުމަށް ބުނެއުޅޭ ބަހެއް. 2 ފިސާރި ތެދެއް.

ހަމަލަދިނުން

މ. ރުޅިވެރިކަމުގައި ނުވަތަ ވާދަވެރިކަމުގައި ދިމާކުރުން.

ހަމަޖެއްސުން

މ. 1 ރަމަތަކުރުން. 2 އަރާރުމާއި ގަޑުބަޑު ފިލުވުން. 3 ދަތިފިލުވުން. 4 ވަޑާން ކުރާއިރު ދެގަނޑެތި ރަނގަޅަށް ފައްތާ ހިމުން ކުރުން. 5 އެގޮތް މިގޮތްވެފައިވާ އެއްޗެހިތަކެއް ތަރުތީބު ކުރުން.

ހަމުތެރަސް

ނ. ޖަނަވާރުގެ ހަމުން ނުވަތަ ކަށިން ހަދާތަތްކަން ގަދަ ތެރަހެއް.

ހަފޮޅު

ނ. އޮޑިދޯނިފަހަރުގެ އެތެރޭގައި އިންނަފަތްތަކުގެ މަތީން ގަދަކުރުމަށް އަޅާ ވަކަރު ވޮށްޓެއް.

ހަދަނޑިވަޅުލަވަ

ނ. 1 ސަމާތާރައިގައި ޖަހާލަވަޔަކާއި ކިޔާލަވައެއް. 2 ދަނޑިބެރުގައި ޖަހާކުޑަލަވައެއް.

ހަދަސް

ނ. ޙަދަޘް

ހަދިޔާބަޑި

ނ. 1 އެއް ދައުލަތެއްގެ މަނަވަރެއް އަނެއް ދައުލަތެއްގެ ރަށަކަށްގޮސް ވަނުމާ އެކުޖަހާ ސަލާމުގެ ބަޑި. 2 އޭގެ ޖަވާބުގައި އެރަށަކުން ޖަހާބަޑިޔަށްވެސް ކިޔަނީ މިހެންނެވެ. 3 ބަޑިކޮށީމީހުން ޢީދު ދުވަހު ގޭގެ ދޮށުގައި ކުދިންނަށް ޖަހައިދޭ ބަޑި.

ހަދު

ނ. 1 މުށިން ހަދައިފައި ހުންނަ، ކަރުދިގު ބަނޑިޔަލެއް ކަހަލަ ކަންވާރެއް. 2 (ޏ،ސ) ފުފޭ. [ބޯދާ] 3 މީރުވަސް.

ހަތަރު

ނއ. ގުނުމުގެ ހަތަރު ވަނަ އަދަދުގެ ނަންއިތުރު މިސާލު: {ހ}ހަތަރުފަރާތް.{ށ} ހަތަރު މަޛްހަބް.

ހަތަރުބީރުންގެވާހަކަ

[މިސާލުބަސް] ހަތަރުބީރުން ދެއްކިކަމުގައި ބުނެވޭ ވާހަކައެއް، މީގައި އެކަކު ކިޔާ އެއްޗެއް އަނެކަކަށް އޮޅުން ނުފިލައިގެން އެކި މީހުން ދެއްކީ އެކި ވާހަކައެވެ. ބައަކު މިބާވަތަށް ވާހަކަ ދައްކަންޏާ މިސާލަކަށް ބުނެއުޅެނީ "އެ ދައްކަނީ ހަތަރު ބީރުންގެ ވާހަކަ" އެވެ.

ހަތަރުބޯފޮޅި

ނ. ބޯފޮޅި ފިހެގެން މައްޔިތުންގެ މައްޗަށް ފާތިޙާ ކިޔަވައި އުޅުނުހަތަރުދުވަސް. (އަހަރެއްގައި އަންނަނީ މިބާވަތުގެ ހަތަރު ދުވަހެވެ.) އެއީ 1 ރަޖަބު ބޯފޮޅި. (ޖުމާދަލްއާޚިރާމަހުގެ ނަވާވީސް ވަނަދުވަސް.) 2 ހިޔަރަކާތްބޯފޮޅި. (ޝަޢުބާންމަހުގެސާދަ ވަނަދުވަސް.) 3 ރޯދަބޯފޮޅި. (ޝަޢުބާންމަހުނަވާވީސްވަނަދުވަސް.) 4 ހައްޖުބޯފޮޅި. (ހައްޖުމަހުގެއަށްވަނަދުވަސް.) މިގޮތަށް ފިހާފޮޅި އެދުވަސް ދުވަހުގެ ހަވީރު މިސްކިތަށް ގެންގޮސްގެން ހުރިހާ މައްޔިތުންނަށް ފާތިޙާ ކިޔަވައި ހަދައެވެ. އިހުގައި މިރާޖޭގެ ކޮންމެ ގެއެއްގައިމެ މިފޮޅި ފިހެ ފާތިޙާ ކިޔަވައެވެ.

ހަތަރުކަންކަށި

ނ. އޮޑިދޯނިފަހަރުގެ ދެމައްޔާ ކައިރީން ބޭރު ހަތަރު ފަރާތް. އެއީ ދިރުނބާކޮޅުގެ މައްޔަލާއި ހުރަސްފިލަޔާ ދޭތެރެއެވެ. ކޮޅުފަސްކޮޅުގެ ދަށްމަޅުގެ ކޮޅުފަސްކޮޅުން ފެށިގެން މައްޔަލާއި ދޭތެރެއެވެ.

ހަތަރުކަޅިހަމަވުން

މ. 1 އެކަކު އަނެކަކަށް އެއްފަހަރާ ލޯފެންނަގޮތަށް ބަލައިލެވުން. 2 ހަތަރުކަޅި ބައްދަލުވުން.

ހަތަރުއުދަރެސް

ނ. 1 ވަށާއުދަރެސް. 2 ދުނިޔޭގެ ހަތަރުފަރާތު އުދަރެސް.

ހަތަރުމަސްދިހަވުން

މ. 1 މީހަކު މަރުވާތާ ހަތަރުމަހާ ދިހަދުވަސްވުން. އެދުވަހަކީ މަރުވިމީހާގެ މައްޗަށް ފާތިހާ ކިޔަވާ ދުވަސްތަކުގެ ތެރޭން ބޮޑު ދުވަހެކެވެ. 2 މަރުވިމީހާގެ އަނބިމީހާ ބަލިވެ އިންކަމުގައި ނުވާނަމަ ޢިއްދަ ހަމަވުން.

ހަތަރުމާބިތް

ނ. 1 ހަތަރުއުދަރެސް. 2 ދުނިޔޭގެ ހަތަރުފަރާތް.

ހަތަރުމުރިނގު

ނ. 1 އަރާމުރިނގު 2 އޮއްސޭމުރިނގު 3 މުރިނގު އީރާން. 4 މުރިނގު އަސްތަމާން. ބަސްބޭނުންކުރާ މިސާލު: ކަލެއަކީ ހަތަރު މުރިނގުވެސް ނުދަންނަމީހެކެވެ.

ހަތަރުފަށްއެއްތެޔޮ

ނ. ސިޔާސީ ބޮޑެތި އަދަބު ދިނުމަށްޓަކައި ހަތަރު އެއްތެލުން ހަދައިފައި ހުންނަ ހަންމުށި. މީގެ ކުރީކޮޅު ހުންނާނީ ހަތަރުފަށް ވަކީންނެވެ. ފަހަތުގައި އެއްތެޔޮ އޮޅައި ހަތަރުފަށް އެއްކޮށްފައެވެ. މި ހަންމުށި އޮންނަނީ އެތެރެކޮއިލުގައެވެ.

ހަތަރުފަލުކުނާ

ނ. ރާއްޖޭގައިވިޔާ ދުރުދުރުގައި ރޮނގުހުންނަ ކުނަލެއް. މިއަށް މިނަން ކިއުނީ ވާރުނެގި ޒަމާނުގައި ހަތަރު ފައު ބޮލީގެ ބަދަލުގައި މިކުނާ ޤަބޫލުކުރާތީއެވެ.

ހަތަރުފިޔަދޫނި

ނ. ދޮންދޫނި، ލެބުރު، ލޯފިނދު އަދި މިނޫންވެސް މިފަދަ ހަތަރުފިޔަލީ ދޫނި.

ހަތަރެއް

ނ. 1 ގުނުމުގެ ހަތަރުވަނަ އަދަދުގެ ނަން. 2 4. 3 ތިނަކާއި ފަހަކާއި ދެމެދުގެ އަދަދު.

ހަތަރެސް

ނއ. އެއްޗަކާ ގުޅިފައިވާ ހަތަރު ބަޔަކަށް ދަލީލުކުރާ ބަހެއް. މިސާލު: ހަތަރެސްކަން، ހަތަރެސްފައި.

ހަތައިވަރަ

ނ. ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގެ ތެރޭގައި (މިސާލަކަށް އަހަރު ދުވަހަކަށް) ތަނުގައި އުފައްދާ ހުރިހާ އެއްޗަކާއި، ދޭ ޚިދުމަތާއި ތަނުގެ މީހުން ބޭރުގައި ކުރާ ޚިދުމަތަށް ލިބޭ އަގުގެ ޖުމްލައިން، ބޭރަށްދާންޖެހޭ ހުރިހާ ޚިދުމަތެއްގެ އަގު ކެނޑީމާ ނުކުންނަ އަދަދެވެ.

ހަތަވިވަރަ

ނ. 1 ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރު ދުވަހަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. [ބޯދާ] 2 ހާސިލުވާ އެއްޗެއް.

ހަތާ

ނ. 1 މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު. 2 ތުނިގައު ފޮތި ފޮތި. 3 ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާގެ. 4 ދިރޭއެއްޗެއްގައި ދިރުންހުންނަ އެންމެ ކުޑަބައި. ހުރިހާ ދިރޭއެއްޗެހި އެއެއްޗަކުން އުފެދިގެންވާ އަސާސީމާއްދާ. މައިކްރޯބްފަދަ ސާދާ ދިރޭއެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުންފަދަ އޮޅުން ބޮޅުން ބޮޑުއެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ.

ހަތާވީސް

ނއ. 1 ދެދިހަ ހަތެއް. 2 27. 3 ސައްބީހާ އަށާވީހާއި ދެމެދުގެ އަދަދު.

ހަތާވީސްކިޔެވުން

މ. އިހުގައި ކޮންމެ ރޯދަމަހެއްގެ ހަތާވީސް ވިލޭރޭ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގަޔާއި ދެގެދޭތެރެގަޔާއި، ކުޑަކިބާ ބޭރުގެކޮޅުތެރޭގައި ޤުރްއާން ކިޔެވުން. މިކަން ކުރަން ފަށަނީ، ތަރާވީސްކޮށް ނިމުނީމާ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގައި، ބޮޑުކިޔެވެނިންނާއި ކުދިކިޔެވެނިންނެވެ. އޭރުހަތާވީސްފުކުގައި ދިއްލާފައި ހުންނާނެއެވެ. ކިޔަވާނީ ފޮތް ފޮއްޓެކެވެ. އެއަށްފަހު، ގަނޑުވަރުތެރެއަށް ދުރުވެ ދެގެ ދޭތެރޭގައެވެ. މިވަގުތު، ކުޑަކިބާ ބޭރުގެކޮޅު ތެރޭގައިޚަތީބުބޭކަލަކު ފޮތް ފޮށިކޮޅެއް ބެހެއްޓެވީމާ،"ތިންމަހުރޯދަކިޔަވަން" އައްޓަށް ދުރުވިބޭކަލުން، ނައްކާރަ ޖަހަން ދެން ކިޔަވާނެއެވެ. ފަހަކަށް އައިސް މިކިޔެވުން ކިޔެވީ، ދަންބެރު ޖަހަންދެން ހުކުރު މިސްކިތު ހަރުގޭގައެވެ.

ހަތި

ނ. 1 ފީވެފައިހުންނަ ރުއްބުޑުން ފަޅާ ފަށަލަ ފަށަލައަށް ހުންނަ ހުދު ރީނދޫ ކުލައިގެ ގަދަކަންފަތް. ތެތް ލަކުޑި ގަނޑެއް ހިކެމުން އަންނަ އިރުވެސް މިކަހަލައެއްޗިހި ފަޅައެވެ. 2 މޫދުން ފަޅައިފައި ހުންނަ ބާވަތެއްގެ ގަލެއް.

ހަތިކޮޅު

ނ. 1 މަޑައިގައި ހަރުކޮށްފައި އޮންނަ ހެތުރު މަޑަދަނޑީގައި ކުޑަގޮތަކަށް ހަރުކޮށްލުމަސް ބޭނުންކުރާ ބަލިބަލި ވަކަފަށްފަދަ ތަކެތި. 2 ކުރުމަހަށް ބުޅިންޖެހުމަށް ބުޅީގައި ހަރުކޮށްފައި އޮންނަ ހެތުރު، ދޮށްދަނޑީގައި އައްސާލުމަށް ގެންގުޅޭފަށް. 3 ފައްތައިގެން މަސްވެރިކަން ކުރާއިރު އެންގަނޑު އަޅާފައި އޮންނަ ބުޅި އަޑިއަށް ފޮނުވުމަށް ބުޅިގައިލާ ބަރު އައްސާފައި އޮންނަ ފަށް. އެ ބަރު އަޑީގައި ޖެހުމުން މައްޗަށް ނަގައި ނަނު ތަޅުވާލީމާ ހަތިފަށް (ހަތިކޮޅު) ކަނޑައިގެން ހިނގައިދާނެއެވެ. 4 މާލެއަތޮޅު ހުޅަނގު ދެކުނު ކަނުގައި އޮންނަ ކަނޑުއޮޅިއެއް، މި ކަނޑުއޮޅި ވަރަށްދުރުން ހޭލަމުން ގޮސް ވަރަށް ތިލަވާނެއެވެ.

ހަތިފަށް

ނ. 1 ބައެއް ޒާތުގެ ކެޔޮޅުކަމުގޮސް ނަނު ނުވަތަ ހެތުރު ފައްތައިފައި އޭގައިޖަހާ ހިމަ އެތިފަށް. މިހުންނާނީ ދޯނިން ބޭރަށް ދަނޑިބުރިއެއް ދިއްކޮށްފައި އޭގައި އެއްކޮޅު ބައްދައި ފައި އަނެއްކޮޅު ހެތުރުގައި ބައްދައިފައެވެ. 2 ރޯނުގަނޑެއްގެ އެއްކޮޅު ބޮޑުގަލެއް ނުވަތަ ތުން ބަނދެފައި އޮންނަ ވެލިގޯންޏެއްގައި ބައްދައި އަނެއްކޮޅު ދޯނިއަޅާ ވަލުގައި ބައްދާ އެތިފަށް.

ހަތެއް

ނ. 1 ގުނުމުގެ ހަތްވަނަ އަދަދުގެ ނަން. 2 7. 3 ހަޔަކާއި، އަށަކާއި ދެމެދުގެ އަދަދު.

ހަތޭލި

ނ. ހަތޭލިކަށިން ފަހާއިރު އަތް ތިލައަށް މަހަށް، ހަމުން ހަދައިފައިވާ އެއްޗެއް.

ހަތޭލިކަށި

ނ. ނާފަހަރުގެ ރިޔަލާއި ސަތަރިއާއި ގޯނިފަދަތަކެތި ފަހަން ގެންގުޅޭ ފަގަ ހުންނަ ކައްޓެއް. މީގެ ތުނޑަށް ވީކޮޅު އޮންނާނީ ތިން އަރިއަށް ވާ ގޮތަށް ކުޑަކޮށް ފަތާކޮށެވެ. ތުނޑު ހުންނާނީ ކުޑަގޮތަކަށް މައްޗަށް ލެނބިފައެވެ.

ހަތް

ނ. 1 ރަސްކަމުގެ ޢިއްޒަތަށްޓަކައި ގެންގުޅޭ މަތިހަމަޔަށް ހުންނަ ހުދުކުލައިގެ ވިހޭފަށްލީ ކުޑައެއް. 2 ރަސްކަމަށް ކޮލިލާ ދުވަހު ހަތަރު އަވަށު މައިޒާން ދޮށުގަޔާ ގުޅަކުޅޭފަސްގަނޑުގައި ހަތަރު ކޮށީންމެ ޖަހާ ކުޅިއެއް. މިކުޅިޖަހާނީ އިސްދަރިވަރުންގެ ތެރޭގައި ތިބި ކޮށީގެ އެދުރުކަމާއި އެންމެ ގާތް މީހުންގެ ތެރެއިން ދެމީހެކެވެ. 3 ނއ. ގުނުމުގެ ހަތްވަނަ ޢަދަދުގެ ނަން އިތުރު. މިސާލު: {ހ} ހަތްދުވަސް. ަ{ށ}ހަތްބިން. {ނ} ހަތްސާއަތް.

ހަތްހެއްތި

ނ. (ސ) ހަތްއަމުރު. މިއީ އިހުޒަމާނުގައި ކޮންމެ ހުކުރު ދުވަހަކު ހުކުރުން ފޭބުމަށްފަހު ވެރީންގެ ފަރާތުން ރައްޔިތުންނަށް ކުރާ ހަތް އަމުރެވެ. 1މާތްކަލާގެއަށް ކިޔަމަންތެރިވާހެއްތި. 2 ޒިނޭނުކުރާ ހެއްތި. 3 ވައްކަން ނުކުރާ ހެއްތި. 4 ދޮގުނުހަދާހެއްތި. 5 ނަމާދުކުރާހެއްތި. 6 ރޯދަހިފާހެއްތި. 7 ވެރިންނަށް ކިޔަމަންގަންނަހެއްތި.

ހަތްރީތި

ނ. އަންހެނުންގެ ރީތި ސިފަކިޔަން ބޭނުންކުރާ ހަތްނަމެއް. އެއީ، 1 ކުރަނގިދެލޯ. 2 އިހިކަނދުރާ. 3 ހިތިފަތުބުމަ. 4 ގިއުޅުއަތުކުރި. 5 ޝިކާރަމަތީ ކުއްތާގެ ބަނޑު ކަހަލަ ބަނޑު. 6 ތުނިޔަނިޔަފަތި. 7 އަންނާރުއޮށުދަތްޕިލާ. މިއެވެ.

ހަތްކޮޅު

ނ. ބޮޑުކުޑަ އަކާ ވައްތަރު ގޮތަކަށް ވަށައި ކައިރީގައި ވިހޭފަށެއް ލައިފައި ހަދައިފައި ހުންނަ އެއްޗެއް. މިއީ އިހުގައި ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުން ބައެއްކަހަލަ ރަސްމީ ޢިއްޒަތުގައި ކަންކަމަށް ނުކުމެވަޑައިގަންނަވާއިރު އެބޭފުޅުންގެ އިސްތަށިފުޅަށް ނަގާ އުޅުނު އެއްޗެކެވެ.

ހަތްކޮޅުނެގުން

މ. ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުންގެ އިސްތަށިފުޅަށް ފުރަތަމަ ހަތްކޮޅު ފޮޅުވައިލުމާއި، އެކަމާއި އެކުލެވިގެން ކުރާ ރަސްމީ ކަންތައްތައް ކުރުން.

ހަތްކޮޑިކޮޑިކާލި

ނ. ރަސްކަމަށް ކޮލި ލާދުވަހު ކޮއްޔާ އެކުގައި ގެންދާ އެއްޗެއް. މި ހުންނާނީ ތިރި ނުބައްދާ ހުންނަ ލަންޓަނެއްގެ ސިފައިގައި ދިގު ދަނޑި އެއްގައި ލާފައެވެ.

ހަތްއައްތަވާޅީންގާނެގުން

މ. ރިޔަނު ދެކޮޅުން މުގޯއްޔެއް އަޅަމުން ގޮސް ހަތްމުގޯލި އަޅައި ކޮންމެ މުގޯއްޔެއްގައި ހަތްގައުކޮޅު ބާއްވައިގެން ކުޅޭ ކުޅިވަރެއް. މިކުޅިވަރުގައި އެއް މުގޯލި ދޮށުގައި އުޑަފައިން އިށީނދެ ގައުކޮޅެއް ހިފައިގެން ތެދުވެ ހިންދަމާލައި ދެން ޖެހިގެން ހުރި މުގޯލި ކައިރީގައި އުޑަފައިން އިށީދެ ބާއްވަނީއެވެ. މިގޮތް މަތީން އެއް މުގޯއްޔަށް ފަހު އަނެއް މުގޯލި ހުސްކުރަމުންގޮސް ހަތްމުގޯލި ހުސްކުރަނީއެވެ.

ހަތްއަޖައިބު

ނ. ގަދީމީ ޒަމާނުގައި މީހުން ކޮށްފައިވާ ބިނާތަކާއި ހަދައިފައިވާ ތަކެތީގެ ތެރެއިން އާދަޔާ ޚިލާފުކަމަށް ފާހަގަކޮށްލެވޭ ބައެއް ތަންތަނަށާއި ތަކެއްޗަށް ކިޔާނަމެއް. މިތަންތަނާއި ތަކެއްޗާމެދު އެކި މީހުންގެ ޚިޔާލު ތަފާތެވެ. މިތާނގައި މި ފާހަގަކުރާ ތަންތަނާއި ތަކެތި އެންމެ ފުރަތަމަ ފާހަގަކުރީ ޢީސާގެފާނުގެ ދުއިސައްތަ ފަންސާސް އަހަރުކުރިން ޞައިދާގެ (މިހާރުގެ ލުބުނާނުގެ ދެކުނު ރަށެއް) އެއްޓިޕޭޓަރއެވެ. 1 މިޞްރުގެ ޖީޒާގައިވާ އަހުރާމުތައް. މި ތިން އަހްރާމު ތެރޭގައި ހިމެނޭ އެންމެބޮޑު އަހުރާމަކީ ޢީސާގެފާނުގެދެހާސް ފަސްސަތޭކަ އަހަރުގެ ކުރިން ބިނާކުރެވުނު ޚޫފޫ އަހުރާމެވެ. މި އަހުރާގެ އުސްމިނަކީ ހަތަރުސަތޭ އައްޑިހަ ފޫޓު އެގާރަ އިންޗިއެވެ.ހެދިފައި ވަނީ ދެމިލިޔަން ތިން ސަތޭކަހާސް ހިލައިން ނެވެ. ކޮންމެހިލައެއްގައި ދޭ ބައި ޓަނުގެ ބަރުދަން ހުރެއެވެ. ހަތްއަޖައިބުގެ ތެރެއިން ހަލާކުނުވެ މިވަގުތަށް ހުރީހަމައެކަނި އަހުރާމުތަކެވެ. 2 ޢިރާގުގެ ބާބުލްސަހަރުގައި އޮތް ސެމިރާމިސްގެ އެލިފައިވާ ބަގީޗާ. މިތަން ހެދިފައިވަނީ ޢީސާގެފާނުގެ ހަސަތޭކަ އަހަރު ފަހުންނެވެ. 3 ގްރީސްގެ އޮލިމްޕިޔާ ސަރުގައި ހުރި ޒިއަސްގެ ސާޅީސް ފޫޓޫ އުސްބުދު. މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ފަސްވަނަސައްތާގައި ރަނާއި އެތުދަތާއި މަރުމަރު ހިލައިންނެވެ. 4 ކްލޯސަސް އޮފް ރޯޑްސްގެ ނަމުން މަޝްހޫރުވެފައިވާ ފިލިއޮސް (ނުވަތައެޕޯލޯ) ގެ ބުދު ސަތޭކަސަތާރަ ފޫޓުގެ އުސް މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ދުއިސައްތަ އައްޑިހަ އަހަރު ކުރީންނެވެ. މި ބުދު ހަދައިފައިވަނީ ލޮއިންނެވެ. 5 އާޓީމިސްގެ ފައްޅި. މިތަން ބިނާކުރެވުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސް އަހަރު ކުރިން (މިހާރުގެ ތުރުކީވިލާތުގެ) އިޕިސަސްހަރުގައެވެ. 6 މަޔޭ ސޯލަސްދު ރަސްގެފާނުގެ މަގުބަރާ. ސަތޭކަތެއްތިރީސް ފޫޓުގެ އުސް މި މަޤުބަރާ ހެދުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސްދޭއް އަހަރު ކުރިން (މިހާރުގެ ތުރުކީގެ) ހެލިކާރުނާސަސްގައެވެ. 7 އިސްކަންދަރިއްޔާ ބައްތި. ހަތަރުސަތޭކަ ފަންސާސް އުސް މި ބައްތި ހެދިފައިވަނީ މިސްރުގެ އިސްކަންދަރިއްޔާގެ އައްސޭރީގައިވާ ކުޑަކުޑަ ޖަޒީރާއެއްގައި ޢީށާގެފާނުގެ ދުއިސައްތަ އައްޑިހަ އަހަރުކުރިންނެވެ. މި ބައްތި ހަލާކުވީ އެ ހިސާބަށް އައި ވަރުގަދަ ބންހެލުމެއްގައެވެ.

ހަތްފުކުދިއްލުން

މ. ވޮށުގައި ހަތްފުއްރޯކުރުން. މިކަންކޮށްއުޅުނީ ރާއްޖޭގައި ވޮށްދިއްލި ޒަމާނުގައެވެ. މިކަންކުރަނީ ރޯދަމަހުގެ އުފަލަށްޓަކައި މުލަރޯދަ ވިލޭރޭގައެވެ. އަދި ބައެއް ޚާއްސަ ރޭރޭވެސް މިކަން ކޮށް އުޅުނެވެ.

ހަތްދަށުކުޅި

ނ. ރަސްކަމަށް ކޮލިލާދުވަހު ހަތްޖަހާފަދައިން ހަތަރުކޮށީންމެޖަހާ ހަތްޖަހާ ބަޔަށްވުރެ، ދެރަ ދަރަޖައިގެ ދެމީހުން ކުޅިއެއް.

ހަތްދުން

ނ. ބޮކަރު، މާވަހަރު، މަސްތަކާ، ކުމުންޒާނި، ހުއިސުން، ލާދަން، ހަބަރު.

ހަތްދުވަސްވުން

ނ. ވިހާތާ ހަތްވަނައަށް ވާދުވަސް ފާހަގަކުރުން. ޅަކުއްޖާގެ ބޯބާލައި ނިޔަފަތިކަނޑައި ޢަޤީޤާ ކަތިލައި ނަންކިއައި ހަދައި އުޅެނީ މިދުވަހުއެވެ. އަދި އާދަވެގެން މައިމީހާ ބޭރަށް ލަނީވެސް މިދުވަހުގައެވެ.

ހަތްދެވި

ނ. ފަންޑިތަ ވެރިން ގެންގުޅޭ ޚިޔާލީ ހަތްނަމެއް. 1 ބުއްޑެވި. 2 ކަށްޑެވި. 3 މުޅަދެވި. 4 ކިއްސައްދެވި. 5 ރަށްދެވި. 6 ދަކުދެވި. 7 ބޮޑު މުޅަދެވި.

ހަތްދޮށުކޮލި

ނ. ކިލެގެކަމަށް ލާ ކޮލި. މިއީ ރަސްކޮލިފިޔަވައި، ދެންއޮތް އެންމެމަތީ ދަރަޖައިގެ ކޮއްޔެވެ.

ހަތްތަރި

ނ. 1 ހަތްދިހަ. 2 70. 3 ނަވަހައްޓިއާއި އެކާހަތްތަރިއާއި ދެމެދުގެ އަދަދު. 4ހަތެއްގެ ދިހަގުނަ 5ޒުޙަލު، މުޝްތަރީ، މިއްރީޙު، ޝަމްސު، ޒުހުރަތު، ޢާޠާރިދު، ޤަމަރު. މިއީ ގުރަހައިގެ ހަތްތަރިއެވެ.

ހަތްތެލި

ނ. ބުދު ދީނުގެ މީހުން އަޅުކަން ކުރަން ހަދައިފައި ހުންނަތަނެއް. މިފަދަ ތަނެއްގައި ބުދުބަހައްޓާ ތަނާއި ދީން އުނގަންނައިދޭ އަށި ފަދަ ތަންތަނާއި އަޅުކަންކުރުމަށް އަންނަ މީހުން ގެންނަ ތަކެތި ބަހައްޓާ ތަންތަނާއި ދީނުގެ ބޮޑެތި މީހުން ދިރި އުޅޭ ތަންތަން ހިމެނެއެވެ.

ހަތްޤިރާއަތް

ނ. ތިރީގައި މިލިޔާ ހަތްބޭކަލުން ޤުރުއާން ކިޔަވާ ވިދާޅުވިގޮތް. އެހަތްބޭކަލުންނީ: 1 އަބޫ ޢަބުދުއް ރަހްމާން ނާފިޢު ބުނު އަބީ ނުޢައިމިލް މަދަނީ. 2 ޢަބުދުالله ބުނު ކަޘީރުލް މާލިކީ. 3 އަބޫޢަމްރު ބްނުލްޢަލާ އަލްބަޞަރީ. 4 ޢަބުދުالله ބުނު ޢާމިރިއްދިމަޝްޤީ. 5 އަބޫބަކުރު ޢާސިމް ބުނު އަބިއްމުޖޫދިލްކޫފީ. 6 އަބޫ ޢިމާރާ ހަމްޒަތު ބުނު ހަބީބުއް ޒައްޔާތިލްކޫފީ. 7 ޢަލީ ބުނު ހަމްޒާ އަބުލް ހަސަނުލްކިސާއީ.

ހަލަނި

ނ. 1 އެއްޗެހި ފުރާނަން ނުވަތަ ލުހެން ގޮޅިތައް ބޮޑެތިކޮށް ވިޔެފައި ހުންނަ އާލަތެއް. މި ކިތަންމެ ގޮތަކަށް ހަދައި ފައި ހުރެއެވެ. 2 ނއ. ފެންނަހާ އެއްޗެއްނަގާ ހަލާހިތްވާ. ގިނައިން މިބަސްބުނެއުޅެނީ ކުދީންނާ މެދުގައެވެ. 3 (ޏ،ސ) މަދިރިފަނި.

ހަލާހަރު

ނ. ކުނާ ނުވަތަ ފޭރާންފަދަ ތަކެތި ހަރުން ވިޔާއިރު ދުޅަނަގަން ޙަރަކާތްކުރާބައި.

ހަލާހެލި

ނ. [ބޯދާ] ދަމައި ފިރުކައި ނައްތައިލާ ނައްތައިލުން.

ހަލާހެލުން

މ. [ބޯދާ] 1 ދަަމައި ނެރުން. 2 ކުއްލިއަކަށް ދެމުން. 3 ނ. ކުދި ތޮޅުން.

ހަލާދަނޑި

ނ. ކުޅިޖަހާއިރު ބޮންތިއާއި އައްޑަނަ ހިފައިގެން ހުންނަ މީހާއާއި ޙަމަލާދޭން ނުކުންނަ މީހާ ގެންގުޅޭ ހިމަ ދިގު ދަނޑިއެއް. އެ ދަނޑީގެ ފުލުގައި އޮންނަނީ ގިގުނިލައިފައެވެ. ބައެއް ދަނޑީގެ ކުރީގައި ތިލަވެސް ހުރެއެވެ. މި ދަނޑި އެކިގޮތްގޮތަށް ހަލުވާލީމާ އެ ގިގުނިތަކުން ވަރަށް ރީތި އަޑެއް ކިޔާނެއެވެ. މިއީ ވަރަށް ލޮޅާ ދަނޑިއެކެވެ.

ހަލުއިކުރުން

މ. 1 އަވަސްކުރުން. 2 އިންޖީނުފަދަތަކެތި ހިނގުން ފަސޭހަކުރުން.

ހަލުއިވުން

މ. 1 އަވަސްވުން. 2 އިންޖީނުފަދަ ތަކެތި ހިނގުން ފަސޭހަވުން.

ހަލުވާ

ނ. 1 ގިތެޔޮލައިގެން ހިލައިފައި ހުންނަ ފޮނި ކާއެއްޗެއް. 2 ހެލުވުން. މި މަސްދަރުގެ އަމުރު.

ހަލުވިދާ

ނ. ހެފޭ ގޮތަށް ބެދިފައި ހުންނަ ފޮނިކާ އެއްޗެއް. މިހަދަނީ ހަލުވިދާ ނަރުންނެވެ.

ހަލްކާ

ނއ. 1 ދެރަ. 2 ލުއި. 3 ހަރުދަނާކަންކުޑަ.

ހަސަނާތުތަރި

ނ. ފަތިހަށް އަރާ އަލިގަދަ ތަރިއެއް. މިއީ ފަޖުރުއްޞަދިޤު ތަރިއެވެ. (ފަޖުރުތަރި)

ހަސަންހުސެންދަރި

ނ. (ސ) ހުސެންދަރި.

ހަސް

ނ. 1 އެއްޗެއްގައި ހުންނާންވީގޮތް. 2 އާކަން. 3 ރަނގަޅުކަން. 4 ކާންބޯން ލިބޭ ލިބުން. މިބަސް އަބަދުވެސް ބުނެއުޅެނީ މިކަންކަން ނެތްކަން ދައްކާށެވެ. 5 "ހަސްނެތުން"

ހަސްނެތުން

މ. 1 ފަދަޔަކުން ފަދަޔެއްނެތުން. 2 އަތުގައި އެއްވެސް އެއްޗެއްނެތުން. 3 ބާވެގެންގޮސް ކޮޅުންލުން.

ހަސްނެތް

ނއ. 1 ފަދަޔަކުން ފަދަޔެއްނެތް. 2 އަތުގައި އެއްވެސް އެއްޗެއްނެތް. 3 ބާވެގެންގޮސް ކޮޅުންލާ.

ހަސްކާ

ނ. 1 ކުއްލި. 2 އެއްވާމަކަށް ވާންވެފައިހުރެފައި ދުލެއް ޖެހިލައިފައި ޖެހޭލަކި. މިބަސް ގިނައިން ބޭނުންކުރަނީ ވައިމަޑު އިރަށް ރިޔަލުގެ ދަންމާނުން ޖަހާ ލަތްކަށާއި ނަގިލީގެ ކެނބަށް އަރާ ކުއްލިއަށެވެ. 3 [މަޖާޒު] ވެރިޔަކު ދަށުގައިވާ މީހަކަށްވާ ކޯފާ.

ހަސްކާދިނުން

މ. [މަޖާޒު] 1 އެއްޗެހިގޮވުން. 2 ވެރިޔަކު އޭނާގެ ދަށުގައިވާ މީހަކަށް ކޯފާވުން. 3 (ސ) މާބޮޑަށް ތަޅައި ހާނީއްކަކުރުން.

ހަސްފަސް

ނ. ކިރިޔާ އުޅެވޭފަދަ.

ހަސްފަސްނެތުން

މ. އުޅެވޭފަދަ އެއްވެސް ގޮތެއްނެތުން.

ހަސްފަސްނެތް

ނއ. އުޅެވޭފަދަ އެއްވެސް ގޮތެއްނެތް.

ހަޑަބަރަނޑަބަންގުޅި

ނ. ހަރާންދަރިއެއްގެ ހަރާންދަރިއެއްގެ ހަރާންދަރި.

ހަޑިކޮށްލުން

މ. 1 ނުތާހިރުކޮށްލުން. 2 ނުސާފުކޮށްލުން. 3 ރީތިކަން ކަނޑުވައިލުން. [މަޖާޒު] 4 ކަމަކާހެދި އަދަބުވެރިގޮތް ދޫކޮށްލުން. 5 ބޭޒާރުކޮށްލުން.

ހަޑިގިއްލާ

ނ. ހަޑިކަމުގެ އެންމެމަތީ ދަރަޖައަށް ގޮސްފައިވާ މީހާ.

ހަޔެއްވުން

މ. 1 ހަވަނަ އަދަދު ހަމަވުން. 2 ޅަކުއްޖަކު ތަންދޮރު އެނގޭވަރަށް ބޮޑުވުން.

ހަޖަމު

ނ. 1 ކާތަކެތ ނަޖިހަށް ވުމަށް ވާ ބަދަލުތައް. 2 ކާތަކެތި ހަށިގަނޑަށް ފައިދާލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވެގެންދާދިޔުން.

ހަޖަމުކުރުން

މ. 1 ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުކުރުން. 2 [މަޖާޒު] ނަގައިލުން، ނުވަތަ ޚިޔާނާތްތެރިގޮތުން ބޭނުންހިފުން.

ހަޖަމުވުން

މ. ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވުން.

ހަޖާމު

ނ. ދުނިޔެ އުޅުމުގެ މަސައްކަތަކަށް މީހުންގެ ބޮލާއި ތުނބުޅި މަތިމަސް ބާލައި، ކޮށައި ހަދައި އުޅޭ މީހާ.

ހަޖޫ

ނ. މަލާމަތް ކުރުމުގެ ގޮތުން ދައްކާ ވާހަކަ.

ހާހިތޯވު

ނ. (ގ) ރެދަންފަނި.

ހާހޯލެވުން

މ. 1 މީހުންތަކެއް އެއްވެގެން އަޑުގަދަކުރުން. 2 މީހުންތަކެއް އެއްވެގެން ކިޔާ ނުކިޔާ އެއްޗެއް ނޭނގޭގޮތަށް ހަޅޭއްލެވުން.

ހާނިދި

ނ. ނިދީގައި ދައްކާވާހަކަ.

ހާރު

ނ. 1 ރޯދައަށް ހުރުމަށްޓަކައި މެންދަމުގެ ފަހުގައި ކާ ކެއިން. 2 އަންހެނުންގެ ކަރުގައި އަޅާ ގަހަނާއެއް.

ހާރުވާ ކެޔޮގަނޑުގައި ފަލައަރި ޖަހާނެ

[މުސްކުޅިބަސް] ކުޑަކުދިން ދެރަކޮށްލުމަށް ބުނާ އެއްޗަކުން އެކުދިން ރަނގަޅު ކުދިންނަށް ބަދަލުވެއޭ ބުނުމަށް ބުނެއުޅޭ ބަހެއް.

ހާކާވުން

މ. [ބޯދާ]1 ދަރިމައި އުމުރަށް އައުން. 2 ތަސައްރަފުފުދުން.

ހާކާލާފަތް

ނ. އެންމެމޮޅު ގުޑާކު. މީގެ ދުންފަތް އަޅާގޮތަކީ ދަގަނޑު ފޮތީގައި އެތިކޮޅެއް އުނގުޅައިލަނީއެވެ.

ހާކާލިބުރުވާލި

[މަޖާޒު] 1 އެއްޗަކަށްނުވާ. 2 އެންމެ ދަށުދަރަޖައިގެ.

ހާދަހާ

އ. "ހާދަ" މިބަސް ގަދަ ކުރުމަށް ބުނާގޮތް.

ހާދަހާވާ

އ. "ހާދަހާ" މިބަސް އެންމެގަދަ ކުރުމަށް ބުނާގޮތް.

ހާދަރު

ނ. [ބޯދާ] އަހަރެން. 2 ޚަރަދު. 3 ހޭދަ.

ހާދިސާ

ނ. ކުއްލިޔަކަށްހިނގާ އަދަޔާ ޚިލާފު ކަންތައް.

ހާތްތެރި

އ. މީހެއްގެ ކަމެއްގެ ނުވަތަ ތަނެއްގެ ފުރިހަމަ ކަމުން ނުވަތަ އާދަޔާ ޚިލާފު ކަމުން ބުނެއުޅޭބަހެއް. މިސާލު: ހާތްތެރި! ތިޔަހަރަ ހިނގުމެއްތާ!

ހާލަކުންނާދަލަކުން

ކއ. "ހާލަކުން ފަހަރަކު" މި ބަސް ގަދަކުރުމަށް ބުނާގޮތް. މިސާލު: ހާލަކުން ނާދަލަކުންވެސް މިގެ އަކަށް ވަދެއެއް ނުލާނެންޏަ.

ހާލަތު

ނ. 1 ހާލުހުރިގޮތް. 2 ކަންހުރިގޮތް. 3 ދަނޑިވަޅު.

ހާލިނެގުން

މ. (ޏ) އުދުހޭ އެއްޗެހިތަކެއް ގިނަ ޢަދަދަކަށް ބައިބަޔަށް އެކުގައި އުދުހުން މިސާލު: {ހ} ފުޅަނގިތައް ހާލިނަގަން ފަށައިފިއެވެ. {ށ} އެތާނގައި މަދިރި ގިނަކަމުން ހީވަނީ ހާލިނަގާހެންނެވެ.

ހާލިފަންކެޑިޖެހުން

މ. (ސ) 1 އުއިގަނޑެއް ނުވަތަ ނަނެއްފަދަ އެއްޗެއް އޮޅުން ބޮޅުންވެފަށްތައް ނުނެގޭ ވަރަށް އޮޅުން. 2 ބުއްދިގޯސްވުން.

ހާލުގައިޖެހުން

މ. 1 ކާބޯތަކެތި ހުސްވެ އަތްމަތި ދަތިވުން. 2 ދަތުރުވެރީން ކަނޑު ދަތުރުގައި ދަތުރުގެއްލި ފެނާއި ކާބޯތަކެތި ހުސްވެ ބިކަވުން.

ހާސިލު

1 ރަށަކުން ބޭރުވާ މުދަލަކުން ސަރުކާރަށް، ނުވަތަ ރަށު މީހުންނަށް ނަގާބައި. 2 ލިބޭލިބުން. 3 ހޯދާހޯދުން. 4 ފުދޭފުދުން.

ހާސިލުމާސިލު

ނ. ރަށަށް ބޭރުން އަންނަ މުދަލުންނާއި ރަށުން ބޭރުވާ މުދަލުން ސަރުކާރަށް ނުވަތަ ރަށުމީހުންނަށް ނަގާތަކެތި.

ހާސް

ނ. 1 ދިހަސަތޭކަ 1000. 2ނުތަނަވަސް 3ބަންދުކަމުގެ ސަބަބުން ވާ ދަތި. 4ނޭވާލާން ވާ އުނދަގޫ.

ހާސްކަން

ނއނ. 1 ދަތިކަން. 2 ނުތަނަވަސްކަން 3 ބަންދުކަމުގެ ސަބަބުންވާ ދަތިކަން. 4 ނޭވާލާން ވާ އުނދަގޫކަން.

ހާސްވުން

މ. 1 ނޭވާދަތިވުން. 2 ނުތަނަވަސްވުން. 3 ބަންދުވުން. 4 ކަންތައް ބޮޑުވެގެން ކުރާނެ ނުކުރާނެކަމެއް ނޭނގުން.

ހާސްވަޅު

ނ. 1 ހިސާބުގެ ޢަދަދު ޖެހުމުގައި އަދަދުގެ ކަނާތްފަރާތުން ހަތަރުވަނަ އަކުރުޖަހާ ގެވަޅު. 2 ހިސާބުގެ އަދަދުގައި ދިހަހާހަށްވުރެ ދަށުން ހާސްހިމެނޭ މިންވަރު އަންގައިދޭ އަދަދު.

ހާސްގަނޑުފޮތީތާކިހާ

ނ. ކުލަ ކުލައިގެ ފޮތިކޮޅު ތަކެއް އެއްކޮށް ގެން ހަދައި ފައި ހުންނަ ތާކިހަލެއް. މީގެ ދެބާވަތެއް ހުރެއެވެ. އެއްވައްތަރަކީ ރަތާ ހުދާ ކަޅާ ރީނދުލާ މި ހަތަރު ކުލައިގެ ފޮތި ފޮތިކޮޅުން ގޮޅި ހަމަކޮށް، ހަދައި ފައި ހުންނަ ވައްތަރެކެވެ. ބޭރުގެ ތަންތާނގެ ބޮޑުން ފަގުޑި އޮޅައި ފައި ހުންނަނީ މިބާވަތުގެ ތާކިހަލުގައެވެ. ރާއްޖޭގެ ރަސްމީ ބައެއް ހެދުމުގައި މިކަހަލަ ތާކިހާ ބޭނުންކޮށް އުޅުނެވެ. އަނެއް ވައްތަރަކީ ކުލަކު ލައިގެ ފަށުއިން ތަންކޮޅެއް ދިގުކޮށް ވިޔެފައި ހުންނަ ވައްތަރެކެވެ. އިހުގައި ސޯޅިޔާއިން އަޅާއުޅުނީ މި ކަހަލަތާކިހަލެވެ.

ހާޑަށްތިރިކުރުން

މ. ހާޑުމަޅިތިރިއަށް ޖައްސައި ހާޑުވަލަށް ދަމައި ތިރިކުރުން.

ހާޖިސް

ނ ހިސާބުއަކުރު ޖެހުމުގައި ދެ އަދަދެއް ވަކިކުރުމަށް އެދޭތެރޭގައި ޖަހާވަކި.

ހިށުވައި

ނ. (ސ) ދަރަނި.

ހިށުވައިދިނުން

މ. (ސ) ދަރަންޏަށް ދިނުން.

ހިށުވައިގަތުން

މ. (ސ) ދަރަންޏަށް އަތުލުން.

ހިށެފެއި

ކއ. (ސ) 1 ހުރެފައި. 2 މާދަމާ ނޫން އަނެއް ދުވަސް.

ހިނައިގަތުން

މ. 1 ޝަރުޢީގޮތުން ފެންވެރުން. 2 ބޮޑު ޙަދަޘު އެރެ ގަތުން.

ހިނިވަރުނަ

ނ. އެންމެ މާތް މީހުން ހޭ ހިނި. މިބަސް މިހާރު ބޭނުންކުރަނީ ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތް ކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގައެވެ.

ހިނިވަރުނަކުރެއްވުން

މ. އެންމެމާތް މީހުންހޭ ހުނުން. މި ބަސް ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމު ގައެވެ.

ހިނިވަރުނަވުން

މ. އެންމެ މާތް މީހުންގެ ހެވުން. މި ބަސް މިހާރު ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގަ އެވެ.

ހިނިވެސްފަރުބަދަކަނޑައެވެ.

(މުސްކުޅިބަހެއް) ކިތަންމެ އުނދަގޫ ކަމެއްވެސް އެކަމަކާ ގަދައަޅައި މަސައްކަތް ކުރުމުން ފުރިހަމަ ކުރެވިދާނެކަން އެންގުމަށް ބުނެއުޅޭ ބަހެއް.

ހިނުން

މ. 1 ފެންވެރުން. 2 ޝަރުޢީ ފެންވެރުން. 3 ބޮޑު ޙަދަޘް އެރެގަތުން.

ހިނެއިން

ނ. 1 ޝަރުޢީ ފެންވެރުން. 2 ބޮޑު ޙަދަޘު އެރެގަތުން. 3 ހިނެއުން.

ހިނޭ

ނ. 1 ވެލާ، ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި، އެތަން ފޮރުވުމަށް ފަސްގަނޑަށް ހަދާގޮތް. [މަޖާޒު] 2 ފަސްގަނޑު ހާވައިފައިހުންނަ ހުރުން. 3 ތަންމަތި އަޅައި ފައި ހުރި އެނދެއްގެ ފޮތިގަނޑު ބޮނޑި ކޮށްލައި ބާލިސްތަކާއި އެއްޗިހި އެފުށް މިފުށަށް ޖަހާ ޖެހުން.

ހިނޭޖެހުން

މ. 1 ވެލާ ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި ބިސްވަޅު ނާންގާން ފަސްގަނޑު އެ ގޮތް މި ގޮތަށް ހޭވުން، [މަޖާޒު] 2 ބިންމަތީގައި ނުވަތަ ފަސް ފުންޏެއްގައި ބަކައެޅުން. 3 ގައިގެ އެތަން މިތާގައި އުނގުޅޭ ގޮތަށް ބައެއް ކަހަލަ މަސައްކަތް ކުރުން. މިސާލު: ރިހާކުރު ނުވަތަ ދިޔާހަކުރު ފަދަ ތަކެތިން ހިނޭޖެހުން.

ހިންމަތްތެރި

ނއ. 1 ސާބިތުވެހުރުމާއެކު ހިތްވަރުކުރާ. 2 ގަސްތުކުޅަ ކަމެއްގައި ކެތްތެރި ކަމާއެކު މަސައްކަތްކުރާ. 3 ގަދަޔަށް ހިތްވަރުކުރާ.

ހިންމަވައިދެއްވުން

މ. އެދޭކަންތައް ފުއްދަވައި ދެއްވުން. މިއީ މާތް الله އަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ބަހެކެވެ.

ހިންމަތް

ނ. 1 ސާބިތުވެ ހުރުމާ އެކީ ކުރާ ހިތްވަރު. 2 ގަދަ ހިތްވަރު.

ހިންމަތްކުރުން

މ. 1 ސާބިތުކަމާއެކީ ހިތްވަރު ކުރުން. 2 ގަދައަށް ހިތްވަރު ކުރުން.

ހިންމަތްތެރިކަން

ނއނ. 1 ސާބިތުވެ ހުރުމާ އެކު ހިތްވަރު ކުރާކަން. 2 ގަސްތު ކުޅަކަމެއް ގައި ކެތްތެރި ކަމާއެކު މަސައްކަތް ކުރާކަން. 3 ގަދަޔަށް ހިތްވަރު ކުރާކަން.

ހިންމިކޭމާ

ނ. (ސ) ޤުރްއާން ފުރަތަމަ ފަހަރު ޚަތިމު ކުރުމުން، އެދުރުގެއަށްދޭ ކޭމެއް. މިއީ ޤުރްއާން ކިޔަވައި ދިނުމުގެ އާދަކާދައިގެ ތެރޭ ހިމެނޭކަމެކެވެ.

ހިންދަމައިލުން

މ. 1 އުނަގަނޑު ދަމައިލުން. 2 މައިކަށި ތެދުވާވަރަށް ހަށިގަނޑު ތެދުކޮށްލުން. 3 [މަޖާޒު] އޮށޯވެލުން. 4 ހަމަޖެހިލުން.

ހިންދަމާލުން

މ. ހިންދަމައިލުން.

ހިންދީން

ނ. 1 ހިންދުސްތާނުގެ އަހުލުވެރިން. 2 ހިންދުސްތާނަށް ނިސްބަތް ވެގެންވާ މީހުން. 3 ބުދަށް އަޅުކަން ކުރާ ވަކި މަޛުހަބެއްގެ ބައެއް.

ހިންދުދިދަމަސް

ނ. ދިދަމަހުގެ ބާވަތެއް. މިއީ ފަޅުފަޅާއި ފަރުފަރުގައި އުޅޭ މަހެކެވެ. މި މަހުގެ ތަލަމައްޗާއި ލޮލުގެ މަތީފަރާތުން ކޮޅަށް އޫ ކޮށް އުފުލިފައި ހުންނަ އުފުލުންތަކެއް ހުރެއެވެ. މަހުގައި ހުންނަނީ ހުދުކުލަ އާއި މުށިކުލައެވެ.

ހިންދޫކާރު

ނ. [ބޯދާ] 1 މޮޅުމީހާ. 2 ވަރުގަދަމީހާ.

ހިންދެމިލުން

މ. ހިންދަމައިލުން.

ހިރަފުސްދެމި

ނ. ކަރަންޓުން ހިންގައިދޭ އާލަތެއް. މިއީ ތަޅުންގަނޑާއި ދޫލައާއި މަޚުމާގެ އެއްޗެހިން ހިރަފުސް ސާފުކޮށްދޭ އެއްޗެކެވެ. ވައިގެ ބާރުން ހިރަފުސް ދަމައިދޭ އެއްޗެކެވެ.

ހިރިހަމައިދިކަން

ނ. ކަންގަތި ކޮލީގެ ނަމެއް. މިކޮލި ލެވިފައިވާ މީހުންގެ ކަމަކީ ދަޢުލަތުގެ އެންމެ އިސް ވެރިޔަކަށް ހުންނަ މީހަކަށް ލަފާދިނުމާއި، ބޮޑެތި ޢިއްޒަތުގެ ރަސްމިއްޔާތުތައް ފުރިހަމަކުރުމުގެ ގޮތުން ބައިވެރިވުމެވެ.

ހިރިކަނދު

ނ. [ބޯދާ] ދަށްބަނޑު.

ހިރިކުއްޅަ

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިފަތް ހުންނާނީ ތަނޑެއްނެތި ގަހުން ފަޅައި ފައެވެ. މި ފަތުގެ ސިފަ ހުންނަނީ ކުއްޅަ ފިލާފަތާ ވައްތަރު ގޮތަކަށެވެ. މާހުންނަނީ މަލުގެ ބުޑު ފެހިކޮށް، ފިޔަތަކަށް ފެށޭ ހިސާބު މަޑުފިޔާތޮށި ކުލައަކުން ފެށިގެން ކުލަ ގަދަވަމުން ގޮސް މަލުގެ ކުރީކޮޅު ވައިލެޓު ކުލައި ގައެވެ. ފިޔަތައް ހުންނާނީ ނަރުތަކެއް ހެއް ހިމަކޮށެވެ.

ހިރިކޯލަ

ނ. [ބޯދާ] 1 ކަނޑު. 2 ބޮޑެތި ފެންގަނޑު. 3 ބޮޑެތި ކޯރުފަދަ ތަންތަން.

ހިރިއަދަދު

ނ. ގެއްލި ހުސްވާ އަދަދު.

ހިރިއުކަސްފުރަދާނަ

ނ. [ބޯދާ] ބޮޑު މުދައުވެރިޔާ.

ހިރިއްދަ

ނ. (ސ) ތެދުއުއި ވަޑާމުގެ މަސައްކަތުގައި އަލަމާރި މޭޒުފަދަ ތަކެތި ޖަހާއިރު ރީތި ކުރުމަށް ޓަކައި ކައިރި ފަށުގައި އަޅާ ފަތި.

ހިރިމި

ނ. ރުނބާ މުށީން ރުނބަ އެއްގެ ސިފައި ގައި ހަދައި ފައި ހުންނަ ކަންވާރެއް. މިއީ ފަސް އަޑުބަޔާއި ވިހި އަޑުބަޔާ ދެމެދުގެ މިންވަރެއް ގަންނަ އެއްޗެކެވެ.

ހިރިދަކަނދާ

ނ. ބޭސްވެރިކަމުގައި ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ ބަދަބަދައަށް ހުންނަ ފަތްދިގު ވިނައެކެވެ.

ހިރިގައު

ނ. މުރަކައިގެ ބާވަތެއް. މިއީ ގޮފިނުވާގޮތަށް އެކަތިގަނޑަކަށް ހެދިފައި ހުންނަ އެއްޗެކެވެ. މިއީ ރާއްޖޭގައި އުފެދޭކަމަށް ބުނެވޭ އެންމެ މޮޅު ގަލެވެ. އިހުގެ ދިވެހިން، ވަޅުވަޅާއި ޢިމާރާތްފަދަ ތަންތަނާއި، މަހާނަގާފަދަ ތަކެތި ހެދުމަށް މިގާ ބޭނުންކުރިއެވެ. ހިރިގަލުގައި ބިންވަޅުނަގައި ކުރެހުމަކީ ދިވެހީންގެ ވަރަށް ޚާއްޞަ ފަންނީ މަސައްކަތެކެވެ.

