ހަ

ނއ. އަދަދުގެ ގޮތުން ހައެއް. މިސާލު: {ހ} ހަ ގޮނޑި. ނ. 2 [ބޯދާ] ގަހާތަރި.

  549

މާނައާ ގުޅުންހުރި

ހަ

ނއ. އަދަދުގެ ގޮތުން ހައެއް. މިސާލު: {ހ} ހަ ގޮނޑި. ނ. 2 [ބޯދާ] ގަހާތަރި.

ހަހުރަޔާ

ނ. [ބޯދާ] ހަސަދަވެރިޔާ.

ހަށަ

ނ. ހަށަބަސް.

ހަށަހޮއްލުން

މ. (ސ) 1 ހަށަބަހުން ވާހަކަ ދެއްކުން “ހަށަ”. 2 ހަށަބަސް.

ހަށަން

ނ. 1 ޙަރަމް. 2 ހަށަން ބަނދެފައި ހުންނަ ވައްތަރު. 3 މައްކާގެ ގަސްގަހާގެހި ކެނޑުމާއި ޝިކާރަކުރުން މަނާ ހިސާބު. 4 ގެފުޅާއި ޒިޔާރާތްފުޅާއި މަސްޖިދުލް އަޤްޞާގެ ވަށައިގެން އޮންނަ ހަރިންމަ.

ހަށަންބަނުން

މ. 1 ޙަރަމް ބަނުން. 2 ވައަތް ބަނޑުގައި ޖައްސައި އެއަތުގެ ކުޑަހުޅުގައި ކަނާއަތުން ހިފެހެއްޓުން. 3 ކަނާއަތްތިލަ ވައަތު ކިހިލިފަތްދޮށަށް ލުމާއިއެކު ވައަތްތިލަ ކަނާތު ކިހިލިފަތްދޮށަށް ލުން. 4 މެޔާހަމައިގައި ދެއަތުން ގޮށެއްގެ ސިފަ ޖެއްސުން. އަދި މިނޫން ގޮތްގޮތަށްވެސް މިޙަރަކާތް ގެނެއެވެ. އަދި މިޙަރަކާތްތައް އަދަބުވެރިގޮތުން ނޫނަސް ގެނެވެ އެވެ.

ހަށަންބަންތަކުބީރު

ނ. 1 ނަމާދަށް ހަށަންބަންނަމުން ކިޔާ "الله އަކްބަރު". 2 ނަމާދުގެ ދެވަނަ ރުކުން.

ހަށަންފުޅަށްއަތްޕުޅުއެރުވުން

މ [އެންމެމާތް] "ހަށަމަށް އަތްއެރުވުން" މިބަހުގެ އެންމެ މާތްގޮތް.

ހަށަންފުޅު

ނ. މައްކާ އާއި މަދީނާ އާއި މަސްޖިދުލް އަޤްޞާގެ ހަށަން.

ހަށަންފުޅުބެންނެވުން

މ. [އެންމެމާތް] "ހަށަންބަނުން". މިބަހުގެ އެންމެ މާތްގޮތް.

ހަށަބަހަ

ނ. ހަށަބަސް.

ހަށަބަސް

ނ. ހަށަނަރަބަޅައިގެ ތަރުތީބުން ޖެހިޖެހިގެން އޮންނަ ދެއަކުރު އެއްއަކުރު އަނެއްއަކުރާ ބަދަލުކޮށްގެން ވާހަކަދައްކާ ބަސް. މިސާލު: {ހ} ތުއްތުދީދި (ލުއްލުފީފި.) {ށ} މޫސާފުޅު (ވޫޑާދުބު). {ނ} ހުސައިންދީދީ (ށުޑެންފީފި).

ހަށަވާޅު

ނ. (ހ) ހަރުވާޅު.

ހަށަވާދަ

ނ. 1 ލަދުގަންނަ ޒާތުގެ ޒުވާބު. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ދައްކާ ލަދުގަންނަ ޒާތުގެ ވާހަކަ. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅުކަމަށް ބުނެ ކުރާ ޒުވާބާއި ވާ އަރާރުން. 4 (ސ) ވައްބަހުން ދައްކާ ވާހަކަ.

ހަށަވާދަކިޔުން

މ. 1 ލަދުގަންނަޒާތުގެ ޒުވާބުކުރުން. 2 ހިތާވާ މީހުނާ ސަމާސާ ގޮތުން ލަދުގަންނަ ޒާތުގެ ވާހަކަ ދެއްކުން. 3 ދެމީހަކު އެކަކު އަނެކަކަށްވުރެ ތިމާ މޮޅު ކަމަށްބުނެ ވާހަކަދައްކައި ޒުވާބުކޮށް އަރާރުންވުން. 4 (ސ) ވައްބަހުން ވާހަކަ ދެއްކުން.

ހަށި

ނ. ދިރޭ ކޮންމެ އެއްޗެއްގެ މުޅިހަށިގަނޑު.

ހަށިހެއު

ނއ. ހަށިހެޔޮ.

ހަށިހެއުވުން

މ. ހަށިހެޔޮވުން.

ހަށިހެޔޮ

ނއ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅު. 2 ސަމައްތަރު ހެޔޮ. 3 ހަށިގަނޑު އެކަށީގެންވާ ވަރަށް ފަލަ. 4 ރޫފަ ރަގަނޅު.

ހަށިހެޔޮކަން

ނއނ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅުކަން، 2 ސަމައްތަރު ހެޔޮކަން. 3 ހަށިގަނޑު ހެޔޮވަރަށް ފަލަކަން 4 ރޫފަ ރަނގަޅުކަން.

ހަށިހެޔޮވުން

މ. 1 ހެދިހުރި ހަށިގަނޑުގެ ވައްތަރު ރަނގަޅުވުން. 2 ސަމައްތަރު ހެޔޮވުން 3 ހަށިގަނޑު އެކަށީގެންވާ ވަރަށް ފަލަވުން. 4 ރޫފަ ރަނގަޅުވުން.

ހަށިކޮޅުބުރަފުޅުވުން

މ. [އެންމެމާތް] "ހަށިބުރަވުން". މިބަހުގެ އެންމެ މާތްގޮތް.

ހަށިކޮޅުފަސޭހަފުޅު

ނއ. [އެންމެމާތް] "ހަށިފަސޭހަ" މިބަހުގެ އެންމެ މާތްގޮތް.

ހަށިކޮޅުފަސޭހަފުޅުކަން

ނއނ. [އެންމެމާތް] " ހަށިފަސޭހަކަން" މިބަހުގެ އެންމެ މާތްގޮތް.

ހަށިކޮޅުފަސޭހަފުޅުވުން

މ. [އެންމެމާތް] " ހަށިފަސޭހަވުން" މިބަހުގެ އެންމެ މާތްގޮތް.

ހަށިކޮޅުފުރާނޭވާފުޅުލެއްވުން

މ. [އެންމެމާތް] "ހަށިފުރާ ނޭވާލުން" މިބަހުގެ އެންމެ މާތްގޮތް.

ހަށިފަސޭހަ

ނއ. 1 ވިހާ. 2 ހަށިގަނޑަށް އުނދަގޫވާ ކަމެއްނެތް. 3 [މަޖާޒު] ހިތްފަސޭހަ.

ހަށިފަސޭހަކޮށްލުން

މ. [މަޖާޒު] ހިތްފަސޭހަކޮށްލުން.

ހަށިފަސޭހަވުން

މ. 1 ވިހެއުން. 2 ހަށިގަނޑަށް އުނދަގޫވާ ކަމެއްނެތުން. 3 [މަޖާޒު] ހިތްފަސޭހަވުން.

ހަށިފުރާނޭވާލެއްވުން

މ. [މާތް] "ހަށިފުރާނޭވާލުން" މިބަހުގެ މާތްގޮތް.

ހަށިފޮޅައިލުން

މ. 1 ދޫނިސޫފާސޫފީގެ ގައިގައި ހުންނަފެން ނުވަތަ ހިރަފުސް ފޮޅައިލުމަށް އެސޮރުމެންގެ ހަށިގަނޑަށް ހަރަކާތްގެނައުން. 2 ތިމާގެ ގައިގައި މީހަކު ނުވަތަ ދިރޭއެއްޗެއް ބައްދައިފައި އޮތް ބެއްދުމެއް ނައްޓައިލުމަށް ޙަރަކާތްކުރުން. 3 [މަޖާޒު] ކުރިމަތިވެފައިވާ ދަތިތަކަކުން ސަލާމަތްވެގަތުން.

ހަށިފޮޅައިލެއްވުން

މ. [މާތް] "ހަށިފޮޅައިލުން" މިބަހުގެ މާތްގޮތް.

ހަށިގަނޑު

ނ. 1 އިންސާނުންނާއި ޙަޢިވާނުންގެ ބޮލާއި ހަތަރެސްފައި ނޫންހައިތަން. 2 މުޅިއިންސާނާ ނުވަތަ މުޅި ޙައިވާނާ.

ހަށުގަނޑަ

ނ. (ލ) ހަށިގަނޑު.

ހަނދަ

ނ. (ލ،ސ) ހަނދު.

ހަނދަވަރަކޮކާ

ނ. (ސ) ކޮކާހަނދުވަރު.

ހަނދަމަގަ

ނ. (ސ) ހަނދުހިނގާ އުސްދަނޑި.

ހަނދަފަޅަ

ނ. (ލ) 1 ހަނދުފަޅި. 2 ހުޅެވިހަނދު.

ހަނދަފަޅި

ނ. (ސ) ހަނދުފަޅި.

ހަނދަލަ

ނ. (ހ) 1 ބޮޑުކޮރަކަލި. 2 ކޮރަކައްޔާއި ހަންޖާ ދެމެދުގެ ހަނދިމަސް.

ހަނދަލާގެ

ނ. (ސ) ހަނދުގެ.

ހަނދާނީހަދިޔާ

ނ. ކަމެއްގެ ހަނދާން ދެމެހެއްޓުމުގެ ގޮތުން ދޭއެއްޗެއް.

ހަނދާނީފިލާ

ނ. ޚިދުމަތެއްގެ އަގުވަޒަންކުރުމަށްޓަކައި ނުވަތަ ކަމެއްގެ ހަނދާނެއްގެ ގޮތުން ލިޔެ ކުރެހުން އަޅައި ނުވަތަ ފޮޓޯއެއް ޖަހައިގެން ހަދައިފައި ދޭ ބޯޑެއް. މި ހަދައިފައި ހުންނަނީ ތަފާތު އެއްޗެހިން ތަފާތު ގޮތްގޮތަށެވެ.

ހަނދާނީލިޔުން

ނ. ކަމެއްގެ ހަނދާނެއްގެ ގޮތުން ދޭ ސަނަދު ނުވަތަ ސެޓުފިކެޓް ފަދަ ލިޔުން.

ހަނދާން

ނ. 1 ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާ ހުރުމުގެ ބާރު. 2 ކަމެއް ނުވަތަ އެއްޗެއް ހިތަށްގެނައުމުގެ ބާރު.

ހަނދި

ނ. 1 ފަރުމަހުގެ ބާވަތެއް. މީގެ ކިތަންމެ ވައްތަރެއް ހުރެއެވެ. މިސާލު: {ހ} ފަނިހަނދި. {ށ} މުޑަހަނދި. 2 ރާނާ އުވަޖަހަން ގެންގުޅޭ އާލަތެއް.

ހަނދިއެޅުން

މ. އަތްބުޑު އުވަ ޖެހުމުގައްޔާއި ތަޅުންއެޅުމުގައި ހަނދިން އޮމާން ކުރުން.

ހަނދިވަޅު

ނ. އުވަޖެހުމުގައި ހަނދިން އޮމާން ކުރުމަށްފަހު ނުފިލާހުންނަ ހަނދީގެ އަސަރު

ހަނދުބަލާރޭ

ނ. ހަނދުމަހުގެ ތިރީސްވިލޭރޭ.

ހަނދުބަލާމަސް

ނ. ހިނގާމަހުގެ ކުރިޔަށް އޮންނަ ހަނދުމަސް.

ހަނދުބަޑި

ނ. 1 އީދުރޯދައަށް ހަނދު ފެނުނީމާ ޖަހާ ބަޑި. 2 އިހުގައި ރަޖަބު ، ރަމަޟާން، ޝައްވާލު، މިތިންމަހުގެ ފުރަތަމަރޭ ޖަހައި އުޅުނު ރަސްމީބަޑި. 3 މެދުވަރުގެ ހަރުމަތީބަޑި.

ހަނދުބެލުން

މ. 1 މަހުގެ ތިރީސްވިލޭރޭ ހުޅެވި ހަނދު ފެނޭތޯ ބެލުން. 2 ހަނދުމަހަށް ފެށުން.

ހަނދުކޭތަ

ނ. އިރާއި ހަނދާއި ބިން އެއެއްޗެހީގެ ދަތުރުކުރާ މަގުގައި ދަތުރު ކުރަމުން ގޮސް އެއްދަނޑިއަކަށް ދިމާވާ ހިނދު ހަނދަށްއެޅޭ ބިމުގެ ހިޔަނި.

ހަނދުއަނެ

ނ. (ގ) ހަނދުގެ.

ހަނދަވަރަސުރާ

ނ. (ސ) ހަނދުވަރު މޫސުމުގައި ބޮޑެތިކަން ނެލި ބޭނުމަށްކުރާ މަސްވެރިކަން.

ހަނދުވަރީ

ނއ. 1 ހަނދުވަރުދޭ. 2 ހަނދުވަރުގެ. 3 ނ. ކޯނިކޯންޏަށް ކުދިކުދި މާތަކެއް އަޅާ ގަހެއް.

ހަނދުވަރީމާ

ނ. ހަނދުވަރީމައު.

ހަނދުވަރީގަސް

ނ. 1 ހުނިގޮނޑި ފިލާގަހުގެ ފަތްހުންނަގޮތަށް ފަތް ހުންނަގަހެއް. މިގަސް ހެދެނީ ހީނާގަސް ހެދޭގޮތަށެވެ. 2 ހަނދުވަރީމާ އަޅާގަސް.

ހަނދުވަރު

ނ. ހަނދުން ލިބޭއަލި.

ހަނދުވަރުކަކުނި

ނ. ހަނދުވަރު ރީތި ރޭރެއަށް ގޮނޑުދޮށަށް ނުކުމެއުޅޭ ކަކުނިގަނޑު.

ހަނދުވަރުކުރަފި

ނ. [މަޖާޒު] ހަނދުވަރު ރީތި ރޭރޭ ސަކަޖަހާން މަގުމަތީގައި ނުކުމެ އުޅޭ ޒުވާނުން.

ހަނދުވަރުމަތި

ނ. ހަނދުވަރުގެތެރެ

ހަނދުވަރުމޫސުން

ނ. 1 އިރާކޮޅު ހަނދުވަރު ރީތިކޮށް އޮންނަ ދުވަސްވަރު 2 ހަނދުމަހުގެ ހަވަނަރޭން ފެށިގެން އަށާރަވިލޭރެއާއި ދެމެދު.

ހަނދުވަރުދިނުން

މ. ހަނދުގެ އަލިކަން ދުނިޔެއަށް އެޅުން.

ހަނދުވަރުފޮއި

ނ. ހަނދުވަރު މޫސުން.

ހަނދުވަރުގޮޅާ

ނ. ގޮޅާގެ ބާވަތެއް. ގިނައިން މިނުކުމެ އުޅެނީ ހަނދުވަރުދޭ ރޭރެއަށެވެ.

ހަނދުވެނިފާންކަން

ނއނ. [ބޯދާ] ހަނދުވަރުގެ އަލިކަން.

ހަނދުމަ

ނ. " ހަނދާން "ވެދިޔަކަމެއް ނުވަތަ ދަސްކުރި އެއްޗެއް ހިތުގައި ހަރުލާހުރުމުގެ ބާރު

ހަނދުމަނެތުން

މ. ހަނދާންނެތުން.

ހަނދުމަކުރުން

މ. ހަނދާން ކުރުން.

ހަނދުމަވުން

މ. ހަނދާންވުން.

ހަނދުމަސް

ނ. 1 ހިޖުރީ ކަލަންޑަރުގެމަސް. 2 މުޙައްރަމް މަހުން ފެށިގެން ޙައްޖުމަހަށް ނިމޭ އަހަރުގެ ކޮންމެ މަހެއް.

ހަނދުފަޅި

ނ. 1 ހުޅެވިހަނދުގެ ނަމޫނާ. 2 ހަނދުފަޅީގެ ކުރެހުން އަޅައިފައި ހުންނަ ގުޑި.

ހަނދުފަޅިބިބީ

ނ. ރާއްޖޭގެ ފަރުފަރުގެ ބޭރުގައި އުޅޭ ރީނދޫ ކުލައިގެ މަހެއް. މިމަހުގެ ލޮލުގެ ހުރަހަށް ވަރަށް ފަލަ ކަޅުކުލައިގެ ރޮނގެއް ހުރެއެވެ. މި ރޮނގުގެ ފަހަތުގައި ހަނދުފަޅިބުރަށް ހުންނަފުޅާ ހުދުކުލައިގެ ރޮނގެއް ހުރެއެވެ. އަދި މިހަނދުފަޅީގެ ފަހަތުން މަހުގެ މައްޗަށް ވާގޮތަށް ކަޅުކުލައިގެ ފުޅާރޮނގެއް ހުރެއެވެ. މަހުގެ ނިގޫފަތުގެ ބުޑުދޮށް ހުންނަނީ ކަޅުކުލައިގައެވެ.

ހަނދުފަޅިއެޅުން

މ. ގުޑީގައި ހަނދުފަޅި ކުރެހުން.

ހަނދުލަނގަ

ނ. (ސ) ހަނދުފަޅި.

ހަނދުގެއެޅުން

މ. ހަނދުގެ ވަށައިގެން ބުރު އުފެދުން.

ހަނދެއަނެ

ނ. (ގ) ހަނދުގެ.

ހަނދޭގިރިކަން

ނއނ. 1 ހަނދޭ ގިރި ކަމުގެ ވަޒީފާ. 2 ހަނދޭގިރިޔަކާ ޙަވާލުވާ ކަންތައް.

ހަނދޮ

ނ. (ޏ) ހަނދު.

ހަނގާ

ނ. 1 ކުރާއުނދަގޫ. 2 ތޮޅޭތޮޅުން. 3 ޅަކުއްޖާ މީހަކާ އަޅާލައިގެން އެޖައްސާ ވައްތަރު. 4 (ޏ) ބުޅާކުޅުވާ ފިހިގަނޑު.

ހަނގުހަނޑޫ

ނ. ހަނގުބޭކަލުންނަށް މުސާރައަށް ދެއްވާ ހަނޑޫ، މިންވަރަކީ ފޯޔަކު ބާރަނާޅިއެވެ.

ހަނގުން

ނ. 1 ހަނގުކަން ލިބިފައިވާ މީހުން. 2 ހަނގުބޭކަލުން.

ހަނގުންފަރާ

ނ. ދިވެހިރާއްޖޭގެ ދަނޑުވެރީން އަތުން އިހުގައި ސަރުކާރަށް ނެގިބައެއް. މިނެގި މިންވަރަކީ ދަނޑުކޮށި ކޮންމެ ރަށަކުން ދެގޮނެވެ. މިކެނޑުނީ ހ. ތޭރަސަތޭކަފަންސާސްއެކެއް. ވަނަ އަހަރުގައެވެ.

ހަނގުރާމަ

ނ. 1 ހަތިޔާރު ހިފައިގެން ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅައިމެރުން. މިބަސް އާންމުކޮށް ބޭނުންކުރަނީ އެއްޤައުމު އަނެއް ޤައުމާ ދެމެދު ހިނގާ މިފަދަ ޙަމަލާތަކަށެވެ. 2 މިސައިލާއި ރޮކެޓް ބޭނުންކޮށްގެން އެއްޤައުމު އަނެއް ޤައުމާ ކުރާ ހަނގުރާމަ.

ހަނގުރާމަބިން

ނ. 1 ހަނގުރާމަ ކުރާ ބިން. 2 ހަނގުރާމައިގެ މައިދާން.

ހަނގުރާމަބެރު

ނ. ހަނގުރާމަ ފަށަންވީމާ ޖަހައި އުޅުނުބެރު.

ހަނގުރާމަވެރިޔާ

ނ. ހަނގުރާމަކުރާމީހާ.

ހަނޑަހަ

ނ. (ސ) ހަނޑަސް.

ހަނޑަސް

ނ. 1 އަތްކަންކުރާމީހުން. އެއްޗެތީގައި ހިފާންގެންގުޅޭ ދެފައިކަށިލީ ހަތިޔާރެއް. 2 ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ވަކިކޮށްފައިވާތަން. 3 ކަކުނީގެ ދާނަ ދަތްގަޑު.

ހަނޑަސްގެކޮޅު

ނ. [ބޯދާ] އަވަހާރަ ގަނޑުވަރުގެ ހަނޑަސްބުރި.

ހަނޑުލުފުށް

ނ. ހަނޑޫ މުގުރައިގެން ހަދާފައި ހުންނަ ފުށް. މީގެ ތެރޭގައި ތަންކޮޅެއް ރާޅުކޮށް ހުންނަ ފުށާއި ހިމުންކޮށް ހުންނަ ފުށް ހިމެނެއެވެ.

ހަނޑޫހޮވުން

މ. ހަނޑުލުގެ ތެރޭގައި ހުންނަ ވީ.އާއި ކަޅުހަނޑޫ ފަދަ އެއްޗެހި ވަކިކޮށް ނެގުން.

ހަނޑޫކަނޑާވަން

ނ. ހަނޑުސާފުކުރާން ލަކުޑީން ހަދައިފައި ހުންނައެތި.

ހަނޑޫކަނޑާމޯ

ނ. ވަނަށް އަޅައިގެން ހަނޑޫތަޅަން ގެންގުޅޭ އެތި. މިހުންނަނީ ދެކޮޅު ފަލަކޮށް މެދުގައި ހިފާތަން ހިމަކޮށް ކުރެދިންލިޔެފައެވެ.

ހަނޑޫކެނޑުން

މ. ހަނޑޫވަނަކަށް އަޅައިގެން މޯލުންތަޅައި ސާފުކުރުން.

ހަނޑޫފޮޅާނާށިގަނޑު

ނ. ހަނޑޫފޮޅާއިރު ކުރިޔަށްއަރާނީ ހަނޑޫ ނަގާށާއި، ބަތްޕޮޅިޔަށް ހަނޑޫއެޅުމަށް ބޭނުންކުރާނާށިގަނޑު. މިއީ، ބޮޑެތިކާށި ދިގަށްކީހައި ބޭރުމަށާއި އޮފުއަރުވައިފައި އޮންނަނާށިގަނޑެކެވެ.

ހަނޑޫމުގުރާދަތި

ނ. ހަނޑޫ ފަދަތަކެތި ހިމުން ކުރުމަށް މައުދަނީ އެއްޗަކުން ހަދައިފައިހުންނަ އާލަތެއް.

ހަނޑޫފޮޅުން

މ. ބަތްޕޮޅިއަކަށް ހަނޑޫ އަޅައިގެން ހަނޑުލުގެ ކުނޑިއާއި، ނިޔާއި، ބުރި ހަނޑުލާއި މޫހަނޑޫލާ ވަކިވާގޮތް ހެދުން.

ހަނޑެލެ

ނ. (ގ) ހަނޑޫ.

ހަނަ

ނއ. 1 ހިކި. 2 ނ. (ސ) ހަނު.

ހަނަފީން

ނ. ޙަނަފީ މަޛުހަބުގެ މީހުން.

ހަނާ

ނ. 1 އަލިފާނުގެ ހޫނުން ތަކެތި ކުރާ މުރަނަ. 2 ހަވާދުލައިގެން ހިކިކޮށް މަސްހަދާގޮތް. 3 ފުރާނަހުރި އެއްޗެހި ކޮންމެވެސް ހޫނަކުން ނުވަތަ ބަނޑުހައި ކަމުގެ ސަބަބުން ވާ މަރު، ނުވަތަ މަރުވުމާ ކައިރިވާވުން. 4 ދުރުގައި ހުރެގެން ކައިރިޔަށް އައުމަށް ކުރާ އިޝާރާތް.

ހަނާހުނިކުރުން

މ. ހަލާކުކޮށް ނައްތައިލުން.

ހަނާކަފަ

ނ. ކަފައިގެ ބާވަތެއް. މިކަފަ އޮށްކަފަޔަށްވުރެ އޮށް މަދުވެފައި ފިލުވަން ފަސޭހަވާނެއެވެ. މިގަހުގެ ފަތްވެސް އޮށްކަފަ ފަތަށްވުރެ ކުދިވާނެއެވެ.

ހަނާކުރިހަވާދު

ނ. ހަނާކޮށްފައިހުރި ހަވާދު.

ހަނާކުރިމަސް

ނ. ކޮތަންބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް، އަސޭމިރުސް، ފޮނިތޮށި ކާފޫރުތޮޅި، ނައަނދާވަރަށް ހަނާކޮށްގެން މުގުރައި މިހަވާދުލައިގެން ކައްކާ މަސް.

ހަނާކުރުން

މ. 1 ހިކިތަވާގައި އަލިފާނުގެ ހޫނުން ތަކެތި މުރަނަކުރުން. 2 ކޮތަނބިރި ހަވާދު ދަވައި، ހިމުންކޮށްގެން ހިކިކޮށް މަހުގައި ރިހަކެއްކުން.

ހަނާކެޅައުން

މ. (ޏ) ހަނާކުރުން.

ހަނާދޭސަ

ނ. [ބޯދާ] 1 މީހަކުދޭ އެއްޗެއް 2 މީހަކު ދިން އެއްޗެއް.

ހަނި

ނ. 1 ތަނަވަސްކަން ކުޑަ. 2 ފުޅާމިން ކުޑަ. މިސާލު: މިއީ ކާރަކަށް ދެވޭ ވަރަށް ވުރެވެސް ހަނި މަގެކެވެ. 3 ފުޅަލުގެ އިދިކޮޅު.

ހަނިހަނި

ނ. 1 އެހެން މީހުންނަށް ނޭނގޭ ގޮތަށް އަންގާއެންގުން. 2 ވަރަށް ހަނި.

ހަނިވުން

މ. 1 ފުޅާމިން ކުޑަވުން. 2 [މަޖާޒު] ކުޑަވުން. މިސާލު: ވާހަކަދެއްކުމުގެ ދާއިރާ ވަރަށް ހަންޏެވެ.

ހަނިލުން

މ. (ޏ،ސ) ހަނުލުން.

ހަނު

ނ. 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނު ކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް. 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް. 3 ކއ. މަޑުން. 4 ނއ. ހިމޭން.

ހަނުކަކުނި

ނ. (އ) ހުދުފަހާއި ކަޅުފަސް ބެދުނު ހިސާބުގައި ހަރުކޮނެގެން އުޅޭ ކަކުންޏެއް. މިކަކުނީގެ ފައި ވަރަށް ބަލިކަށި ވާނެއެވެ. ތޮށިގަނޑު ހުންނާނީ މަޑު އަޅި ކުލައިގައެވެ.

ހަނުކިޔާލަވަ

ނ. 1 ހަނުލާއިރު އެއިވޭ އަޑު. 2 [މަޖާޒު] ޖަމާޢަތެއްގެ ބަޔަކު ހިތްހިތަކަށް އުޅޭއުޅުން. (އަމިއްލައަމިއްލައަށް އުޅޭ އުޅުން)

ހަނުކުނޑި

ނ. ހަނުލާއިރު ނެގޭ ކުނޑި.

ހަނުތެޅުން

މ. 1 ހަނުހެދުން. 2 ލާޔާއި ކުރަނދާއެއްކޮށް ތަޅައި، ހަނުގެ ހިލަ ބުރުގަނޑު ތައްޔާރުކުރުން.

ހަނުލުން

މ. ވަޅި އާއި ފުރޯފަދަ ތަކެތި ހަނުން ތޫނުކުރުން.

ހަނުގާގަނޑު

ނ. ހަނުލާއިރު ހަނުގައި ޖައްސާ ގާ ގަނޑު.

ހަނޮ

ނ. (ޏ،ސ) 1 ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނުކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް 2 ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާން ގެންގުޅޭ އާލަތެއް

ހަނޮއެނބެރުން

މ. (ސ) ހަނޯބެރުން.

ހަނޯބެރުން

މ. (ސ) ވެއްޓޭ ބައްޔަށް ނިސްބަތްކޮށް ބުނެއުޅޭ ބަހެއް، މިބަސް ބޭނުންކޮށް އުޅެނީ އަރާރުންވުމުގެ ތެރޭގައި ނުވަތަ ކޮންމެވެސް ހަމަނުޖެހުމެއްގެ ތެރޭގައެވެ.

ހަން

ނ. 1 އިންސާނުންނާއި ދިރޭއެއްޗެހީގެ ހަށިގަނޑުގެ ބޭރުދުލި. 2 ބިރުވެރިކަމެއް ޖެހިގެން އެހީޔަކަށް އެދި ކައިރީގައިވާ ރަށަކަށް ނުވަތަ ކަނޑުމަތިން ދާ ބަޔަކަށް އަންގާން އުފުލާއެތި. 3 ޢާއްމުކޮށް ދިޔާއެއްޗެހި އަޅަން ޕުލާސްޓިކާއި ރަބަރު ފަދަ ތަކެތީން ހަދައިފައި ހުންނަ ކަންވާރު. 4 އެއްގަމުގައި ދުއްވާ ތަކެތީގެ ފުރޮޅުގެ އެތެރެ ރަބަރާއި ބޭރު ރަބަރު. 5 ބޯޅަ ފިޔަވައި ވައިޖަހައިގެން ފުފޭގޮތަށް ހަދައިފައި ހުންނަ އެއްޗެހި. 6 ބެރުގެ ދެކޮޅުގައި އަޅައިފައި ހުންނަ އެއްޗެހި. 7 ހުރަސް

ހަންނެގުން

ނ. 1 ދިރޭ އެއްޗެތީގެ ހަން މަހުން ވަކިކުރުން. 2 ދަތުރުކުރާއިރު ކަނޑުމަތިން ނުރައްކަލެއް ދިމާވެގެން އެކަން އެންގުމަށް ނިޝާނެއް އުފުލުން.

ހަންނޮޅުން

މ. 1 ހަންފޮޅުން. 2 ގައިން ފޮޅިފައި ހުންނަ ހަންކޮޅުކޮޅު ނެއްޓުން. 3 ބަކަރި ކުކުޅުފަދަ ތަކެތީގެ ހަން ފިލުވުން

ހަންކަނޑައިލުން

މ. [މަޖާޒު] 1 މީހަކަށް ކެއްސެއް ދިނުން. 2 ގިނައަދަދަކަށް ފައިސާ ޚަރަދުކުރުވުން. 3 ނުކުޅަދާނަ ވަރުގެ މަސައްކަތެއް ފަދަ ކަމެއް ޖެއްސުން.

ހަންކެތޯޓު

ނ. (ގ) ގާހައް.

ހަންކޮސޮޅިޖެހުން

މ. (ސ) ހަންޓޯޓޯވުން.

ހަންމަތަކެނޑުން

މ. (ސ) ހަންމަތަކުރުން.

ހަންމާލާ

ނ. މޫދުގައި ވެލިއުފުލާން ގެންގުޅޭ ހަތަރެސްކަން އެއްޗެއް.

ހަންމުށި

ނ. 1 ދިރޭ އެއްޗެތީގައި ތަޅާން ގެންގުޅޭ އާލާތް. މިއޮންނަނީ ލަޓިގަނޑެއް، ނުވަތަ ބޮންތިއެއްގެ ކުރީކޮޅުގައި ނަނުފަށެއް ބައްދައިފައެވެ. ނޫނީ ބޮންތީގެ ކޮޅު ހިމަކުރަމުންގޮސް ނަނުގަނޑެއްހެން ހަދައިފައެވެ. 2 މީހުންނަށް އަދަބުދޭން ގެންގުޅޭ އެތި.

ހަންމޯ

އ. (ސ) ބޯބޯ. ކުޑަކުދިންގެ ބަހުން ހުސްވެއްޖެއޭ ބުނާ ބަސް. މިސާލު: ކުޑަކުއްޖަކަށް ކާންދެމުންގޮސް ހުސް ވުމުން ކުއްޖާއާ ދިމާއަށް ހީނލާފައި ހަންމޯ! މިގޮތަށް ބުނާބަހެއް.

ހަންފީރު

ނ. ލަކުޑިކޮޅެއްގައި ކަށިމަޑީގެ ހަންތަތްކޮށް ހިއްކައިގެން ލަކުޑިގާނަން ގެންގުޅޭ އާލާތް.

ހަންފީމިޔަރު

ނ. މިޔަރުގެ ބާވަތެއް. މީގެ ހަމާއިމަސްގަނޑު ވަރަށް ބަލިވާނެއެވެ. މި ވައްތަރުވާނީ ފާނަޔާއެވެ.

ހަންފޮޅުން

މ. ގައިގެހަން މަރުވެ އެތިއެތިކޮޅަށް ނެއްޓުން.

ހަންދަރު

ނ. 1 ސަތޭކަބާރަ ރާތަލުގެ ބުރަދަން. 2 އެއްޗެހި ކިރުމަށްޓަކައި ދަގަނޑުން ހަދައިފައި އޮންނަ ވަޒަނެއް. މީގެ ބަރުދަނަކީ ސަތޭކަ ބާރަ ރާތަލެވެ.

ހަންދުބޮލި

ނ. 1 ހަންދަމަތި. 2 ސަނދަރަބޮލި.

ހަންދެމުން

މ. 1 ހަން ނޮޅުން. 2 މަހުން ހަން ވަކިކުރުން.

ހަންގަނޑު

ނ. 1 ބެރުޖަހަން ދަސްކުރުމަށްޓަކައި ބެރުއެދުރުގޭގައި އޮންނަބެރެއް. މިއީ ހަމުގެ ކެހެރިނުކޮށައި ދޫކޮށްއަޅައިފައި އޮންނަބެރެކެވެ. 2 ދިރޭއެއްޗެއްގެ ހަމުގެބައެއް. 3 ކުރަފަތްތޫނުކުރަން ގެންގުޅޭ ހަމުގެ ފޮތިވަރު. 4 އިހުގައި، ކަސްޓަމުގައި އޮންނަ ބޮޑުފޮތެއް، މިހަދައިފައި އޮންނަނީ ބޮޑެތި ކަރުދާސް ހުރިގޮތަށެވެ. މިއީ ބޯޓުފަހަރުން ގެންނަމުދަލާއި ތަކެތި ބޭލޭވަރު ބަލަހައްޓާފޮތެވެ. އަދި އެކްސްޕޯޓް އިންޕޯޓް ބަލަހައްޓާ ފޮތަކީ ވެސްމި އެވެ.

ހަންގަނޑުތެޅުން

މ. ބެރުޖަހަން ދަސްކުރާން ހަންގަނޑުގައި ޖެހުން.

ހަންގަނޑުޖެހުން

މ. 1 ހަންގަނޑުން ކުރަފަތް ތޫނުކޮށްލުން. 2 ބެރުއެދުރުގޭގައި ދަސްކުރާންޖަހާ ހަމުގެ ކެހެރިނުކޮށާ ދޫކޮށް އަޅައިފައި އޮންނަބެރު ޖެހުން. 3 [މަޖާޒު] ދުއްރައިން ތެޅުން.

ހަންޑިހަތް

ނ. ހަންޑި ކުޑަ.

ހަންޑިހުނިގޮނޑި

ނ. 1 ފަޅޯގަހު އިބިލީސް. 2 ފާވެފައި ހުންނަ ފަޅޯގަސްގަނޑަށް އަންނަ ފައިދިގު މަދިރިއެއް ކަހަލަ އެއްޗެއް. މިއީ ބުރަކަށި މަތި އިތި، ރަތް ރީނދޫ ކުލައިގެ އެއްޗެކެވެ.

ހަންޑިހެއްލުން

މ. ނިދީގައި މަނިބޭރުވުން، ގިނަފަހަރަށް މިކަންތައްވަނީހުވަފެނެއްގެ ތެރޭގައެވެ.

ހަންޑިބުރެ

ނ. (ގ) ހަންޑިފިލާ.

ހަންޑިކަރުނަ

ނ. 1 ދަކުރުއި ކަރުނަ. 2 ހަންޑިއަސް ބިސްއަޅާން ބަދަނެއްގެ ސިފައިގައި އެސޮރުހަދައިފައި އޮންނަ އެއްޗެއް.

