ވިލު

ނ. ފަޅުތެރޭގައި ފަޅަށްވުރެ ފުންކޮށް ނޫކުލައިގައި ހުންނަ ތަންތަން.

  294

މާނައާ ގުޅުންހުރި

ހިނބެ

ނ. (ގ) މެދުފަރު މަތީގައްޔާއި، ވިލުގައި އުޅޭ، ލަނޑަޔާ ވައްތަރު ކަށިޖަހާ ވިހަމަހެއް.

ހޯހޯމުގުރާން

ނ. (ހ) ވިލުގައި ހުންނަ ގާގަލުން ފެންނަ އެމެއް.

ރިއްމަސް

ނ. މުށިމަހުގެ ސައިޒުގެ މަހެއް. މިއީ، މަހުގެ މަތީބައިގެކުލަ ނޫކުލައަކަށް ދާ ފެހިކުލައެއްގައި ހުންނަ އައިން އައިން ގަނޑަށް އުޅޭމަހެކެވެ. މި މަސް އާއްމުކޮށް އުޅެނީ އެތެރެވަރީގެ ކަނޑުތަކުގައާއި ފުން ވިލުވިލުގައެވެ. މިއީ ކަށިގިނަ މަހެކެވެ.

ރީނދޫތޮޅި

ނ. ތޮޅީގެ ބާވަތެއް. މި އުޅެނީ ވިލުވިލު ގައްޔާއި ފަޅުތަކުގައްޔާއި ފަރުފަރުގެ ކައިރީގައި ބޮޑެތި މަސްމަހާ ނިވާވެގެންނެވެ. ކުލައަކީ ރީނދޫކުލައެވެ. މިއީ އޮނުގަނޑު ތޮޅިއާ ތަފާތު އެއަށްވުރެ ކުރުކޮށް ފަލަކޮށް ހުންނަ އޮނުގަނޑު ތޮޅިއާއި އެއްގޮތަށް ތުންގަނޑު ދިގު ތޮޅިއެކެވެ. މަހުގައި ކުދި ހުޅުނބެއް ހުންނަ އާއްމުކޮށް ދިވެހިން ކައިނޫޅޭ މަހެކެވެ.

ބަދި

ނ. 1 ފަޅުފަޅާއި ވިލުފަދަ ތަންތާނގައި ހެދެމުން އަރައިފައި ހުންނަ ގައުގަނޑުގަނޑު. 2 ރާވެރިން ދެއުނބު ނުވަތަ ތިންއުނބު އެއްކޮށް ބަނދެފައި ހުންނަ ބޮޑެތި ގުޑި. 3 (ޅ.) ރާގޮނޑި އައިން.

ބަދިގަނޑު

ނ. ފަރުގައި ނުވަތަ ވިލުގައި ހެދިގެންއަރައި ތިލަވެފައި ހުންނަ ގާތައް.

ބަދުރާމަހުކޮލި

ނ. (މ) ކޮލީގެ ބާވަތެއް. މިއީ ފަޅުފަޅުގެ ފުން ހިސާބުގައި ވިލުވިލުގައި މަދުމަދުން އުޅޭމަހެކެވެ. މި މަހުގެ ބޭރުފަރާތް ހުންނާނީ ހުދުކުލައާއި ކަޅުކުލައިން އެކުލެވޭ މަންޒަރުތަކެއްގެ ސިފައިގައެވެ.

ބޯދި

ނ. ރާއްޖޭގެ މަސްވެރިން ދިރޭ އެމުގެ ގޮތުގައި ގެންގުޅޭ ކުދި މަހެއް. މީގެ ކުލައަކީ ރަންމުށިކުލައެވެ. އާންމުކޮށް އުޅެނީ ފަރާއިފަޅު ފަޅުގެ ބޭރު ގުންޑޮޅިތަކާއި ހަތާތަކުގެ ނިވަލުގައާއި ވިލުވިލާއި ކަނޑުއޮޅިތަކުގައި ހުންނަ ބަދިތަކާއި ބޮޑެތިގައުގަލުގެ ނިވަލުގައެވެ. އަދި ބޮޑެތި އައިން ހަދައިގެން ކަނޑުގައިވެސް އުޅެއެވެ.

ކަނޑުކަޅުއޮށް

ނ. ފުންވިލުވިލާއި، ތިލަފަޅުފަޅުގައި އުޅޭ މަހެއް. މި މަހުގެކުލައަކީ، ކަޅުރަތްކުލައެވެ. މަހުގެ ތުނބުންފެށިގެން ލޯ ހުރަސްކޮށް ދެވަނަ ކޮތަރިބައިނިމިފައިވާހިސާބަށް ކަޅުކުލައިގެ ފުޅާރޮނގެއްހުރެއެވެ. މިރޮނގުގެ ފަހަތުން މަހުގެނިގޫ ކޮޅުގައިކަޅުކުލައިގެ ލަފެއްހުރެއެވެ.