ހިރިޔާމާލަން

ނ. ވައިގެބަނދަރާއި ޖަލްސާކުރާ މާލަންފަދަ ތަންތަނުގައި ޚާއްޞަ ބޭބޭފުޅުންނަށް ކަނޑައަޅައިފައި ހުންނަ އިންތިޒާރު ކޮޓަރި.

ހިރު

ނ. 1 އަނގައިގެ ދަތްތައް ހިފެހެއްޓުމަށް ހުންނަ މަސް. 2 އެއްޗެހި ޒީނަތް ކުޅައުމަށް ނުވަތަ ކުރެހުމުގައި ބޮޑުކޮށް ފާޅުކޮށް ހުންނަ ކޮންމެ ކުލައެއްގެ ނުވަތަ ރޮނގެއްގެ ކައިރީގައި އެހެން ކުލައަކުން ދަމާ ހިމަ ރޮނގު. މިސާލު: ހ ފޭލީގެ ހިރު. {ށ} ދަމާ ފޮތިގަނޑުގެ ހިރު. 3 ބޯވަޅުގައި ހަރުކުރާން ކަސަބުން ނުވަތަ ބަރަނިން ހަނިކޮށް ފަތިކޮށް ގަތާ ފަށް ކަނދުތައް. މިއަތުރައިފައި ހުންނާނީ މޫދުން ފެށިގެން ގެނބުރަށެވެ.

ހިރުއެރުން

މ. ދަތުގެ ހިރުގަނޑުން އުނިވާތަން އާވެ އިތުރުވުން.

ހިރުވުން

މ. 1 ކެހުންފަށެއް އައުން. 2 ކުދިކުދި ފަނި، މަކުނުފަދަ ތަކެތި ގައިގައި ދުވާން ފެށީމާ އެކަމުގެ އިޙްސާސުވުން. 3 ފަތްތަކެއް ނުވަތަ ކުނިތަކެއްގެ ތެރޭގައި ދިރޭ އެއްޗެއް އޮވެގެން އަޑުއިވޭގޮތަށް ނުވަތަ ހެލޭގޮތަށް އުޅުން. 4 [މަޖާޒު] ޝަހްވާނީ އެދުން އުފެދުން.

ހިރުމާރު

ނ. 1 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައި، އަރިއަށް ޖަހައިފައި ހުންނަ ފިލާ. 2 ހިރުއްދަފިލާ.

ހިރުފާރު

ނ. ދަތުގެ ހިރުގަނޑުގައި އުފެދޭ ފާރު.

ހިރުގަނޑު

ނ. ދަތުގެހިރު.

ހިބަ

ނ. 1 ހަމަ ހިލޭ ދިން އެއްޗެއް. 2 ހިލޭ ދޭދިނުން. 3 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 4 (ހ) ކުރަފިޒާތުގެ ބޮޑު ދިރޭއެއްޗެއް. މި ގިނައިން އުޅެނީ ކުނިގޮނޑުގެ ތެރޭގައެވެ.

ހިބަހިކާ

ނ. ހިކައިގެ ބާވަތެއް. މިއީ މެދުފަޅުމަތީގައި އުޅޭ. ދެ އިންޗި ބައިގެ ބޮޑު މިނުގެ، ހުދުކުލައިގެ މަހެކެވެ. މިއީ ވަރަށް ވިހަގަދަ އެއްޗެކެވެ.

ހިބަންމަސް

ނ. 1 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 2 (މ) ފަސްގަނޑުގައި އުޅޭ ވަޅުޖަހާ މަހެއް.

ހިބަމަސް

ނ. މާ ވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް.

ހިނބޫ

ނ. (ސ) މެދުފަޅާއި ފަރާއިގުޅޭ ފަޅުމަތީގައި އުޅޭ ގަދަމުށި ކުލައިގެ ކުރެހުމެއް ހުންނަ އަދި ކަރުތާ ފަތްގަނޑުގެ ފަހަތުބައިގެ ތިރީކައިރީގައި ދެ ކަށި ހުންނަ މަހެއް މި މަހުގެ ސިފަ ލަނޑަ އާއި ވައްތަރު ވެފައި ހުޅުނބު ހުންނާނެއެވެ.

ހިނދިވަޅު

ނ. 1 ލަގޮނޑިވަޅު. 2 މޭކަށިގަނޑު ކޮޅުގައި ހުންނަ އަޑިކޮޅު. 3 ކަންކަށީ ގައި ހުންނަ އަޑިކޮޅު ފަދަ ތަންތަން.

ހިނގާކޮށި

ނ. 1 އެތެރޭގައި ހުރެގެން ދެފަރާތުގައި ހިފަހައްޓައިގެން ހިނގޭނެގޮތަށް ހަދައިފައި ހުންނަ އެއްޗެއް. 2 ކުދިންނަށް ހިނގާން ފަރިތަ ކޮށްދޭން ހަދައި ފައި ހުންނަ ބާވަތެއްގެ ގާޑިޔަލެއް.

ހިނގާތަރި

ނ. ދައުރު ކުރާތަރި.

ހިނގާގެނޑި

ނ. (ސ) 1 ދަމާދޮރުގެ ތިރީއޮޅި. 2 ދަޑިފައި.

ހިނގުން

މ. 1 ދިރޭ ތަކެތީގެ ތެރެއިން ހަތަރެސްފައި ހުންނަ ޖަނަވާރާއި ދެފައި ހުންނަ ތަކެތި ފައިގެ ބޭނުންކޮށްގެން ކޮންމެވެސް ކޮޅަކަށް ދިއުން. 2 އިރުހަނދާއި ތަރިތަކާއި ފަލަކު ތައް އެނބުރުން. 3 މެޝިނާއި އިންޖީނުގެސޯބުތައް އެނބުރި އެނބުރި ހުރުން. 4 ދުނިޔޭގެ ކަންތައް ވޭވެހުރުން. 5 ހެލިހެލި ހުރުން. މިސާލު: ގަޑީގެ ބަރު ހިނގުން. 6 ޖައްވީ އުޅަނދުން ބޭރުގައި ހަވާގެ ތެރޭގައި އިންސާނުން އެއްތަނުން އަނެއްތަނަށް ދިޔުން. 7 ލެޔާއި ފެންފަދަ ތަކެތި ހޮޅިހޮޅީގައި ނުވަތަ ނާރުތަކުގެ ތެރޭގައި ދައުރު ކުރުން [މަޖާޒު] 8 ދިޔާ އެއްޗެހި އާތްވަށް އަރާ ހުސްވުން. 9 ޢާންމު ކޮށް ޤަބޫލު ކުރުން 10 ހަލުއި ކޮށް ވިކުން

ހިކަނދި

ނ. 1 ލޯއަނދިރި ވަސްނުބައި ދިރޭ އެއްޗެއް. މިވައްތަރުވާނީ މީދަލާއެވެ. 2 ބައެއް މަސްމަހުގެ ބަނޑުތެރޭ އޮންނަ އެއްޗެއް.

ހިކަނދިއެރުވުން

މ. މުލައްދަނޑީގައި އޮންނަ ހިކަނދިމަސްގަނޑު އުފުލޭނެގޮތް ހެދުން.

ހިކަނދިމަސްގަނޑު

ނ. 1 މުލައްދަނޑީގައި އޮންނަ ވަކީން އުފުލޭ މަސްގަނޑު. 2 މީދާމަސްގަނޑު.

ހިކަނދިފަތް

ނ. ރިހައާއި އަސާރައާއި ސަޓަނިފަދަ ތަކެތި މީރުކުރާން އަޅާފަތެއް.

ހިކަނދިތުންމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ސައިޒުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މީގެ ތުން ހިމަވާނެއެވެ. ބުރަކަށި މަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. ކަންފަތްގަނޑު ކުޑަވާނެއެވެ. މި މިޔަރުގެ ބުރަކަށި މަތީގައި ހުންނަނީ ކަޅު އަޅި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ފަނޑު ހުދު ކުލައެއްގައެވެ.

ހިކަނދިގަސް

ނ. 1 ބާވަތެއްގެ ފަތްކުދިގަހެއް. މިގަހުގެފަތް، ރިހަ އާއި އަސާރަ އާއި ސަޓަނި ފަދަ ތަކެތި މީރުކުރާން އަޅައެވެ. 2 ރިހަގަސް.

ހިކަދެއު

ނ. (ސ) ފަޅުމަތީން އެންދަމަން ގެންގުޅޭދައު.

ހިކާކަލޯލަވަ

ނ. ދަންބެރުގެ އަށްވަނަލަވަ.

ހިކާދުރުކުރި

ނ. 1 އެންދަމާއިރު ހިކާތައް އައިސް އުނދަގޫ ކުރަން ފެށީމާ، އެ ހިކާތައް ދުރުކުރަން ދުރަށްޖަހާ ފިލިގަނޑު. [މަޖާޒު] 2 ގޭގެއަށް ވަދެއުޅޭ ބޭނުމެއްނެތް މީހުން. އަވަހަށް ފޮނުވައި ލުމަށްޓަކައި ދީއުޅޭ ކާބޯއެތިކޮޅު. 3 ހިތުގައި އަގުނެތް މީހުންނަށް ދީއުޅޭ ކާބޯއެތިކޮޅު.

ހިކި

ނ. 1 ތެތްކަމުގެ އިދިކޮޅު. 2 ރޯކަމުގެ އިދިކޮޅު. 3 ފުރާނަހުރި ތަކެތި ވާ އަނަރޫފަ. މިސާލު: {ހ} ހިކިދަރު. {ށ} ހިކިފަން. {ނ} ހިކިމީހާ.

ހިކިހިތްވަރުއެރުން

މ. ކުއްލި އަކަށް އަންނަ ގަދަ ރުޅިގަނޑެއް އައުން.

ހިކިހުތް

ނ. ހުތްރަހަ ދޭގޮތަށް ހަދައި ފައި ހުންނަ ކުނޑި. މި ހުންނާނީ ހިމުންލޮނާ އެއްގޮތަށެވެ.

ހިކިމިރުސް

ނ. 1 ހިއްކައި ފައި ހުންނަ މިރުސް. 2 ދަނޑުމިރުސް.

ހިކިމޭވާ

ނ. ހިއްކައިފައި ހުންނަ މޭވާ އާއި ބާވަތް ބާވަތުގެ ބަދަން.

ހިކިދަހަނގުވުން

މ. ގަސްގަހާގެއްސާއި ދަނޑު ފަނގު މާބޮޑަށް ހިކުން.

ހިކިދަގަނޑުވުން

މ. މަސްފަދަ ތަކެތި ބޮޑަށް ހިކިހަރުވުން.

ހިކިދޮވުން

މ. ފެނުގެ ބޭނުން ނުކޮށް ކެމިކަލް ބޭނުން ކޮށްގެން ފޭރާން ފަދަ ތަކެތި ސާފުކުރުން.

ހިއަރިންޖެހުން

މ. ދަގަނޑުތަޅާ މީހާ ދޮންކޮށް ފައި ވާ ބޮޑެތި ދަގަނޑު ގަނޑުގައި އަނެކަކު ބޮޑުމުށިން ޖެހުން

ހިއްކަށްދިނުން

[މަޖާޒު] ކާންދިނުމުގެ ބަދަލުގައި ފައިސާދިނުން.

ހިއްމަތުބޯޅަ

ނ. ހޮކީ ދަބަކާއި ހޮކީ ބޯޅައެއް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރު ކުޅޭއިރު ލޯވަޅުތަކެއް އަޅައިފައި ހުންނަ އުވަލީ ގޯނި ގަނޑެއްފަދަ އެއްޗެއް ދަމައިފައި ހުރެއެވެ. އެ ގޯނި ގަނޑުގެ ކައިރީގައި ހޮކީދަބު ހިފައިގެން ތިބޭ ދެ ކުޅުންތެރިން ތިބޭނެއެވެ. އަނެއް ޓީމުން ބޯޅަ އުކާމީހުން ބަލާނީ ގޯނި ގަނޑުގައި އަޅައި ފައި ވާ ލޯވަޅުންކުރެ ލޯވަޅަކުން ބޯޅަ ފޮނުވައިލެވޭތޯއެވެ. ބޯޅަ އެގޮތަށް ފޮނުވައި ލެވިއްޖެނަމަ އެލޯވަޅެއްގެ ކައިރީގައި ޖަހައިފައި ވާޕޮއިންޓު ލިބޭނެއެވެ. ދަބު ހިފައިގެން ތިބޭ ދެކުޅުންތެރިން ބަލާނީ ދަބު ބޭނުން ކޮށްގެން ބޯޅަ ދިޔަ ނުދީ ވޭތޯއެވެ.

ހިއްމަލާރޭ

ނ. (ސ) ދަތުރެއްގެ ފެށުމަށް ގަސްދުކުރާ އެއްމެފަހުރޭ.

ހިއްމަލާދުވަސް

ނ. (ސ) ދަތުރެއްގެ ފެށުމަށް ގަސްދުކުރާ އެންމެ ފަހުދުވަސް.

ހިއްތަން

ނ. މޫދުގައި އުޅޭ ހަންދަ ޒާތުގެ ބޮޑު އެއްޗެއްގެ ނިޔަފަތި. މި އީ ބޭހަށް ގެންގުޅޭ އެއްޗެކެވެ. މި އޮންނާނީ ބޮޑުކޮށް ސަނދަރަބޮއްޔެއް ހެނެވެ.

ހިއްތުން

މ. 1 ދަހިކުރުވުން. 2 މީހަކަށް އެއްޗެއް ދޭން ދިއްކޮށްލައިފައި ނުދީ ހިފެހެއްޓުން. 3 ދިއްސުން. 4 ހިތުގައި ޖެއްސުން.

ހިއްލުން

މ. 1 ނެގުން. 2 އުފުލުން. މިސާލު: {ހ} މިގާ ހިއްލާލަދީބަލަ! {ށ} ހެދުން ނުހިއްލާ! 3 ނޭވަޔަށް އުނދަގޫވުން. 4 ރިޔާނަގައިގެން ދުއްވާ އެއްޗެހި ވަޔަށް ނެގުން. 5 ވޮލީ ކުޅޭއިރު ސޮޓްޖެހުމަށް ބޯޅަ އުފުއްލައި ދިނުން. 6 ހުޅުވުން، 7 [މަޖާޒު] ކޮޅުވުން.

ހިއްސާ

ނ 1 މުދަލުން ނުވަތަ ފައިސާއިން ނުވަތަ އެނޫންވެސް އެއްޗަކުން ނުވަތަ ކަމަކުން މީހަކަށް ލިބެންޖެހޭ ބައެއް. 2 ބައި. 3 އަމިއްލަވާ ނުވަތަ ބައިވެރިވާ، ނުވަތަ ޒިންމާވާ މިންވަރު.

ހިއްސާކުރުވުން

މ. މުދަލުގެ ނުވަތަ ފައިސާގެ ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއްގައި މީހަކު ބައިވެރިކުރުވުން.

ހިއްސާދާރު

ނ. މުދަލުގެ ނުވަތަ ފައިސާގެ ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއްގެ ބައިވެރިޔާ.

ހިއްޕާދަތި

ނ. ވަޑާމުގެތެރޭ ދޭތިގަނޑު ގާތްކޮށް ތަތްކުރަން ބޭނުންކުރާ އަތްދަތި. މިއީ ދެއެއްޗެއް ގާތްކޮށް ހިމުން ކުރުމަށާއި، އެއްޗެއް ނުގުޑާގޮތަށް ހިފެހެއްޓުން ފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ.

ހިއްޗަށްދިއުން

މ. (ސ) ބަޔަކުމީހުން ކާއެއްޗެހި ހަދައިގެން އަތިރިމައްޗަށް ރޯދަވީއްލާން ދިއުން.

ހިއްޗިގޮނު

ނ. (ސ) ރޯދަމަހު އިރުއޮއްސޭ ވަގުތަށް ރޯދަވީއްލަން އަތިރިމައްޗަށް ގެންދާން ކާތަކެތި އަޅަން ފަނުން ވިޔެފައި ހުންނަ ގޮނު.

ހިވިކަނދު

ނ. [ބޯދާ] ދަށްބަނޑު.

ހިމަނައިލުން

މ. 1 ޢަދަދު ބަލައިލުން. 2 ގުނައިލުން. 3 ބައިވެރިކޮށްލުން.

ހިމަބޯދު

ނ. ބޯދީގެ އާއިލާގެ ބާވަތެއް. މިއީ އެހެނިހެން ބޯދީގެ ބާވަތް ތަކަށްވުރެ ހިމަ އެއްޗެކެވެ. މީގެ ބަނޑުދޮށް ފަރާތުން ކަރުތާފަތާ ދިމާ ތިރީގައި ހުންނަ ކޮތަރިބައި ބޮލުގެ ދިގުމިނުގެ ދެބައިކުޅަ އެއްބައިހާ ދިގެވެ. މަހުގެ ކުލައަކީ މަޑު ފިޔާތޮށި ކުލައެވެ. މަހުގެ ތުނބުން ފެށިގެން ލޯހުރަސްކޮށް މަހުގެ ކަރުތާފަތްގަނޑުގެ ކޮޅަށް ގަދަމުށި ކުލައިގެ ރޮނގެއް ދެމިފައި ހުރެއެވެ.

ހިމެނުން

މ. 1 އަދަދުބެލުން. 2 އަދަދުކުރުން. 3 ބައިވެރިކުރުން. މިސާލު: އެވަފުދުގައި އިތުރު މެންބަރަކު ހިމަނަން ޖެހެއެވެ.

ހިފައިގެންގުޅޭތަކެތި

ނ. އެނދު، އަށި، އަލަމާރި ފަދަ ތަކެތި ފިޔަވައި ގޭތެރޭ ގެންގުޅޭ ކުދިސާމާނު.

ހިފުން

މ. 1 އަތުން ނުވަތަ އިނގިލީން އެއްޗެއްގައި ބެއްދުން. 2 މުށުތެރޭގައި އެއްޗެއް ބަންދު ކުރުން. 3 ގަދަ ބައްޔަށް ދެމީހުން އޮޅުލުން. 4 ޝިކާރަ ކުރުން. 5 އަތުލައި ގަތުން. 6 ހަރުލުން. 7 އުފުލުން. މިސާލު: {ހ} ސަންދޯއް ހިފުން. {ށ} ފޮށި ހިފުން.

ހިތަށްތަދުވުން

މ. 1 ހިތަށް ހިތި އަސަރެއްކުރުން. 2 ހިތްދަތިވުން.3 އަނެކަކު ކުޅަކަމަކުން ތިމާގެ ހިތަށް މޮޅިވެރިކަން ލިބުން

ހިތަނަކަތް

ނ. 1 އަށާވީސް ނަކަތުގެ ތެރެއިން ސާދަވަނަ ނަކަތް. 2 ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް.

ހިތާމަ

ނ. ހިތަށް ލިބޭ ގަދަ މޮޅިވެރިކަން.

ހިތި

ނ. 1 ހަބަރުގައި ހުންނަރަހަ. 2 ބާވަތެއްގެ ފަތްކުދި ބޮޑުގަހެއް. 3 ހިތިގަހުގެ އޮށް. 4 ބަތާލައިގެން ކާން ފުނޑި ހަވާދުނުލާ ކައްކާ ދޮންރީނދޫ ކުލައިގެ ދިޔައެއް. މީގެ ތެރެއަށް ހިތި ދަމުއިލުމީ ކޮންމެހެން ބޭނުން ކަމެކެވެ. 5 ހިޔާނުކޮށް ހުންނަ ފެންގަނޑުގައި އުފެދޭ ދޮން ފެހި ކުލައިގެ ކުދިކުދި ދިރޭއެއްޗެއް. މީގެ ބޮޑުމިންވާނީ ގެރެވިފުކެއް ވަރެވެ. އެކަމަކު އޭގެ ސަބަބުން މުޅި ފެންގަނޑު އޮންނާނީ އޮލަވެފައެވެ. 6 ބަބުކޭލުގެ ތެރޭގައި ހެދިފައި ހުއްޓައި ފެންނަ ފެހިކުލައިގެ ބައްޔެއް 7 ރަމަޟާންމަހުގެ ބާވީސް، ސައުވީސް، ސައްބީސް، އަށާވީސް މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކޮށްއުޅުނު ރަސްމީ ކަންތައް ތަކެއް. 8 ރަހައާ ގުޅޭގޮތުން ބޭނުންކުރާ ނަންއިތުރެއް. މިސާލު: ހިތިބޭހެއް 9 ކަމަކުން ނުކުންނަ ދެރަނަތީޖާ. މިސާލު: ހިތި ނަތީޖާ. 10 ހިތަށް ކުރާ ވޭނީ އަސަރު. މިސާލު: ހިތި ހިތާމަ 11"ހިތުން" މިބަހުގެ ނިމިނިމުނުކަން.

ހިތިބޯ

ނ. އެމުގެބާވަތެއް: މިއީ ހުޅުނބުތައް ވަރުގަދަކޮށް ހުންނަ ކަށި ގިނަ އެމެކެވެ. މީގެ މަތީފަރާތުގައި ހުންނަނީ ފެހިއަޅި ކުލައެކެވެ. ހުޅުނބު ތަކުގެ ކައިރިފަށް ހުންނަނީ ކަޅު ކުލައެއްގައެވެ. މީގެ ދެއަރި މަތީގައި ރިހިކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.

ހިތިކަރުނަ

ނ. 1 ނުލާހިކު ގަދަ ހިތާމައެއްގެ އަސަރުން ލޮލުން އޮހޮރޭ ކަރުނަ. 2 [މަޖާޒު] ނުލާހިކު ގަދަހިތާމަ.

ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ.

[މުސްކުޅިބަސް] ނުބައިކަމުގައި ޙައްދު ފަހަނަޅާފައިވާ މީހަކަށް ކިތަންމެ ހެޔޮ ނަސޭހަތެއް ދީ، ވިސްނައިދީ ހެދިޔަސް އޭނާގެ ނުބައިކަމަށް ބަދަލެއް ނާންނާނެ ކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިތިއެޅުން

މ. 1 ވެޔޮ، ވަޅު ފަދަ ފެންފެން ގަނޑުގައި ހިތި އުފެދުން. 2 ހިޔާ ނުކޮށް ހުންނަ ފެންގަނޑުގައި އުފެދޭ ދޮން ފެހި ކުލައިގެ ކުދިކުދި ދިރޭއެއްޗެއް. މީގެބޮޑުމިންވާނީ ގެރެވިފުކެއް ވަރެވެ. އެކަމަކު އޭގެ ސަބަބުން މުޅި ފެންގަނޑު އޮންނާނީ އޮލަވެފައެވެ.

ހިތިވުން

މ. 1 ހިތިރަހަދިނުން. 2 މަލާއި މޭވާފަދަ ތަކެއްޗަށް ލިބޭ ހާނީކައަކުން އޭގެ ރަހަޔާއި ވަސް ބަދަލުވުން. 3 [މަޖާޒު] ނުބައިވުން.

ހިތިމަދު

ނ. 1 ގަބުޅި ވަރު ކުރުނބާގެ ނާއްޓާ ހެވަޔާ ދޭތެރޭ ހުންނަ ތޮށި. 2 މަދަވާ.

ހިތިދަނޑި

ނ. ބޭހަށް ގެންގުޅޭ ހިތިރަހަލާ ހިމަދަނޑިއެއް . މިއީ ރާއްޖެއިން ބޭރުން ގެންނައެއްޗެކެވެ. މީގެ ގަސްހެދެނީ އޮނު ހުންނަ ގޮތަށް ބަދަބަދަލައިފައި ބަދަތައް ވަރަށް އޮމާން ކޮށެވެ. ބަދަތައް ހުންނަނީ ހިމަކޮށެވެ. ގާތްގަޑަކަށް ކުޑަވާއިނގިއްޔެއްހާ ފަލަމިނެއްގައެވެ. ފަތްތައްވެސް ހުންނަނީ އޮނުފަތާ ވައްތަރުކޮށް އެއަށްވުރެ ކުދިކޮށެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް ފަސް ފޫޓެއް ހާވަރަށެވެ. އިނގިރޭސިބަހުން މިގަހަށް ކިޔަނީ ސިންކޯނާއެވެ.

ހިތިދަމުއި

ނ. ދިރިފުކެއްގެ ދެބައިކުޅައެއްބައި ހާވަރުގެ ވަށްފާޑަށް ހުންނަ ފުއްތަކެއް. މީގެ އެތިކޮޅެއް އަތަށްލާފައި އުނގުޅައިލީމާ މީރުވަހެއް ހުންނާނެއެވެ. މިއަށް ބޭސްދަމުއި ވެސް ކިޔައެވެ.

ހިތިދުވަސް

ނ. ރަމަޟާންމަހުގެ ބާވީސް، ސައުއްވީސް، ސައްބީސް، އަށާވީސް، މި ހަތަރު ދުވަސް. މިއީ، ރަސްމީ ގޮތުން ރަސްކަލަކު، ބައެއް ވަލީވެރިންގެ ޒިޔާރަތަށް ފާތިޙާ ވިދާޅުވުމަށް ވަޑައިގަންނަވާ ދުވަސް ދުވަހެވެ. 1 ހެންވޭރު ބޮޑު ހިތީގައި ޙަބްޝީގެފާނުގެ މަޤާމްފުޅަށް. 2 މާފަންނު ބޮޑު ހިތީގައި އަލި ރަސްގެފާނު ޒިޔާރަތަށް. 3 ހެންވޭރު ކުޑަހިތީގައި މެދުޒިޔާރަތަށް. 4 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން، މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީ މި ރޭތަކުގައެވެ. 5 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީސް މިރޭތަކުގައެވެ.

ހިތިތެޔޮ

ނ. ވަރަށް އޮލަކޮށް ހުންނަ ބޭސްތެލެއް. މި ތެޔޮ ހުންނާނީ ކަޅުނޫ ކުލައެއް ގައެވެ. މިތެޔޮ ހަދަނީ ހިތިގަހުގެ ފަތާ މަލާ ދަނޑީގެ ތޮއްޓާ ހުރިހާ އެއްޗެއް އެއްކޮށް ގެންނެވެ.

ހިތިތޮރާ

ނ. ތޮރައިގެ ހިތިބާވަތް. މިއީ އިހުޒަމާނުގައި މާލޭގައި ހެދުނު ބާވަތެކެވެ. މިތޮރާ ހުންނާނީ އާދައިގެ ތޮރައަށްވުރެ ކުދިކޮށެވެ. ކާންކެރޭ ވަރަށްވުރެ އެތޮރައިގެ ރަހަ ހިތިވާނެއެވެ.

ހިތިގަސް

ނ. އުސްކޮށް، ބޮޑުތާނގައި ފެތުރިގެންހެދޭ ލަކުޑިމޮޅު ގަހެއް. މިގަހުގެ ލަކުޑި ހުންނާނީ މަޑުމުށިކުލައިގައެވެ. މިގަހުގެ ދަނޑިޔާއި ފަތަކީ އެކިކަންކަމަށް ފައިދާހުރިބޭހެކެވެ. ފަތް ހުންނާނީ، ކުރިޔަށް ހިމަކޮށް ބުޑުދޮށަށް ފަލަކޮށް އަރިޔަށް ލެނބި ލައި ފައެވެ. ފަތުގެ ކައިރިފަށް ހުންނާނީ ތުނޑު ތުނޑު ލައިފައެވެ. ފަތުގައި ވަރަށް ގަދަ ހިތިރަހައެއް ހުންނާނެއެވެ.

ހިތީކޭން

ނ. ހިތީކިޔަވާން ދުރުވާ ހަނގުބޭކަލުން ނާއި، އަވަށު މީހުން، ރޯދަ ވީއްލުމަށް ކައްކައި ގެން ގެންދާކޭން. މިކޭން ކައްކަނީ މަޖިލީހަށް އަރާ ބޭކަލުންގެ ގޭގެއިންނެވެ. މި ކޭމާއި ފާރުދޮށުކޭމާ ހުންނަ ތަފާތަކީ މި ކޭމުގައި ހިތި ހުންނަކަމެވެ.

ހިތުނެތްގޮތް

ނ. 1 ހިތަށްވެސް ނާރާ ފަދަ ކަންތައް. 2 ތަނަވަސްކަމުގެ ކޮޅުނެތް ކޮޅު. މިސާލު: އައްޔަށް އެ މާވަހަރު ހޮވުނުފަހުން އެ އާއިލާ ހިތުނެތްގޮތަށް ދިރިއުޅެމުން ގެންދެއެވެ.

ހިތުދަސްކުރުން

މ. 1 އެއްޗެއް ނުވަތަ ކަމެއްގެ ތަނެއްގެ ހަނދާން ހިތުގައި ހަރުކުރުން. 2 ނުބަލާ ކިއޭވަރަށް ދަސްކުރުން.

ހިތުދަސްވުން

މ. 1 އެއްޗެއްގެ ނުވަތަ ކަމެއްގެ ހަނދާން ހިތުގައި ހަރުލުން. 2 ނުބަލާ ކިއޭ ވަރަށް ދަސްވުން.

ހިތުލޭބާ

ނ. [ބޯދާ] ކަނޑި ފަދަ ތަކެތި.

ހިތުލޯބި

ނ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި.

ހިތުލޯބިޖެހުން

މ. އާދަމުގެ ދަރިވަންތަކަމުގެ ލޯބި އުފެދުން.

ހިތުލޯތްބަށްދިނުން

މ. 1 ދަރުމަޔަށް ދިނުން. 2 ހަމަހިލޭދިނުން.

ހިތުގިނި

ނ. 1 ހަސަދަވެރިކަން. 2 އަނެކަކަށް ރަގަޅުކަމެއް ލިބޭތީ ތިމާގެ ހިތަށްވާތަދު.

ހިތުގިލަން

ނ. 1 ހިތުގެބަލި. 2 ނުފިލާހުންނަގަދަމޮޅި.

ހިތެއްފިތެއްނެތުން

މ. [މަޖާޒު] 1 ރަޙުމެއް ހަމުދަރުދީއެއް ނެތުން. 2 ކުލުނެއް އޯގާވެރިކަމެއް ނެތުން. 3 ބިރެއް ސިހުމެއް ނެތުން.

ހިތެއްފިތެއްނެތް

ނ. [މަޖާޒު] 1 ރަޙްމެއް ހަމްދަރުދީއެއް ނެތް. 2 ކުލުނެއް އޯގާވެރިކަމެއް ނެތް. 3 ބިރެއް ސިހުމެއް ނެތް.

ހިތްހަރާންކުރުން

މ. ތިމާގެ އެއްޗެއް އަނެކަކު ބޭނުންކުރަން ފެށީމައި ނުވަތަ ތިމާގެ ބާރު ހިނގާ މީހަކު ތިމާ ނުރުހޭ ކަމެއް ކުރަން ފެށީމައި ނުވަތަ ތިމާ ދަސްކޮށްދީފައިވާ ހުނަރެއް ތިމާ ނުރުހޭ ގޮތަކަށް ބޭނުން ކުރަން ފެށީމައި އެކަމާ ނުރުހޭކަން އެންގުމުގެ ގޮތުން ބޭނުންކުރާ ބަހެއް. މިސާލު: {ހ} ކަލޭ އަހަރެންގެ ގަލަން ބޭނުން ކުރުން ހިތްހަރާމެވެ. {ށ} ކަލޭ އެގެއަށް ވަނުން އަހަރެން ހިތްހަރާމެވެ. {ނ} މީހަކަށް ގެއްލުން ދިނުމަށް މިދަސްކޮށްދިން ފަންޑިތައިގެ ބޭނުން ހިފުން އަހަރެން ހިތްހަރާމެވެ.

ހިތްހަމަޖެހުން

މ. 1 ހިތަށް ލިބިފައިވާ ދަތިކަމެއް ފިލުން. 2 ހިތްރުހޭ ގޮތްވުން.

ހިތްނުބައި

ނއ. 1 ހިތްހެޔޮކަމުގެ އިދިކޮޅު. 2 މީހާގެ އެތެރެ ފުށް ނުސާފު. 3 ނުނިޔަތްލާ. 4 ހަސަދަވެރި. 5 ރުޅިވެރި.

ހިތްނުބައިކަން

ނއނ. 1 މީހާގެ އެތެރެ ފުށް ނުސާފުކަން. 2 ޙަސަދަވެރިކަން. 3 ނުނިޔަތްލާކަން. 4 ހިތުގައި އުފެދޭ ރުޅިވެރިކަން.

ހިތްނުބައިވުން

މ. 1 މީހާގެ އެތެރެ ފުށް ނުސާފުވުން. 2 ހަސަދަވެރިވުން. 3 ނުނިޔަތް ލުން. 4 ރުޅިވެރި ކަން އުފެދުން.

ހިތްކޮށި

ނއ. 1 ހިތުދަސް ކުރުމުގެ ބާރު ދެރަ. 2 ހިތްގައު.

ހިތްކޮށިކަން

ނއނ. ދަސްކުރުމުގެ ބާރު ކުޑަކަން.

ހިތްއަލި

ނއ. 1 ހިތުދަސްކުރާން ފަސޭހަ. 2 މޭދާ ގަދަ.

ހިތްއަލިކަން

ނއ. 1 ހިތުދަސްކުރާން ފަސޭހަކަން. 2 މޭދާގަދަކަން.

ހިތްއަލިވުން

މ. 1 ހިތުދަސްކުރާން ފަސޭހަވުން. 2 މޭދާގަދަވުން.

ހިތްވަރުހުރުން

މ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަ ކަން ލިބިފައި ވުން. 2 ކަންތަކާއި ކުރިމަތި ލާން ކެރުން.

ހިތްވަރުލިބުން

މ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ޙާޞިލުވުން. 2 ކަންތަކާ ކުރިމަތިލާން ކެރޭ ސިފަ އުފެދުން.

ހިތްވަރުގަދަ

ނއ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ހުންނަ. 2 ކަންތައްތަކާއި ކުރިމަލާން ކެރޭގޮތް ހުންނަ. 3 ޖެހިލުންކުޑަ. 4 ބިރުކުޑަ.

ހިތްވަރުގަދަކަން

ނއނ. 1 ހިތުގެ ސާބިތުކަމާއި ވަރުގަދަކަން ހުންނަކަން. 2 ކަންތައްތަކާއި. ކުރިމަތިލާން ކެރޭގޮތް ހުންނަކަން. 3 ޖެހިލުންކުޑަކަން. 4 ބިރުކުޑަކަން.

ހިތްމަރުވުން

މ. އަނެކަކު ކުރިކަމަކުން ހިތަށް ދަތިކަން ލިބި ފޫހިވެ، މާޔޫސްވުން.

ހިތްމޮޅިވުން

މ. 1 ހިތްދަތި ވުން. 2 ހިތާމަވެރި ވުން. 3 ކަމަކާ ދެރަވުން.

ހިތްތިރި

ނއ. 1 ބޮޑާކަމުގެ އިދިކޮޅު. 2 ތިމާގެ މިންވަރު ދަންނަ. 3 އަދަބުވެރި.

ހިތްތިރިކަން

ނއނ. 1 ތިމާގެ މިންވަރު ދަންނަކަން. 2 ބޮޑާކަމެއް ނެތްކަން.

ހިތްތިރިވުން

މ. 1 ތިމާގެ މިންވަރު ދަތުން. 2 ބޮޑާކަމެއް ނެތުން.

ހިތްތުން

މ. 1 ހިތްދަހި ލެއްވުން. 2 ދިއްސުން. 3 އެކިއެކިގޮތް ގޮތުން ހިތްދަހި ކުރުވުން.

ހިތްތޫނު

ނއ. 1 ހިތުންދަސްވުން އަވަސް. 2 ދަސްކުރުމުގެ ބާރުގަދަ.

ހިތްތޫނުކަން

ނއނ. 1 ހިތުދަސްވުން އަވަސްކަން. 2 ދަސްކުރުމުގެ ބާރުގަދަކަން.

ހިތްތޫނުވުން

މ. 1 އަވަހަށް ހިތުދަސްވުން. 2 ދަސްކުރުމުގެ ބާރު ގަދަވުން.

ހިތްގައު

ނއ. 1 ހިތުދަސްކުރަން އުނދަގޫ. 2 ހިތްކޮށި.

ހިތްގައުކަން

ނއނ. 1 ހިތުދަސްކުރުން އުނދަގޫކަން. 2 ހިތްކޮށިކަން.

ހިތްގައުވުން

މ. 1 ހިތުދަސް ކުރުން އުނދަގޫވުން. 2 ހިތްކޮށިވުން.

ހިތްގަދަ

ނއ. 1 އަނެކާއަށްލިބޭ ހިތާމައަކުން ނުވަތަ ހާނީއްކައަކުން އަސަރު ނުކުރާ. 2 ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް ޖެހިލުމެއްނުވާ.

ހިތްގަދަކަން

ނއނ. 1 އަނެކާއަށް ލިބޭ ހިތާމައަކުން ނުވަތަ ހާނީއްކައަކުން އަސަރު ނުކުރާކަން. 2 ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ޖެހިލުން ނުވާކަން.

ހިތްގަދަވުން

މ. 1 އަނެކާއަށްލިބޭ ހިތާމައަކުން، ނުވަތަ ހާނީއްކަ އަކުން އަސަރު ކުރާގޮތްނެތުން. 2 ކޮންމެފަދަ ކަމެއް ކުރުމަށްވެސް ޖެހިލުންނުވުން.

ހިތްސާފު

ނއ. 1 ރުޅިއެއް ހަސަދައެއް ހިތުގައިނުވާ. 2 އިޚްލާޞްތެރި.

ހިތްސާފުކަން

ނއނ. 1 ރުޅިއެއް ހަސަދަ އެއް ހިތުގައި ނުވާކަން. 2 އިޚުލާޞްތެރިކަން.

ހިތްސާފުކުރުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުވައިލުން. 2 ހިތުގައިވާ ހަސަދަވެރިކަން ފިލުވައިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ފިލުވައިލުން.

ހިތްސާފުވުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުން. 2 ހިތުގައިވާ ހަސަދަ ފިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ނެތުން.

ހިތްޖެއްސުން

މ. 1 ކަމަކަށް ދަހިވެތި ކުރުން. 2 ލޯބިޖެއްސުން.

ހިލަ

ނ. 1 ޤުދުރަތީގޮތުން ބިމުގައި އުފެދޭ މަޢްދަނީ ހަރުއެއްޗެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ގިނަބާވަތް ބާވަތް ގަލަށްވުރެން ހަރުވެފައި ބަރެވެ. މީގެ ބައެއް ޒާތްޒާތަކީ ނުހަނު އަގުބޮޑު އެއްޗިއްސެވެ. ބާވަތްބާވަތުގެ ޖަވާހިރަކީވެސް ހިލައިގެ ތެރެއިން ހިމެނޭ އެއްޗެއްސެވެ. 2 ބައެއް ފަރުބަދަ އުފެދި ފައި ހުންނަ މާއްދާ. 3 ހަށިގަނޑުގެ ތެރޭގެ ގުރުދާ ފަދަތަންތާގައި އުފެދޭ ކަށިނޫން ހަރުއެތި ކޮޅު ކޮޅު.

ހިލަންހުވަން

ނ. 1 "ހިލަން" މި ބަސްގަދަ ކުރާން ބުނާގޮތް. 2 ހިލަން.

ހިލަކަންފަތި

ނ. ފަނިހަނދީގެ ބާވަތެއް، މިބާވަތުގެ ހަނދި އާދައިގެ ހަންޖަށް ވުރެ ދިގު ވެފައި ކަންފަތް ގަނޑު ވަކީން ދިގު ވާނެއެވެ. އެހެން ހަންޖަށް ވުރެ މި މަހުގެ ކަޅުކުލަ ގަދަވާނެއެވެ.

ހިލަކަރުދާސް

ނ. ލަކުޑި އާއި މަޢުދަނީ ތަކެއްޗާއި އެނޫންވެސް ބައެއް ތަކެތި އޮމާންކުރަން ގެންގުޅޭ އެއްފުށް ރާޅުކޮށް ހަދައިފައި ހުންނަ ކަރުދާހެއް.

ހިލަކިހުނު

ނ. ބައްޔެއްގެ ނަން. މިބަލީގައި ކުޑަކަމުދިއުން ދަތިވެ ބަނޑުގައި ރިހި ކުރިމަތި ފަރާތުން ހިލަ ނުވަތަ ވެލި ކަހަލަ އެއްޗެއް އަންނާނެއެވެ. އަޞްލުގައި ކިހުނުބައްޔާއި، ހިލަ އުފެދޭ ބައްޔާއި، މާބޮޑުގުޅުމެއް ނޯވެއެވެ. ނަމަވެސް ދެބަލީގައި މެ އަވަސް އަވަހަށް ކުޑަކަމުދާން ޖެހިފައި ކުޑަކަމުދާއިރު ތަދުވާގޮތްވާތީ ހިލަކިހުނޭ ކިޔާ ފައި ވަނީއެވެ.

ހިލަވާލި

ނ. (މ) ވާލީގެ ބާވަތެއް. މިމަހުގެ ބޯކޮޅު އޮންނަނީ ވަށްކޮށެވެ. މިމަސް ދިރި ދިރި އޮންނައިރު ބޯކޮޅުން ފެށިގެން ބަނޑުދަށް ފަރާތުން މެދަށްވުރެ ތިރިޔަށް ރަންކުލަޔަށް ދާ ކުލަޔެއް ހުންނާނެ އެވެ. ދެފަރާތުގައި ހުންނަ ދެކޮތަރި ހަނދީގެ ކޮތަރިއަށް ވުރެ ދިގުވެފައި ކަންފަތުން ބުރިކައްޓާ ގުޅިފައި ހުންނަބައިގެ އެތެރޭގައި ހިލައެއްހެން އޮންނަ ކަށިކޮޅެއް ހުންނާނެއެވެ.

ހިލަފުއްޕުން

މ. 1 ހަށިގަނޑުގެ އެކި ތަންތާނގެ މަސްގަނޑަށް އަރުވާ ބާރަކުން، އާދަޔާ ޚިލާފަށް އެތަންތަން ހަރުކުރުން. 2 ފުލޯކުވާހަކައި ގައި އަންނަ ޞިހުރުވެރީން އެއުރެންގެ ހަށިތައް ހަދާގޮތެއް، އެހެން ހެދުމަށްފަހު ކަނޑިއެއް ލޮންސިއެއް ނުވަންނަކަމަށް ބުނެވެއެވެ.

ހިލާ

އތ. 1 ކަމެއް ނުކުރުމުގެ މައްޗަށް ނުވަތަ ވިޔަނުދިނުމުގެ މައްޗަށް ހުރި ގަދަކަން ދެއްކުމަށް ބުނާބަހެއް. މިސާލު: {ހ} ހިލާނުދާނަން. {ށ} ހިލާތިއަހެނެއްނުވާނެ. 2 ހިލުން މިބަހުގެ އަމުރު އަދި ވާކަން.

ހިލާލީދަރިކޮޅު

ނ. ރާއްޖޭގައި ރަސްކަން ކުރި ހަތް އާއިލާގެ ތެރެއިން ތިންވަނަ އަށް ރަސްކަންކުރި ދަރިކޮޅު. މިދަރިކޮޅަށް "ބަދުރުއްދީން" ދަރިކޮޅޭވެސް ކިޔައެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ހުޅުލޭ ހިލާލީކަލޯއާއި ގޯލާވެހި ކަނބުލޯގެ އައްސުލްތާން ޙަސަނުލް ހިލާލީއެވެ. މިދަރިކޮޅަކީ ރާއްޖޭގައި އެންމެ ގިނަރަސްކަލުން ރަސްކަން ކުރެއްވި އެކަމަކު ހަމަޖެހުން ކުޑަ ދަރިކޮޅެވެ.

ހިލާލުން

މ. 1 ހިލުން 2 [މަޖާޒު] ކަމެއްގެ ހަމަގޮތް، ރީތިގޮތް ނުބަލައި ފަސޭހަގޮތަށް ހަދައި ނިންމާލުން.

ހިލިހިލާ

ނ. 1 ދަގަނޑުޗޭނު. 2 ދަގަނޑުން ހަދައިފައިވާ ފަލަކެވެލި.

ހިލުން

މ. 1 ހަލަމުން ކައްކައި އޮލަކުރުން. ނުވަތަ މިގޮތަށް ކައްކައި ހިއްކުން. މިސާލު: {ހ} މެޓާހިލުން. {ށ} ހަކުރުހިލުން. 2 މީ ހާ އާދައިގައި ހުންނަ ވަރަށްވުރެން އަނގަގަދަވެ ސަމާސާ ބޮޑުވުން. 3 ބަޔަކު ސިހިގެން ގޮތްގޮތަށް އުޅެގަތުން. 4 ބަޔަކު ޤަވާޢިދާ ޚިލާފަށް ނުކުމެގެން އުޅެގަތުން. 5 ނަގިއްޔާއި ފަނާފަދަ ބުރަތަކެތި އޮތްތަނުން ގުޑައިލުން. 6 ފާޅުވެގަތުން. މިސާލު: {ހ} ލޭނާރު ހިލުން. {ށ} ރޯގާ ހިލުން. {ނ} ކުރަފިހިލުން. 7 ދިރޭބޮލި ފަޅުތެރޭން ހޮވުން. 8 އޮށްވަޅު ކުޅުމުގައި ގޮނޑީގެ ވަޅެއް ހުސްކޮށް ނެގުން.

ހިލޭހުރުން

މ. 1 ހިމޭނުން ހުރުން. 2 ވާހަކަ ނުދައްކާ ހުރުން. 3 ޅަކުއްޖާއަށް އެކަނި ހުރެވުން. 4 ތަނެއްގައި ކުއްޔެއް ނުދީ ހުރުން.

ހިލޭކުރުން

މ. 1 ތިމާގެކަމުގެ ނުވަތަ އެކުވެރިކަމުގެ ނުވަތަ ކައިވެނީގެ ގުޅުން ކަނޑައި ލުން. 2ފޮށި ވަށި ފަދަ ތަކެތި ހުސްކުރުން.3 އަގަކަށް، ނުވަތަ ބަދަލަކަށް އެއްޗެއް ދީފައި އެގޮތް ކަނޑުވައިލުން.

ހިލޭޖެހުން

މ. 1 ފުޓުބޯޅަ އާއި ހޮކީފަދަ ކުޅިވަރުގައި، ކުށްކުރާބަޔާއި އިދިކޮޅަށް ދޭ ޖެހުމެއް. މީ ގައި ސީދާ ހިލޭޖެހުމާއި ނުސީދާ ހިލޭޖެހުން ހުރެއެވެ. 2 އެއްޗަކަށް ނުވަތަ ތަނަކަށް ކުރިޚަރަދު އަނބުރާލިބި އަގުހަމަވުން.

ހިސާބު

ނ. 1 ވިޔަ. 2 ލޭންދޭނު. 3 މިންވަރު. 4 އަދަދު. 5 ދެމެދުގެ ދުރުމިން. 6 ހެޔޮވަރު. 7 ހިސާބު ޢިލްމު.

ހިސާބުކިތާބު

ނ. މުދަލާއި ފައިސާއާއި ބެހޭ ލިޔެކިޔުން.

ހިޔަނި

ނ. 1 އަލީގައި ހުންނަ އެއްޗިއްސާއި ގުޅިގެން އެ އެއްޗެއްގެ ސިފައިގާ ހުންނަ އަނދިރި ފަށް. މި ހުންނާނީ އަލިހުންނަ ފަރާތް ނޫން އަނެއް ފަރާތުގަ އެވެ. 2 ކޮންމެ އެއްޗެއްމެ އަވީގައި ނުވަތަ އަލީގައި ހުރީމާ އެ އެއްޗަކުން އަނެއް ފަރާތަށް ގޮސްފައި ހުންނަ އަނދިރި. 3 މޫނުބަލާ ލޯގަނޑުފަދަ ތަކެތީން އެ ފެންނަ ސޫރަ. 4 އެންދަމާދަލުގެ ވަށައިގެން ކައިރީގައި ތަންކޮޅެއް ގޮޅިބޮޑެތިކޮށް ބަނދެފައި އޮންނަތަން. 5 ލޯގަނޑެއްފަދަ އެއްޗަކަށް އަލި އެޅުނީމާ އެއިން އަނބުރާ ފޮނުވައިދޭއަލި.

ހިޔަނިއެޅުން

މ. 1 އެއްޗެއްގެ އަނދިރި އަނެކައްޗަކަށް އެރުން. 2 މީހެއްގެ އަނދިރި، ނުވަތަ އެއްޗެއްގެ އަނދިރި މީހަކަށް އުނދަގޫ ވާ ގޮތަށް ފޯރުން. 3 މޫނުބަލާ ލޯގަނޑުފަދަ އެއްޗެއް މެދުވެރިކޮށްގެން ތަނަކަށް ނުވަތަ އެއްޗަކަށް އަލިއެރުވުން. 4 ފެންގަނޑެއްގެ ތެރެއިން ނުވަތަ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗަކުން މީހެއްގެ ނުވަތަ އެއްޗެއްގެ ސޫރަ ފެންނަން ހުރުން.

ހިޔަނިދައު

ނ. ގޮޅިދެރަވަރަށް ބަންނަ އެންދަމާ ދަލުގެ ހަތަރު ފަރާތުގައި މެދުތެރެއަށްވުރެން ގޮޅި ނުވަތަ މަޅި ބޮޑުކޮށް އޮންނަ ބައި.

ހިޔަނިދާ

ނ. ހިޔަނިދައު.

ހިޔަނިލުން

މ. 1 ދަލުގައި ހިޔަނިހަރުކުރުން. 2 އަކުރާއި ކުރެހުމުގެ ކައިރީގައި އޭގެ ހިޔަނި ހުންނަގޮތަށް ފެވުން.

ހިޔަންޏަށްމުޑިނެގުން

މ. 1 ބައެއް ޖަނަވާރު ހިޔަންޏެއް ފެނިގެން އެއީ އަސްލޭ ހީކޮށް އެއާ ދިމާއަށް މުޑިނެގުން. 2 [މަޖާޒު] ކަމެއް ޙާސިލުވެދާނޭކަމަށް ހީކޮށް އޭގެ އަސްލެއްނެތި އެކަމެއް ލިބިއްޖެނަމަ ކުރަންވީ ކަންތައްތައް ހޯދައި، މީހުން ހިނިއަންނަ ދަރަޖައަށް އެކަމައިގެން އުޅުން. މިސާލު: ޖައްރާފާގެ ވެރިކަން ލިބިދާނެކަމަށް ހީކޮށް ޖައްރާފާގައި އުޅޭ މީހުންކުރެން އޭގެ ވާހަކަ އަހައި އަވަސްއަވަހަސް އިންޖީނުގެއަށް ވަދެ މީހުން ހިނިއަންނަ ދަރަޖައަށް އުޅުން .

ހިޔަރިންޖެހުން

މ. ދަގަނޑުތަޅާ މީހާ ދޮންކޮށްފައިވާ ބޮޑެތި ދަގަނޑު ގަނޑުގައި އަނެކަކު ބޮޑުމުށިން ޖެހުން.

ހިޔައުއެރުން

މ. 1 ވިލާގަނޑުގެ ނުވަތަ ގަސްގަހާއި ގޭގެ ފަދަ ތަންތާނގެ ހިޔަނި އެރުން. 2 ހަވީރުވެގެން ގޮސް ރަށުތެރެއަށް ހިޔާފެތުރުން.

ހިޔަމަރިނދަލި

ނ. ރިނދަލީގެ ބާވަތެއް. މި ރިނދަލީ ގައި ހުންނަނީ ނުސާފު ހުދުކުލަ އެކެވެ. ރިނދަލީގެ ބޭރުގައި ދިގު ފައިކަށިތަކެއް ހެން އެކިވަރުގެ އުންތަކެއް ހުރެއެވެ.

ހިޔާ

ނ. 1 ވާރެޔާއި އަވީން ރައްކާވެވޭ ތަންތަން. 2 އޮޑިދޯނިފަހަރުގެ ކުނބުކަތްޕާ ކުންބާ ދޭތެރޭ ދެފުރާޅު ލައިފައި ހަދައިފައި ހުންނަގެ. 3 [މަޖާޒު] މީހެއްގެ ފަރާތުން ލިބޭ ރައްކާތެރިކަން. 4 އެހީތެރިކަން.

ހިޔާތޯވު

ނ. (ގ) ރެދަންފަނި.

ހިޔުން

މ. 1 (ޏ،ސ) ތެޔޮފަދަ ތަކެތި ހޭނުން. 2 ރާކެއްކުން.

ހީ

ނ. 1 ޝައްކު. 2 ކަށަވަރުކަމެއް ނެތި ހިތަށް އަރާ އެއްޗެހި. 3 ފިނިކަމުން ހަށިގަނޑަށް ލިބޭ އުނދަގޫ.

ހީހަން

ނ. (ސ) 1 ތެޔޮހަން. 2 މޭވާ ތަރުކާރީ ފަދަ އެއްޗެހީގެ ބޭރު ފަށަލަ. (އެންމެ ތުނި ފަށަލަ)

ހީހުން

ނ. ހުމެއްގެ ނަން. މި ހުން އަންނަނީ ވަރަށް ގަދަޔަށް ހީކަރުވާ ފައެވެ. ހީ ފިލުމާއެކު އުދާސްކުރަން ފަށަ އެވެ. މި ހުން އަންނަ ވަގުތު، ދާނީ ބަދަލު ވަމުން ނެވެ.

ހީނލުން

މ. ކުޑަކޮށް ދަތްފެންނަ ވަރަށް ހުނުން.

ހީނގަތުން

މ. ކުއްލިއަކަށް ގަދައަށް ހުނުން.

ހީރަސްނަރު

ނ. ހީރަސްޖަހާ ދައްޗަށް ލައްވާނަރު.

ހީރާންސި

ނ. ފައްތުފިލާގެ ދަށުން، ބޮޑުފަށްގަނޑުގެ ފަހަތުކޮޅުގައި ހުރަހަށް ކަނޑައި ފައްތާފިލާ. މިއީ ބޮޑުފަށްގަނޑު ފޭވިޔަނުދޭން ހަރުކުރާ ފިލައެވެ.

ހީކެރުވުން

މ. ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުން.