ހަންޑިކައްޓަލަ

ނ. ވިހަލަގޮނޑި.

ހަންޑިކާށި

ނ. ތިރިކޮށްހެދޭ ވިނައެއް. މީގެ ފަތް ހުންނަނީ ހަނިކޮށެވެ. އެއް އިންޗިވަރަށް ދިގުވާނެއެވެ. މީގެ ގަސްގަނޑުގެ ކުލައަކީ މަޑުފެހިކުލައެވެ.

ހަންޑިކާނށި

ނ. (ޏ) ހަންޑިކަށި.

ހަންޑިކުޑަ

ނ. 1 ފީލަކުޑި ގަނޑަކުން ނުވަތަ ލަކުޑިފީވި ތާ ބިންގަޑުން ހަތެއްގެ ސިފައިގައި ފަޅައިފައި ހުންނަ މަލެއް. 2 ފީމާ. 3 ބުޅާކަންފަތް.

ހަންޑިއަސް

ނ. ހަންޑި ހުނިގޮނޑި ޒާތުގެ އެއަށްވުރެ ބޮޑު ދިރޭ އެއްޗެއް.

ހަންޑިއުޅާ

ނ. ހަންޑިއުޅައު

ހަންޑިމާ

ނ. ހަންޑިމައު.

ހަންޑިފިލާ

ނ. (ގ) ހަންޑިކެޔޮ.

ހަންޑިދޮންކެޔޮ

ނ. (ހ) ހަންޑިކެޔޮ.

ހަންޑިޓައްކެނޑުން

މ. ރޭގަނޑު މީހުން ނިދައި، ފައިހިލަވަޅު އޮބުނީމާ އިވޭ އަޑެއް. މި އަޑު އިވެނީ އަނގައިން ޓައްކަނޑާއިރު އިވޭ ގޮތަށެވެ. މިއަޑުއިވޭވަކި ދިމާއެއް ފާހަގައެއް ނުކުރެވޭނެއެވެ.

ހަންޖާބުޅި

ނ. 1 ހަންޖާ އައްސާ ބުޅި. 2 ހަންޖާ އަޅާ ބުޅި.

ހަންޖާކެވުން

މ. ފަރުމާނުގައި ހަންޖާ އެއްސުން.

ހަންޖާއެޅުން

މ. 1 ރިޔާނެގުމަށްފަހު ހަންޖާ، ބުޅީގައި އެއްސުން، 2 ހަންޖަލެއްގެ ބޭނުމުގައި ވަލެއް އެނބުރުން.

ހަންޖާމުގޫ

ނ. ހަންޖާވަލުގެ ފަހަތުކޮޅު.

ހަންޖެހުން

މ. 1 ކަނޑުމަތީގައި ބިރުވެރި ކަމެއްދިމާވެގެން އެހީއަކަށް އެދި ކައިރީގައިވާ ރަށަކަށް، ނުވަތަ ކަނޑުމަތިންދާބަޔަކަށް އަންގައިލާން އެއްޗެއް އުފުލުން. 2 ދިބާޣުކުޅަ ހަން ފޮތުގެ ނުވަތަ ފޮށީގެ ބޭރުގައި ހިއްޕުން. 3 ވިދުހަންޖެހުން.

ހަރަ

ނ. (ގ) ހަރު.

ހަރަހެރި

ނއ. (ގ) 1 ރަށްވެހި. 2 ހަރުދަނާ.

ހަރަވަޅި

ނ. (ސ) ހަރުވާޅު.

ހަރަވާޅު

ނ. (މަލިކު) ހަރުވާޅު.

ހަރަމަލި

ނއ. (ސ) މޭވާފަދަ ތަކެތި ގަހުގައި ވަރިވަރިޔަށް އަންނައިރު ހަރުވާން ކައިރިވެފައި ހުންނަވަރި.

ހަރަދު

ނ. 1 ޚަރަދު. 2 [ބޯދާ] ބިލެތްހަވާދު.

ހަރަގަނޑަ

ނ. (ލ) ހަރުގަނޑު.

ހަރަގަނޑޮ

ނ. (ސ) ހަރުގަނޑު.

ހަރާނޑާ

ނ. (ގ) ހަރުގަނޑު.

ހަރާންބަޅުމަސް

އ. 1 ހަރާން އެއްޗަކާ އެއްފަދަ ކުރުމަށް ބުނެ އުޅޭބަހެއް. 2 އެއްގޮތަކަށްވެސް ނެތްކަން ދެއްކުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހަރާންބަކަރި

ނ. [މަޖާޒު] ނަހަލާލުދަރި.

ހަރާންފަދަ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަ. 2 އެއްގޮތަކަށްވެސް ނެތް. މިސާލު: ހަރާންފަދަ މިގޭގައި ކޮތަނބިރިކޮޅެއް.

ހަރާންފަދަވާނެ

އކ. 1 ހަރާން އެއްޗަކާއި އެއްފަދަވާނެ. 2 ނޫންކަމަށް ގަދަކުރާންބުނާ ބަހެއް. މިސާލު: ހަރާންފަދަވާނެ އަހަރެން އެގެއަށް ވަންނަނަމަ.

ހަރާންފަދަތޯއްޗެއް

އކ. 1 ކަމެއް ނުކުރުމުގެ މައްޗަށް ގަދައެޅުމުގެ ގޮތުން ބުނާ ބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް އަހަރެން އޭނާއާ އަނގައިން ބުނާނެނަމަ. 2 ކަމެއް ކުރުވާން ބޮޑަށް އެދުންވެރިވުމާއެކު އެކަމެއް ކުރުވާން ގަދަކޮށްލާން ބުނާބަހެއް. މިސާލު: ހަރާންފަދަތޯއްޗެއް ދޭނެނަމަ. މިހެން ބުނެއުޅެނީ، ނުދޭނެހެން ހީވާ އެއްޗެއް ދީފާނަމޭ ބުނިބަސް ގަދަކުރުވުމަށެވެ.

ހަރާންދަރި

ނ. ނަހަލާލު ދަރި.

ހަރާމުޖާދާ

ނ. 1 ޚިޔާލީ ވާހަކައެއްގައި އުޅޭ ނުލަފާ މީހެއް. 2 [މަޖާޒު] ޖެއްސުމަށް ކަންތައްކުރާމީހާ. 3 ނުބައި ނުލަފާމީހާ.

ހަރި

ނ. (ޏ،ސ) 1 ގަދަ ޒުވާބު. 2 ދެފަރާތަކުން ދެކޮޅަށް ދައްކާ ވާހަކަ.

ހަރިބޮލާ

ނ. (ސ) ދުޅަހަރު.

ހަރިވާދަ

ނ. (ސ) ހަށަވާދަ.

ހަރިވާދަޖެހުން

މ. (ސ) ހަށަވާދަކުރުން.

ހަރިޖެހުން

މ. (ޏ،ސ) ދެމީހަކު ކަމަކާމެދު ދެކޮޅަށް ދަލީލު ދެއްކުމާއެކު އެމީހެއްގެބަސް ގަދަ ކުރުމުގެ ގޮތުން ވާހަކަ ދެއްކުން.

ހަރީރާ

ނ. 1 ގެރިކިރުގައި ހަދާ ފޮނި އޮލަ ބުއިމެއް. އަންހެނުންނަށް ކިޔާނަމެއް.

ހަރު

ނ. 1 ކަކުންޏާއި މީދާ ފަދަ ތަކެތި އުޅޭން ބިމުގައި ކޮންނަ ލޯވަޅު. 2 ރުކަށް އަރާން ރުކުގައި ބަންނަ ގަޅި. 3 މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. 4 ފޯއްވަޅިއާއި ދޮލަނގާއި ކަނޑިފަދަ ތަކެތި ބަހައްޓާން ބިތުގައި ހަރުކޮށްފައި ހުންނަ އެތި. 5 ބައެއް އެއްޗެހި ބަހައްޓާން ނުވަތަ ތިއްބާން އެކިގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗެހި. މިސާލު: ލިޔާހަރު، ބަޑިހަރު، ބައިސްކަލުހަރު. ނއ. 6 މަޑުގެ އިދިކޮޅު. 7 ޅަކަމުގެ އިދިކޮޅު. 8 ވައިމަތި ޅަކަންކެނޑުމުން ވާގޮތް. މިސާލު: ފުރަން ވާނީ ވައިމަތި ހަރުވެލީމައެވެ. (ވައިމަތި ޅަވުމަކީ ދެންމެދެންމެ ވިއްސާރަ ވެދާނެ ކަހަލަ ގޮތަކަށް ޖައްވު އޮތުމެވެ.) 9 ހަރުބޭހުގެ ސަބަބުން ހަށިގަނޑަށް ވާ ރަނގަޅު. 10 ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ފައްކާވަމުން އައިސް ދޮންވުމަށް ވާ ތައްޔާރު. 11 ބުއްދިވެރި. 12 ހަރުދަނާ. 13 ހަލުއި، މިސާލު: ދޯނި އެދުވަހު ހުޅުލެއަށް ދިޔައީ އޭގެ އެންމެ ހަރު ދުވެލީގައެވެ. 14 އެއްޗެއްގައި އަނެކައްޗެއް ވާ ތަތް. މިސާލު: އަހަރެން މި ހަދާ މަލުގައި މިހާރު ދެފިޔަ ހަރުކޮށްފީމެވެ. 15 ބާރު. މިސާލު: އޭނާ ދިޔައީ ވަރަށް ހަރުކޮށެވެ. ނ. [ބޯދާ] 16 ދިރިއުޅޭ ތަން. 17 ގެ.

ހަރުހަނަ

ނ. ހިނިހަރުން ބޭރުކުރާ ފަސް.

ހަރުންދެމި

ނ. (ސ) އިޑިއައްޕަން ދަމާ ހަރުން ދަމައިގެން ތެލުލައި ހަކުރުލައިފައި ހުންނަ ހެދިކާ އެއްޗެއް.

ހަރުބަސް

ނ. އަދަބީބަސްތަކުގެ ތެރެއިން އަމުރަކަށްވާ ނުވަތަ ނަހީއަކަށްވާ ނުވަތަ ނަސޭހަތެއް ކަމުގައިވާ ކޮންމެ ބަހެއް.

ހަރުބިހި

ނ. ތުންތޫނުކޮށް ހަރުކޮށް ހުންނަބިހި. މިބިހި ބޮޑުނުވެފަސޭހަނުވެ އެތައް ދުވަހަކު ހުރެއެވެ.

ހަރުބީ

ނ. 1 ރަދުން ނުވަތަ ރަދުންގެ މަޤާމުގައި ވަޑައިގަންނަވާ ބޭފުޅަކު ޢިއްޒަތުގައި ވަޑައިގަންނަވާއިރު ބެރުގައި ޖަހާ ލަވައާއި ފުމޭ ލަވަ. ނއ. 2 މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާ. 3މުސްލިމުންނާ ޢަދާވާތްތެރި.

ހަރުބީކާފަރުން

ނ. 1 މުސްލިމުންނާއި ޢަދާވަތްތެރި ކާފަރުން. މިސާލު: އަބޫޖަހުލަކީ ފައްކާ ހަރުބީ ކާފަރެކެވެ. 2 މުސްލިމުންނާ ހަނގުރާމަކުރާ ކާފަރުން .

ހަރުބީއަށްހިނގުން

މ. ހަރުބީއަށް ހަމަވާގޮތަށް ފިޔަވަޅު އަޅަމުން ހިނގުން. މިއީ އިހުގައި ގަނޑުވަރުތެރޭ ފިރިހެން ބޭފުޅުން ދަސްފުޅު ކުރައްވާ ކަމެކެވެ.

ހަރުބޭސް

ނ. 1 ބައެއް ބަލިބައްޔަށް ދިވެހި ބޭސްކޮށް ނިމިގެން ޅައިކަން ފިލުވާން ކުރާ ބޭސް. 2 އަންހެނުން ވިހައިގެން ހަށިގަނޑު ހަރުކުރުވުމަށްޓަކައި ކާންދޭން ހިލާ ބޭސް. 3 ހިލިބޭސް.

ހަރުކަށި

ނ. 1 އޮބައިނުލެވޭ، ލަނބައިނުލެވޭކަށި. 2 ފުރާނަހުރި އެއްޗެއް މަރުވިތާ ގިނައިރު ވެގެންގޮސް ހުޅުހުޅުން ނުލެނބޭ ވަރަށް ވެފައިވާހަރު. 3 އެއްކަށި އަރާއެރުން. 4 [މަޖާޒު] ގޮތްދޫނުކުރާ އަމިއްލަގޮތެއްހުރި. މިސާލު: އިބުރާހީމަކީ ވަރަށް ހަރުކަށި މީހެކެވެ. ނއ. 5 އޮބޭގޮތާއި ލެނބޭގޮތްނެތް. 6 ގަދަބަދަވިކަންބޮޑު. 7 ރަޙުމުކުޑަ.

ހަރުކަށިކަން

ނއނ. 1 މަޑުމައިތިރިކަމުގެ އިދިކޮޅު. 2 ދޫނުކުރާކަން. މިސާލު: އޭނާގެ ހަރުކަށިކަން ވަރަށް ބޮޑެވެ.

ހަރުކަށިވުން

މ. 1 އޮބައިލެވޭގޮތާއި ލަނބައިލެވޭގޮތް ނެތުން. 2 އެއްކަށިވުން. 3 ރަޙުމުކުޑަވުން. 4 ކަންތައްކުރުމުގައި ނިޔަނެތި ގޮތްނެތުން. 5 [މަޖާޒު] ގޮތްދޫނުކުރާ މީހަކަށްވުން. މިސާލު: ގެންގުޅޭ މީހުނާ މެދުގައި އޭނާ ވަރަށް ހަރުކަށިވާނެއެވެ.

ހަރުކަން

ނއނ. 1 އޮބޭގޮތްނެތްކަން. 2 ހަރުދަނާކަން. 3 ދުވުމުގެ ހަލުއިކަން.

ހަރުކުރުން

މ. 1 އެއްޗެއްގައި އަނެއްކައްޗެއް ހިފެހެއްޓިފައި ހުންނާނެގޮތް ހެދުން. 2 ނަނުވައު ފަދަ ތަކެތި އަނބުރާ ހަރުކަން ގެނައުން. 3 ގަސްގަހުގައި އަޅާ ތަކެތި ޅަކަން ކެނޑެންދެން ގަހުގައި ބެހެއްޓުން. 4 ފޮތިފަދަ ތަކެތި ތާންޖަހައި ހަރުކުރުން. 5 ރުއްގަސްދިރުވައި ބެލެހެއްޓުން. 6 ގަދަކަން ގެނައުން. 7 މެޓާފަދަ ތަކެތި ކައްކައި ހިއްކުން. 8 އޮޑިހައްޔަރުކުރުން. 9 ދުވުން ބާރުކުރުން.

ހަރުކުލައިގެމީހުން

ނ. 1 ޤަދަރުހުރި މީހުން. 2 ރަށެއްގައި ތިބޭ ހަރުދަނާ މީހުން. 3 ބުއްދިވެރިން.

ހަރުކޮށް

ކއ. 1 އަވަހަށް. 2 ހަލުއިކޮށް. 3 ބާރަށް.

ހަރުވަރު

ނއ. 1 މެދު ޢުމުރަށްވުރެ މައްޗަށް ޖެހިލައިފައިވާ. 2 ހަރުވަމުން އަންނަ.

ހަރުވަޅި

ނ. (ސ) ހަރުވާޅު.

ހަރުވާޅު

ނ. ފޫޅާކަކުލާ ދެމެދު ނިވާކުރަން އަޑިންލާ ފޭރާމެއް. މިހުންނަނީ އަންނަ ފަށް ލައިފައި ދެފައިކުރި ވަކިން ފަހައިފައެވެ.

ހަރުވާޅުދާގަނޑު

ނ. ހަރުވާޅު އުނަގަނޑުމަތީ އައްސާން އަންނަފަށު ތެރެއަށް ލައްވައިފައިވާ ފަށް.

ހަރުވުން

މ. 1 މޭވާދޮންވާން ކައިރިވުން. 2 އެއްޗަކާ އަނެކައްޗެއް ތަތްވުން. 3 ނުވެއްޓޭވަރަށް ހިފެހެއްޓިފައިހުރުން. 4 ޅަކަން ކެނޑުން. 5 ވައިމަތިޅަކަން ކެނޑުން. 6 ހަރުބޭހުގެ ސަބަބުން ހަށިގަނޑު ރަނގަޅުވުން. 7 ބުއްދިވެރިވުން. 8 އެއްޗެއްގައި އަނެކަތި ތަތްވުން. 9 ނ. ޅައިވުމުގެ އިދިކޮޅު. 10 [މަޖާޒު] އުމުރަށްވުރެ ދޮށިވުން.

ހަރުމަތީބަޑި

ނ. ކުދިވަރުގެ ބޮޑުބަޑި. މިބަޑި ގެންގުޅޭނީ ހަރުމަތީގައެވެ.

ހަރުމަލް

ނ. 1 ދިވެހިބޭހަށް ބޭނުންކުރާ އޮށެއްއަޅާ ގަހެއް. 2 މިގަހުގެ އޮށް. މީގެ ތަފާތު ކުލަތައް ހުރެއެވެ.

ހަރުމީހުން

ނ. 1 ޤަދަރުވެރިން. 2 ޢިއްޒަތްތެރިން. 3 ކަމުވޮށިވެގެންވާ މީހުން. 4 ހަރުދަނާ މީހުން. 5 ދުވަސްވީމީހުން.

ހަރުމުދާ

ނ. 1 ގެވެހިކަންވާރާއި ގަހަނާ. 2 ގިނަދުވަސް ވަންދެން ހަލާކުނުވެ ހުންނަ މުދާ.

ހަރުފަ

ނ. ނަންނުގަތި ފާޑުގެ ސޫތްޕެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ބައެއް ހަރުފައިގެ ދަތުގައި ވަރަށް ގަދަ ވިހައެއް ހުރެއެވެ. މީގެ ވަރަށް ބޮޑެތި އެއްޗެހިވެސް އުޅެއެވެ.

ހަރުފަވިހަ

ނ. 1 ހަރުފައިގެ ހުންނަ ވިހައިގެ މާއްދާ. 2 ހަރުފަވިހަލުމުގެ ސަބަބުން ވާވިހަ.

ހަރުފަމުތް

ނ. 1 ހަށިގަނޑުން ވިހަދަމާ ހިލައެއް. މީގެ އަޞްލު އުފެދެނީ ހަރުފައިގެ އެތެރެހަށީގައި ކަމަށް ބުނެވެއެވެ. 2 މޮހޮރާ.

ހަރުފަދުލި

ނ. (މަލިކު) ހަލުވިދާ.

ހަރުފަތުކޭން

ނ. 1 ރަށްރަށުގެ ޚަތީބުން ފުރަތަމަ ހުކުރު ކުރުމަށްފަހު ރައްޔިތުންނަށް ދީއުޅުނު ކެއުމެއް. 2 ހަރުފަތަށްއެރިކޭން.

ހަރުފަތް

ނ. 1 އަރާފައިބަން ފިލައިން ނުވަތަ ގަލުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިފައި ހުންނަ ހަރުގަނޑު. 2 ހަރުގަނޑުގައި ފައިއަޅާން ހުންނަ ފިލާ ނުވަތަ ގައު. 3 ސިޑި. 4 [މަޖާޒު] ކަމެއްގެ މަރުޙަލާތައް.

ހަރުފަސް

ނއ. ވެލިގަނޑުހަރު.

ހަރުފުށް

ނ. (ޅ) ހުންޏާ ހަކުރާއި ފުށާ އަޅައިގެން ހިލައިފައި ހުންނަ ކާއެއްޗެއް.

ހަރުދަނޑި

ނއ. 1 ގަދަޔަށް ނިދައިފައިވާ. މިސާލު: ނިދައިހަރުދަނޑިވެއްޖެއޭ ބުނަނީ މާގަދަޔަށް ނިދީކަން އެންގުމަށެވެ. 2 މަރުވެ ގިނައިރުވެފައިވާ. މިސާލު: މަރުވެ ހަރުދަނޑިވެއްޖެއޭ ބުނަނީ މަރުވިތާ ގިނައިރުވެ ހަރުކަށިވީމައެވެ.

ހަރުދަނޑިވުން

މ. 1 މަރުވާތާ ގިނައިރުވެގެން ހަރުކަށިވުން. 2 ގަދަޔަށް ނިދުން.

ހަރުދު

ނ. [ބޯދާ] ބިލެތްހަވާދު.

ހަރުލައިހުރުން

މ. 1 ތަތްވެފައިވުން 2 ނުގުޑާގޮތްވެފައިވުން 3 ހިފެހެއްޓިފައިވުން. 4 ނުފިލައި ހުރުން. މިސާލު: {ހ}ހަނދާނުން ނުފިލައި ހުރުން. {ށ}ވަސްނުފިލައި ހުރުން.

ހަރުލުން

މ. 1 ހަރުވުން. 2 ތަތްވުން. 3 ނުގުޑާގޮތްވުން. 4 ހިފެހެއްޓިފައިހުރުން.

ހަރުގަނޑު

ނ. 1 ތަންތަނަށް އަރާން ދެދަނޑި އެއްކޮށް ގަޅިބަދެގެން ގެންގުޅޭސިޑި. 2 ސިޑީގައިބަންނަ ގަޅި. 3 ތަކެތި ބެހެއްޓުމަށް ފައިޖަހައިފައި ބައިބަޔަށް ފިލާއަޅައިފައި ހުންނައެތި. 4 އިޑިއައްޕަން ދަމާއޮބި.

ހަރުގެ

ނ. 1 އޮޑިދޯނިފަހަރު ލައިފައި ބަހައްޓާގެ. 2 މީހުން އާދަކޮށް ނުއުޅޭ އެކިއެކި ޢާންމުބޭނުމަށްޓަކައި ހިޔާކޮށްފައި ހުންނަގެ.

ހަރެވާޅަ

ނ. (ގ) ހަރުވާޅު.

ހަރޮ

ނ. (ޏ،ސ) ހަރު.

ހަރޮށި

ނއ. 1 ހަރުދަނާ. 2 ކުޅަދާނަ. 3 އިންސާނިއްޔަތުގެ ފުރިހަމަބާރު.

ހަރޮނގުހިކާ

ނ. ހިކާގެބާވަތެއް. މަހުގެ ކުލައަކީ ދަނބުކުލައެވެ. މަހުގެ މަތީކައިރިން ފެށިގެން ތިރިއަށް މަހުގެ ދިގަށް އޮރެންޖްކުލައިގެ ފުޅާ ހަނރޮގު ފާޅުކޮށް ފެންނަން ހުރެއެވެ. ނިގޫފަތް ހުންނަނީ ފެހިކުލައިގައެވެ. ކަޅުކުލައިގެ ލަފެއްނިގޫފަތުގެ ބަނޑުދަށުގެ މަތީބައިގައި ހުރެއެވެ.

ހަރޮވާޅަ

ނ. (ޏ) ހަރުވާޅު.

ހަރޮމަލި

ނއ. (ޏ) މޭވާފަދަ ތަކެތި ގަހުގައި ހުންނައިރު ހަރުވާން ކައިރިވެފައި ހުންނަ ވަރި، އެއީ ވަރީގެ ތަފާތެވެ.

ހަރޯށި

ނ. ތަންތަނަށް އަރާން ގެންގުޅޭ ހަރުގަނޑު.

ހަރޯދަ

ނ. ޝައްވާލުމަހުތެރޭގައި ހިފަން އޮންނަ ސުންނަތް ހަރޯދަ. މި ހަރޯދަ ޢާއްމުކޮށް ހިފައިއުޅެނީ، ވަޅުއީދު ދުވަހުން ފެށިގެންނެވެ.

ހަބަރު

ނ. ބޭހަށް ގެންގުޅޭ ހިތިރަހަގަދަ، ކަޅުކުލައިގެ ހިކިއެއްޗެއް.

ހަބަރުފަނި

ނ. 1 ހަބަރުގަހުގެ ފަތުތެރޭގައި އޮންނަބައި އަޅައިގެން ގިރާފަނި. 2 (ޅ) ބިމުތެރޭގައި އުޅޭ ހަބަރުވަސްދުވާ ފަންޏެއް.

ހަބަރުގަސް

ނ. ސުތުލިގަސްހެން ކުދިކޮށް ހެދިފައި ބޮނޑިމަސްކޮށް ފަތްހުންނަ ގަހެއް. މިގަހުގެ ފަތުގެ ތެރޭގައި ހަލުވިދާ ތަނޑެއް ކަހަލަ ބިއްލޫރި ކުލައިގެ އެއްޗެއް ހުރެއެވެ. މިއަޅައިގެން ގިރާފަންޏަކީ ފިނި މީރު އެއްޗެކެވެ.

ހަބަސްރައިވަރު

ނ. ހަބަހުން އެކުލެވިގެންވާ ރައިވަރު.

ހަޅަ

ނ. 1 އިރުވައިގެ ދެވަނަނަކަތް ފެށުނީއްސުރެ ތިންވަނަ ނަކަތް ހުސްވުމާއި ދެމެދު. 2 އިރުވައި މޫސުމުގެ ގަދަވައި. 3 [މަޖާޒު] ސަމާސާގޮތުން ހަޅޭއްލާ ގަދައަށް ކުރާ ޒުވާބު. 4 ސަކަ.

ހަޅަންގަޅިއްވުން

މ. (ސ) ދޯނިފަހަރު ކޮޅައިފައިހުންނަ ހަޅަނގު ނެއްޓުން. ދޯނިފަހަރުން ދިޔަވާން ފެށީމައިވެސް މިހެންބުނެއެވެ.

ހަޅަޖެހުން

މ. 1 ހަޅަމޫސުމުގެ ގަދަވައި ޖެހުން. 2 އިރުމަތިން ގަދަވައިޖެހުން. 3 [މަޖާޒު] އަޑުގަދަކޮށް ސަކަރާތްގަތުން 4 ސަކަ.

ހަޅިބައިނާ

ނ. (ގ) ހަޅިބައިން.

ހަޅޭއްފަޅޭއްޖަހައިގަތުން

މ. ކުއްލިޔަކަށް މާބާރާށް ހަޅޭއްލަވައިގަތުން.

ހަޅޭފަޅޭ

ނ. (ހ) 1 ހަޅޭ. 2 މީހަކުނެރޭ ގަދައަޑު.

ހަޅޭލުން

މ. މީހަކު ނުވަތަ ބަޔަކު އަޑުގަދަ ކުރުން.

ހަޅޭޖެހުން

މ. ހަޅޭއްލައި އަޑުގަދަކުރުން.

ހަކަ

ނ. 1 ތާކުންތާކުނުޖެހޭ ވާހަކަ. 2 (ސ) ހާޑުހައްފަދަ ކޮންމެ އެއްޗެއް. 3 (އކ) ވަރަށް، ތަންކޮޅެއް.

ހަކަވެޅާ

ނ. (ސ) އިހުޒަމާނުގައި އުރަވަޅިބޮޑުވީމާ ކުޑަކުރުމަށްޓަކައި ފަރުވާދޭއިރު ފަންވަތުން ހަދާފައި އޮންނައުޅަލެއް. މިއުޅާ އުރަވަޅީގެ މަތީގައި ބާއްވާފައި އޭގެ ތެރެއަށް ތޫނުބޭސް އަޅައިގެން އެހިސާބުގެ މަސްގަނޑުމަރައި ލޯވަޅެއް އުފައްދައި އެތެރޭގައި ހުންނަ ފެންނަގައި، މަސްތައް ކޮށާ ހަދައެވެ.

ހަކަފަތާ

ނ. (ގ) ބޮޑެތި ގާހައް.

ހަކަތަ

ނ. 1 ހަށިގަނޑު ޙަރަކާތް ކުރުމުގެ ކުޅަދާނަކަން ލިބިދޭބައި. މިސާލު: {ހ}ގައިގެވަރު. {ށ}ހަށިގަނޑުގެ ބާރު. 2 އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. މިސާލު: {ހ}އިރުގެއަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާބާރު. {ށ}ތެލުން އިންޖީނު ހިންގާ ހިންގުން. {ނ}އެއްޗެއް ވަކިވަރަކަށްވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެބާރު

ހަކަތަޖެހުން

މ. 1 ހަށިގަނޑުގައި ވަރުޖެހުން. 2 ހަށިގަނޑުގައި ބާރުޖެހުން.

ހަކި

ނ. 1 ބިލެތްފަދަ ވެޔޮވެލުގެ ފަތްވަޅުން ނުކުމެ ތަންތާނގައި ހިއްޕާ މޫތައް. 2 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައްޔާއި، ބުޑުވަކާ އިހިގަނޑާ ދޭތެރޭގައި ޖަހައިފައި ހުންނަތޭރި. 3 ގިނަދުވަހު މޫދުގައި އޮންނަ ލަކުޑި ފަދަ އެއްޗެހީން ފަޅާ ރިނދަ. 4 އުދަރެހުގައި ފަށަލަ ފަށަލައަށް ޖަހާ ވިލާބުޑު. 5 (ސ) ބިލެތް އަރުވައިފައި ހުންނަ ރުއްރުކުގައި ވާލައްވާން ބަންނަ ކަފިގަނޑު 6 (ހ) އެނދު އުނދޯލިފަދަ ތަކެތީގެ ފަޑީގައި ލިޔެފައި ޖަހާ ތޭރި.

ހަކިބަ

ނ. ހަފަރާތް. އެއީ ހަތަރުފަރާތާއި، މައްޗާއި، ތިރިއެވެ.

ހަކުންފަލި

ނ. 1 މަސްދޯނިފަހަރުގެ މާވަތުގައި ބޭނުންކުރާ ފަލި. 2 ބަނޑުފައްޔާއި ޖެހިގެން ކުރިޔަށް އޮންނަ ފަލި.

ހަކުރަވެތި

ނއނ. ހަކުރާކަން.

ހަކުރާ

ނއ. ހަކުރާކަން މިބަހުގެ ނަންއިތުރު.

ހަކުރާވަރު

ނ. ހަވަރުގެ ތެރެއިން، ހަކުރާ ބޭކަލަކާ ޙަވާލުވެފައިވާ ވަރު ނުވަތަ ބައި.

ހަކުރުހިލުން

މ. ރާ ފޮނި ހަކުރައް ވަންދެން ކައްކައި އޮލަކުރުން.

ހަކުރުހެދުން

މ. (ސ) ދިވެހިހަކުރު ހިލުން.

ހަކުރުހޭނުން

މ. (ގ) ހަކުރު ހިލުން.

ހަކުރުބަލި

ނ. ހަށިގަނޑަށްބޭނުންވާ ގުލްކޯޒް ބޭނުންކުރާ ނިޒާމަށް ގެއްލުން ވެގެންޖެހޭ ބައްޔެއް.

ހަކުރުފަނި

ނ. 1 ހުސްހަކުރުން އޮލަކޮށް ގިރާފައި ހުންނަ ފަނި 2 (ބ) ރާ ކައްކަން ބޭނުންކޮށްފައި ހުންނަ އަކިރި ތަކުގެ ތެރެއަށް ފެން އަޅައިގެން ހޫނުކޮށްލައިގެން ތައްޔާރުކުރާ ފަނި. 3 (ސ) ރާފޮނި.

ހަކުރުފުއްޕުން

މ. ދިވެހިހަކުރު ކައްކައި ތަތްކުރުން.

ހަކުރުފޮނި

ނ. ދިވެހިރުކުގެ ރާ ކުޑަކޮށް ކައްކާލައިފައި މުޅިން ހަކުރަށް ނަހަދާ ހުންނައިރު ކިޔާ ނަން.

ހަކުރުދަތުރު

ނ. ހަކުރުވިއްކަންދާ ދަތުރު. މި ދަތުރުގައި ހަކުރު ހިފައިގެން ވިކޭތަނަކާ ޖެހޭންދެން ގޮސްއުޅެއެވެ.

ހަކުރުލުން

މ. ހަކުރު ދިޔާކޮށްފައި އޭގެތެރެއަށް ހަކުރުލާންވީ އެއްޗެއް އަޅައިގެން ކައްކައި ހިއްކައިލުން

ހަކުބައިން

ނ. ހަކަށް ލައްވާބައިން.

ހަކުމަޅިގަނޑު

ނ. ހަކުބައިން

ހަކެރެ

ނ. (ލ،ގ) ހަކުރު.

ހަކެތޯޓު

ނ. (ގ) ގާހަކައިގެތޮށި.

ހައި

ނ. 1 ކުނާވިޔަން ގެންގުޅޭހުއި. 2 ވިޔުނު އެތިގަނޑުގެ ކޮޅުން ކަނޑާލާ އުއިގަނޑުގެ އުއި 3 ބަނޑު ހުސްވުމުގެ އުނދަގޫ 4 ނއ. އަޑި. 5 ހިނދި. 6 ވަރުލައި. މިސާލު: {ހ} މީހާގެ ހައިވެލާ ތަންކޮޅެއް ނެތެވެ.{ށ}މިދޯނީގައި ހައިވެލާ ތަންކޮޅެއް ނެތެވެ. {ނ} މިއީ ހައިނުކޮށް ރާޅުމުގުރާ ތަނެކެވެ. އތ. 7 މިންވަރު. މިސާލު: ނާޅިއެއްހާ ހަނޑޫ. 8 ކޮންމެ. މިސާލު: ނެތްހައި އެއްޗެއް ހޯދަން އުޅެއެވެ.

ހައިހޫނުކަން

ނއނ. ކާބޯތަކެތި ނުލިބިގެން ލިބޭ ބަނޑުހައިކަން.

ހައިހޫނުވުން

މ. ކާބޯތަކެތި ނުލިބިގެން ބަނޑުހައިވުން.

ހައިރާންމާކު

ނ. ލިޔެކިޔުމުގައި ބޭނުންކުރާ ނިޝާނެއް. މިނިޝާން ޖަހަނީ ޙައިރާންވާ ކަހަލަ ވާހަކައެއް ނުވަތަ، ރުޅިވެރިކަމެއް، ނުވަތަ ހިތާމައެއް، ނުވަތަ އަމުރެއް، ނުވަތަ މަލާމާތެއް، ނުވަތަ އިސްތިޙުސާނެއް އެކުލެވޭ ބަސްބަހާއި ޖުމުލައިގެ ފަހަތުގައެވެ.

ހައިބަ

ނއ. 1 ބިޔަ. 2 ނުހަނު ބޮޑު. މިސާލު: {ހ}ހައިބަ ބޮޑު މިނިކާވަގެއް. {ށ} ހައިބަ ބޮޑު{ނ} ނިކަބިލިއްސަ ގަހެއް.

ހައިބަރަ

ނ. (ސ) ހައިބަރު.

ހައިބަވަންތަ

ނއ. 1 އެންމެ ފުރިހަމަ ހައިބަތުހުރި. 2 މީސްތަކުން ޖެހިލުންވާ ތޫނުފިލި ސިފަހުރި

ހައިބަވަންތަކަން

ނއނ. މީހުން ޖެހިލުންވާ ސިފަ. މިސާލު: {ހ} اللهގެ ހައިބަވަންތަކަން ހަނދުމަކުރާށެވެ. {ށ}އެއީ ވަރަށް ހައިބަވަންތަކަން ހުރި މީހެކެވެ. {ނ}އެޖަލްސާގެ ހައިބަވަންތަކަން ބޮޑުކަމުން އަޅުގަނޑަށް އެއްޗެއް ނުބުނެވުނީއެވެ.

ހައިކަން

ނއނ. 1 ބަނޑު ހުސްވުމުގެ އުނދަނގޫކަން 2 ހައި

ހައިކަފުޅު

ނ. ފައިދާއާއި ޘަވާބަށްޓަކައި ކިޔަވާން ގެންގުޅޭ ހަތްދުޢާއެއް.

ހައިކެޑުން

މ. (ސ) 1 ހައިކުރުން. 2 ކުރާކަންތައް ތަންކޮޅެއް މަޑުކޮށްލުން.

ހައިވާނިއްޔަތު

ނ. 1 ހައިވާނުގައި ހުންނަސިފަތައް. 2 އިންސާނިއްޔަތުގެ އިދިކޮޅު.

ހައިވުން

މ. 1 މަޢިދާހުސްވުން. 2 މަދުވުން. 3 އަޑިވުން. 4 ބަނޑުހައިގަތުން.