ކިރުޅިޔަމަސް

ނ. ފަރުމަހުގެ ބާވަތެއް. މިއީ ކުދިއައިން ހަދައިގެން ފަޅުތެރޭގައާއި ވިލުވިލުގައި ދިރިއުޅޭ މަހެކެވެ. މަހުގެ ކުލައަކީ ގަދައަޅިކުލައެވެ. ބަނޑުދަށް ފަރާތުގައި ހުންނަނީ މަޑުއަޅިކުލައެވެ. މަހުގެ ދިގަށް ހުންނަ ހުޅުނބު ބަރި ދެމެދުގައި ރަންކުލައިގެ ރޮނގެއް ހުރެއެވެ.

އަލިވިލުން

މ. 1 ފަތިސްވެ އަލިވިލުން. [މަޖާޒު] 2 ގަނޑުވަރުތެރޭ ބޭފުޅުން އަވަހާރަ ލައްޕަވާފައި ތެދުވެވަޑައިގަތުން. 3 ނުފިލައިގެން އުޅޭކަމެއް އޮޅުންފިލުން.

ވިއު

ނ. 1 ދަނޑު. 2 (ސ) ވިލު.

ވިލުނުރޭ

ނ. ފާއިތުވި ރެއަކާ ނިސްބަތްކޮށް ބުނާގޮތެއް. މިސާލު: އޭނާ މަރުވީ ހޮނިހިރު ވިލުނު ރޭގައެވެ.

ވިލުނޫކުލަ

ނ. ވިލުގައި ހުންނަ ކުލަ.

ވިލުން

ނ. 1 (ޏ،ސ) ރަބަރާއި އިސްފިރޭނު ފަދަ ތަކެތީގައި ހުންނަ ދެމުން. މ. 2 ވަނުން. މިސާލު: {ހ}ހޯމަވަންނަރޭ. (ހޯމަވިލޭރޭ) {ށ} އަލިވިލުން. [ބޯދާ] 3 މިނިވަންވުން.

ވިލުކުލަ

ނ. 1 ވިލުގައި ހުންނަ ކުލަ. 2 ފެހިކުލައާއި ކައިރި ނޫކުލަ.

ވިލެދޮޅި

ނ. (ޏ) ވިލުދޮޅި.

ވިލް

ނ. (ޏ) ވިލު.

މަށިވެލި

ނ. ކުޅިއާއި ވިލުން ނެގޭ މަށިގޮތް ހުންނަ ހިމުން ވެލި. މި ނެގެނީ ކުޅިއާއި ވިލާއި ވެލިއާނު ހުންނަ ތަން ތަނުންނެވެ.

މާހަނޑަ

ނ. (ސ) ފަރުމަހެއް. މިއީ ވިލުގައިއުޅޭ، އަނގަކުޑަމަހެކެވެ.

މުރެވި

ނ. ވިލުދޮޅީގައި، ނުވަތަ އުރަފަށުގައި އަޑިން ހެދިގެން އަރާފައި ހުންނަ ހަތާ ގަނޑު ގަނޑު. މިތަންތަނަށް އަބަދުހެން އެންއަރާނެއެވެ.

މުޅޯށި

ނ. އެއްޗެހި އެޅުމަށް ފަނުން ވިޔެފައި ހުންނަ އެއްޗެއް. މިވިޔަނީ ރޯފަން ވިލުވައިގެންނެވެ. މުޅޯށީގެ ތެރޭގައި ދިގު މުޅޯއްޓާއި ގޮނިމުޅޯށި ހުރެއެވެ.

ފިންމޫދުއޮއި

ނ. (ސ) ހިތަދޫވިލުގައި އުތުރުން ދެކުނަށް ދަމާ އޮޔެއް.

ފީވަލުރޮނޑު

ނ. އަނގަބޮޑު، ބޯހިމަ ރޮނޑެއް. މިއީ ވިލުގައި ހާލި ހަދައިގެން ބިސްތައް ޙިމާޔަތް ކުރުމުގައި އެހެންމަސްތައް ފައްސާ ރޮނޑެކެވެ. މިގޮތުން ތިބޭ އިރު ތިބެނީ ކޯތާފަތްގަނޑު ވަރަށް ބޮޑަށް ފުއްޕައިގެންނެވެ. މިއީ ވިލުވިލުގައި އުޅޭ ރޮނޑުގެ އަންހެން އެއްޗެއްސަށް ކިޔާ ނަމެކެވެ. މިއީ ވަރަށް ނުރައްކާތެރި ބިޔަ ރޮނޑެކެވެ.

ފުންނަ

ނ. ތިލަ ފަޅުފަޅުގައްޔާއި ވިލުވިލުގައްޔާއި ގޮނޑުދޮށް ތަކުގައި އުޅޭ މަހެއް. މި ގިނައިން އުޅެނީ މޫދުގެ ތިލަ ހިސާބުގައި ބަނޑުޖަހައިގެންނެވެ. މިހުންނަނީ އަޅި ކުލައިގައެވެ. މި މަސް އާދައިގެ މަސްމަހަށްވުރެ ބޯކޮޅު ފަލަވެފައި ފަހަތުކޮޅަށް ހިމަވާނެއެވެ. މީގެ ދެބާވަތެއް ހުރެއެވެ. އެއީ މަސް ފުންނައާއި ވެން ފުންނައެވެ.