ހީވަނީ ކަފުލޯ ދުންމާރިއެއްގެ އަޑުހެން

[މިސާލުބަސްް] އަޑުގެ ހިމަކަމާއި ރީތިކަމާއި ތޫނުކަން ދައްކައިދޭން ބޭނުންކުރާ ބަހެއް.

ހީވި

ނ. 1 ހީރި 2 ހީވުން މިމަސްދަރުގެ ނިމިނިމުންކަން.

ހީފިލުން

މ. 1 ހަށިގަނޑަށް ލިބުނު ފިނިކަން ފިލައި ހަމަޖެހުން. 2 ފިނިކަމުން ހަށިގަނޑަށް ލިބުނު އުނދަގޫކަން ކެނޑުން.

ހީފިލުވުން

މ. ފިނިކަމުން ހަށިގަނޑަށް ލިބިފައިވާ އުނދަގޫ ނެއްތައި ލުން.

ހީދަނާ

ނ. (ސ) 1 ހަރުދަނާ. 2 ހީވާގި.

ހީދަނާވުން

މ. (ސ) 1 ހަރުދަނާވުން. 2 ހީވާގިވުން.

ހީލި

ނ. 1 ގިލިގިލި ކޮއްޓީމާ ހަށިގަނޑަށް އެވާގޮތް. 2 އުޅަނބޮށީގެ ހީލިކަށިގަނޑު ތަނަކު ޖެހުނީމާ ވާގޮތް. 3 ނުރައްކައު އުސްތަންތާގައި މީހުން ހިނގާތަން ފެނުނީމާ ބައެއް މީހުންގެ ދަށްފަޔަށް އެވާގޮތް. 4 ހަރު ދެއެތިގަނޑު ކޭރުވީމާ އިވޭ ބާވަތެއްގެ އަޑަކުން ބައެއް މީހުންގެ ދަތަށް އެވާގޮތް. 5 ޖިންސީ އެދުންވެރިކަން އައުމުން އަންހެނުންގެ ކުރިމަތި ފަރާތަށް އެވާ އިހްސާސް

ހީލިކޮއްޓުން

މ. ހީލިކަރުވާ ތަންތަން އިނގިލި ކުރިން ނުވަތަ އެފަދަ އެއްޗަކުން ކޮއްޓުން.

ހުހި

ނ. ދިވެހިރުއް ފަދަ ރުއް ރުކުގައި ގަންނަ ތަކެތި ހަރުވަމުން އަންނައިރު އެތެރޭގައި ކާން ކަމުދާ އެއްޗެއްނެތި އަނަރޫފަ ވެފައިވާ ވައް.

ހުށި

އކ. ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށްޙަރަމް ބަނުމުގެ ކުރީގައި ޤިބްލައަށް ކުރިމަތިލާހުށި.

ހުށިގެނޑި

ނ. (ސ) އެއްލަކުޑި ގަނޑަކުން ދެފައި ހުންނަގޮތަށް ހަދައި ފައި ހުންނަ ތިރި ގޮނޑި. މިއީ އާއްމު ގޮތެއް ގައި ބަދިގެ ދޮށުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ހުށޫ

އ. ހުށި، މިބަސް ފަދައިން ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށް ޙަރަމްބަނުމުގެ ކުރީގައި ޤިބުލައަށް ކުރިމަތިލާހުށި. ނުވަތަ ކުރިމަތިލާހުށޫ.

ހުނބުޅު

ނ. މާބުރުގެ ސިފައަށް އެއަށްވުރެ ބޮޑެތޮށް ހުންނަ ދިރޭ ސުއިއްޕެއް. މީގެ ކުލައަކީ ކަޅުކުލައެވެ. ފިޔައިގައި ހުންނާނީ ކަޅުދިހުން ކުލައެކެވެ. މިއީ ވަކަރު ގަނޑު އަދި މަޑުލަކުޑި ފަދަ ތަކެތި ބޮއި ކުނޑި ނެރޭ އެއްޗެކެވެ.

ހުނގު

ނ. ތަފާތު ވައްތަރުގެ ގަސްގަހުގެ ތެލުން އުފައްދައިފައި ހުންނަ ތެލަކާ ކާބާވަތް ބާވަތުގެ ގަސްގަހުގެ ކިރާއި ގޮދަންފުށް އެއްކޮށްގެން ހަދައިފައި ހުންނަ އެއްޗެއް. މީގައި ގަދަ ޒަވި ވަހެއް ދުވައެވެ. މިހުންނަނީ ރަތްމުށި ކުލައިގައެވެ. މިއީ ދިވެހި ބޭހުގައި ބޭނުންކުރާ އެއްޗެކެވެ.

ހުނގުމަސް

ނ. ފަރުމަހުގެ ބާވަތެއް. މިމަހުގެ އަނގަހުންނަނީ މަހުގެ މައްޗަށް ވާގޮތަށް ތެދަށެވެ. މަހުގެ ކަރުތާފަތް ގަނޑުގެ ތިރީބައިގައި ރާޅުކަމެއް ހުރެއެވެ. މަހުގެ ހަމުގައި ރާޅުކޮށް ހުންނަ ކުދި ހުޅުނބު ތަކެއް ހުރެއެވެ. ނަގޫފަތުގެ ދެކޮޅު ފަހަތަށް ދިގުކޮށް ހުރެއެވެ. މިމަހުގެ ކުލައަކީ ރަތްކުލައެވެ.

ހުނަމަލެވެމަ

ނ. (ގ) ވެނުގެ ބާވަތެއް. މިއީ ގަދަމުށިކުލައިގެ ވެނެއް.

ހުނި

ނ. 1 ފެންއަޅައިގެން ފޮތީން އުވަ ފުރޭނީމާ ނެގޭ ސާފު ހިމުން އުވަ. 2 ކާށި ގަބުޅި ފަދަ ތަކެތި ހުނިގޮނޑި ފަދަ އެއްޗަކުން ގޭނީމާ ނުކުންނަ ކުނޑި. 3 (އ) ނޫކުލައިގެ އެމެއް.

ހުނިހަކުރުފަތަފޮޅި

ނ. އެތެރެޔަށް ހުނިހަކުރު އަޅައިގެން ހަދާ ފަތަފޮޅިއެއް. މީގެ އެންމެމޮޅު ގޮތަކީ އާވީން ކެއްކުމެވެ. އަދި ފިހެ ތެލުލައި ވެސް ހަދައެވެ.

ހުނިކަނދުގަނޑަ

ނ. (ލ) [ބޯދާ] ހުނިދަޅު.

ހުނިކޮންނަކަށި

ނ. ބިލެތްހުނި ނަގާން އެއްކޮޅު ފަތިކޮށް ހަދައިފައި އޮންނަ ކަށްޓެއް.

ހުނިގުރާބު

ނ. ދުފާހުނި އަޅާން ބޮއްކުރައެއްގެ ސިފަގައި ލަކުޑީން ހަދައި ފައި ހުންނަ ކުޑަކުޑަ އެއްޗެއް.

ހުނިގޭނުން

މ. ހުނިގޮނޑި ނުވަތަ އެހެންއެއްޗަކުން ކާށި ގަބުޅި ފަދަތަކެތި ގޭނުން.

ހުނިޖެހުން

މ. 1 ބިލެތްގަނޑުގެ ހުނގުޅުގައި ހުނިކޮޅެއް ތަތްކުރުން. 2 ވައްތައް ގާތްކޮށް ހުންނަ ކެޔޮގަނޑު ފަދަ ތަކެތި ގުނުމުގައި ބިލެތް ހުނިން ފާހަގަ ޖެހުން. 3 [މަޖާޒު] ވަކިފަރާތަކަށް ނުވަތަ ވަކި ސިފައަކަށް މީހަކު ޚާއްޞަކޮށްލުން.

ހުންބަލާކަށިގަނޑު

ނ. ހޫނުމިން ބެލުމަށްޓަކައި ބިއްލޫރިން ހިމަދިގުކޮށް ހަދާ އެތެރެއަށް ދިރޭރަހަ އަޅާ ބޭރުގައި ދަރަޖަތަކެއް ޖަހައިފައި ހުންނަ އާލާތެއް. މީގެ އެއްކޮޅު ގައި ދިރޭރަހަ ހަރުލާ ވަރަށް ފަލަކޮށް ހުންނަ ތަންކޮޅެއް ހުންނާނެ އެވެ. އެތެރޭގައި ވަރަށް ހިމަ ލޯވަޅެއް ހުރެއެވެ. ހޫނުވުމުން އެލޯވަޅުން ދިރޭރަހަ ދަތުރުކުރާނެ އެވެ. ފިނިވާއިރަށް ފަލަތަނަށް ދިރޭރަހަތައް ފައިބާނެއެވެ.

ހުންބޭސް

ނ. ހުމަށްދޭން ހަދައިފައި ހުންނަބޭސް.

ހުންކޮށި

ނ. މައިދާގެ ވައަތްފަރާތު މަތީގައި އޮންނަ ގުނަވަނެއް. ބައެއް ހުމުގައި މިގުނަވަން ބޮޑުވެ ބަނޑަށް އުނދަގޫވެސްވެއެވެ.

ހުންގާނުނެތްއޮޑި

ނ. [މަޖާޒު] 1 ސާބިތުކަމެއްނެތްމީހާ. 2 ހަރުދަނާކަމެއް ނެތްމީހާ. 3 މީހަކާނުއިދެހުންނަ ފިރިހެނާ.

ހުންގާނުކަރުފޮތި

ނ. ހުންގާނު ގަދަ ކުރަން އޭގެ ކަރުވަޅު ގައި ދެފަރާތުން އަޅާ ފިލާފޮތި.

ހުންގާނުމައިފޮތި

ނ. މައްޔަލުގެ ކިއްސަރަށް ކޮށާ މަށާ އޮމާން ކޮށްހަދައި މައްޔަލުގާ ގުޅުވާ ނުވަތަ ހަރުކުރާ ހުންގާނުގެ ފުރަތަމަބައި.

ހުންގާނުދަން

ނ. ހުންގާނު ހިފާމީހުންގެ ދަންފަޅި.

ހުރަވީދުވަސް

ނ. ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް. އެއީ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ.

ހުރަސް

ނ. 1 ހަނިދިގު އެއްޗެހީގެ ފުޅާމިން. 2 ގޭގެ މަތިވަޑާން ގަނޑުގައި ހުރަހަށް އަޅާ ވަކަރު. 3 ދަނޑިކޮށީ ކުޅިޖެހުމުގައި ޖަހާއެތިފަހަރެއް. 4 ކުރިޔަށް ދާދިއުން މަނާކުރާ ކޮންމެ އެއްޗެއް. 5 ފެންނަ ފެނުން މަނާކުރާއެތި. 6 ދެއެއްޗެއް ޖެހުނަ ނުދިނުމަށް އެ ދެމެދަށް ވަންނަ ދާފަރާ. 7 ސުންނި އުރަ.

ހުރަސްގަޅިލޮނދިމަސް

ނ. ފަރުފަޅުގެ އުރަފަށުގައި ދިރިއުޅޭމަހެއް. މީގެ ކުލައަކީ މަޑުރީނދޫކުލައެވެ. މަހުގެ ބުރަކަށިމަތީގައި ކޮތަރިބައިގެ ކުރީކޮޅުން ފެށިގެން ލޯ ހުރަސްކޮށް ތިރިއަށް ގަދަމުށިކުލައިގެ ރޮނގެއް ހުރެއެވެ. މިބާވަތުގެ މަހުގެ ބޭރު ހަމުގައި އާދަޔާ ޚިލާފު ވިހައެއް އެކުލެވޭ ލޮނދީގެ ފަށަލައެއް ހުރެއެވެ.

ހުރާގޭދަރިކޮޅު

ނ. ރާއްޖެ އިސްލާންވީ ފަހުން ހަތްވަނަ ޔަށް ރާއްޖޭގައި ރަސްކަންކުރި ޢާއިލާ. މި ޢާއިލާގެ ފުރަތަމަ ރަސްކަލަކީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ޙުސައިން ދަހަރާ ތަކުރުފާނުގެ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން އަލްޣާޒީޙަސަން އިއްޒުއްދީނު ދޮންބަންޑާރައިން ނެވެ. މިޢާއިލާއިން ތޭރަ ރަސްކަލުން ރަސްކަން ކުރެއްވިއެވެ.

ހުރިގޮތަށްހުރުން

މ. 1 އެގޮތް މިގޮތް ނުވެހުރުން. 2 ގޮތެއްނުވެހުރުން. 3 ބަދަލެއް ނައިސް ހުރުން.

ހުޅަނގު

ނ. 1 އިރުއޮއްސޭފަރާތް. 2 އައްސިދައިން ފެށިގެން މުލަނަކަތާ ދެމެދުގެ މުސޫން.

ހުޅަނގުމޫސުން

ނ. އައްސިދައިން ފެށިގެން މުލަނަކަތާއި ދެމެދުގެ ދުވަސްވަރު.

ހުޅަނގުވިނަ

ނ. ހުޅަނގު މޫސުމަށް މާ ވަރުގަދަޔަށް ހެދޭ، އިރުވައިވީމާ މުޅިން މަރުވެގެންދާ ވިނަ.

ހުޅަނގުވުން

މ. 1 އައްސިދަލައިގަތުން. 2 ހުޅަނގު މޫސުން ފެށުން.

ހުޅަނގުދެކުނު

ނ. ސަމުގާގެ މިސްރާބުން ދުއިސައްތަ ފަންސަވީސް "ޑިގްރީ" ދަރަޖަ.

ހުޅައްފަނި

ނ. (ސ) 1 ކިލާފަނީގެ ބާވަތެއް. މިހުންނާނީ ކިލާފަންޏަށްވުރެ ކުލަގަދަކޮށް އެ އަށްވުރެ ތަންކޮޅެއް ފަލަކޮށެވެ. ތުންކޮޅު ހުންނާނީ ހުރަހަށް ބުރިކޮށްލީމާ ހުންނަހެންނެވެ. 2 ފެންހަރުފަ.

ހުޅަގަޖެހުން

މ. (ސ) 1 ހުޅަނގު މޫސުމުގެ ވިއްސާރަ އައުން. 2 [މަޖާޒު] އަޑުގަދަކޮށް ޒުވާބު ކުރުން.

ހުޅި

ނ. 1 ޒީނަތަށް ބޮލުއިސްތަށިގަނޑުން ޖަހާ ގޮށް. 2 ގުޅަކޮށް ހައްޔަރުކޮށްފައި އޮންނަ އިސްތަށި ގަނޑު. 3 އަންހެނުންގެ ރުމާއޮޅާން ކައްޗޭ ބޯފަދަ ތަކެތީގައި ފޮތީން ބަންނަ ބޮނޑި. 4 ބައެއް ދޫނީގެ ބޮލުގައި ވަކީން އުފުލިފައި ހުންނަ ފަތްކޮޅު. 5 ސިންގާ އަސްފަދަ ތަކެތީގެ ކަނދުރާމަތީގައި ވަކީން ދިގުކޮށް އޮންނަ ކެހެރިގަނޑު. 6 (ޏ،ސ) ނާޅި ލާހިފަދަ ތަކެތީން މިނާއިރު އުސްތުނބަށް ހުންނަތަން. 7 ރާޅު އުފުލިގެންދާއިރު ވަކީން އުސްކޮށް ހުންނަތަން.

ހުޅިގަނޑު

ނ. 1 ބޮލުހުޅި. 2 ސިންގާ އާއި އަސްފަދަ ތަކެތީގެ ކަނދުރާ މަތީގައި އޮންނަ ދިގު ކެހެރިގަނޑު.

ހުޅުނބުފިލާ

ނ. ފަތްޕިލާވެއްޔެއް. މިއީ ވިނަހުންނަ ތަންތާ ގައި ހެދޭގަހެކެވެ. މީގެ ފަތްހުންނާނީ ކޮޅުވައްކޮށް ކުދިކުދި ކޮށެވެ. ފަތް ބުރަނދަގޮޑި ފަތާ ވަރަށް ވައްތަރު ވާނެއެވެ. މިފަތުގެ ދިޔަ ދުޅަވާ ތަންތާގައި ވަށައެވެ.

ހުޅުބަލިފެލާ

ނ. (ޏ،ސ) ޗަސްބިމުގައި ހެދޭ ވިނައެއް މި ވިނަގަސް ހެދެނީ ބަދަބަދައަށެވެ. ވެލެއްހެން، ހެދޭ މިވިނަގަސް ބިންމަތީ ދުވަމުން ދާއިރު ބަދަވަޅު ތަކުން މޫ ފައިބަމުން ދާނެއެވެ. މި އީ ވަރަށް އަވަހަށް ހެދޭ އަދި ގިނަވާ ވިނައެކެވެ. މިގަސް ބިމުން ލުހެލަން އުޅެފިނަމަ ބަދަވަޅުތަކުން ބިންދަ ބިންދައިގެން ދާތީ "ހުޅުބަލިފެލާ" އޭކިޔަނީއެވެ.

ހުޅުވުން

މ. 1 ލެއްޕިފައިހުރި އެއްޗެއްގެ ތެރެ ހާމަކޮށްލުން. 2 ފޮށިފަދަ ތަކެތީގެ ހުޅުލައި ހަރުކޮށްފައި ހުންނަ މަތި ހާކުރުން. 3 ޖެހިފިތިފައި ހުންނަ ދެއެއްޗެއް ފޭކޮށްލުން. މިސާލު: {ހ} ކަތުރު ހުޅުވުން. {ށ} ޗާކުފިޔޮހި ހުޅުވުން. 4 ފިހާރަ މަދުރަސާ މަޢުރަޟް ފަދަތަންތަން ހަދާ ނިމިގެން އެތަންތަން ހިންގާން ފެށުން. 5 އޮފީސް ފަދަ ތަންތާގެ މަސައްކަތް ހިނގާން ފެށުން.

ހުޅުފަނާދިއުން

މ. ރޭގަނޑު މަސް ހިފަން ދާއިރު، މަސް ގާތަށް ގެނައުމަށްޓަކައި ފަންހުޅިއެއްގައި ރޯކޮށްގެން ނުވަތަ އެހެންވެސް އައްޔެއް ހިފައިގެން މޫދަށް އެރުން.

ހުޅުފަން

ނ. ރޭގަނޑުގައި ފަޅުން މަސްހިފާމީހާ އޭނާގެ ގާތަށް މަސްގެންނާން ރޯކޮށްގެން ގެންގުޅޭ ފަން ނުވަތަ އެފަދަ ކޮންމެވެސް އައްޔެއް.

ހުޅުދާން

ނއނ. އާދަޔާ ޚިލާފަށް ކޮށްފައި ހުންނަގަދައަލި.

ހުޅުދާންކުރުން

މ. އާދަޔާ ޚިލާފަށް ބޮޑަށް އަލިކުރުން.

ހުޅުޖެހުން

މ. 1 އެންދުމުގެ ގަސްތުގައި އަލިފާން ރޯކުރުން. 2 އުޅާފަދަތަކެތީގެ ހުޅު ހަރުކުރުން.

ހުކުން

ނ. 1 އަމުރު. 2 ތާސްކުޅޭއިރު ގަދަކުރާ ރަނގަ. 3 ނިޔާ.

ހުކުންބުނުން

މ. ތާސްކުޅުމުގައި ގަދަކުރާ ރަނގަ ބުނުން.

ހުކުންލުން

މ. ތާސްކުޅޭއިރު ގަދަކޮށްފައިވާ ރަނގައިގެ ގަނޑެއް ޖެހުން.

ހުކުރުހަތްދުވަސް

ނ. ހުކުރު، ހޮނިހިރު، އާދީއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި.

ހުކުރުހިނގުން

ނ. އިހުގައި ނަމާދުނުކުރާ މީހުންނާއި ހުކުރަށް ނުދާމީހުން ބެލުމަށް ހުކުރު ދުވަހު ހަވީރު ފަނޑިޔާރުގޭގެ ނާއިބު ބޭކަލަކާއި، ދޭވާންޏަ ކާއި މަޖިލީހަށް އަރާ ބޭކަލަކާއި ދުއްރަ ހިފައިގެން ކޮލިހިނގާމަގު ވަށައިގެން ހިނގައިއުޅުނު ހިނގުމެއް. މިގޮތަށް ހިނގާއިރު މަގުމަތިން ފެންނަ ފިރިހެނުންކުރެން ހުކުރައް ދިޔަތޯއާއި، ނަމާދު ކުޅަތޯ އަހައި، ނޫންކަމަށް ވާނަމަ އެމީހުން ތަޢުޒީރުކޮށް ހަދައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ނައިބުންގެ ފަރާތުން މިކަންކޮށް އުޅުނެވެ.

ހުކުރުހެދުން

ނ. 1 ހުކުރަށްދާން އަޅާ ހެދުން. 2 [މަޖާޒު] އަވަހަށް ބަދަލުވާ ބަދަލުވުމާމެދު ދޭމިސާލެއް. މިސާލު: އިރުވައި ވިއްސާރައެކޭ ހުކުރު ހެދުމެކޭ އެއްގޮތެވެ.

ހުކުރުޙަދީޘް

ނ. ހުކުރުނަމާދަށް ބަންގިދީފައި މީސްތަކުންނާ ދިމާޔަށް އެނބުރިހުރެ މާމުދިންމީހާ ކިޔައިއުޅުނު މަޝްހޫރު ހަދީޘް.

ހުއިހެއްޕުން

މ. ގެރިބަކަރިފަދަ ތަކެތި ވިނަކާން ވިނަގަނޑަށް ގެންދިއުން.

ހުއިފަތުމަސް

ނ. ފަރުމަހުގެބާވަތެއް. މިބާވަތުގެ ބޮޑެތިމަސް ދިރިއުޅެނީ މާކަނޑުގައެވެ. ފަޅުތެރެއަށްވަދެއުޅޭ މީގެކުދިމަސް ދުވެއުޅެނީ އަރިއަށް ތިބެގެން ވަރަށް މަޑުމަޑުންނެވެ. މިގޮތަށް މިމަސްދުވާއިރު ހީވަނީ މަރުވެފައިވާ ހުއިފަތް ކޮޅެއް އޮޔާ ދާހެނެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ. މަހުގެ ނިގޫފަތް ހުންނަނީ ވައްކޮށެވެ.

ހުއިތޮށި

ނ. (ސ) ތުނިރިނދަލިހެން ހުންނަ ކުދިކުދި އެއްޗެއް. މިއީ ގޮނޑުދޮށަށް ކަށިވެލި އަރާހެން އަރާ އެއްޗެކެވެ. ގިނައިން މިއަރަނީ އައްޑުއަތޮޅަށެވެ.

ހުއްދަބަލައިދިއުން

މ. ގަނޑުވަރުތެރޭ ބޭފުޅުންނާއި، ދައުލަތުގެ ކުރިޔަށް ތިއްބެވި ބޭފުޅުން ތިއްބަވާ ތަންތާނގެ ކައިރީގައި ތިބޭމީހުން އެބޭފުޅުން ތިއްބަވާ ތަންތާނގެ އެތެރެ ފެންނަވަރުގެ އުސްތާކަށް އަރަން ޖެހިއްޖިއްޔާ، އެކަމުގެ އިޒުނަ ހޯދަން އެތަން ތަނަށް ދިއުން.

ހުއްދަފަތާނިކުތުން

މ. އިހުގައި ހުއްދަފަތާއި ޚިލާފަށް ހިނގާ ކަންތައް މަނާ ކުރުމަށް ވެރިކަމުގެ ފަރާތުން ބަޔަކު ނެރުން.

ހުއްޓި

ނ. 1 ފުރާޅު ބަނުމުގައި ހުރަހަށް ބަހައްޓާ ދަނޑި. 2 ފުޅަށް އެޅުމުގައި ދުރު ދޭތެރެ ބައްދާން ބަހައްޓާ ދަނޑި. 3 ފުޅަލީގައި ކޮޅަށް ބަހައްޓާ ދަނޑި. 4 ލިޔާއިރު ޖުމުލަ ނިމުމުގައި ޖަހާ ތިކި. (ފުލުސްޓޮޕް.)

ހުއްޖަތް

ނ. 1 ބަހުން ދައްކާހެކި. 2 ކަމެއް ސާބިތުކޮށް ދިނުމަށް ދައްކާ ދަލީލު. 3 މަކަރު. 4 ދައްކާ ބަހަނާ.

ހުއްޖަތްދެއްކުން

މ. 1 ދަލީލު ދެއްކުން. 2 ހެކިދެއްކުން.

ހުވަނދު

ނ. 1 މީރުވަސް. 2 މީރުވަސްދުވާތަކެތި. 3 މަޖްލިސް މަޖްލިސްގައި ދޭން ގެންގުޅޭ އަތަރުފަދަ ތަކެތި.

ހުވަނދުހެދުން

މ. މަޖްލިސް މަޖްލިސްގައި ހުވަނދު ދޭން ފިނިފެނާއި، މީރުވަސްދުވާ އަތަރާއި، ސެންޓް ފަދަ ތަކެތި އެއްކޮށް ތައްޔާރުކުރުން.

ހުވަނދުބޭސް

ނ. މީރުވަސްދުވާ ބޭހުގެ ބާވަތްތަކެއް. އެއީ ކެލާ، ބޮކަރު، ކަޅަނގާރި، ލާދަން، ފޮތި ހުވަނދު، މަހުލަނބޯއޮށް، ކޮއްޗޭފަތް، ހުއިސުން، ކުމުންޒާނި މިއެވެ.

ހުވަނދުކެލާ

ނ. ކެލާ ގަހުގެ ލަކުޑި. މިއީ ދިވެހި ބޭހުގައި ބޭނުންކުރާ އެއްޗެކެވެ. މިއަށް ހުވަނދު ކެލާ ކިޔަނީ ކެލާގެ ވައްތަރުތަކުގެ ތެރެއިން މި ކެލައިން ދުވާ ކެލައިގެ ވަސް މީރުވެފައި ގަދަވީމައެވެ.

ހުވަނދުގަނދަކޯޅި

ނ. ހުދުގަނދަކޯޅި ގަނދަކޯޅީގެ ހުދުވައްތަރު.

ހުވަންހިލަންވެސްނުވުން

މ. 1 އަސަރެއް ނުވަތަ އިޝާރާތެއްވެސް ނުވުން. 2 ޚަބަރެއް ދަބަރެއް ނުވުން.

ހުވަންކާރަ

ނ. (ގ) ފޫޅުދަނޑި.

ހުވަފެން

ނ. [ބޯދާ] 1 ނިދައިފައި އޮންނައިރު ފެންނަ އެކިބާވަތުގެ ކަންތައް. 2 (ސ) ތުނިޔައާ ވައްތަރު އެޔަށްވުރެ ކުދި އެއްޗެއް. 3 [މަޖާޒު] ފޮނިއުންމީދު.

ހުވާކަށަވަރު

ނ. ޔަޤީންކަމުގެ އެންމެ މަތީ ދަރަޖަ ފައުޅު ކުޅައުމަށް ބުނާގޮތެއް.

ހުވާކަށަވަރުވުން

މ. އެންމެ މަތީ ދަރަޖައިގެ ޔަޤީންކަން ފައުޅުކުރުން.

ހުދުގަނދަކޯޅި

ނ. 1 ގަނދަކޯޅީގެ ހުދުމާ އަންނަވައްތަރު. 2 ހުވަނދު ގަނދަކޯޅި.

ހުދުހިލަފާޖާރު

ނ. ވިހައިގެ ބޭހެއް. މިއީ ހުދުކުލައިގެ މަޢުދަނީ އެއްޗެކެވެ.

ހުދުރަން

ނ. ހުދުކުލަގައި ހުންނަ، ވަރަށް އަގުބޮޑު މަޢުދަނެއް. މިއީ، ނާދިރު ހަ، މަޢުދަނުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިވިރެނީ އެއްހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓު ފަހެއް ޑިގްރީ ސެންޓިގްރޭޑަށް ހޫނުކަންގޮސް ގެންނެވެ.

ހުދުރަންކަރު

ނ. ބޭސް ހަދަން ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް. މިއީ ވިހައިގެ ބޭހެކެވެ.

ހުދުރޮނޑު

ނ. ރޮނޑުގެ ބާވަތެއް. މިރޮނޑުގެ ހަށިގަނޑު ހުންނަނީ ހުދުކުލައިގައި ވަރަށް އޮފުގަދަކޮށެވެ. ހަންގަނޑުގެ ކޮތަރިން ތިރިއަށް ހުންނާނީ ހުދުކަލައެވެ. ބޮލާ ހަށިގަނޑާ ގުޅުނު ހިސާބުގައި ހުރަހަށް ކަޅުކުލައިގެ ދެ ރޮނގު ހުންނާނެއެވެ. ބުރަކަށީގެ މަތީ ކޮތަރިބައި ފެށޭ ހިސާބުގައި ކަޅުކުލައިގެ ކައްޓެއް ހުންނާނެއެވެ.

ހުދުކައިރު

ނ. 1 ބޭސްހަދަން ގެންގުޅޭ ކައިރެއް. 2 އާދައިގެ ކައިރަށްވުރެ ކުލަމަޑު ކައިރުގެ ބާވަތެއް.

ހުދުކާފޫރު

ނ. ހޫނުގަދަ ރަށްރަށުގައި ވަރަށްގަދަޔަށް ހެދިފައިހުންނަ ފެހިކަން ގަދަ ގަހަކުން ނެގޭ ތަތްކަންބޮޑު ކިރެއް. މިދިޔާނުވެ އާތްވަށް އަރައިގެން ދެއެވެ. މިއީ ބޭހަށައާއި ޚަނޫޠު ހެދުމަށް ބޭނުންކުރާ އެއްޗެކެވެ.

ހުދުއަނދުން

ނ. ލޮލުބޭހަށް ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް.

ހުދުއުއްދަނޑި

ނ. އުއްދަނޑީގެ އެންމެމޮޅު ބާވަތް. މީގެ ބޭރު ހުންނަނީ މަޑުފެހި ކުލައެއްގައެވެ.

ހުދުވައިގުގޫ

ނ. އާދައިގެވައިގުގުލަށްވުރެ ސާފުކޮށް ހުދުކޮށް ހުންނަ ވައިގުގުލެއް.

ހުދުފިހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހުދުފުއްފިލާ

ނ. ކުދިކުދި ހިމަގޮފިތަކެއްގައި ފެހިކުލައިގެ ކުދިކުދި ފަތްތަކެއްހެން ހުންނަ ހުދުކުލައިގެ މާތަކެއް ފޮޅޭ ކުދިކުދިއޮށް ތަކެއް އަޅާ ބިމަށްތިރިކޮށް އެއްތެދަށް ހެދޭ ފިލާވެއްޔެއް. މިގިނައިން ހެދެނީ ދަނޑުބިންތަކާއި ރަށްރަށުގެ ހޭޅިފަށުގަ އެވެ.

ހުދުލައްފާނަ

ނ. ފާނައިގެބާވަތެއް. މިމަހުގެބޮލުގެ ދިގުމިން ހަށިގަނޑު ގެއެންމެ ފުޅާ ހިސާބަށްވުރެ ދިގުވާނެއެވެ. މަހުގެ ބޮލުމަތިންދެ ލޮލުގެ ދޭތެރެ ހުންނަނީ އެއްވަރަކަށް ފަތާ ކޮށެވެ. މަހުގެ ކަރުތާފަތުގެ ކޮޅުހުންނާނީ ކޮޅަށް އޫ ކޮށެވެ. އަދި ކަރުތާފަތުގެ މަތީބައި ހުންނަނީ ވަރަށް ތެދަށެވެ. މިމަހުގެ ކުލައަކީ ކަޅުކުލައަކަށް ދާ ގަދަމުށިކުލައެވެ. މަހުގެ ބޮލުގައްޔާއި ހަށިގަނޑުގައި ހުދުކުލައިގެ ލައްތަކެއް ވަރަށްފާޅުކޮށް ފެންނަން ހުރެއެވެ.

ހުދުގެދަ

ނ. ގެދައިގެ ހުދުވައްތަރު.

ހުދެންމަސްދަރި

ނ. (ހ) އެމުގެ ބާވަތެއް. މިއީ ބުރަކަށި މަތީގެ ކޮތަރިބައި މަޑުނޫކުލައެއް ހުރެފައި ބަނޑުދައްފަރާތް ހުދުކުލައިގައި ހުންނަ ދެ އިންޗިވަރުގެ ކުދިއެމެކެވެ. މިގިނައިން ހުންނަނީ އެން ދަމާއިރު އެން ތަކުގެ ތެރޭގައެވެ. މިގިނައިން ހުރެއްޖެނަމަ، މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.

ހުދެގަނދެކޯޅި

ނ. (ގ) ހުވަނދު ގަނދަކޯޅި

ހުތުރުބަސް

ނ. އަދަބާ ޚިލާފުގޮތަށް ބުނެއުޅޭބަސް. މިސާލު: "ކާށޭ" ބުނުމުގައި "ކޮފާށޭ" ބުނުން. ވާހަކަ ނުދައްކާށޭ ބުނުމުގެ ބަދަލުގައި "އަނގަ ނުގަޅާށޭ" ބުނުން.

ހުތުރުކަން

ނއނ. 1 ސިފަ ރީތިނޫން ކަން. 2 ޝަރީޢަތާއި އަދަބާ ޚިލާފުކަން.

ހުތް

ނ. 1 ލުނބޯއާއި ބިލަމަގު ފަދަތަކެތީގެ ދިޔަ. 2 ލުނބޯ އާއި ނާރިނގާއި ބަނބުޅަބޮސް ފަދަ ތަކެތީގެ ތެރޭގައި ހުންނަ ފިތްނުވަތަ ބައި. 3 ރުކުރާ މޭބިސްކަދުރު ދިޔަ ފަދަ ތަކެއްޗަށް ވަކި މުއްދަތެއްވުމަށްފަހު ކިޔާނަން. 4 ލުނބޯ އާއި ބިލަމަގު ފަދަތަކެތީގައި ހުންނަރަހަ. މިބަސްނަން އިތުރެއްގެ ގޮތުންވެސް ބޭނުންކުރެއެވެ. މިސާލު: {ހ} ހުތް އަންނާރު. {ށ} ހުތް ކުންނާރު. 5 (އ) މޫދުތެރޭ ގަލުގައި ހިއްޕައިގެން އިންނަ އެއްޗެއް. 6 [މަޖާޒު] ނުބައި ކަމަކަށް ދޭނަސޭހަތް

ހުތްބަރަބަރަ

ނއ. ހުތްރަހަ މާގަދަކަން ދެއްކުމަށް ބުނާބަހެއް.

ހުތްކިރު

ނ. ދަހީ އާއި ފެނާ އެއްކޮށް ގެން ހަދާ ބުއިމެއް.

ހުތްކުންނާރު

ނ. 1 ހުތްގަދަ ކުންނާރު. 2 (ޏ،ސ) ވިލާތުކުންނާރު.

ހުތްވުން

މ. ކައްކައިފައި ހުންނަ ރިހަޔާއި ބަތްފަދަ އެއްޗެހި ގިނައިރުވުމުން ނުބައިވުން.

ހުތްމަސްކާށި

ނ. ލައިގެން ކާއެއްޗެއް. މިހަދަނީ ކިހައް، ހިކިމަސް، ކާށި، ފިޔާ، ހުތް، މިރުސް، ލޮނު، މިތަކެތި ލައިގެންނެވެ.

ހުތްދިނުން

[މަޖާޒު] 1 ތިމާ ބޭނުން ގޮތަކަށް އަނެކަކު އަނބުރައިލުމަށް ޓަކައި ވާހަކަ ދައްކައިގެން ހެއްލުން. 2 ނުބައި ކަމަކަށް ނަސޭހަތް ދިނުން.

ހުލި

ނ. 1 ގަސްގަހުގައި އަޅާ އާދައާއި ޚިލާފަށް ކުދިވެ ބޭނުންނުހިފޭގޮތް ވެފައި ހުންނަވައް. 2 މަދު ނުހުންނަ އޮށް. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަ ވާއިރު އެއަށްލިބޭންވީ ސިފަ އުނިވެފައިވާ ބާވަތް. 4 އެނދުމުގެ ސަބަބުން ނެތިގެންދާ ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކު ފަދަތަކެތި އާތްވަށްވެގެންދާ ދިއުން. 6 ލޮނުމެދު ކާފޫރުތޮޅި ފަދަތަކެތި ހިކެމުން ކުޑަވަމުންދާ ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުންދާ ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ، މިބަސް ބޭނުން ކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުލިކުރުން

މ. 1 ދުންގަނޑު ނުވަތަ ބިޑި، ސުއްޓާ، ސިނގިރެޓު ފަދަތަކެތި ބޮއިބޮއި ހުސްކުރުން. 2 [މަޖާޒު] އަނެކެއްގެ މުދަލަށް ނުވަތަ ފައިސާއަށް ގެއްލުން ދިނުން.

ހުލިވުން

މ. 1 ގަސްގަހުގައި އަޅާ މޭވާ ފަދަ ތަކެތި އާދަޔާ ޚިލާފަށް ކުދިވެ ބޭނުން ހިފޭގޮތް ނުވުން. 2 މަދުހުންނަ އޮށުގައި މަދުނެތުން. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަވާއިރު އެއަށް ލިބޭންވީ ސިފަ އުނިވެފައިވުން. 4 އެނދުމުގެ ސަބަބުން ނެތިގެން ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކުފަދަ ތަކެތި އާތްވަށް ވެގެން ދިއުން. 6 ލޮނުމެދު ކާފޫރުތޮޅިފަދަ ތަކެތި ކުޑަވަމުން ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުން ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ. މިބަސް ބޭނުންކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުސް

ނއ. 1 އެއްޗެއްނެތް. މިސާލު: މިއީ ހުސްފުޅިއެކޭ ބުނެފިނަމަ އެއީ އެއްޗެއްނެތް ފުޅިއެކެވެ. 2 މުޅީން. 3 އެކީ. މިސާލު: މިދަތުރުގެނައީ ހުސްހަކުރޭ ބުނެފިނަމަ އެއީ މިދަތުރު ގެނައީ މުޅިން ހަކުރެވެ. ނުވަތަ މިދަތުރު އެކީގެނައީ ހަކުރެވެ. 4 މީހަކުނެތް. މިސާލު: ހުސް މަޤާމް. 5 ހަމައެކަނި. މިސާލު: ކެއީ ހުސްބަތް.

ހޫ

ނ. (ޏ،ސ) 1 ލޯލި. 2 އުއްދަނޑިފަތާއި އޮނުފަތް ފަދަ ފަތްފަތުގައި ހުންނަ ތޫނު ކެހެރި. 3 (ލ) ހުއި.

ހޫނި

ނ. (ޏ.) ކާށިގަބުޅިފަދަތަކެތި ހުނިގޮނޑި ފަދައެއްޗަކުން ގޭނީމާ ނުކުންނަކުނޑި.

ހޫނު

ނ. 1 ފިނީގެއިދިކޮޅު. 2 އަލިފާނާއި ކައިރިވީމާ ކުރާއަސަރު. 3 އަވީގައި ހުރީމާ ހަށިގަނޑަށް ކުރާ އަސަރު. 4 (ގ) ކާށިހުނި. [މަޖާޒު] 5 ރުޅި. 6 ފޯރިގަދަ. 7 ގަދަޒުވާބު.

ހޫނުކަން

ނއނ. 1 ފިނީގެ އިދިކޮޅުކަން. 2 އަލިފާނާއި ކައިރިވީމާ ހޫނުގެ އަސަރުކުރާކަން. 3 އަވީގައި ހުރީމާ ހަށިގަނޑަށް ހޫނުގެ އަސަރުކުރާކަން. [މަޖާޒު] 4 ރުޅީގެ އަސަރު ހުރިކަން. މިސާލު: މިއަދުގެ މެޗު ހުއްޓާލީ މާބޮޑަށް މެޗު ހޫނުވުމުގެ ސަބަބުންނެވެ. 5 ފޯރިގަދަކަން. 6 ގަދަ ޒުވާބު ކުރާކަން.

ހޫނުވައި

ނ. 1 ހޫނުކަން ހުންނަވައި. 2 ފަރުބަދަމަތިން ސަހަރާއަށް އަންނަ ވައި. މިވައިގައި ދިލަހޫނެއް ހުރެއެވެ.

ހޫނުވުން

މ. 1 ހޫނުގެ އަސަރުކުރުން. 2 [މަޖާޒު] ރުޅިގަދަވުން. މިސާލު: އޭނާ ހުރީ ވަރަށް ހޫނުވެފައެވެ. 3 ކަމެއްގެ ފޯރި ގަދަވުން. މިސާލު: އެމެޗު ވަރަށް ހޫނުވެއްޖެއެވެ. 4 ކަމެއްގެ ތަޙްޤީޤު ފަދަ ކަމެއް މާބޮޑަށް ހޫނުވުން. މިސާލު: އެ މައްސަލަ މިހާރު އޮތީ ވަރަށް ހޫނުވެފައެވެ.

ހޫކު

ނ. އެއްޗެހީގައި އަޅުވާން ނުވަތަ އެއްޗެހި އޭގައި އަޅުވާން ވިރިކެކޭ ތަކެތީން ހަދައިފައި ހުންނަ ބުޅި. މިސާލު: {ހ} ބޯޓު ހޫކު. {ށ} ތަޅުދަނޑި އަޅުވާ ހޫކު.

ހޫކުރާ

ނ. (ގ) ފޫޅުދަނޑި.

ހެހުން

މ.1 ފޭރާއިން ނުވަތަ އެފަދަ އެއްޗަކުން ކާށިފަދަ ބޮނބި ހުންނަ އެއްޗެހީގެ ބޮނބި ނެއްޓުން. 2 ކޮޅަށް ހުރިތޫނު އެއްޗަކަށް އެތެރޭގައި ހޮއި އޮންނަ އެއްޗެއް މަތިން ވެއްޓި އެމުނުން. 3 [މަޖާޒު] ނަހަމަ ގޮތުން ބިކުރު ކަނޑައިލުން.

ހެނދިވަޅު

ނ. 1 ލަގޮނޑިވަޅު 2 މޭކަށިގަނޑު ކޮޅުގައި ހުންނަ އަޑިކޮޅު3 ކަންކަށީގައި ހުންނަ އަޑިކޮޅު ފަދަ ތަންތަން.

ހެނޑުން

މ. ދަށްބަހުރުވައިގައި ކުޑަކަމުދިޔުން.

ހެނެވިރަސަ

ނ. [ބޯދާ] 1 ހެނެވި ރަސްގެ. 2 ރަސްކިލަގެ. 3 ބަދަލުގައި ރަސްކަން ހިންގާ ވަޒީރު. 4 ރަނިކަނބަލުންގެ ފިރިކަލުންނަށް ދެވޭ މަޤާމެއް.

ހެން

އ. 1 ކަހަލަ. 2 ފަދަ. 3 އެއްގޮތަށް. މިސާލު “ކަލޭ ބައްޕަ އުޅޭހެން އުޅޭ” 4 ވައްތަރަށް.

ހެރަހަ

ނ. 1 އެންދަމާ ދަލުގެ ދެކޮޅުގެ ދެ ކުރަވި. 2 އަޑަވައި. 3 (ގ،ޏ) ހުރަސް. 4 (ޏ) އަރާކޮށި. މިސާލު: ހެރެހެ އަރައިގެން. "ކޮށި އަރައިގެން"

ހެރެޖެހުން

މ. (ސ) ކުކުޅު ފަދަތަކެތި ފައްސާލީމާ ފިލަންވެގެން ގޮސް ތަނަކަށް ބޯކޮށްޕައިލައިގެން އިނުން. (ބޮނދާ އިނުން)

ހެކި

ނ. 1 ތިމާގެ ބަސް ތެދުކުރުމަށް ދައްކާ ހަމަ. 2 ތިމާގެބަސް ތެދުކަން ސާބިތުކޮށް ދިނުމަށް ވާހަކަ ދައްކާ އަނެކާ. 3 ނިޝާން. 4 ފާހަގަ.

ހެކިދެއްކުން

މ. ބަހުގެ ތެދުކަން މައްޗަށް ދަލީލު ދެއްކުން.

ހެއިނިވައި

ނ. 1 ރަށުގެ ވައިދަށްފަރާތުން ހެއިލާ ހިސާބު. ނއ. [ބޯދާ] 2 ހުންނަ. 3 ބާރަށް ހޭނ ހުނުން.

ހެއިލާހުރުން

މ. 1 ރޭގަނޑު ނުނިދައި ހުރުން. 2 ކަމަކަށް ވިސްނައި ހުރުން. 3 ކަމަކަށް ތައްޔާރަށް ހުރުން.

ހެއިލެއްވުން

މ. 1 ނިދައިފައި ވަނިކޮށް ގޮވައި ނެގުން. 2 ސަމާލުކުރުވުން. 3 ކަމެއް އޮޅުން ފިލުވައި ދިނުން. 4 ވިސްނައި ދިނުން.

ހެއިޖެއްސުން

މ. 1 ވިސްނައިދީ މަގަށް އެޅުވުން. 2 ހޭނިތިފައިވާ މީހަކު ހޭއެރުވުން. 3 (ސ) ނިދައިފައި އޮތްމީހަކު ހޭލެއްވުން. 4 އިހުގައި ރަސްކަލަކު މީހަކަށް ބަނޑުހަނޑޫ ލިބޭފެންވަރުގެ ވަޒީފާ އެއް ދެއްވުން.

ހެއުހިނގަމަސް

ނ. (ސ) ހިނގަމަހުގެ ތެރޭގައި ހިމެނޭ ތެޔޮގިނަ، މަސްގަނޑު މަޑު ބާވަތް. މިބާވަތުގެ މަހަށް މިޔަރު ދަހިވާނެއެވެ.

ހެއްވާމީހާ

ނ. 1 ހިނިއަންނަ ޒާތުގެ ކަންތައްކުރާ މީހާ. 2 ހިނިއަންނަ ކަހަލަ ވާހަކަ ދައްކައި ހަދާމީހާ. 3 މީހުން ހެއްވަން އުޅޭ މީހާ. 4 [މަޖާޒު] ކަމުނުދާމީހާ.

ހެއްލުން

މ. 1 ތިމާ ބޭނުންގޮތަކަށް އަނެކާ އަނބުރައި ލުން. 2 ތިމާގެ ބަސްދަށުލުން. 3 އުނދޯލިފަދަ ތަކެތި ދެފަރާތް ދެފަރާތަށް ދާނޭގޮތް ހެދުން. 4 މީހަކުލައްވައި އަތުން އެދުން ފުއްދުވުން. 5 ހެލުން މިބަސް ކުރުވުމުގެ މާނައިގައި ބޭނުން ކުރާގޮތް

ހެއްސޯ

އ. 1 ހެއްޔޯ. 2 ތިމާގައި ހިތްވަރު ހުރިކަން ދައްކާން ބުނާބަހެއް.

ހެވި

ނ. ކަނޑިއާއި ބަޑި އާއި ލޮންސި ފަދަ ހަތިޔާރަށް ކުލަދާނަ މީހާ.

ހެވިން

ނ. ކަނޑިބަޑި ލޮންސިފަދަ ހަތިޔާރަށް ކުޅަދާނަ މީހުން.

ހެވިކަން

ނއނ. 1 ހަނގުރާމަވެރިކަން. 2 ކަނޑި، ބަޑި ލޮންސި ފަދަ ތަކެއްޗަށް ކުޅަދާނަ ކަން.

ހެވޭ

އކ. 1 ވަރިހަމައޭ. 2 ފުދިއްޖެއޭ. 3 އެހީލިބެއޭ. 4 "ހެވުން" މިމަސްދަރުގެ ވޭވޭ ހުރިކަން.

ހެމަވަތި

ނ. (ގ) ފަތް ހިމަދިގުކޮށް ބަދަބަދަޔަށް ހެދޭ ތަނޑު ހިމަ ވެލެއް. މިވެލުގެ ފަތުގެ ބުޑުދޮށުގައި ނޫކުލައިގެ ކުދިމަލެއް ހުންނާނެއެވެ.

ހެފުން

މ. 1 ދަތުން އެއްޗެއް ހިމުން ކުރުން ނުވަތަ ފިސް ކުރުން. 2 ތަންމަކުނު ސެއްޅި ފަދަ ތަކެތި ދޭނުން. 3 މަދިރި ދޭނުން.

ހެދި

އ. 1 ސަބަބުން. މިބަހުގެ މާނަ ދޭހަވަނީ އެހެން އެއްޗަކާ ގުޅުވައިގެން ބުނީމައެވެ. މިސާލު: މިދަތުރު އައުދެވުނީ އޭނާޔާހެދިއެވެ. 2 ތައްޔާރުކުރި. 3 އުފެއްދި.

ހެދިހަނދު

ނ. އިންސާނުން އެކިއެކިބޭނުމަށްޓަކައި އެކިއެކި ތަރިތަރީގެ ވަށައިގެން ދައުރުކުރާގޮ ތަށް ޖައްވުގެ ތެރެޔަށް ދޫކުރާ ކޮންމެ އެއްޗެއް.

ހެދިކައިރު

ނ. ކައިރުސާފުކޮށް ފިނިފެނުގައި ކައްކައި އޮލަކޮށް ރަހަ މީރުކުރުމަށްޓަކައި އަތަރުފަދަ ތަކެތި އަޅައި، ގުޅަވަށައިގެން ދުފަން ގެންގުޅޭ ކައިރެއް.

ހެދިކާއެއްޗެހި

ނ. ތަތްބޮނޑިބަތް، ގުޅަފަތަފޮޅި، ބިސްފަތަފޮޅި، އުޅާލި ފަދަ ކާތަކެތި.

ހެދިއަކުރު

ނ. އަރަބިއަކުރުގައި ނުކުތާ ޖަހައިގެން ވިޔަނިތައް ހަދައިފައި ހުންނަ އަކުރު.

ހެދިގެންއުޅުން

މ. 1 ތިމާހުރިގޮތް ނޫން އެހެން ގޮތަކަށް ދެއްކިގެން އުޅުން. 2 ވަކި މީހަކާ ވައްތަރު ވާންވެގެން އެ މީހެއްގެ ގޮތްދައްގައިގެން އުޅުން.

ހެލެނބެލި

ނ. 1 ހުތްރަހަ ގަދަ ތޮޅިއެއް. މީގެ ހުތް ކެއުމަށާއި ބޭހަށް ބޭނުންކުރެއެވެ. 2 މިބާވަތުގެ ތޮޅިއަޅާގަސް.

ހެލޭ

ނ. (އ) 1 ރަކިސްބޮނޑު. 2 "ހެލުން" މިމަސްދަރުގެ ވާކަން. 3 "ހެލުން" މިބަހުގެ އަމުރު.

ހެސަ

ނއ. 1 ވަރުގަދަ. 2 ގަދަފަދަ.

ހެސް

ނ. 1 ވަރަށް. 2 ބާރަށް. 3 ގަދަޔަށް. މިސާލު: "ހެސްކިޔާފައި ޖެހުން". 4 ހެހެސް.

ހެޑުފޯނު

ނ. ރޭޑިޔޯއާއި ކެސެޓާއި ތެލެފޯނު ފަދަ އަޑުގެނެސްދޭ އިލެކްޓްރޯނިކް ތަކެތި އަޑުއެހުމަށް ބޭނުންކުރާ އާލަތެއް. މިތައްޔާރުކޮށްފައި ހުންނަނީ ދެކަންފަތުގައި ތިއްބޭގޮތަށެވެ.

ހެޔޮކަން

ނއނ. 1 ހެއުކަން. 2 ރަނގަޅުކަން. 3 އޯގާވެރިކަން. 4 ދީލަތިކަން. 5 ހުއްދަކަން. 6 އަޅުކަން.

ހެޔޮކަމެއްގެ ބަދަލުގައި ތެޔޮހަމެއް

[މިސާލުބަސް] ހެޔޮކަމެއް ކޮށްދިނީމާ އެކަމަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދެރަ އެއް ދިނުމުން ބުނެއުޅޭ ބަހެއް.

ހެޔޮވަރުމީހާ

ނ.ތަޢުރީފާއި މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެއް. މިސާލު: ގިނަކަންތައްތައް ކުރާނޭގޮތް ދަންނަ ހުޝިޔާރު މީހެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެކޭ" ބުނެއުޅެއެވެ. މީހަކަށް ވެވުނު ދެރަކަމެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެއްތާއޭ" ބުނެއުޅެއެވެ.

ހެޔޮފެންލުން

މ. ތައްޓާއި އަންނައުނު ފަދަ އެއްޗެހި ދޮވުމަށް ފަހު ސާފު ފެނުން ދޮވެލުން.

ހޭނަ

ނ. 1 ވިރި ކެކޭތަކެތި ފަޅައިބުރިކޮށް ހަދަންގެންގުޅޭ ހަތިޔާރެއް. 2 (ސ) ހުން.

ހޭނުން

މ. 1 ފިލަޔާއި ދަނޑިފަދަ ތަކެތި ބޭނުންގޮތަކަށް މަޑުމަޑުން ލެނބުން. 2 އިންސާނުންނާއި ފުރާނަހުރި ތަކެތި ވަކި ގޮތަކަށް ފަރިތަކުރުވައި އާދަކުރުވުން. 3 ތެޔޮ ހުންނަތަކެތި ކައްކައިގެން ތެޔޮ ނެރުން. 4 ހަށިގަނޑުގެ ތަންތަނަށް ފަރުވާކުރުމުގައި ވަކިގޮތަކަށް ޙަރަކާތްދިނުން. 5 [މަޖާޒު] އޮޑިދޯނިފަހަރު ދަތި ތަންތަނުން ނުބީއްސައި ގެންދިއުން.

ހޭރިޔާ

ނ. 1 ރިޔާނަގާ އެއްޗެހި ވައިމަތި ހިފާން އަނބުރާ އެނބުރުން. 2 ދަނޑި ބެރުގައި ޖަހާލަވައެއް.

ހޭރިޔާދަތުރު

ނ. ވައިމަތި ހިފާންކުރާ ދަތުރު.

ހޭރިޔާކުރުން

މ. ރިޔާނަގާ އެއްޗެހި ވައިމަތި ހިފާން އަނބުރަމުން ދަތުރު ކުރުން.

ހޭރިޔާޖެހުން

މ. 1 ހޭރިޔާކުރުން. 2 ދަނޑިބެރުގައި ޖަހާ ވަކި ލަވައެއް ޖެހުން.

ހޭރުން

މ. 1 ސޫފާސޫފިގޮވުން. 2 ދަށް ބަހުރުވައިގައި އިންސާނުން ރުއިމަށް ބުނާގޮތް.