ހައިދު

ނ. [ބޯދާ] 1 ނެތިކުރާކުރުން. 2 ހަލާކު ކުރާހަލާކު ކުރުން.

ހައިތަ

ނ. ހަވިއްތަ.

ހައިސިއްޔަތު

ނ. 1 މަޤާމް. 2 ދަރަޖަ. 3 ނިސްބަތްވާގޮތް. މިސާލު: ވެރިއެއްގެ ހައިސިއްޔަތުން.

ހައިޑުރިޖަން

ނ. ގޭހުގެ ބާވަތެއް. މިއީ ކުލައެއް ވަހެއް ނެތް އެއްޗެކެވެ. ވަރށް ފަސޭހައިން އަލިފާން ހިފާ އެއްޗެކެވެ. ގޭހުގެ އެހެނިހެން ބާވަތްތަކަށްވުރެ ލުއި އެއްޗެކެވެ.

ހައިޖާނު

ނ. 1 ހިތުގައި ވަކިކަމެއްގެ މައްޗަށް ޚިޔާލުތަކެއް ގަދަވާ ގަދަވުން. 2 ބައެއްގެ މެދުގައި އުފެދޭ އަރާރުމާއި ހަމަނުޖެހުން.

ހައު

ނ. 1 ކުކުޅުގެ ފިރިހެންއެތި 2 (ސ) ކުނާވިޔާ ހައި.

ހައުޅާބައިންޖެހުން

މ. އަންނަ ފޭލީގެ ކޮޅުމަތީގައި ހައުޅަ ނަގައިގެން ދުޅައެޅުން . މިއީ ކޮޅުމަތި ރީތި ކުރާން ކުރާ ކަމެކެވެ.

ހައުދަހައި

އ. 1 ހައުދަ. 2 ހާދަހާބަލާ.

ހައުލާ

ނ. (ސ) ހައު.

ހައުލް

ނ. (ޏ) ހައު.

ހައެއް

ނ. 1 ގުނުމުގެ ހަވަނަ އަދަދުގެ ނަން. 2 6. 3 ފަހަކާއި، ހަތަކާއި ދެމެދުގަ އަދަދު.

ހައެއްކަ

ނއ. ގާތްގަނޑަކަށް، ހަޔެއް، މިބަހުގެ މާނަދޭހަވަނީ އެއްޗަކާ ގުޅުނީމައެވެ. މިސާލު: {ހ}ހައެއްކަ ފަހަރު. {ށ}ހައެއްކަފޮތް.

ހައެއްވުން

މ. 1 ހަވަނަ ޢަދަދު ހަމަވުން. 2 [މަޖާޒު] ޅަކުއްޖަކު ތަންދޮރު އެނގޭ ވަރަށް ބޮޑުވުން.

ހައޮ

ނ. (ޏ) ކުނާވިޔާ ހައި.

ހައް

ނ. 1 ދިގުއޮޑިކޮށް އޮންނަ ލަކުޑިކޮޅެއްގައި ދެލޯވަޅު ތޮރުފައި، އެއްލޯވަޅުން ކުސަފުރައި އަނެއްލޯވަޅުން ވާލައްވާން ހުންނަ ކައްޕި ފަދަ އެއްޗެއް. 2 ގުޑިވައިގައި ހިއްޕުމަށްޓަކައި ދަނޑިއެއްގެ ކުރީގައި ހަކެއްފަދަ އެއްޗެއް ހަރުކޮށް އެއަށް، ދިދައިގެވާ ފަދައިން ވަލެއްލައްއްވައި ކޮޅަށްޖަހައިފައި ހުންނަ ދިގުދަނޑި. 3 ސަންގު. 4 ސަންގާވައްތަރު ކޮންމެ އެއްޗެއް.

ހައްބަ

ނ. ކޮންމެ އެއްޗަކުން. ނަމަވެސް ބޭނުމެއް ނުހިފޭހައި މަދު މިންވަރު. މިބަސް ބުނެއުޅެނީ އެއްޗެއް ނެތްކަން ދެއްކުމަށެވެ. މިސާލު: އޭނާ އަތުގައި ހައްބަވެސް ނެތެވެ. އެބުނީ އޭނާ އަތުގައި އެކައްޗެއްވެސް ނެތް ވާހަކައެވެ.

ހައްބަމުކައްބަވެސްނެތުން

މ. މީހެއްގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަން ގަދަކޮށްލުމަށް ބުނެއުޅޭ ބަހެއް. މިސާލު: އޭނާގެ އަތުގައި ހައްބަ މުކައްބަވެސް ނެތެވެ.

ހައްބުރު

ނ. (ހ) ރާބުޅަލާއި ވައްތަރު ކުޑަކުޑަ މަހެއް. މަހުގެ ހުރަހަށް ކަޅުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ތުން ހިމަ ވާނެއެވެ. މި މަސް އުޅެނީ ފަޅުތެރޭގައި ހުންނަ އާނުގަނޑުގަނޑުގެ ކައިރީގައެވެ. އަދި ގޮނޑުދޮށާއި ކައިރިގާތަކުގެ ތެރޭގައިވެސް އުޅެއެވެ.

ހައްމަތަކުރުން

މ. ހަމައިންނެއްޓިގެން އުޅޭ ބަޔަކު ނުވަތަ ކަމެއް ބާރުގެ ދަށަށްގެނައުން.

ހައްމާމު

ނ. ފެންވެރުމަށްޓަކައި ވަށައިގެން ބަންދު ކުރެވޭގޮތަށް ހަދައިފައި ހުންނަތަން.

ހައްދައިލުން

މ. ރަޓުވައިލުން. މިސާލު: އޭނާ ހައްދައިލީމާ އެކަން ކުރާންޤަބޫލު ވެއްޖެއެވެ.

ހައްދު

ނ. 1 ޒިނޭކުރުމުން ނުވަތަ ރާބުއިމުން އެމީހާގެ ގައިގައި ދުއްރައިން ތަޅާ ތެޅުން. 2 މީހަކާ ދިމާއަށް ޒިނޭކޮށް ފިޔޭ ބުނެ ޒިނޭ ސާބިތުނުވީމާ އެބުނި މީހާގެ ގައިގައި ދުއްރައިން ތަޅާތެޅުން. 3 މިން. 4 ހިސާބު. މިސާލު: {ހ}ހައްދުފަހަނަޅައި ހިނގައްޖެއޭ ބުނެފިނަމަ، އެއީ މިނަށްވުރެ އިތުރަށް ދިޔައީއެވެ. {ށ}މީނާ ދުންބުއިމުގެ ހައްދެއްނެތޭ ބުނެފިނަމަ އެއީ ދުންބުއިމުގެ ވަކި މިންވަރެއް ނެތީއެވެ.

ހައްދުންނެއްޓުން

މ. ހައްދު ފަހަނަޅައި ދިއުން.

ހައްދޫކަނޑުފަނިގޮޅާ

ނ. (ޏ) އަލަށްމާލެދާ މީހުން އަތުން ހައްދޫ ކަނޑު ފަހަނައެޅީމައި އާދައެއްގެ ގޮތުން ނެގޭ ކޮންމެވެސް ފޮނިކާއެއްޗެއް.

ހައްދެރި

ނ. [ބޯދާ] ހައްދެވި.

ހައްތަރަ

ނ. (ނ) ގާހައް.

ހައްތާ

އކ. 1 އަބަދު. 2 މުޅީން. މިސާލު: ހައްތާކަނީ ކޯރާ ހަނޑުލެވެ. މިހެން ބުނެފިނަމަ އެއީ އަބަދުކަނީ ކޯރާ ހަނޑުލެވެ.

ހައްތެލި

ނ. ހަވިއްތަ.

ހައްތޮށި

ނ. (ސ) 1 ގާހައްޕަޅި. 2 ގާހަކައިގެ ތޮށިގަނޑު.

ހައްސަ

ނ. 1 ހަހިޔަ. 2 ފަސްސަތޭހަ ހަތްދިހަ ހައެއް.

ހައްޑޮއްޑޯ

ނ. (ޏ،ސ) ހަންޓޯޓޯ.

ހައްޓި

ނ. 1 ފަސްދޮޅަސް. 2 60 3 އޮނަހައްޓިއާއި އެކާހައްޓިއާއި ދެމެދުގެ ޢަދަދު.

ހައްޔަރަކެޑުން

މ. (ސ) ހައްޔަރުކުރުން.

ހައްޔަރު

ނ. 1 މީހަކު ނުވަތަ އެއްޗެއް ތަނެއްގައި ކޮށްފައިވާ ބަންދު. 2 އަމިއްލަވެގެން އުޅުނަ ނުދިނުމަށް ކުރާބަންދު. 3 މާބަނޑުކަން.

ހައްޔަރުންނެއްޓުން

މ. 1 ބަލިވެ އިންމީހާ ހަތަރުމަހުގެ ކުރީގައި އެކަމުން ނެއްޓުން. 2 ބައިގެންދިޔުން.

ހައްޔަރޮކެޑުން

މ. (ސ) ހައްޔަރުކުރުން.

ހައްޕިލަނޑާ

ނ. ހުއިފިލަނޑާ. (ޅ) ހައްޕިލަނޑައި.

ހައްޕު

އކ. 1 އަނގައިން ނުބުނާން ޤަސްތު ކޮށްގެން ހުރިކަން އަންގައިލުމަށް ބުނެއުޅޭ ބަހެއް. މިސާލު: އަހަރެން ހައްޕު ކިޔައިފީމޭ ބުނެފިނަމަ އެއީ، އަހަރެން އަނގަޔަކުން ނުބުނާނަމޭ. 2 [މަޖާޒު] ކަމަކުން ދުރުވެހުރިކަން އަންގައިލުމަށް ބުނެއުޅޭ ބަހެއް. މިސާލު: "ތިޔަކަމަށް ހައްޕު ކިޔައިފީމޭ" ބުނެފިނަމަ އޭގެ މާނަޔަކީ ތިޔަކަމުން ދުރުވެގެން ފީމޭ.

ހައްޕުނޑަ

ނ. (ލ) ހައްޕުނޑު

ހައްޕުކިއުން

މ. އަނގައިން ނުބުނާން ގަސްތުކޮށްގެން ހުރިކަން އަންގާލުމަށް ހައްޕު މިބަސް ބުނުން.

ހައްޕުންޑާ

ނ. (ގ) ހައްޕުނޑު

ހައްޕޮނޑި

ނ. (ސ) 1 ހައްޕުނޑު. 2 ދުފާއިރު އުފެދޭ ކުނޑިގަނޑު.

ހައްޖާމު

ނ. (ސ) ހަޖާމު.

ހަވަނަ

ނއ. 1 ހަޔަކަށްވާ. 2 ހަޔެއްގެ.

ހަވަރަށްދެއްވުން

މ. ދައުލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފި މީހަކަށް އަދަބު ދިނުމަށްޓަކައި ޚާއްޞަގޮ ތެއްގައި ހަނގުބޭކަލުން ބޭނުން ކޮންމެ ގޮތެއް އެމީހާއަށް ހަދައިލުމަށް ރަދުން އެމީހަކު އެބޭކަލުންނަށް، ދެއްވުން.

ހަވަރު

ނ. 1 ހަނގުބޭކަލުން ބެހިފައި އޮންނަ ހަބައި. 2 ރަދުންގެ ލަޝްކަރު.

ހަވަރުހުއްޓިލެއްވުން

މ. ހަވަރުގެ ފަރާތުން ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު އެއްޗެއް ދެންނެވުމަށްޓަކައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވުން. މި އެއްވުން ގިނަ ފަހަރަށް އެއްވަނީ ހުކުރުދުވަހު ހުކުރުން ފޭބުމަށް ފަހުގައެވެ.

ހަވަރުބަލިކުޅަ

ނ. ފަންވަތުގައި ޖަހައިއުޅުނު ބާވަތެއްގެ ގޮށެއް.

ހަވަރުބެރު

ނ. ހަވަރު އެއްކުރާން ޖަހައި އުޅުނު ބެރު.

ހަވަރުކެނބު

ނ. ބޮޑެތިފަލަ ކެނބު. އިހުގައި މިކަހަލަ ފަލަ ކެނބު އަޅަނީ ހަވަރު ނުކުންނަވައިގެންނެވެ. އެއަށް މިނަން ކިއުނީ މިހެން ވެގެންނެވެ.

ހަވަރުއެއްވުން

މ. "ހަވަރުހުއްޓިލެއްވުން"

ހަވަރުއޮޑި

ނ. އިހުޒަމާނުގައި ހަވަރު ތިނަދޫން އަހަރަކު އެއްފަހަރު ހަވަރަށް އެރަށުގެ ވަރުވާ ހިފައިގެން އަންނައޮޑި.

ހަވަރުފެންފޮޅިޔަށްއެޅުން

މ. 1 ހަވަރު ގޮވާލުމަށް ފެންފޮޅި ފިހާން މަޖިލީހަށް އަރާ ބޭކަލުންގެ ގޭގެޔަށް ހަނޑޫ ބެހުން. 2 [މަޖާޒު] ތިމާޔަށް އިވުނު ޚަބަރެއް ހުރިހާތާކަށް ފަތުރަމުން ހިނގުން.

ހަވަރުދުރޯ

ނ. ހަވަރަށް ގޮވީމާ، ހާޒިރުނުވާ މީހުންގެ އަތުން ނަގާ ލާރި. މިނަގާނީ، ވާރުނަގާ ހަމައިގެ މަތީންނެވެ.

ހަވަރުތުންފުހި

ނ. 1 ހަވަރު ގޮވާލުން ކޭންބައްލަވައިގެން ހަވަރު އަތް ފުއްސަވާން އެލުވައި ފައި ހުންނަ ފޮތިގަނޑު. 2 [މަޖާޒު] ޝަހްވާނީގޮތުން ތިމާގާތަށް އައިކޮންމެ ފިރިހެނަކާ ޤަބޫލުވާ އަންހެނާ.

ހަވަރުގެރި

ނ. އަޟްޙިއްޔާ ކަތިލެއްވުމަށް ހަވަރަށް ރަދުން ދެއްވާ ގެރި.

ހަވަރުގޮވައިލުން

ނ. ވަޒީރުންނާއި ފުރަދާނައިން ޢީދުރޯދަ އަށް ހަވަރަށް ދެއްވާ ޖާފަތް.

ހަވާ

ނ. 1 އުޑާއި ބިމާއި ދެމެދުގައި ވާ ހުސްތަން. 2 ބަޑިބޭސްއަޅައިގެން ހަދާ މައްޗަށް އަރާއެއްޗެއް.

ހަވާދަ

ނ. (ޏ،ސ) ހަވާދު.

ހަވާދު

ނ. 1 ރިހަކައްކާއިރުއަޅާ، ދިރި، ދަވިއްގަނދު، ކޮތަނބިރި، ފިޔާ، ލޮނުމެދު، މިރުސް ފަދަ ރިހަޔަށްލާން ބޭނުންކުރާ ބާވަތްތައް. 2 އަތްކަންކުރާމީހުން ރަނުގެ ބަޔެއް ގަހަނާގެ ކުރެހުމުގެ ތެރެއަށް އަޅާ ކަޅުކުލައިގެ އެއްޗެއް. 3 ފޮނިތޮށި ހަވާދު.

ހަވާދުތަޅަންވަން

ނ. (ލ) ހަވާދުތަޅާވަން.

ހަވާދުތަޅާވަން

ނ. ހަވާދު ހިމުންކުރަން ގެންގުޅޭ ވަން. މިހުންނަނީ ދަނގަޑުން ނުވަތަ ލޮއިންނެވެ.

ހަވާދުލުން

މ. 1 ރިހަކައްކާ ބާވަތަކާއި ހަވާދާ އެއްކުރުން. 2 ފޯއްކޮށައި ފޮނިތޮށި ހަވާދާ އެއްކުރުން.

ހަވާދުގޮށި

ނ. ކަރުދާސް ފަތް ޖަހައިގެން ހަތަރުފޫ ލައިފައި ހަދާގޮށި.

ހަވާލާ

ނ. ވަކިމީހަކާ ނުވަތަ ވަކިއެއްޗަކާ ނުވަތަ ވަކިކަމަކާ ގުޅުވައި ބުނާ ބުނުން.

ހަވާލާދިނުން

މ. ދައްކާވާހަކައެއްގައި ނުވަތަ ލިޔާއެއްޗެއްގައި އަނެކެއްގެ ބަހަކަށް ނުވަތަ ލިޔުމަކަށް އިޝާރަތްކުރުން.

ހަވާލު

ނ. މީހަކާ ކަމެއް ނުވަތަ އެއްޗެއް މަތިކުރާ ކުރުން.

ހަވާލުކުރުން

މ. 1 މީހަކާ އެއްޗެއް ނުވަތަ ކަމެއް މަތިކުރުން. 2 މަސްއޫލިއްޔަތު އުފުލާން ޖެއްސުން.

ހަވާސާނޯޓް

ނ. މައިގަނޑު ލިޔުމުގައި ވާއެއްޗެއް އިތުރަށް ތަފްޞީލު ކޮށްދިނުމުގެ ގޮތުން އެލިޔުމެއްގެ ތިރީގައި ނުވަތަ އެސަފުހާއެއްގެ ތިރީގައި ލިޔެފައި ހުންނަ ވާހަކަތައް.

ހަވާސް

ނ. ފަސްޙިއްސު. އެއީ ރަހަލުން، ފެނުން، އިވުން، ވަސްދުވުން ގައިގައި ޖެހުނީމާ އެނގޭ އެނގުން މިއެވެ.

ހަވި

ނ. [ބޯދާ] 1 ހަވީރު. 2 މެންދުރުފަސް. 3 ދުވަހުގެ ފަހުބައި.

ހަވިއްތަ

ނ. 1 ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ހަދައިފައި ހުންނަ ބައެއްކަހަލަ ތަންތަން. 2 ބައެއް ރަށްރަށުގައި އަކިރިއާއި ވެލިން ފޮރުވިފައި ހުންނަ ބައެއްކަހަލަ އުސްތަންގަނޑު.

ހަވީރަ

ނ. (ލ) ހަވީރު.

ހަވީރި

ނ. (ޏ،ސ) ހަވީރު.

ހަވީރީ

ނއ. ހަވީރުގެ.

ހަވީރު

ނ. 1 ދުވާލުގެ ހަތަރުބައިކޮށް ފަހުބައި. 2 އަސުރުވަގުތާއި އިރުއޮއްސޭ ވަގުތާދެމެދު.

ހަވީރުހަކުރު

ނ. ހަވީރުރާގައި ހިލާހަކުރު.

ހަވީރުރާ

ނ. ހަވީރަށް ބާލާރާ.

ހަވީރުކުރުން

މ. ޅެމަކާމެދު ނުވަތަ ޅެންވެރިޔަކާމެދު އަދަބީ ގޮތުން ވާހަކަ ދެއްކުން.

ހަވީރުވުން

މ. ހަވީރުގެ ވަގުތު އައުން.

ހަވީރުފިނި

ނ. ހަވީރުގެ ފިނިކަން.

ހަވޭލި

ނ. 1 ދުރުތަންތަން ބަލާން ހަދައިފާހުންނަ އުސްގޭގެ. 2 އިހުޒަމާނުގައި މުއްސަނދިންނާ ޝާހީ އަންހެން ބޭފުޅުން ތިއްބެވުމަށް ބޭރު ފެންނަގޮތަށް ހަދައިފައި ހުންނަ އުސް ޢިމާރާތް.

ހަވޭޑައިކާނަ

ނ. (ސ) ފޭލީގެ ކޮޅުމަތީ ފަށުވި ޖަހައިގެން ހަދާތަނުގެ އެއްވައްތަކަރަށް ކިޔާނަމެއް.

ހަމަ

ނ. 1 އިންސާފު. 2 އެއްވަރު. 3 ތިންހަމަ ކުޅޭއިރު އެއްކަހަލަ ތިންފުށްވާދިމާ. 4 ބެރާލަވަޔާވާއެކު. 5 އކ. އެއްވެސް ބޭނުމެއްނެތް ކަމުގެ މައްޗަށް ދަލީލުކުރާ ބަހެއް. މިސާލު {ހ} ހަމައައީ. {ށ} ހަމައިނީ. 6 ވުމުގެ މައްޗަށް ނުވަތަ ނުވުމުގެ މައްޗަށް ބަސްގަދަކުރުމަށްބުނާ ބަހެއް. މިސާލު: {ހ} ހަމަނުފެނުނޭ. {ށ} ހޯދީވިއްޔާ ހަމަފެންނާނެއޭ.

ހަމަހަމަ

ނއ. 1 އެއްވަރު. 2 ތަފާތެއްނެތް. 3 އެއްހަމަ.

ހަމަހަމަކަން

ނއނ. 1 އެއްވަރުކަން. 2 ތަފާތެއްނެތްކަން. 3 އެއްހަމަކަން.

ހަމަހަމަކުރުން

މ. 1 އެއްވަރުކުރުން. 2 ތަފާތެއް ނުބެހެއްޓުން. 3 އެއްހަމަކުރުން.

ހަމަހަމަވުން

މ. 1 އެއްވަރުވުން. 2 ތަފާތެއްނުވުން. 3 އެއްހަމަވުން.

ހަމަހިލާ

އކ. އެއްގޮތަކަށްވެސް. މިސާލު: "ހަމަހިލާ ނުދާނަމެވެ." އެބަހީ އެއްގޮތަކަށްވެސް ނުދާނަމެވެ.

ހަމަހިލޭ

ކއ. 1 އެއްވެސް ކަހަލަ ބަދަލެއްނެތި. 2 ކަމެއްނެތި.

ހަމަހިލޭދިނުން

މ. އެއްވެސްކަހަލަ ބަދަލެއްނެތި ދިނުން.

ހަމަނުޖެހުން

މ. 1 ރަމަތަނުވުން. 2 ދެކޮޅުވެރިކަން އުފެދުން. 3 ޚިޔާލު ތަފާތުވުން. 4 ވަޑާންކުރާއިރު ގުޅުވައި ދެގަނޑެތި ރަނގަޅަށް ފެތި ހިމުންނުވުން. 5 ހަމަޖެހުން މިބަހުގެ އިދިކޮޅު. 6 އޮންނަންވީ ރަނގަޅު ގޮތުން ނެއްޓުން. 7 ފައްތަރު ފަރަގުވުން. 8 ނ. ގަޑުބަޑު.

ހަމަނޭވާލުން

މ. 1 ނޭވާ ދަތިވެގެން އުޅެފައިނޭވާ ހަމަޔަށްލުން. [މަޖާޒު] 2 ހަމަނުޖެހޭ އުޅުމަކަށްފަހު ހަމަޖެހޭ އުޅުމަކަށް އައުން. 3 އަވަދިނެތި އުޅެފައި ތަންވަޅު ލިބުން.

ހަމަރިޔާ

ނ. ހަތަރެސްކަން ރިޔާ.

ހަމަރޮދި

ނ. ފަހަންވީގޮތަށް ފޮތިގަނޑު ހަރުކޮށްލުމަށްޓަކައި ތިނޯސްވަޅު ދުރުދުރުކޮށް ޖަހާ ދުވާރޮދި.

ހަމަރޮދިޖެހުން

މ. ހަމަ ރޮއްޖަށް ފެހުން.

ހަމަރޯނުނެގުން

މ. ރޭނުން ގަނޑެއްގެ މަތިހަމަ ކުރާން ދަމާ ރޯނާ ހަމަޔަށް ރޭނުން.

ހަމަބިމަށްފޭބުން

މ. [މަޖާޒު] 1 މަތީ މަޤާމަކަށް ދެވުމުން ބޮޑާވެ ކިބުރުވެރިވެފައި ހުރި މީހަކު ދަށް މަޤާމަކަށް ބަދަލުވުން. 2 ކުއްލިއަކަށް ދިމާވާ ކަމެއްގެ ސަބަބުން އައިސްފައި ހުންނަ ރުޅިގަނޑު ފިލައިގެން ދިއުން.

ހަމައަލި

ނ. އެއެއްޗަކުން ލިބެންހުރި ފުރިހަމަ އަލި.

ހަމައަލިލިބުން

މ. އެއެއްޗެއްގައި ހުންނަންވާ ފުރިހަމަ އަލި ލިބުން.

ހަމައަޑު

ނ. 1 ފުރިހަމަ އަޑު. 2 ސާފު އަޑު.

ހަމައެޅުން

މ. ތިންހަމަ ކުޅުމުގައި އެއްވައްތަރުގެ ތިންފުއް ދިމާކުރުން.

ހަމައެކަނި

އ. 1 އެނޫން އެހެން އެއްވެސް އެއްޗެއް، ނުވަތަ ކަމެއް ނުވަތަ މީހެއް ނެތްކަން ބަޔާންކޮށް ދިނުމަށް ބުނެއުޅޭ އަކުރެއް. މިސާލު: {ހ} ބުނީ ހަމައެކަނި އެހެން. {ށ} އައީ ހަމައެކަނި އޭނާ. {ނ} ބޭނުންވަނީ ހަމައެކަނި ގަލަމެއް. 2 އެކަނި މިބަސް ގަދަކުރުމަށް ބޭނުންކުރާގޮތް.

ހަމަވައި

ނ. 1 ހަމަރޯޅި. 2 ނިވަލެއްނެތި ޖެހޭވައި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށްފަހު ލިބޭ ފަސޭހަ.

ހަމަވައިގައިޖެހުން

މ. 1 ނިވަލެއްނެތި އަންނަވައިގައި ޖެހުން . 2 [މަޖާޒު] މީހެއްގެ އުޅުން ވަކިގޮތަކަށް ހަމަނުޖެހި އުޅެއުޅެފައި އެއްގޮތެއްގައި ހަމަޖެހުން.

ހަމަވައިޖެހުން

މ. 1 ނިވަލެއްނެތި ވައިޖެހުން. 2 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލައްފަހުލިބޭ ފަސޭހަ

ހަމަވުން

މ. 1 އެއްވަރުވުން. 2 ހަމަ

ހަމަފަށްޖެހުން

މ. ހަމަފަށް އެޅުން.

ހަމަފައިޖެހުން

މ. 1 އިސްކޮޅު ނުކާތާކުން ފައިޖެހޭ ހިސާބަށް އާދެވުން. 2 [މަޖާޒު] ހަމަނުޖެހޭ އުޅުމަކަށްފަހު ހަމަޖެހޭ އުޅުމަކަށް އައުން.

ހަމަފޮނު

ނ. އޮޑިދޯނިފަހަރު ބަންނައިރު މަޑޫމަތި ހަމަކުރުމަށް ރަހަކޮށްފައި ޖަހާއުއި.

ހަމަފޮޅު

ނ. (ބ) ހަމަފަޅު.

ހަމަދުވެލި

ނ. 1 ހަމަވައިގައި ދުވާދުވެލި. 2 ފުރިހަމަ ދުވެލި. 3 [މަޖާޒު] ދިރިއުޅުމުގައި ދިމާވާ އުނދަގުލަށް ފަހު ލިބޭފަސޭހަ.

ހަމަދުވެލިލިބުން

މ. 1 ފުރިހަމަ ދުވެލި ލިބުން. 2 ހަމަވައިގައި ދުވާ ދުވެލި ލިބުން.

ހަމިހިލެއި

ކއ. (ސ) ހަމަހިލޭ.

ހަމުތެރަސް

ނ. ޖަނަވާރުގެ ހަމުން ނުވަތަ ކަށިން ހަދާތަތްކަން ގަދަ ތެރަހެއް.

ހަފަރާތް

ނ. 1 ހަކިބަ. 2 ހަތަރުފަރާތާއި މައްޗާއި ތިރި.

ހަފު

ނ. 1 ނަންނުގަތި ކަހަލަ ސޫތްޕެއް. މީގެ ބޮލުގައި ހުޅިއެއް ހުރެއެވެ. 2 (ޅ) ނަންނުގަތި.

ހަފުތާ

ނ. ހުކުރު ހަތްދުވަސް.

ހަފޮޅާ

ނ. (ގ) ހަފޮޅު.

ހަފޮޅު

ނ. އޮޑިދޯނިފަހަރުގެ އެތެރޭގައި އިންނަފަތްތަކުގެ މަތީން ގަދަކުރުމަށް އަޅާ ވަކަރު ވޮށްޓެއް.

ހަފޮޅުން އެތެރެވެއްޖިއްޔާ ބަޔެއް އޮންނާނެ

[މުސްކުޅިބަސް] އެއްވެސްކަމެއް ނުވެވުނަސް މަހަށް ދިޔައީތީ ބައިދޭ މީހުނާމެދު ބުނެއުޅޭ މިސާލެއް. މިސާލުދީ އުޅެނީ ކޮންމެވެސް ބައެއްގެ ތެރޭގައި އުޅޭ އެބަޔަކަށް ލިބޭ އެއްޗެއްލިބިމެ އެއްވެސް ބޭނުމެއްނެތް މީހަކާ ދިމާއަށެވެ.

ހަދިޔާ

ނ. އެކުވެރިކަމުގެ ގޮތުން، ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހަމަހިލޭ ދޭ ތަކެތި.

ހަދިޔާބަދިޔާ

ނ. ހަދިޔާގެ ގޮތުގައި ފޮނުވާ ތަކެތި.

ހަދިޔާބަދިޔާކުރުން

މ. ހަދިޔާބަދިޔާ ދިނުން.

ހަދިޔާބަޑި

ނ. 1 އެއް ދައުލަތެއްގެ މަނަވަރެއް އަނެއް ދައުލަތެއްގެ ރަށަކަށްގޮސް ވަނުމާ އެކުޖަހާ ސަލާމުގެ ބަޑި. 2 އޭގެ ޖަވާބުގައި އެރަށަކުން ޖަހާބަޑިޔަށްވެސް ކިޔަނީ މިހެންނެވެ. 3 ބަޑިކޮށީމީހުން ޢީދު ދުވަހު ގޭގެ ދޮށުގައި ކުދިންނަށް ޖަހައިދޭ ބަޑި.

ހަދިޔާކުރުން

މ. ހަދިޔާދިނުން.

ހަދިޔާވަށި

ނ. ހަދިޔާއަޅައިގެން ގެންދާ ވަށި.

ހަދިޔާދިނުން

މ. މީހަކަށް ހިލޭ އެއްޗެއްދިނުން.

ހަދު

ނ. 1 މުށިން ހަދައިފައި ހުންނަ، ކަރުދިގު ބަނޑިޔަލެއް ކަހަލަ ކަންވާރެއް. 2 (ޏ،ސ) ފުފޭ. [ބޯދާ] 3 މީރުވަސް.

ހަނދުމަބެހެއްޓުން

މ. ހަނދާން ބެހެއްޓުން.

ހަދްޔު

ނ. މައްކާގެ ޙަރަމްފުޅަށް ހަދިޔާ ކުރެވޭ ނަޢަމްސޫފި.

ހަތަރަގި

ނ. 1 ހަތަރު އަގި. 2 ދޮޅަހަގީގެ ދެބައިކުޅަ އެއްބައި.

ހަތަރު

ނއ. ގުނުމުގެ ހަތަރު ވަނަ އަދަދުގެ ނަންއިތުރު މިސާލު: {ހ}ހަތަރުފަރާތް.{ށ} ހަތަރު މަޛްހަބް.

ހަތަރުބީރުންގެވާހަކަ

[މިސާލުބަސް] ހަތަރުބީރުން ދެއްކިކަމުގައި ބުނެވޭ ވާހަކައެއް، މީގައި އެކަކު ކިޔާ އެއްޗެއް އަނެކަކަށް އޮޅުން ނުފިލައިގެން އެކި މީހުން ދެއްކީ އެކި ވާހަކައެވެ. ބައަކު މިބާވަތަށް ވާހަކަ ދައްކަންޏާ މިސާލަކަށް ބުނެއުޅެނީ "އެ ދައްކަނީ ހަތަރު ބީރުންގެ ވާހަކަ" އެވެ.

ހަތަރުބައިންބައި

ނ. ހަތަރު ބައިކުޅަ އެއް ބައި.

ހަތަރުބިތް

ނ. ހަތަރު ފަރާތް.

ހަތަރުބޯފޮޅި

ނ. ބޯފޮޅި ފިހެގެން މައްޔިތުންގެ މައްޗަށް ފާތިޙާ ކިޔަވައި އުޅުނުހަތަރުދުވަސް. (އަހަރެއްގައި އަންނަނީ މިބާވަތުގެ ހަތަރު ދުވަހެވެ.) އެއީ 1 ރަޖަބު ބޯފޮޅި. (ޖުމާދަލްއާޚިރާމަހުގެ ނަވާވީސް ވަނަދުވަސް.) 2 ހިޔަރަކާތްބޯފޮޅި. (ޝަޢުބާންމަހުގެސާދަ ވަނަދުވަސް.) 3 ރޯދަބޯފޮޅި. (ޝަޢުބާންމަހުނަވާވީސްވަނަދުވަސް.) 4 ހައްޖުބޯފޮޅި. (ހައްޖުމަހުގެއަށްވަނަދުވަސް.) މިގޮތަށް ފިހާފޮޅި އެދުވަސް ދުވަހުގެ ހަވީރު މިސްކިތަށް ގެންގޮސްގެން ހުރިހާ މައްޔިތުންނަށް ފާތިޙާ ކިޔަވައި ހަދައެވެ. އިހުގައި މިރާޖޭގެ ކޮންމެ ގެއެއްގައިމެ މިފޮޅި ފިހެ ފާތިޙާ ކިޔަވައެވެ.

ހަތަރުކަންކަށި

ނ. އޮޑިދޯނިފަހަރުގެ ދެމައްޔާ ކައިރީން ބޭރު ހަތަރު ފަރާތް. އެއީ ދިރުނބާކޮޅުގެ މައްޔަލާއި ހުރަސްފިލަޔާ ދޭތެރެއެވެ. ކޮޅުފަސްކޮޅުގެ ދަށްމަޅުގެ ކޮޅުފަސްކޮޅުން ފެށިގެން މައްޔަލާއި ދޭތެރެއެވެ.

ހަތަރުކަންކައްޓަށްހިފުން

މ. އޮޑިދޯނިފަހަރު އަޅާއިރު ދެމައްޔާ ކައިރިން ބޭރު ހަތަރުފަރާތަށް ވައު ހިފައިފައި އޮޑިއަޅައިފައި އޮތުން.

ހަތަރުކަޅިހަމަވުން

މ. 1 އެކަކު އަނެކަކަށް އެއްފަހަރާ ލޯފެންނަގޮތަށް ބަލައިލެވުން. 2 ހަތަރުކަޅި ބައްދަލުވުން.

ހަތަރުކަޅިބައްދަލުވުން

މ. ހަތަރުކަޅި ހަމަވުން.

ހަތަރުކަކޫ

ނ. (ސ) ހަތަރެސްފައި.

ހަތަރުކަކޫޖެއްސުން

މ. (ސ) ކަކުލާއެކު ހަތަރެއްފައި ޖެއްސުން.

ހަތަރުއަނގޮޅި

ނ. ދެމަގެއް ބުރަފަތިވާތަން. މިތާ ހުއްޓި ހުންނައިރު ހަތަރު ފަރާތަށް ހަތަރުމަގު އޮންނާނެއެވެ.

ހަތަރުއަރި

ނ. ހަތަރުބިތަށްހުރި އެއްޗެއްގެ ހަތަރުފަރާތް. މިބަސްނަން އިތުރެއްގެ ގޮތުންވެސް ކިޔައެވެ.

ހަތަރުއަވަށް

ނ. މާލޭގެހަތަރުބައި، އެއީ ހެންވޭރު، މާފަންނު، ގަލޮޅު، މައްޗަންގޮޅި.

ހަތަރުއިމާމުން

ނ. ސުންނަތް ޖަމާޢަތުގެ ހަތަރު މަޛްހަބުގެ އިމާމުވެރި ބޭކަލުން. 1 ހަނަފީމަޒުހަބުގެ އިމާމު އަބޫޙަނީފާ. 2 ޝާފިޢީ މަޒުހަބުގެ އިމާމު އިމާމު މުހައްމަދުބުނި އިދްރީސުއް ޝާފިޢީ 3 މާލިކީ މަޒުހަބުގެ އިމާމު އިމާމު މާލިކު. 4 ހަންބަލީމަޒުހަބުގެ އިމާމު އިމާމު އަހްމަދު ބުނި ޙަންބަލު.

ހަތަރުއުދަރެސް

ނ. 1 ވަށާއުދަރެސް. 2 ދުނިޔޭގެ ހަތަރުފަރާތު އުދަރެސް.