ފެންކައްކާބޮލި

ނ. 1 ބޮލީގެ އެންމެ ބޮޑެތި ވައްތަރު. މިބޮއްޔަށް ފެންކައްކާ ބޮއްޔޭ ކިޔަނީ ކަރުވިހަ ފަދަ ވިހައަށް ބޭސްފެނެއް މިބޮއްޔަށް އަޅައިގެން ކައްކާތީއެވެ. މިއީ ވިލުދޮޅީގައި ނުވަތަ ދޮންފަޅުގައި އުޅޭ ބޮއްޔެކެވެ. މިބޮލީގެ ތުންފަތަށްވާ ހިސާބު. (މަސްގަނޑު އަރާ ހިސާބު) ހުންނާނީ ރަތްކުލައެއްގައެވެ. ބޭރުތޮށިގަނޑުގައި އުންތަކެއް ހުންނާނެއެވެ. 2 [މަޖާޒު] އެމީހެއްގެ ބޭނުމެއް ޖެހުނީމާ ކަމޭ ހިތައިގެން އުޅެފައި ބޭނުން ކެނޑުނީމާ އަޅާ ނުލައި ތިބޭ މީހުންނާމެދު ބުނެއުޅޭ ބަހެއް.

ދޭވަގިރި

ނ. [ބޯދާ] ވިލު.

ދޮވަގިރި

ނ. [ބޯދާ] 1 ވިލު. 2 ދަނޑު.

ލަރަފާތޮޅި

ނ. (ސ) ފަޅާއި ވިލުގައި ފެންގަނޑުމަތީގައި އުޅޭ ތުންދިގު، މަޑުނޫ ކުލައެއްގައި ހުންނަ ތޮޅިއެއް.

ގިރި

ނ. އެތެރެ ވަރީގައި ނުވަތަ ފަޅުފަޅާއި ވިލުވިލުތެރޭގައި ތިލަކޮށް ހިކިފައި، ނުވަތަ ނުހިކި، އެއްތަނެއްގައި ހުންނަ ގާތައް، ނުވަތަ މުރަކަތައް.

ގޫހައު

ނ. (ސ) ފަރުމަތީ ގައްޔާއި ވިލުގައި އުޅޭ ހަނދިވައްތަރު ކަޅުކުލައިގެ މަހެއް. މި މަސް ވައްތަރުވާނީ އޮރިއާއެވެ. މީގެ ނިގޫފަތުގެ ކޮޅު ހުންނާނީ ވަރަށް ހިމަކޮށް ދިގުކޮށެވެ.

ލަފުޒާ ގުޅުންހުރި

އަލިވިލުން

މ. 1 ފަތިސްވެ އަލިވިލުން. [މަޖާޒު] 2 ގަނޑުވަރުތެރޭ ބޭފުޅުން އަވަހާރަ ލައްޕަވާފައި ތެދުވެވަޑައިގަތުން. 3 ނުފިލައިގެން އުޅޭކަމެއް އޮޅުންފިލުން.

ވިލު

ނ. ފަޅުތެރޭގައި ފަޅަށްވުރެ ފުންކޮށް ނޫކުލައިގައި ހުންނަ ތަންތަން.

ވިލުނުރޭ

ނ. ފާއިތުވި ރެއަކާ ނިސްބަތްކޮށް ބުނާގޮތެއް. މިސާލު: އޭނާ މަރުވީ ހޮނިހިރު ވިލުނު ރޭގައެވެ.

ވިލުނޫކުލަ

ނ. ވިލުގައި ހުންނަ ކުލަ.

ވިލުން

ނ. 1 (ޏ،ސ) ރަބަރާއި އިސްފިރޭނު ފަދަ ތަކެތީގައި ހުންނަ ދެމުން. މ. 2 ވަނުން. މިސާލު: {ހ}ހޯމަވަންނަރޭ. (ހޯމަވިލޭރޭ) {ށ} އަލިވިލުން. [ބޯދާ] 3 މިނިވަންވުން.

ވިލުންނެގުން

މ. (ސ) އެއްވެސް ކަހަލަ ދުލެއްނެތި ދަމައި ބާރުކުރުން.

ވިލުކުލަ

ނ. 1 ވިލުގައި ހުންނަ ކުލަ. 2 ފެހިކުލައާއި ކައިރި ނޫކުލަ.

ވިލުދޮޅި

ނ. ފަޅުން ވިލަށް ބަދަލުވާތާނގެ އޮޅި ނުވަތަ ފަޅުން ވިލަށް ބަދަލުވާތާ ކައިރި.

ބަސްފޮތް ގޫގަލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރައްވާ

ބަސްފޮތުގެ މުޅިން އާ އިސްދާރެއް ބައްލަވާލައްވާ