ހޭރުވުން

މ. 1 އަނެކާ ހަދާގޮތް މަލާމާތުގެ ގޮތުން ކުރިމަތީގައި ހެދުން. މިސާލު: {ހ} މީހަކު ވާހަކަދައްކާގޮތަށް ވާހަކަދެއްކުން. {ށ} ހިނގާގޮތަށް ހިނގުން. 2 ދަށްބަހުރުވައިގައި ރޮއްވުން. 3 ލަދުގެންނެވުން. 4 ރަކިކުރުން. 5 ދެރަކުރުން.

ހޭބެލުން

މ. 1 ކަނޑު ދަތުރުކުރުމުގައި ފަރަކާ ކައިރިވެގެން އަންނައިރު ވަތްހޭލާތޯ ބެލުން. 2 [މަޖާޒު] ނުރައްކައުތެރިކަމެއް ލިބިދާނޭ ފަރާތް ފަރާތަށް ވިސްނުން.

ހޭއެރުވުން

މ. 1 ނިދާފައިވާ މިހާ ހޭލެއްވުން. 2 ހޭނެތިފައިވާ މީހާ ހޭޖެއްސުން. 3 ނަސޭހަތަކުން ނުވަތަ އަދަބަކުން ކަމެއްވިސްނައިދިނުން. 4 ވާންއުޅޭ ގެއްލުމެއް ނުވަތަ އަންނާން އުޅޭ ނުރައްކަލެއް ކޮންމެވެސް ގޮތަކުން އަންގައިދިނުން. 5 ވަތް ހޭލާ ހިސާބަށް ގެންދިއުން.

ހޭވައްޓައިލުން

މ. 1 ކަމަކާމެދު މާބޮޑަށް ފޯރިގަދަކޮށްލުން. 2 މާބޮޑަށް ޝައުޤުވެރިވެގެން ކަމެއްގެ ތެރެއަށް ވަނުން.

ހޭމަ

ނ. ކުދިންކުޅެން ދަނޑިކޮޅުކޮޅުން ހަދާ ކުދިބުދު.

ހޭމަސަރުނަ

ނއ. [ބޯދާ] ފުރިހަމަ ހަނދެއް ފަދަ.

ހޭމަސް

ނ. ކުރުމަހާއި ވޮށިމަސްފަދަ މަސްމަސް މަރާންދާމީހުން މަހެއްގެ ސިފައިގައި ހަދައިގެން ކަނޑުގައި ކާއްތުވާން ގެންގުޅޭ ކަނދު ގަނޑެއް.

ހޭދަ

ނ. 1 މުދަލުންނަމަ ޚަރަދު. 2 ޖާނުންނަމަ ޤުރުބާން. 3 ވަޤުތުންނަމަ ވޭތު.

ހޭދަކުރުން

މ. 1 މުދަލުންނަމަ ޚަރަދު ކުރުން. 2 ޖާނުންނަމަ ޤުރުބާން ކުރުން. 3 ވަގުތުން ނަމަ، ވެއަތުކުރުން.

ހޭދަވުން

މ. 1 ޚަރަދުވުން. 2 ހޭދަ.

ހޭލާފަށް

ނ. ކަނޑުގައި ދަތުރުކޮށްފައި އަންނައިރު ރަށެއްގެ ނުވަތަ ފަޅެއްގެ އަޑި އެނގެންފަށާ ހިސާބު.

ހޭލުން

މ. 1 ނިދީން ހޭއެރުން. 2 ކަނޑު ފަދަތަންތާގައި އަޑި އެނގޭ ހިސާބަށް އާދެވުން. 3 ކަމަކަށް ވިސްނާ ހުރުން. 4 ތަންދޮރު އެނގުން.

ހޭލެއްވުން

މ. 1 ނިދައިފައި އޮތް މީހަކު ނިދީން ވަކިކުރުން. 2 ތަންދޮރު އަންގައި ދިނުން. 3 ކަމަކާމެދު ވިސްނައި ދިނުން.

ހޮހަޅަ

ނ. 1 ފަރުބަދައިގެ ތެރެއަށް ވަދެގެން ދެވޭން ހުންނަ ތަންތަން. 2 ކަނޑުއަޑީގައި މީހުންނަށް ވަދެގެން ދެވޭން ހުންނަ ތަންތަން.

ހޮނޑަލި

ނ. އެމުގެ ބާވަތެއް. މިއީ ހިމަދިގުކޮށް ހުންނަމަހެކެވެ. މަހުގެ މަތީ ބައިގެ ކުލައަކީ ނޫކުލައެވެ. މަހުގެ ބަނޑުދަށާއި އަރިމަތީގެ ކުލައަކީ ރިހި ކުލައެވެ. މަހުގެ މަތީކޮތަރިހުންނާނީ މަހުގެ މެދެއްހާ ހިސާބުގައެވެ.

ހޮނޑަލިކަނދު

ނ. (އ) ދޯނީގެ ބޮޑުފިލާގަނޑު ދަށުގައި، މަޅާދެތެރޭގައި، ކަފިގަނޑުކައިރީގައި ދޯނީގެ ހުރަހަށް ޖަހައިފައި ހުންނަ ފިލާފޮއްޗެއް. މި ފިލާފޮތި ޖަހައި އުޅެނީ އެ ތަނަށް ހޮނޑަލި އެޅުނަ ނުދޭށެވެ.

ހޮނޑާދައެ

ނ. (ބ) ފުނޑާދައި.

ހޮނޑު

ނ. 1 އެތުގެނޭފަތް. 2 މަދިރި އާއި މާބުރު ފަދަ ތަކެތި އެއްޗެހިބޯން ބޭނުންކުރާ ތުން.

ހޮނޑުމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ހިމަތޮޅި ދިގުކޮށް ހުންނަ މިރަށެވެ. ބުރިކަށިމަތީގައި ދެއުރަހަ ހުރެއެވެ. އަދި ބަނޑުދަށް ފަރާތުގައިވެސް ދެއުރަހަހުރެއެވެ. މި މިޔަރުގެ ނިގޫ ކުރުވެފައި ކޮޅަށް ފުޅާ ވާނެއެވެ.

ހޮނޑެއްދެލެ

ނ. (ގ) އެންދަމާދައު.

ހޮނިހިރު

ނ. 1 ހަފުތާގެ ފަހު ދުވަސް. (ހުކުރު ދުވަހާ ވިދިގެން އަންނަ ދުވަސް) (ބ) 2 ހޮނިހިރު ވިލޭރޭ ކެއުމުގެ ބަދަލުގައި ކާން ހަދާ ހެދިކާ އެއްޗެއް. [ބޯދާ] 3 ނިންމާ ނިންމުން.

ހޮނިހިރުބަތްޕެން

ނ. ހޮނިހިރު ދުވަހު ކައްކާގޮތަށް އަނެއް ހޮނިހިރު އަންނަންދެން ހުސްވިޔަނުދީ ބަހައްޓާ ބަތްޕެނެއް. މީން ބަތްޕެން އުނދުޅިއެއް ނަގައިފިނަމަ ފެންއުނދުޅިއެއް އަޅާނެއެވެ. މިއީ ބ. އޭދަފުށީ މީހުން ކައްކައި އުޅުނު ބަތްޕެނެކެވެ.

ހޮންބޮއް

ނ. (ސ) ކުޑަފަރުމަހެއް. މިއީ މަޑު ރީނދޫ ކުލައިގެ މަހެކެވެ. މި މަހުގެ ބޮލުން ފެށިގެން ނިގޫފަތާ ހަމައަށް ރީނދޫކުލައިގެ ފަސްރޮނގު ހުރެއެވެ. ބުރަކަށިމަތީގެ ކޮތަރިބައި ނިމޭ ހިސާބުގައި ގަދަ ރީނދޫކުލައިގެ ލަފެއް ހުރެއެވެ.

ހޮރު

ނ. 1 ދިރޭ އެއްޗެހި ކޮނެފައި ހުންނަ ލޯވަޅު. 2 އަންހެނުންގެ ކުރިމަތި ފަރާތު ދޮރު. 3 ދަރިކޮޅު.

ހޮބަ

ނއ. [ބޯދާ] 1 ހެޔޮ. 2 އޯގާވެރި. 3 ރީތި. 4 އަލިގަދަ.

ހޮބަލޯކަވިރުސިކަފާޅަ

ނ. [ބޯދާ] ދުނިޔެއަށް ހެޔޮގަހެއްފަދަ މީހާ.

ހޮބާ

ނއ. 1 ރީތި. 2 އަލިގަދަ. 3 ސާފު.

ހޮޅިންނަށް ދިގުރަށް ދައްކާހެން

މިސާލުބަސް: ގެއެއް ނުވަތަ ތަނެއް ވީދިމާއެއް ޔަގީންނުވެ، މީހަކަށް އެ ގެ، ނުވަތަ އެ ތަނެއް ދައްކަން އުޅުމުން ބުނެއުޅޭ ބަހެއް.

ހޮޅިލައިމުގުރުން

މ. ބޮޑެތިރާޅު ހޮޅިކޮށްލައި ބިންދައިލުން.

ހޮޅިލުން

މ. 1 އެކިއެކި ބޭނުމަށްޓަކައި އެއްތަނުން އަނެއްތަނަށް ހޮޅި ވަޅުލަމުން ގެންދިއުން. 2 ބޮޑެތިރާޅު ބިންދައިލާން ލަނބާލުން. 3 (ސ) ކާށިކިބަ ލިއުން.

ހޮޅުންއެޅުން

މ. ފަސްއޮށް ކުޅުމުގައި ހުސްފުށަތުން ލައިގެން އޮށްބައި އެކީ ނުހިފިއްޖެނަމަ، ހިފުނު އޮށްތައް މައްޗަށް އެއްލައި ނުހިފުނުއޮށްތައް ނެގުމާއެކު، ޝަހާދަތް އިގިއްޔާ ބޮޑުވައިއިނގިލީގެ ކުރިގާތް ކޮށްލީމާ އުފެދޭ ލޯވަޅުން މައްޗަށް އެއްލި އޮށްތައް އަތުތެރެއަށް އެޅުން.

ހޮޅުގަނޑު

ނ. 1 ކަނޑައިލައިފައި އޮންނަ ކަށިކެޔޮ ގަސްބުރި. 2 ރާއްޖޭގައި ހަދައިފައި ހުންނަ ހަންނުޖަހާ ގިރުނބާ. 3 [މަޖާޒު] ދަތްވެރިފައި ހުންނަ މުސްކުޅިޔާ.

ހޮކީ

ނ. ދަބުބޯޅަ. (ދަބުންކުޅޭ ބޯޅަ)

ހޮއި

ނ. 1 އެއްޗެހީގެ އެތެރޭގައި ހެދިފައިވާ ހުސްތަން. 2 އޮނާއި، ކަށިކެޔޮ ހޮޅުފަދަ ތަކެތީގެ އެތެރޭގައި އޮންނަ ހުސްތަން.

ހޮވާބައި

ނ. މަންޑިއާއި ބޮނޑިއާއި ކުރިކެޓާއި ބަށި ފަދަ ކުޅިވަރުގައި ކުޅޭބައިނޫން އަނެއްބައި.

ހޮވާކެއުން

މ. ދޫނިސޫފާސޫފި ބިމުގެ އެތަން މިތަނުން އެތިއެތިކޮޅު ހޯދައިގެން ކެއުން.

ހޮދާރު

ނއ. 1 ފަލަ. 2 ވަރުގަދަ. 3 އމ. ނައުޒޯނގު ގައި މިބަސް ބުނެފިނަމަ އެއީ ދޫނުކޮށް ހިފަހައްޓާށެވެ.

ހޮޓާ

ނ. 1 އަގަށް މީހުންނަށް ކާންބޯންދޭ ތަންތަން. 2 ކެއުމާލައިގެން ނުވަތަ ކެއުމާނުލައި ކުލިދީގެން ވަގުތީގޮތުން ތިބޭތަންތަން. 3 ކުލިދީގެން ދަތުރުވެރީން ތިބޭ ތަންތަން.

ހޯ

އ. 1 ހުއްޓާލާ! 2 ނުކުރޭ! 3 ފުދިއްޖެ. މިބަސް ގަދަކުރުމަށް ފަށް ކޮށް ބުނެއެވެ. މިސާލު: ހޯހޯ. އަދި މިބަހަށް ބައެއް މީހުން " ހޮ" ވެސް ކިޔައެވެ. 4 (ހ) އާނއެކެވެ.

ހޯހިރިބެލުން

މ. (ޏ،ސ) 1 މީހަކު ނުވަތަ ބަޔަކު އުޅޭ ނުއުޅޭގޮތް އެމީހަކަށް ނުވަތަ އެބަޔަކަށް ނޭނގި ސިއްރުން ބެލުން. 2 އުޅަނދެއްގެ ދަތުރުފަތުރާއި ޙަރަކާތްތައް ހުންނަގޮތް އެ އުޅަނދެއްގެ މީހުންނަށް ނޭނގި ސިއްރުން ބެލުން.

ހޯރަ

ނ. ފިޔައިގައި ބާރުގަދަ ބޮޑު ދޫންޏެއް. މިއީ މާބޮޑަށް ފިޔަ ނުތަޅުވައި ވަރަށް މަތީން އުދުހޭ ދޫންޏެކެވެ. މިދޫނި ނިދަނީ ގަސްގަހުގައެވެ.

ހޯރަބޯޓު

ނ. ތައްޔާރުކޮށްފައިވާ ސާޅަނގައެއްގައި ލައިފައި ފޮނުވައިލުމުން ނުވަތަ އިންޖީނުލީ މަތިންދާބޯޓެއްގައި ކަފުޖަހައިގެން ގެންގޮސް ވައިގެތެރެއަށް ދޫކޮށްލުމުން އިނޖީނު ނުލައި އުދުހޭގޮތަށް ހަދައިފައި ހުންނަ، މަތިންދާ ބޯޓު. މިވައްތަރުގެ ބޯޓުގައި އިންޖީނެއް ނުހުންނާނެއެވެ.

ހޯރައެޅުން

މ. ދޫނި ސޫފާސޫފި އުދުހެމުންދާއިރު ފިޔަނުޖަހައި ފިޔަ ދަމައިލައިގެން އޮވެ ފަރާތް ފަރާތަށް ދިއުން.

ހޯދި

ނ. 1 ރިޔާނަގާތަކެތި ފައްސިޔަށް ދާއިރު މޯރާއައްސާން ބޭރަށްނެރޭ ދަނޑި. 2 "ހޯދުން" މިމަސްދަރުގެ ނިމި ނިމުނުކަން.

ހޯދީނެރުން

މ. [މާކެޔޮޅުކަމުގެ] ހުރަހަށް ދައްސޫރަ ދުއްވާފައި ފިލިމަސް އޮޑިއާ ދުރުކުރުން.

ހޯދީދަނޑި

ނ. (ހ) ކަތި ރިޔަލުދޯނި ފައްސިޔަށް ދާއިރު ކަނީގައި ޖަހާފައި ދޯންޏާ ދުރަށް ނެރެފައި ހުންނަ، ވައުހަރުކޮށްފައި އޮންނަ ދަނޑި.

ހޯދުފަހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހޯލި

ނ. 1 ހިމަދަރު. 2 ގަސްގަހުންކޮށާ ހިމަ އޮފިއޮފިކޮޅު. ބައެއް ރަށްރަށު މީހުން މިއަށް "ފޯލި" ވެސް ކިޔައެވެ.

ހޯލު

ނ. 1 އިމާރާތެއްގައި ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަކޮށްފައި ހުންނަ ބޮޑު ކޮޓަރި. 2 މާލަން.

ހޯގީދަނޑި

ނ. ތުންމަތިރިޔަލުގެ ކުރެވި އެލުނަނުދޭން ޖަހާފައި ހުންނަ ދަނޑި.

ހޯގުޅާ

ނ. ކަނޑުމަތީ ދޫންޏެއް. މިނިދައި ބިސްއަޅައި ވިހައި އުޅެނީ އެއްގަމުގައި ހަރުކޮނެގެންނެވެ. މީގެ ދެބާވަތެއްވެއެވެ. އެއީ ބަނޑުދޮން ހޯގުޅާއާއި ބޮޑު ހޯގުޅާއެވެ.

ހޯސްޕަވަރު

ނ. 1 ފައްސަތޭކަ ފަންސާސްރާތަލުގެ ބަރުދަން އެއްސިކުންތުގެ ތެރޭގައި އެއްފޫޓަށް އުފުލުމަށް ބޭނުންވާ ބާރު. 2 އަހުގެ ބާރު.

ހޯޑާ

ނ. އެމަށްފައްތައިގެން އުޅޭ ދަލުގެ ދެކޮޅު.

ހޯޑު

ނ. އެންދަމާ ދަލުގެ ހިޔަނި.

ނަހަނާ

ނ. ހަމުގެބައްޔެއް. މިއީ ދޫތްމަކަށް ވުރެން ބޯކޮށް ހުންނަ ހަމުގެކުލަ ބަދަލުވާ ބައްޔެކެވެ. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ.

ނަހައްދަވާއަޅުން

ނ. [މަޖާޒު] ރަނގަޅުކަމުގެ ގޮތުން ނުވަތަ ނުބައިކަމުގެ ގޮތުން ވިއަސް ފާހަގަ ކުރެވޭފަދަ ކަމެއް ނުކުރެވޭ މީހުން.

ނަހަލާލުދަރި

ނ. 1 ޒިނޭކޮށްގެން ލިބޭދަރި. 2 ހަރާންދަރި.

ނަށާމައު

ނ. ކަނޑާއި މޫދާއި ފަޅުގައި ދިރިއުޅޭ އެއްޗެއް. މީގައި ކަށްޓެއް ނުހުންނާނެއެވެ. މިއީ ވަރަށް މަޑު އެއްޗެކެވެ. މިހުންނާނީ މުރަކަ ގައު ފަދަ ތަކެތީގައި ހިއްޕައިލައިގެންނެވެ. މީގެ ބައެއް ވައްތަރުގައި ބާރުގަދަ ވިހައެއް ހުންނާނެއެވެ. މީގެ މަތީގައި ފަށްތަކެއްހެން ހުންނަ ބައި އަބަދު ހުންނާނީ ހުޅުވިލެއްޕި ވާގޮތަށް ޙަރަކާތް ކޮށްކޮށެވެ.

ނަނި

ނ. (ސ) ފޮތިފަދަ ތަކެތީގައި ތަންމުޑުވެގެން ޖަހާ ފީ.

ނަނު

ނ. އުޔާއި ސުތުލިފަދަ ތަކެތީން ދެއުޅިޔަށްވުރެ ގިނަ އުޅިލައިގެން އަނބުރައިފައި ހުންނަ، ރޮއްޖަށްވުރެ ފަލަ އަދި ދިގުފަށެއް. މިސާލު: {ހ} ފުޅަނގިނަނު. {ށ} ކަންނެލިނަނު.

ނަންރީތިމާ

ނ. 1 ވެލެއްގައި އަޅާ ގަދަ ނޫކުލައިގެ މަލެއް. މި މައު ހުންނާނީ ފަޅި މަލެއްގެ ސިފައިގައި މަލުގެ އެއް އަރިމަތީގައި ހުންނަ ގޮތަށެވެ. 2 ފިޔަނޫމާ. 3 ލަދުމާ.

ނަންބަރު

ނ. 1 އަދަދު. 2 ހިސާބުއަކުރު. 3 ވިޔައަކުރު. 4 ލަންބަރު. 5 ނަމްބަރު. 6 ވިޔަކުރުމަށްދޭ ހިސާބުގެ އަދަދު.

ނަންބަރުހެދުން

މ. 1 ވިޔަކުރުން. 2 ނ. 1361/4/25ހ. ވަނަ ދުވަހުން ފެށިގެން ދިވެހި އަންހެނުން އަޅާން ސަރުކާރުން ހުއްދަދެއްވި ތިން ބާވަތުގެ ހެދުން.

ނަންބަރުއައިނު

ނ. ލޮލުގެ ފެނުމާ ގުޅޭގޮތަށް ނަންބަރު ނަގައިގެން ހަދައިފައި ހުންނަ އައިނު.

ނަންބަރުދިނުން

މ. 1 މޮޅުދެރަ ބެލުމުގައި ދިހަޔަކުން ނުވަތަ ސަތޭކަޔަކުން އެމީހަކަށް ނުވަތަ އެބަޔަކަށް ލިބޭންވީ ޢަދަދު ބަޔާންކޮށް ދިނުން. 2 ތަރުތީބަކުން ކަމެއް ހިންގުމަށްޓަކައި އެކިމީހުންނަށް ވަކިނަންބަރު ޚާއްޞަކޮށް ދިނުން.

ނަންބަރުޖެހުން

މ. 1 ޢަދަދު ޖެހުން. 2 އެއްޗެހިތަކެއް ތަރުތީބު ކުރުމަށްޓަކައި އެކަކުން ފަށައިގެން ޢަދަދު ޖަހަމުން ގިނަކުރަމުން ގެންދިއުން.

ނަންއިތުރު

ނ. ނަމަކަށް އިތުރުސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެއް. މިސާލު: {ހ} ރީތި. {ށ} ހިތްވަރުގަދަ. {ނ} ކުޑަ.

ނަންއެނބުރުން

ނ. ކުރިންކީ ނަން ބަދަލުކޮށް އެހެން ނަމެއް ކިއުން.

ނަންމަރު

ނ. ޢުމުރު ދަންމަވާށަ.

ނަރަކަ

ނ. މީސްތަކުން ކުރާކުށަށް ޤިޔާމަތް ދުވަހުން ޢަޛާބު ދެއްވުމަށް ހައްދަވައިފައިވާ ތަން.

ނަރަވެލި

ނ. 1 ދިރުނބާކޮޅުން މަތިކަން ފިލަޔަށް އަރުވައިލައިފައި އޮންނަ ކިއްސަރު. 2 ކަނދުފަތީގެ ކޮޅާއި، އުނދޯލި އަނގުނު ކޮޅު ހަދައިފައި ހުންނަ ކިއްސަރު. 3 ނަރުވިލި. 4 ހަމަހަމަ.

ނަރު

ނ. 1 މަޢުދަނީ ބާވަތަކުން އުފައްދާ ހިމަ ފަށް. 2 ބޮތްބާއި ކަށިކޭލާއި ތޮރާ ފަދަ ތަކެތީގައި ހުންނަ ހިމަ ހަރު ފަށް. 3 މިއުޒިކު ކުޅޭ ސާމާނުގައްޔާއި، ކުޅިވަރު ކުޅޭ ބައެއް ކަހަލަ ރެކެޓުގައި ފުރައިފައި ހުންނަ ފަށް. 4 ހިމަ ފަށްފަށަށް ވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާ ތަކެތި. މިސާލު: {ހ} ހަލުއިދާނަރު. {ށ} ފަޅޮލު އަސާރައިގެ ނަރު. 5 ވެޔޮވެލުގެ ފަތް ވަޅުން ފަޅައިފައި ހުންނަ ހިމަފަށް. [ބޯދާ] ނއ. 6 ހިމަ 7 ތުނި.

ނަރުހިރު

ނ. ދަތުގައި ހިރުގަނޑު ހިފައިފައި ހުންނަ ތާންގައި ތުނިކޮށް ހުންނަ ކައިރިފަށް. (ބައްޔެއް ނުޖެހެންޏާ އުމުރުން ތިރީހަކަށް އަހަރުވަންދެން މިކައިރިފަށް ހުރެއެވެ.)

ނަރުނަގާފާދިއުން

މ. [މަޖާޒު] ގަދަޔަށް ރުޅިއައިސްގެން ބާރަށް ދިއުން.

ނަރުބުރުސް

ނ. ބުރުހުގެ ނަރުތައް މަޢުދަނަކުން ހަދައިފައި ހުންނަ ބުރުސް.

ނަރުކެނޑި

ނ. މަޢުދަނީ ނަރު ކަނޑާން ގެންގުޅޭ އެކަތައިން ހަދައިފައި އޮންނަ އާލަތެއް.

ނަރުވާ

ނ. 1 ބުޅަލާއި މީދާފަދަ ތަކެތީގެ މިޔަކަން ކައިރީގައި ފަލަކޮށް ދިގުކޮށް ހުންނަ ކެހެރި. 2 ކުރަފި، ގާހުލި ފަދަ ތަކެތީގެ މޫނުމަތީގައި މާދިގުކޮށް ހުންނަ ދެނަރު. 3 މަތިމަހުގެ ދެކޮޅު.

ނަރުވާ ހަނދި

ނ. ހަނދީގެ ބާވަތެއް. ނަރުވާ ހަނދި ބޮޑުވެގެން ދުވަސްވީމާ އެނަރުތައް ނެތިދެއެވެ. މިހަނދީގެ ކުލައަކީ ރިހިކުލައެވެ. ބުރަކަށިމަތި ހުންނަނީ ގަދަ ނޫކުލައިގައެވެ. މިއީ ވަރަށް މަސްމީރު މަހެކެވެ.

ނަރުފިލާ

ނ. ވިރިކެކޭ ތަކެތީގެ ނަރު ދަމާ ހިމަކުރާން ގެންގުޅޭ ލޯވަޅު ތޮރުފައިފައިވާ އެކަތަ ފިލާގަނޑެއް.

ނަރުފިލާގަނޑުންދެމުން

މ. ރަންރިހިފަދަ ތަކެތި ނަރުފިލާ ގަނޑަކުން ދަމައި ހިމަކުރުން.

ނަރުދަމާ

ނ. ހަޑިފެނާއި ނަޖިސް ފަދަތަކެތި ދުރަށް ފޮނުވާން ހަދައިފައި އޮންނަމަގު، ނުވަތަ ހޮޅި.

ނަރުދާ

ނ. ވިރިކެކޭ ތަކެތީގެ ނަރުން ހަދައިފައި ހުންނަދާ.

ނަރުދެމުން

މ. 1 ވިރި ކެކޭތަކެތި ނަރުފިލާއިން ދަމައިގެން ނަރެއްހެން ހިމަކުރުން. 2 ބޮނބިން ނަރު ވަކިކުރުން.

ނަރުގަނޑު

ނ. 1 އިނގިލީގައި އަޅާ ތަނޑިގަނޑު. 2 އަތްފައިގައި އަޅާން ވަށްބޮޅެއްހެން ހަދައިފައި ހުންނަނަރު. 3 އެކިކަހަލަ މަޢުދަނީ ނަރުގެ ވަރުވަރުގެ ބުރިވަރު.

ނަރުގިންނަފުއް

ނ. (ށ) ފިރުއަޢުނު މުދަލުގެ ބާވަތެއް.

ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާތަން ދަމައިގަންނާނެ

[މުސްކުޅިބަސް] ޤާނޫނާއި ގަވާއިދުފަދަ ކަންކަމަށް ކިތައްމެކުޑަ ލުޔެއް ދިނަސް ލިބުނު ލުޔަށްވުރެ ބޮޑަށް އެލުއީގެ އެކަށީގެންނުވާ ފައިދާ ނަގާނޭ ބުނުމަށް ބުނެއުޅޭ ބަހެއް.

ނަބީކަން

ނ. ނަބީކަމުގެ ޚާއްޞަ ދަރަޖަ.

ނަޅަލަ

ނއ. [ބޯދާ] 1 ފުރަތަމަ ދިމާވާ. 2 ފުރަތަމަ ބައްދަލުވާ.

ނަކަތްތެރި

ނއ. ނަކަތުގެ ޢިލްމު ދަންނަ.

ނަކަތްތެރިޔާ

ނ. 1 ނަކަތުގެ ޢިލްމު ދަންނަމީހާ. 2 އިރުވަރު ބަލާމީހާ.

ނައި

ނ. 1 މޫދުގައި ހަރުކޮނެގެން އިންނަ އިހިފާޑުގެ ކުޑަ އެއްޗެއް. މި ކަށި ޖަހައިފިނަމަ ވަރަށް ދިލަ ނަގާނެއެވެ. 2 (ޅ) މަސްކާށިދޫންޏެއް ކަހަލަ ފެހިކުލައިގެ ކުޑަ އެއްޗެއް. [ބޯދާ] 3 އޮނު ނޫން އެހެން އެއްޗަކުން ހަދައިފައި ހުންނަ ފުމޭ އޮނު ބާވަތުގެ މިއުޒިކީ އާލަތެއް.

ނައިރީއްތަ

ނ. 1 ގަލްބުއަސްތަމާނު. 2 ސަމުގާގެ ދުއިސައްތަ ފަންސަވީސް ވަނަ ދަރަޖަ. [ބޯދާ] 3 ހުޅަނގު ދެކުނު.

ނައިބު

ނ. 1 ވެރިއެއްގެ ބަދަލުގައި ކަންހިންގާން ހުންނަމީހާ. 2 ރާއްޖެތެރޭގެ ރަށްރަށުގައި ޝަރީޢަތް ކުރަން ހުންނަމީހާ. 3 ފުށުން ހަދައިފައި ހުންނަ ފޮނިހެދިކާއެއް. މިބޮޑަށް ވައްތަރުވާނީ ފޮނިރޮށްޓާއެވެ.

ނައިބުކަން

ނ. 1 ރަށްރަށުގައި ޝަރީޢަތް ކުރުމުގެ އަމުރުވެރިކަން. 2 ވެރިޔާގެ ބަދަލުގައި ނުވަތަ އޭނާގެދަށުން ކަންހިންގާން ހުންނަ މީހާގެ މަޤާމު.

ނައިބުކަމާ ހިނގުން

މ. ރަޖަބުމަހު ހަވަނަދުވަހު ދައުލަތުން ބޮޑު ރަސްމީ ޖަމާޢަތެއް ފޮނުވައިގެން ހަތަރު އަވަށު މައިޒާންގޭދޮށުގައި ދީނުގެ އަމުރު މަޢުރޫފު ކުރުން. މި ޖަމާޢަތް އެކުލެވިގެންވަނީ ބޮޑުބޭކަލުން، ޚަތީބު ބޭކަލުން، ފަނޑިޔާރުގޭ ނާއިބު ބޭކަލުން، މަލިން ބޭކަލުން، އަސްކަރު މުސްކުޅިން މަޖިލީހަށް އަރާބޭކަލުން، މުދިން ބޭކަލުން، ދޭވާނީން. މިބޭބޭކަލުންގެ މައްޗަށެވެ.

ނައިބުފަތްކޮޅު

ނ. ނައިބުކަމާ ހިނގާއިރު ނައިބު ބޭކަލުންގެ ގެންދަވާ ދީނުގެ އަމުރުތައް ލިޔެވިފައިވާ ފަތް.

ނައިބޮލި

ނ. ބޮލީގެ ތެރޭގައި ހިމެނޭ ބާވަތެއް. މިއީ މާކަނާ ތަޅުދަނޑިއެއްގެ ފާޑަށް އެއްކޮޅު އެތެރެއަށްލައި އޮޅިފައި ފަޅިބުރެއްގެ ސިފަޔަށް އޮންނަ ބޮއްޔެކެވެ. ބޮލީގެ ބޭރު ހުދުކޮށް ހުންނައިރު އޭގެދެބައިކުޅަ އެއްބައިހާތަނުން ފެށިގެން ފަހަތަށް ހުންނަބައިގައި ހުރަސް ގަޅިތަކެއްހެން ހުދާއި ދޮންމުށި ކުލައިން ނުވަތަ ގަދަމުށި ކުލައިން ހަނދުފަޅި ބުރަށް ކަހަލަ ގޮތަކަށް ފަލަ ފަށްތަކެއްހެން ރޮނގު ހުރެއެވެ. އޭގެ ތޮށިގަނޑުން ސަމުސާ ހަދައި އުޅެއެވެ.

ނައިބޮލިކަނޑާހަނު

ނ. ނައިބޮލިކަނޑާން ވަކިގޮތަކަށް ހަދައިފައި ހުންނަ ހަނު. މި ގިނައިން ހުންނަނީ އެއްދަނޑީގައި ދެބުރު ލާފައެވެ. މީގެ އެއްބުރުން ނައިބޮލި ކަނޑައި އަނެއް ބުރުން ކަރުނަގަނީއެވެ.

ނައިބޮލިކަރު

ނ. ނައިބޮލިތެރޭގައި ހުރަހަށް ހުންނަ ބައިތައް. މިއިން ވައްތަރު ވައްތަރުގެ ފޮތި ހަދައިގެން ފަންޑިތައަށް ކުދިންގެ ކަރުގައި އަޅައި އުޅެއެވެ.

ނައިބޮލިސަމުސާ

ނ. 1 ނައިބޮލިން ކަނޑައިގެން ހަދައިފައި ހުންނަ ސަމުސާ. 2 (ހ) ނައިބޮލިތުޅާ.

ނައިކަ

ނ. މާލޫދުހަރުގެފަދަ ތަންތާނގައި ދަމައިފައި ހުންނަ ބޮޑެތި ދަމާ ފޮތިގަނޑުގެ މެދުގައި ލައިފައި ހުންނަ ސީޓު ފޮތިގަނޑު. (މި ފޮތިގަނޑުގެ ވަށައިގެން ކަޅު ދެހިރު ހުންނާނެއެވެ.)

ނައިކަލުން

މ. ދަމާފޮތިގަނޑުގައި ނައިކަ ހަރުކުރުން.

ނައިލޯނު

ނ. ރޮއްޖާއި ވައުފަދަ ތަކެތި ހަދަން ބޭނުންކުރާ މަޞްނޫޢީ މާއްދާއެއް.

ނައުވެއްދުން

މ. (ޅ) ކޮންމެވެސް ބިރެއް ދެކެގެން އެންގަނޑު ދަލުތެރެއަށް ވަނުން.

ނައުސަރައްކު

ނ. 1 ނަވުސަރައްކު. 2 ފުރާދުއްވާ ބޮޑެތި އެއްޗިއްސަށް ދަތުރަށް ހަދާންވެގެން ފުރަތަމަ އިރުވަރުންލާ މުދައު.

ނައުޒޯނގު ފަހަރު

ނ. ބޭރުދަތުރުކުރާ ފުރާދުއްވާ ތަކެތި.

ނައްކާރަ

ނ. ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއްޖަހާއިރު ޖަހާބެރު. މިބެރު ޖަހަނީ ހާރުވަގުތު ވަދެއްޖެކަމުގެ އިޢުލާނަކަށެވެ.

ނައްކާރަލަވަބައި

ނ. ނެއްޓީގެ ލަވަބައިތަކުގެ ތެރޭގައި ޖަހާ ލަވަބައެއް. މިލަބައި ޖަހަނީ ބެރުގައި ބެރުދަނޑިއާއި އެއްތެއު ގަނޑަކުންނެވެ.

ނައްކާރަޖެހުން

މ. އިހުގައި ރޯދަމަހު ހާރުދަން ވެއްޖެކަން އިޢުލާން ކުރުމަށްޓަކައި ޖަހާބެރު ޖެހުން.

ނައްދު

ނ. ބޮކަރުދުންދަނޑި. ބޮކަރާއި މާވަހަރާއި ގޮމަކަސްތޫރި ފަދަ ތަކެތި އެއްކޮށްގެން ހަދާ މީރުވަސްދުވާ ދުމެއް ނުވަތަ ދުންދަނޑިއެއް.

ނައްޓައިލުން

ނ. 1 "ނެއްޓުން" މިބަހުގެ ލުއިގޮތް. 2 މަތީގައި ހުރިއެއްޗެއް ނުވަތަ މީހެއް ވެއްޓޭގޮތަށް އެހުރިތަނަކުން ވަކިވުން. 3 ތަނެއްގައި ތަތްވެފައިހުރި އެއްޗެއް ވަކިކޮށްލުން. 4 އުޅަނދެއް ދަތުރަށް ފެށުން. 5 މިސްރާބުން ކަސިޔާރުވުން.

ނައްޕި

ނ. ރިހަ. ފަނިފަދަ ތަކެތި ކައްކަންވީ ގޮތްނޫން ގޮތަކަށް ކެކިފައި ހުރީމާ ކިޔާނަން.

ނަވަހައްޓި

ނ. 1 އޮނަހަތްތަރި. 2 (69) 3 އަށުހައްޓިއާއި ހަތްތަރިއާއި ދެމެދުގެ ޢަދަދު. 4 ފަސްދޮޅަސް ނުވައެއް.

ނަވަހަތްތަރި

ނ. 1 އޮނައާހި. 2 (79) 3 އަށުހަތްތަރިއާއި އަށްޑިހައާ ދެމެދުގެ ޢަދަދު. 4 ހަތްދިހަ ނުވައެއް.

ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ.

[މުސްކުޅިބަސް] ހިނގާ ޚަރަދާއި ހޭދަވާ ފައިސާ އެނގޭނީ އެކަމާ ޙަވާލުވެގެން ހުންނަ މީހަކަށްކަން ދޭހަކޮށްދޭން ބުނެއުޅޭ ބަހެއް.

ނަވަރަންނަ

ނއ. [ބޯދާ] 1 ދީލަތި. 2 ދަރުމަވަންތަ. 3 ޢިއްޒަތްތެރި. 4 ދީންވެރި. 5 ކުލަފަތި. 6 ރޫފަވެތި. 7 ނއ. ނުވަ ޖަވާހިރުފަދަ. 8 (ޔާޤޫތު، މުތް، މަރުޖާނު، ޒުމައްރަދު، ފުސްފަރާގު، އަލިމަސް، ކަނޑުނީލަން، ގޯމެދަ، ބުޅަލު ލޯ.)

ނަވައި

ނ. 1 ނުވަދިހަ. 2 90. 3 ނަވާހިއާއި އެކާނަވައާއި ދެމެދުގެ ޢަދަދު.

ނަވަވަންނަ

ނ. 1 އޮނަހައްޓި. 2 (59) 3 އަށުވަންނައާއި ފަސްދޮޅަހާއި ދެމެދުގެ ޢަދަދު. 4 ފަންސާސް ނުވައެއް.

ނަވަތާ

މ. [ބޯދާ] ދަސްކުޅައިން.

ނަވަތިރީސް

ނ. 1 އޮނަސާޅީސް. 2 (39) 3 އަށުތިރީހާއި ސާޅީހާއި ދެމެދުގެ ޢަދަދު. 4 ތިރީސް ނުވައެއް.

ނަވަގެއްލުން

މ. 1 މީޒާނަށް އެރުވުން. 2 ގުނަހެޔޮތޯ ބަލާން ގުނަކުރީމާ ލިބުނުބަޔާއި އެއްކުރީމާ ލިބުނުބަޔާ ދެބައިވަކީން ނުވަޔަކުން ކަނޑައިގެން ޢަދަދު ނެރުން.

ނަވާރަ

ނ. 1 އޮނަވިހި. 2 (19) 3 އަށާރައާއި ވިއްސާއި ދެމެދުގެ ޢަދަދު. 4 ނަވާރަ.

ނަވާވީސް

ނ. 1 އޮނަތިރީސް. 2 (29) 3 އަށާވީހާއި ތިރީހާއި ދެމެދުގެ ޢަދަދު.

ނަވާޅީސް

ނ. 1 އޮނަފަންސާސް. 2 (49) 3 އަށާޅީހާއި ފަންސާހާއި ދެމެދުގެ ޢަދަދު. 4 ސާޅީސް ނުވައެއް.

ނަވާހި

ނ. 1 އޮނަވައި. 2 (89) 3 އަށާހިއާއި ނުވަދިހައާއި ދެމެދުގެ ޢަދަދު. 4 އަށްޑިހަ ނުވައެއް.

ނަވާނަވައި

ނ. 1 އޮނަސައްތަ. 2 (99) 3 އަށާނަވައާއި ސަތޭކައާއި ދެމެދުގެ ޢަދަދު. 4 ނުވަދިހަ ނުވައެއް.

ނަވިޔަނި

ނ. 1 މަތީތަލީގެ ގާތްގަނޑަކަށް މެދަކާ ހިސާބުގައި ދޫޖައްސައިފައި ނެރޭއަޑެއް. މިކިޔޭނީ ނޫނުގެ އަޑުން އެއަށްވުރެ ބަރުކޮށެވެ. މިއީ ތާނަލިޔުމުގައި ޢާންމުކޮށް ބޭނުން ކުރާއަކުރެއް ނޫނެވެ. 2 ޏ

ނަވުސަރައްކު

ނ. ފުރާދުއްވާ ބޮޑެތި އެއްޗިއްސަށް ދަތުރަށް ހަދާންވެގެން ފުރަތަމަ އިރުވަރުންލާ މުދައު.

ނަވުސަރައްކުލުން

މ. ފުރާދުއްވާ ބޮޑެތި އެއްޗިއްސާއި، އަލަށް ހަދާ ފިހާރަ ގުދަން ފަދަތަންތަނަށް އިރުވަރުން މުދާލުން.

ނަމަވެސް

އ. 1 ނަމަގަދަ ކުޅައުމަށް ބުނާގޮތެއް. 2 ނަމަޔަށް ބާރުދޭ ބަހެއް.

ނަމަސްކާރަ

ނ. [ބޯދާ] 1 ކުރާ އިޙްތިރާމު. 2 އަދާކުރާ އަދަބު. 3 ކުރާ ސަލާމު.

ނަދޮޅުވައްގަނޑު

ނ. 1 (ޅ) ކޮށިފިލާގެ ދިރުނބަލަށް ކުނބުގެ ފަހު ކޮޅުގައި އޮންނަ ވައްގަނޑު. 2 (މ) ދަންމަޅާ ކޮށިފިލަޔާ ދޭތެރޭ އަޅާ ވައްގަނޑު.

ނަލަހިރު

ނ. މަތީ ދަރަޖައިގެ އަންހެން ބޭފުޅުންގެ ފޭލިކޮޅު ވިޔާއިރު މެދު ހިރުގެ ދެފަރާތުގައި އަޅާ ރަންކަސަބުފަށް.

ނަލަހިކާ

ނ. ހިކާގެ ބާވަތެއް. މިއީ ރީތި ކުލަތަކެއް ލިބިފައިވާ ކުޑަވަރެއްގެ ހިކައެކެވެ. މީގެ ފިރިހެން ހިކާ ހުންނަނީ ފެހި ކުލައިގައެވެ. އޮރެންޖު ކުލައިގެ ރޮނގުތަކެއް ހުރެއެވެ. އަންހެން ހިކާ ހުންނަނީ ފިޔާތޮށި ކުލައިގައި ރީނދޫ ކުލައިގެ ރޮނގުތަކެއް ދަމައިފައެވެ. އަންހެން ހިކާގެ ބުރިކަށިމަތީ ކޮތަރީގައި ކަޅު ކުލައިގެ ދެ ލައް ހުންނާނެއެވެ. މިދެ ލަކުގެ ކައިރިފަށް ހުންނަނީ ހުދު ކުލައިގައެވެ.

ނަގާނޭ ބަނދަރެއްގައި އޮޑިނާޅާށެވެ.

[ހަރުބަސް] ތިމާޔާ އެކަށީގެންނުވާ ހިސާބެއްގައި އިށީނދެ ނޫޅުން ފަދަ ކަންކަމަށް ބުނާބަހެއް.

ނަގާފައިހުރި ދިދައެއްހެން

[މިސާލުބަސް] މީހުންގެ ލޮލުގައި އަޅައިގަންނަފަދަ ގޮތަކަށް.

ނަގިލި

ނ. ފުރާދުއްވާ ބޮޑެތި އެއްޗެހި ބަނދަރުގައި އަޅާން ވައްޓާލާ ދަގަނޑު. މީގައި ހުންނަނީ ދެދަތެވެ.

ނަގިލިހިފުން

ނ. ބަނދަރު ކުރާތަނެއްގެ އަޑީގައި ނަގިލި ހަރުލުން.

ނަގިލިނެގުން

މ. 1 ބަނދަރު ކުރުމަށްލައިފައި އޮންނަ ނަގިލި ނެގުން. 2 އިހުގައި ނާކޮޅު މީހުން ރާތިބު ކުރާއިރު އަންބާ ކިޔައިފައި ކުޅޭ ކުޅިވަރެއް.

ނަގިލިކަހައިލުން

މ. 1 ނަގިލިލައި ހަރުކޮށްފައި އޮތް އެއްޗެއްގެ ނަގިލި ކެހިގެން ދިއުން. 2 [މަޖާޒު] އަނބިމީހާ ރުޅިހަދައިލައިފައި ދިއުން.

ނަގުލަށްގުއިފޭބުން

[މަޖާޒު] ކޮންމެވެސް ގޮތަކުން މީހާގެ ގަދަރުނެތި ދެރަވުން.

ނަގުލަންދާށި

ނ. ކަށިޖަހާ ވިހަގަދަ ސޫތްޕެއް. މިއީ ނަގުލުގެ ކޮޅުގައި ކަށްޓެއް ހުންނަ ބޯކޮޅުގައި ކަކުނީގެ ދެދަތްގަނޑުހެން ހިމަ ދެ ދަތްގަނޑު ހުންނަ ސޫތްޕެކެވެ.

ނަގުލުންބަޑިއެޅުން

މ. 1 ކަނޑުގައި އުޅޭ ބޮޑެތި މަސްއަޑިޔަށް ދަމުން ނަގޫފަތުން ކަނޑުގައި ޖަހައި ލޮނުގަނޑު ވިއްސައިލުން 2 [މަޖާޒު] ރުޅިއައިސްގެން ހުރެ ކުދި ކިޔަމުން ދިޔުން.

ނަގޫ

ނ. 1 ބައެއް ހައިވާނުގެ ފަހަތުކޮޅުގައި މައިކަށްޓާ އެކުވެގެން، ޅިނދު މަތިން ފަޅައިގެން ނިކުމެފައި އޮންނަ ގުނަވަން. 2 ވިލާގަނޑުން ފައިބާފައި ހުންނަ ގަދަވައިރޯޅި.

ނަގޫކެނޑި

ނ. 1 މަޑިޔާދާ މީހުން މަޑީގެ ނަގޫ ބުރިކޮށްލަން ގެންގުޅޭ ދިގުވަޅިއެއް. މިއީ ވަރަށް ބަރު ވަޅިއެކެވެ. 2 ނަގޫ ބުރިކޮށްފައި އޮތް ބުޅާ ކުއްތާފަދަ ތަކެތި 3 ނަގޫބަޅު.

ނަގޫސޭސަރު

ނ. ކަނޑުން އަރާކަމަށް ބުނެވޭ ޚިޔާލީ ފުރޭތައެއް. މިއީ ބޮޑު ނަގުލެއް އޮންނަ، އަރައިގެން އަންނައިރު މަގުފުޅަފުގައި ނަގުލުންތަޅާ މުޅި ހަށިގަނޑުގައި ރެދަންލައިފައި ހުންނަ ފުރޭތައެއް ކަމަށް ބުނެވެއެވެ.

ނަސަބު

ނ.1 ނިސްބަތްކުރެވޭ ދަރިކޮޅު. 2 ވަންހަ. 3 މަތިފުށް. 4 ދަރިކޮޅު.

ނަސަބުނާމާ

ނ. ދަރިފަސްކޮޅު ލިޔެފައި އޮންނަ ލިޔުން.

ނަސަބުވެރިން

ނ. މާތް ދަރިކޮޅުގެ މީހުން.

ނަސަބުޢިލްމު

ނ. ދަރިފަސް ކޮޅާބެހޭ ޢިލްމު.

ނަސީބުދެރަކަން

ނއނ. ނަސީބުގަދަކަމުގެ އިދިކޮޅު.

ނަޞްރު

ނ. އުނދަގުލެއް ދުރުކޮށްލުމަށް ނުވަތަ ދުޝްމިނަކު ބަލިކޮށް ލުމަށް الله ދެއްވާ މަދަދު.

ނަޞްރުފުޅި

ނ. ނަސީބު ގަދަވޭތޯ ޖަހާ ކަވާފުޅި.

ނަސޭހަތް

ނ. މީހަކަށް ހެޔޮމަގެއް ދެއްކުމަށްޓަކައި އޯގާވެރިކަމާއިއެކު އެމީހަކާ ދައްކާ ވާހަކަ.

ނަސްލީއިމްތިޔާޒު

ނ. 1 ޢާއިލާއަށް ބަހައްޓާ ޚާއްޞަގޮތް. 2 ނަސްލު މަތިވެރިކުރާ ކުރުން. 3 ދަރިކޮޅަށް މޮޅުގޮތް ހޯދައިދޭ ހޯދައިދިނުން. 4 [މަޖާޒު] އެންމެންނަށް ލިބެންޖެހޭ ޙައްޤުތަކެއް ވަކިބަޔަކަށް ލިބޭގޮތަށް އޮންނަ އޮތުން.

ނަސްލު

ނ. 1 ދަރިކޮޅު. 2 ދަރިފަސްކޮޅު. 3 ދަރިންނާއި ދަރީންގެދަރި މިނިމިނީން.

ނަޑަރު

ނ. ވެލާގެ ޒަކަރު. މީހަކު ދެރަކޮށްލުމަށް އެމީހާއީ އެއްވެސް އެއްޗެއްނޫން ކަމުގައި ހަދައިފައި މިނަމުން ބުނެއެވެ.

ނަޓު

ނ. އިސްކޫރާއި ބޯލްޓް ފަދަ ތަކެތި ނުވަތަ އިސްކުރު ކަނޑައިފައި ހުންނަ އެއްޗެހި ހިފެހެއްޓުމަށް ނުވަތަ ބާރު ކުރުމަށް އޭގެ ކޮޅަށް ލައްވާ އިސްކުރު ކަނޑާފައި ހުންނަ އެތި.

ނަޚުދާ

ނ. އޮޑިފަހަރާއި ބަނގަލާ ބޯޓުފަހަރުފަދަ ތަކެތީގެ ނެވިމީހާ.

ނާށި

ނ. ކާށި ގަބުޅިފަދަތަކެތި ހެހުނީމައި ފެންނަ ހަރުތޮށިގަނޑު.

ނާށިއުނދުޅި

ނ. ކާށީގެ ނާށިން ހަދާއާލަތެއް. (މި ހުންނަނީ ހިފާތަނުގައި ހިމަދިގު ދަނޑިއެއްލައިފައެވެ.)

ނާށިފަތި

ނ. ކުރީޒަމާނުގައި އެދުރުގެއަށް ކިޔަވަން ދާކުދިން ކިޔަވަން ނުދާތާ ދުވަސްވުމުން، އެކުދިން ގެނެސްގެން އެކުއްޖާގެ އުނަގަނޑުގައި ވާގަނޑެއް ޖަހައިގެން ބަންޖެއް ކިޔަމުން ކުދިވެރިން ދަމާއިރު ކަރުގައި އަޅަން ލޯނާށިން އަމުނައިފައި އޮންނަ ނާށިފަތި.

ނާށިދިލަ

ނ. 1 ނާށިއާވި. 2 އަނދައަނދާ ހުންނަ ނާށްޓެއްގެމަތިން އެއްޗެއްޖަހައި ބަންދުކުރީމާ ނެގޭ އާވި.

ނާށިތާރަ

ނ. ނާއްޓެއްގެ އަނގަ މަތީގައި ހަންއަޅައި، އެހަން ތޮރުފައި ރޮއްޖެއް ލައިގެން އެރޮދީގެއަނެއް ކޮޅުގައި މަޅިއެއް ހަދައިފައި ދަނޑިގަނޑެއްގައި އަޅުވައިގެން އެނބުރީމާ އަޑުގޮވާ އެއްޗެއް.

ނާށިލުން

ނ. 1 އޮއްޓަރު ފަދަތަކެތީގެ ބޭރުގައި އޮންނަ ޅަތޮށި ހަރުވުން. 2 ފާރުގަނޑުގެ ވަށައިކައިރި ބޭރުން އަސަރު ނުކުރާހައި ހަރުވުން. 3 ފޭރާއި އަދިވެސް ބައެއް މޭވާ ގަހުގައި ހުންނައިރު ވާލާއި މީދަލުން ރައްކައުތެރި ކުރުމަށްޓަކައި މޭވާގެ ބޭރުން ދެނާށިލައި މޭވާ ފޮރުވުން. 4 [މަޖާޒު] މީހަކު އެއްކަމެއް ކުރާތާ ގިނަދުވަސް ވެގެން އެކަމަކަށް ހޭނުން. 5 މިންވަރަށް ވުރެން ހަރުމީހަކަށް ހެދިގެން އުޅުން.

ނާށިގަނޑު

ނ. 1 އެކިއެކި ބޭނުމަށް ތާހިރުކޮށްގެން ގެންގުޅޭ ނާށި. 2 ކަދޫ، ޖަހާމުގުރިފަދަ ތަކެތީގެ ބޭރުން އޮންނަ ހަރު ތޮށިގަނޑު. 3 އިންސާނާގެ ބޮލުގެ ހަރު ތޮށިގަނޑު. 4 [މަޖާޒު] އަންހެން ދުޅާކޮށް އުޅޭ ފިރިހެނުން.

ނާށިގަނޑުބަދަން

ނ. ތޮށިބޯ ބަދަން.

ނާށިގަނޑުކަނދި

ނ. ކަނދީގެ ބާވަތެއް. މިއީ ހިއްތަލަފުށް މޮޑެ ވިދުތޮރުފައިފައި ހުންނަ ނާށިގަނޑަކުން ފުށްދަމައިގެން އެފުށް ހިއްކައިފައި، އެއުފުއްޔަށް އަޅައިގެން ކައްކާ ކަންޖެކެވެ.

ނާށިގުޑުގުޑާ

ނ. ދިގު ނާށިއުނބުން ހަދައިފައި ހުންނަ ގުޑުގުޑާ. މިއުނބު ބޭނުން ކުރަނީ ފުޅީގެ ބަދަލުގައެވެ.

ނާނަކަޓާ

ނ. ފާރޮށި އުނދުނުގައި ފިހާ ފޮނި ކާއެއްޗެއް. މިއީ ހަކުރާއި، ގިތެލާއި ކުކުޅުބިހާއި، ކާފޫރުތޮޅި ލައިގެން ގޮދަން ފުށުގައި ތައްޔާރުކުރާ އެއްޗެކެވެ.

ނާނާ

ނ. 1 ހަމައެކަނި އަޑުން އަޅުވާލާ ރާގު. މިސާލު: ނާނަޔޭނާނާ. އޫނ. އޫނ. އޫނ. 2 ކުދިން ނިންދަވަން ކިޔާލަވަ. 3 އތ. ނޫނެކޭ ބުނުން ގަދަކުރުމަށް ބުނާގޮތް. 4 [މަޖާޒު] ކިޔާއެއްޗެއް ނުފިލާގޮތަށް ނުވަތަ އަޑުއަހާމީހުން ފޫހިވާ ގޮތަށް ދައްކާ ވާހަކަ. 5 ކިޔާއެއްޗެއް އޮޅުން ނުފިލާގޮތަށް ކިޔާ އެއްޗެހި.