ހަތަރުވަނަ

ނއ. 1 ހަތަރަކަށްވާ. 2 ހަތަރެއްގެ.

ހަތަރުމަސްދިހަވުން

މ. 1 މީހަކު މަރުވާތާ ހަތަރުމަހާ ދިހަދުވަސްވުން. އެދުވަހަކީ މަރުވިމީހާގެ މައްޗަށް ފާތިހާ ކިޔަވާ ދުވަސްތަކުގެ ތެރޭން ބޮޑު ދުވަހެކެވެ. 2 މަރުވިމީހާގެ އަނބިމީހާ ބަލިވެ އިންކަމުގައި ނުވާނަމަ ޢިއްދަ ހަމަވުން.

ހަތަރުމަޛުހަބް

ނ. ސުންނަތް ޖަމާޢަތުގެ މަޝްހޫރު ހަތަރު އިމާމުންގެ ފިޤްހީ އުޞޫލުތައް. (އެއީ ހަނަފީ، ޝާފިޢީ، މާލިކީ، ހަންބަލީ، މިހަތަރު މަޛްހަބެވެ.)

ހަތަރުމާބިތް

ނ. 1 ހަތަރުއުދަރެސް. 2 ދުނިޔޭގެ ހަތަރުފަރާތް.

ހަތަރުމުރިނގު

ނ. 1 އަރާމުރިނގު 2 އޮއްސޭމުރިނގު 3 މުރިނގު އީރާން. 4 މުރިނގު އަސްތަމާން. ބަސްބޭނުންކުރާ މިސާލު: ކަލެއަކީ ހަތަރު މުރިނގުވެސް ނުދަންނަމީހެކެވެ.

ހަތަރުމޮށްގަނޑު

ނ. ހަތަރެސްފައިޖެހި ޖަނަވާރުގެ ހަތަރުފައިގެ ކަކުލުހުޅުން ތިރި.

ހަތަރުފަށްއެއްތެޔޮ

ނ. ސިޔާސީ ބޮޑެތި އަދަބު ދިނުމަށްޓަކައި ހަތަރު އެއްތެލުން ހަދައިފައި ހުންނަ ހަންމުށި. މީގެ ކުރީކޮޅު ހުންނާނީ ހަތަރުފަށް ވަކީންނެވެ. ފަހަތުގައި އެއްތެޔޮ އޮޅައި ހަތަރުފަށް އެއްކޮށްފައެވެ. މި ހަންމުށި އޮންނަނީ އެތެރެކޮއިލުގައެވެ.

ހަތަރުފައިޖެހިގޮނޑި

ނ. 1 އިށީންނަތަން ވައްކޮށް ލިޔެލާޖަހައިފައި ކިއްސަރަކަށް އޮންނަ ހަތަރުފައިޖެހި ގޮނޑިއެއް: މީގެ އުސްމިނަކީ ގާތްގަނޑަކަށް ފޫޓެކެވެ. މިއީ އިހުގައި ގަނޑުވަރުތެރޭގައި ވަރަށް ޢިއްޒަތް ހުރި އެއްޗެކެވެ. 2 ހަތަރުފައިޖަހާފައި ހުންނަ ކޮންމެ ގޮނޑިއެއް.

ހަތަރުފަތިފޭލި

ނ. އިހުގައި އަންހެނުން އަނދެއުޅުނު ފޭއްޔެއް. މިފޭލިވިޔެފައި ހުންނަނީ އެއްތަތުނުގައި ހަތަރުފޭލި އޮންނަ ވަރަށް ފުރައިގެންނެވެ. މި، ތިންފަތި ފޭއްޔަށްވުރެ ދެރަވާނެއެވެ.

ހަތަރުފަލުކުނާ

ނ. ރާއްޖޭގައިވިޔާ ދުރުދުރުގައި ރޮނގުހުންނަ ކުނަލެއް. މިއަށް މިނަން ކިއުނީ ވާރުނެގި ޒަމާނުގައި ހަތަރު ފައު ބޮލީގެ ބަދަލުގައި މިކުނާ ޤަބޫލުކުރާތީއެވެ.

ހަތަރުފިޔަދޫނި

ނ. ދޮންދޫނި، ލެބުރު، ލޯފިނދު އަދި މިނޫންވެސް މިފަދަ ހަތަރުފިޔަލީ ދޫނި.

ހަތަރުފޮތް

ނ. ބާވައިލެއްވި މަޝްހޫރު ހަތަރުފޮތް. އެއީ ތައުރާތު، ޒަބޫރު، އިންޖީލު، ޤުރްއާން.

ހަތަރުދަން

ނ. 1 ދުވާލު ނުވަތަ ރޭގަނޑުގެ ހަތަރުބައި. 2 މުޅި ދުވާލު ނުވަތަ މުޅި ރޭގަނޑު. 3 ސާޅީސް އަށް މޭލުގެ ދުރުމިން.

ހަތަރުޖަންގީކައްޕި

ނ. ހަތަރު ފޮރޮޅުލީ ކައްޕި.

ހަތަރެއް

ނ. 1 ގުނުމުގެ ހަތަރުވަނަ އަދަދުގެ ނަން. 2 4. 3 ތިނަކާއި ފަހަކާއި ދެމެދުގެ އަދަދު.

ހަތަރެއްސަ

ނ. ހަތަރުހިޔަ.

ހަތަރެސް

ނއ. އެއްޗަކާ ގުޅިފައިވާ ހަތަރު ބަޔަކަށް ދަލީލުކުރާ ބަހެއް. މިސާލު: ހަތަރެސްކަން، ހަތަރެސްފައި.

ހަތަރެސްކަން

ނއ. 1 ހަތަރުބިތް އެއްވަރު. 2 ހަތަރުކަނަށް ހުންނަ.

ހަތަރެސްފައި

ނ. 1 ދެއަތާއި ދެފައި. 2 ހަތަރެސްފައިޖެހި ޖަނަވާރުގެ ކުރީދެފަޔާއި ފަހަތުދެފައި.

ހަތަރެސްފައިޖެހިޖަނަވާރު

ނ. ހަތަރު މޮށްގަނޑު ޖަހައިގެން ހިނގާ އުޅޭ ސޫފި.

ހަތަރެސްދުވާރަ

ނ. 1 އެއްޗެއްގެ ނުވަތަ ތަނެއްގެ ހަތަރުފަރާތް. 2 ހަތަރުބިތް.

ހަތައިވަރަ

ނ. ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގެ ތެރޭގައި (މިސާލަކަށް އަހަރު ދުވަހަކަށް) ތަނުގައި އުފައްދާ ހުރިހާ އެއްޗަކާއި، ދޭ ޚިދުމަތާއި ތަނުގެ މީހުން ބޭރުގައި ކުރާ ޚިދުމަތަށް ލިބޭ އަގުގެ ޖުމްލައިން، ބޭރަށްދާންޖެހޭ ހުރިހާ ޚިދުމަތެއްގެ އަގު ކެނޑީމާ ނުކުންނަ އަދަދެވެ.

ހަތަވިވަރަ

ނ. 1 ތަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު. މީގައި ބަލަނީ ވަކި މުއްދަތެއްގައި (މިސާލަކަށް އަހަރު ދުވަހަކަށް) އެ ޤައުމަކުން އުފައްދާ ތަކެއްޗަކާއި ދޭ ޚިދުމަތަށް ލިބޭ ޖުމުލަ އަގެވެ. [ބޯދާ] 2 ހާސިލުވާ އެއްޗެއް.

ހަތަގޮޅިމަގު

ނ. (ގ) ހަތަރު އަނގޮޅި.

ހަތާ

ނ. 1 މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު. 2 ތުނިގައު ފޮތި ފޮތި. 3 ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާގެ. 4 ދިރޭއެއްޗެއްގައި ދިރުންހުންނަ އެންމެ ކުޑަބައި. ހުރިހާ ދިރޭއެއްޗެހި އެއެއްޗަކުން އުފެދިގެންވާ އަސާސީމާއްދާ. މައިކްރޯބްފަދަ ސާދާ ދިރޭއެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުންފަދަ އޮޅުން ބޮޅުން ބޮޑުއެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ.

ހަތާ ނެތި އުޅޭ ވައިކުޅަނދުރެއްހެން

[މިސާލު] މީހަކު ކުރާނެ ވަކި ކަމެއް ދާނެ ވަކި ތަނެއް ނެތި ވައިވެގެން އުޅޭ އުޅުމަށް ބުނެއުޅޭ ބަހެއް.

ހަތާވީސް

ނއ. 1 ދެދިހަ ހަތެއް. 2 27. 3 ސައްބީހާ އަށާވީހާއި ދެމެދުގެ އަދަދު.

ހަތާވީސްކިޔެވުން

މ. އިހުގައި ކޮންމެ ރޯދަމަހެއްގެ ހަތާވީސް ވިލޭރޭ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގަޔާއި ދެގެދޭތެރެގަޔާއި، ކުޑަކިބާ ބޭރުގެކޮޅުތެރޭގައި ޤުރްއާން ކިޔެވުން. މިކަން ކުރަން ފަށަނީ، ތަރާވީސްކޮށް ނިމުނީމާ، ދަރުމަވަންތަ ރަސްގެފާނު މިސްކިތުގައި، ބޮޑުކިޔެވެނިންނާއި ކުދިކިޔެވެނިންނެވެ. އޭރުހަތާވީސްފުކުގައި ދިއްލާފައި ހުންނާނެއެވެ. ކިޔަވާނީ ފޮތް ފޮއްޓެކެވެ. އެއަށްފަހު، ގަނޑުވަރުތެރެއަށް ދުރުވެ ދެގެ ދޭތެރޭގައެވެ. މިވަގުތު، ކުޑަކިބާ ބޭރުގެކޮޅު ތެރޭގައިޚަތީބުބޭކަލަކު ފޮތް ފޮށިކޮޅެއް ބެހެއްޓެވީމާ،"ތިންމަހުރޯދަކިޔަވަން" އައްޓަށް ދުރުވިބޭކަލުން، ނައްކާރަ ޖަހަން ދެން ކިޔަވާނެއެވެ. ފަހަކަށް އައިސް މިކިޔެވުން ކިޔެވީ، ދަންބެރު ޖަހަންދެން ހުކުރު މިސްކިތު ހަރުގޭގައެވެ.

ހަތާތަޅައިލުން

މ. 1 ކުޅަނދުރުގެހަތާ ހަލާކު ކޮށްލުން. 2 [މަޖާޒު] ތިމާއުޅޭގެ ނުވަތަ ތިމާ އެތަނަކާ ގުޅިފައިވާތަނެއް ތިމާގެ ކިބައިން ނިގުޅައިގަތުން ނުވަތަ ނައްތައިލުން.

ހަތި

ނ. 1 ފީވެފައިހުންނަ ރުއްބުޑުން ފަޅާ ފަށަލަ ފަށަލައަށް ހުންނަ ހުދު ރީނދޫ ކުލައިގެ ގަދަކަންފަތް. ތެތް ލަކުޑި ގަނޑެއް ހިކެމުން އަންނަ އިރުވެސް މިކަހަލައެއްޗިހި ފަޅައެވެ. 2 މޫދުން ފަޅައިފައި ހުންނަ ބާވަތެއްގެ ގަލެއް.

ހަތިކޮޅު

ނ. 1 މަޑައިގައި ހަރުކޮށްފައި އޮންނަ ހެތުރު މަޑަދަނޑީގައި ކުޑަގޮތަކަށް ހަރުކޮށްލުމަސް ބޭނުންކުރާ ބަލިބަލި ވަކަފަށްފަދަ ތަކެތި. 2 ކުރުމަހަށް ބުޅިންޖެހުމަށް ބުޅީގައި ހަރުކޮށްފައި އޮންނަ ހެތުރު، ދޮށްދަނޑީގައި އައްސާލުމަށް ގެންގުޅޭފަށް. 3 ފައްތައިގެން މަސްވެރިކަން ކުރާއިރު އެންގަނޑު އަޅާފައި އޮންނަ ބުޅި އަޑިއަށް ފޮނުވުމަށް ބުޅިގައިލާ ބަރު އައްސާފައި އޮންނަ ފަށް. އެ ބަރު އަޑީގައި ޖެހުމުން މައްޗަށް ނަގައި ނަނު ތަޅުވާލީމާ ހަތިފަށް (ހަތިކޮޅު) ކަނޑައިގެން ހިނގައިދާނެއެވެ. 4 މާލެއަތޮޅު ހުޅަނގު ދެކުނު ކަނުގައި އޮންނަ ކަނޑުއޮޅިއެއް، މި ކަނޑުއޮޅި ވަރަށްދުރުން ހޭލަމުން ގޮސް ވަރަށް ތިލަވާނެއެވެ.

ހަތިމާ

ނ. (ސ) ފަރުމަތީ ބޮޑެތި ގާތަކުގެ ތެރޭގައި ރޯގަހަކާ ވައްތަރަށް މަތިފުޅާކޮށް ފަތާކޮށް ހެދޭ ގަލެއް.

ހަތިޔާރުބެހެއްޓުން

މ. ހަނގުރާމައިގައި ދެރަވިބަޔަކު ބަލިވީކަން ޤަބޫލުކޮށް އަމާންދިނުން.

ހަތުރަނބި

ނ. 1 ދެވަނަ އަނބި. 2 ހަނގުއަނބި.

ހަތެއް

ނ. 1 ގުނުމުގެ ހަތްވަނަ އަދަދުގެ ނަން. 2 7. 3 ހަޔަކާއި، އަށަކާއި ދެމެދުގެ އަދަދު.

ހަތެފައިތާޅަ

ނ. (ގ) ހަތްފައިތަޅާ.

ހަތޭލި

ނ. ހަތޭލިކަށިން ފަހާއިރު އަތް ތިލައަށް މަހަށް، ހަމުން ހަދައިފައިވާ އެއްޗެއް.

ހަތޭލިކަށި

ނ. ނާފަހަރުގެ ރިޔަލާއި ސަތަރިއާއި ގޯނިފަދަތަކެތި ފަހަން ގެންގުޅޭ ފަގަ ހުންނަ ކައްޓެއް. މީގެ ތުނޑަށް ވީކޮޅު އޮންނާނީ ތިން އަރިއަށް ވާ ގޮތަށް ކުޑަކޮށް ފަތާކޮށެވެ. ތުނޑު ހުންނާނީ ކުޑަގޮތަކަށް މައްޗަށް ލެނބިފައެވެ.

ހަތް

ނ. 1 ރަސްކަމުގެ ޢިއްޒަތަށްޓަކައި ގެންގުޅޭ މަތިހަމަޔަށް ހުންނަ ހުދުކުލައިގެ ވިހޭފަށްލީ ކުޑައެއް. 2 ރަސްކަމަށް ކޮލިލާ ދުވަހު ހަތަރު އަވަށު މައިޒާން ދޮށުގަޔާ ގުޅަކުޅޭފަސްގަނޑުގައި ހަތަރު ކޮށީންމެ ޖަހާ ކުޅިއެއް. މިކުޅިޖަހާނީ އިސްދަރިވަރުންގެ ތެރޭގައި ތިބި ކޮށީގެ އެދުރުކަމާއި އެންމެ ގާތް މީހުންގެ ތެރެއިން ދެމީހެކެވެ. 3 ނއ. ގުނުމުގެ ހަތްވަނަ ޢަދަދުގެ ނަން އިތުރު. މިސާލު: {ހ} ހަތްދުވަސް. ަ{ށ}ހަތްބިން. {ނ} ހަތްސާއަތް.

ހަތްހައިކަ

ނ. "ހައިކަފުޅު"

ހަތްހެއްތި

ނ. (ސ) ހަތްއަމުރު. މިއީ އިހުޒަމާނުގައި ކޮންމެ ހުކުރު ދުވަހަކު ހުކުރުން ފޭބުމަށްފަހު ވެރީންގެ ފަރާތުން ރައްޔިތުންނަށް ކުރާ ހަތް އަމުރެވެ. 1މާތްކަލާގެއަށް ކިޔަމަންތެރިވާހެއްތި. 2 ޒިނޭނުކުރާ ހެއްތި. 3 ވައްކަން ނުކުރާ ހެއްތި. 4 ދޮގުނުހަދާހެއްތި. 5 ނަމާދުކުރާހެއްތި. 6 ރޯދަހިފާހެއްތި. 7 ވެރިންނަށް ކިޔަމަންގަންނަހެއްތި.

ހަތްނަރަކަ

ނ. ނަރަކައިގެ ހަތް ވަތްގަނޑު، އެއީ ޖަހައްނަމު، ޖަޙީމު، ސަޤަރު، ސަޢީރު، ލަޡާ، ޙުޠަމާ، ހާވިޔާ.

ހަތްރީތި

ނ. އަންހެނުންގެ ރީތި ސިފަކިޔަން ބޭނުންކުރާ ހަތްނަމެއް. އެއީ، 1 ކުރަނގިދެލޯ. 2 އިހިކަނދުރާ. 3 ހިތިފަތުބުމަ. 4 ގިއުޅުއަތުކުރި. 5 ޝިކާރަމަތީ ކުއްތާގެ ބަނޑު ކަހަލަ ބަނޑު. 6 ތުނިޔަނިޔަފަތި. 7 އަންނާރުއޮށުދަތްޕިލާ. މިއެވެ.

ހަތްބަހައްޓާދޮރާށި

ނ. ގަނޑުވަރު ތެރޭގައި ހުންނަ ޚާއްޞަ ދޮރާއްޓެއް، ރަސްކަލަކު ރަސްމީ ޢިއްޒަތުގައި، ކޮއިލު ތެރޭން ނުކުމެ ވަޑައި ގަތުމަށްފަހު، އަނބުރާ ކޮއިލު ތެރެއަށް ވަޑައި ގަންނަވާއިރު މިދޮރާއްޓާ ހަމަވުމުން ހަތްކޮޅުތައް ހިފައިގެން ތިބޭ މީހުން، ކިއެވެނި ބޭކަލުންގެ އަށީގެ ފާރުން އަޑި ކޮށްލެވިފައި ވާ ތަނެއްގައި ހަތްކޮޅު ބަހައްޓާތީ މި ދޮރާށްޓަށް މިނަން ނިސްބަތް ވެފައިވަނީއެވެ.

ހަތްބައިންބައި

ނ. ހަތްބައިކުޅަ އެއްބައި.

ހަތްބިން

ނ. ބިމުގެހަތްބައި.

ހަތްބޯރާހި

ނ. ހަތްބޯ ހުންނަކަމަށް ހީކުރާ ޚިޔާލީ ފުރޭތައެއް.

ހަތްކޮޅު

ނ. ބޮޑުކުޑަ އަކާ ވައްތަރު ގޮތަކަށް ވަށައި ކައިރީގައި ވިހޭފަށެއް ލައިފައި ހަދައިފައި ހުންނަ އެއްޗެއް. މިއީ އިހުގައި ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުން ބައެއްކަހަލަ ރަސްމީ ޢިއްޒަތުގައި ކަންކަމަށް ނުކުމެވަޑައިގަންނަވާއިރު އެބޭފުޅުންގެ އިސްތަށިފުޅަށް ނަގާ އުޅުނު އެއްޗެކެވެ.

ހަތްކޮޅުނެގުން

މ. ރަސްކަމުގެ ޢިއްޒަތަށް ނުކުމެވަޑައިގަތުން ހުއްދަ ބޭފުޅުންގެ އިސްތަށިފުޅަށް ފުރަތަމަ ހަތްކޮޅު ފޮޅުވައިލުމާއި، އެކަމާއި އެކުލެވިގެން ކުރާ ރަސްމީ ކަންތައްތައް ކުރުން.

ހަތްއައްތަވާޅީންގާނެގުން

މ. ރިޔަނު ދެކޮޅުން މުގޯއްޔެއް އަޅަމުން ގޮސް ހަތްމުގޯލި އަޅައި ކޮންމެ މުގޯއްޔެއްގައި ހަތްގައުކޮޅު ބާއްވައިގެން ކުޅޭ ކުޅިވަރެއް. މިކުޅިވަރުގައި އެއް މުގޯލި ދޮށުގައި އުޑަފައިން އިށީނދެ ގައުކޮޅެއް ހިފައިގެން ތެދުވެ ހިންދަމާލައި ދެން ޖެހިގެން ހުރި މުގޯލި ކައިރީގައި އުޑަފައިން އިށީދެ ބާއްވަނީއެވެ. މިގޮތް މަތީން އެއް މުގޯއްޔަށް ފަހު އަނެއް މުގޯލި ހުސްކުރަމުންގޮސް ހަތްމުގޯލި ހުސްކުރަނީއެވެ.

ހަތްއަޖައިބު

ނ. ގަދީމީ ޒަމާނުގައި މީހުން ކޮށްފައިވާ ބިނާތަކާއި ހަދައިފައިވާ ތަކެތީގެ ތެރެއިން އާދަޔާ ޚިލާފުކަމަށް ފާހަގަކޮށްލެވޭ ބައެއް ތަންތަނަށާއި ތަކެއްޗަށް ކިޔާނަމެއް. މިތަންތަނާއި ތަކެއްޗާމެދު އެކި މީހުންގެ ޚިޔާލު ތަފާތެވެ. މިތާނގައި މި ފާހަގަކުރާ ތަންތަނާއި ތަކެތި އެންމެ ފުރަތަމަ ފާހަގަކުރީ ޢީސާގެފާނުގެ ދުއިސައްތަ ފަންސާސް އަހަރުކުރިން ޞައިދާގެ (މިހާރުގެ ލުބުނާނުގެ ދެކުނު ރަށެއް) އެއްޓިޕޭޓަރއެވެ. 1 މިޞްރުގެ ޖީޒާގައިވާ އަހުރާމުތައް. މި ތިން އަހްރާމު ތެރޭގައި ހިމެނޭ އެންމެބޮޑު އަހުރާމަކީ ޢީސާގެފާނުގެދެހާސް ފަސްސަތޭކަ އަހަރުގެ ކުރިން ބިނާކުރެވުނު ޚޫފޫ އަހުރާމެވެ. މި އަހުރާގެ އުސްމިނަކީ ހަތަރުސަތޭ އައްޑިހަ ފޫޓު އެގާރަ އިންޗިއެވެ.ހެދިފައި ވަނީ ދެމިލިޔަން ތިން ސަތޭކަހާސް ހިލައިން ނެވެ. ކޮންމެހިލައެއްގައި ދޭ ބައި ޓަނުގެ ބަރުދަން ހުރެއެވެ. ހަތްއަޖައިބުގެ ތެރެއިން ހަލާކުނުވެ މިވަގުތަށް ހުރީހަމައެކަނި އަހުރާމުތަކެވެ. 2 ޢިރާގުގެ ބާބުލްސަހަރުގައި އޮތް ސެމިރާމިސްގެ އެލިފައިވާ ބަގީޗާ. މިތަން ހެދިފައިވަނީ ޢީސާގެފާނުގެ ހަސަތޭކަ އަހަރު ފަހުންނެވެ. 3 ގްރީސްގެ އޮލިމްޕިޔާ ސަރުގައި ހުރި ޒިއަސްގެ ސާޅީސް ފޫޓޫ އުސްބުދު. މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ފަސްވަނަސައްތާގައި ރަނާއި އެތުދަތާއި މަރުމަރު ހިލައިންނެވެ. 4 ކްލޯސަސް އޮފް ރޯޑްސްގެ ނަމުން މަޝްހޫރުވެފައިވާ ފިލިއޮސް (ނުވަތައެޕޯލޯ) ގެ ބުދު ސަތޭކަސަތާރަ ފޫޓުގެ އުސް މި ބުދު ހެދިފައިވަނީ ޢީސާގެ ފާނުގެ ދުއިސައްތަ އައްޑިހަ އަހަރު ކުރީންނެވެ. މި ބުދު ހަދައިފައިވަނީ ލޮއިންނެވެ. 5 އާޓީމިސްގެ ފައްޅި. މިތަން ބިނާކުރެވުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސް އަހަރު ކުރިން (މިހާރުގެ ތުރުކީވިލާތުގެ) އިޕިސަސްހަރުގައެވެ. 6 މަޔޭ ސޯލަސްދު ރަސްގެފާނުގެ މަގުބަރާ. ސަތޭކަތެއްތިރީސް ފޫޓުގެ އުސް މި މަޤުބަރާ ހެދުނީ ޢީސާގެފާނުގެ ތިންސަތޭކަ ފަންސާސްދޭއް އަހަރު ކުރިން (މިހާރުގެ ތުރުކީގެ) ހެލިކާރުނާސަސްގައެވެ. 7 އިސްކަންދަރިއްޔާ ބައްތި. ހަތަރުސަތޭކަ ފަންސާސް އުސް މި ބައްތި ހެދިފައިވަނީ މިސްރުގެ އިސްކަންދަރިއްޔާގެ އައްސޭރީގައިވާ ކުޑަކުޑަ ޖަޒީރާއެއްގައި ޢީށާގެފާނުގެ ދުއިސައްތަ އައްޑިހަ އަހަރުކުރިންނެވެ. މި ބައްތި ހަލާކުވީ އެ ހިސާބަށް އައި ވަރުގަދަ ބންހެލުމެއްގައެވެ.

ހަތްއުޑު

ނ. އުޑުގެ ހަތްފަށަލަ

ހަތްވަނަ

ނއ. ހަތަކަށްވާ.

ހަތްމުދި

ނ. ކުޑަކުދީންގެ ޢުމުރުން 7 ވަނަ ދުވަހު، ފައްޓަރު ފަށެއްގައި ނުވަތަ ރޮއްޖެއްގައި ލާފައި ކަރުގައި އަޅާ ރަންރިހީގެ ހަތްބޮޅު.

ހަތްމޮރު

ނ. ޖިމާޢުވުމުގެ ހަތް ވައްތަރު.

ހަތްފައިތަޅާ

ނ. ބިމުގެހަތްފަށަލަ.

ހަތްފިޔަވަޅުބެރު

ނ. ހުކުރު ދުވަހު ހެނދުނު ނުވައެއް ޖެހީމައި ޖަހާބެރު، އިހުގައި މިބެރުޖަހާ އުޅުނީ ހިޔަނީގައި ހަތްފިޔަވަޅު ހުންނަ ހިސާބަށް އިރު އެރީމައެވެ.

ހަތްފުކުދިއްލުން

މ. ވޮށުގައި ހަތްފުއްރޯކުރުން. މިކަންކޮށްއުޅުނީ ރާއްޖޭގައި ވޮށްދިއްލި ޒަމާނުގައެވެ. މިކަންކުރަނީ ރޯދަމަހުގެ އުފަލަށްޓަކައި މުލަރޯދަ ވިލޭރޭގައެވެ. އަދި ބައެއް ޚާއްސަ ރޭރޭވެސް މިކަން ކޮށް އުޅުނެވެ.

ހަތްދަށުކުޅި

ނ. ރަސްކަމަށް ކޮލިލާދުވަހު ހަތްޖަހާފަދައިން ހަތަރުކޮށީންމެޖަހާ ހަތްޖަހާ ބަޔަށްވުރެ، ދެރަ ދަރަޖައިގެ ދެމީހުން ކުޅިއެއް.

ހަތްދަންނަބޭކަލުން

ނ. ފަންޑިތަވެރީން ގެންގުޅޭ ހަތްނަމެއް. އެއީ ޢުބައިދުالله، ޢުރްވަތު، ޤާސިމް، ސަޢީދު، އަބޫބަކުރު، ސުލައިމާނު، ޚާރިޖަތު.

ހަތްދިހަ

ނ. 1 ދިހަޔަކުން ގުނާ ހަތެއް. (70) 2 ދިހަހަތެއް. 3 ދިހަޔެއްގެ ހަތްގުނަ.

ހަތްދުން

ނ. ބޮކަރު، މާވަހަރު، މަސްތަކާ، ކުމުންޒާނި، ހުއިސުން، ލާދަން، ހަބަރު.

ހަތްދުވަސް

ނ. 1ކުއްޖަކު ދުނިޔެއަށް އުފަންވާތާ ހަތްވަނަޔަށްވާ ދުވަސް. 2 ހުކުރުދުވަސް ހިމަނައިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް ހަފުތާގައި ހިމެނޭ 7 ދުވަސް

ހަތްދުވަސްވުން

ނ. ވިހާތާ ހަތްވަނައަށް ވާދުވަސް ފާހަގަކުރުން. ޅަކުއްޖާގެ ބޯބާލައި ނިޔަފަތިކަނޑައި ޢަޤީޤާ ކަތިލައި ނަންކިއައި ހަދައި އުޅެނީ މިދުވަހުއެވެ. އަދި އާދަވެގެން މައިމީހާ ބޭރަށް ލަނީވެސް މިދުވަހުގައެވެ.

ހަތްދެރި

ނ. [ބޯދާ] ގުނަވަންތައް ފުރިހަމަ އަންހެނާ.

ހަތްދެވި

ނ. ފަންޑިތަ ވެރިން ގެންގުޅޭ ޚިޔާލީ ހަތްނަމެއް. 1 ބުއްޑެވި. 2 ކަށްޑެވި. 3 މުޅަދެވި. 4 ކިއްސައްދެވި. 5 ރަށްދެވި. 6 ދަކުދެވި. 7 ބޮޑު މުޅަދެވި.

ހަތްދެސްމަތި

ނ. [ބޯދާ] ފަންޑިތަވެރިކަމުގައި ފާހަގަކުރާ ދިމާތަކެއް. އެއީ ރަށެއްގެ އެކިދިމާއަށް ކިޔާހަތްނަން. އެނަންތަކަކީ، އިރު، ހުޅަނގު، އުތުރު، ދެކުނު، ވަރިންމަ، ނޮރިންމަ، ފެހުން.

ހަތްދޮޅަސް

ނ. 1 ބާރައިގެ ހަތް ގުނަ. 2 އަށްޑިހަ ހަތަރެއް.

ހަތްތަރި

ނ. 1 ހަތްދިހަ. 2 70. 3 ނަވަހައްޓިއާއި އެކާހަތްތަރިއާއި ދެމެދުގެ އަދަދު. 4ހަތެއްގެ ދިހަގުނަ 5ޒުޙަލު، މުޝްތަރީ، މިއްރީޙު، ޝަމްސު، ޒުހުރަތު، ޢާޠާރިދު، ޤަމަރު. މިއީ ގުރަހައިގެ ހަތްތަރިއެވެ.

ހަތްތެލި

ނ. ބުދު ދީނުގެ މީހުން އަޅުކަން ކުރަން ހަދައިފައި ހުންނަތަނެއް. މިފަދަ ތަނެއްގައި ބުދުބަހައްޓާ ތަނާއި ދީން އުނގަންނައިދޭ އަށި ފަދަ ތަންތަނާއި އަޅުކަންކުރުމަށް އަންނަ މީހުން ގެންނަ ތަކެތި ބަހައްޓާ ތަންތަނާއި ދީނުގެ ބޮޑެތި މީހުން ދިރި އުޅޭ ތަންތަން ހިމެނެއެވެ.

ހަތްގޭފާތިހާއަށް ފުނޑައިފައި ހުރި ދައެއްހެން

މިސާލު: މީހުން މާ ބޮޑަށް ބަނޑު ހައިވީމާ ބަނޑު ހުންނަ ގޮތާމެދު ޖަހައިއުޅޭ މިސާލެއް.

ހަތްޤިރާއަތް

ނ. ތިރީގައި މިލިޔާ ހަތްބޭކަލުން ޤުރުއާން ކިޔަވާ ވިދާޅުވިގޮތް. އެހަތްބޭކަލުންނީ: 1 އަބޫ ޢަބުދުއް ރަހްމާން ނާފިޢު ބުނު އަބީ ނުޢައިމިލް މަދަނީ. 2 ޢަބުދުالله ބުނު ކަޘީރުލް މާލިކީ. 3 އަބޫޢަމްރު ބްނުލްޢަލާ އަލްބަޞަރީ. 4 ޢަބުދުالله ބުނު ޢާމިރިއްދިމަޝްޤީ. 5 އަބޫބަކުރު ޢާސިމް ބުނު އަބިއްމުޖޫދިލްކޫފީ. 6 އަބޫ ޢިމާރާ ހަމްޒަތު ބުނު ހަބީބުއް ޒައްޔާތިލްކޫފީ. 7 ޢަލީ ބުނު ހަމްޒާ އަބުލް ހަސަނުލްކިސާއީ.

ހަލަހެލަ

ނ. (އ) ހަލަވެލި.

ހަލަނި

ނ. 1 އެއްޗެހި ފުރާނަން ނުވަތަ ލުހެން ގޮޅިތައް ބޮޑެތިކޮށް ވިޔެފައި ހުންނަ އާލަތެއް. މި ކިތަންމެ ގޮތަކަށް ހަދައި ފައި ހުރެއެވެ. 2 ނއ. ފެންނަހާ އެއްޗެއްނަގާ ހަލާހިތްވާ. ގިނައިން މިބަސްބުނެއުޅެނީ ކުދީންނާ މެދުގައެވެ. 3 (ޏ،ސ) މަދިރިފަނި.

ހަލަނިކަން

ނއނ. ފެންނަހާ އެއްޗެއްނަގައި ކުޅެހަދާކަން. މިބަސް އާންމުކޮށް ބޭނުންކުރަނީ ކުޑަކުދީންނާއި ނިސްބަތްކޮށެވެ.

ހަލަނިވުން

މ. ފެންނަހާ އެއްޗެއްނަގައި ކުޅެ ހަދާހިތްވުން.

ހަލަވެލި

ނ. އާންމުގޮތެއްގައި ތިރިކޮށްފެތުރިހެދޭ، ގޮފިގިނަ، ލަކުޑިހަރުގަހެއް. މިއެންމެ ވައްތަރުވާނީ ކުރެދިގަހާއެވެ. ކުރަދިފަތަށްވުރެ، ފަތްތުނިވުމާއެކު، މަޑުމަޑު މީރުވަހެއް ހުންނާނެއެވެ. މީގެ ބައެއްގަސް 3 މީޓަރު 4 މީޓަރަށް އުސްކޮށް ހެދިފައިހުރެއެވެ.

ހަލާ

ނ. [ބޯދާ] ގިނަ ހަރަކާތްތައް.

ހަލާހަރު

ނ. ކުނާ ނުވަތަ ފޭރާންފަދަ ތަކެތި ހަރުން ވިޔާއިރު ދުޅަނަގަން ޙަރަކާތްކުރާބައި.

ހަލާކިފަންބުޑާ

ނ. (ސ) އެމީހެއްގެ ސަބަބުން ހަލާކު ކުރިމަތިވާ މީހާ.

ހަލާކުކުރުން

މ. 1 ފުނޑުފުނޑުކޮށްލުން. 2 ގެއްލުންދިނުން. މިސާލު: އޭނާ ފޮޓޯކޮޕީމެޝިން ހަލާކުކޮށްލައިފިއެވެ. 3 [މަޖާޒު] މީހެއްގެ އަޚުލާޤު ނުބައިކުރުން.

ހަލާވެލި

ނ. ހަލަވެލި.

ހަލާދަނޑީގެ ދެކޮޅު ބަލާށެވެ.

[ހަރުބަސްް] ކަމެއް ކުރަންވާނީ ހުރިހާ ފަރާތަކަށްވެސް ވިސްނައި އެއިން ލިބިދާނެ ގެއްލުމަކަށް ބަލައިގެންކަން އަންގައިދިނުމަށް ބުނެއުޅޭ ބަހެއް.

ހަލާދަނޑި

ނ. ކުޅިޖަހާއިރު ބޮންތިއާއި އައްޑަނަ ހިފައިގެން ހުންނަ މީހާއާއި ޙަމަލާދޭން ނުކުންނަ މީހާ ގެންގުޅޭ ހިމަ ދިގު ދަނޑިއެއް. އެ ދަނޑީގެ ފުލުގައި އޮންނަނީ ގިގުނިލައިފައެވެ. ބައެއް ދަނޑީގެ ކުރީގައި ތިލަވެސް ހުރެއެވެ. މި ދަނޑި އެކިގޮތްގޮތަށް ހަލުވާލީމާ އެ ގިގުނިތަކުން ވަރަށް ރީތި އަޑެއް ކިޔާނެއެވެ. މިއީ ވަރަށް ލޮޅާ ދަނޑިއެކެވެ.

ހަލި

ނއ. 1 އަވަސް. 2 ހަލުވި. 3 ފަސޭހަ.

ހަލިކަން

ނއނ. 1 އަވަސްކަން. 2 ހަލުއިކަން. 3 ފަސޭހަކަން.