ނާނާބޭސް

ނ. ގަންޖާލައިގެން ހަދައިފައި ހުންނަ ޢަމަލުވާ ހިކި ބޭހެއް.

ނާނާކިއުން

މ. 1 ކުދިން ނިންދަވާން ލަވަ ކިއުން. 2 ހަމައެކަނި އަޑުން ރާގު އަޅުވައިލުން.

ނާނު

ނ. 1 ފާރޮށި އުދުނުގައި ގޮދަން ފުށުން ފިހާ، ބޯކިބަލެއްގެ ބައްޓަމަށް އޮންނަ ކަމީރު ރޮށްޓެއް. 2 މަހުގެ ހަން ދެމީމާ މަސްގަނޑުގެ ޅިޔަތައް މަތީގައި ހުންނަ ކަޅުކުލައެއްގެ ހިމަ ފަށްތަކެއް.

ނާރު

ނ. 1 ސިކުނޑިއާ ހަށިގަނޑުގެ އެހެންބައިތަކާ ގުޅައިދޭ މުވާޞަލާތީ ވިއުގައިގައި ހިމެނޭ ފަށް. 2 ލޭ ހިނގުމުގެ ނިޒާމުގައި ހިމެނޭ ހޮޅި. 3 އަތްފައިގެ ހުދުހަމުގައި އެހަމުގެ ކުލަޔާ ތަފާތުކޮށް ހުންނަ ގުދުރަތީ ރޮނގު. 4 ކާނާއާއި ފެން ދައުރުކުރުމަށް ގަސްގަހާގެހީގެ ފަތުގައި ހުންނަ ފަށް. 5 ގަސްގަހުގެ ފަތުގެ ބޭރުފުށުގައި އުސްކޮށް ހުންނަ ފަށްފަށާއި މީގެ ބަނޑުފުށުގައި ހުންނަ ރޮނގު.

ނާރުނެގުން

މ. 1 ފަތްފަދަ ތަކެތީން ނާރު ވަކިކުރުން. 2 ހަމުގެ ބޭރަށް ނާރު އުފުލުން. 3 ނާރު ފުއްޕުން.

ނާރުކުފަލުދަ

ނ. ނާރޮވައްފަލުދަ.

ނާރުއެރުން

ނ. އާދަޔާ ޚިލާފަށް ކޮންމެވެސް ނާރަކަށް ވާންވެގެން ރިހޭން ފެށުން.

ނާރެސް

ނ. 1 އުޑީގެ އަޑިކިބައިގެ މެދުގައި މަތިކިބަ ހިފެހެއްޓުމަށްޓަކައި ޖަހައިފައި ހުންނަ ދަނޑިގަނޑު. 2 ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށްޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް.

ނާރޯއްފަލުދަ

ނ. (ސ) ނާރުވައްފަލިދަ.

ނާރޯޒު

ނ. 1 ފާރިސީންގެ ޤައުމީ ޢީދު ދުވަސް. 2 އިރުގެ ދައުރުކުރުމުގެ ގޮތުން ބަލާއިރު އަހަރު ފެށޭ ދުވަސް.

ނާބަ

ނ. މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރު. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑުދެހިތީގައި ޖަހާއުޅުނީ ހިތިގެދޮށުގައެވެ. ރަޖަބު، ރަމަޟާން، ޝައްވާލު މިމަސްމަހަށް ހަނދުބަލާރޭރޭ މިބެރުޖަހައި އުޅުނީ ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެނގުނީމައެވެ.

ނާބަބަޑި

ނ. 1 ރަމަޟާންމަހު އިރުއޮއްސިއްޖެކަން އެންގުމަށް ޖަހާއުޅުނު ބަޑި. ހަރޯދައިގެ ދުވަސްތަކުގައިވެސް މިބަޑި ޖަހައި އުޅެއެވެ. 2 ބޮޑު ދެ ހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑި.

ނާބަބޭލުން

މ. ނާބަ ޖަހަންވާއިރަށް ނުޖެހުނުނަމަ، ކުދިބޭކަލަކު ނާބަޖަހާބެރާ ދަނޑިގަނޑު ބާލައިގެން ދެގެދޭތެރެއަށް ގެންދިއުން. (މިހެން ހަދައިފިނަމަ ދެން ނާބަޖެހޭނީ އަލުން އިޒުނަ ހޯދައިގެންނެވެ.)

ނާބުސްޚާނު

ނ. ރަސްކަމުގެ ދުވަސްވަރު އާދަވެގެން ރަސްމީ ބެރުޖަހައި އުޅުނުތަން. މިތަންހުރީ ހިތްތަން ދޮރޯށީގެ މަތީގައެވެ. މިތަންހަދައިފައި ހުރީ ބޯކު ދޮރުތަކެއް ލައިފައި ހުންނަ ދިގު ކުޅިބަލާ ގެއެއް ހެންނެވެ. މިތާގެ އިރުމަތީ ބަޔަށް ކިޔަނީ ނާބުސްޚާނެވެ.

ނާއިބު

ނ. 1 ވެރިއެއްގެ ބަދަލުގައި ކަން ހިންގާން ހުންނަ މީހާ. 2 ރާއްޖެތެރޭގެ ރަށްރަށުގައި ޝަރީޢަތްކުރަން ހުންނަ މީހާ.

ނާމާންބޭފުޅުން

ނ. އަމުރު ލިބިގެންވާ ބަޔަކުނޫނީ ދުށުން ހުއްދަނޫން ބޭފުޅުން. މިހެން ކިޔާއުޅެނީ އިހުގައި ގަނޑުވަރުތެރޭ ބޭފުޅުންނަށެވެ.

ނާފަހަރު

ނ. ނަވުފަދަ ދަތުރުކުރާ ބޮޑެތި އެއްޗެހި.

ނާދެލެ

ނ. އޮޑިދޯނިފަހަރުގެ ތަންތާނގައި ހަރުކޮށްފައި ހުންނަ ކުދިކުދި ހިރުއްދަ ނުވަތަ ހިރުއްދަފިލާ.

ނާތަހުޒީބު

ނ. 1 އާރާސްތުނުވާ ނުވުން. 2 ޒަމާނާއެއްގޮތަށް ބަދަލުނުވާ ނުވުން.

ނާލު

ނ. 1 ފުރާދުއްވާ އެއްޗެތީގައި އެއްތަނުން އަނެއްތަނަށް މުދައު ގެންގޮސް ދިނުމަށް ނަގާ އުޖޫރަ. 2 އުޖޫރައަށް އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ މުދައު.

ނާލުދަތުރު

ނ. ފުރާ ދުއްވާ އެއްޗެތީގައި އެއްތަނުން އަނެއްތަނަށް މުދާ ގެންގޮސް ދިނުމަށް އުޖޫރައަށް ކުރާ ދަތުރު.

ނާލުދަތުރުކުރުން

މ. 1 ނާލުބައްތެލި ފަހަރުގައި އެއްތަނުން އަނެއްތަނަށް މުދާ ގެންގޮސްދޭން އުޖޫރައަށް ދަތުރު ކުރުން. 2 ފުރާދުއްވާ އެއްޗެހީގައި އެއްތަނުން އަނެއް ތަނަށް މުދާ ގެންގޮސް ދިނުމަށް އުޖޫރައަށް ދަތުރު ކުރުން.

ނާގަހަރުފަ

ނ. ހަރުފައިގެ ބާވަތެއް. މިއީ ވިހަގަދަ ކަޅު ހަރުފަޔެކެވެ.

ނާސަރީ

ނ. ގަސްގަހާގެއްސާއި ވެޔޮވެލާވެލި މުޑުވައްކޮށް ހައްދައި ބަލަހައްޓާތަން.

ނާސިގެ

ނ. 1 ކަސްބީންތިބޭގެ. 2 [މަޖާޒު] ނަހަމަގޮތްގޮތުގައި އަންހެނުންނާ ފިރިހެނުން ބައްދަލުކުރުވާ ގޭގެ.

ނާސްތާ

ނ. 1 ހެނދުނުގެ ފުރަތަމަ ކާނާ. 2 ދެއިރު އާދައިގައި ކާކެއުން ފިޔަވައި އެދެމެދުގައި ކާކުދިކުދިތަކެތި.

ނާސްތާރޮށި

ނ. ކާށިހުނި ލައިގެން ގޮދަން ފުށުގައި ފިހާ ރޮށްޓެއް.

ނާޓަކު

ނ. 1 ޑުރާމާ. 2 ނަށާމީހާ. 3 [މަޖާޒު] ބޭރުފުށުން ދައްކާގޮތް.

ނާޖާއިޒު

ނއ. 1 ހުއްދަނޫން. 2 ޝަރީޢަތާއި ޤާނޫނާ ޚިލާފު.

ނާޖާއިޒުފައިދާ

ނ. 1 ޙައްޤުނޫން ފައިދާ. 2 ހުއްދަނޫން ނަފާ.

ނާޗަރަންގީ

ނ. ކުޅިވަރެއް. މިކުޅިވަރުގައި އޮންނަނީ ލަވަކިޔުމާއި ބެރުޖެހުމާއި ނެށުންފަދަ ކަންތަކެވެ.

ނިހާލި

ނ. ރާއްޖޭގެ ރަސްމީ ބައެއް ހެދުމުގައި އުނަގަނޑުގައި ބަންނަން ގެންގުޅުނު ހަތަރުމުށް ނުވަތަ ފަސްމުށުގެ ދިގުމިން ހުންނަ ފަށާވީސް އެޅި ދިގުރޮނގުދެމި ފޮތިގަނޑެއް. މީގެ ދެދަރަޖަ ހުރެއެވެ. އެއްވަނަ ދަރަޖައަކީ އެއްފަށް ނިހާއްޔެވެ. ދެވަނަ ދަރަޖައަކީ ދެފަށް ނިހާއްޔެވެ. އެއްފަށް ނިހާލި ހަދަނީ ދެފުށް އެއްކަހަލަ ފަށުވި ފޮއްޗަކުންނެވެ. ދެފަށް ނިހާލި ހުންނަނީ އެހެން ކުލައެއްގެ ފޮއްޗަކުން ބަތާނަލައިފައެވެ.

ނިންދާލުން

މ. ނިންދަވާލުން.

ނިރު

ނ. 1 ގަސްގަހުގެ ބުޑުން ފަޅާ ކުދިގަސް. 2 ގަސްގަހުން ފަޅާކުރި. 3 [ބޯދާ] ދަރި. (ދަރީން)

ނިރުބަ

ނ. [ބޯދާ] 1 ވަރަށް ބޮޑަށް ގަންނަ ބިރު. 2 އާދަޔާ ޚިލާފަށް ގަންނަ ބިރު.

ނިރުބަވެރިން

ނ. [ބޯދާ] 1 އާދަޔާ ޚިލާފަށް ފަތުރާ ބިރުވެރިކަން. 2 އާދަޔާ ޚިލާފަށް އުފައްދާ ބިރުވެރިކަން. 3 ފައިދާއެއް ހޯދާން ދައްކާ ގަދަބަދަވި ކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު. 4 މަގްސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވި ކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު.

ނިރުދު

ނ. (ގ) ފިލާވެއްޔެއް. މިއީ ހިރުނދާ ވަރަށް އެއްވައްތަރަށް އެކަމަކު ހަލަވެލި ގަހަށްވުރެ ބޮޑުނުވާ ގަހެކެވެ. މީގައި އަޅާ ހިރުނދުފާޑުގެ އެއްޗެހީގެ ކިރު ދަދުގައާއި ފެތުރީގައި އަދި ފުންނާބު ފަޅައިގެންދާ މީހުންގެ ފުންނާބުގައި އުނގުޅައެވެ.

ނިބޫ

ނއ. 1 އެއްމާބަނޑު. 2 އެއްފަހަރާ ގަރުބަގަތުމުގައި އެއްކުއްޖަކަށްވުރެގިނަ. މިސާލު: އެއްމާބަނޑު ދެބެން، ނުވަތަ ތިންބޭން ހަތަރުބޭންފަދަ.

ނިކަން

އތ. 1 ވަރަށް. މިސާލު: ނިކަން ރަނގަޅަށް، ނިކަން ނުބައި. 2 އާދޭހުގެ ގޮތުންނާއި ރުޅިވެރިކަމުގެ ގޮތުންނާއި ބަސް ގަދަކޮށްލުމުގެ ގޮތުން ބުނެއުޅޭ ބަހެއް. މިސާލު: ނިކަން އައިސްބަލަ.

ނިކަމެތި

ނއ. 1 ހާލުދަތި. 2 ހަށިގަނޑުގެ ޟަޢީފު. 3 ބަލިކަށި. 4 ފަޤީރު.

ނިކަމެތިކަން

ނއނ. 1 ހާލުދަތިކަން. 2 ހަށިގަނޑު ޟަޢީފުކަން. 3 ބަލިކަށިކަން. 4 ފަޤީރުކަން.

ނިކަމެތިވުން

މ. 1 ހާލުދަތިވުން. 2 ހަށިގަނޑު ޟަޢީފުވުން. 3 ބަލިކަށިވުން. 4 ފަޤީރުވުން.

ނިކަމެތީން

ނ. 1 ދަތި ޙާލުގައި އުޅޭ މީހުން. 2 ބަލިކަށި މީހުން. 3 ފަޤީރުން.

ނިއަމި

ނ. ނިއަމިކަން ދަންނަމީހާ.

ނިއަމިކަން

ނއނ. 1 މާލިމީކަން. 2 ފިލާއަޅައިގެން ދަތުރު ކުރަން އެނގޭ ޢިލްމް.

ނިއަފަތިގަނޑު

ނ. ގެރިއާއި އަސްފަދަ ތަކެތީގެ ހަތަރު މޮށްގަނޑުގެ ކޮޅުގައި އޮންނަ ހަރުބައި.

ނިއާމަ

ނ. 1 ފަސޭހަ. 2 ނިޢުމަތް. މިބަސް ގިނައިން ބުނެއުޅެނީ ދަތުރާއި ވިދިގެންނެވެ. މިސާލު: ނިޔާމަ ދަތުރު ނުވަތަ ފަހި ދަތުރު.

ނިއުޅުން

މ. 1 އޮޅާފައި އޮތް ފޮތި ނުވަތަ ދޫލަ ރޯލެއް ފަތުރައިލުން. 2 އެތައް ފަށްތަކެއް ހަރުކޮށް އެއް އުޅިއަކަށް ހަދައިފައިވާ ގޮތް، ކެނޑި ފަށްތަށް ވަކިވަކިކުރުން. 3 ނ. އެއްޗެއްގައި ހުންނަ މަޢުނަވީ ބަންދުކަމެއް މޮހައިލުމަށް ފަންޑިތަވެރިންކުރާ ކަމެއް.

ނިއުޅުންކުރުން

މ. އެއްޗެއްގައި ހުންނަ މަޢުނަވީ ބަންދުކަމެއް މޮހައިލުމަށް ފަންޑިތަ ހެދުން. ނުވަތަ ހަދައިފައިވާ ފަންޑިތައިގެ ބާރު ކެނޑުވުމަށް ކަމެއް ކުރުން.

ނިއުޅުންޖެހުން

މ. ނިއުޅުންކޮށްފައި ކާށި، ކުކުޅުބިސް، ކިހަވައްފަދަ ތަކެތި، ކޮންމެވެސް ތާކު ޖަހައި މުގުރައިލުން. މިސާލު: މަސް ނުބޭވިގެން ދޯނި ބާލާއިރު ވަށާމަތި ކަންމަތީގައި ކާށްޓެއް ޖައްސަމުން ހިނގައިފައި ދެން އެކާށި ތާކު ޖަހައި މުގުރައިލުން.

ނިއްވުން

މ. 1 އަލިފާން ހުޅާއި ދަރު އަލިފާނުން، އަލިފާނުގެ އަސަރު ކެނޑުވުން. 2 ރޭޑިޔޯ ޓީވީ އިންޖީނު ފަދަތަކެތި ހުއްޓައިލުން. 3 ދިއްލައިފައި ހުންނަ ތަކެތި ދިއްލުމުގެ ބާރުކަނޑުވައިލުން. 4 [މަޖާޒު] ހިހޫފެނާ ހޫނުފެނާ އެއްކޮށްގެން ހޫނުކަން މަޑުކުރުން.

ނިވައި

ނ. 1 ތަނެއްގެ ނުވަތަ އެއްޗެއްގެ ވައިދަށް. 2 [މަޖާޒު] މީހެއްގެ ފަރާތުން ލިބޭ ރައްކައުތެރިކަން .

ނިވައިދަށް

ނ. ތަނެއް ނުވަތަ އެއްޗެއްގެ ވައިދަށްފަރާތް

ނިވައްތައިގަތުން

މ. ބަނޑުހައިކަމުގެ އުނދަގޫތައް ބޮޑުވެގަތުން.

ނިވާފަތް

ނ. 1 ތަޅުދަނޑިވަޅު ފޮރުވާން ތަޅުވަޅުމަތީގައި ހަރުކޮށްފައި ހުންނަ އެތިކޮޅު. 2 ދޮރުފަތް ލެއްޕީމައި ދެދޮރުފަތް ދެމެދުން ހާއަޅާތަން ނިވާކުރުމަށް އެއްދޮރުފަތުގައި ހަރުކުރާ ފަތިގަނޑު. މިފަދަ ބޭނުމަށްޓަކައި ހަރުކުރާ ކޮންމެ އެއްޗަކަށްވެސް މިނަމުން ކިޔައެވެ.

ނިވާލި

ނ. އުންޑަ ނާޅައި ބޮޑުބަޑި ޖަހާއިރު އުންޑައިގެ ބަދަލުގައި ލާބޮނޑި.

ނިވާލުން

މ. 1 އަލިފާން ނެއްތައިލުން. 2 ހޫނު ފެނަށް ހިހޫ ފެންއަޅައިގެން ހޫނުކަން މަޑުކޮށްލުން. 3 އިންޖީނާއި ރޭޑިޔޯއާއި ފަންކާ ފަދަ ހިނގަހިނގާ ހުންނަ ތަކެތީގެ ހިނގުން ހުއްޓައިލުން. 4 އަވިމަޑުވެލުން ނުވަތަ ހަނދުވަރު ފަނޑުވެލުން.

ނިވުން

މ. 1 އަލިފާން ހުރެފައި ނެތުން. 2 ދިއްލިފައި ހުރިއެއްޗެއްގެ އަލިކަން ދިޔުން. 3 ހޫނުފެނާ ހިހޫފެނާ އެއްކޮށްގެން ހޫނުކަން މަޑުކުރުން. 4 އިންޖީނު، ރޭޑިޔޯ، ފަންކާ ފަދަ ހިނގަހިނގާ ހުންނަ ތަކެތީގެ ހިނގުން ހުއްޓުން. 5 އަވި މަޑުވުން ނުވަތަ ހަނދުވަރު ފަނޑުވުން.

ނިވެއްތުން

މ. ބަނޑުހައިކަމުގެ އުނދަގޫތައް ބޮޑުވުން.

ނިމަ

ނ. 1 ރަށްރަށުގެ ރައްޔިތުންކުރާ ދަތުރުތަކުގައި ރައިވެރިންނަށް ނުދެވޭތީ އެމީހުން އަތުން ނަގައި އުޅުނު ހަކުރު ނުވަތަ ތަކެތި. 2 ދަތުރުވެރިންނަށް ބައެއް ރަށްރަށުން ހަދިޔާއަށް ދީއުޅުނު ތަކެތި. މިތަކެތިދީ އުޅުނީ އެރަށްރަށުގެ ފަޅަށް ދަތުރުދޯނި ވަނީމައެވެ.

ނިދަނި

ނ. 1 އެތެރެ ކަލިވަތް ކަލިވަތަށް ހުންނަ ބޯގޮދަޑިއެއް. 2 ނިދުން މިބަހުގެ އަމުރަށް ބޭނުންކުރާގޮތެއް. 3 (މަލިކު) ގޮދަޑީގެ ދަށުގައި އަޅާއެތި.

ނިދަންބަރު

ނ. (ސ) ނިދަން މިޔަރު.

ނިދަންމަރު

ނ. ނިދަންމިޔަރު.

ނިދަންމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ވަރުގަދަ ބޯހަންގަނޑެއް އޮންނަ ބަރުހެލި މިޔަރެކެވެ. މިމިޔަރު ނިދައިފައި އޮންނައިރު އޮންނާނީ އެސޮރުގެބޯ ހަރުހަރަށް ވައްދައިގެންނެވެ. މިޔަރުގެ ކުލައަކީ މުށިކުލައެވެ. އުރަހަތައް ހުންނަނީ އަޅިކުލައެއްގައެވެ.

ނިދާމިޔަރު

ނ. ނިދަންމިޔަރު.

ނިދިންހޭލުން

މ. ހިތާއި ސިކުނޑިއާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވައި އަރާމު ދިނުމަށްޓަކައި، ޠަބަޢީގޮތުން ހަށިގަނޑަށް އަންނަ ވަގުތީ ބަދަލު އައުމަށްފަހު އިހުހުރި ޙާލަތަށް ރުޖޫޢަވުން.

ނިދިބަރުކެއުން

މ. 1 ނިދީގެ އުނދަގޫތައް ލިބުން. 2 ލޮލާއި ބޮލާއި ހަށިގަނޑަށް ނިދީގެ ގަދަ އިޙުސާސްތައް ކުރަމުން ދިޔުން.

ނިދިގަދަ

ނއ. 1 ގަދަޔަށް ނިދި އަންނަ. 2 ފަސޭހައިން ހޭ ނުލެވޭ.

ނިދުން

މ. 1 ހިތާ ސިކުނޑިޔާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވާ ޠަބަޢީ ގޮތުން އަރާމު ލިބިދިނުމަށްޓަކައި މުޅިހަށިގަނޑަށް އަންނަ ވަގުތީ ބަދަލުއައުން. 2 ހޭލާހުރުމުގެ އިދިކޮޅު. 3 [މަޖާޒު] ހަރަކާތެއްނެތި ހިމޭންވުން.

ނިތްގަނޑު

ނ. 1 ނިތާދިމާއިން ނެރެ ހަދައިފައި އޮންނަ އިސްތަށިގަނޑު. 2 ތޮފިފަދަ އެއްޗެތީގައި ނިތާ ދިމާއިން ނެރެފައި ހުންނަތަން. 3 މިޔަރުގެ ތަލަމަތި.

ނިތްގަނޑު މިޔަރު

ނ. (އ) މެންދާ މިޔަރުގެ ބާވަތެއް. މިއީ އާދައިގެ މިޔަރަށްވުރެ ނިތްގަނޑު ބޮޑު، އެހެން މިޔަރަށްވުރެ އުރަހަ ކުދިކޮށް ހުންނަ މިޔަރެކެވެ. ހެލިފެލިވުމުގައި ތަންކޮޅެއް ހަރަކާތްލަސް މިޔަރެކެވެ.

ނިތްޖެހުން

މ. 1 ތާކު ނިތްޖެއްސުން. 2 ސަޖިދަ ކުރުން.

ނިލަމެހިދައު

ނ. އެންދަމާ ދަލުގެ ބާވަތެއް. މިދައު އާދައިގައި ގެންގުޅޭ ދަލަށްވުރެ ގޮޅި ބޮޑެތިވެފައި ދާވެސް ތަންކޮޅެއް ކުޑަވާނެއެވެ.

ނިލަގަނޑު

ނ. 1 ނިލަފަންގެ. 2 އޮޑިދޯނި ފަހަރުގެ ކުޑަ ހިޔާ ހަދަން ބޭނުންކުރާ ފަންގެ. މިއީ އޮޑިދޯނި ބައްތެލި ފަހަރުގެ ފަންހިޔަލުގެ ފުރާޅުމަތީގައި ފެތުރުމަށްޓަކައި، ކަށިކޭލު ހޮޅުގެ ފަތިން ދެފަތިގަނޑު ދޭތެރޭގައި ކައިވަތެއްހައި ދުރުމިން ހުންނަވަރަށް ބަނޑުވަރުތަކެއްގައި އައްސައި އަމުނައިފައި އޮންނަ ފަތިތަކެކެވެ.

ނިލޫބޮނދަ

ނ. (ސ) ލަނޑާ. ލަނޑާގެ ނޫކުލަގަދަ ވައްތަރު، މިއީ އަނގައިގެ ދަތްގަނޑު ހަޑިކޮށް ހުންނަ މަހެކެވެ.

ނިގާރަން

ނ. 1 ކަނޑު ދަތުރުފަތުރުކުރާ ބައެއް އުޅަނދު ދުއްވުމަށްޓަކައި ކޮންމެހެން ބޭނުންވާބަރު 2 [މަޖާޒު] ހެނދުނު ފުރަތަމަ ބަނޑައްލާ އެތިކޮޅު. 3 މީހުންގައި ހުންނަ ހަރުދަނާކަން.

ނިގާރަންފޮށި

ނ. ދެއަތްގަނޑު ލައިފައި ހުންނަ ފޮށްޓެއް. މީގެ އެތައް ފޮށްޓެއް ހުރެއެވެ. މީގެ ތެރޭގައި ހުންނާނީ ކަޅުތިމަރަ ނޫނީ ހިލައަޅައިފައެވެ. މިފޮށި ބަހައްޓަނީ ނާފަހަރުގެ މެދުތެރޭގައެވެ. މިއީ، ނާދުއްވާއިރު ރޯލުކުރިއަ ނުދިނުމަށް އަރުވާ ފޮށިތަކެކެވެ. މިފޮށިތައް އަރުވަނީ ބަރުވާ ވަރަށް މުދާ ނުލިބި ދަތުރުކުރަން ޖެހުމުންނެވެ.

ނިގުޅައިލުން

މ. ނިގުޅުން މިބަސް ލުއިކޮށްލުމުގެ ގޮތުންނާއި ގަދަކޮށްލުމުގެ ގޮތުން ބޭނުންކޮށް އުޅޭގޮތް.

ނިގޫ

ނ. 1 ނަގޫ. 2 ގަދަވައިރޯޅި.

ނިގޫހުދުކާޅު

ނ. ކަނޑުކާޅު ޢާއިލާގެ މަހެއް. މިއީ ފަތިކޮށް ހުންނަ ކުޑަ މަހެކެވެ. މަހުގެ ކުލައަކީ ގަދަމުށިކުލައެވެ. ނިގޫފަތުގެ ކުލައަކީ ހުދުކުލައެވެ.

ނިގޫހުދުކޮކާމަސް

ނ. ކޮކާ މަހުގެ ބާވަތެއް. މަހުގެ ކުލައަކީ މުށިކުލައެވެ. މިކުލައިގެ ތެރެއިން ނޫކުލައެއްވެސް ފާއްދާފައި ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ކައިރިފަށާއި ކުޑަކޮތަރިބައިގެ ކައިރިފަށް ހުންނަނީ ނޫކުލައެއްގައެވެ. ނިގޫފަތް ހުންނަނީ ދޮންކުލައިގައެވެ.

ނިގޫދިގުހިކާ

ނ. ހިކާގެ ބާވަތެއް. މިމަހަކީ ހިމަދިގު ފެހިކުލައިގެ މަހެކެވެ. މި ފެހިކުލައިގެ ތެރެއިން ނޫކުލައެއް ފާއްދައިފައި ހުރެއެވެ. ހުޅުނބުތަކުގެ ހުރަހަށް ރަތްކުލައިގެ ރޮނގެއް ފާޅުކޮށް ހުރެއެވެ. މި މަހުގެ ބޮލުގައި ރަތްދަނބުކުލައިގެ ކުރެހުންތަކެއް ހުރެއެވެ. ނިގޫފަތުގެ ދެފަރާތުކައިރި ނަރުވައެއްގެ ސިފައިގައި ދިގުކޮށް ހުރެއެވެ.

ނިޔަފަތިކަނޑާދަތި

ނ. ނިޔަފަތި ކަނޑަން ހަދައިފައި ހުންނަ އާލަތެއް.

ނިޔަތް

ނ. 1 ގަސްތު. 2 ނަމާދު ރޯދަ ފަދަ އަޅުކަންތައް ކުރަންފަށާއިރު ދުލުން ކިޔާ ބަސްތައް.

ނިޔާމަ

ނ. 1 ފަސޭހަ. 2 ނިޢުމަތް. މިބަސް ގިނައިން ބުނެއުޅެނީ ދަތުރާ ވިދިގެންނެވެ. މިސާލު: ނިޔާމަ ދަތުރު (ފަހި ދަތުރު)

ނިޔާމަދަތުރު

ނ. 1 ފަހި ދަތުރު. 2 ފަސޭހަކަމާއި އަރާމާއެކު ކުރާ ދަތުރު.

ނިޝާން

ނ. 1 ފާހަގަ. 2 ޢަލާމާތް. 3 ޢިއްޒަތާއި ތަޢުރީފުގެ ފާހަގައެއް ކަމުގައި ދީއުޅޭ ރަން ރިހިފަދަ ތަކެތީން ހަދައިފައި ހުންނަ ފޮއްޗާއި މައު.

ނިޝާސްތާ

ނ. ގޮދަންފަދަ ތަކެތީގެ އޮލަފުށް.

ނީ

ނ. 1 ހަނޑޫފަދަތަކެތި ފޮޅީމާ ނެގޭ އެންމެ ހިމުންބައި 2 އޮޑި ފަހަރުގެ ކުނބުގެ ކުރީގައި ސާމޯރުޖަހަން ހިމަކޮށްފައި ހުންނަ ތަންކޮޅު. 3 [ބޯދާ] ކުރީކޮޅު.

ނީހަ

ނ. 1 ޣީބަ. 2 ނެތިމޮށޭ ނެތިމޮށުން. 3 ހަސަދަ. 4 ދެބައޮޑުވާ އޮޑުވުން. 5 ހިތުގެ ރުޅި.

ނީހަނޑޫ

ނ. ހަނޑޫފަދަ ތަކެތި ފޮޅީމައިނެގޭ އެންމެ ހިމުން ބައި.

ނީހަމޮށުން

ނ. 1 ޣީބަބުނުން. 2 ނެތިމޮށުން. 3 ހަސަދަވެރިވުން. 4 ދެބައޮޑުވުން.

ނީބަ

ނއނ. [ބޯދާ] ގަދަކަން.

ނީލަންބެހުން

މ. ދަރަނިވެރިއެއްގެ މުދާ ނީލަން ކިޔައިގެން ލިބޭ ފައިސާ ދަރަނީގެ މައްޗަށް ނިސްބަތުން ބަހައިދިނުން.

ނީލަންގޮވުން

ނ. ނީލަމަކަށް ނެރޭ މުދައު ވިއްކަން ގޮވުން.

ނީލަމް

ނ. ގަދަ ނޫކުލައިގެ މޮޅު އެހެއް.

ނީލަގެރިއެތް

ނ. 1 ހިންދުސްތާނުގެ "ނީލްގިރީ" އެވެ ކިޔާ ރަށުގެ އެތް. 2 ވަރުގަދަ ބޮޑެތި އެތް.

ނު

އކ. 1 ނަފީގެ އަކުރެއް. މިއަކުރުގެ މާނަދޭހަވާނީ، ބަހަކާއި ގުޅުވައިގެން ބުނުމުގައެވެ. މިސާލު: {ހ} ނުބަލާ! {ށ} ނުދޭ! {ނ} ނުކާނަން. 2 ނުދަންނަ އެއްޗެއް.

ނުހޮރުއްޕާން

ނ. 1 ނުލާހިކު. 2 ކޮންމެވެސް ކަމަކާހުރެ ތިމާއަށްވާ ނުލާހިކު ބޮޑު އުނދަގޫ. 3 ދުއްތުރާ

ނުހޮރުއްޕާންކުރުން

ނ. 1 ކޮންމެވެސް ކަމަކާ ހެދި ތިމާއަށް ނުލާހިކު ބޮޑަށް އުނދަގޫ ކުރުން. 2 އުދަނގޫ ބޮޑުކުރުން. 3 ދުއްތުރާ ކުރުން.

ނުހޮރުއްޕާންވުން

މ. 1 ކޮންމެވެސް ކަމަކާހެދި ތިމާއަށް ނުލާހިކު ބޮޑަށް އުނދަގޫވުން. 2 އުނދަގޫ ބޮޑުވުން. 3 ދުއްތުރާވުން.

ނުނިޔަތް

ނ. 1 ހަސަދަ. 2 ހިތުގައިހިނގާ ނުރުހުން. 3 އަނެކާއަށް ދެރައެއް ދިނުމަށް ގަސްދުކުރާ ކުރުން.

ނުނިޔަތްލުން

މ. 1 ހަސަދަވެރިވުން. 2 ހިތުގައި ނުރުހުން ތެރިކަން ބޭއްވުން. 3 އަނެކާއަށް ދެރައެއް ދިނުމަށް ގަސްދު ކުރުން.

ނުރަބޮޅު

ނ. 1 ބުރަނދަ ވައްތަރަށް ހުންނަ ކުދި މަހެއް. 2 މުޅިން ނުރަވެފައި ތިބޭ މީހުންނާ ދިމާއަށް މަލާމާތުގެ ގޮތުން ބުނާ ބަހެއް.

ނުރަސްމީދަތުރުފުޅު

ނ. ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ ސަރުކާރު ހިންގަވާ ވެރިޔާ ކުރައްވާ އަމިއްލަފުޅު ދަތުރު.

ނުބީހެންޏާކަނޑާހަމަ

[މުސްކުޅިބަސް] 1 ކަމެއްވުން ކިތަންމެ ކައިރިވިޔަސް އެކަމެއް ނުވަންޏާ ފަރުވާލެއް ނެތޭ ބުނުމަށް ބުނެއުޅޭ ބަހެއް. 2 ފާޅުނުވަންޏާ ނުކުރާ ކަމެކޭ އެއްފަދައޭ ބުނުމަށް ބުނެއުޅޭ ބަހެއް.

ނުކުޅަދާނަ

ނއ. 1 ކުޅަދާނައިގެ އިދިކޮޅު. 2 ނުފޮރުއްޕާން. 3 މީހެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ކަމެއްގެ ސަބަބުން ކެތްކުރަން ދަތިވާވަރަށް ލިބޭ އުނދަގޫ.

ނުކުޅަދާނަކުރުން

މ. 1 ނުފޮރުއްޕާން ކުރުން. 2 އުނދަގޫކުރުން.

ނުކުޅަދާނަވުން

މ. 1 ލާހިކުވާވަރު ނުވުން. 2 ކޮންމެވެސް ފަރާތަކުން ލިބޭ އުނދަގުލަކަށް ކެތްވާވަރު ނުވުން. 3 ނުހޮރުއްޕާންވުން.

ނުއަތުރޯޅި

ނ. 1 ވައިޖެހޭ ފަރާތްނޫން އަނެއް ފަރާތުން އަންނަރޯޅި. 2 ފުށަތުރޯޅި. 3 ވެރިޔަކު އޭނާގެ ދަށުން ހުންނަ މީހަކާމެދު އޭނާގެ ކުށެއްނެތި ކަމަކާނުލައި، ރުޅިއައިސްގެން ކުރާކަންތައް.

ނުއިބޭސް

ނ. ކަޅުދަނބުކުލައިގައި އެތިއެތިކޮޅަށް ހުންނަ ކުލަޖައްސާން ގެންގުޅޭ އެއްޗެއް. މިހަދަނީ ކުދި ހިތިގަހުގެ ފަތް ފެނުއަޅައިގެންނެވެ. މި ބޭހަށްވެސް ލައިއުޅެއެވެ. އިހުޒަމާނުގައިވެސް ނުލުގެ ބަދަލުގައި ބޭނުން ކުރަނީވެސް މިއެވެ.

ނުވަ

ނއ. ގުނުމުގެ ނުވަވަނަ ޢަދަދުގެ ނަންއިތުރު. މިއަށް "ނަވަ" ވެސް ކިޔައެވެ.

ނުވައެއް

ނ. 1 ގުނުމުގެ ނުވަވަނަ ޢަދަދުގެ ނަން. 2 (9) 3 އަށަކާއި ދިހައަކާއި ދެމެދުގެ ޢަދަދު.

ނުވަދިހަ

ނ. 1 ނަވައި، 2 (90) 3 ނަވާހި އާއި އެކަނަވާއާއި ދެމެދު އޮންނަ އަދަދު.

ނުވާދުވަހުން ބޮޑުވެގެން އުޅުން

[މަޖާޒު] ތިމާގެ ޢުމުރަށްވުރެ، ދޮށީމީހުން ކޮށްއުޅޭކަންތައް ކޮށް އެފަދަ މީހުން ބުނެއުޅޭ ބަސްބަސް ބުނެއުޅުން.

ނުވެސް

އ. ނުކުރާނެ ކަމުގެ މައްޗަށް ގަދަކުރާން ބުނާބަހެއް. މިސާލު: ނުވެސްއައި، ނުވެސްދިޔަ.

ނުފިރުކެވެނިސް ދުވަން ނޫޅޭށެވެ.

[ހަރުބަސް] 1 ކަމެއް ކުރަން ރަގަޅަށް ނޭނގެނީސް އެކަންމޮޅަށް ދަންނަމީހަކަށް ހެދިގެން ނޫޅޭށޭ ބުނުމަށްޓަކައި ބުނެއުޅޭ ބަހެއް. 2 ތިމާ އުޅެންވާނީ ތިމާގެ ފެންވަރުންނޭ ބުނަން ބުނެއުޅޭ ބަހެއް.

ނުފޫޒު

ނ. މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު.

ނުފޫޒުގަދަ

ނއ. މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުން އެހެން މީހުންގެ މައްޗަށް ބޮޑަށް ބާރު ފޯރުވާ.

ނުފޫޒުފޯރުވުން

މ. މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުން އެހެން މީހުންގެ މައްޗަށް ބާރު ފޯރުވުން.

ނުތަނަވަސްވުން

މ. 1 ތަނަވަސްކަން ނެތުން. 2 ހާސްވެފައިވުން. 3 ފިކުރުބޮޑުވެފައި ވުން. 4 ތަންވަޅު ދަތިވުން.

ނުތަނަވަސް

ނއ. 1 ތަނަވަސްކަން ނެތް. 2 ހާސްވެފައިވާ. 3 ފިކުރު ބޮޑުވެފައިވާ. 4 ތަންވަޅުދަތިވެފައިވާ.

ނުތަނަވަސްކަން

ނއނ. 1 ތަނަވަސްކަން ނެތްކަން. 2 ހާސްވެފައިވާކަން. 3 ފިކުރުބޮޑުވެފައިވާކަން. 4 ތަންވަޅުދަތިކަން.

ނުސީދާހިލޭ ޖެހުން

މ. ފުޓުބޯޅައާއި ހޮކީފަދަ ކުޅިވަރުގައި ކުށްކުރާ ބަޔާ އިދިކޮޅަށްދޭ ޖެހުން. މިޖެހުމުގައި އެހެން ކުޅުން ތެރިއެއްގެ ގައިގައި ނުޖެހި ސީދާ ގޯލަށް ވަނަސް ލަނޑަކަށް ނުވާނެއެވެ.

ނުޖޫމީ

ނ. ތަރިތަކުގެ ޢިލްމު ދަންނަމީހާ.

ނުޖޫމީ ޢިލްމު

ނ. ތަރިތަކާ ބެހޭ ޢިލްމު. ތަރިތަކުގެ ނުވަތަ އުޑުގައިވާ އެހެނިހެން އެފަދަ އެއްޗެހީގެ މަންޒިލުތަކާއި އެއެއްޗެހީގެ އެރުމާއި އޮއްސުމުގެ ސަބަބުން އިންސާނާއަށާއި ބިމުގެ ތަފާތު ކަންތައްތަކަށް ފޯރާކަމަށް ބުނެވޭ ނުފޫޒު ދިރާސާ ކުރާ ޢިލްމު.

ނުޖޫމީން

ނ. 1 ތަރިތަކުގެ ޢިލްމު ދަންނަ މީހުން. 2 ނުޖޫމީ މިބަހުގެ ގިނަގޮތް.

ނުނޭ

އ. (ޏ،ސ) ނޫނޭ. (މިއީ ބަސްގަދަކުރުމަށް ބުނާބަހެކެވެ.)

ނޫހިލަފާޖާރު

ނ. ހިލަ ބިންބިމުގެ އާނުފަށަލައިން ނެގޭ މަޑުނޫކުލައިގެ މަޑު މަޢުދަނެއް. ހިލައަށްވުރެ މީގެކީލި ހިމުންވާނެއެވެ. މިއީ ވިހައިގެ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.

ނޫނެކޭ

އ. 1 ނޫނެކޭގެ ގަދަގޮތް. 2 "ނޫނޭ" ބުނީމާ ނުވަތަ ބުނެފައި އެވާހަކަ އަނެކާ ގާތުގައި ބުނާގޮތް.

ނޫނޭ

އ. ނަފީކަން ގަދަކުރުމަށް ބުނާ ބަހެއް. މިސާލު: ނޫނޭ، ތިޔަހެންނެއް ނުވާނެ.

ނޫން

އ. 1 ނަފީކަން ގަދަކުރުމަށް ބުނާ "ނޫނޭ" ގެ އަދަބުވެރިގޮތް. 2 ނޫނޭ މިބަސް ލުއިކޮށް ބުނާގޮތް. 3 މެނުވީ. 4 ފިޔަވައި.

ނޫންކަހަލަ

އ. (މަލިކު) ނޫންހެން. ކަހަލަ، ހެން، ފަދަ

ނޫރާނީ

ނއ. އަލިކަން ގަދަ.

ނޫބީ

ނ. އިރުމަތީ އެފްރިކާގެ ނޫބާގެ ބަބުރު ދަރިކޮޅަށް ނިސްބަތްވެގެންވާ.

ނޫބީބަބުރު

ނ. 1 އިރުމަތީ އެފްރިކާގެ ނޫބާގެ ބަބުރު ދަރިކޮޅަށް ނިސްބަތްވާ މީހާ. 2 އެންމެ ކަޅުބަބުރު.

ނޫކަށިމަސް

ނ. (ޅ) މޫދުގައި އުޅޭ މަހެއް. މިމަހުގެ ނަގޫކޮޅުކައިރީގައި ދެއަރިމަތީގައި ބައި އިންޗި ހުންނަވަރުގެ ނޫކުލައިގެ ކަށްޓެއް ހުރެއެވެ. މިމަހުގެ އެތެރޭކަށިވެސް ހުންނާނީ ނޫކުލައިގައެވެ. މިއީ ގުދަންމަހާއި އިލިގަނޑު މަހުގެ ޢާއިލާގެ މަހެކެވެ.

ނޫކާޅު

ނ. ރާއްޖޭގެ ފަރުފަރުގެ މުރަކައާއި ގާތަކުގެ ތެރޭގައި ވަރަށް ގިނައިން އުޅޭ މަހެއް. މޫދުމަސް ދިރުވައިގެން ގެންގުޅޭ މީހުންގެ ގާތުގައި މިއީ ވަރަށް މަޝްހޫރު މަހެކެވެ. މަހުގެ ބޮލުގެ ކުލައަކީ ކަޅުކުލައެވެ. ކޯތާފަތުގެ ކުލަ ހުދުވާނެއެވެ. ހަށިގަނޑުގައި ހަންހުރި ހުރިހާ ހިސާބެއްގެ ކުލައަކީ ނޫކުލައެވެ. ނަގޫފަތުގެ ކޮޅުގައްޔާ ބުޑުދަށުގައި ހުރަހަށް ކަޅުކުލައިގެ ފުޅާ ދެރޮނގު ހުންނާނެއެވެ.

ނޫމަދަރަކަ

ނ. ބޭހަށްގެންގުޅޭ މަޢުދަނީ ވިހައެއްޗެއް. މިއީ ނޫކުލައިގައި ހުންނަ އެއްޗެކެވެ.

ނޫމަސް

ނ. ރަތްމަހުގެ ޢާއިލާގެ މަހެއް. މިއީ ދޮންނޫމަހާ ވަރަށް ވައްތަރު ސިފައެއް ހުންނަ މަހެކެވެ. މަހުގެ ކުލައަކީ ގަދަނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދު ކުލައެއްގައެވެ. ކޮތަރިބައިތައް ހުންނަނީ ފަނޑުމުށިކުލައަކަށްދާ ރީނދޫ ކުލައެއްގައެވެ. ނުވަތަ ހުދުކުލައެއްގައެވެ.

ނޫމަސްހިބަރު

ނ. މާކަނޑުތަކުގައި ދިރިއުޅޭ ކަނޑުގެ މެދު ހިސާބުގައި ދެފެންދޭތެރޭގައި އުޅޭ މަހެއް. މިމަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅުނޫކުލައެވެ. ބަނޑުދަށް ފަރާތް ހުންނާނީ ރިހިހުދުކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ވަރަށް ރީތި ނޫކުލައިގެ ފަނަރަ ވަރަކަށް ހުރަސް ރޮނގު ހުންނާނެއެވެ.

ނޫފަންނަދަރި

ނ. ދެމަފިރިންކުރެ މީހަކަށް ލިބިފައިހުރި އަނެކެއްގެދަރި. މިގޮތަށް ކިޔައި އުޅެނީ އިނދެގެން އުޅޭއިރުއެވެ.

ނޫސްކަރުދާސް

ނ. 1 ފަރަންޖީ ކަރުދާސް. 2 ނޫސް ޗާޕްކޮށްފައި ހުންނަ ކަރުދާސް. 3 ނޫސް ޗާޕްކުރަން ހަދައިފައި ހުންނަ ކަރުދާސް.

ނެރަށް އެރުން

މ. 1 ނެރުން ވަދެވޭގޮތަށް ނެރާ ދިމާވުން. 2 ނެރުތެރެ ސާފުކުރުމުގެ މަސައްކަތަށް އެސަރަހައްދަށް އެރިއުޅުން.

ނެރުން

މ. 1 އެތެރޭން އެއްޗެއް ބޭރުކުރުން. 2 ނޫސް މަޖައްލާ ފަދަ ތަކެތި ލިޔެ ޗާޕްކޮށް އާންމު ކުރުން. 3 އެންގުމެއް ނުވަތަ އިޢުލާނެއް އާންމުކުރުން. 4 ކުރެހުމެއް، ލިޔުމެއް، ފޮޓޯއެއް ފަދަ އެއްޗެއް އާންމުކުރުން. 5 އާންމުކޮށް އިޝްތިހާރު ކުރުން.

ނެވި

ނ. ދަތުރުކުރާ އެއްޗެއްގައި ހުންނަ ދަތުރުގެ ވެރިމީހާ.

ނެވިން

ނ. 1 ދަތުރުރުކުރާ އެއްޗެއްގައި ހުންނަ ދަތުރުގެ ވެރިމީހާ. 2 [މަޖާޒު] އަނބިމީހާ.

ނެވިކަން

ނ. ދަތުރުކުރާ އެއްޗިހީގެ ވެރިކަން.

ނެވިމަޅު

ނ. ދަތުރުކުރާ އުޅަނދުފަހަރުގެ ނެވިމީހާއަށް ޚާއްޞަ ހިސާބު.

ނެތިނުބައި

ނ. މީހާ ނެތްތާނގައި ދައްކާ އެމީހާގެ ބަދުނާމު ވާހަކަ.

ނެގުން

މ. 1 އުފުލުން. މިސާލު: ދުޢާ ކިޔާއިރު ދެއަތް މައްޗަށް ނެގުން. 2 އެއްޗެއް ހިއްލުން. މިސާލު: ނަގިލި ނެގުން. 3 ލިބިގަތުން. މިސާލު: އޭނާ މުޙައްމަދު އަތުން ނެގީ ދެރުފިޔާއެވެ. 4 އެއްޗެއް އޮތްތާކުން ދުރުކުރުން. މިސާލު: ފަޅުތެރޭގައި އޮތް ދޯނި ނަގާށެވެ. 5 އެއްޗެއް ހުރިތާކުން އެހެންތާކަށް ގެންދިއުން. މިސާލު: އެގޭ ބަދިގެ އެތަނުން ނަގަން އަންގައިފިއެވެ. 6 މީހަކު އިންތާކުން ދުރުކުރުން. މިސާލު: އޭނާ އިންގޮނޑިން ނަގައިފިއެވެ. 7 ފުރާދުއްވާ ތަކެތި ވަޔަށް ހިއްލުން. މިސާލު: ދޯނި ވަޔަށް ނެގުން. 8 މީހަކަށް އޮތް ކަމެއް ނުވަތަ އެއްޗެއް މީހެއްގެ ކިބައިން ވަކިކުރުން. މިސާލު: ވަޒީފާ ނެގުން. 9 ގައިގައި ބިހި މުލިހި ފަދަ ތަކެތި އުފެދުން. މިސާލު: ގަނޑުނެގުން، ބިހިނެގުން. 10 ސެޓްފިކެޓް ސަނަދު ފަދަ ތަކެތި ޙާޞިލުކުރުން. މިސާލު: ސަނަދު ނެގުން.

ނޭރެކަޅެހުޓެ

ނ. (ގ) އުދަލި ކަޅުއޮށް.

ނޭރެމަހަ

ނ. (ގ) އުދަލި ކަޅުއޮށް.

ނޭވާހާސްވުން

މ. ކޮންމެވެސް ސަބަބަކާ ހެދި ނޭވާލާން ދަތިވުން. ނުވަތަ ނޭވާނުލެވުން.

ނޭވާހިއްލުން

ނ. 1 ނޭވާލާން ދަތިވުމުގެ ސަބަބުން ހަށިގަނޑަށް ކެކުޅުން ލިބޭ ބައްޔެއް. މިޔަށް "ހިއްލުން" "ދެއްމުން" "ނޭވާޔަށް އުދަގޫވުން" މި ނަންނަމުންވެސް ކިޔައެވެ. 2 ނޭވާލުން ދަތިވުމުގެ ސަބަބުން ހަށިގަނޑަށް ކެކުޅުން ލިބުން.

ނޭވާށްތުރާއުކެޑުން

މ. (ސ) ނޭވަޔަށް އުނދަގޫ ކުރުން.

ނޭވާކުރުވުން

މ. އާދައިގައި ނޭވާލާ ވަރަށް ނޭވާ ނުފެތި ނޭވާ އަވަސްވުން.

ނޭވާލުން

މ. ފުއްޕާމެޔަށް ވައިވައްދައި ބޭރުކުރުމަށް ޙަރަކާތްކުރުން.

ނޭވާގެކޮޅަށް

ނއ. 1 ކިރިޔާ ހާސްނުވާ ވަރަށް. 2 ކުޅަދާނަވެގެންވާ އެންމެމަތީ ދަރަޖައަށް.

ނޭވާޖެހުން

މ. 1 ނޭވާދަތިވުމަށްފަހު ނޭވާ ހަމަޖެހުން. 2 [މަޖާޒު] ދަތިކަމެއް ލިބުމަށްފަހު ހަމަޖެހިލުމެއް ލިބުން.

ނޭފަތް ފޮޅުން

މ. އަރިދަފުސްފޮޅުން.

ނޭޒާ

ނ. 1 ހަނގުރާމަވެރިން ގެންގުޅޭ އެއްކޮޅު ތޫނު ދަގަނޑު ހަތިޔާރެއް. 2 ވަޖިދުވާ މީހުން ގެންގުޅޭ ހިމަ ދަގަނޑެއް.

ނޮޅި

ނ. 1 ގުޑުގުޑާގެ ސިލުނބާއި ފުޅިއާއި ސަދަބު ނޫން ހުރިހާ ބައިތައް. 2 ވިޔާއިރު ތޭރިލާން ގެންގުޅޭ ހޮޅިބުރި. 3 އުނދުނަށް ފުމޭން ގެންގުޅޭ އޮނުގަނޑު. 4 ކާޅާއި މާކަނާ ފަދަ ދޫނިސޫފާސޫފީގެ ކަރު. 5 ނޮޅުން މިބަހުގެ ނިމިނިމުނުކަން. 6 (މަލިކު) ވައިނޮޅި.

ނޮޅުން

މ. 1 ކުދިގަސްތަކެއް އުފުރުން. 2 ގަހަކުން ފަތް ވަކިކުރުން. 3 ތަނޑުން ފަތް އުފުރުން. 4 ތޮށިދޫ މޭވާއާއި ތަރުކާރީގެ ތޮށި ފިލުވުން. 5 ބަކަރި ކުކުޅުފަދަ ތަކެތީގެ ހަން ފިލުވުން. 6 ދޫނިސޫފާސޫފީގެ ފަތް އުފުރުން. 7 ވީދާ ވަކިއަޅާ ހެދުން. 8 ކުކުޅު ބިސްފަދަ ތަކެތިން ތޮށި ފިލުވުން. 9 ހަށިގަނޑުން ފޮޅިފައިހުންނަ ހަންކޮޅުކޮޅު ނެއްޓުން.

ނޮޅުވުން

މ. ނޮޅުން. މި މަސްދަރު އެހެންމީހެއް ލައްވާ ކުރުވާގޮތަށް ބުނާގޮތް.

ނޯށަށްވަނުން

މ. 1 ނޭފަތަށް އެއްޗެއް ވަނުން. 2 [މަޖާޒު] ކައިރިއަށް އައިސް އުނދަގޫވާ ހިސާބުގައި އުޅުން.

ނޯށުންރުއިން

މ. 1 ހިތާމައިގެ އަސަރު އެންމެމަތީ ދަރަޖައަށް ކުރުން. 2 ހިތާމައިގެ އަސަރު ވަންހަނާ ކުރުން.

ނޯށުންކާންދިނުން

މ. ދިޔާކޮށްފައި ހުންނަ ކާތަކެތި ނޭފަތުގެ ތެރެއިން ބަނޑަށް ފޮނުވުން. މިހެން ހަދަނީ ނޭފަތުގެ ތެރެއިން ބަނޑަށް ހޮޅިލައްވައިގެންނެވެ.

ނޯށުންދެމުން

މ. ނޭފަތުން އެއްޗެއް އެތެރެއަށް ގެންދަން ނޭވައިން ބާރުލުން.

ނޯށް

ނ. 1 ނޭފަތް. 2 ނޭފަތު ހިނދުރި. 3 ކާށީގެ ތިންލޮލުގެ މެދު. 4 ދާންޏާއި، އުނދުޅި ފަދަތަކެތީގެ ދަނޑިލާ ލޯވަޅާއި ދިމާއިން އުސްކޮށްފައި ހުންނަ ތަންކޮޅު.

ނޯބެލްއިނާމު

ނ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެކި ރޮނގުރޮނގުން ޚާއްޞަ ޚިދުމަތްކުރާ މީހުންނަށް އަހަރަކު އެއް ފަހަރު ދެވޭ އިނާމެއް. މިއިނާމަކީ، އަލްފްރެޑް ނޯބެލްގެ ވަޞިއްޔަތަކާ ގުޅިގެން ޞުލްޙައަށާއި، އަދަބިއްޔާތަށާއި، ބޭސްވެރިކަމަށާއި ސައިންސްގެ އާހޯދުންތައްފަދަ ކަންކަމަށް ދެވޭ ބައިނަލްއަޤްވާމީ އިނާމެކެވެ.

ރަހަފޮށި

ނ. އުދަރެސް ނުފެންނަ ތަންތާނގައި ފިލާއަޅާއިރު އިރުބަލާން ދިރޭރަހަ އަޅައިފައި ހުންނަ ފޮށްޓެއް.

ރަހަދެއްކުން

1 އެއްޗެއްގެ ރަހައެހެން މީހަކަށް އެނގޭނެގޮތް ހެދުން. 2 ކާއެއްޗަކުން ކުޑަ އެތިކޮޅެއް ދިނުން. 3 ނުބައިކަމަކަށް ބަދަލު ދިނުން. 4 ލޯނު ދެއްކުން.

ރަހަލުން

މ. 1 ރަހަދިނުން. 2 ބިއްލޫރިގައި ދިރޭރަހަ އުނގުޅުން. [މަޖާޒު] 3 ކުޅަކުށަކުން ބޮނޑިއެއް ލިބުން. 4 ކުށަކަށް އަދަބު ލިބުން.

ރަހާ

ނ. 1 ރަސްގެފާނު . 2 އައްޑޫ (އިސްދޫ) ޢަލީ ރަސްގެފާނުންގެ ދަރިކޮޅުގެ ފިރިހެނުންގެ ނަމުގެ ފަހަތަށް އިތުރުކުރާނަމެއް މިސާލު: ހުސެންރަހާ، ދޮންރަހާ. 3 ރަށުން ފަށައިގެން ތޮށްޓާ ދިމާޔަށް ނުވަތަ ތޮށިން ފަށައިގެން ރަށާ ދިމާއަށް ހެދިފައި ހުންނަ ހުރާގަނޑު.

ރަހީނުކުރުން

މ. ވަކިމަޤްޞަދެއް ހާޞިލު ކުރުމަށްޓަކައި ގަދަކަމުން މީހަކު ނުވަތަ ބަޔަކު ހިފެހެއްޓުން.

ރަހުނު

ނ. މީހަކު އަތުން ދަރަންޏަށް ފައިސާ ނަގާއިރު އޭގެ ބަދަލުގައި ބަހައްޓާއެތި.

ރަހުރާ

ނ. ރާވެރިން ފުރަބަންޑާރަ އަށް ދައްކާރާ.

ރަށުމީދާރަށަށްގަދަވާނެ

[މުސްކުޅިބަސް] ބީރައްޓެއްސަކަށްވުރެ ރަށުގެ އަހުލުވެރިޔަކު ރަށަށް ފަރިތަވެފައި ބަސްވިކިފައި ބާރުގަދަވާނެކަން އެންގުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ރަށުފަންޑިތަ

ނ. ރަށަށްހަދާ ފަންޑިތަ. (މަސްވެރިކަމާއި ދަނޑުވެރިކަން ދެރަވުމުން ރަށުގައި ވަޙުތާންޖަހައި ފިލި، ކުދެހިގަސް އިންދައި ތަވީދު ވަޅުގައި ހަދާ ފަންޑިތަ)

ރަށްބަންދުކުރުން

މ. 1 ވަކިމުއްދަތަކަށް ރަށަށް މީހުންއަރާ ފޭބުން މަނާކުރުން. 2 ރޯގާބަލިމަޑުކަމުން ރަށް ސަލާމަތް ކުރުމަށް ފަންޑިތަ ހެދުން.

ރަށްވެހި

ނއ. 1 ރަށުގެ އަހުލުވެރި. 2 މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވާ.

ރަށްވެހިކަން

ނއނ. 1 ރަށުގެ އަހުލުވެރިކަން. 2 މަދަނިއްޔަތާ ތަހުޒީބު ލިބިގެންވާކަން.

ރަށްވެހިކުރުން

މ. 1 ރަށުގެ އަހުލުވެރިޔަކަށް ހެދުން. 2 މަދަނީގޮތުން ރަށްކުރިއެރުވުން.

ރަށްވެހިވުން

މ. 1 ރަށުގެ އަހުލުވެރިޔަކަށްވުން. 2 މަދަނިއްޔަތާއި ތަހުޒީބު ލިބިގެންވުން.

ރަށްމަތިންދިއުން

މ. ރަށެއްގައި ނުޖައްސައި އެރަށެއްގެ ވައިމަތީ ފަރާތުން ދަތުރުކޮށްފައި ދިއުން.

ރަށްމެދަށް ނެރުން

މ. 1 އިހުގައި ކުށްވެރިވެގެން އަދަބު ދިނުމަށްޓަކައި ރަށްމެދަށް ގެނައުން. 2 [މަޖާޒު] ފަޟީޙަތް ކުރުން.

ރަށްގޮވާއަޑު

ނ. 1 ރަށުތެރޭ ގިނަބައެއްގެ ތުންތުންމަތިން ދައްކާ ވާހަކަ. 2 ރައްދުއަޑު. 3 ތަނެއްގައި ޖެހިފައި އެނބުރި އަންނަ އަޑު.

ރަނބަ

ނ. ދެ އަންހެނަކު ނުވަތަ އެއަށްވުރެ ގިނަ އަންހެނުން އޮލަކޮށް ދައްކާ ވާހަކަ.

ރަނބާލި

ނ. (ހ) 1 އެމުގެ ބާވަތެއް. މިހުންނާނީ ކަޅުކޮށް ހުރަހަށް ރޮނގު ދަމާފައެވެ. މިއުޅެނީ ބުރެކި މުގުރާން ތެރޭގައެވެ. 2 (ސ) ރަތް ބުރަކި.

ރަނގަ

ނ. 1 ތަންތާނގައި ލާ ދަވާދު. 2 ތާސްބައިގައި ހިމެނޭ ހަތަރުބައިން ކުރެ ބައެއް. 3 (ހ) މާރަނގައިގެ ބާވަތެއް.

ރަނގަރަނގަ

ނ. އަޑެއްގެނަން. ޓިނު ނުވަތަ ޑަބިޔާ ފަދަ އެއްޗިހިތަކެއް ވެރިގަންނަ އަޑު.

ރަނގަބީ

ނ. ރަނގަބީ ފުޓްބޯޅަ. މިއީ ދެޓީމުގެ ދެމެދުގައި ދަނޑުގައި ކުޅޭ ކުޅިވަރެކެވެ. ގެންގުޅޭ ބޯޅައަކީ ކުކުޅުބިސްބުރަށް އޮންނަ ބޯޅައެކެވެ. މިބޯޅައިގައި ފައިންވެސް ޖެހެއެވެ. އަތުން ހިފައިގެންވެސް ގެންދެވިދާނެއެވެ. އަދި އެކަކު އަނެކަކުގެ އަތަށް ދެމުން ގެންދެވެއެވެ.

ރަނގަބީލު

ނ. 1 އެތެރެއަށް ގޮނިކޮށް ހަދައިފައި އޮންނަ މަޢުދަނީ އެއްޗެއް. މިއީ އެތެރެއިން ނުވަތަ ބޭރުން އޭގައި އެއްޗަކުން ޖެހުމުން ރީތި އަޑެއް ކިޔާގޮތަށް ހަދައިފައި ހުންނަ އެއްޗެކެވެ. 2 ރަނގަބީލު ބޭނުންކުރާގޮތަށް ބޭނުން ކުރުމަށް ތަފާތު ގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗެހި.

ރަނގަލުން

މ. ދަވާދުލުން. މިބަސް ގިނައިން ބޭނުންކުރަނީ ދޯނިފަހަރުގައި ދަވާދުލުމަށެވެ.

ރަނޑު

ނ. 1 އުޅުމާއި ޙަރަކާތްތަކުގައި މިނަށްވުރެން ބޮޑަށް ޖައްސާ އަންހެން ވައްތަރު. 2 އަންހެންދުޅާ ފިރިހެނުން ޖައްސާ އަންހެން ވައްތަރު. 3 ޅައަންހެން ކުދިން ޖައްސާ ހަރު އަންހެނުންގެ ވައްތަރު. 4 ޖޯޑު ހަމައަށް ނެތިގެން ކޮންމެ ދޫންޏަކާ އަޅާގޮވާ ކާކާލާ ވައްލަޔާއި ބިސް ފީވެގެން ދުވަސް ހަމަވާއިރު ނުވިހާ ކުކުޅުފަދަ ބައެއް އެއްޗެތި ސޭކުވެގެން އުޅޭގޮތް.

ރަނޑުކަން

ނއނ. 1 އުޅުމާއި ޙަރަކާތްތަކުގައި މިނަން ވުރެން ބޮޑުކޮށް އަންހެން ވައްތަރު ޖައްސާކަން. 2 އަންހެން ދުޅާ ފިރިހެނުން އަންހެން ވައްތަރު ޖައްސާކަން. 3 ޅައަންހެން ކުދިން ހަރު އަންހެނުންގެ ވައްތަރު ޖައްސާކަން. 4 ޖޯޑެއް ނެތިގެން ކޮންމެ ދޫންޏަކާ އަޅާގޮވާ ކާކާލާ ވައްލައާއި ބިސް ފީވެގެން ދުވަސްހަމަވާއިރު ނުވިހާ ކުކުޅުފަދަ ބައެއް އެއްޗެތި ސޭކުވެގެން އުޅޭކަން.

ރަނޑުވުން

މ. 1 އުޅުމާއި ހަރަކާތްތަކުގައި މިނަށްވުރެ ބޮޑުކޮށް އަންހެން ވައްތަރު ޖެއްސުން. 2 އަންހެންދުޅާ ފިރިހެނުން އަންހެން ވައްތަރު ޖެއްސުން. 3 ޅައަންހެންކުދިން ހަރުއަންހެނުންގެ ވައްތަރަށް އުޅުން. 4 ޖޯޑެއްނެތިގެން ކޮންމެ ދޫންޏަކާ އަޅާގޮވާ ކާކާލާ ވައްލަޔާއި ބިސްފީވެގެން ދުވަސް ހަމަވާއިރުނުވިހާ ކުކުޅުފަދަ ބައެއް އެއްޗެތި ސޭކުވުން.

ރަނަހަމާދި

ނ. 1 ކަންގަތި ކޮއްޔެއްގެ ނަން. 2 ކަލާސީންނާ ދަންޑެހެލު ބޭކަލުންގެ ވެރިޔާ.

ރަނަހަމާދިކަން

ނ. ކޮލީނަމެއް. މިއީ ކަލާސީންނާއި ދަންޑަހެލު ބޭކަލުންގެ އެންމެ މަތީވެރިކަމެވެ.

ރަނަހަމާދިކޮށި

ނ. ކުޅިޖަހާ ދެވަނަ ކޮށި. މިއީ ދަނޑި ކޮށްޓެކެވެ.

ރަނި

ނ. 1 ރަސްގެފާނުންގެ އަނބިކަނބަލަކަށް އޮންނަ ދަރަޖަ. 2 ރަސްލަކެއްގެ އަނބިކަނބަލުން. 3 ރަސްކަލެއްގެ އަނބިކަނބަލެއްގެ ދަރަޖަ ލިބިގެންވާ. 4 ރަސްގެފާނުންގެ އަނބިކަނބަލަކަށް އޮންނަ ދަރަޖަ ލިބިގެންވާ. 5 ތަޚުތުގައި އިންނަވާ އަންހެން ސާހިބާ.

ރަނިބޭކަނބަލުން

ނ. 1 ރަސްކަލުންގެ އަނބިކަނބަލުން. 2 ރަނިކަމުގެ ދަރަޖަ ލިބިގެންވާ ބޭކަނބަލުން.

ރަނިކަނބާ

ނ. 1 ޢިއްޒަތުން ފުރިހަމަ އަންހެނާ. 2 ދަރަޖަމަތިވެރި އަންހެނާ.

ރަން

ނ. 1 ގަހަނާ ހަދާ އަގުހުރި މަޝްހޫރު މަޢުދަނެއް. މީގައި ހުންނާނީ ރީނދޫ އޮފުކުލައެވެ. 2 އިންނަން އުޅޭ ފިރިހެންމީހާ އަންހެންމީހާއަށް ޝަރުޢީ ގޮތުންދޭންޖެހޭ ފައިސާ ނުވަތަ މުދާ. މީގެ މިންވަރު ކަނޑަ އަޅާނީ އަންހެންމީހާއެވެ.

ރަންހަދާދޮރާށި

ނ. ބޮޑުގަނޑުވަރުގެ މަތިގޭ ތަންދަށު (ތިރީބުރީ) ގައި އުތުރުން ދެނުކަށް އޮންނަ ފުޅާމަގުން ދެކުނު ފަރާތަށް ނުކުންނަ ދޮރު.

ރަންހިރު

ނ. ދިވެހިލިބާހުގެ ބޯވަޅުގައި މަތީ ކައިރިއާ ޖެހިގެން ބަގިޔާއެއް އޮވެފައި ދެން އަޅާ ހިރު މިއީ އާދައިގެ ކަސަބުނަމަ ދޮޅުފަށުން ނުވަމަޅީގައި ގަތާފައި އޮންނަ ހިރެކެވެ.

ރަންނަބަނޑޭރި

ނއ. ހަތްދަށުކޮލީގެ ނަމެއް.

ރަންނަބަނޑޭރިކަން

ނ. ދައުލަތުގެ ޚަޒާނާ ބަލަހައްޓާކަން. (ބޮޑުބަނޑޭރިކަން)

ރަންނަބަނޑޭރިކިލަގެ

ނ. ހަތްދަށުކޮލީގެ ރަންނަބަނޑޭރިކަން ދެއްވައިފައިވާ މީހާ.

ރަންރޮނގުލޮނދިމަސް

ނ. ފާނައާ ވަރަށް އެއްގޮތް ސިފައެއްގައި ހުންނަ މަހެއް. މިމަހުގެ ބޭރު ހަންގަނޑުގައި ވިހަ ލޮންޖެއް ހުރެއެވެ. މަހުގެ ދެއަރިމަތީގައި މަހުގެ ދިގަށް ރަތްކުލައިގެ ފަސް ރޮނގު ނުވަތަ ހަ ރޮނގު ހުރެއެވެ. ބުރަކަށިމަތީގެ ކޮތަރިބައިގެ ހަރު ކަށިތައް ހުންނާނީ ގަދަމުށި ކުލައިގައެވެ

ރަންބިހެއްއެޅިގެންއުޅުން

މ. [މަޖާޒު] މީހަކަށް މުދަލެއް ނުވަތަ ޢިއްޒަތެއް ލިބުނީމާ އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދެއްކެން އުޅުން.

ރަންބިންދުށުން

މ. [މަޖާޒު] 1 މީހަކަށް މުދާތަކެއް ލިބިގެން އުޅޭނެ ނޫޅޭނެ ގޮތެއް ނޭގިގެން އުޅެންފެށީމާ ބުނާގޮތް. 2 ކުކުޅުހާ ތަންތާ ތިބެފައި ވީކަމެއް ނޭގި ކަރުދަމައިގެން ދުއްވައިގަތުމަށް ބުނެއުޅޭ ބަހެއް.

ރަންބިސްމިނާ

ނ. މިނާފުއް ވަރަށް ހަދައިފައި ހުންނަ ކުދި ރަންކުލައިގެ ބޮކި.

ރަންބޮލި

ނ. (އ) ރަންކުލައިގެ ކުޑަބޮއްޔެއް. މިބޮލީގައި އެއްވެސް ކުރެހުމެއް ނުހުރެއެވެ. މިއީވަރަށް އޮފުގަދަ ބޮއްޔެކެވެ. ޢާންމުގޮތެއްގައި މިބޮލި އެންމެ ގިނައިން ފެންނާނީ އުރަފަށުގައި ހުންނަ ބިޔަގާތައް ނައްޓައިލާއިރު އެ ގާތަކުގެ ދަށުންނެވެ.

ރަންކަނިބުރުން

މ. 1 ލޯމަތިން ރަންކަނިތަކެއް ފަދަ އެއްޗެހިތަކެއް ފެންނަގޮތްވުން. 2 ބޮލަށް ބާރުކުރާގޮތަށް އެއްޗަކުން ޖެހުމުން ލޮލުގެ ކުރިމަތިން އަލިކޮޅުކޮޅު ފެނުން. 3 [މަޖާޒު] ރުޅި އައިސްފައިވާލެއް ބޮޑުކަން ބަޔާން ކުރުމުގެ ގޮތުން ބުނާ ބަހެއް.

ރަންކަނިޖެހުން

މ. [މަޖާޒު] މާގަދަޔަށް ރުޅިއައުން.

ރަންއިލޮށިން ކަދުރުކެއުން

މ. [މަޖާޒު] ނުލިބޭފަދަ މޮޅުއެއްޗެއް ހޯދަން އުޅުން.

ރަންވަންލޯ

ނ. ރަންކުލައިގެ ލޯ. މިހަދަނީ ރަތުލޮޔާ ތުތިޔާއާ އެއްކޮށްގެންނެވެ.

ރަންވަންގަލަދުން

ނ. (ސ) އަނދުނުގެ ބާވަތެއް. މިގަލަދުމަށް އިރުގެ ދަޅައެޅުނީމާ ނުވަތަ އަލި އެޅުނީމާ ފެންނާނީ ރަންކުލައިގައެވެ.

ރަންވަރަނގު

ނ. އެއްފުށް ހުދުކުލައިގައި އަނެއް ފުށް ރަންކުލައިގައި ހުންނަ ކަރުދާހެއް. މިއީ، އިހުގައި ތަންތަން ޒީނަތްތެރިކުރުމަށް އެކި އެއްޗެހި ހަދަން ބޭނުންކުރާ އެއްޗެކެވެ.

ރަންމަތީލުން

މ. ދިރޭރަހަޔާއި އިބްރާހީމު ރަނުގެ ކުނޑިޔާ އޮޑިހަނަކަށް އަޅައިގެން ހަތާވީސް ގަޑިއިރުވަންދެން އެއްކުރުމަށްފަހު ރަންމަތީލާންވީ އެތި އަލިފާނުން ރަނގަޅަށް ދޮންކޮށް ތެޔޮކަނޑުވައިލައި ހިހޫވީމާ ލުނބޯހުތާ، ސައިބޯނިއޮށުގެ ފެނުން ލޯނަރު ބުރުސް އަޅައި ރަނގަޅަށް ދޮވެސާފުކޮށްލައި އޭގެފަހުން ރަންމަތީލާއެތީގައި ރަނގަޅަށް އޮޑިހަނުގައި ގާނައިފައި ހުރި ކުނޑިތައް ކުޑަ ފިއްސަކުން ހާކައިލައި އެއްވަރުކޮށް ލުމަށްފަހު އަނެއްކާވެސް އަލިފާން މަތީބާއްވައިލައި ހޫނުކޮށްލާނެއެވެ. އޭރުންދިރޭ ރަހައިގެ ބައި ދުމަށްވެގެން ހިނގައިދާނެއެވެ. އޭރުން ރަންކުނޑި ހުންނާނީ އޭގައި ހަރުލާފައެވެ. ދެން އޭގެ މަތިން އޮފުއަރުވާ ކަށި ކާއްތައި އޮފުއަރުވައި، ކުރެހުން ނުވަތަ ލިޔުންގަނޑެއްނަމަ، އޭގެ ތެރޭގައި ކާށި ކާއްތާ އޮފު އަރުވައި ހިކިކޮށް ހުރި އުއްތަން ހަދައިފައި ހުންނަ ބޭހުން އެތިފޮތެއް އޭގެ މަތީގައި ހާކައިލައި އަނެއްކާ އަލިފާނުން ހޫނުކޮށްލާނީއެވެ. އޭރުން ހުންނާނީ އޭގެ މައްޗަށް ރަންކުލަ އައިސްފައެވެ. ދެން ފެންފޮދަކުން ދޮވެލައި ބުރުހުން ސާފުކޮށްލުމުން ރަންމަތީލެވުނީއެވެ.

ރަންމަސް

ނ. ކަޅުބިލަމަހުގެ ތެރޭގައި ރޮނގުނުދަމާ ރަންކުލައިގައި ހުންނަ މަސް.

ރަންމީބަ

ނއ. [ބޯދާ] ރަން ފަދަ.

ރަންފުޅު

ނ. 1 ބޮޑުމުސްކުޅި ބޭކަލުންނަށް ލިބޭ ދަރިންނަށް ކިޔާ ރަސްމީ ނަމެއް. 2 މައިންބަފައިން ދަރިންދެކެ ލޯބިން ކިޔާނަމެއް.

ރަންދަނޑި

ނ. 1 ބިމުގެ އަޑީގައި ދުވާކަމަށް ހީކުރެވޭ ރަނުގެ ދަނޑި. 2 [މާކެޔޮޅުކަމުގެ] މާކެޔޮޅު ކަމުދާމީހުން މިޔަރުގައި އަޅުވާން ގެންގުޅޭ މަޅިއެއް.

ރަންދަނޑި ދިޔަމަގު

ނ. ބިމުއަޑީގައި ރަންދަނޑި ދުވެފައިވާ ކަމަށް ހީކުރާ ރޮނގު.

ރަންދަރިފުޅު

ނ. އެންމެ ލޯބިވާ ދަރިފުޅު.

ރަންދަޅަ

ނ. ރަތްވިލާ ދަޅަމަތީން ފެންނަ ރަންކުލަ.

ރަންދިކަނބާ

ނ. ރަދުންގެ އަންހެން ބޭފުޅުންނަށް ދައުލަތުން ދެއްވާ ކޮލީ ނަމެއް.

ރަންގުބަށި

ނ. ދަނބުކުލައިގެ ބަށި.

ރަންގުކައްޓަލަ

ނ. ކައްޓަލައިގެ ބާވަތެއް. މީގެ އެތެރެ ހުންނާނީ މަޑު ދަނބު ކުލައެއްގައެވެ.

ރަންގުވެޔޮ

ނ. ރަންގުއޮށް އަޅާ ވެޔޮ. މިވެޔޮހެދެނީ ގަސްގަހުގައި ހަކި ހިއްޕައިގެންނެވެ. އޭގައި އަޅާ އޮށް ފިތައިލީމާ ނިކުންނާނީ ރަންގުކުލައެވެ. މިވެލުގެ ފަތް ވަރަށް ކުދިވާނެއެވެ. މިއީ ވަލުގައި ވަރަށް ގަދަޔަށް ހެދޭ ވެލެކެވެ. މިވެޔޮ ރުކަކަށް އަރައިފިއްޔާ ރުއް މަރުވެސް ވެދާނެއެވެ.

ރަންގުފަޅޯ

ނ. ފަޅޮލުގެ ބާވަތެއް މީގެ އެތެރެ ހުންނާނީ މަޑުރަތް ދަނބުކުލައެއްގައެވެ.

ރަންގުފަޓާސް

ނ. ހުއިފިލަނޑާގެ ވައްތަރެއް. މީގައި އަތް ޖައްސާލީމާ މޫދަށާ އަތަށް ރަންގުކުލަ ދުއްވާލައެވެ.

ރަންގުފޭރު

ނ. ފޭރުގެ ބާވަތެއް. މީގެ އެތެރެ ހުންނާނީ ރަތް ދަނބުކުލައިގައެވެ.

ރަންގެރި

ނ. ފަތިކޮށްފުޅާކޮށް ހުންނަ އަނގަކުޑަ މަހެއް. މަހުގެ ކުލައަކީ އަޅިމުށިކުލައެވެ. ތުނބުންފެށިގެން ނިތްމަތި ހުންނަނީ ކަޅުކުލައިގައެވެ. އަނގައިގެ ތިރީކައިރީން ފެށިގެން ލޮލުގެ ދަށްފަރާތާ ހަމައަށް ރީނދޫ ކުލައިގެ ފުޅާ ރޮނގެއް ހުރެއެވެ.

ރަބަރު

ނ. 1 ރަބަރުގަހުގެ ކިރުން ތައްޔާރުކުރާ ދެމޭގޮތް ހުންނަ އެއްޗެއް. މިއިން ވަރަށް ގިނަތަކެތި ހަދާއިއުޅެއެވެ. 2 ހަރުވާޅާއި ޖަންގިޔާފަދަ ތަކެތީގެ އަންނަފަށަށް ލައްވާ ދެމޭގޮތް ހުންނަ ކޮންމެ އެއްޗެއް. 3 ހަށިގަނޑުން ނުކުންނަ ނަޖިސްފަދަ ހަޑިތަކެތީން ތަންމަތި ރައްކާތެރިކުރުމަށް ތަންމަތީ ގައިއަޅާ ރަބަރުފޮތިގަނޑު. 4 އިލާސްޓިކްފަށް.

ރަބަރުފޮތި

ނ. ފޮތިހައި ތުނިކޮށް ރަބަރުން ހަދައިފައި ހުންނަ އެއްޗެއް.

ރަކަރަކަ

ނ. 1 ގިނަ ބަޔަކު ތަނަކަށް އެއްވެގެން އުޅޭއިރު އެއުޅެވޭގޮތާ ދައްކާ ވާހައިން އިވޭ އަޑުތައް. 2 އުދުހޭ ދޫންޏާއި މޫދުމަސް ފަދަ ތަކެތި އެއްތާކަށް އެއްވެ މާބޮޑަށް ބޮނޑިވެގެން އުޅޭއިރު އެއުޅެވޭގޮތް ނުވަތަ އިވޭ އަޑުތައް.

ރަކަރަކަ އެޅުން

މ. 1 ގިނަބަޔަކު ތަނަކަށް އެއްވެގެން އުޅޭއިރު އެއުޅެވޭގޮތާއި އަޑުތައް އުފެދުން. 2 ދޫންޏާއި މަސްފަދަ ތަކެތި އެއްތާކަށް މާބޮޑަށް ބޮނޑިވެގަތީމާ އުޅެވޭ ގޮތާއި އަޑުތައް އުފެދުން.

ރަކިކޮށްޓުން

މ. (ސ) ހިތްކިޔާވަރުގެ އަންހެންކުދީންނާއި ފިރިހެން ކުދިން ވާހަކަ ދައްކާލީމާ ލަދުގަންނަގޮތްވުން.

ރަކުޢަތް

ނ. ޤިޔާމަކާއި ރުކޫޢަކާއި، ދެސަޖިދަ ހިމެނޭގޮތަށް ނަމާދުގައި ކުރެވޭ ޙަރަކާތްތައް.

ރައިނެގުން

މ. (ސ) 1 ނަނު ދޫކޮށްފައި އަޑީގައި ޖެހުނީމާ ދޫވެފައި ހުންނަތަންތަނަށް ދަމައިވާންކުރުން. 2 ވާއެޅުމުގައި ދޫވެފައިވާ އުޅިއެއް އެހެން އުޅިތަކާއި އެއްވަރަށް ވާންކުރުން.

ރައިވަރު

ނ. ދިވެހިޅެމުގެ ބާވަތެއް. މިހެދިފައި ހުންނަނީ، ތިންބަހުންނާއި ހަބަހުންނެވެ. ކުރީން މިއަށްވުރެ ގިނަބަހުންވެސް ރައިވަރު ހަދައި އުޅެއެވެ.

ރައިވަރުފުރޭތަ

ނ. 1 ރައިވަރު ހަދަން ދަސްކޮށްދޭ ކަމަށް ހީކުރާ ޚިޔާލީ ފުރޭތައެއް. 2 ރައިވަރުގެ ޚިޔާލީ އެދުރު. 3 [މަޖާޒު] ގިނަރައިވަރު ދަންނަމީހާ.

ރައިފަލު

ނ. އަތްމަތީގައި ގެންގުޅެވޭ ގޮތަށް ހަދައިފައި ހުންނަ ބަޑީގެ ޚާއްޞަ ބާވަތެއް: މިބާވަތުގެ ބަޑީގެ ވަޒަން ނުކުމެގެން ދާހޮޅީގެ އެތެރެ، ހަދައިފައި ހުންނަގޮތުން ބަޑިން ނުކުމެގެންދާ ވަޒަންދާނީ ވަކިގޮތަކަށް އެނބުރެމުންނެވެ. މިބާވަތުގެ ބަޑީގެ އޮޓޮމެޓިކް ވައްތަރުތަކާއި، އޮޓޮމެޓިކްނޫން ވައްތަރުތައްވެސް ހުރެއެވެ.

ރައީސް

ނ. 1 ޖުމްހޫރީ ވެރިކަމުގެ ވެރިޔާ. 2 ޖަމްޢިއްޔާ ކޮމިޓީ މަޖިލިސް ފަދަތަންތާގެ ވެރިޔާ.

ރައީސްކަން

ނ. 1 ޖުމްހޫރީ ވެރިކަމުގެ އިސްވެރިކަން. 2 ޖަމްޢިއްޔާ، ކޮމިޓީ، މަޖިލިސް ފަދަ ތަންތާގެ ވެރިކަން.

ރައްބި

ނ. ހައްދަވައިބޮޑުކުރެއްވި މާތްރަސްކަލާނގެ.

ރައްކަލަށްވަނުން

މ. ރައްކައުތެރިކަމުގެ ދަށަށްވަނުން.

ރައްކާވެތިބިއްޔާދަތުރެވެ.

[ހަރުބަސް] 1 ދަތުރުކުރެވޭނީ ސަލާމަތްވާނެމަގު ހޯދައިގެންނެވެ. 2 ވިސްނާބަލައިގެން އުޅޭށޭ.

ރައްކޯބައިން

ނ. (ސ) 1 ރިޔާ ކުނބުކުރީގައި ގެއްސުމަށް ހަންޖާވާންކުރާއިރު ދެހަންޖާއެއްކޮށް އަތްފޯރާ ހިސާބުގައި ބަންނަވާފަށް. 2 ގުޅިރުއްކަނޑާއިރު ރުކާއެއްކޮށް އުނަގަނޑުގައި ބައްދާވާފަށް. 3 [މަޖާޒު] ބައެއްޒާތުގެ ކަންކަމުގައި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅު. މިސާލު: މިރުސްގަސް ފަދަ ގަސްގަސް އިންދައިފައި އެތަންވަށާ ދަމާފަށް.

ރައްދިދިމުޑު

ނ. (ސ) ރަތްދަތި މުޑު.

ރައްޔިތުންގެމަޖިލީސް

ނ. ޤާނޫނު ހަދައި ފާސްކުޅައުމަށް އުފައްދާފައިވާ މަޖިލީސް.

ރައްޔިތުންގެދިދަ

ނ. ދިވެހި ދިދަޔާ އެއްގޮތަށް ކުލަތައް ހުރެފާ ހަނދުފަޅީގެ ބަދަލުގާ ހުދުކުލައިން އެއަތޮޅެއްގެ އަކުރު ޖަހައިފައި ހުރި ދިދައެއް. މި ދިދަ ބޭނުން ކުރައްވައި އުޅުއްވީ އަތޮޅުވެރިން އަތޮޅު ތެރޭގައި ދަތުރު ކުރައްވާއިރުއެވެ.

ރަވާ

ނ. ގޮދަނުގެފުށުން ރެވިއޮށެއްހާ ވަރަށް ހަދައިފައި ހުންނަ ފުއްތަކެއް. މިހުންނަނީ ހުދުކުލައިގައެވެ. މީ ޢާންމުގޮތެއްގައި ސޫޖީ ކައްކަން ބޭނުންކުރާ އެއްޗެކެވެ.

ރަވާނާ

ނ. ފުރުމަށް ހުއްދަ ދީފައިވާ ލިއުން.

ރަވާބީނާ

ނ. އެސްފީނާ ގަދަމީހާ.

ރަވޯ

ނ. ކުޑަކުދިންނާ ފޮށިގަންނަކަމަށް ބުނާ ދެތްވެއް. މީގެ އުނދަގޫ ޖެހުމުން. ކުއްޖާ ބަލިވެއުޅެން ފަށައެވެ. މަތިބަލައި ރޮއިހަދައެވެ. ބޮޑުވުން ހުއްޓި ކަޅުކަޅީގެ ކުލަ ހުދުވެއެވެ. ބޯބޮޑުވެ ގާތުން ކިރު ނުބޯންއުޅެއެވެ. މިބަލިޖެހިފައިތިބޭ ކުދިންނަށް ރަވޯ ކައިފައިތިބޭ ކުދިންނޭ ކިޔައެވެ.

ރަމަންނެގުން

މ. 1 ބިރުގަނެގެން ނުވަތަ ދެހާ ތަޅައިގެން ބަލިވާ ހައު. ކެޔޮފޮތީގެ ފަހަތުގައި ހުންނަ ފަތްކޮޅު އުފުލުން. އެހެންވެސް ޖަނަވާރު އެއަށްވުރެ ގަދައެއްޗެއް ފެނުނީމާ ބިރުން ދިއުމަށްވެސް ކިޔަނީ މިހެންނެވެ. 2 [މަޖާޒު] މީހަކު މާމޮޅު މީހަކަށް ހެދިގެން އުޅެނިކޮށް މޮޅުމީހަކު އައީމާ ހެދިގެން އުޅޭ މީހާ ދެރަވުން.

ރަމަންރަމަންފޯލި

ނ. ކުޑަކުދިން މުގޯލި އަޅައިގެން ކުޅޭ ކުޅިވަރެއް. މިކުޅިވަރުގައި މުގޯލިތައް ހުންނަނީ މެދުގައި އެއް މުގޯލި އަޅައި އޭގެ ވަށައިގެން އެހެން މުގޯލިތައް ހުންނަ ގޮތަށެވެ. މިމުގޯލިތައް އަޅާނީ ކުދިން ތިބި ޢަދަދަކަށެވެ. މެދު މުގޯލީގައި ހުންނަ ކުއްޖާ ހުންނާނީ ތުނި ފޮތިކޮޅަކުން ކަނުބަނދެފައެވެ. އެކުއްޖާ ރަމަންރަމަންފޯލި ކޮބައިހޭ ކިޔާފައި އެއް މުގޯލިން އަނެއް މުގޯއްޔަށް ހިނގާއިރު އޭނާގެ އަތުނުޖެހޭން ވެގެން ކުދީން އެއް މުގޯލިން އަނެއް މުގޯއްޔަށް ދުވާނެއެވެ. ކަނުބަނދެފައިވާ ކުއްޖާ މުގޯލިން ބޭރުގައި ހުރި ކުއްޖެއްގެ ގައިގައި އަތް ލެވިއްޖެނަމަ އެ އަތް ލެވުނު ކުއްޖާ ނުބައިވާނެއެވެ. އެއީ ރަމަންރަމަން ފޯއްޔެވެ.

ރަމަޟާން

ނ. 1 ހިޖުރީ ކަލަންޑަރުގެ 9 ވަނަމަސް. 2 ރަމްޟާންމަސް. 3 ރޯދަމަސް.

ރަމްޒާންމޭނާ

ނ. ދަނޑިބެރުގެ ނަންހުރި ބޮޑު ލަވައެއް.

ރަމްޒު

ނ. 1 އިޝާރާތް. 2 ނަމުގެ ބަދަލުގައި ޖަހައިފައި ހުންނަ އަކުރު ނުވަތަ އަކުރުތައް. 3 ފާހަގަ. 4 ނިޝާން.

ރަމްޒުކުރުން

މ. 1 އިޝާރަތްކުރުން. 2 ނަމުގެ ބަދަލުގައި ޖަހައިފައި ހުންނަ އަކުރު ނުވަތަ އަކުރުތައް ޖެހުން. 3 ފާހަގަ ކުރުން. 4 ނިޝާންޖެހުން.

ރަފަރަފަ

ނ. 1 ލަކުޑިތަކެއް ނުވަތަ ފަލަ ދަރުތަކެއް އެއްފަހަރާ ތަނަކަށް އެޅިގެންދާއިރު އިވޭއަޑު. 2 ގޭގެއާއި ހަރުގެ ފަދަތަންތަން ވެއްޓިގެން ދާއިރު އިވޭއަޑު.

ރަދި

ނ. ދޮށްދަނޑީގެ ފުލުގައި އެޅުވުމަށް ހެތުރުގައި ޖަހާމަޅި.

ރަތްރޭރު

ނ. ރޭރުގެ ބާވަތެއް. މިރޭރު ހުންނާނީ އާދައިގެ ރޭރަށްވުރެ ބޮޑެތިކޮށް ބޮނޑި މަސްކޮށެވެ. ބުރަކަށީމަތީ ފަތްތައް ހުންނާނީ ރަތްކުލައިގައެވެ.

ރަތްދަނޑިމައްސާގު

ނ. ރަތްދަނޑި ސާގު.

ރަތުލޯ

ނ. ރަތްކުލަޔަކަށްދާމަޢުދަނެއް.

ރަތް ބުރުލީފާނަ

ނ. އާދައިގެ ފާނައަށްވުރެ ފަހަތުކޮޅަށް ހިމަކޮށް ހުންނަ ރަތްކުލައިގެ ފާނައެއް.

ރަތްހޮނޑަލި

ނ. ހޮނޑަލީގެ ބާވަތެއް. މިއީ އާދައިގެ ހޮނޑައްޔަށްވުރެ ފަލަ، ކުޑަކޮށް ރީނދޫކޮށް ހުންނަ އެމެކެވެ.

ރަތްރީނދޫ

ނ. ރަތްކުލައާއި ރީނދޫކުލައާއި ދެމެދުގެ ކުލައެއް. މިކުލައިން ބޮޑަށް ބަލާއިރު ފާޅުކަންގަދަވާނީ ރީނދޫކުލައެވެ.

ރަތްރީނދޫމަސް

ނ. އާއްމު ބައްޓަން ރީނދޫ މަހާ އެއްގޮތްމަހެއް. މަހުގެ ކުލައަކީ ރަތްކުލައެވެ. މަހުގެ ބުރަކަށި މައްޗާއި ދެއަރިމަތީގެ ކުލައަކީ ރަތްކުލަ ނުވަތަ ގަދަ ފިޔާތޮށި ކުލައެވެ. މަހުގެ ދެއަރިމަތީގައި ދިގަށް ރީނދޫކުލައިގެ ދިހަ ރޮނގު ނުވަތަ ބާރަ ރޮނގު ހުރެއެވެ. ކޮތަރިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ.

ރަތްބަނޑުލަނޑާ

ނ. ލަނޑާގެބާވަތެއް: މިއީ ތޮށިކައިރީގައި އުޅޭ ބަނޑުދަށް ރަތް ކުލައިގައި ހުންނަ ލަނޑައެކެވެ. ބުރަކަށިމަތީގައި ހުންނަނީ މަޑުރަތްކުލައެކެވެ.

ރަތްކަށި

ނ. (ސ) ފަރުމަހުގެ ބާވަތެއް، މިމަހުގެ ލޯބޮޑުވެފައި ހުޅުނބު ވަރުގަދަވާނެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ބަނޑުދަށްފަރާތްހުންނަނީ ރަތްކުލަޔަކާ އެކުވެފައިވާ ހުދުކުލައެއްގައެވެ.

ރަތްކަށިމާ

ނ. ކަށިމަލުގެ ބާވަތެއް. މިބާވަތުގެ މަލުގައި އާދައިގެ ކަށިމަލުގައި ހުންނަ ކަހަލަ މީރު ވަހެއް ނުހުންނާނެއެވެ.

ރަތްކަނދޮޅު

ނ. ކަނދޮޅުގެ ބާވަތެއް. މީގެ ފަތްތައް ވަރިބޯވެފައި ހިމަދިގުވާނެއެވެ. މިއީ ފަތްތަކުގެ މަތީފުށް ގަދަފެހިކުލައިގައި ދަށްފުށް ރަތްދަނބުކުލައިގައި ހުންނަ ގަހެކެވެ. ހެދެމުންދަނީ ފީނިވަމުން ވަރުގަދަކޮށެވެ. މާ ނިކުންނާނީ ކޮންމެ ފަތެއްގެ ބުޑުންނެވެ. މާ ހުންނާނީ ރިނދައްޔާ ވައްތަރު ތޫރިއެއް ތެރޭގައެވެ. މީގެތެރޭގައި ހުންނަނީ ހުދުކުލައިގެ ތިންފިޔަލީ، ވަރަށް ކުޑަކުޑަ ދެތިންމަލެވެ.

ރަތްކަޅޭށި

ނ. (ސ) ގަދަރަތްކުލައިގެ ކަޅުއޮށް.

ރަތްކިރު އަލަ

ނ. 1 ފުރެއްދެއަލައިގެ ބާވަތެއް މި ގަހުގެ ފަތުގެ ނާރުތަކާ ތަނޑުހުންނާނީ ދަނބުކުލައިގައެވެ. ފަތްހުންނާނީ ފުޅާކޮށެވެ. 2 ކަޅުކިރުއަލަ.

ރަތްކިރުޅިރައިވެރިމަސް

ނ. ރައިވެރިމަހުގެ ބާވަތެއް މިމަހުގެ ކުލައަކީ ދަނބުކުލައަކަށްދާ ކިރުޅިކުލައެކެވެ. ކަންފަތްމަތީގައި ތިނެސްކަނަށް ހުންނަ ހުދުކުލައިގެ ލަފެއް ހުރެއެވެ. މިމަހުގެ ބުރިކަށިމަތީގެ ކޮތަރިބައިގެ ކަށިތަކުގެ ދެކަށިދޭތެރޭގެ ދުލިފަށުގައި ހުންނަނީ މަޑު ރަތްކުލައެވެ.

ރަތްކެޔޮ

ނ. 1 ރަތް ދަނބުކުލައިގެކެޔޮ. 2 މަލާބާރީ ކެޔޮ. 3 ބޮންތި ރަތްކެޔޮ.

ރަތްކޮތަރިރައިވެރިމަސް

ނ. ރައިވެރިމަހުގެ ބާވަތެއް. މިމަހުގެ ކުލައަކީ ރިހިކުލައެވެ. މިރިހިކުލައާއެކު ރަތްކުލައިގެ ދަޅައެއް މަހުގައި ހުރެއެވެ. ނިގޫފަތް ހުންނާނީ މަޑުރަތްކުލައިގައެވެ.

ރަތްއޮނުގަނޑުތޮޅި

ނ. ތޮޅީގެބާވަތެއް. މިއީ ނިގޫފަތުގެ މެދުގައި ދިގުނަރުވައެއް ހުންނަ އަނޮގަކުޑަ މަހެކެވެ. މިމަހުގެ މަތީބައިގެ ކުލައަކީ ރަތްމުށިކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ރިހިކުލައިގައެވެ.

ރަތްވިނަ

ނ. ވިނައިގެބާވަތެއް. މިވިނައިގެ ފަތްހުންނާނީ ކަޅު ރަތްކޮށެވެ. ތަނޑިތައްވެސް ރަތްވާނެއެވެ. ހެދޭނީ ވަރަށް ގިނަކުރިލައި ބޮނޑިބޮނޑިއަށް އެކުލަވާފައެވެ. މިގަހުގެ އުސްމިނަކީ ގާތްގަޑަކަށް ހަ އިންޗިއެވެ. މިގަހުގެ ކުލަގަދަވެ ގަދައަށް ހެދޭނީ އަވިދޭ ތަނެއްގައެވެ.

ރަތްވިލާ

ނ. އިރުއޮއްސޭއިރު ހުޅަނގު ފަރާތު އުދަރެހުން ކުލަކުލައިގައި ފެންނަވިލާ.

ރަތްވިލާކުލަ

ނ. އަލި ރަތްދަނބުކުލަ.

ރަތްވިލާއޮއްސުން

މ. އިރުއޮއްސޭއިރު ހުޅަނގު ފަރާތު އުދަރެހުގައި ހުންނަ ކުލަތައް ފިލައިގެން ދިޔުން.

ރަތްވިލާދަޅަ

ނ. ރަތްވިލާލާންވެގެން އުދަރެހަށް އަރާކުލަވަރު.

ރަތްވިލާދަޅަޖެހުން

މ. ރަތްވިލާގެ ދަޅަ ފެންނާން ފެށުން.

ރަތްވިލާލުން

މ. އިރުއޮއްސޭއިރު އުދަރެހުގައި ހުންނަވިލާތަކަށް ކުލަކުލައެރުން.

ރަތްވުން

މ. 1 ރަތްކުލަޖެހުން. 2 [މަޖާޒު] ގަދަޔަށް ރުޅިއައުން.

ރަތްމުށި

ނ. 1 އާދައިގެ ތަވަޔާ ބަނޑިޔާ ހަދައިފައި ހުންނަ މުށި. 2 އާދައިގެ ތަވަޔާ ބަނޑިޔަލުގެ ކުލަ.

ރަތްމުރަކަ

ނ. މަޑުރަތްކުލައެއްގައި ހުންނަ މުރަކައެއް މިއީ ވަރަށް ބޮޑެތިކޮށް ހެދޭމުރަކަ އެކެވެ. މިމުރަކަ ނަގަނީ ކަނޑުންނެވެ. މިމުރަކައިން ގަހަނާ ހަދައެވެ. މިއީ ދުނިޔޭގައި ވަރަށް އަގުބޮޑު އެއްޗެކެވެ.

ރަތްފަށަލަ

ނ. ލޮލުގެބައްޔެއް. މިބަލިޖެހެނީ ފުރަތަމަ ބޮލުގެމެދުގައި ވަރަށް ގަދަޔަށް ރިއްސާފައެވެ. މިބަލިޖެހުނީމާ ލޮލުގެ ކޮއި ބޮޑުވެ މުޅިލޯ ވަރަށް ރަތްވާނެއެވެ.

ރަތްފުރޯދަނޑި

ނ. (ސ) ފުރޯދަނޑިދޫނި.

ރަތްފުސް

ނ. ލޮލުގެ ނުރައްކާތެރި ބައްޔެއް. މި ބަލިޖެހުމުން ލޮލުގެ އަޑީފަށަލައިގައި ހުންނަ ލޭނާރުތައް ދުޅަވެ، ލޮލުގެ ހުދުކަޅީގެ ދުލިފަށްވެސް ދުޅަވުމުގެ ސަބަބުން ލޮލުން ފެން އަންނަން ފަށައެވެ. އަދި ވަރަށް ގަދައަށް ރިހެއެވެ.

ރަތްފޫކުރޮނޑު

ނ. (އ) ދަތްފުކުރޮނޑު.

ރަތްދަނބަރުއް

ނ. (ސ) ރަސްދަނބުރުއް.

ރަތްދަނބު

ނ. 1 ދޮންވެ ފައްކާ ނުވާ ދަނބު (ދަނބުގަހުގެމޭވާ) މިއަށް ކަޅުދަނބުކުލަ އަންނާނީ ފައްކާވީމައެވެ. 2 ގަދަ ވައިލެޓްކުލަ.

ރަތްދަނބުރުއް

ނ. (ހ) ރަސްދަނބުރުއް.

ރަތްދަނޑިފިލާ

ނ. ރަތްދަނޑިސާގު.

ރަތްދަޅަ

ނ. 1 ރަތްކުލައގެ ދަޅަ. 2 [މަޖާޒު] ހަޤީޤަތާ ޚިލާފަށް ދައްކާ މޮޅުކަން. 3 (ސ) ރަތްވިލާ. 4 (ހ،އ) އުދަރެހަށް އަރައިފައި ހުންނަ ރަތްކުލަ.

ރަތްދަޅަދެއްކުން

ނ. [މަޖާޒު] 1 ހަޤީގަތާ ޚިލާފަށް މޮޅުކަން ދެއްކުން. 2 ދަޅަދެއްކުން.

ރަތްދަކައަވި

ނ. 1 އެއްވެސް ހުރަހެއްނެތި ދޭއަވި. 2 ގަދައަވި.

ރަތްދަތި

ނ. (އ) ރަތްދަތިލަނޑާ.

ރަތްދަތިމަސް

ނ. ފަރުމަހުގެ ބާވަތެއް. މިމަހުގެ ކޮތަރި އާއި ބޯކޮޅުގައި ހުންނާނީ ގަދަ ރަތްކުލައެވެ.

ރަތްދަތިމުޑު

ނ. (ސ) ފާނައިގެ ބާވަތެއް. މިއީ ފަތިކޮށް ހިމަދިގުކޮށް ހުންނަ މަހެކެވެ. މިމަހުގެ އަނގަބޮޑުވެފައި ދަތްތައް އާދަޔާ ޚިލާފަށް ވަރުގަދަ ވާނެއެވެ. މިމަހުގެ ހުޅުނބު ތަކުގެ ކުލަ ކަލުވެފައި ހުޅުނބުތަކުގެ މަތީބައި ހުންނަނީ ތަންކޮޅެއް އަލި ކުލައެއްގައެވެ.

ރަތްތަގައްލާ

ނ. ކުލަގަދަ ކެހެރި ޒާތުގެމޮޅު ފޮއްޗެއް.

ރަތްތިކިފާނަ

ނ. ފާނައިގެ ބާވަތެއް. މިމަހުގައި ގަދަރަތްކުލައިގެ ތިކިތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ބަނޑުދަށް ފަރާތު ކޮތަރިބަޔާ ނިގޫފަތުގެ ކޮޅު ހުންނާނީ ވަށްކޮށެވެ. މިމަހުގެ ނިގޫފަތުގައި ރަތްމުށިކުލައިގެ ފުޅާރޮނގެއް ހުރެއެވެ.

ރަތްލާޖެހި

ނއ. [މަޖާޒު] 1 އެންމެންދަންނަ. 2 މަޝްހޫރު. މިބަސްބޭނުންކުރަނީ، މީހުންނާ ނިސްބަތްކޮށެވެ.

ރަތްލިލީ

ނ. ލިލީގެ ބާވަތެއް. މިމަލުގެ ފިޔަ ހުންނަނީ އޮރެންޖުކުލައިގައެވެ. މިގަހުގެ ފަތް ހުންނަނީ އާދައިގެ ލިލީގަހުގެ ފަތަށްވުރެ ކުރުކޮށެވެ. ފަތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ފޫޓެކެވެ.

ރަތްގަޅިފާނަ

ނ. ފާނައިގެ ބާވަތެއް. މިމަހުގެ ކަންފަތްގަނޑުކޮޅާ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިމަހުގެ ކުލައަކީ އޮރެންޖްކުލައެވެ. ދެއަރިމަތީގައި ހުރަހަށް ގަދަރަތްކުލައިގެ ގަޅިތަކެއް ހުރެއެވެ. މިގަޅިތައް ސާފުކޮށް ފެންނަން ހުންނަނީ މަހުގެ މަތީބައިގައި އެކަންޏެވެ.

ރަތްގެދަ

ނ. ގެދައިގެ ރަތް ވައްތަރު.

ރަތްގޮވި

ނ. ފަނިފަކުސައެއް. މިއީ ޢާއްމުކޮށް ކަރާ ވެލުގައި އަޅާއެއްޗެކެވެ. މީގެ ތޮށިގަނޑުވަރަށް ހަރުވާނެއެވެ. ކުލައަކީ ރަތްކުލައެވެ. ފަތުގެ ދަށްފަރާތުގައި އިނދެގެން ފަތްކަމުން ގެންދާނެއެވެ.

ރަތްޖަޑާ

ނ. ޖަޑާގެ ބޮޑެތި ވައްތަރު. މިޖަޑާގެ ފިޔައާއި، ހަށިގަނޑު ރަތްވެފައި ފިޔައިގެ ދަށުން ހަށިގަނޑާއި ގުޅޭ ހިސާބުގައި ދިހުން ކުލައެއް ހުރެއެވެ. މިއީ ދޮންދޫނި މޫސުމަށް އައިސްއުޅޭ އެއްޗެކެވެ.

ރަސް

ނއ. 1 ރަސްގެފާނަށް ނުވަތަ ރަސްކަމަށް ނިސްބަތްވާ. 2 މޮޅު. މިސާލު: ރަސްއައިން. 3 އެންމެބޮޑު. މިސާލު: ރަސްމަގު. 4 އެންމެ ލޯބިވާ. މިސާލު: މަގޭ ރަސްދަރިފުޅު. 5 ނ. ފަސްއޮށްކުޅޭއިރު ވިދިވިދިގެން ހަތްލަނޑުދިނީމާ. ނުވަތަ ހުސްފުށަތުން ލާއިރު އޮށްބައި އެކަށް ހިފުނީމާ ކިޔާނަން.

ރަސްހަކުރު

ނ. އިހުގައި ރާވެރިން އަތުން ކާރުދަވެރިން ސަރުކާރަށް ނެގި ހަކުރެއް.

ރަސްކޮކާމަސް

ނ. ކޮކާ މަހުގެ ބާވަތެއް. ރަސްކޮކާލުގެ ޅަމަހާއި ބޮޑެތި މަހުގެ ކުލަ ތަފާތެވެ. ޅަމަހުގެ ކުލައަކީ ނޫކުލައެވެ. އަދި މަހުގައި ކޮޅު ވައްކޮށް ގުޅިފައިވާ ހުދުކުލައިގެ ރޮނގުތަކެއް ފާޅުކޮށް ހުރެއެވެ. ބޮޑެތި މަހުގެ ފަހަތުބައިގާ ނިގޫފަތާއެކު ހުންނަނީ ރީނދޫކުލައިގައެވެ. ދެއަރިމަތި ހުންނަނީ ގަދަނޫކުލައިގައެވެ. އަދި ރީނދޫ ކުލައިގެ ރޮނގުތަކެއް ދެއަރިމަތީގައި ހުރެއެވެ.

ރަސްމަތިފުށް

ނ. ރަސްދަރިކޮޅު.

ރަސްމަސް

ނ. 1 ރަދުންނަށް ގެންދާ ދަނޑިމަސް. 2 ވެދުންކުރާ މަސް. ޢާންމުކޮށް ކިޔާނީ މަސްފުޅެވެ.

ރަސްމީ ހެދުން

ނ. 1 ދައުލަތުގެ ޚާއްޞަ ހެދުން. 2 ސަރުކާރުގެ މަސައްކަތަށް ނުކުންނައިރު އަޅަންޖެހޭ ހެދުން.