ހަލިވުން

މ. 1 އަވަސްވުން. 2 ހަލުއިވުން.

ހަލުއި

ނއ. 1 އަވަސް. 2 ބުރަހެލީގެ އިދިކޮޅު. 3 ތަންތަނަށް އަރައި ދުވެފުމެ ހެދުމަށް ފަރިތަ. 4 ހިނގުމަށް ފަސޭހަ.

ހަލުއިކަން

ނއނ. 1 އަވަސްކަން. 2 ހަލުއި

ހަލުއިކުރުން

މ. 1 އަވަސްކުރުން. 2 އިންޖީނުފަދަތަކެތި ހިނގުން ފަސޭހަކުރުން.

ހަލުއިވުން

މ. 1 އަވަސްވުން. 2 އިންޖީނުފަދަ ތަކެތި ހިނގުން ފަސޭހަވުން.

ހަލުވި

ނއ. ހަލުއި.

ހަލުވިކަން

ނއނ. ހަލުއިކަން.

ހަލުވިމަސް

ނ. 1 ހިމަނަގުލާމަސް. 2 ގިރީމަސް. މިއީ ބާވަތެއްގެ ހަނދިމަހެކެވެ.

ހަލުވިދާ

ނ. ހެފޭ ގޮތަށް ބެދިފައި ހުންނަ ފޮނިކާ އެއްޗެއް. މިހަދަނީ ހަލުވިދާ ނަރުންނެވެ.

ހަލުވިދާނަރު

ނ. ހަލުވިދާ ކައްކާން ގެންގުޅޭ ފުސްކުލައިގެ ފަށްތަކެއް. މިއީ ކަނޑުގެ ވިނައަކުން އުފައްދާ އެއްޗެކެވެ.

ހަލޫދާނަރު

ނ. ހަލުއިދާނަރު.

ހަލޫލް

ނ. (ޏ) ހަލުވި.

ހަލެ

ނ. (ގ) ކަނޑުގައި ހުންނަ ހައު.

ހަލްކާ

ނއ. 1 ދެރަ. 2 ލުއި. 3 ހަރުދަނާކަންކުޑަ.

ހަގުކަން

ނއނ. 1 ދޮށިކަމުގެ އިދިކޮޅު. 2 އެހެންމީހަކަށްވުރެ އުމުރުން ދުވަސްމަދުކަން.

ހަސަނާތުތަރި

ނ. ފަތިހަށް އަރާ އަލިގަދަ ތަރިއެއް. މިއީ ފަޖުރުއްޞަދިޤު ތަރިއެވެ. (ފަޖުރުތަރި)

ހަސަންދަރި

ނ. (ސ) ދޯނިފަހަރުގެ ހުރަސް ފިލާގެ ކަނާތްފަރާތުގައި ވާ އައްސާން ލަކުޑިން ޖަހައިފައި ހުންނަ ދެމޫޓު.

ހަސް

ނ. 1 އެއްޗެއްގައި ހުންނާންވީގޮތް. 2 އާކަން. 3 ރަނގަޅުކަން. 4 ކާންބޯން ލިބޭ ލިބުން. މިބަސް އަބަދުވެސް ބުނެއުޅެނީ މިކަންކަން ނެތްކަން ދައްކާށެވެ. 5 "ހަސްނެތުން"

ހަސްކާ

ނ. 1 ކުއްލި. 2 އެއްވާމަކަށް ވާންވެފައިހުރެފައި ދުލެއް ޖެހިލައިފައި ޖެހޭލަކި. މިބަސް ގިނައިން ބޭނުންކުރަނީ ވައިމަޑު އިރަށް ރިޔަލުގެ ދަންމާނުން ޖަހާ ލަތްކަށާއި ނަގިލީގެ ކެނބަށް އަރާ ކުއްލިއަށެވެ. 3 [މަޖާޒު] ވެރިޔަކު ދަށުގައިވާ މީހަކަށްވާ ކޯފާ.

ހަސްކާދިނުން

މ. [މަޖާޒު] 1 އެއްޗެހިގޮވުން. 2 ވެރިޔަކު އޭނާގެ ދަށުގައިވާ މީހަކަށް ކޯފާވުން. 3 (ސ) މާބޮޑަށް ތަޅައި ހާނީއްކަކުރުން.

ހަޑަބަރަނޑަބަންގުޅި

ނ. ހަރާންދަރިއެއްގެ ހަރާންދަރިއެއްގެ ހަރާންދަރި.

ހަޑަގަތާނަ

ނ. 1 އަންގާ ނަކަތް ތެރި ކަމުގައި ދުވަސް ބަހައިފައިވާ ބައިތަކުގެ ތެރެއިން އެއްބައި. 2 ޚިޔާލީ ފުރޭތައެއް.

ހަޑިކުރުން

މ. ހަޑިކޮށްލުން.

ހަޑިގިއްލާ

ނ. ހަޑިކަމުގެ އެންމެމަތީ ދަރަޖައަށް ގޮސްފައިވާ މީހާ.

ހަޔާތުލްއީމާނީ

ނ. (ޏ) ކުރުމަހަށް ކިޔާ ވަނަމެއް.

ހަޔެއް

ނ. ހައެއް.

ހަޔެއްވުން

މ. 1 ހަވަނަ އަދަދު ހަމަވުން. 2 ޅަކުއްޖަކު ތަންދޮރު އެނގޭވަރަށް ބޮޑުވުން.

ހަޖަރަލްޔަހޫދި

ނ. ބޭހަށް ގެންގުޅޭ ކުދި ހިލައެއް.

ހަޖަރުލްއަސްވަދު

ނ. ހަޖަރަލް އަސްވަދު.

ހަޖަމު

ނ. 1 ކާތަކެތ ނަޖިހަށް ވުމަށް ވާ ބަދަލުތައް. 2 ކާތަކެތި ހަށިގަނޑަށް ފައިދާލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވެގެންދާދިޔުން.

ހަޖަމުނުބައިވުން

މ. ހަޖަމުކުރުމުގެ މަސައްކަތް ރަނގަޅަށް ނުހިނގުން.

ހަޖަމުކުރުން

މ. 1 ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުކުރުން. 2 [މަޖާޒު] ނަގައިލުން، ނުވަތަ ޚިޔާނާތްތެރިގޮތުން ބޭނުންހިފުން.

ހަޖަމުވުން

މ. ކާތަކެތި ހަށިގަނޑަށް ފައިދާ ލިބޭގޮތަށް ހަށިގަނޑުގެ ތެރޭގައި ބަދަލުވުން.

ހަޖާމު

ނ. ދުނިޔެ އުޅުމުގެ މަސައްކަތަކަށް މީހުންގެ ބޮލާއި ތުނބުޅި މަތިމަސް ބާލައި، ކޮށައި ހަދައި އުޅޭ މީހާ.

ހަޖޫ

ނ. މަލާމަތް ކުރުމުގެ ގޮތުން ދައްކާ ވާހަކަ.

ހަޖޫކިޔުން

މ. މަލާމާތުގެގޮތުން ވާހަކަދެއްކުން.

ހާ

ނ. 1 ކުކުޅުގެ ފިރިހެން އެތި. 2 އަތޮޅެއްގެ އެތެރެވަރީގައި ވަށައިގެން ތިލަ ކައިރިފަށެއް އޮތުމާއެކު، އެތެރެ ފުންކޮށް ހުންނަ ތަންތަން. މިސާލު: އެދޯނި މިއަދު އެން އެޅީ ވަރަށް ދުރުގައި އޮތް ހަލަކުންނެވެ. 3 ބައެއް އެއްޗެހީގެ އެތިއެތިކޮޅު. މިސާލު:{ހ} އުޑުމަތީގައި ހާވިލާ ވަރަށްގިނައެވެ. {ށ} ތިޔަ ހާމަސްކޮޅު ގެންނާށެވެ. {ނ} ހާރަން. 4 ލައްޕާފައި ހުންނަ ބައެއްތަކެތި ހުޅުވައިލުން. މިސާލު: ފޮށީގެ މަތި ހާކޮށްފި އެވެ. 5 ފޭ. މިސާލު: ދޮރުފަތުގެ ހިންމި މިހިރީ ހާ ވެފައެވެ. 6 އެއްޗެއްގެ ފޭރާންދެރަކަމުން، ނުވަތަ އެ އެއްޗެއްގައި ހުންނަ ބާކޮޅަކުން، ނުވަތަ އެއްޗެއްގެ ހިންމިން ދުރުވެގެން އެއްފަރާތުން އަނެއް ފަރާތް ފެންނަފެނުން. މިސާލު: މިތަނުން އަދިވެސް އެބަ ހާ އަޅައެވެ. މިބަހުގެހަތަރުވަނަ ފަސްވަނަ މިދެނަންބަރުގައި ވާ ހާ އިން ކޮންމެވެސް އެއްޗަކާ ގުޅުވައިގެން މެނުވީ މާނައެއް ދޭހައެއް ނުވެއެވެ މިސާލު: ހާވުން، ހާކުރުން.

ހާހާ

ނ. ގިނަ މީހުންތަކެއް އެއްވެގެން ލަވާ ހަޅޭއް.

ހާހުރަ

ނ. [ބޯދާ] ހަހުރަ.

ހާހުރަޔާ

ނ. [ބޯދާ] 1 މީހުންނަށް ގެއްލުންދޭން ސިހުރު ހާހޫރަ ހަދާމީހާ. 2 އަނެކުންނަށް ހިތް ނުބައިކުރާ މީހާ. 3 އަނެކަކަށް ލިބިފައިވާ ކުޅަދާނަކަމެއް ނުވަތަ ނިޢުމަތެއް ތިމާއަށްވެސް ލިބުން އެދޭ މީހާ.

ހާހޫރަ

ނ. މީހުންނަށް ގެއްލުން ދިނުމަށް ހަދާ ފަންޑިތަ.

ހާހޯ

ނ. 1 ހާހާ. 2 ވަކިމާނައެއް ދޭހަނުވާގޮތަށް ލަވާ ހަޅޭއް.

ހާހޯލެވުން

މ. 1 މީހުންތަކެއް އެއްވެގެން އަޑުގަދަކުރުން. 2 މީހުންތަކެއް އެއްވެގެން ކިޔާ ނުކިޔާ އެއްޗެއް ނޭނގޭގޮތަށް ހަޅޭއްލެވުން.

ހާނދި

ނ. (ޏ) މޫދުގައި އުޅޭ ހަނދި.

ހާނދު

ނ. (ގ) ހަނދި. (ފަރުމަހެއް)

ހާނިދި

ނ. ނިދީގައި ދައްކާވާހަކަ.

ހާނިދިގޮވުން

މ. ނިދީގައި ވާހަކަ ދެއްކުން.

ހާނީއްކަ

ނ. 1 ލިބޭ އެތިފަހަރަކުން ހަށިގަނޑަށް ލިބޭ ގެއްލުން. 2 އަނިޔާ.

ހާނީއްކަވުން

މ. 1 ލިބޭ އެތިފަހަރަކުން ހަށިގަނޑަށް ގެއްލުންވުން. 2 އަނިޔާވުން.

ހާންތި

ނ. 1 ބަނޑުހައިގަނެގެންވާ ވަރުބަލި. 2 މަސައްކަތް ނުކުރެވޭވަރަށް ވާ ބަނޑުހައި. [ބޯދާ] 3 ހޫނު. 4 ހޭވެރިކަން.

ހާންތިކަން

ނއނ. 1 ބަނޑުހައިވެގެންވާ ވަރުބަލިކަން. 2 މަސައްކަތް ނުކުރެވޭވަރަށްވާ ބަނޑުހައިކަން.

ހާންތިވުން

މ. 1 ބަނޑުހައިވެގެން ވަރުބަލިވުން. 2 މަސައްކަތް ނުކުރެވޭ ވަރަށް ބަނޑުހައިވުން.

ހާރިހި

ނ. 1 ރިހީގެ ކުދިކުދި އެތިއެތިކޮޅު. 2 އެއްޗެއް ހަދާނިމޭއިރު އިތުރުވެފައި ހުންނަ ރިހީގެ ކުދި އެތިއެތިކޮޅު.

ހާރު

ނ. 1 ރޯދައަށް ހުރުމަށްޓަކައި މެންދަމުގެ ފަހުގައި ކާ ކެއިން. 2 އަންހެނުންގެ ކަރުގައި އަޅާ ގަހަނާއެއް.

ހާބޮނގަ

ނ. ކުރަން އުޅޭ ކަމަކަށް ފައިދާއެއް ނުވާގޮތުން ހިނގާ ބިނގާ ވުމާއެކު ލަވާ ހަޅޭއްފަޅޭއް.

ހާބޮނގަލެވުން

މ. ކުރަންއުޅޭކަމަކަށް ފައިދާއެއް ނުވާގޮތުން އަވަސް އަވަހަށް ކޮޅުކޮޅަށް ހިނގުމާއި ހަޅޭއްފަޅޭއްލުން.

ހާޅަކައްޕި

ނ. (ސ) ހާޑުހަކި.

ހާޅަލަ

ނ. ލަކުޑީގެ ކީލިހިމުން މެދުމިނު ގަހެއް. މިގަހުގެ ފަތް ބޭހަށް ބޭނުންކުރެއެވެ.

ހާޅާގޮއްޑޯ

ނ. (ގ) ހާޑުހައް.

ހާއެޅުން

މ. 1 އެއްޗެއްގައި ހުރި ދޯހަޅިކަމަކުން ނުވަތަ ބާކޮޅަކުން އަނެއް ފަރާތް ފެނުން 2 އެއްފަރާތުން އަނެއްފަރާތް ފެނުން.

ހާދަރު

ނ. [ބޯދާ] އަހަރެން. 2 ޚަރަދު. 3 ހޭދަ.

ހާތްތެރި

އ. މީހެއްގެ ކަމެއްގެ ނުވަތަ ތަނެއްގެ ފުރިހަމަ ކަމުން ނުވަތަ އާދަޔާ ޚިލާފު ކަމުން ބުނެއުޅޭބަހެއް. މިސާލު: ހާތްތެރި! ތިޔަހަރަ ހިނގުމެއްތާ!

ހާލަކުންފަހަރަކު

ކއ. މަދުފަހަރެއްގައި. މިސާލު: އޭނާ ހާލަކުންފަހަރަކު ނޫނީ މި ގެއަކަށް ނާދޭ.

ހާލަކުންނާދަލަކުން

ކއ. "ހާލަކުން ފަހަރަކު" މި ބަސް ގަދަކުރުމަށް ބުނާގޮތް. މިސާލު: ހާލަކުން ނާދަލަކުންވެސް މިގެ އަކަށް ވަދެއެއް ނުލާނެންޏަ.

ހާލި

ނ. 1 ދޫނިސޫފާސޫފި ބިސްއެޅުމާއި ވިހެއުމަށް ހަދާ ތަންމަތި. 2 ޖާގަ. 3 [މަޖާޒު] ފޮރުވިގެން ތިބެ ނުބައި ކަންތައްތަކެއް ހިންގާ ތަން. [ބޯދާ] 4 އާދޭސް. ނއ. 5 (ޏ،ސ) ތާކުން ތާކުނުޖެހޭ. 6 (ޏ،ސ) އޮޅުން ބޮޑު.

ހާލިގަބަ

ނ. (ސ) 1 ލާނދާބަންނައިރު ބަރިކުރެވިފުޅާ ކުރުމަށް އަރުވާ ވަކިވައްތަރެއްގެ މަޅިއެއް. 2 [މަޖާޒު] އޮޅުވައިލުމަށްޓަކައި ތަކެތި އެކިއެކި ތަންތާނގައި ބަހައްޓައިފައި ހުންނަ ހުރުން.

ހާގޯށި

ނ. ބޭހަށް ބޭނުންކުރާ ފަތްގޮނިކޮށް ހުންނަ ކުޑަ ގަހެއް.

ހާސަރު

ނ. 1 މާނަޔެއްނެތް ބަސްތަކެއް. 2 ތާކުން ތާކު ނުޖެހޭ ވާހަކަ.

ހާސަރުގޮވުން

މ. ތާކުން ތާކު ނުޖެހޭ ވާހަކަ އަނެކާއަށް އިއްވުން.

ހާސް

ނ. 1 ދިހަސަތޭކަ 1000. 2ނުތަނަވަސް 3ބަންދުކަމުގެ ސަބަބުން ވާ ދަތި. 4ނޭވާލާން ވާ އުނދަގޫ.

ހާސްވަޅު

ނ. 1 ހިސާބުގެ ޢަދަދު ޖެހުމުގައި އަދަދުގެ ކަނާތްފަރާތުން ހަތަރުވަނަ އަކުރުޖަހާ ގެވަޅު. 2 ހިސާބުގެ އަދަދުގައި ދިހަހާހަށްވުރެ ދަށުން ހާސްހިމެނޭ މިންވަރު އަންގައިދޭ އަދަދު.

ހާސްފައި

ނ. 1 ނުހަނު ފައިގިނަ ކަޅުރަތް ކުލައިގެ ފަންޏެއް، މިގިނައިން އުޅެނީ ފީފަން ފުރާޅުގައެވެ. 2 ކުނބުރޮށި ފަނި.

ހާސްގަނޑުފޮތީތާކިހާ

ނ. ކުލަ ކުލައިގެ ފޮތިކޮޅު ތަކެއް އެއްކޮށް ގެން ހަދައި ފައި ހުންނަ ތާކިހަލެއް. މީގެ ދެބާވަތެއް ހުރެއެވެ. އެއްވައްތަރަކީ ރަތާ ހުދާ ކަޅާ ރީނދުލާ މި ހަތަރު ކުލައިގެ ފޮތި ފޮތިކޮޅުން ގޮޅި ހަމަކޮށް، ހަދައި ފައި ހުންނަ ވައްތަރެކެވެ. ބޭރުގެ ތަންތާނގެ ބޮޑުން ފަގުޑި އޮޅައި ފައި ހުންނަނީ މިބާވަތުގެ ތާކިހަލުގައެވެ. ރާއްޖޭގެ ރަސްމީ ބައެއް ހެދުމުގައި މިކަހަލަ ތާކިހާ ބޭނުންކޮށް އުޅުނެވެ. އަނެއް ވައްތަރަކީ ކުލަކު ލައިގެ ފަށުއިން ތަންކޮޅެއް ދިގުކޮށް ވިޔެފައި ހުންނަ ވައްތަރެކެވެ. އިހުގައި ސޯޅިޔާއިން އަޅާއުޅުނީ މި ކަހަލަތާކިހަލެވެ.

ހާޑުކައްޕި

ނ. ހާޑުހައް.

ހާޑުކިއްލާ

ނ. 1 ބޭނުންނުހިފޭ ތަކެތި ލާތަން. 2 އުކައިލަންވެފައިހުންނަ ތަކެތި ފަހަރެއްގައި ބޭނުންހިފިދާނޭ ކަމަށްޓަކައި އުކާނުލާ ބަހައްޓާތަން.

ހާޑުމަޅި

ނ. ރިޔަލުގާ ހާޑުލާން ބޭނުންކުރާ ވަލުގައި ފަރުމާނާއެކު ކުނބު ކުރީގައި އަޅުވަން ހަދާމަޅި.

ހާޑުފަށް

ނ. 1 ރިޔަލުގައި ހާޑުލުމަށް ބޭނުންކުރާ ވައުގަނޑު. 2 ހާޑު ހަކަށް ލައްވައި ފައި ހުންނަ ވައު.

ހާޑުފޯއް

ނ. (ރ) ދިގުކޮށް ހުންނަ ހާޑުހައް.

ހާޒިރީ

ނ. ގަޑި ގަޑިއަށް ތަންތަނަށް ދާންޖެހޭ މީހުންނާއި އިސްކޫލަށް ދާ ކުދިން އެތަނަށް ދިޔަކަމަށް ފާހަގަ ލާން ނުވަތަ ސޮއިކުރާ ފޮތް.

ހާޖީ

ނ. ހައްޖުވެގެން ހުރި މީހާ.

ހިހޫތަނުންކެއުން

މ. 1 މަސައްކަތަކާއި ނުލާ މީހުންގެ ތައްޕާހުން ކައިބޮއި ހެދުން. 2 މީހަކު ކުރި މަސައްކަތަކުން ތިމާ ފައިދާ ހޯދުން.

ހިނަހެރަ

ނ. (ގ،ސ) ހިނިހަރު.

ހިނި

ނ. 1 ބިންގަނޑުގައި ހަރުކޮނެގެން އުޅޭކުޑަކުޑަ ސޫތްޕެއް. މީގެ ބާވަތްތައް ވަރަށް ގިނައެވެ. 2 މޫނާއި އަނގައިން ފައުޅުވާ އުފާވެރިކަމުގެ އަސަރު.

ހިނިހަރުބަވާސީ

ނ. ގިނަ އަނގަތަކެއް ލައިފައި ހުންނަ މުލިހި. މި މުލިހި ޖަހަނީ ފުރަގަސް ފަރާތުގައެވެ.

ހިނިހޮރު

ނ. ހިނިހަރު.

ހިނިވަރުނަ

ނ. އެންމެ މާތް މީހުން ހޭ ހިނި. މިބަސް މިހާރު ބޭނުންކުރަނީ ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތް ކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގައެވެ.

ހިނިވަރުނަކުރެއްވުން

މ. އެންމެމާތް މީހުންހޭ ހުނުން. މި ބަސް ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމު ގައެވެ.

ހިނިވަރުނަވުން

މ. އެންމެ މާތް މީހުންގެ ހެވުން. މި ބަސް މިހާރު ބޭނުންކުރަނީ ޚާއްޞަކޮށް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ލިޔާ ލިޔުމާއި ދައްކާ ވާހަކަ ދެއްކުމުގަ އެވެ.

ހިނިވެސްފަރުބަދަކަނޑައެވެ.

(މުސްކުޅިބަހެއް) ކިތަންމެ އުނދަގޫ ކަމެއްވެސް އެކަމަކާ ގަދައަޅައި މަސައްކަތް ކުރުމުން ފުރިހަމަ ކުރެވިދާނެކަން އެންގުމަށް ބުނެއުޅޭ ބަހެއް.

ހިނޭ

ނ. 1 ވެލާ، ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި، އެތަން ފޮރުވުމަށް ފަސްގަނޑަށް ހަދާގޮތް. [މަޖާޒު] 2 ފަސްގަނޑު ހާވައިފައިހުންނަ ހުރުން. 3 ތަންމަތި އަޅައި ފައި ހުރި އެނދެއްގެ ފޮތިގަނޑު ބޮނޑި ކޮށްލައި ބާލިސްތަކާއި އެއްޗިހި އެފުށް މިފުށަށް ޖަހާ ޖެހުން.

ހިނޭޖެހުން

މ. 1 ވެލާ ކަހަނބު ފަދަ ތަކެތި ބިސް އަޅައި ފައި ބިސްވަޅު ނާންގާން ފަސްގަނޑު އެ ގޮތް މި ގޮތަށް ހޭވުން، [މަޖާޒު] 2 ބިންމަތީގައި ނުވަތަ ފަސް ފުންޏެއްގައި ބަކައެޅުން. 3 ގައިގެ އެތަން މިތާގައި އުނގުޅޭ ގޮތަށް ބައެއް ކަހަލަ މަސައްކަތް ކުރުން. މިސާލު: ރިހާކުރު ނުވަތަ ދިޔާހަކުރު ފަދަ ތަކެތިން ހިނޭޖެހުން.

ހިންހަރައިލުން

މ. 1 ހިންބާރުކޮށްލުން. 2 ޙާޖަތަށްދިއުމަށް ބާރު ލާހެން އެތެރެ ހައްޓަށް ބާރު ލުން.

ހިންބާރުކޮށްލުން

މ. ހިންހަރައިލުން.

ހިންމަވައިދެއްވުން

މ. އެދޭކަންތައް ފުއްދަވައި ދެއްވުން. މިއީ މާތް الله އަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު ބޭނުންކުރާ ބަހެކެވެ.

ހިންމިކޭމާ

ނ. (ސ) ޤުރްއާން ފުރަތަމަ ފަހަރު ޚަތިމު ކުރުމުން، އެދުރުގެއަށްދޭ ކޭމެއް. މިއީ ޤުރްއާން ކިޔަވައި ދިނުމުގެ އާދަކާދައިގެ ތެރޭ ހިމެނޭކަމެކެވެ.

ހިންދަމައިލުން

މ. 1 އުނަގަނޑު ދަމައިލުން. 2 މައިކަށި ތެދުވާވަރަށް ހަށިގަނޑު ތެދުކޮށްލުން. 3 [މަޖާޒު] އޮށޯވެލުން. 4 ހަމަޖެހިލުން.

ހިންދީން

ނ. 1 ހިންދުސްތާނުގެ އަހުލުވެރިން. 2 ހިންދުސްތާނަށް ނިސްބަތް ވެގެންވާ މީހުން. 3 ބުދަށް އަޅުކަން ކުރާ ވަކި މަޛުހަބެއްގެ ބައެއް.

ހިންގުންތެރި

ނއ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭން ވިއަނުދީ ޙަރަކާތްތެރި ކުރުވުމުގެ ސިފަ ލިބިހުރި. 2 ގިނަ ކަންތައް ތަކެއް ފުރިހަމައަށް ކުރިޔަށް ގެންދިއުމުގެ ކުޅަދާނަކަށް ލިބިހުރި. މިސާލު: އެއީ ވަރަށް ހިންގުންތެރި ވެރިއެކެވެ.

ހިންގުންތެރިން

ނ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭންވިއަނުދީ ހަރަކާތް ތެރިކުރުމުގެ ސިފަލިބިފައިވާ މީހުން. 2 ގިނަކަންތައްތަކެއް ފުރިހަމައަށް ކުރިޔަށް ގެންދިޔުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން.

ހިންގުންތެރިކަން

ނއނ. 1 ކަމެއް ނުވަތަ އެއްޗެއް ހިމޭންވިޔަނުދީ ޙަރަކާތްތެރި ކުރުވުމުގެ ސިފަލިބިގެންވާކަން. 2 ގިނަ ކަންތައް ތަކެއް ފުރިހަމަ އަށް ކުރިޔަށް ގެންދިއުމުގެ ކުޅަދާނަކަން ލިބިގެން ވާކަން. މިސާލު: އެ ކަންތައް އެހާ ފުރިހަމަކޮށް ނިންމައިލެވުނީ ސެކެޓަރީގެ ހިންގުންތެރި ކަމުންނެވެ.

ހިރިހަމައިދިކަން

ނ. ކަންގަތި ކޮލީގެ ނަމެއް. މިކޮލި ލެވިފައިވާ މީހުންގެ ކަމަކީ ދަޢުލަތުގެ އެންމެ އިސް ވެރިޔަކަށް ހުންނަ މީހަކަށް ލަފާދިނުމާއި، ބޮޑެތި ޢިއްޒަތުގެ ރަސްމިއްޔާތުތައް ފުރިހަމަކުރުމުގެ ގޮތުން ބައިވެރިވުމެވެ.

ހިރިހަމާންތި

ނ. ހިރިހަމައިދި.

ހިރިކުއްޅަ

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިފަތް ހުންނާނީ ތަނޑެއްނެތި ގަހުން ފަޅައި ފައެވެ. މި ފަތުގެ ސިފަ ހުންނަނީ ކުއްޅަ ފިލާފަތާ ވައްތަރު ގޮތަކަށެވެ. މާހުންނަނީ މަލުގެ ބުޑު ފެހިކޮށް، ފިޔަތަކަށް ފެށޭ ހިސާބު މަޑުފިޔާތޮށި ކުލައަކުން ފެށިގެން ކުލަ ގަދަވަމުން ގޮސް މަލުގެ ކުރީކޮޅު ވައިލެޓު ކުލައި ގައެވެ. ފިޔަތައް ހުންނާނީ ނަރުތަކެއް ހެއް ހިމަކޮށެވެ.

ހިރިކުލޭ ހިރިކުލޭ

ނ. [ބޯދާ] 1 ތޫނުސިލޭހަ. 2 ތޫނު ހަތިޔާރު.

ހިރިމި

ނ. ރުނބާ މުށީން ރުނބަ އެއްގެ ސިފައި ގައި ހަދައި ފައި ހުންނަ ކަންވާރެއް. މިއީ ފަސް އަޑުބަޔާއި ވިހި އަޑުބަޔާ ދެމެދުގެ މިންވަރެއް ގަންނަ އެއްޗެކެވެ.

ހިރިފާޅަ

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ، ކުއްޅަފިލާ ވައްތަރަށް ހުންނަ، ވަރަށް ކުޑަކުޑަ ހުދުމަލެއް އަޅާ ގަހެކެވެ. ބޮޑުމިންވާނީ ގާތްގަނޑަކަށް ދެހިންޗި ހާ ވަރެވެ. ފަތް ވެސް ހުންނާނީ ކުއްޅަފިލާ ފަތް ހުންނަ ގޮތަށް އެއަށްވުރެ ކުދިކޮށެވެ.

ހިރު

ނ. 1 އަނގައިގެ ދަތްތައް ހިފެހެއްޓުމަށް ހުންނަ މަސް. 2 އެއްޗެހި ޒީނަތް ކުޅައުމަށް ނުވަތަ ކުރެހުމުގައި ބޮޑުކޮށް ފާޅުކޮށް ހުންނަ ކޮންމެ ކުލައެއްގެ ނުވަތަ ރޮނގެއްގެ ކައިރީގައި އެހެން ކުލައަކުން ދަމާ ހިމަ ރޮނގު. މިސާލު: ހ ފޭލީގެ ހިރު. {ށ} ދަމާ ފޮތިގަނޑުގެ ހިރު. 3 ބޯވަޅުގައި ހަރުކުރާން ކަސަބުން ނުވަތަ ބަރަނިން ހަނިކޮށް ފަތިކޮށް ގަތާ ފަށް ކަނދުތައް. މިއަތުރައިފައި ހުންނާނީ މޫދުން ފެށިގެން ގެނބުރަށެވެ.

ހިރުނދު

ނ. 1 ހިރުނދުގަހުގެ ވަކި. 2 ގޮފިގިނަކޮށް ފެތުރިހެދޭ ހިޔާބޮޑުގަހެއް. 3 ރާއްޖޭގައި ހެދޭ ލަކުޑީގެ ތެރެއިން އެންމެ މޮޅު އެއްލަކުޑި. މިއީ އޮޑިދޯނި ފަހަރު ބަނުމަށާއި ފަރުނީޗަރު ޖެހުމަށް ބޭނުންކުރާ ކީލި ހިމުން ލަކުޑިއެކެވެ.

ހިރުނދުދޫނި

ނ. ހިރުނދުގަހުގައި އުޅޭ ސޫތްޕެއް. މީގައި ހުންނާނީ ކަޅުތިކިތަކެއް ޖަހައިފައެވެ. މި އެންމެ ވައްތަރުވާނީ މާމަކުނަކާއެވެ. މީގައި ހަފައި ހުރެއެވެ. ފައިގެމަތީ ބަޔާއި ފިޔަހުންނާނީ ރަތްރީނދޫ ކުލައިގައެވެ.

ހިރުނބު

ނ. (ޅ) އޮޑިދޯނި ފަހަރު ބާލާއިރު މޫދުތެރޭ އަޑީގައި އަތުރާލާފައި ހުންނަ ދުނބުރި މިއަތުރާފައި ހުންނަނީ މޫދުން ފެށިގެން ގެނބުރަށެވެ

ހިރުކޭތަލަ

ނ. 1 ހިއްތަލަފާޑަށް ބިމަށް ފައިބާ، ކާބާވަތުގެ ގޮނޑިއެއް. މީގެ ގަހަކީ ހިއްތަލަގަސް ފާޑުގެ އެއަށްވުރެ ބޮޑު ގަހެކެވެ. މީގެ މާގަނޑު ފޮޅޭއިރު ވަރަށް ނުބައިވަސް ދުވާނެއެވެ. 2 އިރުކޭތަލަ.

ހިރުއެޅުން

މ. 1 ބޯވަޅުގައި ހިރުހަރުކުރުން. 2 ކަރުދާހުން ކަފާހިރު، އެއްޗެހީގައި ހިއްޕުން.

ހިރުއްދަފިލާ

ނ. އެއްޗެހި ބަހައްޓަން ބިއްބިތުގައި ހަރުކުރާ ފިލައެއް. މިފިލާ ހުންނަނީ އިހުގެ ގޭގޭގައެވެ.

ހިރުމަހުރަ

ނ. މަސްދޯނިފަހަރުގެ ދެ އިހިގަނޑު ދެމެދުގައި ނުވަތަ އިންނަފަތާއި އިހިގަނޑާ ދެމެދު ވަނާ ކަނޑައިގެން ހަރުކުރާ ފިލާގަނޑު.

ހިރުމާރު

ނ. 1 އޮޑިދޯނިފަހަރުގެ ދެ އިހިގަނޑު ދޭތެރޭގައި، އަރިއަށް ޖަހައިފައި ހުންނަ ފިލާ. 2 ހިރުއްދަފިލާ.

ހިބަ

ނ. 1 ހަމަ ހިލޭ ދިން އެއްޗެއް. 2 ހިލޭ ދޭދިނުން. 3 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 4 (ހ) ކުރަފިޒާތުގެ ބޮޑު ދިރޭއެއްޗެއް. މި ގިނައިން އުޅެނީ ކުނިގޮނޑުގެ ތެރޭގައެވެ.

ހިބަހިކާ

ނ. ހިކައިގެ ބާވަތެއް. މިއީ މެދުފަޅުމަތީގައި އުޅޭ. ދެ އިންޗި ބައިގެ ބޮޑު މިނުގެ، ހުދުކުލައިގެ މަހެކެވެ. މިއީ ވަރަށް ވިހަގަދަ އެއްޗެކެވެ.

ހިބަންމަސް

ނ. 1 މާވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް. 2 (މ) ފަސްގަނޑުގައި އުޅޭ ވަޅުޖަހާ މަހެއް.

ހިބަކޮށްދިނުން

މ. ތިމާގެ މިލްކުގައިވާ އެއްޗެއް ތިމާގެ މިލްކުން ކަނޑައި ހަމަހިލޭ އަނެކަކަށް ދިނުން.

ހިބަމަސް

ނ. މާ ވިހަގަދަ ކައްޓެއް ހުންނަ ލަނޑާ ޒާތުގެ މަހެއް.

ހިނބޫ

ނ. (ސ) މެދުފަޅާއި ފަރާއިގުޅޭ ފަޅުމަތީގައި އުޅޭ ގަދަމުށި ކުލައިގެ ކުރެހުމެއް ހުންނަ އަދި ކަރުތާ ފަތްގަނޑުގެ ފަހަތުބައިގެ ތިރީކައިރީގައި ދެ ކަށި ހުންނަ މަހެއް މި މަހުގެ ސިފަ ލަނޑަ އާއި ވައްތަރު ވެފައި ހުޅުނބު ހުންނާނެއެވެ.

ހިނބެ

ނ. (ގ) މެދުފަރު މަތީގައްޔާއި، ވިލުގައި އުޅޭ، ލަނޑަޔާ ވައްތަރު ކަށިޖަހާ ވިހަމަހެއް.

ހިބޮށި

ނ. (ސ) ލޮނާއި ހަކުރުއަޅާން ބޭނުން ކުރާ ޅަ ކުރުނބާގެ ނާށި.

ހިނދިލޮނު

ނ. ބޭހަށް ގެންގުޅޭ ބާވަތެއްގެ ގަނޑުލޮނެއް.

ހިނދުން

މ. 1 ކެކި ކެކި ފެން ހުސްވުން. 2 ދިޔަވަރު އަޑިވުން. 3 އޮއްވަޅު ކުޅޭއިރު ހުސް ވަޅަކަށް އަތް ހުސްވުން. [މަޖާޒު] ކަމެއް ކުރަމުންގޮސް ގަސްތުކުރި ގޮތަށް ނުވެވި އެ ކަމެއް ހުއްޓުން. 4 ކަނޑުގައި ހިފާވަރަށް ވައިރޯޅި ނެތުން. 5 ފުފި ފައި ހުރި އެއްޗެއް ހައިވުން. 6 ރޮމުން ރޮމުން ނުވަތަ ހެމުން ގޮސް ނޭވާ ނުލެވޭ ވަރުވުން. 7 ދިޔާއެއްޗެހި އާތްވަށް އަރާހުސްވުން.

ހިނގަހެލި

ނ. ހިނގަހަލި.

ހިނގައިލުން

މ. 1 ވައި ޖައްސައިލާން ނުވަތަ ހިތް ފަސޭހަ ކޮށްލަން ގެއިން ބޭރު ކޮންމެވެސް ތަނެއްގައި ހިނގުން. 2 ކަމަކަށް ތާޢީދު ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަބަޔަކު އެކުގައި ހިނގުން.

ހިނގާކޮށި

ނ. 1 އެތެރޭގައި ހުރެގެން ދެފަރާތުގައި ހިފަހައްޓައިގެން ހިނގޭނެގޮތަށް ހަދައިފައި ހުންނަ އެއްޗެއް. 2 ކުދިންނަށް ހިނގާން ފަރިތަ ކޮށްދޭން ހަދައި ފައި ހުންނަ ބާވަތެއްގެ ގާޑިޔަލެއް.

ހިނގާލަންދިއުން

މ. ވައި ޖައްސައިލަން ނުވަތަ ހިތް ފަސޭހަ ކޮށްލަން ކޮންމެވެސް ހިސާބަކަށް ދިއުން.

ހިނގާޞަލަވާތް

ނ. އިހުގައި ސަރުކާރުގެ ފަރާތުން ޒިޔާރަތް ޒިޔާރަތް ދޮށުގައި ކިޔެވި ޞަލަވާތް. މިޞަލަވާތް ކިޔަވައި އުޅުނީ ކޮންމެ ދުވަހަކު ޒިޔާރަތެއް ދޮށުގައެވެ. މާލޭގައި ހުރިހާ ޒިޔާރަތް ވަށާ ޖެހުނީމައި، އަނެއްކާ ފަށަނީއެވެ. މިކަމަށް ގެންދާ ކޭން ކައްކަނީ ކަނބާފާނު ގަނޑުވަރުގައެވެ.

ހިނގުން

މ. 1 ދިރޭ ތަކެތީގެ ތެރެއިން ހަތަރެސްފައި ހުންނަ ޖަނަވާރާއި ދެފައި ހުންނަ ތަކެތި ފައިގެ ބޭނުންކޮށްގެން ކޮންމެވެސް ކޮޅަކަށް ދިއުން. 2 އިރުހަނދާއި ތަރިތަކާއި ފަލަކު ތައް އެނބުރުން. 3 މެޝިނާއި އިންޖީނުގެސޯބުތައް އެނބުރި އެނބުރި ހުރުން. 4 ދުނިޔޭގެ ކަންތައް ވޭވެހުރުން. 5 ހެލިހެލި ހުރުން. މިސާލު: ގަޑީގެ ބަރު ހިނގުން. 6 ޖައްވީ އުޅަނދުން ބޭރުގައި ހަވާގެ ތެރޭގައި އިންސާނުން އެއްތަނުން އަނެއްތަނަށް ދިޔުން. 7 ލެޔާއި ފެންފަދަ ތަކެތި ހޮޅިހޮޅީގައި ނުވަތަ ނާރުތަކުގެ ތެރޭގައި ދައުރު ކުރުން [މަޖާޒު] 8 ދިޔާ އެއްޗެހި އާތްވަށް އަރާ ހުސްވުން. 9 ޢާންމު ކޮށް ޤަބޫލު ކުރުން 10 ހަލުއި ކޮށް ވިކުން

ހިކަނދިވަކަރު

ނ. 1 މެއްލަ ޖަހައިގެން އަޅާގޭގޭގެ ބޮޑުއަށީ ބިތްދޮށުގައި މެއްލަ ތަކަށް ކަނޑައިފައި އަޅާފަތިވަކަރު 2 ގެދޮރު އެޅުމުގައި މެއްލަ ޖެހުމަށްޓަކައި ގާފޮޅުމަތީ ބާއްވައިފައި އޮންނަ ފަތިވަކަރު.

ހިކަނދިފަތް

ނ. ރިހައާއި އަސާރައާއި ސަޓަނިފަދަ ތަކެތި މީރުކުރާން އަޅާފަތެއް.

ހިކަނދިތުންމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ސައިޒުން ކުޑަ ހިމަތޮޅި މިޔަރެކެވެ. މީގެ ތުން ހިމަވާނެއެވެ. ބުރަކަށި މަތީގެ ފުރަތަމަ އުރަހަ ކުޑަވެފައި އުރަހައިގެ ކޮޅު ވަށްވާނެއެވެ. ކަންފަތްގަނޑު ކުޑަވާނެއެވެ. މި މިޔަރުގެ ބުރަކަށި މަތީގައި ހުންނަނީ ކަޅު އަޅި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ފަނޑު ހުދު ކުލައެއްގައެވެ.

ހިކަނދިގަސް

ނ. 1 ބާވަތެއްގެ ފަތްކުދިގަހެއް. މިގަހުގެފަތް، ރިހަ އާއި އަސާރަ އާއި ސަޓަނި ފަދަ ތަކެތި މީރުކުރާން އަޅައެވެ. 2 ރިހަގަސް.

ހިކަނދުބަނޑޮ

ނ. (ޏ) މަހަށްގޮސް ތިބޭއިރު ކުރުމަހަށް ކިޔާ ވަނަމެއް.

ހިކަރިކުރުން

މ. ފެންޖަހައި ތެންމައި ފޯކުރުން.

ހިކާދުރުކުރި

ނ. 1 އެންދަމާއިރު ހިކާތައް އައިސް އުނދަގޫ ކުރަން ފެށީމާ، އެ ހިކާތައް ދުރުކުރަން ދުރަށްޖަހާ ފިލިގަނޑު. [މަޖާޒު] 2 ގޭގެއަށް ވަދެއުޅޭ ބޭނުމެއްނެތް މީހުން. އަވަހަށް ފޮނުވައި ލުމަށްޓަކައި ދީއުޅޭ ކާބޯއެތިކޮޅު. 3 ހިތުގައި އަގުނެތް މީހުންނަށް ދީއުޅޭ ކާބޯއެތިކޮޅު.

ހިކިހުތް

ނ. ހުތްރަހަ ދޭގޮތަށް ހަދައި ފައި ހުންނަ ކުނޑި. މި ހުންނާނީ ހިމުންލޮނާ އެއްގޮތަށެވެ.

ހިކިރިހަ

ނ. ދިޔަނުހުންނަ ގޮތަށް ހިކިކޮށް ކައްކާ ރިހަ.

ހިކިރޯ

ނ. (ހ) ބައްޔެއް. މިބައްޔަކީ ކަށިމަތީގައި ހެދޭ ފަސޭހަނުވެ ގިނަދުވަހު ހުންނަ ފާރެކެވެ.

ހިކިބަލި

ނ. އަނަރޫފަ ވާ ބައްޔެއް. މިއަށް ކިޔަނީ ކެކެކްސިއާ އެވެ.މިއީ މީހާގެ ހަށިގަނޑު މާބޮޑަށް ހިކޭ ބަލިތަކުގެ ނިޝާނެކެވެ. މިހެންވާ ކިތަންމެ ބައްޔެއް ހުރެއެވެ. މީގެތެރޭގައި ޓީބީ (ކެއްސުންބަލި) ޓައިފޮއިޑްހުން، އެކި ވައްތަރު ވައްތަރުގެ ކެންސަރު، އަދި "ކާޑުބަލި" ހިމެނެއެވެ.

ހިކިބިލަމަގު

ނ. 1 ހިކި ފައި ހުންނަ ބިލަމަގު. 2 [މަޖާޒު] ފުރިހަމަ ބައްޓަން ނުލިބޭ ވަރަށް ހިކި ކޮށް ތިބޭ އަންހެނުން

ހިކިބުންދު

ނ. އޮޑި ދޯނިފަހަރުގެ ކުނބުވަތުގެ ދެފަރާތް.

ހިކިވިނަ

ނ. ހަޝިޝް.

ހިކިފަސްތާބަކަނާޅާށެވެ.

[ހަރުބަސް] ތާކުން ތާކު ނުޖެހޭ ކަންތައް ނުކުރުމަށް ނަސޭހަތްތެރި ވުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިކިފިންދަނޑި

ނ. ހަށިގަނޑާ އަޅާ ބަލާއިރު ފިނދުމަސްގަނޑު މާބޮޑަށް ހިކިފައި ވާ އަނަރޫފަ މީހާ.

ހިކިދަރުމަސް

ނ. މުޅިން ހިކި ހަރުވެފައިވާ ކަނޑުމަސް.

ހިކިދަގަނޑު

ނ. އެއްޗެއް ހިކިގެން އެންމެބޮޑަށް ވާހަރު.

ހިކިދަގަނޑުވުން

މ. މަސްފަދަ ތަކެތި ބޮޑަށް ހިކިހަރުވުން.

ހިއަ

ނ. 1 ނުވަދިހަ ހައެއް2 ދުއިސައްތަ ފަންސަވީސް ފުށްބޮލި. [ބޯދާ] 2 އުރަ، 3 ހެއުގުނަ، 4 ހިތް.

ހިއްކުން

މ. 1 ފެން ހުސްކުރުން. 2 ތެތްކަން ކެނޑުވުން. 3 ރޯކަން ކެނޑުވުން. 4 ހަށިގަނޑުގެ ފަލަކަން ކެނޑުވުން.

ހިއްމަތުބޯޅަ

ނ. ހޮކީ ދަބަކާއި ހޮކީ ބޯޅައެއް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރު ކުޅޭއިރު ލޯވަޅުތަކެއް އަޅައިފައި ހުންނަ އުވަލީ ގޯނި ގަނޑެއްފަދަ އެއްޗެއް ދަމައިފައި ހުރެއެވެ. އެ ގޯނި ގަނޑުގެ ކައިރީގައި ހޮކީދަބު ހިފައިގެން ތިބޭ ދެ ކުޅުންތެރިން ތިބޭނެއެވެ. އަނެއް ޓީމުން ބޯޅަ އުކާމީހުން ބަލާނީ ގޯނި ގަނޑުގައި އަޅައި ފައި ވާ ލޯވަޅުންކުރެ ލޯވަޅަކުން ބޯޅަ ފޮނުވައިލެވޭތޯއެވެ. ބޯޅަ އެގޮތަށް ފޮނުވައި ލެވިއްޖެނަމަ އެލޯވަޅެއްގެ ކައިރީގައި ޖަހައިފައި ވާޕޮއިންޓު ލިބޭނެއެވެ. ދަބު ހިފައިގެން ތިބޭ ދެކުޅުންތެރިން ބަލާނީ ދަބު ބޭނުން ކޮށްގެން ބޯޅަ ދިޔަ ނުދީ ވޭތޯއެވެ.

ހިއްތަން

ނ. މޫދުގައި އުޅޭ ހަންދަ ޒާތުގެ ބޮޑު އެއްޗެއްގެ ނިޔަފަތި. މި އީ ބޭހަށް ގެންގުޅޭ އެއްޗެކެވެ. މި އޮންނާނީ ބޮޑުކޮށް ސަނދަރަބޮއްޔެއް ހެނެވެ.

ހިއްތަންވެން

ނ. (މ) 1 ތިއްތިއްޖަހައިފައި ހުންނަ ވެނެއް. 2 ކިރުޅިއަވެން.

ހިއްތަލައަވެލި

ނ. ވަރަށް ތުނިކޮށް ހިއްތަލަ ކޮށައި، ހިތިފިލުވައި، ހިއްކައިގެން ހަދާ ކާއެއްޗެއް. މިހުންނާނީ އަވެލި ވައްތަރަށެވެ.

ހިއްތަލަފިށިދޯރާ

ނ. (ސ) ހިއްތަލަފުށުގެ އޮލަފުށުގެ ތެރެއަށް ފެންފޮދެއް އަޅައި ރަނގަޅަށް ގިރާލުމަށްފަހު ކެކިކެކި ހުރި ދޯރާ އެއަށް މިންވަރުވާވަރަށް އަޅައިގެން ހަލުވައި ރަނގަޅަށް އެއްކޮށްގެން ހަދާބުއިމެއް

ހިއްތުން

މ. 1 ދަހިކުރުވުން. 2 މީހަކަށް އެއްޗެއް ދޭން ދިއްކޮށްލައިފައި ނުދީ ހިފެހެއްޓުން. 3 ދިއްސުން. 4 ހިތުގައި ޖެއްސުން.

ހިއްސާ

ނ 1 މުދަލުން ނުވަތަ ފައިސާއިން ނުވަތަ އެނޫންވެސް އެއްޗަކުން ނުވަތަ ކަމަކުން މީހަކަށް ލިބެންޖެހޭ ބައެއް. 2 ބައި. 3 އަމިއްލަވާ ނުވަތަ ބައިވެރިވާ، ނުވަތަ ޒިންމާވާ މިންވަރު.

ހިއްސާކުރުވުން

މ. މުދަލުގެ ނުވަތަ ފައިސާގެ ނުވަތަ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއްގައި މީހަކު ބައިވެރިކުރުވުން.

ހިއްސު

ނ. 1 ގުނަވަންތަކުން އެނގޭ އެނގުން. 2 އިންސާނާގެ ހަށިގަނޑުގައި ލައްވައިފައިވާ އެނގުމުގެ ބާރު. މިސާލު: {ހ} އިވުން. {ށ} ފެނުން. {ނ} ވަސްލިބުން.

ހިއްޕުން

މ. 1 ތަތްކުރުން. 2 ދެމީހުންލައްވާ އޮޅުލެއްވުން. 3 އޮޑިދޯނިފަހަރު އެހެލާންވެގެން ބީއްސުން. 4 އަނެކަކު އެއްޗެއްގައި ހިފާނޭގޮތް ހެދުން.

ހިއްޗަށްވަޑައިގަތުން

މ. ރަމަޟާންމަހުގެ ބާވީސް ، ސައްވީސް ، ސައްބީސް ، އަށާވީސް މިދުވަސް ދުވަހު ހަވީރު ނުވަތަ މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކުރާރަސްމީ ކަންތައް އަދާ ކުރެއްވުމަށް ރަދުން ނުވަތަ ހަތްކޮޅު ނަގާ ބޭފުޅުން އެދުވަހަށް ޚާއްޞަ ވެގެންވާ ޒިޔާރަތެއްގެ ދޮށަށް ރަސްމީގޮތުގައި ވަޑައިގަތުން.

ހިއްޗަށްދިއުން

މ. (ސ) ބަޔަކުމީހުން ކާއެއްޗެހި ހަދައިގެން އަތިރިމައްޗަށް ރޯދަވީއްލާން ދިއުން.

ހިވިކައި

ނ. [ބޯދާ] ހަށި.

ހިމަނަގުލާމަސް

ނ. ހަލުވިމަސް. މިއީ ހަނދިމަހުގެ ބާވަތެކެވެ.

ހިމަބިހި

ނ. ހުންއައިސްފައި، ގައިގެ ހަމުން ނުލާހިކު ގިނައިން ކުދިކުދި ބިހިތަކެއް ނަގާ ބައްޔެއް. މިއީ ވަރަށް ފަސޭހައިން އެކަކުގައިން އަނެކަކު ގަޔަށް އަރާ ބައްޔެކެވެ. މިބަލި ގިނައިން ޖެހެނީ ކުޑަކުދީންނަށެވެ.

ހިމަފުށް

ނ. 1 އޮލަފުށް 2 ހިއްތަލަފުށް ހަދާއިރު އެންމެ ހިމުންކޮށް ނަގާބައި.

ހިމަތޮޅި

ނއ. ހެދިހުރި ހަށިގަނޑު ހިމަ.

ހިމަތޮޅިކަން

ނއނ. ހެދިހުރި ހަށިގަނޑުގެ ހިމަކަން.

ހިމަތޮޅިވުން

މ. ހެދިހުރި ހަށިގަނޑު ހިމަވުން.

ހިމާރުކުލުނު

ނ. 1 ހިމާރުގެ ލޯބި. 2 [މަޖާޒު] ކަމެއްގެ އެދެމުގައި މީހަކަށް ހެޔޮކޮށް ހިތަ ހިތައި ހުރެފައި އެކަމެއް ފުދުމުން އެމީހަކަށް އިހާނެތިކޮށް ހިތާ ހިތުން.

ހިމުން

ނއ. 1 ފުށްކުދި. 2 ފުއްބޮޑުކަމުގެ އިދިކޮޅު. 3 ރާޅުކަމުގެ އިދިކޮޅު. 4 ދެގަނޑެއްޗެއް ޖެހިފައި ހުންނަލެއްގާތް. 5 (މ) އެދޭގޮތަށްވުން. މިސާލު: އޭނާކުރާ ކަންތައް އަހަންނަށް ވަރަށް ހިމެއެވެ.

ހިމެރު

ނ. [ބޯދާ] ހަތްދިހަ.

ހިފަހައްޓައިލުން

މ. 1 އޮބަހައްޓައިލުން. 2 ދޫކޮށްނުލުން. 3 ދިޔަނުދީ މަޑުކުރުވުން.

ހިފައިލުން

މ. 1 ބޮޑުކަމަކަށް ނުހަދާ ހިފުން. 2 ކުޑަކޮށް ހިފުން.

ހިފިހުރުން

މ. 1 ތަތްވެފައި ހުރުން. 2 އެގޮތް މިގޮތަށްނުވެ ހަރުލާ ހުރުން. 3 ކިޔަމަންތެރިވެފައި ހުރުން. 4 ބަންދުވެފައި ހުރުން. މިސާލު: {ހ} ލޭހިފި ހުރުން. {ށ} ދިޔަހިފި ހުރުން.

ހިފުން

މ. 1 އަތުން ނުވަތަ އިނގިލީން އެއްޗެއްގައި ބެއްދުން. 2 މުށުތެރޭގައި އެއްޗެއް ބަންދު ކުރުން. 3 ގަދަ ބައްޔަށް ދެމީހުން އޮޅުލުން. 4 ޝިކާރަ ކުރުން. 5 އަތުލައި ގަތުން. 6 ހަރުލުން. 7 އުފުލުން. މިސާލު: {ހ} ސަންދޯއް ހިފުން. {ށ} ފޮށި ހިފުން.

ހިފެހެއްޓިހުރުން

މ. 1 އަލުން އިތުރުނުވެ ހުރުން. 2 ފަހަށްނުގޮސް ހުރުން. 3 ގުޑާނުލާ ހުރުން.

ހިތަށްއެރުން

މ. 1 ހަނދާންވުން. 2 ހިތްމައްޗަށް އައުން.

ހިތަށްއެރުވުން

މ. 1 ހިތަށް ގެނައުން. 2 ހަނދާނަށް ގެނައުން.

ހިތަށްފިނިކަންލިބުން

މ. 1 ހިތްހަމަޖެހުން ލިބުން. 2 ހިތަށް އުފާވެރިކަން ލިބުން.

ހިތި

ނ. 1 ހަބަރުގައި ހުންނަރަހަ. 2 ބާވަތެއްގެ ފަތްކުދި ބޮޑުގަހެއް. 3 ހިތިގަހުގެ އޮށް. 4 ބަތާލައިގެން ކާން ފުނޑި ހަވާދުނުލާ ކައްކާ ދޮންރީނދޫ ކުލައިގެ ދިޔައެއް. މީގެ ތެރެއަށް ހިތި ދަމުއިލުމީ ކޮންމެހެން ބޭނުން ކަމެކެވެ. 5 ހިޔާނުކޮށް ހުންނަ ފެންގަނޑުގައި އުފެދޭ ދޮން ފެހި ކުލައިގެ ކުދިކުދި ދިރޭއެއްޗެއް. މީގެ ބޮޑުމިންވާނީ ގެރެވިފުކެއް ވަރެވެ. އެކަމަކު އޭގެ ސަބަބުން މުޅި ފެންގަނޑު އޮންނާނީ އޮލަވެފައެވެ. 6 ބަބުކޭލުގެ ތެރޭގައި ހެދިފައި ހުއްޓައި ފެންނަ ފެހިކުލައިގެ ބައްޔެއް 7 ރަމަޟާންމަހުގެ ބާވީސް، ސައުވީސް، ސައްބީސް، އަށާވީސް މިދުވަސް ދުވަހާއި ވިދިގެން އަންނަ ރޭރޭ ކޮށްއުޅުނު ރަސްމީ ކަންތައް ތަކެއް. 8 ރަހައާ ގުޅޭގޮތުން ބޭނުންކުރާ ނަންއިތުރެއް. މިސާލު: ހިތިބޭހެއް 9 ކަމަކުން ނުކުންނަ ދެރަނަތީޖާ. މިސާލު: ހިތި ނަތީޖާ. 10 ހިތަށް ކުރާ ވޭނީ އަސަރު. މިސާލު: ހިތި ހިތާމަ 11"ހިތުން" މިބަހުގެ ނިމިނިމުނުކަން.

ހިތިހުންބޭސް

ނ. ބޭރުގައި ހަކުރު ނުލައިހުންނަ ހުންބޭސްގުޅަ. މީގެ ދިޔާ ބޭސްވެސް ހުރެއެވެ. އެހުންނާއި މަޑުފިޔާތޮށި ކުލައިގައެވެ.

ހިތިހެދުން

މ. 1 ވަތްމަތިކަހައިލުން. 2 ހެއި އަރުވައިލުން.

ހިތިރަހަ

ނ. 1 ހަބަރުގައި ހުންނަ ރަހަ. 2 ފޮނިރަހައިގެ އިދިކޮޅު. 3 ހިތި

ހިތިރަހަދިނުން

މ. ހިތިރަހަ ލުން.

ހިތިރަހަލުން

މ. ހަބަރު ރަހަ ދިނުން.

ހިތިބަދަން

ނ. ބޭހަށް ބޭނުންކުރާ އެއްޗެއް. މީގެ ތޮށިގަނޑު ހަރުވެފައި ތޮށިގަނޑުގެ ކުލަ ހުންނާނީ ފެހިކުލައެއް ގައެވެ. މިއީ ކާފޫރުތޮޅި އަށް ވުރެ ކުޑަކޮށް އެކަހަލަ ސިފައަކަށް ހުންނަ އެއްޗެކެވެ. ބޭހަށް ބޭނުން ކުރަނީ އެތެރޭގެ މަދެވެ.

ހިތިކަށި

ނ. (ސ) 1 ކަނޑުމަހުގެ ބަޑާދޫ ކަނޑާލީމާ ބަނޑުގެ އެތެރޭ ހަމާއި މަސްގަނޑާއި ގުޅިފައިވާ ފަތިކަށީގެ ބައި. 2 ނއ. ހިކިއަނަރޫފަ.

ހިތިކަން

ނއނ. 1 ހިތިރަހަދޭކަން. 2 [މަޖާޒު] ހިތަށް މާބޮޑަށް އަސަރުކުރަކޮށްފައިވާކަން.

ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިއަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ.

[މުސްކުޅިބަސް] ނުބައިކަމުގައި ޙައްދު ފަހަނަޅާފައިވާ މީހަކަށް ކިތަންމެ ހެޔޮ ނަސޭހަތެއް ދީ، ވިސްނައިދީ ހެދިޔަސް އޭނާގެ ނުބައިކަމަށް ބަދަލެއް ނާންނާނެ ކަން އަންގައި ދިނުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިތިވުން

މ. 1 ހިތިރަހަދިނުން. 2 މަލާއި މޭވާފަދަ ތަކެއްޗަށް ލިބޭ ހާނީކައަކުން އޭގެ ރަހަޔާއި ވަސް ބަދަލުވުން. 3 [މަޖާޒު] ނުބައިވުން.

ހިތިފިލުން

މ. 1 އެއްޗެއްގައި ހުރި ހިތިރަހަ އެ އާ ވަކިވުން. 2 [މަޖާޒު] ކުށެއް ވުމުގެ ސަބަބުން މީހަކަށް މާނާވީ ހުރިހާ ކަމަކުން ސަލާމަތްވުން.

ހިތިފިލުވުން

މ. ބައެއް ތަރުކާރީގައި ހުންނަ ހިތިރަހަ އެއިން ވަކިކޮށް ސާފުކުރުން.

ހިތިދަނޑި

ނ. ބޭހަށް ގެންގުޅޭ ހިތިރަހަލާ ހިމަދަނޑިއެއް . މިއީ ރާއްޖެއިން ބޭރުން ގެންނައެއްޗެކެވެ. މީގެ ގަސްހެދެނީ އޮނު ހުންނަ ގޮތަށް ބަދަބަދަލައިފައި ބަދަތައް ވަރަށް އޮމާން ކޮށެވެ. ބަދަތައް ހުންނަނީ ހިމަކޮށެވެ. ގާތްގަޑަކަށް ކުޑަވާއިނގިއްޔެއްހާ ފަލަމިނެއްގައެވެ. ފަތްތައްވެސް ހުންނަނީ އޮނުފަތާ ވައްތަރުކޮށް އެއަށްވުރެ ކުދިކޮށެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް ފަސް ފޫޓެއް ހާވަރަށެވެ. އިނގިރޭސިބަހުން މިގަހަށް ކިޔަނީ ސިންކޯނާއެވެ.

ހިތިދުވަސް

ނ. ރަމަޟާންމަހުގެ ބާވީސް، ސައުއްވީސް، ސައްބީސް، އަށާވީސް، މި ހަތަރު ދުވަސް. މިއީ، ރަސްމީ ގޮތުން ރަސްކަލަކު، ބައެއް ވަލީވެރިންގެ ޒިޔާރަތަށް ފާތިޙާ ވިދާޅުވުމަށް ވަޑައިގަންނަވާ ދުވަސް ދުވަހެވެ. 1 ހެންވޭރު ބޮޑު ހިތީގައި ޙަބްޝީގެފާނުގެ މަޤާމްފުޅަށް. 2 މާފަންނު ބޮޑު ހިތީގައި އަލި ރަސްގެފާނު ޒިޔާރަތަށް. 3 ހެންވޭރު ކުޑަހިތީގައި މެދުޒިޔާރަތަށް. 4 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން، މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީ މި ރޭތަކުގައެވެ. 5 މާފަންނު ކުޑަހިތީގައި ފަޤީހު ސުލައިމާނު ޒިޔާރަތަށެވެ. ފަހުން މިކަމުގެ ރަސްމިއްޔާތު ރޭގަނޑަށް ބަދަލުވީމާ އޮންނަނީ، ތޭވީސް، ފަންސަވީސް، ހަތާވީސް އަދި ނަވާވީސް މިރޭތަކުގައެވެ.

ހިތިތެޔޮ

ނ. ވަރަށް އޮލަކޮށް ހުންނަ ބޭސްތެލެއް. މި ތެޔޮ ހުންނާނީ ކަޅުނޫ ކުލައެއް ގައެވެ. މިތެޔޮ ހަދަނީ ހިތިގަހުގެ ފަތާ މަލާ ދަނޑީގެ ތޮއްޓާ ހުރިހާ އެއްޗެއް އެއްކޮށް ގެންނެވެ.

ހިތިތޮރާ

ނ. ތޮރައިގެ ހިތިބާވަތް. މިއީ އިހުޒަމާނުގައި މާލޭގައި ހެދުނު ބާވަތެކެވެ. މިތޮރާ ހުންނާނީ އާދައިގެ ތޮރައަށްވުރެ ކުދިކޮށެވެ. ކާންކެރޭ ވަރަށްވުރެ އެތޮރައިގެ ރަހަ ހިތިވާނެއެވެ.

ހިތިގަސް

ނ. އުސްކޮށް، ބޮޑުތާނގައި ފެތުރިގެންހެދޭ ލަކުޑިމޮޅު ގަހެއް. މިގަހުގެ ލަކުޑި ހުންނާނީ މަޑުމުށިކުލައިގައެވެ. މިގަހުގެ ދަނޑިޔާއި ފަތަކީ އެކިކަންކަމަށް ފައިދާހުރިބޭހެކެވެ. ފަތް ހުންނާނީ، ކުރިޔަށް ހިމަކޮށް ބުޑުދޮށަށް ފަލަކޮށް އަރިޔަށް ލެނބި ލައި ފައެވެ. ފަތުގެ ކައިރިފަށް ހުންނާނީ ތުނޑު ތުނޑު ލައިފައެވެ. ފަތުގައި ވަރަށް ގަދަ ހިތިރަހައެއް ހުންނާނެއެވެ.

ހިތީބޯޓް

ނ. 1 ހިތިދުވަހަށް ހިތީ ކުޅިވަރަށް ހަދާ ވައްތަރުގެ ނައުޒޯނގު. 2 [މަޖާޒު] އަޞްލުގައި ނެތްއެއްޗެއް ކަމުން ދެއްކުން. މިސާލު: ފޮތްތެރިއަކަށް ނުވާ މީހަކު ފޮތްތަކެއް އެއްކޮށްގެން ފޮތްތެރިއަކަށް ހެދިގެން އުޅުން.

ހިތީކޭން

ނ. ހިތީކިޔަވާން ދުރުވާ ހަނގުބޭކަލުން ނާއި، އަވަށު މީހުން، ރޯދަ ވީއްލުމަށް ކައްކައި ގެން ގެންދާކޭން. މިކޭން ކައްކަނީ މަޖިލީހަށް އަރާ ބޭކަލުންގެ ގޭގެއިންނެވެ. މި ކޭމާއި ފާރުދޮށުކޭމާ ހުންނަ ތަފާތަކީ މި ކޭމުގައި ހިތި ހުންނަކަމެވެ.

ހިތުނެތްގޮތް

ނ. 1 ހިތަށްވެސް ނާރާ ފަދަ ކަންތައް. 2 ތަނަވަސްކަމުގެ ކޮޅުނެތް ކޮޅު. މިސާލު: އައްޔަށް އެ މާވަހަރު ހޮވުނުފަހުން އެ އާއިލާ ހިތުނެތްގޮތަށް ދިރިއުޅެމުން ގެންދެއެވެ.

ހިތުން

ނ. 1 ހިތަށް ފެންނަ ގޮތް. މިސާލު: މަހިތުން މިހާރު އިރު އޮއްސިދާނެ. 2 މީހަކާ މެދު ކަންކުރާގޮތް. މިސާލު: ހެޔޮކޮށް ހިތާ ހިތުން. ނުބައިކޮށް ހިތި ހިތުން. 3 މ. ހީކުރުން.

ހިތުންފިލުން

މ. 1 ހަނދާންނެތުން. 2 ކަމަކާމެދު ނުވަތަ އެއްޗަކާމެދު ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން ނެތިގެންދިއުން.

ހިތުންފިލުވުން

މ. 1 ހަނދާން ނައްތައިލުން. 2 ކަމަކާ ނުވަތަ އެއްޗަކާމެދު ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން ނައްތައިލުން.

ހިތުދަސްކުރުން

މ. 1 އެއްޗެއް ނުވަތަ ކަމެއްގެ ތަނެއްގެ ހަނދާން ހިތުގައި ހަރުކުރުން. 2 ނުބަލާ ކިއޭވަރަށް ދަސްކުރުން.

ހިތުދަސްވުން

މ. 1 އެއްޗެއްގެ ނުވަތަ ކަމެއްގެ ހަނދާން ހިތުގައި ހަރުލުން. 2 ނުބަލާ ކިއޭ ވަރަށް ދަސްވުން.

ހިތުލީބޮލިނެގުން

ނ. 1 ބޮލި އަތުރައިގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރުގައި އެކެއްގެ ހިތުން ގަސްތުކުރާ ބޮލި ދެވަނަ ފަހަރު އެތުރުމުގެ ގޮތުން އަނެކަކު ވިސްނައި ގަނެއެވެ. 2 [މަޖާޒު] މީހަކާ ހިތާވެގެން އެކަން ފާޅު ނުކޮށް ހުރެ ހުރެ ފައި އެމީހަކާ އިންނަ އިނުން.

ހިތުލޯތްބަށްދިނުން

މ. 1 ދަރުމަޔަށް ދިނުން. 2 ހަމަހިލޭދިނުން.

ހިތުގިނި

ނ. 1 ހަސަދަވެރިކަން. 2 އަނެކަކަށް ރަގަޅުކަމެއް ލިބޭތީ ތިމާގެ ހިތަށްވާތަދު.

ހިތެއްފިތެއްނެތުން

މ. [މަޖާޒު] 1 ރަޙުމެއް ހަމުދަރުދީއެއް ނެތުން. 2 ކުލުނެއް އޯގާވެރިކަމެއް ނެތުން. 3 ބިރެއް ސިހުމެއް ނެތުން.

ހިތެއްފިތެއްނެތް

ނ. [މަޖާޒު] 1 ރަޙްމެއް ހަމްދަރުދީއެއް ނެތް. 2 ކުލުނެއް އޯގާވެރިކަމެއް ނެތް. 3 ބިރެއް ސިހުމެއް ނެތް.

ހިތް

ނ. 1 އެތެރެހަށީގައިވާ ވެރިގުނަވަން ތަކުގެ ތެރޭގެ ގުނަވަނެއް. މީގެ މަސައްކަތަކީ ލޭހިންގުމެވެ. 2 އެދުން. 3 ބޭނުން.

ހިތްހަށިހަމަވުން

މ. 1 ހިތާއި ހަށިގަނޑު ހަމަޖެހިފައި ހުރުން. 2 ހިތްގައިމު ކަންލިބުން.

ހިތްހަރާންކުރުން

މ. ތިމާގެ އެއްޗެއް އަނެކަކު ބޭނުންކުރަން ފެށީމައި ނުވަތަ ތިމާގެ ބާރު ހިނގާ މީހަކު ތިމާ ނުރުހޭ ކަމެއް ކުރަން ފެށީމައި ނުވަތަ ތިމާ ދަސްކޮށްދީފައިވާ ހުނަރެއް ތިމާ ނުރުހޭ ގޮތަކަށް ބޭނުން ކުރަން ފެށީމައި އެކަމާ ނުރުހޭކަން އެންގުމުގެ ގޮތުން ބޭނުންކުރާ ބަހެއް. މިސާލު: {ހ} ކަލޭ އަހަރެންގެ ގަލަން ބޭނުން ކުރުން ހިތްހަރާމެވެ. {ށ} ކަލޭ އެގެއަށް ވަނުން އަހަރެން ހިތްހަރާމެވެ. {ނ} މީހަކަށް ގެއްލުން ދިނުމަށް މިދަސްކޮށްދިން ފަންޑިތައިގެ ބޭނުން ހިފުން އަހަރެން ހިތްހަރާމެވެ.

ހިތްހަރު

ނއ. 1 އޯގާވެރިކަމެއްނެތް. 2 ރަޙުމު ކުޑަ. 3 ހަރުކަށި.

ހިތާހައްޓާބެދުން

މ. [މަޖާޒު] 1 ހިތްހަމަޖެހޭ ވަރުވުން. 2 ހިތްހަށިހަމަޖެހުން.

ހިތްހަލާލުހޯދުން

މ. ހިތްހަލާލު އަތުލުން.

ހިތްހިތަކަށްވުން

މ. 1 އަމިއްލަ އަމިއްލައަށް ކަންކުރެވޭގޮތްވުން. 2 ބަޔަކު މީހުންގެ ހިތަށް އެރިހައި ގޮތަ ކަށް ކަންކުރެވޭ ގޮތްވުން.

ހިތްހިތުގައި ނުޖައްސާށެވެ. ހިތްނެތިއްޔާ ނުކުރާށެވެ.

[ހަރުބަސް] ބޭނުންނެތް ނަމަ ސާފުކޮށް ބުނުމަށާއި، އަނެކާގެ ހިތުގައި ނުޖެއްސުމަށް ނަސޭހަތްތެރި ވުމުގެ ގޮތުން ބުނެއުޅޭބަހެއް.

ހިތްހިތެކޯތް!

އ. 1 ހިތަށްއެރި ގޮތެއްހަދާށޭ. 2 ބޭނުންމީހަކު ގެންދާށޭ.

ހިތްހިތެކޯގޮވުން

މ. 1 ހިތަށްއެރި ގޮތެއް ހަދާށޭގޮވައިލުން. 2 ބޭނުންމީހަކު ބޭނުން ވަރަކަށް ގެންދާށޭ ގޮވައިލުން.

ހިތްހެޔޮކުރުން

މ. 1 ހިތްބަރުކަމެއް ނުބޭއްވުން. 2 ނުރުހުމެއް ރުޅިވެރިކަމެއް ހިތުގައި ނުބޭއްވުން. 3 [މަޖާޒު] ހިތުން ފިލުވައިލުން. މިސާލު: އަހަރެންގެމަތިން ހިތްހެޔޮ ކޮށްލާށޭ. މިހެން ބުނެފިނަމަ އޭގެމާނައަކީ ހަނދާންނައްތާލާށޭ މިއެވެ.