ރަސްމީދަތުރުފުޅު

1 ދައުލަތުގެ އެންމެ މަތީވެރިޔާ ނުވަތަ ސަރުކާރު ހިންގަވާވެރިޔާ. ފުރަމާނަ ދަތުރުފުޅެއްކަމުގައި ނުހިމެނޭގޮތަށް ރަސްމީ ކަމެއްގައި ކުރައްވާ ދަތުރުފުޅު. 2 ވަޒީރަކު އެހެން ޤައުމެއްގެ ސަރުކާރުގެ ނުވަތަ ވަޒީރެއްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅު.

ރަސްފަރި

ނ. 1 ރަސްކަމަށް ކޮލިލާ ދުވަހު އައްޑަނަ ކޮއްޓާ ދަނޑި ކޮއްޓާ ދެކޮށީން ދެއެދުރު ބޭކަލުން. ނުވަތަ އެފަދަ އެހެން ދެމީހަކު ނުކުމެ ގުޅަކުޅޭ ފަސްގަނޑުގައި އަޅާފަރިއެއް. 2 ކ. އަތޮޅުގެ ފަޅުރަށެއް.

ރަސްފަރީގައި ހިނގުން

މ ކަނޑި އައްޑަނަ ނުވަތަ ހަލާ ދަނޑި ހިފައިގެން ދާނޑުގައި ރަސްފަރީގެ ކުރެހުން އެޅޭގޮތަށް ހިނގުން.

ރަސްދަނބުރުއް

ނ. 1 ފަނާއި ރުކުގައި ގަންނަތަކެތީގައި ރަންކުލައާއި ގާތްކުލައެއް ހުންނަ ދަނބު ރުއް. 2 (ހ) ރަތްދަނބުރުއް.

ރަޑަ

ނ. 1 ހަޑި. 2 މުޑުދާރު. ކއ. 3 ތަހުޒީބާ ތާހިރުކަމާ ޚިލާފަށް ކުރާ ކަންތައް. 4 ތިމާއަށް މަލާމަތް ލިބޭފަދަ ކަންތައް.

ރަޑަބަންގުޅި

ނ. ނަހަލާލު ދަރި.

ރަޖަބޫތުން

ނ. އުތުރު އިންޑިޔާގައި އިހުޒާމަނުގައި ތިބި ހިންދީ ރާޖާއިންގެ ދަރިކޮޅަށް ނިސްބަތްވާ މީހުން.

ރަޖާ

ނ. ސުތުލި ނުވަތަ ކެހެރި ފަދަ އެއްޗަކުން އާދައިގެ ފޮއްޗަށްވުރެ ބޯކޮށް ވިޔެފައި އޮންނަ ހީފިލުވަން ގައިގައި އަޅާއެއްޗެއް.

ރަޖިސްޓަރީ

ނ. 1 ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ލިޔެކިޔުމުގައި މީހެއްގެ ނުވަތަ ތަނެއްގެ އެއްޗެއްގެ ނަން ޖެއްސިކަމުގެ ހެއްކެއްގެ ގޮތުން ދޭ ލިޔުން. 2 އެއްތަނުން އަނެއްތަނަށް ފޮނުވާ ސިޓީއާއި ޕާރުސަލް ފަދަތަކެތި ޕޯސްޓުއޮފީހުގެ ރަޖިސްޓަރީ ގައި ޖައްސާ ޖެއްސުން. 3 ތަނެއްގައި އުޅޭމީހުންގެނަމާއި މަޢުލޫމާތު ބަޔާންކޮށް ލިޔެފައިވާ އޮންނަފޮތް.

ރަޖިސްޓަރީކުރުން

1 ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ ލިޔެކިޔުމުގައި ނަން ޖެއްސުން. 2 އެއްތަނުން އަނެއްތަނަށް ފޮނުވާ ސިޓީ އާއި ޕާރުސަލް ފަދަތަކެތި ޕޯސްޓް އޮފީހުގެ ރަޖިސްޓަރީގައި ޖެއްސުން. 3 ތަނެއްގައި އުޅޭ މީހުންގެ ނަމާއި މަޢުލޫމާތު ލިޔަން ހަމަޖައްސައިފައި އޮންނަ ފޮތުގައި ޖެއްސުން.

ރާ

ނ. 1 ރާކުރުމުން ރުކުގެ އެތުން ލިބޭ މީރު ބުއިމެއް. މިއިން ދިވެހި ހަކުރުހަދައެވެ. 2 ބަނގުރާ.

ރާހިބެލުން

މ. އުފަންވީރާހި ހޯދައިގެން ނަސީބު ހުރިނެތްގޮތް ބެލުން.

ރާހިކުރުން

މ. މޫދުގައި އޮންނަ މުށިމަސްގަނޑު ފަދަ މަސްމަސްގަނޑު ވަކިތަނަކަށް އެއްކުރުން.

ރާހިޖެހުން

މ. ނަކަތްރާހި ދަސްކުރާން އެއިގެ ހިސާބު ކުރުން.

ރާހުތް

ނ. ހުތަށް ބަދަލުވެފައި ހުންނަ ރާ.

ރާން

1 މެހިމާބުރު ފަދަ ތަކެތީގެ އެތައް ބައިވަރެއް އުދުހޭއިރު އިވޭ އަޑު. 2 ކާޅުތަކެއް އެކުވެގެން ހޭރޭ އަޑު. 3 ސިޔާސަ ކުދިބަޔަކު ތާކަށް އެއްވެގެން ސަކަޖަހާ އަޑު.

ރާންރާން

ނ. 1 މެހި މާބުރު ފަދަ ތަކެތީގެ އެތައް ބައިވަރެއް އުދުހޭ އިރު އިވޭ އަޑު. 2 ކާޅުތަކެއް އެކުވެގެން ހޭރޭ އަޑު. 3 ސިޔާސަ ކުދިބަޔަކު ތާކަށް އެއްވެގެން ސަކަޖަހާ އަޑު.

ރާންރާންލުން

މ. 1 މެހިމާބުރު ފަދަތަކެތީގެ އެތައް ބައިވަރެއް އުދުހެމުން އަޑުގޮއްވުން. 2 ކާޅުތަކެއް އެކުވެގެން ހޭރޭ އަޑު. 3 ސިޔާސަ ކުދިބަޔަކު ތާކަށް އެއްވެގެން ސަކަޖަހާ އަޑު.

ރާރާ

ނ. ތެލަނގައާއި ގުޑިފަދަ ތަކެތީގައި އަޑުގޮއްވަން ރޮއްޖެއްގައި ހިއްޕައިފައި އޮންނަ ކަރުދާސް ފަށެއް.

ރާރާގުޑި

ނ. އޮނު ނުވަތަ އިލޮށިން ކުކުޅުބިސްބުރުގެ ދެބުރު ގުޅޭގޮތަށް އޮނިގަނޑެއްހަދައި އޭގައި ކަރުދާސްހިއްޕާ ރާރާ ހަރުކޮށްފައި ހުންނަ ގުޑި.

ރާބުޅަ

ނ. ބުރަނދައަށްވުރެ ރޮނގު ހިމަ، ހުރަހަށް ގަޅި ކަނޑައިފައި ހުންނަ ކުޑަ ފަތި މަހެއް.

ރާބޮނދިމުގުރާން

ނ. (ހ) މުގުރާމުގެ ބާވަތެއް. މިއީ އާދައިގެ މުގުރާމަށްވުރެ ގިނައިން ރޮނގު ހުންނަ ބަލި މުގުރާމެކެވެ.

ރާޅު

ނ. 1 ހިމުންކަމުގެ އިދިކޮޅު. 2 ކުރަކި. 3 ކަނޑުކަނޑާއި ކޯރުކޯރާއި، ފެންފެންގަނޑުން އުފުލި ދަތުރުކުރާ ފެނުގެ ރޮނގު. 4 ހޮޅިލައިފައި ފަރުފަރަށާއި، ގޮނޑުދޮށްތަކަށް ބިންދާ ފެނުގެ ހޮޅި. 5 ކަނޑުން ނުވަތަ ކޯރުން އުފެދޭ ހަލަބޮލިކަމުން ގޮނޑުދޮށާއި ހަމައަށް އައިސް ބީއްސާލާ، ފެނުގެ ކޮއްޕާ ކޮއްޕުން. 6 ދަގަތްފާނާއި، ކަރަންޓުގެ ދަތުރުކުރާ ހަކަތައިގެ ބައިތައް. 7 ރޭޑިޔޯއިން އަޑުދުރަށް ފޮނުވަން ބޭނުންކުރާ ކަރަންޓުގެ ބާނި. 8 އަޑު ދަތުރުކުރާއިރު ހުންނަ ފަށަލަ ފަށަލަ. 9 ނއ. އޮމާންކަމުގެ އިދިކޮޅު.

ރާޅުމުގުރުން

މ. ބީހިގެން ނުވަތަ ކަނޑު ގަދަވެގެން ރާޅު ރޫޅިވެރުން.

ރާޅުފޮނު

ނ. ރާޅު މުގުރަމުން ބިންދަމުން ދާއިރު ފެންނަ ހުދުކުލައިގެ ބޮކިތައް.

ރާޅުދޫފަށް

ނ. ގޮނޑުދޮށަށް ރާޅުޖަހައިފައި ދަމާލާ ހިސާބު.

ރާޅުތެޅުން

މ. ކަނޑު ގަދަ ދުވަސްދުވަހު ކަނޑުމަތީގައި ދުއްވާ އުޅަނދު ފަހަރުގައި ރާޅު ގަދަޔަށް ޖަހަޖަހައި ހުރުން.

ރާއުނދުނުފަތަފޮޅި

ނ. މަސްފަތަފޮޅި ފިހަން ފުށްގަނޑު މޮޑޭގޮތަށް މޮޑެފައި، ފަތުގައި، ޖަހައި ފަތާކޮށްލައިފައި މަތިން ފަތްގަޑެއްޖަހައި، ހޫނުކޮށް ހުންނަ ރާއުނދުނުގެ އަޅިގަނޑުދަމައިގެންފައި އުނދުނުގެތެރޭގައި ބާއްވާއި މައްޗަށް ހޫނުއަޅިއަޅައިގެން ފިހާ ފަތަފޮޅި.

ރާއުނދުން

ނ. ރާކެއްކުމަށްޓަކާ ވަކި ފުންމިނެއްގައި ވަކިމިންގަނޑަކަށް ބިންމަތިކޮނެ އެތަނަށްއަޅި އަޅައި ފެންޖަހައި ހަރުކޮށްގެން، ތިންވަރުގެ ތިން އަނގަކަނޑައި މަގަތުއަނގައިން ބަނޑުދުރަލާގޮތަށް ކޮންނަމުންގޮސް އަނެއްދެއަނގަ ވަޅަށް ފޫދުއްވައިފައި ހުންނަ އުނދުނެއް. މަގަތު އަނގަވަޅަކީ ދަރުޖަހާތަނެވެ. މެދުގައި ވަށްލޯވަޅެއްހެން ބޮޑުކޮށްހުންނާނީ ތަރާ ފަތްއުދާ އަނގަވަޅެވެ. އެންމެ ބިއްދޮށަށް ހުންނާނީ، އާވި ބޭރުކުރުމަށް ހަދައިފައި ހުންނަ (ކުދިތެލި އުދޭވަރުގެ) ލޯވަޅެކެވެ. އެތަނަށް ކިޔަނީ ކަނޑޯޅިކޮޅެވެ. ދެ އަނގަވަޅު ދެމެދަށް ކިޔަނީ ނިތްގަނޑެވެ.

ރާއްޖެމައްޗަށްތިބުން

މ. އިހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު. ދަތުރު ކުރަމުން އައިސް ރާއްޖެއަށް ވަންނައިރު ފަރަކަށް އަރައި ދާނެތީ އެކަމަށް، ހޭލައި، ފަރުވާވެ ތިބުން.

ރާވަޅި

ނ. 1 ހާލުގެ ފިނދުފަތް ގަނޑުގައި އާދައިގެ ފަތަށްވުރެ ދިގުކޮށް ހުންނަ ދެފަތް. 2 ރަދުން ފިޔަވައި ހަތްކޮޅުނަގާ ބޭފުޅުންގެ ފަގުޑިކޮޅުގައި ރާވަޅިއެއްގެ ސިފައިގައި ރަނުން ހަދައިފައި ހުންނައެތި. 3 ރައިވެރިން އެތްމަންނަން ގެންގުޅޭ ތިލަ ގުދުކޮށް ހުންނަ ވަޅި.

ރާވަޅިދަނޑި

ނ. ރާވަޅިތިލަ ހަރުކޮށްފައި ހުންނަ ދަނޑި.

ރާވާނާ

ނ. ތެދަށް އެއްދަނޑިއަކަށް ހެދިފައި ހުންނަ ޅަނދޮޅު ދިއްގާ ގަސް.

ރާވާގެ

ނ. ލަކުޑިއާއި ޕްލާސްޓިކްފަދަ ތަކެތިން އެކިގޮތްގޮތަށް ރާވަން ހަދައިފައި ހުންނަގެ. މީކުޅޭ އެއްޗެކެވެ.

ރާވެރިއެއްގެ ދަރިއަކަށްވެސް ހަތަރެތިން އެކަތި އޮންނާނެއެވެ.

[މުސްކުޅިބަސް] މީހަކަށް ކެއްސެއް، ނުވަތަ އަނިޔާއެއް، އެއްފަހަރަށްވުރެ ގިނަފަހަރު ލިބޭގޮތްވެއްޖެނަމަ ބަދަލުހިފުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ރާމާ

ނ. ބައެއް ކާއެއްޗެތި ނުބައިވުމުގެ ފުރަތަމަ ދަރަޖަ.

ރާފުޅި

ނ. 1 ރާ އަޅަން ހަދައިފައި ހުންނަ ފުޅި. 2 ރާއަޅައިފައި ހުންނަ ފުޅި.

ރާދަހުފެ

(ގ) ރާދަފުސް.

ރާދަނޑި

ނ. 1 ރާބަދި އުފުލާ ދަނޑިގަނޑު. 2 ސަމާތާރައިގައި އަޅާ ކުރެހުމެއް.

ރާދަންޑާރަ

ނ. [ބޯދާ] ހިރިޔާފާތުރާ ދަށުން.

ރާދަކިހުނު

ނ. ރަސްދަރިކަލެއްކަން އަންގައިދޭނަމެއް.

ރާދައަސްދޫނި

ނ. އާދައިގެ އަސްދޫންޏަށްވުރެ ކަރުދިގު ބޮޑެތި އަސްދޫނި.

ރާދަކުމާރު

ނ. [ބޯދާ] 1 ރަސްދަރިކަލެއް. 2 ވަލީ އަޙުދު.

ރާދާއަސްދީނި

ނ. (ޏ) ރާދައަސްދޫނި.

ރާތާ

ނ. 1 ހަތަރުގަލުގެ ބަރުދަން. 2 ހަތަރު ތޯލާގެ ބުރަދަން. 3 ހަތަރުސަތޭކަ ފަންސާސް ހަތަރު ގްރާމް.

ރާތާގާބަރި

ނ. 1 ތިލަފަތުން ކިރައި އުޅުނު ވަޒަންތައް މިއީ ހަތަރު ރާތަލުން ފެށިގެން ކުޅަނދަކާހަމައަށް ކިރާން ދަގަނޑުން ހަދައިފައި ހުންނަ ވަޒަންތަކުގެ ސެޓެވެ. މީގައި ހިމެނެނީ، ހަތަރު ރާތާ، ދެ ރާތާ، އެއް ރާތާ، ދެ ގައު، އެއް ގައު ދެބައިކުޅައެއްބައި ގައު، ފަސް ކުޅަނދު، އަދި އެއް ކުޅަނދެވެ. 2 [މަޖާޒު] މީހަކަށް ގާތްގާތުގައި ލިބިފައިތިބި ކުދިންތަކެއް.

ރާތީބު

ނ. 1 ޞޫފީ އެކިއެކި ޖަމާއަތްތަކުގެ މީހުން އެކިއެކި ރޭރެއަށް ކިޔައިއުޅޭ މަދަހަ އާއި ޒިކުރު. މިސާލު: ޙިދާދުރާތީބު. ޖަލާލީ ރާތިބު. 2 އިށީނދެތިބެ ޢަރަބިޅެން ކިޔަމުން ކުޅޭކުޅިވަރެއް. މިސާލު: {ހ} ބޮޑުނަވު ރާތިބު. {ށ} ކުޑަނަވު ރާތިބު.

ރާތީބުކިއުން

މ. ޞޫފީ އެކިއެކި ޖަމާޢަތްތަކުގެ މީހުން އެކިއެކި ރޭރެއަށް ކިޔައިއުޅޭ މަދަޙައާއި ޒިކުރު ކިއުން.

ރާގުޑި

ނ. ދެއުނބު އެއްކޮށްގެން ރާއެތުގައިލާން ހަދައިފައި ހުންނަ އެތި.

ރާގޮނޑިކޮލި

ނ. ކޮލީގެ ބާވަތެއް. މިވައްތަރުވާނީ ރާގޮނޑިޔާއެވެ. މިވިހަގަދަ މަހެކެވެ.

ރާސްރާސް

ނ. 1 މުރަނައެއްޗެތި ހަފަމުންދާއިރު އިވޭ އަޑު. 2 ނާށި ކަހަލަ އެއްޗެތި މީދާ ކަމުންދާއިރު އިވޭ ފަދައަޑު.

ރާޑަރު

ނ. ނުފެންނަ ހިސާބު ދުރުގައިވާ އުޅަނދެއް ނުވަތަ އެއްޗެއް ހޯދުމަށް ބޭނުންކުރާ ރޭޑިއޯ ރާޅު ބޭނުންކުރާ އާލަތެއް. މިއިން ފޮނުވާ މަތީ ދަރަޖައިގެ ރޭޑިއޯވޭވުސް އެއްޗެއްގައި ޖެހިފައި އެނބުރި އައުމުން އެއްޗެއްހުރި މިސްރާބަކާއި ދުރުމިނެއް އަންގައިދެއެވެ. މިއިން ތަންތަނުގެ ތިލަމިނާއި ފުންމިނާއި އުސްމިން ބެލެއެވެ.

ރާޑާއައިން

ނ. ބަލާބެލުމަށް ދަހިވާނެކަމަށް ފެންނަ ނަމަވެސް ދަހިނޫން މަސްއައިން.

ރާޑި

ނ. 1 އޮށްވަޅާއި ޖޯޑުބިޖޯޑާއި ބޮލިގަނޑުފަދަ ކުޅިވަރުގައި އަތް ހުސްވެގެންވާދެރަ. 2 ކުރަން އުޅޭ ބައެއް ކަންތަކުގައި ކާމިޔާބު ނުވެގެންވާ ދެރަ. 3 މީހަކާ ދިމާކޮށްލައިގެން އުޅެއުޅެފައި ގޮތެއް ނުވެގެންވާ ދެރަ. 4 މީހަކަށް ނަސޭހަތްދީދީ ނާހައިގެން ދެން އަލުން ދޭނޭ ނަސޭހަތެއް ނެތުނީމާވާ ދެރައާއި ފޫހި.

ރާޑިކުރުން

މ. 1 އޮށްވަޅު ޖޯޑުބިޖޯޑު ބޮލިގަނޑުފަދަ ކުޅިވަރުގައި އަނެކަކަށް އެއްވެސް އެއްޗެއްނުދީ ދެރަކުރުން. 2 ބައެއް ކަންތައްތަކުގައި އަނެކާއަށް ކާމިޔާބުނުވާގޮތަށް ދެރަކުރުން.

ރާޑިވުން

މ. 1 އޮށްވަޅު ޖޯޑުބިޖޯޑު ބޮލިގަނޑު ފަދަކުޅިވަރުގައި އަތްހުސްވެގެން ދެރަވުން. 2 ކުރަންއުޅޭ ބައެއް ކަންތަކުގައި ކާމިޔާބު ނުވެގެން ދެރަވުން.

ރިހަބަތްކޭން

ނ. މައުލޫދަށް ކައްކާ ކޭމުގެ ބާވަތެއް. އާންމުކޮށް މިކޭމުގައި ހުންނާނީ ފެންބަތާއި ބަރަބޮލު ރިހައާއި ކިރެވެ. މިކިރަކީ ހަނޑުލު ފުށުގައި ފޮނިކޮށް ކައްކާފައި ހުންނަ އެއްޗެކެވެ. މިއީ ހިޔަރަކާތް މާލޫދާއި، ގަނޑުމާލޫދާއި، ރަންމާލޫދު ފަދަ މާލޫދުތަކަށް ކައްކާއުޅުނު ކޭމެކެވެ.

ރިހައޮށް

ނ. (ހ) ގުޅަހަދަން ތައްޔާރުކުރާ މަސްގަނޑާ ފުށާ އެއްކޮށްގެން ހަދާ ކުދިކުދި ގުޅަ.

ރިހާކުރުބޮނޑި

ނ. ރިހާކުރަށް އަޅައިފައި ހުންނަ މަހުގެ ގުޅަ. މިއީ ކަނޑުމަހުގެ ކަށިފަތި ކަހައިގެން ނަގާމަސްގުޅަ ވަށައިގެން ކައްކައި ހިއްކައިގެން ނުވަތަ ވަޅޯކޮށްގެން ހަދައިފައި ހުންނަ އެއްޗެކެވެ.

ރިހާކުރުބޮލި

ނ. ވަށައިގެން ކައިރިފަށުގައި ރިހާކުރު ކުލަ ހުންނަ ބޮއްޔެއް. ބޮލީގެ ބުރަކަށިމަތީގައި ފަނޑު ހުދުކުލައަކާއި ގަދަމުށިކުލައިގެ ތިކިތަކެއް ހުންނާނެއެވެ. ދަށްފަރާތުގައި ހުންނަނީ ނުސާފު ހުދުކުލައެކެވެ. މިބޮލި އޮންނާނީ ކުކުޅުބިސް ބުރަށެވެ.

ރިހި

ނ. ހުދުކުލައިގެ މަޢުދަނެއް. މިއިން ގަހަނާ ހަދައެވެ. އަދި ފައިސާގެ ގޮތުގައިވެސް ބޭނުން ކުރެއެވެ.

ރިހިހިރު

ނ. ދިވެހި ލިބާހުގެ ބޯވަޅުގައި ރޮދިގަނޑުގެ ދެފަރާތުގައި ރިހި ކަސަބުން ގަތާފައި އޮންނަ ދެހިރު. މިގަތާފައި އޮންނާނީ ތޭރަ މަޅީގައެވެ. އާދައިގެ ފަލަ މިނުގެ ކަސަބުނަމަ ދޮޅުފަށުންނެވެ. ވިލާތު ހިމަކަސަބު ނަމަ 4 ފަށުންނެވެ.

ރިހިބޯވަޅު

ނ. ރިހިކަސަބާއި ރިހިބާދަލާއިން އަޅާ ބޯވަޅު.

ރިހިވަންގަލަދުން

ނ. ގަލަދުނުގެ ތެރޭން ރިހިކުލަގަދަ ބާވަތް.

ރިހިވަރަނގު

ނ. އެއްފުށް ހުދުކުލައިގައި އަނެއް ފުށް ރިހިކުލައިގައި ހުންނަ ކަރުދާހެއް. މިއީ، ތަންތަން ޒީނަތްތެރިކުރުމަށް އެކި އެއްޗެހި ހަދަން ބޭނުންކުރާ ކަރުދާހެކެވެ.

ރިހިމުޑުދާސް

ނ. ރިހިކުލައިގެ ހުންނަ މުޑުދާހެއް. މިއީ ބޭހަށްގެންގުޅޭ ބާވަތެއްގެ މަޢުދަނެކެވެ.

ރިހިދަވާދު

ނ. އެލްމެނިއަމް ދަވާދު.

ރިހިދޯދި

ނ. 1 ހަނދުވަރުން ލޮނުގަނޑު މައްޗަށް އެޅިފައި ހުންނަ ދަޅަތައް. 2 ވިލާގަނޑުގެ ތެރެއިން ކަނޑުގެ ލޮނުގަޑަށް ފައިބައިފައި ހުންނަ ހަނދުވަރުގެ ރޮނގުތައް.

ރިހިލަންފަނި

ނ. (ޏ) ރެދަންފަނި.

ރިހިލާފަނި

ނ. (ދ) ރެދަންފަނި.

ރިހިލުން

މ. 1 ރިހިން ގިރިޓީ ކުރުން. 2 (ދ) ރެދަންލުން.

ރިހިލޮނު

ނ. ކަޅާހުދުގެ ފޮޓޯގެ ކުލަ މުށިކުލައަށް ބަދަލުކުރަން ބޭނުންކުރާ ބޭހެއް.

ރިހުންނެގުން

މ. މާބަނޑު މީހުން ވިހަން ބަނޑުގައި ރިހޭއިރު އާދައިގެ ރިހުމަށްވުރެ ގަދައަށް ވޭންވަރު އައުން.

ރިހުންގަނޑު

ނ. ގަދަރިހުން.

ރިހޭފައިމައްޗަށް ފޮއިވެއްޓުން

[މިސާލުބަސް] ދަތިކަމެއްގެ މައްޗަށް ދަތިކަމެއްލިބުން.

ރިނބުދޫކޯމާޅި

ނ. ދަންބެރުގެ ފަހުބައިގެ ލަވައެއް.

ރިނދަވާލި

ނ. ހަނދި ޢާއިލާގެ ބާވަތެއ. މިއީ ފަތިކޮށް ކުކުޅުބިސް ބުރަށް ހުންނަ ވަރަށް ބާރަށް ދުވާ މަހެކެވެ. މަހުގެ ކުލައަކީ ރިހި ކުލައެވެ. ނަމަވެސް، ބޮޑެތިމަހުގައި މިރިހިކުލައިގެ މައްޗަށް އޮރެންޖު ކުލައެއް ފޭދިފައި ހުންނަ ގޮތަކަށް ހުރެއެވެ. މިމަހުގެ ބޮލުގެ މަތީހަންގަނޑުގެ އެތެރޭގައި ކުކުޅުބިސް ބުރަށް ހުންނަ ހަރުކަށިގަނޑެއް ހުރެއެވެ. މިއަށް " ރިނދަ" ކިޔާ މިމަހަށް ރިނދަވާލި ކިޔަނީއެވެ.

ރިނދަތޮށި

ނ. ރިނދަލި.

ރިނދަލި

ނ. މަސްފިލާފާއޮތް ރިނދައެއްގެ އެއްފަޅި.

ރިނދާބަލިކަން

ނއނ. (ގ) ރިނދަބަލި.

ރިބަން

ނ. 1 ސިލްކުން ނުވަތަ އުއިން ވިޔެފައި ހުންނަ ނުވަތަ ކަރުދާހުން ނުވަތަ ޕްލާސްޓިކުން ހަދައިފައި ހުންނަ ފީތާފަށް. 2 ސިފައިންނަށް މެޑެލްދޭ ގޮތަށް ކުލަދޭއިރު ދޭ ކުލަކުލައިގެ ފޮތިފަށް. 3 ޓައިޕް ރައިޓަރު ފަދަ މެޝިނަށްލައްވާ ދެލިހިފާގޮތަށް ހަދައިފައި ހުންނަ އެތި.

ރިބާ

ނ. 1 ކާތަކެއްޗާއި ފައިސާ ދަރަންޏަށްދީފައި ދިން އެއްޗިއްސަށްވުރެ އިތުރަށް އަތުލާ މިންވަރު. 2 ސޫދު.

ރިބު

ނ. ނާފަހަރުގެ ރިޔާ ކުޑަކޮށްފައި ބަނުމަށް ރިޔަލުގައި ހަދައިފައި ހުންނަ އަނގޮޓިވަޅު.

ރިބުޓެވި

ނ. ސަތަރިދަމާން ނަވުގެ ވަށައިގެން އޮންނަ ވައިރު.

ރިކާބު

ނ. އަސްމަތީ އިންނަމީހާގެ ދެފައިތިލަ ލައްވާން ދަގަޑުން ހަދައިފައި އޮންނަ އެއްޗެއް.

ރިކޯޑުކުރުން

މ. ކަމެއްގެއަޑު ނުވަތަ މަންޒަރު ނުވަތަ މަޢުލޫމާތު ފަހުން ބޭނުންކުރެވޭ ފަދަ ގޮތަކަށް ތަފާތު ވަސީލަތްތަކުން ރައްކާކުރުން.

ރިއްވުން

މ. (ސ) ކުދިން ލޮއްސުމަށްޓަކައި ދަޅެއްފަދަ އެއްޗެއްގެ ތެރެއަށް އެއްޗެއް އަޅައިގެން ތެޅުވުން.

ރިއްސަށްލޯލުން

[މަޖާޒު] ހަލާލު ދަރިއެއްކަމަށް ބަފާ ގަބޫލުކުރުމާއެކު އެހެންމީހެއްގެ ދަރިއެއްކަމަށް މީހުންނަށް ޝައްކުވާނޭ ގޮތްތައް މެދުވެރިވީމާ ބުނެއުޅޭ ބަހެއް.

ރިއްސައިގަތުން

މ. ކުއްލިއަކަށް ރިހުމެއް ގަދަވުން.

ރިއްސެޔޮ

ނ. 1 ދޮންރީނދޫ ކުލައިގެ ދަވާދު ހަދަން ގެންގުޅޭ ފުށެއް. 2 ފަށުރިއްސެޔޮ. 3 ދޮން ރީނދޫ ކުލަ.

ރިއްސެޔޮފަށް

ނ. ސަރުކާރުގެ އުޅަނދުފަހަރުގައި ރިއްސެއު ކުލައިން ދަމާ އުޅުނު ފަށް.

ރިއްސެޔޮލުން

މ. 1 ރިއްސެޔޮ ދަވާދު އުނގުޅުން. 2 މޭވާދޮންވެގެން އަންނައިރު ތޮށިގަނޑަށް ރީނދޫ ކުލައެރުން.

ރިވެލި

ނ. 1 ހިޔަނި. 2 ގޭގޭ ދޮރުން، ބޭރަށް ނިކުމެފައި ހުންނަ އަލި. 3 ކަނޑުގެ ބާނިތަކަށް އިރުންއެޅިފައި ހުންނަ ދަޅަ.

ރިތް

ނ. އޮޑިދޯނިފަހަރު ކަނބަން ގެންގުޅޭ ދަނޑި.

ރިތްފަށް

ނ. ކަނބާދަނޑި ފޯރާފެންވަރު.

ރިތްދަނޑި

ނ. 1 ރިތް. 2 ކުނބާއި ކުނބުކަފީގައި ރިތާއި ފަރުމާނާއި ދައްސޫރަ ފަދަތަކެތި ބަހައްޓަން ދެކުނބުގައި ބަނދެފައި ހުންނަ ކަނިގަނޑު.

ރިލޭރޭސް

ނ. ޓީމުތަކުގެ މެދުގައި ބޭއްވޭ ދުވުމުގެ ރޭހެއް. މީރޭހުގައި އެމީހަކު ދުވާނީ އެކަކު އަތުން އަނެކަކު އަތަށް ބަދަލުވާ ދަނޑި ބުރިއެއް ހިފައިގެން އެމީހަކަށް ކަނޑައެޅިފައިވާ ތަންކޮޅެއްގައެވެ.

ރިޒާވު

ނ. 1 މުސްތަޤްބަލްގެ ބޭނުމަށް ބަހައްޓާ ތަކެތި. 2 އެކިއެކި މުބާރާތްތަކާއި ކުޅިވަރު ތަކުގައި މީހެއްގެ ބަދަލުގައި ނުކުންނަން ހުންނަ މީހާ.

ރިޔަން

ނ. 1 މިން އަޅަން ގެންގުޅޭ މިންގަނޑެއް. މީގެ ދިގުމިނަކީ ސައުވީސް އަނގޫ ނުވަތަ ހަތާވީސް އިންޗިއެވެ. 2 މި މިންގަނޑު ހަމަވާ އެތި. [ބޯދާ] 3 ބާޒު އާއިލާގެ ސިކާރަކޮށްގެން ކައިއުޅޭ ދޫންޏެއް. 4 ރަން. (މައުދަން)

ރިޔަންކޮޅު

ނ. 1 ނަކަތްތެރިން ރިޔަނެއް އަށްބަޔަށް ބަހާފައިވާ ބައިތައް. 2 އިސްކަންދަރު މަހާރަދުން ހެއްދެވިރިޔަން.

ރިޔަންކޮޅުއެޅުން

މ. 1 ސަރުކާރުގެ ފަރާތުން ގޯތިގޯތީގެ ބޮޑުމިންބަލާ އިންފާހަގަ ކުރުން. މި މިންބަލާ އުޅުނީ ތިންރިޔަން އަށަނގޫ ބަމައިންނެވެ. 2 އިސްކަންދަރު މަހާރަދުން ހެއްދެވި ރިޔަންކޮޅުން ތަނެއްގައި ރިޔަން ހުރިވަރު ބެލުން. މިރިޔަނުގައި ދެއަނގުލާއި އެއްއުނގޫ އިތުރުވާނެއެވެ. އުނގުލަކީ، ބައި އަނގުލެވެ.

ރިޔަލުފޫޅުގަނޑު

ނ. ރިޔަލުގައި ދަންމާނު ހަރުކުރުމަށް ހަދައިފައި ހުންނަ ބޮޅު.

ރިޔާސަތު ބެލެހެއްޓުން

މ. ބައްދަލުވުމެއް ނުވަތަ ޖަލްސާއެއް ނުވަތަ ކޮމިޓީއެއް ހިނގަމުންދާއިރު އިސްމީހެއްގެ ގޮތުގައި އެބައްދަލުވުން ކުރިއަށް ގެންދިއުން.

ރިޕޯޓަރު

ނ. 1 ޚަބަރު ފަތުރާ ވަސީލަތްތަކަށް ޚަބަރުހޯދައި ލިޔުމަށް ވަޒީފާދީފައި ތިބޭ މީހުން. 2 އެކަމަށް ކަނޑައަޅާ ފައިތިބޭ މީހުން.

ރީ

ނ. 1 މެހީގެ ފޫކޮޅުންނެރޭ ކުދިކުދި ފަނި. 2 ވޭރުހުލި. 3 މާބުރުފަދަ ތަކެތި ތަންތަން ބައްދާ އެއްޗެހި.

ރީނބުރުފިލާ

ނ. ގެދައާ އެއްވައްތަރަށް ފަތްކުދިކޮށް ބިމުގައި ފެތުރި، ހެދޭ ކުޑަކުޑަ ގަހެއް. މިގަހުގައި ވަރަށް ރީނދޫކުލަ ގަދަ ކުޑަކުޑަ މަލެއް އަޅައެވެ. މިގަހުގެ ހުރިހާ ބައެއް ހަމުގެ މަތީގެ ދިލަނެގުމުގެ ބައްޔަށް ބޭސް ހެދުމަށް ބޭނުންކުރެއެވެ. މީގެ ގޮނޑި ހުންނާނީ ކުޑަވާ އިނގިލިހާ ކުޑަކޮށެވެ.

ރީނދޫ އުރަހަކަންނެލި

ނ. ކަންނެލީގެ ބާވަތެއް. މިމަހުގެ ބޮޑެތި ބާވަތުގެ މަހުގެ ބުރިކަށިމައްޗާއި ބަނޑުދޮށް ފަރާތުގެ ދެވަނަ ކޮތަރިބައި، ވަރަށް ދިގުވާނެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. ކޮތަރިތަކުގެ ކުލައަކީ ރީނދޫކުލައެވެ.

ރީނދޫހުން

ނ. ހުމުގެ ބާވަތެއް. މިހުންޖެހުނީމާ ލޮލާ ނިޔަފަތިތަކާ ހުދުހަމާ ކުޑަކަމުދާ އެއްޗެހި ރީނދޫ ވާނެއެވެ. މިއީ ނުރައްކާތެރި އަދިގައިން ގަޔަށްއަރާ ބައްޔެކެވެ. ބައެއްފަހަރު މޭގަނޑާ ސިކުޑިޔަށް ގެއްލުން ލިބިދާފަދަ ބައްޔެކެވެ. މިބަލިޖެހެނީ ބަލިޖައްސާފަނީގެ ސަބަބުންނެވެ.

ރީނދޫމަސް

ނ. ކަޅުރޮނގުދަމައިފައި ހުންނަ ރީނދޫ ކުލައިގެ ކުޑަ މަހެއް.

ރީއެޅުން

މ. ލޯވަޅުފަދަ ތަނެއް ރީން ބެއްދުން.

ރީސް

ނ. އަލިމަސް ކަށްޓަކަށް ބިއްލޫރިގަނޑެއް ކަފާއިރު ނުވަތަ ފަށުއި ފޮތިގަނޑެއް ވީދާލާއިރު އެއިވޭފަދަ އަޑުއަޑު.

ރީޗު

ނ. 1 ނަގިލި ވައްޓާލީމާ ޗޭނަށް ދަތިނުވެ ފައިބައިގެން ދާނޭހެން ޖަހާ ސަނގަލާ. 2 ސާރިދޯޅު.

ރީޗުއެޅުން

މ. ނަގިލި ވައްޓާލީމާ ޗޭނަށްދަތިނުވެ ފައިބައިގެން ދާނޭހެން ސަނގަލާ ޖެހުން.

ރުހެނި

ނ. [ބޯދާ] އުއްދަނޑި.

ރުންކަށި

ނ. (ސ) މައިކަށީގެ އެންމެ ތިރީ ބަދަ.

ރުޅިބޭލުން

މ. 1 މީހަކުދެކެ އަންނަ ރުޅީގައި އަނެކަކާ ދިމާއަށް އެއްޗެހި ގޮވައިގަތުން ނުވަތަ އެއްޗަކަށް ގެއްލުން ދިނުން. 2 ރުޅިއައިސްފާ ހުރިކަން އެގޭފަދަ ކަމެއް ކުރުން. މިސާލު: އޭނާގެ ރުޅިބޭލީ ކާންހަދާފައި ހުރި ތަށިތަކަށެވެ.

ރުޅިގަދަ

ނއ. 1 ގަދަޔަށް ރުޅިއަންނަ. 2 ރުޅިއިސް.

ރުޅިގަދަކަން

ނއނ. 1 ގަދަޔަށް ރުޅި އަންނަކަން. 2 ރުޅި އިސްކަން.

ރުޅިގަދަވުން

މ. 1 ގަދަޔަށް ރުޅި އައުން. 2 ރުޅި އިސްވުން.

ރުކަށް އަރާމަސް

މ. ފެނުގައި އުޅޭ ބާވަތެއްގެ މަހެއް. މިމަސް ގޮނޑުދޮށުގައި ހެދިފައި ހުންނަ ރުއްގަސް ފަދަ އެއްޗެއްސަށް އަރައިއުޅެއެވެ.

ރުކުރުކުއެޅުން

މ. އަލަށް ރޯނުފުރި ނުވަތަ މަޅުއެޅި އެނދު އަށިފަދަ ތަންތާނގައި އިށީނދެ އޮށޯވެ އުޅޭއިރު އެއިން އަޑުއިވުން.

ރުކުއެޅުން

މ. ކާށިގަބުޅި ފަދަ ތަކެތި ރުކުން ވަކި ކުރުން.

ރުކުދަދު

ނ. ރުއްރުކާއި ބައެއްގަސްގަހުގައި ހެދޭ ދަދުފާޑަށް ހުންނަބައްޔެއް.

ރުއިން

މ. 1 ހިތާމައިން ކަރުނަ އައުން. 2 ހިތަށް ގަދަ އަސަރެއްކޮށްގެން ކަރުނަ އައުން.

ރުއްބާލް

ނ. (ޏ) ރުއްދަނޑު.

ރުއްބުޑުފިލާ

ނ. 1 ރުއްބުޑު ފަދަ ތަންތަނުން ފަޅާ ވިނައެއް. މިހުންނާނީ ނޫކުލައެއްގައި އިލޮށިތަކެއްހެން ހަރުކޮށެވެ. 2 ވިހަބުރު. 3 ވިހަފުރުއް.

ރުވާކެނޑުން

މ. 1 މިޔަވާލިވަށަން ވަކަނެގުމަށްޓަކައި ރުވާގަހުން ދަނޑިކެނޑުން. 2 [މަޖާޒު] އެކަނި ވާހަކަ ދެއްކުން.

ރުވުން

މ. 1 ބޮނޑިބޮނޑިއަށް ހުންނަ ކުދިޅަގަސް ޤަވާޢިދުން ދުރުދުރުގާ އިންދުން. 2 ދުނިމަޑަ ފަދަތަކެތި ތައްޔާރުކޮށް ތިއްބުން.

ރުޑި

ނ. 1 އާމަނަކަ. [ބޯދާ] 2 އާދަކާދަ 3 ބޭނުންކުރާ ގޮތް.

ރުޖޫކުރުން

މ. 1 ކާވަނި ހެދުން. 2 ވަރިކުރުމަށްފަހު އިއްދަ ހަމަނުވަނީސް އިހުއޮތް ރަނާއި ވަލީގެ މައްޗަށް ކައިވެނި ހަމަޖެއްސުން.

ރޫ

ނ. 1 ފޮތި ކަރުދާސް ފަދަ ތަކެތި ފަށްޖެހީމާ ނުވަތަ ބޮޑިކޮށްލީމާ އެހުންނަ ލިސާން. 2 ގައިގެ ހަމަށް ރޫޖެހިގެން ހެދިފައި ހުންނަ ރޮނގު. 3 ތަސްވީރު.

ރޫހިއްޕާދަތްގަނޑު

ނ. ފޮށިން ފަހާއިރު ފޮތިގަނޑުގައި ރޫޖައްސާ ދަތްގަނޑު.

ރޫޅައިލުން

މ. 1 އެއްވެފައި ނުވަތަ ހަދައިފައިހުރި އެއްޗެއްގެ ބައިތައް ވަކިވަކިކޮށްލުން. 2 ނެއްތައިލުން. 3 ވިއްސިވިހާލިކޮށްލުން. 4 އެއްވެފައިވާ ބަޔަކު ތިބިތާކުން ދުރަށް ފޮނުވައިލުން.

ރޫޅިވެރުން

މ. 1 ފުނޑު ފުނޑުވެގެން ފޭބުން. 2 ބައިބައި ވަކިވެގެން ފޭބުން. 3 ބީހިގެން ނުވަތަ ކަނޑުގަދަވެގެން ރާލުމުގުރަމުން އެގޮތް މިގޮތްވެ ބުރުއްސުން.

ރޫޅުން

މ. 1 އެއްވެފައި ނުވަތަ ހަދައިފައިހުރި އެއްޗެއްގެ ބައިތައް ވަކިވަކިވުން. 2 ނެއްތައިލުން. މިބަސް މީންކޮންމެ މާނައެއްގައި ރައްދުވާ ގޮތަށާއި ރައްދުނުވާގޮތަށް ބޭނުންކުރެވެއެވެ. 3 ވިއްސިވިހާލިވުން. 4 އެއްވެފައިވާ ބަޔަކު ތިބިތާކުން ދުރަށްދިޔުން. 5 [މަޖާޒު] ހަށިގަނޑު ހެދިބޮޑުވެލުން.

ރޫއެރުން

މ. 1 ފޮއްޗާއި، ކަރުދާސް ފަދައެއްޗެހީގައި ކުދިކުދި ބަނޑިތަކެއްލުން. 2 ނިތްކުރީގެ ހަންދޫވެ، ރޮނގު ރޮނގު އުފެދޭގޮތްވުން.

ރޫޙާނީ

ނއ. 1 ހަށިނެތް. 2 ފުރާނައިގެ. 3 ފުރާނައިގެ ބާރުގަދަވެފައިވާ.

ރޫޙާނީކަން

ނއނ. 1 "ރޫހާނީ" ގެ ނއނ. 2 ހަށިނެތްކަން. 3 ފުރާނައިގެ ބާރުގަދަކަން.

ރެހަން

ނ. 1 ކަނޑޫތޮށިން ހަދާ އޮލަ ދިޔަވަރެއް. މިބޭނުންކުރަނީ ކެޔޮޅުކަމުގެންދާ ނަނުގެ ކުލަ ބަދަލުކޮށް ގަދަކުރާށެވެ. 2 (ޏ،ސ) ރެހާން.

ރެހި

ނ. އެމުގެ ބާވަތެއް. މިއީ ހިމަދިގުކޮށް ރެނދަން ކުލައިގައި ހުންނަ ކުދިމަހެކެވެ. މިމަހުގެ މަތީބައިގެ ކުލައަކީ، ގަދަނޫކުލައެވެ. މަހުގެ އަރިމަތީގައި، ރިހިކުލައިގެ ދަޅައަޅާ ފުޅާ ދިގު ރޮނގެއް ހުރެއެވެ.

ރެހެންފުތު

ނ. 1 އަލަތު ފިރިހެންދަރި. 2 ފުރަތަމަ ލިބޭ ފިރިހެންދަރި.

ރެހެންދި

ނ. އަލަތު އަންހެންދަރި.

ރެނދު

ނ. 1 ހަރުއެއްޗެއް ތެޅިފައި ހުންނަ ރޮނގު. 2 ލަކުޑި ފަދަ އެއްޗެހި ފެޅިފައި ވަކިނުވެ ހުންނަ ރޮނގު. 3 ފާރުން ކެނޑިފައި ހުންނަ ތަންތަން. 4 [މަޖާޒު] ފަރުޖުގެ މެދުގައި ހުންނަ ރޮނގު.

ރެނދުއެޅުން

މ. 1 ހަރުއެއްޗެއް ތެޅިގެން ރޮނގު އެޅުން. 2 ލަކުޑި ފަދައެއްޗެއް ފެޅިފައި ވަކިނުވެހުރުން. 3 ފާރުންތަންތަން ކަނޑަކަޑައިގެން ދިއުން.

ރެކިފުތު

ނ. ފިރިހެނުންނަށް ކިޔާނަމެއް. ދަރިން ދުނިޔޭގައި ނުތިބެގެން ދިރިތިބޭތޯ ކިޔާނަމެ.

ރެކިދައިތާ

ނ. (ސ) ރެކިދިޔެކިޔާމީހުންނަށް. ދައްތަކިޔުމުގެ ގޮތުން ކިޔާއުޅޭނަމެއް.

ރެކިސާ

ނ. މީހުންއަރުވައިގެން ދިއުމަށް ލުއިކޮށް ހަދައިފައިހުންނަ ދެފުރޮޅުލީ ގާޑިޔަލެއް. މިގާޑިޔާ ދަމަނީވެސް މީހެކެވެ.

ރެކީ

ނ. ދަރިން ދުނިޔޭގައި ނުތިބެގެން ދިރި ތިބޭތޯ ކިޔާނަމެއް.

ރެއްސި

ނ. 1 އޮޑިދޯނިފަހަރާ އަޅައިގަނެގެން އުޅޭ ކަމަށްބުނެވޭ ކަނޑުމަތީގެ ޚިޔާލީ ދެއްވެއް. 2 ނއ. ކާއެއްޗިއްސަށްދަހި.

ރެއްސިވުން

މ. (ސ) 1 ދަހިވުން. 2 މުށްބާރުވުން.

ރެފުރީ

ނ. ފުޓްބޯޅައާއި ރަގްބީއާއި އަދިވެސް މިފަދަ ބައެއް ކުޅިވަރުގައި އިންސާފު ކުރަން ހުންނަ މީހާ.

ރެދަން

ނ. 1 ރެދަން ފަންޏާއި، އަލިފާންކޮކާލާއި އަދި ކަރުގޮހޮރު ފަދަ އެއްޗިހީން އަނދިރީގައިވާ އަލި. 2 ރޭގަނޑު ކަނޑުގައި ނުވަތަ ފަޅުގައި ދިއްލިފައި ހުންނަ ދިއްލުން.

ރެދަންކެނޑުން

މ. ހިނދުހިނދުކޮޅުން ރެދަންލުން.

ރެދަންފަނި

ނ. ކުޑަހިމަ ފަންޏެއް، މިފަނި ކަޅުރަތްކުލައިގައްޔާއި މުށިކުލައިގައި ހުރެއެވެ. މިފަނީގެ އެތެރޭގައި ހުންނަ ދިޔަ ނުކުތީމާ ރެނދަން ލާނެއެވެ.

ރެދަންދަނޑި

ނ. އަލި ދަނޑިހެން ހުންނަ ތަންތާ ހާކާލީމާ ރެދަންލާ ދަނޑިއެއް.

ރެދަންލުން

މ. ރެދަނުން އަލިވުން.

ރެސް

ނ. 1 ތަނަކަށް ބަޔަކު އެއްވާ އެއްވުން. 2 ރޮނގު. 3 ކައިރިފަށް. 4 ފަންގެލުން ފަދަ ކަންތަކަށް ގުޅައިފައި އޮންނަ ފަންވަށް. 5 (ސ) ރެނދު. [ބޯދާ] 6 އަލީގެ ދޯދި.

ރެސްޓޯރެންޓު

ނ. ކައިބޮއި ހެދުމަށް އާދައިގެ ސައިހޮޓާ ހޮޓަލަށްވުރެ މަތީ ފެންވަރަށް ޢާއްމުކޮށް ހުޅުވައިފައި ހުންނަ ތަންތަން.

ރެޑިއޯ

ނ. ރޭޑިއޯ އިސްޓޭޝަންތަކުން ފޮނުވާ ޚަބަރާ މިއުޒިކާ މިފަދައަޑުތައް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ވަސީލަތް.

ރެޕްރެޒެންޓޭޓިވް

ނ. 1 ދައުލަތެއް ތަމްސީލު ކުރުމަށްޓަކައި އަނެއްޤައުމަކަށް ނުވަތަ އަނެއް ފަރާތަކަށް ފޮނުވުމަށް ޤައުމެއްގެ ވެރިޔަކު އައްޔަން ކޮށްފައިވާ މީހާ. 2 އެމްބެސެޑަރ.

ރޭނުން

މ. 1 އުވަޔާއި ވެއްޔާ އެއްކޮށް ގަށައިގެން ގާ ބަހައްޓަމުން އެ އަޅަމުން ތަނެއް ހަދަމުން މައްޗަށް ނެގުން. ސިމެންތި ލައިގެންވެސް ރާނައެވެ. ބައެއް ފަހަރަށް ހުސް ގަލުންވެސް ރާނައެވެ. 2 ސިލުނބު ތަވާ ފަދަ ތަކެތި ބޭނުން ހިފުމުގެ ކުރީގައި އަލިފާނުން ހޫނުކޮށްލުން.

ރޭރު

ނ. އަސްދޫންޏާ ވައްތަރު އެއަށްވުރެ ކުޑަ އުދުހޭ ދޫންޏެއް. ގަދަޔަށް ހަޅޭލައިގަތީމާ ހައިރާންވުމަކީ މީގެ ޚާއްޞަ ސިފައެކެވެ.

ރޭވުން

މ. 1 ޤަވާއިދަކަށް ހަމަޖެއްސުން. 2 އެކަށައެޅުން. 3 ގަނޑުވަރުތެރޭ ބޭފުޅަކު އަވަހާރަފުޅު ލެއްޕެވުން. 4 އިރުއޮއްސުން.

ރޭފަނާ އެރުން

މ. 1 ކަންހުރިގޮތް އެނގުން. 2 އާދަކާދަ ދަތުން.

ރޭފަނާނާރާކުދިން

ނ. 1 ކަންހުރިގޮތް ނޭނގޭ ވަރުކުދިން. 2 އާދަކާދަ ނުފިލާވަރު ކުދިން. މިބަސް ޒުވާނުންނަށް ބޮޑެތި މީހުންނަކަށް ކިޔައެއް ނޫޅެއެވެ.

ރޭފަނާނޭރުން

މ. 1 ކަންހުރިގޮތް ނޭނގުން. 2 އާދަކާދަ ނުދަތުން.

ރޭދަ

ނ. [ބޯދާ] ރަސްކަމެއްގެ މުއްދަތު.

ރޭދަލާދިއުން

މ. 1 ރޭނގަޑުގައި ދާއުކަންދިއުން. 2 [މަޖާޒު] ރޭގަނޑު ހިލޭ އަންހެނުން ހޯދަން ހިނގުން.

ރޭދެބައިވުން

މ. މެންދަންވުން.

ރޭލު

ނ. އެތަށް ގާޑިޔަލެއް ފަތީލައިގެން އިންޖީނެއްގެ ބާރުން ދަގނަޑު މަތީގައި ދުއްވާ ގާޑިޔާ. މީގެ ތަފާތު ބާވަތްތައް ހުރެއެވެ.

ރޭލުއިސްޓޭޝަން

ނ. 1 ރޭލުގެ ދަތުރު ފަތުރާބެހޭ ކަންތައް ހިންގާތަން. 2 ދަތުރުވެރިން އަރާ ފޭބުމަށްޓަކައި ރޭލުމަޑުކުރާތަން.

ރޭލުއެޅުން

މ. 1 ރޭލު ގާޑިޔާ ދުއްވާ ދަގަނޑު އެޅުން. 2 ރޭލު އަޅަންވީ ހިސާބުގައި ރޭލުފަށް ހަރުކުރުން.

ރޭލުދަގަނޑު

ނ. ރޭލުގާޑިޔާ ދުއްވާ ދަގަނޑު.

ރޭސް

ނ. 1 އެކަކު އަނެކަކަށްވުރެ ނުވަތަ އެއްބަޔަކު އަނެއްބަޔަކަށްވުރެ ކުރި ހޯދުމަށް ކުރާ ވާދަ. މިސާލު: ހަތިޔާރުގެ ރޭސް. 2 ދުވުމުގެ ނުވަތަ ދުއްވުމުގެ މުބާރާތް. މިސާލު: ކާރުރޭސް، ރިލޭރޭސް، އަސްރޭސް، ދޯނިރޭސް. 3 ބާރުދުވެލި. މިސާލު: ދުވެލިބާރު ނުކުރާށެވެ.

ރޭސް ދުއްވުން

މ. 1 ވާދަ ކިޔައިގެން ދުއްވުން. ނުވަތަ ދުވުން. 2 ވާދަ ދުއްވުން.

ރޭސްކޯސް

ނ. އަސްރޭސް ދުއްވަން ހަދައިފައި ހުންނަ ތަން.

ރޭޒާ

ނ. ވިރިކެކޭ ބައެއް މަޢުދަނުންނާއި ފައިބަރުފަދަ ތަކެތިން އެކިބޭނުމަށް ހަދައިފައި ހުންނަ ފުއް ނުވަތަ ފޯލި. މިއީ އެނބުރޭ ބައެއްކަހަލަ ތަކެތީގެ އެނބުރުން ހަލުއިކުރުމަށް އެތަކެއްޗަށް ލައްވާއެއްޗެކެވެ.