ހިތްނުބައި

ނއ. 1 ހިތްހެޔޮކަމުގެ އިދިކޮޅު. 2 މީހާގެ އެތެރެ ފުށް ނުސާފު. 3 ނުނިޔަތްލާ. 4 ހަސަދަވެރި. 5 ރުޅިވެރި.

ހިތްނުބައިވުން

މ. 1 މީހާގެ އެތެރެ ފުށް ނުސާފުވުން. 2 ހަސަދަވެރިވުން. 3 ނުނިޔަތް ލުން. 4 ރުޅިވެރި ކަން އުފެދުން.

ހިތްބަލި

ނއ. 1 އަވަހަށް އަސަރުކުރާގޮތް ހުންނަ. 2 ފިނޑި. 3 ހިތްވަރު ދެރަ.

ހިތްބަލިވުން

މ. 1 ފަސޭހައިން ހިތުގައި ޖެހުން. 2 ކިތަންމެ ކުޑަ ކަމަކުން ވެސް އަވަހަށް އަސަރު ކޮށް މޮޅިވުން. 3 ކަންތަކާ މާ ބޮޑަށް ދެރަވުން.

ހިތްއަލި

ނއ. 1 ހިތުދަސްކުރާން ފަސޭހަ. 2 މޭދާ ގަދަ.

ހިތްއަލިކަން

ނއ. 1 ހިތުދަސްކުރާން ފަސޭހަކަން. 2 މޭދާގަދަކަން.

ހިތްއަލިވުން

މ. 1 ހިތުދަސްކުރާން ފަސޭހަވުން. 2 މޭދާގަދަވުން.

ހިތްއުފައު

ނއ. 1 ހިތްފަސޭހަ. 2 ހިތްހަމަޖެހޭ. 3 މޮޅީގެ އިދިކޮޅު.

ހިތްއުފައުކަން

ނއނ. 1 ހިތްފަސޭހަކަން. 2 ހިތްހަމަޖެހޭކަން.

ހިތްއުފައުކުރުން

މ. ހިތްފަސޭހަކުރުން.

ހިތްއުފައުވުން

މ. ހިތްފަސޭހަވުން.

ހިތްމައްޗަށްގެނައުން

މ. 1 ހިތަށް އެރުވުން. 2 ހަނދާނަށް ގެނައުން.

ހިތްފަހި

ނއ. 1 ހިތްފަސޭހަ. 2 ފިކުރެއް ނުވާ. 3 ހިތްއަލި.

ހިތްފަހިކަން

ނއ. 1 ހިތްފަސޭހަކަން. 2 ފިކުރެއް ނުވާކަން. 3 ހިތްއަލިކަން.

ހިތްފަހިވުން

މ. 1 ހިތްފަސޭހަވުން. 2 ފިކުރެއްނެތުން. 3 ހިތްއަލިވުން.

ހިތްފުރިއެރުން

މ. 1 މާބޮޑަށް ހިތްއުފާ ވުން. 2 މާބޮޑަށް ހިތަށް ހަމަޖެހުމާއި ތަނަވަސް ކަން ލިބުން.

ހިތްދާހާތާކަށްހަށިނުފޮނުވާށެވެ.

[ހަރުބަސް] ހިތް އެދޭހައިކަމެއް ވިސްނުމަކާނުލައި ނުކުރުމުގެ މައްޗަށް ނަސޭހަތްތެރިވުމުގެ ގޮތުން ބުނެއުޅޭ ބަހެއް.

ހިތްދިނުން

މ. [މަޖާޒު] 1 ހިތާވުން. 2 މީހަކު ދެކެ މާބޮޑަށް ލޯބިވުން.

ހިތްތޫނުވުން

މ. 1 އަވަހަށް ހިތުދަސްވުން. 2 ދަސްކުރުމުގެ ބާރު ގަދަވުން.

ހިތްތެޅުން

މ. 1 ހިތުގެ ހަރަކާތް އިތުރުވުން. 2 ހިތުގައި ބިރެއް ނުވަތަ ވަސްވާހެއް އުފެއްދުން. 3 ކަންބޮޑުވުން. 4 ހިތަށް ކުއްލިޔަކަށް އަސަރުކުރުން.

ހިތްގައިމު

ނއ. 1 ހިތްހަމަޖެހޭ. 2 ހިތްއުފާ.

ހިތްގައިމުކަން

ނއނ. 1 ހިތްހަމަޖެހޭކަން. 2 ހިތްއުފާކަން.

ހިތްގައިމުވުން

މ. 1 ހިތްހަމަޖެހުން. 2 ހިތްއުފާވުން.

ހިތްސާފު

ނއ. 1 ރުޅިއެއް ހަސަދައެއް ހިތުގައިނުވާ. 2 އިޚްލާޞްތެރި.

ހިތްސާފުކަން

ނއނ. 1 ރުޅިއެއް ހަސަދަ އެއް ހިތުގައި ނުވާކަން. 2 އިޚުލާޞްތެރިކަން.

ހިތްސާފުކުރުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުވައިލުން. 2 ހިތުގައިވާ ހަސަދަވެރިކަން ފިލުވައިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ފިލުވައިލުން.

ހިތްސާފުވުން

މ. 1 ހިތުގައިވާ ރުޅިވެރިކަން ފިލުން. 2 ހިތުގައިވާ ހަސަދަ ފިލުން. 3 ހިތުގައިވާ ފޫހިކަމާއި ނަފުރަތު ނެތުން.

ހިތްޙަލާލުދިނުން

މ. ތިމާމީހަކަށް ހިލޭ ކޮށްދިން މަސައްކަތަކަށް އެމީހާގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް ހިތްރުހޭ ބަސް ބުނުން.

ހިތްޙަލާލުއަތުލުން

މ. މީހަކު ތިމާއަށް ހިލޭ ކޮށްދިން މަސައްކަތަކަށް އެމީހާގެ ކިބައިން ހިތްރުހޭ ބަސް ލިބިގަތުން ނުވަތަ އެމީހާގެ ހިތްހެޔޮކަން ހޯދުން.

ހިތްޙަލާލު

ނ. މީހަކު އެހެންމީހަކަށް ހިލޭ ކޮށްދޭ މަސައްކަތަކަށް އެމީހެއްގެ މައްޗަށް ނުރުހުމެއް ނެތި ކުރާ ހިތްހެޔޮކުރުން.

ހިލަ

ނ. 1 ޤުދުރަތީގޮތުން ބިމުގައި އުފެދޭ މަޢްދަނީ ހަރުއެއްޗެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. ގިނަބާވަތް ބާވަތް ގަލަށްވުރެން ހަރުވެފައި ބަރެވެ. މީގެ ބައެއް ޒާތްޒާތަކީ ނުހަނު އަގުބޮޑު އެއްޗިއްސެވެ. ބާވަތްބާވަތުގެ ޖަވާހިރަކީވެސް ހިލައިގެ ތެރެއިން ހިމެނޭ އެއްޗެއްސެވެ. 2 ބައެއް ފަރުބަދަ އުފެދި ފައި ހުންނަ މާއްދާ. 3 ހަށިގަނޑުގެ ތެރޭގެ ގުރުދާ ފަދަތަންތާގައި އުފެދޭ ކަށިނޫން ހަރުއެތި ކޮޅު ކޮޅު.

ހިލަހިފުން

މ. (ޅ) ވަގުހިފުމަށް ހަދާ ފަންޑިތައެއް.

ހިލަނބަށްދިއުން

މ. ފިރިހެނަކު ބޭރު ރަށަކުން މީހަކާ އިނދެފައި ރަށަށްއައިމާ އެފިރިހެނެއްގެ ޢާއިލާގެ މީހުން (މައިންބަފައިން ފިޔަވައި) އެ އަންހެނަކު ބަލައި އެމީހެއްގެ ރަށަށް ދިއުން.

ހިލަނބުވެރިން

ނ. އަންހެނެއްގެ ޅިޔަންފަހަރި ކަމުގެ ގޮތުން ތިމާގެ މީހުން.

ހިލަކަންމަސް

ނ. ފަނިހަންޖަށްވުރެ ދިގު އޭގެބާވަތެއް.

ހިލަކަންފަތި

ނ. ފަނިހަނދީގެ ބާވަތެއް، މިބާވަތުގެ ހަނދި އާދައިގެ ހަންޖަށް ވުރެ ދިގު ވެފައި ކަންފަތް ގަނޑު ވަކީން ދިގު ވާނެއެވެ. އެހެން ހަންޖަށް ވުރެ މި މަހުގެ ކަޅުކުލަ ގަދަވާނެއެވެ.

ހިލަކަރުދާސް

ނ. ލަކުޑި އާއި މަޢުދަނީ ތަކެއްޗާއި އެނޫންވެސް ބައެއް ތަކެތި އޮމާންކުރަން ގެންގުޅޭ އެއްފުށް ރާޅުކޮށް ހަދައިފައި ހުންނަ ކަރުދާހެއް.

ހިލަކިހުނު

ނ. ބައްޔެއްގެ ނަން. މިބަލީގައި ކުޑަކަމުދިއުން ދަތިވެ ބަނޑުގައި ރިހި ކުރިމަތި ފަރާތުން ހިލަ ނުވަތަ ވެލި ކަހަލަ އެއްޗެއް އަންނާނެއެވެ. އަޞްލުގައި ކިހުނުބައްޔާއި، ހިލަ އުފެދޭ ބައްޔާއި، މާބޮޑުގުޅުމެއް ނޯވެއެވެ. ނަމަވެސް ދެބަލީގައި މެ އަވަސް އަވަހަށް ކުޑަކަމުދާން ޖެހިފައި ކުޑަކަމުދާއިރު ތަދުވާގޮތްވާތީ ހިލަކިހުނޭ ކިޔާ ފައި ވަނީއެވެ.

ހިލަވާލި

ނ. (މ) ވާލީގެ ބާވަތެއް. މިމަހުގެ ބޯކޮޅު އޮންނަނީ ވަށްކޮށެވެ. މިމަސް ދިރި ދިރި އޮންނައިރު ބޯކޮޅުން ފެށިގެން ބަނޑުދަށް ފަރާތުން މެދަށްވުރެ ތިރިޔަށް ރަންކުލަޔަށް ދާ ކުލަޔެއް ހުންނާނެ އެވެ. ދެފަރާތުގައި ހުންނަ ދެކޮތަރި ހަނދީގެ ކޮތަރިއަށް ވުރެ ދިގުވެފައި ކަންފަތުން ބުރިކައްޓާ ގުޅިފައި ހުންނަބައިގެ އެތެރޭގައި ހިލައެއްހެން އޮންނަ ކަށިކޮޅެއް ހުންނާނެއެވެ.

ހިލަވުން

މ. 1 އެއްޗެހި ހިކިގެންގޮސް މާބޮޑަށް ހަރުވުން. 2 ހިލަޔަށްވުން.

ހިލަފިހުން

ނ. ވައްކަން ތަފާސްކުރުމަށް ހަދާފަންޑިތައެއް.

ހިލަފުއްޕުން

މ. 1 ހަށިގަނޑުގެ އެކި ތަންތާނގެ މަސްގަނޑަށް އަރުވާ ބާރަކުން، އާދަޔާ ޚިލާފަށް އެތަންތަން ހަރުކުރުން. 2 ފުލޯކުވާހަކައި ގައި އަންނަ ޞިހުރުވެރީން އެއުރެންގެ ހަށިތައް ހަދާގޮތެއް، އެހެން ހެދުމަށްފަހު ކަނޑިއެއް ލޮންސިއެއް ނުވަންނަކަމަށް ބުނެވެއެވެ.

ހިލަގައު

ނ. 1 ގަލުގެ ތެރޭގައި ހުންނަ އެންމެ ހަރުވައްތަރު. 2 ކަނޑުގެ އާނުގެ އަޑީގެ ހަރު ހުދު ގައު.

ހިލާލީދަރިކޮޅު

ނ. ރާއްޖޭގައި ރަސްކަން ކުރި ހަތް އާއިލާގެ ތެރެއިން ތިންވަނަ އަށް ރަސްކަންކުރި ދަރިކޮޅު. މިދަރިކޮޅަށް "ބަދުރުއްދީން" ދަރިކޮޅޭވެސް ކިޔައެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ހުޅުލޭ ހިލާލީކަލޯއާއި ގޯލާވެހި ކަނބުލޯގެ އައްސުލްތާން ޙަސަނުލް ހިލާލީއެވެ. މިދަރިކޮޅަކީ ރާއްޖޭގައި އެންމެ ގިނަރަސްކަލުން ރަސްކަން ކުރެއްވި އެކަމަކު ހަމަޖެހުން ކުޑަ ދަރިކޮޅެވެ.

ހިލާލުން

މ. 1 ހިލުން 2 [މަޖާޒު] ކަމެއްގެ ހަމަގޮތް، ރީތިގޮތް ނުބަލައި ފަސޭހަގޮތަށް ހަދައި ނިންމާލުން.

ހިލިހިލާ

ނ. 1 ދަގަނޑުޗޭނު. 2 ދަގަނޑުން ހަދައިފައިވާ ފަލަކެވެލި.

ހިލިހިލާޖެހުން

މ. ހިލިހިލާއިން ބަނދެ މީހަކު ހައްޔަރުކުރުން.

ހިލިހުނި

ނ. (ހ) ހުންޏާ ހަކުރާ އެއްކޮށްގެން ހިލާ ފޮނިކާއެއްޗެއް.

ހިލިބޭސް

ނ. ވިހައިގެން އުޅޭ މީހުންނަށް ދިވެހި ފޫޅުމައިން ދޭ ބޭހެއް. މިއީ ބައެއް ބޭހާއި އަސޭމިރުހާއި ދިވެހި ހަކުރު އަޅައިގެން ކައްކާ ހަރު ބޮނޑިބަތެކެވެ.

ހިލިފުށް

ނ. ހުންޏާހަކުރާ އަޅައިގެން ހިލައި ގެން ހިލައި ފައި ހުންނަފުށް.

ހިލިކައި

ނ. [ބޯދާ] ހަށިގަނޑު.

ހިލިފުށް

ނ. ހުންޏާހަކުރާ އަޅައިގެން ހިލައި ގެން ހިލައި ފައި ހުންނަފުށް.

ހިލިގަތުން

މ. 1 ހަމައިންނެއްޓިގެން އުޅެގަތުން. 2 ހޯބޯލަވައި ތެޅި ފޮޅި ގަތުން.

ހިލުން

މ. 1 ހަލަމުން ކައްކައި އޮލަކުރުން. ނުވަތަ މިގޮތަށް ކައްކައި ހިއްކުން. މިސާލު: {ހ} މެޓާހިލުން. {ށ} ހަކުރުހިލުން. 2 މީ ހާ އާދައިގައި ހުންނަ ވަރަށްވުރެން އަނގަގަދަވެ ސަމާސާ ބޮޑުވުން. 3 ބަޔަކު ސިހިގެން ގޮތްގޮތަށް އުޅެގަތުން. 4 ބަޔަކު ޤަވާޢިދާ ޚިލާފަށް ނުކުމެގެން އުޅެގަތުން. 5 ނަގިއްޔާއި ފަނާފަދަ ބުރަތަކެތި އޮތްތަނުން ގުޑައިލުން. 6 ފާޅުވެގަތުން. މިސާލު: {ހ} ލޭނާރު ހިލުން. {ށ} ރޯގާ ހިލުން. {ނ} ކުރަފިހިލުން. 7 ދިރޭބޮލި ފަޅުތެރޭން ހޮވުން. 8 އޮށްވަޅު ކުޅުމުގައި ގޮނޑީގެ ވަޅެއް ހުސްކޮށް ނެގުން.

ހިލޭހުރުން

މ. 1 ހިމޭނުން ހުރުން. 2 ވާހަކަ ނުދައްކާ ހުރުން. 3 ޅަކުއްޖާއަށް އެކަނި ހުރެވުން. 4 ތަނެއްގައި ކުއްޔެއް ނުދީ ހުރުން.

ހިލޭޖެހުން

މ. 1 ފުޓުބޯޅަ އާއި ހޮކީފަދަ ކުޅިވަރުގައި، ކުށްކުރާބަޔާއި އިދިކޮޅަށް ދޭ ޖެހުމެއް. މީ ގައި ސީދާ ހިލޭޖެހުމާއި ނުސީދާ ހިލޭޖެހުން ހުރެއެވެ. 2 އެއްޗަކަށް ނުވަތަ ތަނަކަށް ކުރިޚަރަދު އަނބުރާލިބި އަގުހަމަވުން.

ހިސްޓީރިޔާ

ނ. ސިކުނޑީގެބައްޔެއް. މިބަލީގައި އެކި އެކި އަސަރުކުރުމުގައި ނަފްސާނީ ގޮތުން ހިފެހެއްޓުން ކުޑަވެއެވެ. އޭގެ ސަބަބުން ހިސްޓީރިޔާޖެހިފައިވާ މީހާގެ ކިބައިން ޖިސްމާނީ ބަލިބަލީގެ އަލާމަތްވެސް ފެނުން އެކަށީގެންވެއެވެ. ނަމަވެސް މިގޮތުން ފެންނަ އަލާމަތް ގިނަފަހަރަށް ވެފައި އޮންނަނީ ބަލިމީހާ އަށް ކުރެވޭ ހީ ތަކެއްގެ ސަބަބުން ކޮޕީކުރެވޭ ކަންތައް ތަކެއް ކަމުގައެވެ.

ހިޔަ

ނ. 1 ނުވަދިހަ ހައެއް (96). 2 ސަތޭކަ ފަންސަވީސް ފުއް ބޮލި. [ބޯދާ] 3 ހިތް. (މި ލަފުޒު ބޭނުންކުރެވެނީ އިހުސާސެއް ބަޔާންކުރާ އިރުއެވެ.) 4 ނއ. ހިތްހެޔޮ.

ހިޔަނިއެޅުން

މ. 1 އެއްޗެއްގެ އަނދިރި އަނެކައްޗަކަށް އެރުން. 2 މީހެއްގެ އަނދިރި، ނުވަތަ އެއްޗެއްގެ އަނދިރި މީހަކަށް އުނދަގޫ ވާ ގޮތަށް ފޯރުން. 3 މޫނުބަލާ ލޯގަނޑުފަދަ އެއްޗެއް މެދުވެރިކޮށްގެން ތަނަކަށް ނުވަތަ އެއްޗަކަށް އަލިއެރުވުން. 4 ފެންގަނޑެއްގެ ތެރެއިން ނުވަތަ މޫނުބަލާ ލޯގަނޑެއްފަދަ އެއްޗަކުން މީހެއްގެ ނުވަތަ އެއްޗެއްގެ ސޫރަ ފެންނަން ހުރުން.

ހިޔަނިދައު

ނ. ގޮޅިދެރަވަރަށް ބަންނަ އެންދަމާ ދަލުގެ ހަތަރު ފަރާތުގައި މެދުތެރެއަށްވުރެން ގޮޅި ނުވަތަ މަޅި ބޮޑުކޮށް އޮންނަ ބައި.

ހިޔަނިލުން

މ. 1 ދަލުގައި ހިޔަނިހަރުކުރުން. 2 އަކުރާއި ކުރެހުމުގެ ކައިރީގައި އޭގެ ހިޔަނި ހުންނަގޮތަށް ފެވުން.

ހިޔަނިގައު

ނ. ވަގުތު ގަލުގެ މަތީގައި ހިޔަނިބަލަން ޖަހައި ފައި ހުންނަ ގައު.

ހިޔަންޏަށްމުޑިނުނަގާށޭ

[ހަރުބަސް] ކަމަކަށް ނުވާކަހަލަ ކަމަކާމެދު ބިރުގަތުމަށާއި އެއްވެސް ޙަޤީޤަތެއްނެތް ކަން ކަމާ ޖެހިލުން ދޫކޮށްލުމަށް ބުނެއުޅޭ ބަހެއް.

ހިޔަންޏަށްމުޑިނެގުން

މ. 1 ބައެއް ޖަނަވާރު ހިޔަންޏެއް ފެނިގެން އެއީ އަސްލޭ ހީކޮށް އެއާ ދިމާއަށް މުޑިނެގުން. 2 [މަޖާޒު] ކަމެއް ޙާސިލުވެދާނޭކަމަށް ހީކޮށް އޭގެ އަސްލެއްނެތި އެކަމެއް ލިބިއްޖެނަމަ ކުރަންވީ ކަންތައްތައް ހޯދައި، މީހުން ހިނިއަންނަ ދަރަޖައަށް އެކަމައިގެން އުޅުން. މިސާލު: ޖައްރާފާގެ ވެރިކަން ލިބިދާނެކަމަށް ހީކޮށް ޖައްރާފާގައި އުޅޭ މީހުންކުރެން އޭގެ ވާހަކަ އަހައި އަވަސްއަވަހަސް އިންޖީނުގެއަށް ވަދެ މީހުން ހިނިއަންނަ ދަރަޖައަށް އުޅުން .

ހިޔަރަކާތްމަސް

ނ. ޝައުބާން މަސް. އެއީ، މިމަހުގެ ފަނަރަވަނު ދުވަހަކީ ހިޔަރަކާތް ދުވަސް ކަމަށްވާތީ އެދުވަހަށް ނިސްބަތްކޮށެވެ.

ހިޔަޅު

ނ. ހަށިގަނޑު ބުޅަލެއްވަރު ވާ ޖަންގަލީ ޖަނަވާރެއް. މިއީ ވަރަށް މަކަރުވެރި އެއްޗެކެވެ.

ހިޔައުއެރުން

މ. 1 ވިލާގަނޑުގެ ނުވަތަ ގަސްގަހާއި ގޭގެ ފަދަ ތަންތާނގެ ހިޔަނި އެރުން. 2 ހަވީރުވެގެން ގޮސް ރަށުތެރެއަށް ހިޔާފެތުރުން.

ހިޔައުގަނޑު

ނ. 1 ހިޔައުއެޅިފައިވާތަން. 2 އޮޑި ދޯނިފަހަރުގައި ހިޔަކުރަން ހަދާފައި ހުންނަގެ.

ހިޔަވިހާ

ނ. 1 އަށާވީސް ނަކަތުން ސައުވީސްވަނަ ނަކަތް. 2 އިރުވައިމޫސުމުގެ ހަވަނަ ނަކަތް.

ހިޔަމަހައު

ނ. (ޅ) އިދިކުކުޅުގެ ހައު.

ހިޔާ

ނ. 1 ވާރެޔާއި އަވީން ރައްކާވެވޭ ތަންތަން. 2 އޮޑިދޯނިފަހަރުގެ ކުނބުކަތްޕާ ކުންބާ ދޭތެރޭ ދެފުރާޅު ލައިފައި ހަދައިފައި ހުންނަގެ. 3 [މަޖާޒު] މީހެއްގެ ފަރާތުން ލިބޭ ރައްކާތެރިކަން. 4 އެހީތެރިކަން.

ހިޔާހެދުން

މ. އޮޑިދޯނިފަހަރުގައި ވަގުތީގޮތުން ކުރާ ހިޔާ ތައްޔާރުކުރުން.

ހިޔާނެގުން

މ. އޮޑިދޯނިފަހަރުގެ ހިޔާ ރޫޅައިލުން.

ހިޖުރައޮޅުން

މ. 1 ހިޖުރައިންވީ ދުވަސް އޮޅުން. 2 [މަޖާޒު] އެއްބަސްވީ ގޮތާ ޚިލާފަށް ކަން ހިނގާން ފެށީމާ ތިމާޔަށް އޮޅުން އެރުން. 3 ހަދާނެ ނުހަދާނެ ގޮތެއް ނޭނގުން. 4 މުސްކުޅި ވެގެން ގޯސްމަތިންލުން.

ހިޖުރީއަހަރު

ނ. 1 ކީރިތި ރަސޫލާ ހިޖްރަކުރެއްވި އަހަރުން ފެށިގެން ޖަހަމުން އަންނަ ތާރީޚުގެ އަހަރު. 2 ހަނދުމަހުގެ އަހަރު.

ހިޖުރީތާރީޚު

ނ. ކީރިތިރަސޫލާ މަދީނާޔަށް ހިޖުރަ ކުރެއްވި އަހަރުން ފެށިގެން ޖަހާ ތާރީޚު.

ހީ

ނ. 1 ޝައްކު. 2 ކަށަވަރުކަމެއް ނެތި ހިތަށް އަރާ އެއްޗެހި. 3 ފިނިކަމުން ހަށިގަނޑަށް ލިބޭ އުނދަގޫ.

ހީހަން

ނ. (ސ) 1 ތެޔޮހަން. 2 މޭވާ ތަރުކާރީ ފަދަ އެއްޗެހީގެ ބޭރު ފަށަލަ. (އެންމެ ތުނި ފަށަލަ)

ހީހަންފޮޅުން

މ. (ސ) ތެޔޮހަން ކެނޑި ފާރުވާ ބަލިޖެހުން.

ހީނާ

ނ. 1 މީރުވަސްދުވާ މައު އަންނަ ފަތްކުދި ގަހެއް. ހުދުހަމާއި ނިޔަފައްޗާއި ނުރަ ރަތްކުރާން މި ގަހުގެ ފަތްބޭނުން ކުރެއެވެ. މި ގަހުގެ ފަތާއި، މަލާއި އޮށް ބޭހަށް ބޭނުން ކުރެއެވެ. މީގެ ފަތްބޮޑު ވައްތަރެއް ވެސް ހުރެއެވެ. މި ވައްތަރަށް ކިޔަނީ ސުވޭހު ހީނާއެވެ. [ބޯދާ] 2 ލޯބި.

ހީނާފަތްއެޅުން

މ. 1 ހިމުންކޮށްފައި ހުންނަ ހީނާފަތް އަތްފައިގައި އަޅައި ބަނުން. މިކަންކޮށްއުޅެނީ ބޭހަށް ނުވަތަ ޒީނަތަށް ޓަކައެވެ. 2 މިފަތްމުގުރައިގެން ތުނބުޅި މަތިމަހުގައި އުނގުޅުން.

ހީރަސްޖެހުން

މ. ފޮތުގެ ގަނޑުތައް ނުވަތަ ގަނޑުތަކެއް އެއްކޮށް ހިފަހައްޓާން ބުރިކަށި ފަރާތުން ފެހުން ނުވަތަ ބަނުން. ނުވަތަ ނަރުޖެހުން.

ހީރާންސި

ނ. ފައްތުފިލާގެ ދަށުން، ބޮޑުފަށްގަނޑުގެ ފަހަތުކޮޅުގައި ހުރަހަށް ކަނޑައި ފައްތާފިލާ. މިއީ ބޮޑުފަށްގަނޑު ފޭވިޔަނުދޭން ހަރުކުރާ ފިލައެވެ.

ހީރާސި

ނ. އޮޑިފަހަރުގެ ކުނބުކަތްޕާ ހަމާގައި ފިލާގަނޑުމަތީ ހުރަހަށްޖަހައިފައި ހުންނަފިލާ.

ހީރުވަހައިގޮވުން

މ. (ގ) ކުއްލިއަކަށް ބިރުގަނެގެން ސިއްސައިގެންގޮސް ވަރަށް ބާރަށް ތޫލިކޮށް ބޭއިޚްތިޔާރު ގައި ހަޅޭއްލެވުން.

ހީކިރިލި

ނ. 1 (ޅ) މަސްއައިނުގެ ތެރެއަށް އެނބުރެމުން ތިރިވާ ކިރުދޫނި ކަހަލަ ކުޑަ ދޫންޏެއް. 2 ފީކިރިލި.

ހީކެރުވުން

މ. ފިނީގެ އަސަރުން ހަށިގަނޑަށް އުނދަގޫވުން.

ހީވަނީބަނޑުފުރިއަރައިދާނެހެން

[މިސާލުބަސްް] ދުވާވަހެއްގެ މީރުކަން ދޭހަކޮށް ދިނުމަށް ބުނެއުޅޭ ބަހެއް.

ހީފިލުން

މ. 1 ހަށިގަނޑަށް ލިބުނު ފިނިކަން ފިލައި ހަމަޖެހުން. 2 ފިނިކަމުން ހަށިގަނޑަށް ލިބުނު އުނދަގޫކަން ކެނޑުން.

ހީފިލުވުން

މ. ފިނިކަމުން ހަށިގަނޑަށް ލިބިފައިވާ އުނދަގޫ ނެއްތައި ލުން.

ހީދަނާ

ނ. (ސ) 1 ހަރުދަނާ. 2 ހީވާގި.

ހީދަނާވުން

މ. (ސ) 1 ހަރުދަނާވުން. 2 ހީވާގިވުން.

ހީލި

ނ. 1 ގިލިގިލި ކޮއްޓީމާ ހަށިގަނޑަށް އެވާގޮތް. 2 އުޅަނބޮށީގެ ހީލިކަށިގަނޑު ތަނަކު ޖެހުނީމާ ވާގޮތް. 3 ނުރައްކައު އުސްތަންތާގައި މީހުން ހިނގާތަން ފެނުނީމާ ބައެއް މީހުންގެ ދަށްފަޔަށް އެވާގޮތް. 4 ހަރު ދެއެތިގަނޑު ކޭރުވީމާ އިވޭ ބާވަތެއްގެ އަޑަކުން ބައެއް މީހުންގެ ދަތަށް އެވާގޮތް. 5 ޖިންސީ އެދުންވެރިކަން އައުމުން އަންހެނުންގެ ކުރިމަތި ފަރާތަށް އެވާ އިހްސާސް

ހީލިކަށިގަނޑު

ނ. އުޅަނބޮށިހުޅު ގައްޔާއި ކަކުލުހުޅު ގައިވާ ކަށިގަނޑެއްގެކޮޅު. އެކަށިގަނޑު ތަނެއްގައި ޖެހޭގޮތަކުން ބައެއްފަހަރު ވަރަށް ހީލިކަރުވާނެއެވެ.

ހީޓަރު

ނ. އެއްޗެއް ނުވަތަ ތަނެއް ހޫނުކޮށް ބަހައްޓައިދޭ އާލަތެއް.

ހުހި

ނ. ދިވެހިރުއް ފަދަ ރުއް ރުކުގައި ގަންނަ ތަކެތި ހަރުވަމުން އަންނައިރު އެތެރޭގައި ކާން ކަމުދާ އެއްޗެއްނެތި އަނަރޫފަ ވެފައިވާ ވައް.

ހުހިވައް

ނ. މޫދުގައި އުފެދޭ ނުހަނުލުއި މަޑުއެއްޗެއް. މީގެ އެތެރޭގައި ވަރުވަރުގެ ލޯވަޅުތައް ތޮރުފި ފައި ހުންނާނެ އެވެ. ބޭރުގައި ހުންނަ ކުރަކި ކަމަކާއި ތޫނު ކަމަކުން އެއްޗެހި އުނގުޅައި ސާފުކުރުމަ ށާއި، ގައި އުނގުޅުމަށް ގެންގުޅެއެވެ.

ހުހުޑިއަޑާ

ނ. (ގ) ބުޅާ ކުޅުވަން ހަދާ ފިހިގަނޑު.

ހުށި

އކ. ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށްޙަރަމް ބަނުމުގެ ކުރީގައި ޤިބްލައަށް ކުރިމަތިލާހުށި.

ހުށިގެނޑި

ނ. (ސ) އެއްލަކުޑި ގަނޑަކުން ދެފައި ހުންނަގޮތަށް ހަދައި ފައި ހުންނަ ތިރި ގޮނޑި. މިއީ އާއްމު ގޮތެއް ގައި ބަދިގެ ދޮށުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ހުށިހެއި

ނއ. (ސ) ހުރިހައި.

ހުށޫ

އ. ހުށި، މިބަސް ފަދައިން ކުރާ އަމުރެއްގެ ފަހަތަށް އިތުރުކުރާ އަކުރެއް. މިސާލު: ނަމާދަށް ޙަރަމްބަނުމުގެ ކުރީގައި ޤިބުލައަށް ކުރިމަތިލާހުށި. ނުވަތަ ކުރިމަތިލާހުށޫ.

ހުނގު

ނ. ތަފާތު ވައްތަރުގެ ގަސްގަހުގެ ތެލުން އުފައްދައިފައި ހުންނަ ތެލަކާ ކާބާވަތް ބާވަތުގެ ގަސްގަހުގެ ކިރާއި ގޮދަންފުށް އެއްކޮށްގެން ހަދައިފައި ހުންނަ އެއްޗެއް. މީގައި ގަދަ ޒަވި ވަހެއް ދުވައެވެ. މިހުންނަނީ ރަތްމުށި ކުލައިގައެވެ. މިއީ ދިވެހި ބޭހުގައި ބޭނުންކުރާ އެއްޗެކެވެ.

ހުނގުމަސް

ނ. ފަރުމަހުގެ ބާވަތެއް. މިމަހުގެ އަނގަހުންނަނީ މަހުގެ މައްޗަށް ވާގޮތަށް ތެދަށެވެ. މަހުގެ ކަރުތާފަތް ގަނޑުގެ ތިރީބައިގައި ރާޅުކަމެއް ހުރެއެވެ. މަހުގެ ހަމުގައި ރާޅުކޮށް ހުންނަ ކުދި ހުޅުނބު ތަކެއް ހުރެއެވެ. ނަގޫފަތުގެ ދެކޮޅު ފަހަތަށް ދިގުކޮށް ހުރެއެވެ. މިމަހުގެ ކުލައަކީ ރަތްކުލައެވެ.

ހުނގުގަސް

ނ. އިރުމަތީގެ ޤައުމުތަކުގައި ހެދޭ ކެރެޓްއާއިލާގެ ގަހެއް. މިގަހުން ނުބައިވަސްދުވާ ތަތްކިރެއް ނެގެއެވެ. އެކިރަކީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ. އެއަށް ކިޔަނީ ހުނގެވެ.

ހުނަހަކެރެ

ނ. (ގ) ހުނިހަކުރު.

ހުނަހިރު

ނ. 1 އޮނަހިރި. 2 ކޭލަ ހަމަނުވާ.

ހުނިހަކުރު

ނ. 1 ގަބުޅި ހުންޏަށް ހަކުރު އަޅައިގެން ކައްކައިގެން ހަދާ ކާއެއްޗެއް. 2 ހުނިހަކުރު ފަތަފޮޅި.

ހުނިހަކުރުފަތަފޮޅި

ނ. އެތެރެޔަށް ހުނިހަކުރު އަޅައިގެން ހަދާ ފަތަފޮޅިއެއް. މީގެ އެންމެމޮޅު ގޮތަކީ އާވީން ކެއްކުމެވެ. އަދި ފިހެ ތެލުލައި ވެސް ހަދައެވެ.

ހުނިހަކުރުފޫކުއްތު

ނ. (މަލިކު) ހުނިހަކުރު ފަތަފޮޅި.

ހުނިހަކެރެފަތެހޮޅި

ނ. (ގ) ހުނިހަކުރުފަތަފޮޅި.

ހުނިހުނގޫ

ނ. ބިލެއްގަނޑުގައި ހުނިޖަހައި ފައި ހުންނަތަން. ހުނިޖަހައި ފައި ހުންނަނީ ބިލެތްގަނޑުގެ ހިމަކޮޅު ގައެވެ.

ހުނިބޮލި

ނ. 1 ބިލެތްހުނި އަޅަން ހަދާފައިވާ އެއްޗެއް. 2 ބޮލީގެ ބާވަތެއް. މިއީ ހުދުކުލައާއި މުށިކުލައިގެ ރޮނގުތަކެއް ފާޅުކޮށް އެނގެންހުންނަ ބޮއްޔެކެވެ. 3 (ސ) ދޮންއަނގަ.

ހުނިކޮންނަކަށި

ނ. ބިލެތްހުނި ނަގާން އެއްކޮޅު ފަތިކޮށް ހަދައިފައި އޮންނަ ކަށްޓެއް.

ހުނިފަތް

ނ. 1 ހުނިހުނގޫ. 2 ބިލެތްގަނޑުގައި ހުނިޖަހައިފައި ހުންނަތަން.

ހުނިފެންބޮއިގެންއުޅުން

[މަޖާޒު] 1 ލަދުޙަޔާތް ކެނޑޭ ވަރަށް މީހަކާ ހިތާވެގެން އުޅުން. 2 ހެހެސްގަތުން.

ހުނިފޮޅި

ނ. (ސ) ހުނިހަކުރު ފަތަފޮޅި.

ހުނިގުރާބު

ނ. ދުފާހުނި އަޅާން ބޮއްކުރައެއްގެ ސިފަގައި ލަކުޑީން ހަދައި ފައި ހުންނަ ކުޑަކުޑަ އެއްޗެއް.