ރޮށި

ނ. 1 ފުށް މޮޑެ ތުނިކޮށް ދަމައިގެން ފިހާ ކާއެއްޗެއް. 2 ކާފޫރު ބަންޑެލީގެ ފޮތިފޮތި. 3 (ސ) ފަރުޖު.

ރޮށިދަމާ ދަނޑި ގަނޑު

ނ. ރޮށިދަމަން ގެންގުޅޭ ލަކުޑި ރޯލު.

ރޮށިދެމުން

މ. މޮޑެފައިވާ ފުށްގަނޑެއް ރޮއްޓެއްގެ ސިފައިގައި ދަނޑި ގަނޑަކުން ނުވަތަ ރޯލަކުން ތުނިކޮށް ފެތުރުން.

ރޮނގު

ނ. 1 ކޫރު. 2 ފޮތެއްގައި ނުވަތަ އެއްޗެއްގައި ދަމާ ފަށް. 3 ސީދަލަށް ނުވަތަ ބައްޓަމަކަށް ހިމަދިގުކޮށް ދަމާފަށް. 4 ފަންނު. 5 މަގު.

ރޮނގުދަމާ ކަށިގަނޑު

ނ. ތުނޑު ދެފަޅިޔަށް ހުރެފައި އެދެފަޅި ދޭތެރެޔަށް ދެލިއަޅައިގެން ރޮނގު ދަމާން ބޭނުންކުރާ އާލަތް.

ރޮނގުދަމާފަތިގަނޑު

ނ. ތެދަށް ރޮނގު ދެމުމަށްޓަކައި ކައިރިތެދުކޮށް ހަދައިފައި އޮންނަ އާލަތެއް.

ރޮނގުދެމުން

މ. 1 ފޮތެއްގައި ނުވަތަ އެއްޗެއްގައި ފަށްދެމުން. 2 ސީދަލަށް ނުވަތަ ބައްޓަމަކަށް ހިމަދިގުކޮށް ފަށްދެމުން.

ރޮނގުތެޔޮމަސް

ނ. ފަރުމަހުގެ ބާވަތެއް. މިއީ މަސްގަނޑުގެ ތެޔޮކަންގަދަ ފަރުމަހުގެ ބާވަތެކެވެ. އުމުރުން ގިނަ ދުވަސްވީވަރަކަށް ކުލަގަދަވަމުންގޮސް ކަޅުކުލައަށް ބަދަލުވާ ގަދަމުށި ކުލައިގެ މަހެކެވެ. މިމަހުގެ ނިގޫފަތް ކުޑަވާނެއެވެ. ނިގޫކޮޅުގެ ދެފަރާތުގައި ކުޑަދެކުރަގަނޑާއި ބޮޑު ކުރަގަނޑެއް ހުރެއެވެ.

ރޮނޑު

ނ. ހަންބޯ، ރާޅު، ދަތްގަދަ މަސްހަރު އަނގަކުޑަ މޫދުމަހެއް. މިއީ ފަޅުތެރޭގައި ހާލި ހަދައިގެން ބިސްއަޅާ އެބިސް ބަލަހައްޓާ މަހެކެވެ.

ރޮކެޓު

ނ. ވަރަށް ބާރަށް ފަހަތަށް ފޮނުވައިލާ މާއްދާއެއްގެ ސަބަބުން ކުރިޔަށްދާގޮތަށް ހަދައިފައިވާ އެއްޗެއް، މީގެ އެންމެ ޢާއްމު ވައްތަރުތައް ހުންނަނީ، އެއަށް އަޅައިފައިވާ އަނދާ މާއްދާތަކާއި، އޮކްސިޖަން އެއްކޮށް އަންދައިގެން އުފެދޭއާވި ފަހަތަށް ފޮނުވާ ލައިގެން ދުއްވާގޮތަށެވެ. މިއެންމެ ޢާއްމުގޮތެއްގައި ބޭނުންކުރަނީ ހެދިހަނދު ފަދަ އެއްޗެހި ޖައްވަށް ފޮނުވުމަށާއި، ޖައްވީ އުޅަނދު ފަހަރުގެ ދަތުރުތަކުގައެވެ.

ރޮއިހޭރުން

މ. ގަދަޔަށް ރުއިން.

ރޮއިގަތުން

މ. ކުއްލިއަކަށް ގަދަޔަށް ރޯން ފެށުން.

ރޮވުން

މ. 1 މޮޅިވެގެންގޮސް ލޮލުން ކަރުނަ އައުން. 2 ހިތަށް ކުޅަގަދަ އަސަރަކުން ލޮލުން ކަރުނަ އައުން.

ރޮދިގަނޑު

ނ. 1 އުނަގަނޑުގައި އަޅާ ނަނުފަށް. 2 ބޯވަޅުގެ މެދުގައި އެހެން އެއްޗެއްސަށްވުރެ ފުޅާކޮށް ބާދަލާލައިގެން ގަތައި ހަރުކޮށްފައި އޮންނަ ފަށް.

ރޮދިޖެހުން

މ. 1 ދިވެހިލިބާހުގައި ބޯވަޅު އަޅާއިރު ދެހިރު ދޭތެރޭ ބަގިޔާ ޖެހުން. 2 ފޮތިގަނޑެއްގައި، ނުވަތަ ހެދުން ފަދަ އެއްޗެހީގައި ފަތި ޖެހުން.

ރޯ

ނ. 1 އެއްޗެއްގައި އަލިފާން ހިފާހިފުން. މިސާލު: ތަނެއްގައި އަލިފާން ރޯވުން. 2 ނއ."ހިކި" މިބަހުގެ އިދިކޮޅު. މިސާލު: {ހ} ރޯދަރު. {ށ} ރޯމޭވާ. 3 ދިރޭ. މިސާލު: {ހ} ރޯގަސް. {ށ} ރޯފާރުގަނޑު. 4 ކައްކައިގެންނޫނީ ނުކާތަކެތި ކެއްކުމުގެ ކުރީގައި ކިޔާގޮތް. މިސާލު: {ހ} ރޯހަނޑޫ. {ށ} ރޯމަސް. 5 އެއްޗެއް. މިސާލު: މިތާނެތް ރޯއެއްނެތޭ. 6 ގޮތް. މިސާލު: ތިޔަކަންތައް ކޮންފަދަ ރޯއެއްގައި ދާނެބާވައެވެ. 7 ހުރިގޮތަށްހުރި. މިސާލު: {ހ} ރޯގޯސް. {ށ} ރޯދޮގު. 8 ހާމަ. މިސާލު: ރޯދުވާލު. 9 ރަނގަޅަށް ދޮން ނުވާ. މިސާލު: ރޯކެޔާ.

ރޯހާ

ނ. 1 ޤުރުއާން ކިޔެވުން އާދަވެގެންވާ ތަންތާގައި ރޭގަނޑުގެ އަނދިރީގައި ފެންނަ ރޫހާނީ އައްޔެއް. 2 (ސ) ޒާތެއްގެ ޖިންނިއެއް.

ރޯހާލާހުރުން

މ. 1 ހުސްބަނޑާ ހުރުން. 2 ތަންދޮރު ނުދަނެ ހުރުން.

ރޯހާލު

ނ. [މަޖާޒު] 1 ހުސްބަނޑާ ހުންނަ ހުރުން. 2 ތަންދޮރު ނުދަންނަ ނުދަތުން .

ރޯނގާ

ނ. އަރިދަފުސް.

ރޯނގާބަޑި

ނ. (ސ) 1 އަރިދަފުސް އަޅައިގެން އުޅޭމީހާގެ ނޭފަތުން އަންނަ އެއްޗެހި. 2 [މަޖާޒު] އަބަދު ރޯގާ ޖެހިގެން އުޅޭ ކުޑަކުއްޖާ.

ރޯނާ

ނ. 1 އިރުއޮއްސޭ ވަގުތު ލޮލަށް ތަންތަން ރަނގަޅަށް ނުފެންނަގޮތްވާ ބަލި. 2 މަސްމަހާ މެއްސާއި ދޫނި ސޫފާސޫފީގެ ލޮލަށް ގަދަ އައްޔެއް އެޅުވުމުންޖެހޭ ބިތް.

ރޯނާއަށްދިއުން

މ. ކިރުއިލޮށި ހިފައިގެން ދެއިރު ދެ ދަޅައަށް ލޯފިނދު ހިފަން ދިއުން.

ރޯނު

ނ. 1 ބޮނބިނަރުން ލީލި އަޅައިގެން ދެއުޅި ލީލިން ވަށާފަށެއް. 2 އަށާވީސް ނަކަތުން ހަތަރުވަނަ ނަކަތް. ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް. 3 އެއްޗެހި ހިއްކަން އެޅުމަށް ދަމާފަށް. 4 ބިންބިމުގެ އިން ވަކިކުރުމަށް ނުވަތަ ފާރުފާރު ތެދަށް ރޭނުމަށް ދަމާ ފަށް.

ރޯނުއެދުރު

ނ. ކަންތައްކުރާން ރަނގަޅަށް ނޭނގިހުރެ ކޮންމެ ކަމެއްވެސް ދަންނަކަމަށް ހެދިގެން އެކަމެއްކޮށް އުޅޭމީހާ.

ރޯނުއެދުރުވުން

މ. ރަނގަޅަށް ނުދަންނަ ކަންތައް ދަންނަކަމަށް ހެދިގެން އުޅުން.

ރޯނުފޯލި

ނ. 1 އެކި އަދަދަށް އެކި މިންމިނަށް އަޅައިފައި ހުންނަ ރޯނުފަށްތަކެއް. 2 ރޯނުބޮނޑިއެއްގެ އެތައް ބައިކުޅަ އެއްބައި. 3 ރޯނުބޮނޑިއެއްގެ ބާރަ ބައިކުޅައެއްބައި.

ރޯނުދާ

ނ. 1 ދިގު ދާ ފަދައިން މަސްހިފުން ފަދަ ބޭނުމުގައި ރޯނުން ބަނދެފައި ހުންނަ ދާގަނޑު. 2 [ބޯދާ] ކުކުޅުދައު.

ރޯވުން

މ. 1 އިންދިގަހެއް ނުވަތަ އޮފިގަނޑެއް ހެދޭގޮތްވުން. 2 އަލިފާންހިފުން. 3 ފާރުގަނޑު ދަދުފަދަ އެއްޗެތި ހެދިބޮޑުވާގޮތްވުން. 4 ތެކުން.

ރޯމާދުވާލު

ނ. 1 ދުވާލު. 2 ދުވާލުކަންގަދަކުރާން ބުނާގޮތް.

ރޯފިލުވުން

މ. 1 ހޫނުން އެއްޗެއްކައްކައި ރޯކަންކެނޑުވުން. 2 [މަޖާޒު] ކަންކަމަށް ހާނުވައި ލޯހުޅުވޭގޮތް ހަދައިދިނުން.

ރޯދަހިފުން

މ. ރޯދައަށްހުރުން.

ރޯދަކުރުކުރުން

މ. ރޯދަމަހު ދުވާލު ފޫހިފިލުވުން.

ރޯދަކުރުވުން

މ. ރޯދައިގެ ވަރުބަލިކަމަކާއި ފޫހިކަމެއް ނުލިބި ދުވަސް ވޭތުވެދިއުން.

ރޯދަކެނޑުން

މ. ރޯދަވީއްލުން.

ރޯދަކޮށުން

މ. ބައެއް މީހުން ރޯދައަށް ތިބޭއިރު ފޫހިފިލުވުމަށް ދަނޑިދަނޑިކޮޅު މަށައި އެއިން އޭތިމީތި ހަދައި އުޅުން.

ރޯދައަށްހުރުން

މ. ރޯދަހިފުމަށް ނިޔަތްގަނެ ފަޖުރުލީއްސުރެ އިރުއޮއްސޭންދެން ރޯދަ ގެއްލޭ އެންމެހައި ކަންތަކުން ދުރުވެގެން ހުރުން.

ރޯދަވީއްލުން

މ. އިރުއޮއްސުމުން ރޯދަ ދޫކޮށްލުން.

ރޯދަމަސް

ނ. 1 ރަމަޟާންމަސް. 2 ރޯދަހިފުން ފަރުޟު މަސް. 3 ހިޖުރީކަލަންޑަރުގެ ނުވަވަނަ މަސް.

ރޯދަގެއްލުން

މ. 1 ރޯދަބާޠިލުވުން. 2 ރޯދަ ކަމުނުދާ ފަދަ ގޮތެއްވުން.

ރޯދަޖަބޮ

ނ. ރޯދަވިއްލުމަށް އަމިއްލައަށް ހޯދާ ނުވަތަ މީހަކު ހަދިޔާކުރާ މޭވާއާއި ކުރުނބާ ފަދަތަކެތި.

ރޯދާބޯފޮޅި

ނ. ރޯދަބޯފޮޅި.

ރޯދާފޮއިހަނޑޫ

ނ. ރޯދަމަހަށް، ހަނގުބޭކަލުންނަށްދީ އުޅުނު ހަނޑޫ މިހަނޑޫ ދީއުޅުނީ ހަނާޅިއާއެކު ތިރީސް ނާޅި މަގުންނެވެ.

ރޯލު

ނ. 1 ކަރުދާސްފަދަ ތަކެތީގައި ރޮނގުދަމަން ގެންގުޅޭ ފޯލި. 2 ވަށްކޮށް އޮޅައިފައި ހުންނަ ތަކެތި. މިސާލު: ލަވަރޯލު، ކެސެޓްރޯލު، ފޮތިރޯލު، ކަފަރޯލު. 3 އަދާކުރާބައި. 4 ފުރާ ދުއްވާ ތަކެތި ދެފަރާތަށް ފުރޮޅާ ފުރޮޅުން.

ރޯލުކުރުން

މ. 1 ފުރާދުއްވާ އެއްޗެތި ދެފަރާތަށް ފުރޮޅުން. 2 ވިޔަފާރީގެ ތެރޭގައި މުދަލާއި ފައިސާ ހިންގުން.

ރޯލުގޯލު

ނ. ވަކިވަރަކަށް ލޯލައިގެން ހަދައިފައި ހުންނަ ރަނެއް.

ރޯގާ

ނ. 1 ހަލުއިކޮށް ފެތުރޭ ބަލިބަލި. މިސާލު: ބޭރަށްހިންގުން، ހޮޑުލުމާއި ބޭރަށް ހިންގުން. 2 އަރިދަފުސް. 3 [މަޖާޒު] އިޖްތިމާޢި ބޮޑެތި ބަލިތައް މިސާލު: ބަނގު.

ރޯގާޖެހުން

މ. 1 އަރިދަފުސްއެޅުން. 2 ރޯގާގެ ބައްޔެއްވުން.

ރޯސް

ނ. އެއްގަމުމަހާ ޕާންފަދަ ތަކެތި ބޭރު ރަތްވެލާންދެން ފިހާފިހުން.

ރޯސްކުރުން

މ. އެއްގަމުމަހާއި ޕާންފަދަ ތަކެތި ބޭރު ރަތް ވެލަންދެން ފިހުން.

ބަހަނާ

ނ. 1 ތިމާގެ ބޭނުމާ އެއްގޮތަށް ކަމެއް އަނބުރާލަންވެގެން ދައްކާވާހަކައާއި މެދުވެރިކުރާ ސަބަބު. 2 މަކަރު.

ބަހުރުވަ

ނ. އެއްބަހަކުން ވާހަކަދައްކާ ބައެއްގެތެރޭގައި، ބަސްކިޔާގޮތާއި އަޑުތަކާއި ބަސްތައް ބޭނުން ކުރާގޮތް.

ބަހުރުފެނަށްވަންދެންކިޔެވުން

[މަޖާޒު] ކިޔެވެއްޔެއް ކިޔެވިލެއް ގަދަކަން އަންގައިދިނުމުގެ ގޮތުން ބުނެއުޅޭބަހެއް.

ބަހުރުލޮނު

ނ. 1 ކަނޑުގެ ލޮނު. 2 [މަޖާޒު] ނއ. ލޮނުރަހަ މާގަދަވީމާ ބުނެއުޅޭގޮތެއް.

ބަހުގެއަހުލުވެރިން

ނ. މާދަރީބަހަށް ނިސްބަތްވާ މީހުން.

ބަހުސް

ނ. ދެބަޔަކު ދެގޮތަކަށް ބުނެގެން އެބަޔަކު އެބުނިގޮތެއް ރަނގަޅުކަމަށް ދައްކާ ވާހަކަ.

ބަށި

ނ. 1 ތަރުކާރީގެ ބާވަތެއް މީގެ ކިތަންމެ ބާވަތެއް ހުރެ އެވެ. މިސާލު: ދަނބުބަށި، ހުދުބަށި، ދިގުބަށި. 2 ފަނުން ހަ އަރިޔަށް ވިޔެގެން ތައްޔާރުކުރާ އެއްޗެއް. (މިއީ އިހުޒަމާނުގައި އަންހެނުންގެ ޚާއްޞަ ކުޅިވަރެއް ކުޅުމަށްޓަކައި ފަނުން ވިޔާއެއްޗެކެވެ.) 3 ދިވެހި އަންހެނުން ކުޅެއުޅޭ ކުޅިވަރެއް.

ބަށިކޯޓު

ނ. މަދަރުސާ ބަށިކުޅެން ބައިބައި ކޮށްފައި އޮންނަ ބިން.

ބަށިގަން

ނ. ބަށީގައި ކައްކާ ފޮނި ހިކި ރިހައެއް. މި ހަދަނީ ބަށިމުޅިން ވަކިނުކޮށް ހަތަރުފަޅިޔަށް ފަޅައި ވަކިކުރުމަށް ފަހު އޭގެ އެތެރޭގައި ހުރި އޮށްތަކާއެކު ކަރުގަނޑު ނަގައި، މަސްކޮޅެއްމޮޑެ އޭގެ ތެރެއަށް ލޮނުމިރުސް ހަވާދުކޮޅަކާ ބަށިން ނެގި ބަޔާ އަޅާ އެއްކޮށް މޮޑެ އެއިން އެއްބައި ބަށީގެ އެތެރެއަށް އަޅައި ރޮދިން ބަށިބަނދެލައި، ގިތެޔޮފޮދެއްގައި ބާކީ ހުރި ހަވާދުކޮޅު އަޅައިގެން ފުށްފުށަށްޖަހައި ރަނގަޅަށް ރޯފިލުވައިގެންނެވެ.

ބަނދަރުޖެހުން

މ. 1 ބޭރުދަތުރުކުރާ އެއްޗެހި ބަނދަރަށްވަދެ ނަގިލިލުން. 2 ބޭރުގައުމުތަކުން އަންނަ ފުރާދުއްވާ އެއްޗެހި ބަނދަރަށްވަދެ ނަގިލިލުން.

ބަނދަރުހުއްދަ

ނ. ބިދޭސީންގެ ފުރާދުއްވާ ތަކެތީގައި ދިވެހިންއުޅުމަށް ދައުލަތުގެ ލިޔުމަކުން ދީ އުޅުނު އަމުރު.

ބަނދަރުކަލާސީން

ނ. އިހުގައި ނާފަހަރު ދަތުރުހުއްޓައިފައި އޮންނައިރު އެ ބަލަހައްޓާން ތިބޭމީހުން.

ބަނދަރުމަތި

ނ. 1 ފިހާރަތައް ހުންނަ ހިސާބުގަނޑު. 2- ބަނދަރާދިމާ އަތިރިމަތި. 3- ރަށްފުށުގެމީހުން މަހަށްދާން އައިސް ތިބޭއިރު ބަނޑަހަ ޖަހައިގެން ތިބޭ ތަން.

ބަނދި

ނ. 1 ވަޒަން ބަހުރުވައިގެ އެންމެ ކުރީގެ ވައްތަރު. (މިއީ އެއްގޮތަށް ހުއްޓޭ ބަސްތަކަކުން އެކުލަވައިފައި އޮންނަ ފަތިވަރެކެވެ.) 2 އިހުޒަމާނުގައި ވަޒަން ހަމަވާގޮތަށް ހަދައިގެން ވަޒަން ބަހުރުވައިން ރާގަކަށް ކިޔާއުޅުނު ބަސްފަތިވަރެއް.

ބަނގަބަނގަ

ނ. 1 ބޮޑެތި ސަތަރުފަދަ އެއްޗެހި ވެއްޓޭއިރު އިވޭއަޑު. 2 މަރުތަބާން ފަދަ ބޮޑުއެއްޗެއް އަރިކުރެވޭ ގޮތަކުން އޭގައި ހުންނަފެން ހިފެހެއްޓެމުން ފައިބާ އަޑު.

ބަނގަބަނގައެޅުން

މ. 1 ބޮޑެތި ސަތަރުފަދަ ތަކެތި ވެއްޓޭއިރު އިވޭ އަޑު އިވުން. 2 މަރުތަބާންފަދަ ބޮޑުއެއްޗެއް އަރިކުރެވޭ ގޮތަކުން އޭގައި ހުންނަފެން ހިފެހެއްޓެމުން ފައިބާއިރު އިވޭއަޑު އިވުން.

ބަނގަލާބޯޓު

ނ. މުދާ އުފުލުމަށް ބޭނުންކުރެވޭ އުޅަނދެއް. މިއީ ކަތިރިޔަލުގައި ކަނޑު ދަތުރުކުރާ އެއްޗެކެވެ. މި ބޯޓުގައި ގެހަދައިފައި ހުންނަނީ ކޮޅުފަސްކޮޅުގައެވެ. މި އުޅަނދު ގެންނަނީ ރާއްޖޭން ބޭރުންނެވެ.

ބަނގުއާވި

ނ. އަލިފާން ހިފާ ކުލައެއްނެތް ސާފު ދިޔާ އެއްޗެއް. މޭވާދިޔައާއި ގޮވާންފަދަ އެއްޗެހި ކަމީރުކޮށްގެންވެސް މިނަގައެވެ. ބަނގުރާއާއި، ސެންޓާއި ބައެއްކަހަލަ ދިޔާބޭސް ބޭނުންކުރުމުގައި މި ބޭނުން ކުރެއެވެ.

ބަނގުރޫޓު

ނ. ހުރިމުދަލަށްވުރެ ދަރަނިބޮޑުވެގެން ހުރިހާ މުދާ ވިއްކަންޖެހޭ ޖެހުން.

ބަނގުރޫޓުވުން

މ. އަތުގައިހުރި މުދަލަށްވުރެ ދަރަނިބޮޑުވެގެން ހުރިހާ މުދާ ނީލަން ކިޔާން ޖެހުން.

ބަނގުފިލާ

ނ. 1 ގަންޖާ. 2 މަރުވާނާ. މީގެ ގަސްހެދެނީ ހަތަރު ފޫޓާއި ހަ ފޫޓަށެވެ. ބައެއް ގަސް މިއަށްވުރެ ދިގުކޮށްވެސް ހެދިފައި ހުރެއެވެ. ފަތް ހުންނާނީ ދަނޑި އަލުވިފަތްހެން ހަ ބަޔަށެވެ.

ބަނޑަހަ

ނ. 1 ވިޔަފާރިކުރާން ވަގުތީ ގޮތުން ހަދައިފައި ހުންނަ ތަންތަން. 2 މަހަށްދާންގޮސް ތިބޭން ރަށްރަށުގައި އަޅާ ވަގުތީގެ. 3 ބަނޑަހަގެ.

ބަނޑަހަގެ

ނ. ގޭގެ ކާޑުގެ ތަކެއްޗާއި ދުންބޮއި ދުފާ ހެދުމަށް ބޭނުންކުރާ ތަކެއްޗާއި އާއްމުކޮށް ގެއަށް ބޭނުންވާތަކެތި ރައްކާކުރާ ގުދަން. އިހުގައި މިތަން ހުންނާނީ ގެއާ ވަކިންނެވެ.

ބަނޑަވަރު

ނ. 1 ހަމަރިޔަލު(ހަތަރެސްކަންރިޔާ) ގެ އަރަލުން ރިޔަލުން ރިޔަލުގެ ބޭރުފުށުން އޮޑިއަށް ހިފައިފައި ހުންނަ ވާފަށް. 2 ފުރާޅުގެ ފެންތައް އޮބެހެއްޓުމަށް އެއް އަސްކަނީގެ ދަނޑީން އަނެއް އަސްކަނީގެ ދަނޑިއަށް ފުރާޅުމަތިން ހިފައިފައި ހުންނަ ވާފަށް. 3 ދަމައިފައިވާ ސަތަރިއެއްފަދަ އެއްޗެއް ވަޔާ އެއްލައިލިޔަ ނުދިނުމަށް މަތިން ދަމައިފައި ހުންނަ ފަށް. 4 އެއްޗަކަށް އަރުވައިފައި ހުންނަ މުދާތަކެއް ފައިބައިގެން ދިޔަ ނުދިނުމަށް މުދައުތަކުގެ މަތިން ފުރައިފައި ހުންނަ ވައު.

ބަނޑިވުން

މ. ވިރިކެކޭ މައުދަނަކުން ނުވަތަ ޕްލާސްޓިކު ފަދަ އެއްޗަކުން ހަދައިފައި ހުންނަ އެއްޗިހީގައި އެއްޗަކުން ޖެހިގެން ނުވަތަ އެނޫންވެސް ގޮތަކުން އަޑިގުޑަންވުން.

ބަނޑިޔާ

ނ. ކޮލި އޮންނާނެހެން މުށީން ހަދައިފައި ހުންނަ އަނގަކުޑަ ކުޑަވަރެއްގެ ކަންވާރެއް. މި ބައްޓަމަށް އެހެން އެއްޗަކުން ކަންވާރެއް ހަދައިފައި ހުއްޓަސް ކިޔާނީ މިހެނެވެ.

ބަނޑު

ނ. 1 ކާއެއްޗެހި އަނގައިގެ ތެރެއިން ގޮސް އުޅޭތަން. 2 އިންސާނާގެ މޭކަށިގަނޑުން ފެށިގެން ފޫޅާ ދެމެދު. 3 މަސްމަހާމެހީގެ ގޮހޮރު. 4 ބަނޑު ހަނޑޫ. 5 އޮޑިދޯނިފަހަރު ބަންނަ ވަޑީންނަށް ދުވަހު މުސާރައިގެ ގޮތުގައި ދީ އުޅުނު ހަނޑޫ. 6 ރަހިމު. 7 ބޯޓުފަހަރުން މުދާ ބާލައިށާއި ބޯޓުފަހަރަށް މުދާ އަރުވަން ބޭނުންކުރާ އުޅަނދު. 8 ހޮޅިލާނަގާ ރާޅުގެ އެތެރެ. މިސާލު: ރާޅުގެ ބަނޑު. 9 ބިމުގެ އަޑި. މިސާލު: ބިމުގެ ބަނޑު. 10 އެއްލައިފައި ހުންނަ ގުޑީގެ ނަނުގައި ލާފައި އޮންނަ ގޮނި. 11 ރިޔަލު އޮޑި ދޯނިފަހަރު ދުއްވާފައި ދާއިރު ވައި އެޅިގެން ރިޔަލުގައި އޮންނަގޮނި. 12 ދަމައިފައި އޮންނަ ނަރެއްފަދަ އެއްޗެއްގެ މެދުތެރޭން ތިރިއަށް ގޮނިވެފައި އޮންނަބައި. 13 ތެޅިގަލުން ރާނާއިރު ދެގާބަރި ދޭތެރެއިން ހުސްކޮށް އޮންނަތަން. 14 ދޫނިސޫފާ ސޫތްޕާއި ގެރިބަކަރި ޖަނަވާރާއި މަސްމަހާމެހީގެ ހަޖަމުކުރާބައި.

ބަނޑުޖެހުން

މ. ޖަނަވާރާއި، ދޫނިސޫފާސޫފި ފަދަތަކެތި ބަނޑު ޖައްސައިގެން އޮށޯތުން.

ބަނޑުހަނޑޫ

ނ. ފޯޔަކު ބާރަނާޅި މަގުން ހަނގު ބޭކަލުންނަށް ދައުލަތުން ދެއްވާ ހަނޑޫ.

ބަނޑުހިކުން

ނ. ނަޖިސްހަރުވެ ބޮޑުކަމުދާން ދަތިވުން.

ބަނޑުރާޅަށްދެމުން

މ. ނަގާރާޅުގެ ބަނޑުދަށަށް ބިންދާލި ރާޅުގެ ލޮނުގަނޑު ދަމައިގަތުން.

ބަނޑުބައިން

1 އުނަގަނޑު ފައްޓަރު ތިރިވިޔަނުދޭން ބާސްކީލިން އަޅައިފައި ހުންނަ ފަށް، މިބައިން ޖަހަނީ ކުޑަކުދީންނެވެ. 2 އަސްފަދަ ސަވާރުވާ ތަކެތީގެ މަޑި ހަރުކުރާން ބަނޑު ދަށުން އަޅާ ކަމަރު. 3 ފަޓުލޫނު ހިފެހެއްޓުމަށް ކޮނޑުމަތިން ދެފަރާތުން އަޅައިފައި ހުންނަ ބަންދު.

ބަނޑުބަލި

ނ. ބަނޑުގައި އުފެދޭ ބައްޔެއް. މިބަލި ޖެހުމުން ބައެއް ފަހަރު ނޭވާހިނގުން ދަތިވެ، ކުޑަކަމުދިއުމާއި ބޮޑު ކަމުދިއުމުގެ ނިޒާމަށް ބަދަލު އާދެއެވެ. ދިވެހިންގެ ތެރޭގައި "ބަނޑުބަލި" ކިޔާ އުޅެނީ ބަނޑުގައި ސަރުބީ އުފެދި ބަނޑުގެ އެތެރޭގެ ބައެއް ގުނަވަން ދުޅަވުމުންނެވެ.

ބަނޑުބޭސް

އޯބަތް، ކަޅުދިރި، އަސަޅިޔާ، ފަޅިދަމުއި، ހިތިދަމުއި.

ބަނޑުކަޅުމުގުރާން

ނ. މުގުރާމުގެ ބާވަތެއް. މިއީ ބުރިކަށި ފަރާތުގައި ފެހިކުލަ، ބަނޑުގެ ދެއަރިމަތީގައި ކަޅުކުލަ، ބަނޑުދަށް ފަރާތުގައި ހުދުކުލަ ހުންނަ މުގުރާމެކެވެ.

ބަނޑުކޮނުން

މ.[މަޖާޒު] އަނެކާގެ ހިތުގައި ފޮރުވައިފައިވާ އެއްޗެއް ހޯދަން މަސައްކަތް ކުރުން.

ބަނޑުކޮޅު

ނ. ދަށްބަނޑު.

ބަނޑުއަޅައިވިހެއުން

މ. ބަނޑުގައި ދަރިއަށަގަނެގެން ވިހެއުން.

ބަނޑުއިލި

ނ. އޮޑިދޯނި ފަހަރުގެ އަޑި ބަނުމާއި މަތި ހެދުމުގައި ގަދަކުރުމަށްޓަކައި ބޭރުން ޖަހާ އިލީގެ އިތުރަށް އިހިތަކަށާ އިންނަފަތްތަކަށް އެތެރެ ފަރާތުން ޖަހާއިލި.

ބަނޑުއެޅުން

މ. 1 ހުތުރު ބަހުން ކެއުމަށް ބުނާގޮތް. 2 ފާރެއް ރާނަމުންދާއިރު، ދެފަރާތުގައި ހުންނަ ގާބުރީގެ މެދަށް ކުދިގާ އެޅުން. 3 އެއްޗެއްގައި ބަނޑު ޖައްސައިގެން ގުދަށް އޮތުން. 4 މުދާބާލާ ބަނޑު ތަނެއްގައި ހައްޔަރުކުރުން.

ބަނޑުއޮއްޓުގަނޑު

ނ. 1 އެއްޗެއް ވަރުގަދަކުރަން ދަށުފުށުން އަޅާ އެތިގަނޑު. 2 ތެލަނގައިގެ ލަނބާދުނީގެ ބަނޑުފުށުގައި މެދުތެރޭ އަޅާ އެތިކޮޅު.

ބަނޑުވަސް

ނ. ފައިދޮށްތަކުގެ މެދާ ދިމާއިން ފުރާޅުގެ ދިގަށް ފައިދޮށްތަކުގެ ދަށުން އަޅާ ވަކަރެއް. މިވަކަރު އަޅަން ޖެހެނީ ފައިދޮށްތައް މާދިގުކަމަށްވާނަމަ ފުރާޅު ލަނބާފާނެތީއެވެ.

ބަނޑުމުސާރަ

ނ. އޮޅުލުމުގެ ބާވަތެއް، މިއީ ބޯ ނުޖައްސައި މެދުހަށީގައި ބައްދައިގެން ހިފާ ހިފުމެކެވެ.

ބަނޑުފައިދޮށް

ނ. ފައިދޮށުގެ ދަށުން ތޮނަޔާއި ހުރަސްކޮނެފައި ވިއްދައިފައި އޮންނަ ވަކަރެއް.

ބަނޑުފަތް

ނ. 1 ކެޔޮގަސްގަނޑުގެ ފަށަލަ. 2 އޮނުހެދޭއިރު ބަދަމަތީން ފަޅާފައި ހުންނަ ފާޅަ. މީގައި ތޫނު ކެހެރިޔެއް ހުންނާނެއެވެ. 3 ދާމުލުގައި ހުންނަ ބިލެތްގަނޑު. 4 ޗާކުފިޔޮހީގެ މުށްގަނޑުގެ ދެފަރާތުގައި އަޅައިފައި ހުންނަ މަޢުދަނުގެ ދެފަށް.

ބަނޑުފެޅިލިބާސް

ނ. ފިރިހެނުންލާ ލިބާހެއް. މިލިބާސް ހުންނާނީ ކުރިމަތީ ބަދަނުގެ މެދުން އެއްކޮޅުން އަނެއްކޮޅަށް ފަޅާފައެވެ.

ބަނޑުދިނުން

މ. ހަވަރަށް އުޖޫރައެއްގެ ގޮތުން ދައުލަތުން ދެއްވާ ހަނޑޫ، އެމީހުންގެ ގޭގެޔަށް ބެހުން. އެއީ ފޯޔަކު ބާރަ ނާޅިހަނޑުލެވެ.

ބަނޑުދުރަ

ނ. 1 އާނުކަނޑައި ކޮނެފައި ހުންނަ ވަޅުގެ އާނުގެ ދަށުން ހެދޭ ބާސަލަގަނޑު. 2 ވަޅުގެ އެތެރޭގައި ގޮނިހެދިފައި އޮންނަ ތަން.

ބަނޑުދޫކުރުން

މ. އުނދަގުލެއްނެތި ފަސޭހައިން ބޮޑުކަމުދެވޭގޮތް ހެދުން.

ބަނޑުދޭފިލާ

ނ. ބަނޑުދޭއިރު މާކޮށާރު ބަނޑޭރިއަކާއި، ދަންޑެހެލު ބޭކަލަކު އިށީންނަވަން ތަޅަމުތެރޭގައި އޮންނަ ފިލާ.

ބަނޑުލައިލޫދުން

މ. ކޮޅަށްހުރި އެއްޗަކަށް، ނުވަތަ އުސްތަނަކަށް ބަނޑުޖައްސައި ބައްދައިގެން އެރުން ނުވަތަ އެފަދަ ތަނަކުން އެގޮތަށް ފޭބުން.

ބަނޑުލުން

މ. 1 ގަހަކަށް ނުވަތަ ރުކަކަށް އަރާއިރު ގަހުގައި ނުވަތަ ރުކުގައި ބަނޑުޖެއްސުން. 2 ބަނޑުގައި ޖައްސައި ބެއްދުން. 3 ސަރުބީޖަހައިގެން ބަނޑު ބޮޑުވުން. 4 ދަމައިފައި ހުންނަ ނަރު، ނުވަތަ ވާ ނުވަތަ ރޯނު ފަދައެއްޗެއްސާއި ދޫކޮށްފައި ހުންނަ ނަނު ފަދަތަކެތި ތިރިއަށް ގޮނިލުން.

ބަނޑުގައިގޮށްލުން

މ. ހިނިއަންނަލެއް ގަދަކަމުން ބަނޑަށް ތަދުވުން. މިގޮތަށް ގޮއްލާއިރު ބަނޑުގެ ތަންތަންކޮޅު ހުންނާނީ ހަރުވެފައެވެ.

ބަނޑުގޮއްވާކަށި

ނ. މިޔަރުގެ މައިކަށީން ވަކިވެ ކުނިފިލާފައިވާ ބަދައެއް. މިއީ ކުޑަކުދިން ކުޅިވަރަކަށް ބަނޑުގައި އޮއްބައި ނަގައި މިގޮތަށް ބަނޑުން އަޑު ގޮއްވަން ބޭނުންކުރާ އެއްޗެކެވެ.

ބަނަފުސާ

ނ. މަޑު މީރުވަހެއްދުވާ މަލެއް. މިއީ ބޭހަށް ބޭނުންކުރާމަލެކެވެ. މި މަލުގެ ދެތިން ކުލައެއް ހުރެއެވެ. އެއީ ހުދުކުލަޔާއި ރީނދޫ ކުލަޔާއި ދަނބުކުލަ އެވެ. މިއީ ވަރަށް ރީތި މަލެކެވެ.

ބަނަސް

ނ. މަޑުފާރޮއްޓަށްވުރެ ފޮނިގަދަ އެ ސިފައިގައި ހުންނަ އެއަށްވުރެ ބޮޑު ކާ އެއްޗެއް.

ބަނާތުނޮޅި

ނ. 1 ބަނާތުގެ ދެކުލައަކުން، ދަނޑިމަތި އަނބުރާގޮތަށް ފަށް އޮޅައިފައި ހުންނަ އަނބުރާ ނޮޅި. 2 ބަނާތު ޖަހާފައި ހުންނަ އަނބުރާ ނޮޅި!

ބަނިޔާ

ނ. ގޮވާމާ، ހަކުރު ފަދަ ކާތަކެތި ވިއްކާ މީހާ.

ބަނިޔާދަން

ނއ. 1 އަބުރުވެރި. 2 އަޚްލާޤު ރަނގަޅު. 3 އަދަބުވެރި. 4 ނ. މާތް އަޚްލާޤުގެ ވެރިޔާ.

ބަނިޔާދަންކަން

ނއނ. 1- އަބުރުވެރިކަން. 2 އަޚްލާޤު ރަނގަޅުކަން. 3 އަދަބުވެރިކަން. 4 މާތް އަޚްލާޤުގެ ވެރިޔެއްކަން.

ބަނިޔާދަންކާޅު

ނ. [މަޖާޒު] ތިމާގެ ގަދަރަށްވުރެ އުޅުން ހުތުރު މީހާ.

ބަނިޔާދަންވުން

މ. 1 އަބުރުވެރިވުން. 2 އަޚްލާޤު ރަނގަޅުވުން. 3 އަދަބުވެރިވުން. 4 މާތް އަޚްލާޤެއްގެ ވެރިއަކަށްވުން.

ބަނުން

މ. 1 ގުޑި ނުލެވޭގޮތަށް ނުވަތަ ރޫޅިގެން ބައިބައިވެގެން ނުދާގޮތަށް ވާފަށެއް ފަދަ އެއްޗަކުން އެއްސުން. މިސާލު: {ހ} މި ފޮށިގަނޑު ބަންނާށެވެ. {ށ} މީނާގެ ދެއަތާ ދެފައި ބަންނާށެވެ. 2 ފުރާ ދުއްވާ އެއްޗެހި އުފެއްދުން.

ބަންބުޑި

ނ. 1 ބަސްތާ، ނުކަނޑައި އެތެރޭގައި ހުރި އެއްޗެއް ބެލުމަށް ބަސްތާއަށްހަރާން އޮނުފަޅިކޮށް ދަގަނޑުން ހަދައިފައި އޮންނަ އާލަތެއް. 2 ބަންބުޅި.

ބަންކެޓު

ނ. ގޮދަޑީގެ އެތެރެއަށް ލައްވައިފައިވާ އެއްޗެހި ކޮޅުކޮޅަށް ދިޔަނުދިނުމަށް ދެފަރާތަށް ފޫއަޅުވައި ހަރުކުރުމަށް އައްސާ އެއްސުން.

ބަންކެޓުޖެހުން

މ. ގޮދަޑީގެ އެތެރެއަށް ލައްވައިފައިވާ އެއްޗެހި ކޮޅުކޮޅަށް ދިޔަނުދިނުމަށް ދެފަރާތަށް ފޫއަޅުވައި ހަރުކުރުމަށް އެއްސުން.

ބަންދަރީ

ނ. 1 ދަރިކޮޅު. 2 ޢާއިލާ.

ބަންދު

މ. 1 ހައްޔަރު. 2 ގަޓަރި ފީފާ ފަދަތަކެތި ބަންދުކުރަން އަޅާހަނިދިގުކޮށް ހުންނަ ތުނި ދަގަނޑުފަތް ނުވަތަ ފޮތިގަނޑު. 3 ޕާރުސަލުކުރާ ކުރުން. 4 އިނގީލީގައި އަޅާ ރަންރިހިފަދަ ތަކެތީން ހަދައިފައި ހުންނަ ފަތ އަނގޮޓި. 5 ފޮތްފޮތުގެ ގަނޑުތައް ހުޅުވުނަ ނުދިނުމަށާއި، ރައްދުވާ ފަރާތުގެ ނަން ޖެހުމަށް ފޮތުގެ ވަށައިގެން އަޅާ ކަރުދާހުގެ ފަށް. 6 ހެދުމާއި ޔުނީފޯމުގައި ކަމަރެއްގެ ގޮތުގައި ބޭނުންކުރާ ފޮތިފަށް. 7 ރައްކާކުރާން ބޭނުންވާ ތަކެތި ލާފައި ހުންނަ ތަންތަނުގެ ދޮރުގައި ހުރަހަށް ނުވަތަ ކައްޗަށް އަޅައިފައި ހުންނަ ދަގަނޑު. 8 ހުޅުވައިފައި / ހުޅުވިފައި މިބަހުގެ އިދިކޮޅު. 9 ނިޝާނެއްގެ ގޮތުން އަތުގައި ނުވަތަ ބޮލުގައި އަޅާން ހަދައިފައި ހުންނަ ފީތާފަށް. 10 މަނާވާވުން.

ބަންދުކުރުން

މ. 1 ހައްޔަރުކުރުން. 2 ލެއްޕުން. 3 ފެން ނުވަތަ ތެޔޮ ފަދަ ދިޔާއެއްޗެއް ނުހިނގާ ހިފެހެއްޓޭނެގޮތް ހެދުން. މިސާލު: ފެންބަންދުކުރުން. 4 ޢާއްމުކޮށް ތަނަކުންދޭ ޚިދުމަތެއް ލިބިގަންނަން އަންނަ މީހުންނަށް އެ ޚިދުމަތް ނުލިބޭނޭގޮތް ހެދުން. 5 މަތިޖެހުން. 6 ޕާރުސަލްކުރުން.

ބަންދުއެރުން

މ. ދަތިއެރުން.

ބަންދުއެޅުން

މ. 1 އެއްޗެއް ފޭވިޔަ ނުދިނުމަށް ބޭރުން ބަންދެއް ހަރުކުރުން. 2 ބައެއްކަހަލަ ހެދުމާއި ޔުނިފޯމުގެ އުނަގަނޑު ވަށައިގެން ބަންދެއް ބެއްދުން. 3 ބަންޑަލި ބޮއްސުންލިޔަނުދީ ހިފެހެއްޓުމަށް ބަންދެއް ހަރުކުރުން. 4 އެއްޗެއް ވަށައިގެން ކުލައިން ނުވަތަ ދަވާދުން ފަށެއް ކުރެހުން.

ބަންގާޅުނެވިން

ނ. ބަންޑާރަނެވިން. މިއީ އިހުގައި ދައުލަތުގެ ފަރާތުން ބަންގާޅު ދަތުރު ފޮނުއްވާ ވެރިޔާ އެވެ.

ބަންގާޅުފޮށި

ނ. ބަންގާޅުން ގެނެސް އުޅުނު ރަންގޫނު ފޮށި. މީގައި އޭރުގެ އެހެން ފޮށިތަކުގައި ހުންނަ ފަދަ ފައެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި ހުންނަނީ ފޮށި ވަށައިގެން ފަތި އަޅާފަ އެވެ. މި ފަތިކޮޅު ހުންނަނީ މަތީކައިރީ ފަރާތުގައި ދާރަ ޖަހާފައި ތިރީކައިރި ވަކި ކުރެހުމެއްހެން ތަންތަންކޮޅުން ކަނޑައިފަ އެވެ.

ބަންގާޅުދަތުރު

ނ. ސަރުކާރުން އަހަރަކު އެއް ފަހަރު ބަންގާޅަށް ކޮށް އުޅުނު ޚާއްޞަ ވިޔަފާރި ދަތުރު.

ބަންގިބެރު

ނ. ރަދުން ހުކުރު ނަމާދަށް ނުވަތަ ޢީދު ނަމާދަށް ވަޑައިގަންނަވާކަން އެންގުމުގެ ގޮތުން ޖަހައި އުޅުނު ބެރު.

ބަންގުޑާރު

ނ. ބޯޓު ފެތުނީމާ އަރާން ހަންމާލަ ފާޑަކަށް ހަދައިފައި ހުންނަ އެއަށްވުރެ ބޮޑު އެއްޗެއް.

ބަންޑާރަ

ނއ. 1 ސަރުކާރުގެ. 2 ދައުލަތުގެ.

ބަންޑާރަބިން

ނ. 1 ދައުލަތުގެ ބިން. 2 ސަރުކާރުގެ ބިން.

ބަންޑާރަދަތުރު

ނ. ރަށްފުށުގައި ސަރުކާރުގެ ގޮތުންނާއި ރައްޔިތުންގެ ގޮތުންކުރާ ދަތުރު.

ބަންޑާރަގަނޑު

ނ. 1 ފާލައްބަކޮށްފައި ސަރުކާރަށް އޮންނަތަން. 2 ބޮލިގަނޑުކުޅުން ޖޯޑުބިޖޯޑު ކުޅުން ފަދަ ކަންތަކުގައި އެންމެންގެ މައްޗަށް ހުންނަބައި.

ބަންޑާރާނައިބު

ނ. ދައުލަތުގެ ޤާނޫނީ އަދި ޝަރުޢީ ވަކީލު.

ބަންޑާރާނެވިން

ނ. ބަންގާޅު ދަތުރުގައި ދައުލަތުގެ ފަރާތުން ފޮނުއްވާ ދަތުރުގެ ވެރިޔާ.

ބަންޑިދަނޑި

ނ. (ދ) މަންޑިދަނޑި.

ބަންޑުންޖެހުން

މ. 1 ބަންޑުން ކުރުން. 2 ތަށި، ތެލި ރުނބާފަދަ ތަކެތި ފޫމައްޗަށްވާގޮތަށް ބޭއްވުން. 3 ފުރާ ދުއްވާ ތަކެތި ފޫމައްޗަށްވާގޮތަށް ބަންޑުންވުން.

ބަންޑެލިޖެހުން

މ. 1 ވަކި ގަވާއިދަކުން އެއްޗިހިތަކެއް ބެހެއްޓުން. 2 (ސ) ކުނިއެންދުމަށްޓަކައި ފުނިޖެހުން.

ބަރަށްބަރު

ނ. ބަރުދަން ހަމަހަމަ.

ބަރަނި

ނ. 1 އެއްކޮޅު ނިއުޅޭނޭހެން އުއި ނުވަތަ ފަށުވި ނުވަތަ ނައިލޯނު ފަދަ އެއްޗެއްގެ ރޮދިން އޮޅައިފައި ހުންނަ ބޮނޑި. މީގެ ދެވައްތަރެއް ހުރެ އެވެ. އެއީ، ބޮނޑި ބަރަންޏާއި ދަނޑި ބަރަންޏެވެ. 2 ރޮދި.

ބަރަނިދަނޑި

ނ. ބަރަނިއޮޅަން ދިގުގޮތަށް މެދުން ލޯވަޅެއް ތޮރުފާފައި ފޯލިކޮށް އޮންނަ އެތިކޮޅި. މީ ޕްލާސްޓިކުން ނުވަތަ ލަކުނޑިން މިހަދައިފައި ހުރެއެވެ.

ބަރަބޯ

ނ. ތަރުކާރީގެ ބާވަތެއް. ބަރަބޮލަކީ ސިފަޔާއި ބޮޑުމިނާއި ކުލަ ތަފާތުކޮށް ހުންނަ ތަރުކާރީއެކެވެ. ވަށްކޮށް ފަތާކޮށާއި އަދި ވަށްކޮށް ދިގުކޮށްވެސް ހުރެއެވެ. ބަރަބޯ ހުންނަނީ އެކި ބޮޑުމިނުގައެވެ. ބަރަބޮލުގެ ތެރޭގައި ފެހިކުލައިގެ ބަރަބޮލާއި މުށިކުލައިގެ ބަރަބޯވެސް ހުރެއެވެ. ލައްލައް ޖަހައިފައި ފެހިކުލައިގައި ހުންނަ ބަރަބޮލާއި މަޑުމުށި ކުލައެއްގައި ހުންނަ ބަރަބޯވެސް ހުރެ އެވެ. ބަރަބޯވެލަކީ، ވަރުގަދަކޮށް ފެތުރިހެދޭ ފަތް ބޮޑެތިކޮށް ވެޔޮގަނޑުގައި ހަރުކެހެރިއެއް ހުންނަ، އަދި އިސްފިރޭނުތަކެއްހެން އޮޅިފައި ހުންނަ ނަރުވާތަކެއް ހުންނަ ވެލެކެވެ.

ބަރަކާތް

ނ. 1 ފައިދާ. 2 އިތުރު. 3 މާތް. 4 ބާއްޖަވެރިވާ ވުން. 5 ކާބޯތަކެއްޗާއި ފައިސާ ގުނާއިރު އެކެއް ކިޔުމުގެ ބަދަލުގައި ކިޔައި އުޅުނު ގޮތް.

ބަރަފައި

ނ. (މ.) ކަކުނީގެ ދާނަދަތްގަނޑު. ކަކުނީގެ މެދުތެރޭގައި ހުންނަ ބޮޑުދެދަތްގަނޑު.

ބަރަޑަބަންގުޅި

ނ. ނަހަލާލު ދަރިއަކަށް ލިބޭ ނަހަލާލު ދަރި.

ބަރާ

ނ. 1 ފުރާދުއްވާ ތަކެއްޗައް މީހުން ނުވަތަ މީހުންނާއި މުދާ އަރުވައިގެންވާ ބަރު. 2 ފުރާ ދުއްވާ ތަކެތި ދުއްވަން ހެޔޮވަރަށް ކުރާ ބަރު. 3 ރިޔާ ނެގީމާ ތެދަށް ނުހުރެވޭ ވަރުގެ ހިމަދިގު، ދޯނިފަހަރު ތެދަށް ބެހެއްޓުމަށްޓަކައި އެ ދޯނިފަހަރުގެ މަތި ކިބަފަރާތަށް ދުއްވައިފައި އޮންނަ ދަނޑިއެއްގައި ލައިފައި އޮންނަ ކަނދު.

ބަރާއޮޑިއަކަށްބިސްމިވެސްބަރުވާނެ

[މިސާލުބަސް] ބަރާވެފައިވާ އުޅަނދަކަށް ކިތަންމެ ކުޑައެއްޗެއް އެރުވިޔަސް ބަރު ބޮޑުވާނެކަން އެންގުމަށް ބުނާބަހެއް.

ބަރާހުއަތްގަނޑު

ނ. ނާފަހަރުގެ ފަރުމާނުގައި ކައްޕިއެއް ލައިފައި ހަދައިފައި ހުންނަ ސަވާޖީއެއް.

ބަރި

ނ. 1 ލާނދަލުގެ ވަށާ ކުރެތްވާއި ދިގުދަލުގެ ތިރީކުރެވީގައި ލާފައި ހުންނަ ތިމަރަ ބަރު. 2 ފައްތައިގެން މަސްބާނާއިރު ނަނު އަޑިޔަށް ފޮނުވުމަށް ލާބާރު. 3 މަތިމައްޗަށް ނުވަތަ ފަތިފައްޗަށް ބަހައްޓައިފައިވާ ބެހެއްޓުން. 4 (ގ) ގަނޑުގަނޑަށް ހުންނަ ފިރުޢައުނު މުދާ.

ބަރިކުރެވި

ނ. ދިގު ދަލުގައި ބަރިލާފައި އޮންނަ ކުރެވި.

ބަރިލުން

މ. ދަލުގެ ކުރެވީގައި ބަރިހަރުކުރުން.

ބަރިޖެހިރޮދިގަނޑު

ނ. ދިވެހި ބޯވަޅުގެ ރޮދިގަނޑުގަތާ ގޮތަކަށް ކިޔާނަމެއް. މީގައި ހުންނާނީ، ކަނޑާފައި ހުންނަ ދެދަނޑި ދޭތެރޭގައި މެދުގައިގައި ހުސްގެތުން ހުރެފައި ބާދަލައިން ދެކައިރީގައި ބަރި ޖަހާފައެވެ.

ބަރުހަތިޔާރު

ނ. ބޮޑުބަޑި އާއި ޓޭންކާއި، މިސައިލާއި މިސައިލުހަރު ފަދަ ބޮޑެތި ހަތިޔާރު.

ބަރުކަން

ނއނ. 1 ލުއިނޫންކަން. 2 ކަމުގެ ދަތިކަން. 3 ނުކުޅަދާނަކަން.

ބަރުވުން

މ. 1 ވަޒަނުން އިތުރުވުން. 2 ބަރުދަން އިތުރުވުން. 3 ބުރަހެލިވުން. 4 ކުޅަދާނަ ނުވާވަރަށް މަސައްކަތް ގިނަވުން.

ބަރުވެލި

ނ. ކަކުނީގެ ފާޑަށް ދަތްގަނޑާއި ފައިތައް ހުންނަ، ބިމުގައި ކޭއްތެމުން ދުވެއުޅޭ ދިރޭ އެއްޗެއް. މިއީ އޭގެ ފޫޅުގަނޑު ނިވާކުރުމަށް އެކިބާވަތް ބާވަތުގެ ތޮށިގަނޑުގަނޑަށް އެރިގެން އުޅޭ އެއްޗެކެވެ.

ބަރުދަން

ނ. 1 އެއްޗެއްގައި ހުންނަ ބުރަދަން. 2 ކިރާއިރު ހުރި ވަޒަން.

ބަރުދަންބޮނޑި

ނ. ގަޓަރީފަދަ ތަކެތި ބަންދުކޮށްފައި ހުންނައިރު ބޭރުންލައިފައި އޮންނަ ސަޓާފަދަ ތަކެތި.