ހުނިގޮނޑި

ނ. 1 ފުއްކެނޑި ތިލައެއް ޖަހައިގެން ހުނިގާނަން ގެންގޭ ގޮނޑި. 2 (ގ) ޑިނގާ.

ހުނިގޮނޑިފިލާ

ނ. ހުނިގޮނޑި ތިލަހެން ފަތްހުންނަ ވެލަށްހެދޭ ފަތްޕިލާ ވެއްޔެއް. މިއީ ވިނައިގެ ބާވަތެކެވެ. މި ފަތް ދިވެހިބޭހަށް ބޭނުން ކުރެވެއެވެ.

ހުނިގޮނޑިދޫނި

ނ. 1 ހުނިގޮނޑީ ތިލަނޫންހައިތަން. 2 ހިކި ބިމުގެ ވިނަގަނޑު މަތީގައި، މަސްކާށި ދޫނިހެން އުޅޭ ހިމަ ދިގު ހަލުއި ދޫންޏެއް.

ހުނިގޮނޑިތިލަ

ނ. ހުނިގޭނުމަށްޓަކައި، ހުނިގޮނޑީގައި ޖަހައިފައި ހުންނަ ފުށްކެނޑި ތިލަ.

ހުނިޖެހުން

މ. 1 ބިލެތްގަނޑުގެ ހުނގުޅުގައި ހުނިކޮޅެއް ތަތްކުރުން. 2 ވައްތައް ގާތްކޮށް ހުންނަ ކެޔޮގަނޑު ފަދަ ތަކެތި ގުނުމުގައި ބިލެތް ހުނިން ފާހަގަ ޖެހުން. 3 [މަޖާޒު] ވަކިފަރާތަކަށް ނުވަތަ ވަކި ސިފައަކަށް މީހަކު ޚާއްޞަކޮށްލުން.

ހުން

ނ. 1 ހަށިގަނޑު ހޫނުވާ ބައްޔެއް. މިބަލީގެ ކިތަންމެ ބާވަތެއް ހުރެއެވެ. 2 (އކ) ބަރުއެއްޗެހި ނަގާއިރު ބާރުލާން ބުނާބަހެއް. 3 ތިމާޔާ ޒުވާބުކުރާ މީހަކު ދެރަކޮށްލާން އިއްވާއަޑެއް.

ހުންބަލާކަށިގަނޑު

ނ. ހޫނުމިން ބެލުމަށްޓަކައި ބިއްލޫރިން ހިމަދިގުކޮށް ހަދާ އެތެރެއަށް ދިރޭރަހަ އަޅާ ބޭރުގައި ދަރަޖަތަކެއް ޖަހައިފައި ހުންނަ އާލާތެއް. މީގެ އެއްކޮޅު ގައި ދިރޭރަހަ ހަރުލާ ވަރަށް ފަލަކޮށް ހުންނަ ތަންކޮޅެއް ހުންނާނެ އެވެ. އެތެރޭގައި ވަރަށް ހިމަ ލޯވަޅެއް ހުރެއެވެ. ހޫނުވުމުން އެލޯވަޅުން ދިރޭރަހަ ދަތުރުކުރާނެ އެވެ. ފިނިވާއިރަށް ފަލަތަނަށް ދިރޭރަހަތައް ފައިބާނެއެވެ.

ހުންބޭސް

ނ. ހުމަށްދޭން ހަދައިފައި ހުންނަބޭސް.

ހުންއައުން

މ. 1 ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުން. 2 ހުން.

ހުންވިހެލުން

މ. ހަށިގަނޑުން ހުމުގެ ހޫނުކަން ފިލުން.

ހުންގަބުޅަ

އ. ބަރުއެއްޗެއް އޮތްތާކުން ހަލުވާލާން ބާރުލާން ބުނާ ހިތްވަރުގެ ބަހެއް.

ހުންގާނުދޫނި

ނ. 1 ފެންމަތީގައި ދުއްވާ އެއްޗެހީގެ ހުންގާނު ދެފަރާތަށް ގެންދާން ހުންގާނުގައި މަހައިލެވޭ ގޮތަށް އޮންނަ އެއްޗެއް.

ހުންގާނުނެތްއޮޑި

ނ. [މަޖާޒު] 1 ސާބިތުކަމެއްނެތްމީހާ. 2 ހަރުދަނާކަމެއް ނެތްމީހާ. 3 މީހަކާނުއިދެހުންނަ ފިރިހެނާ.

ހުންގާނުކުރެދިގަނޑު

ނ. 1 ހުންގާނުގެ ފޫހަރުކުރަން އޭގައި ހަރުކުރާއިލި. 2 ހުންގާނު އިލިގަނޑު.

ހުންގާނުއިލިގަނޑު

ނ. އުޅަކުގައި އަޅުވާން ހުންގާނުގައި ޖަހައިފައި ހުންނަ އިލި.

ހުންގާނުއުޅައްގަނޑު

ނ. ހުންގާނުގެ ފޫ ހިފެހެއްޓުމަށް ހުންގާނުގެ އިލިގަނޑު އެޅުވޭގޮތަށް މައްޔަލުގައި ހަރުކުރާ އުޅައް.

ހުންގާނުވަކިގަނޑު

ނ. މަސްދޯނި ފަހަރުގެ ހުންގާނުގައި އަޅާ ކުރެހުންގަނޑު އިހުގައި ޢާއްމުކޮށް މި ކުރެހުންގަނޑު. އަޅަނީ ސަރުކާރުގެ އުޅަނދު ފަހަރުގައެވެ.

ހުންގާނުމައިފޮތި

ނ. މައްޔަލުގެ ކިއްސަރަށް ކޮށާ މަށާ އޮމާން ކޮށްހަދައި މައްޔަލުގާ ގުޅުވާ ނުވަތަ ހަރުކުރާ ހުންގާނުގެ ފުރަތަމަބައި.

ހުންގާނުމޮއި

ނ. 1 މޮއިހިރު. 2 ފެންމަތީ ދުއްވާ ތަކެތި ދުވެފައި ދާއިރު ހުންގާނު ފުއްބުރުން ފެށިގެން ފަހަތަށް އޮންނަ ރޮނގު.

ހުންގާނުފަހުފޮތި

ނ. ހުންގާނުގެ މައިފޮތީގެ ފަހަތުގައި ގުޅާ ހުންގާނުގެ ފުށްބުރަށް ހިމެނޭ ފަހުބައި.

ހުންގާނުގެ

ނ. އޮޑިފަހަރާއި ބައްތެލިފަހަރުގެ ކުޑަހިޔަލާ ހުންގާނާ ދޭތެރޭ ހިޔާކޮށްފައި ހުންނަގެ.

ހުންޑީ

ނ. އަނެކާގެ ހަވާލުގައި ހުންނަ ތިމާގެ ފައިސާ ދިނުމަށް ދޭ ސިޓީ.

ހުރަހޮޅިގަތުން

މ. 1 ކުރިމަތިވެގަތުން. 2 ކަމަކާ ނުވަތަ މީހަކާ ބެހިގަތުން. 3 ނުބެހޭ ކަމެއްގެ ތެރެއަށް ވަދެގަތުން.

ހުރައްސާރަވަޑާން

ނ. (ހ) އޮޑިދޯނިފަހަރު ބަނދެ ނިމިގެން ކުރާ ކުދި ވަޑާން.

ހުރަގެ

ނ. 1 ކުށްވެރީން ހައްޔަރުކުރާގެ. 2 ޖަލު.

ހުރަސް

ނ. 1 ހަނިދިގު އެއްޗެހީގެ ފުޅާމިން. 2 ގޭގެ މަތިވަޑާން ގަނޑުގައި ހުރަހަށް އަޅާ ވަކަރު. 3 ދަނޑިކޮށީ ކުޅިޖެހުމުގައި ޖަހާއެތިފަހަރެއް. 4 ކުރިޔަށް ދާދިއުން މަނާކުރާ ކޮންމެ އެއްޗެއް. 5 ފެންނަ ފެނުން މަނާކުރާއެތި. 6 ދެއެއްޗެއް ޖެހުނަ ނުދިނުމަށް އެ ދެމެދަށް ވަންނަ ދާފަރާ. 7 ސުންނި އުރަ.

ހުރަސްރެހަ

ނ. ފަނުން ނުވަތަ ފަތިން ވިޔާއެއްޗެހީގައި ހުރަހަށް ހުންނަ ދުޅަ.

ހުރަސްބިހި

ނ. ގައިގެ ތަންތާނގައި ހުރަހަށް ނަގާ ބިހިގަނޑެއް.

ހުރަސްކުނާ

ނ. ކުޑައަށީ އިރުމަތީ ކޮޅުގައި ހުރަހަށް އަޅައި ފައި އޮންނަ ކުނާ. ދިވެހިގޮތަށް އަޅައި ފައި ހުންނަ ގޭ ގޭގެ އެންމެ ޢިއްޒަތްތެރި ތަނަކީމިއެވެ.

ހުރަސްކުރުން

މ. 1 ކަޑައްތުކުރުން. 2 ކުރިކެނޑުން. 3 ދިގަށް އޮތް އެއްޗެއް ހުރަހަށް އަނބުރާލުން. 4 އެއްފަރާތުން އަނެއް ފަރާތަށް ދިއުން.

ހުރަސްއޮޅި

ނ. ކަފިއޮޅި. "އޮޑިދޯނި ފަހަރުގައި އިހިއިންނަފަތް ނޫން ގޮތަށް އަޅާ ކޮންމެ ހުރަސް އެއްޗެއް".

ހުރަސްވަދު

ނ. ފައިވާނާއި މަރުވަޅީގައި ހުރަހަށް ޖަހާފައި ހުންނަ ވަދު.

ހުރަސްފިލާ

ނ. އޮޑިދޯނި ފަހަރުގެ ދިރުނބާ ކޮޅުގައި ސަވާބުޅި ޖަހައި ފައި ހުންނަފިލާ.

ހުރަސްދުޅަ

ނ. ވިޔެފައިވާ ތަކެތީގައި ހުރަހަށް ހުންނަދުޅަ.

ހުރަސްގަޅިލޮނދިމަސް

ނ. ފަރުފަޅުގެ އުރަފަށުގައި ދިރިއުޅޭމަހެއް. މީގެ ކުލައަކީ މަޑުރީނދޫކުލައެވެ. މަހުގެ ބުރަކަށިމަތީގައި ކޮތަރިބައިގެ ކުރީކޮޅުން ފެށިގެން ލޯ ހުރަސްކޮށް ތިރިއަށް ގަދަމުށިކުލައިގެ ރޮނގެއް ހުރެއެވެ. މިބާވަތުގެ މަހުގެ ބޭރު ހަމުގައި އާދަޔާ ޚިލާފު ވިހައެއް އެކުލެވޭ ލޮނދީގެ ފަށަލައެއް ހުރެއެވެ.

ހުރާމަސް

ނ. ބާވަތެއްގެ ފަރުމަހެއް. މިއީ ގާގަލުގައި ތަތްވެފައި އިސްޕަންޖުގޮތަށް ހުންނަ އަޅިކުލައިގެ އެއްޗެކެވެ. މިވައްތަރުވާނީ ދޮންކެޔޮވަކެއްގެ ހަތަރުފަޅި ކޮށް އެއްފަޅިއާއެވެ.

ހުރާގޭދަރިކޮޅު

ނ. ރާއްޖެ އިސްލާންވީ ފަހުން ހަތްވަނަ ޔަށް ރާއްޖޭގައި ރަސްކަންކުރި ޢާއިލާ. މި ޢާއިލާގެ ފުރަތަމަ ރަސްކަލަކީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ ޙުސައިން ދަހަރާ ތަކުރުފާނުގެ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން އަލްޣާޒީޙަސަން އިއްޒުއްދީނު ދޮންބަންޑާރައިން ނެވެ. މިޢާއިލާއިން ތޭރަ ރަސްކަލުން ރަސްކަން ކުރެއްވިއެވެ.

ހުރާގޭތަފާ

ނ. މީހުންގެ ގައިގައި އެމީހާ ބަލިކޮށްލުމަށް ޓަކައި އަތުން ވަކިގޮތަކަށް އަޅާ އެތިފަހަރު.

ހުރިހައި

އކ. 1 އެކުގައި. 2 މުޅީން. 3 އެންމެހައި.

ހުރިހާ

ނއ. ހުރިހައި.

ހުރު

ނ. (ޏ،ސ) ކަރުދާހާއި، ފޭރާމާއި ހަމުގައި ޖެހޭ ރޫ.

ހުރެ

އ. 1 ހެދި. މިބަހުގެ މާނަ ދޭހަވަނީ އެހެން އެއްޗަކާއި ގުޅުވައިގެން ބުނީމައެވެ. މިސާލު: މަދިރިޔާ ހުރެ ނިދޭކަށް ނެތެވެ. 2 (ގ) ރޫ.

ހުބައޯގަ

ނއ. (ނކ) ހުރިހައިކަމަކަށް ރަނގަޅު. މިއީ ނަކަތްތެރިންގެ އިޞްތިލާހެކެވެ.

ހުޅަނގުވިނައަށްވުން

މ. [މަޖާޒު] ކަމެއްމާ ބާރަށް ފެށުމަށްފަހު މާއަވަހަށް ހުލިވެގެން ދިއުން.

ހުޅައްފަނި

ނ. (ސ) 1 ކިލާފަނީގެ ބާވަތެއް. މިހުންނާނީ ކިލާފަންޏަށްވުރެ ކުލަގަދަކޮށް އެ އަށްވުރެ ތަންކޮޅެއް ފަލަކޮށެވެ. ތުންކޮޅު ހުންނާނީ ހުރަހަށް ބުރިކޮށްލީމާ ހުންނަހެންނެވެ. 2 ފެންހަރުފަ.

ހުޅަސް

ނ. (ސ) 1 ވަކަރުގެ އަރިމަތި. 2 ފަތިއެއްޗެހީގެ ހަނިއަރި.

ހުޅި

ނ. 1 ޒީނަތަށް ބޮލުއިސްތަށިގަނޑުން ޖަހާ ގޮށް. 2 ގުޅަކޮށް ހައްޔަރުކޮށްފައި އޮންނަ އިސްތަށި ގަނޑު. 3 އަންހެނުންގެ ރުމާއޮޅާން ކައްޗޭ ބޯފަދަ ތަކެތީގައި ފޮތީން ބަންނަ ބޮނޑި. 4 ބައެއް ދޫނީގެ ބޮލުގައި ވަކީން އުފުލިފައި ހުންނަ ފަތްކޮޅު. 5 ސިންގާ އަސްފަދަ ތަކެތީގެ ކަނދުރާމަތީގައި ވަކީން ދިގުކޮށް އޮންނަ ކެހެރިގަނޑު. 6 (ޏ،ސ) ނާޅި ލާހިފަދަ ތަކެތީން މިނާއިރު އުސްތުނބަށް ހުންނަތަން. 7 ރާޅު އުފުލިގެންދާއިރު ވަކީން އުސްކޮށް ހުންނަތަން.

ހުޅުނބު

ނ. މަސްމަހާއިމެހީގެ ހަންގަނޑުގެ މަތީގައި އަލިކޮށް ހުންނަ ތުނިފޮތިތައް. މިހުންނަނީ ނިޔަފަތި ހުންނަ ޒާތަކަށެވެ.

ހުޅުބަލިފެލާ

ނ. (ޏ،ސ) ޗަސްބިމުގައި ހެދޭ ވިނައެއް މި ވިނަގަސް ހެދެނީ ބަދަބަދައަށެވެ. ވެލެއްހެން، ހެދޭ މިވިނަގަސް ބިންމަތީ ދުވަމުން ދާއިރު ބަދަވަޅު ތަކުން މޫ ފައިބަމުން ދާނެއެވެ. މި އީ ވަރަށް އަވަހަށް ހެދޭ އަދި ގިނަވާ ވިނައެކެވެ. މިގަސް ބިމުން ލުހެލަން އުޅެފިނަމަ ބަދަވަޅުތަކުން ބިންދަ ބިންދައިގެން ދާތީ "ހުޅުބަލިފެލާ" އޭކިޔަނީއެވެ.

ހުޅުވުން

މ. 1 ލެއްޕިފައިހުރި އެއްޗެއްގެ ތެރެ ހާމަކޮށްލުން. 2 ފޮށިފަދަ ތަކެތީގެ ހުޅުލައި ހަރުކޮށްފައި ހުންނަ މަތި ހާކުރުން. 3 ޖެހިފިތިފައި ހުންނަ ދެއެއްޗެއް ފޭކޮށްލުން. މިސާލު: {ހ} ކަތުރު ހުޅުވުން. {ށ} ޗާކުފިޔޮހި ހުޅުވުން. 4 ފިހާރަ މަދުރަސާ މަޢުރަޟް ފަދަތަންތަން ހަދާ ނިމިގެން އެތަންތަން ހިންގާން ފެށުން. 5 އޮފީސް ފަދަ ތަންތާގެ މަސައްކަތް ހިނގާން ފެށުން.

ހުޅުލުން

މ. 1 އެންދުމުގެ ގަސްތުގައި ފުރަތަމައިން އަލިފާން ރޯކުރުން. 2 ހުޅު ހަރުކުރުން.

ހުޅުޖެހުން

މ. 1 އެންދުމުގެ ގަސްތުގައި އަލިފާން ރޯކުރުން. 2 އުޅާފަދަތަކެތީގެ ހުޅު ހަރުކުރުން.

ހުޅެކަޓާނޑާ

ނ. (ގ) ފޭރާން ހަރު ގެ ކަނި.

ހުޅެވިހަނދު

ނ. ހަނދުމަހު ގެ ފުރަތަމަރޭގެ ހަނދު.

ހުކުރަހަތްދޯހަ

ނ. (ލ) ހުކުރު ހަތްދުވަސް.

ހުކުރު

ނ. 1 ހުކުރު ހަތްދުވަހުގެ ފުރަތަމަ ދުވަސް. 2 ހުކުރުދުވަހު މެންދުރު ވަގުތުގައި ޖަމާޢަތުގައި ކުރާ ފަރުޟު ދެ ރަކުޢަތް ނަމާދު.

ހުކުރުހިނގުން

ނ. އިހުގައި ނަމާދުނުކުރާ މީހުންނާއި ހުކުރަށް ނުދާމީހުން ބެލުމަށް ހުކުރު ދުވަހު ހަވީރު ފަނޑިޔާރުގޭގެ ނާއިބު ބޭކަލަކާއި، ދޭވާންޏަ ކާއި މަޖިލީހަށް އަރާ ބޭކަލަކާއި ދުއްރަ ހިފައިގެން ކޮލިހިނގާމަގު ވަށައިގެން ހިނގައިއުޅުނު ހިނގުމެއް. މިގޮތަށް ހިނގާއިރު މަގުމަތިން ފެންނަ ފިރިހެނުންކުރެން ހުކުރައް ދިޔަތޯއާއި، ނަމާދު ކުޅަތޯ އަހައި، ނޫންކަމަށް ވާނަމަ އެމީހުން ތަޢުޒީރުކޮށް ހަދައެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ނައިބުންގެ ފަރާތުން މިކަންކޮށް އުޅުނެވެ.

ހުކުރުހެދުން

ނ. 1 ހުކުރަށްދާން އަޅާ ހެދުން. 2 [މަޖާޒު] އަވަހަށް ބަދަލުވާ ބަދަލުވުމާމެދު ދޭމިސާލެއް. މިސާލު: އިރުވައި ވިއްސާރައެކޭ ހުކުރު ހެދުމެކޭ އެއްގޮތެވެ.

ހުކުރުޚުޠުބާ

ނ. ހުކުރުނަމާދުގެ ކުރީގައި އިމާމުމީހާ ހަރުފަތަށް އަރައި ކިއުއްވާ ޚުތުބާ ނުވަތަ އިއްވާ ވަޢުޡާއި ނަސޭހަތް.

ހުކުރުފަނި

ނ. (ސ) 1 ބިމުގައިއުޅޭ ރަތްކުލައިގެ ފަންޏެއް. 2 އިހުގައި ކޮންމެ ހުކުރުވިލޭރެއަކު މަޣުރިބުނަމާދުން ފޭބީމާ މިސްކިތްދޮށުގައި ބަހައި އުޅުނު ފަންޏެއް.

ހުކުރުޙަދީޘް

ނ. ހުކުރުނަމާދަށް ބަންގިދީފައި މީސްތަކުންނާ ދިމާޔަށް އެނބުރިހުރެ މާމުދިންމީހާ ކިޔައިއުޅުނު މަޝްހޫރު ހަދީޘް.

ހުކުރެދި

ނ. ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެއް. މިއީ ގާތްގަޑަކަށް ދެފޫޓުބަޔަށް ހެދޭގަހެކެވެ. ފަތްތައް ހުންނާނީ ކުރަދިފަތާއި ވައްތަރުކޮށް އެއަށްވުރެ މާތުނިކޮށެވެ.

ހުއިފަތުހިކާ

ނ. ހިކާގެ ބާވަތެއް. މިއީ ހަލުވި ޙަރަކާތްތަކެއްކުރާ ރީތި ހިކައެކެވެ. މަހުގެ ކުލައަކީ ހުއިފަތުފެހި ކުލައެވެ. ބުރަކަށިމަތި ހުންނަނީ ފެހި ކުލައިގައެވެ. މިފެހި ކުލައިގެ ތެރެއިން ރަތްކުލައެއް ފާއްދާފައި ހުރެއެވެ. އަނގައިގެ މަތިން ފެށިގެން ކަރުތާފަތުގެ ކުރީކޮޅާ ހަމައަށް ރިހިކުލަ އެއްގެ ރޮނގެއް ހުރެއެވެ.

ހުއިފަތުނައި

ނ. މޫދުގައި ހުއިގަސްތަކު ތެރޭއުޅޭ ނައެއްކަހަލަ އެއްޗެއް މީގެކުލަވެސް ހުއިފަތާ އެއްކުލަވާނެއެވެ.

ހުއިފަތުފިލޮޅު

ނ. ފިލޮޅުގެ ބާވަތެއް. މިމަހުގެ ތުން ދިގުވެފައި މަހުގެ ހަށިގަނޑުގައި ހުންނަ ހުޅުބުތައް ހަރުވެފައި ބޮޑެއްޗެވެ. މަހުގެ ބޮލުގެ މަތީބަޔާއި ކަރުތާފަތް އަދި ކަންފަތްގަނޑު ގެ ބުޑުދޮށުގައި ހުޅުނބެއް ނުހުރެއެވެ. މި މަހުގެ ކުލައަކީ މުށިކުލައެވެ.

ހުއިފިލަނޑާ

ނ. މޫދުގައިއުޅޭ ދިރޭ އެއްޗެއް. މީގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް އެއްޗެހި ކަޅުކުލައިގައި އުންފަޅައިފައި އަނެއްބައި އެއްޗެހި ކުކުޅުބިސް ކުލައިގައި ކަޅުލައް ޖަހައިފައިހުރެއެވެ. މީގެތެރެއިން ބައެއް އެއްޗެހީގެ ބަނޑުގައި ބިއްލޫރި ކުލައިގެ ހިމަދިގު މަހެއް އޮވެއެވެ.

ހުއިސުން

ނ. 1 މީރުވަސްދުވާ ތޫނު ހިތިރަހަދޭ މުލެއް. 2 ހުވަނދު ބޭހުގެ ބާވަތެއް.

ހުއްބު

ނ. 1 އިހުގައި ކޮންމެ ބުރާސްފަތި ދުވަހަކު ހަވީރު މެދުޒިޔާރަތް ދޮށުގައި މާމުދިން ބޭކަލަކު ކިޔަވާ ކިޔެވެއްޔެއް. 2 (އ) ނިލަމެހިތެރޭގައި ހުންނަ ދޮންނޫކުލައިގެ އެމެއް

ހުއްބޮއި

ނ. (ގ) ކަށިކޭލުގެ އޮށް ފަޅާލައިގެން ނަގާ ހަލާކުނުވެ ރީތިކޮށް ހުންނަ މަދު

ހުއްކަރަ

ނ. (ސ) ފަތުލި ހަކުރު.

ހުއްކަރެ

ނ. (ގ) ފަތުލިހަކުރު.

ހުއްކަރޮ

ނ. (ސ) ފަތުލިހަކުރު.

ހުއްދަ

ނ. 1 އިޒުނަ. 2 ކަމެއްކުރުމަށްލިބޭ އަމުރު. 3 ނއ. ދީނުގައި ކުރުމާ ނުކުރުން ހަމަހަމަ.

ހުއްދަކަން

ނއނ. 1 ދީނުގައި ކުރުމާ ނުކުރުން ހަމަހަމަކަން. 2 އިޒުނަ ލިބިފައިވާކަން.

ހުއްދަކުރުން

މ. 1 އިޒުނަ ލިބިގެންވާ ކަމަކަށް ހެދުން. 2 ހަލާލު ވާ ގޮތް ހެދުން.

ހުއްދަވުން

މ. 1 ހަލާލުވުން. 2 އިޒުނަލިބިގެންވުން. 3 މަނާކަންކެނޑުން.

ހުއްސަރިބައި

ނއ. 1 ހުސްހަށިބައި. 2 އަނބަކު ނުވަތަ ފިރިޔަކު ނެތް.

ހުއްސަރިބައިވުން

1 ހުސްހަށިބައިވުން. 2 އަނބަކު ނުވަތަ ފިރިޔަކު ނެތުން.

ހުއްޓި

ނ. 1 ފުރާޅު ބަނުމުގައި ހުރަހަށް ބަހައްޓާ ދަނޑި. 2 ފުޅަށް އެޅުމުގައި ދުރު ދޭތެރެ ބައްދާން ބަހައްޓާ ދަނޑި. 3 ފުޅަލީގައި ކޮޅަށް ބަހައްޓާ ދަނޑި. 4 ލިޔާއިރު ޖުމުލަ ނިމުމުގައި ޖަހާ ތިކި. (ފުލުސްޓޮޕް.)

ހުއްޖަތް

ނ. 1 ބަހުން ދައްކާހެކި. 2 ކަމެއް ސާބިތުކޮށް ދިނުމަށް ދައްކާ ދަލީލު. 3 މަކަރު. 4 ދައްކާ ބަހަނާ.

ހުވަ

ނ. [ބޯދާ] ފަސޭހަ.

ހުވަނދުކޮތަން

ނ. ފަތުގައި މީރުވަސްދުވާ ކުޑަވަރެއްގެ ގަހެއް. މި ގަހަކީ ފަތްބޯކޮށް ހުންނަ، ފަތުގައި ކެހެރި ހުންނަ ޅަނދޮޅުކޮށް ހެދޭ ގަހެކެވެ. މިއީ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.

ހުވަނދުމިރިގަނޑު

ނ. ލޮލުގައި ރިހޭތީ ނިއްކުރީގައި އަޅާން ހުވަނދުބޭހާ، މިރިޔާ އެއްކޮށްގެން ހަދާ ބޭސްގަނޑެއް.

ހުވަނދުގޮށި

ނ. ހުވަނދުއަޅާން ބިލެތްގަނޑަކުން ރޫޖައްސައިގެން ހަދާގޮއްޓެއް. މިއީ ހުކުރު ދުވަހު ހުކުރުކުރާ ޚަޠީބެއްގެ ގެއިން މުދިން ބޭކަލަކު މިޙްރާބުގޭގައި ތިއްބަވާ ބޭކަލުންނަށް ދޭން ހުވަނދު ގެންގޮސް އުޅުނު އެއްޗެކެވެ.

ހުވަނި

ނ. 1 ހޫނުމޫސުމަށް ބައެއްގަސްގަހުގައި އަޅާ ވިހަފަންޏެއް. މިޖެހުނީމާ ގައިކަހައި ބިހިނަގައެވެ. 2 (ޏ،ސ) ކަޅުބިލަމަސް ބާނާ ބުޅި.

ހުވަން

ނ. 1 އަށާވީސް ނަކަތުގެ ތެރެއިން ތޭވީސްވަނަ ނަކަތް. 2 އިރުވައި މޫސުމުގެ ހަތަރުވަނަ ނަކަތް. 3 އެއްޗެއްގެ ޚަބަރު. މި ބަސްގިނައިން ކިޔައި އުޅެނީ "ހިލަން" މި ބަހާ ގުޅުވައިގެންނެވެ. މިސާލު: އޭނާގެ ހުވަން ހިލަން ވެސް ނުވެޔޭ ބުނެފި ނަމަ އެއީ އޭނާގެ އެއްވެސް ޚަބަރެއް ނުވެއޭ ބުނުމެވެ. 4 (ޏ،ސ) ނަގުލުވައި. [ބޯދާ] 5 މައްޗަށް އެރުން.

ހުވަންދިނަށަ

ނ. އިރުވައި މޫސުމުގެ ހަތަރު ވަނަ ނަކަތާއި ފަސް ވަނަ ނަކަތަށް އެއްކޮށް ކިޔާގޮތް.

ހުވަރޮދި

ނ. ކުއްޖާއަށް ހަތްދުވަސްވާ ދުވަހު އަތްފައިގައި ފުރަތަމަ އަޅައިދީ އުޅުނު ނުއިރޮދިކޮޅު. މިކަމަށް ފައްޓަރުފަށެއް އެޅިޔަސް ކިޔަނީ މިހެންނެވެ.

ހުވަކުރުން

މ. 1 ފަސޭހަކުރުން. 2 ލުއިކުރުން.

ހުވަފަތް

ނއ. ފިރިމަރުވެފައި މީހަކާ ނުއިދެ އިން.

ހުވާސްނެތުން

މ. ކޮންމެ އެއްޗެއް ނަމަވެސް އޭގެ އެއްވެސް ކަހަލަ އަސަރެއްނެތުން.

ހުފީބަތެ

ނ. (ގ) 1 މަތިކަރާބޭސް ލައިގެން ހަނޑުލުގައި ކައްކާ ބޮނޑިބަތެއް. 2 ކުޅި ބޮނޑިބަތް. 3 ފުއްޕި ބަތް. މިތަފާތު ސިފަ ސިފައަށް ހިކި ކެޔޮފަތުގައި ބަންދުކޮށްފައި ހުރެއެވެ.

ހުދަންބަރު

ނ. ހުދުމާވަހަރު.

ހުދުހަން

ނ. އަތްތިލަޔާއި ފައިތިލައިގެ ބަނޑުފުށުގައި ހުންނަހަން.

ހުދުހަކުރު

ނ. (ސ) ސާފުކޮށްފައި ހުންނަ ދޯބުރާލިހަކުރު.

ހުދުހައިވަކަރު

ނ. ހައިވަކަރުގެ ބާވަތެއް.

ހުދުހިލަފާޖާރު

ނ. ވިހައިގެ ބޭހެއް. މިއީ ހުދުކުލައިގެ މަޢުދަނީ އެއްޗެކެވެ.

ހުދުރަން

ނ. ހުދުކުލަގައި ހުންނަ، ވަރަށް އަގުބޮޑު މަޢުދަނެއް. މިއީ، ނާދިރު ހަ، މަޢުދަނުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިވިރެނީ އެއްހާސް ހަސަތޭކަ ހަތްދިހަ ހަތެއް ޕޮއިންޓު ފަހެއް ޑިގްރީ ސެންޓިގްރޭޑަށް ހޫނުކަންގޮސް ގެންނެވެ.

ހުދުރަންކަރު

ނ. ބޭސް ހަދަން ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް. މިއީ ވިހައިގެ ބޭހެކެވެ.

ހުދުރާ

ނ. (ސ) ކުކުޅު ކައިރީގައި ހައު އަޅާ ފަރި.

ހުދުރޮނޑު

ނ. ރޮނޑުގެ ބާވަތެއް. މިރޮނޑުގެ ހަށިގަނޑު ހުންނަނީ ހުދުކުލައިގައި ވަރަށް އޮފުގަދަކޮށެވެ. ހަންގަނޑުގެ ކޮތަރިން ތިރިއަށް ހުންނާނީ ހުދުކަލައެވެ. ބޮލާ ހަށިގަނޑާ ގުޅުނު ހިސާބުގައި ހުރަހަށް ކަޅުކުލައިގެ ދެ ރޮނގު ހުންނާނެއެވެ. ބުރަކަށީގެ މަތީ ކޮތަރިބައި ފެށޭ ހިސާބުގައި ކަޅުކުލައިގެ ކައްޓެއް ހުންނާނެއެވެ.

ހުދުކައިރު

ނ. 1 ބޭސްހަދަން ގެންގުޅޭ ކައިރެއް. 2 އާދައިގެ ކައިރަށްވުރެ ކުލަމަޑު ކައިރުގެ ބާވަތެއް.

ހުދުކާޅު

ނ. 1 ހުދުފަތް ހުންނަ ކާޅު. މިއީވަރަށްމަދު އެއްޗެކެވެ. 2 [މަޖާޒު] ތިމާގެ މީހަކު ނުވަތަ ރައްޓެއްސަކު އެތައް ދުވަހަކު ނައިސްހުރެފައި ގެއަށްއައިމައި، ހިތްހެޔޮކަމާއިއެކު ސަމާސާއަށް ބުނެއުޅޭ ބަހެއް. މިބަސް ބުނެއުޅޭ ގޮތަކީ "އައްދޭ! ހުދުކާޅެއްދޯ!" 3 ނާދިރުއެއްޗެހި.

ހުދުކާފޫރު

ނ. ހޫނުގަދަ ރަށްރަށުގައި ވަރަށްގަދަޔަށް ހެދިފައިހުންނަ ފެހިކަން ގަދަ ގަހަކުން ނެގޭ ތަތްކަންބޮޑު ކިރެއް. މިދިޔާނުވެ އާތްވަށް އަރައިގެން ދެއެވެ. މިއީ ބޭހަށައާއި ޚަނޫޠު ހެދުމަށް ބޭނުންކުރާ އެއްޗެކެވެ.

ހުދުއަނދުން

ނ. ލޮލުބޭހަށް ގެންގުޅޭ ހުދުކުލައިގެ މަޢުދަނެއް.

ހުދުއިށިމިޔަރަ

ނ. (ސ) އުރަހައިގެ ކޮޅު ހުދުކޮށް ހުންނަ މިޔަރު.

ހުދުވެސްލީނު

ނ. ތަކެތިއެއްނުކޮށް ހުންނަ ބޭހަށް ގެންގުޅޭވެސްލީނު.

ހުދުމަޅު

ނ. ބޭހަށްގެންގުޅޭ ވައްތަރެއްގެ ލާއްޓެއް.

ހުދުމާވަހަރު

ނ. ހުދުއަޅިކުލައިގެ މާވަހަރު.

ހުދުފިހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހުދުލައްފާނަ

ނ. ފާނައިގެބާވަތެއް. މިމަހުގެބޮލުގެ ދިގުމިން ހަށިގަނޑު ގެއެންމެ ފުޅާ ހިސާބަށްވުރެ ދިގުވާނެއެވެ. މަހުގެ ބޮލުމަތިންދެ ލޮލުގެ ދޭތެރެ ހުންނަނީ އެއްވަރަކަށް ފަތާ ކޮށެވެ. މަހުގެ ކަރުތާފަތުގެ ކޮޅުހުންނާނީ ކޮޅަށް އޫ ކޮށެވެ. އަދި ކަރުތާފަތުގެ މަތީބައި ހުންނަނީ ވަރަށް ތެދަށެވެ. މިމަހުގެ ކުލައަކީ ކަޅުކުލައަކަށް ދާ ގަދަމުށިކުލައެވެ. މަހުގެ ބޮލުގައްޔާއި ހަށިގަނޑުގައި ހުދުކުލައިގެ ލައްތަކެއް ވަރަށްފާޅުކޮށް ފެންނަން ހުރެއެވެ.

ހުދުލަފު

ނ. 1 އިންސާނުންގެ ހަމުގައިނަގާ ހުދުކުލައިގެ ބައްޔެއް. 2 ބައެއް ޖަނަވާރުގައި ހުންނަ ހުދުކުލައިގެ ތަންތަން.

ހުދެއޮނޓާމޭރެ

ނ. (ގ) އުރަހައިގެ ކޮޅުކަޅު މިޔަރު.

ހުތުރުބަސް

ނ. އަދަބާ ޚިލާފުގޮތަށް ބުނެއުޅޭބަސް. މިސާލު: "ކާށޭ" ބުނުމުގައި "ކޮފާށޭ" ބުނުން. ވާހަކަ ނުދައްކާށޭ ބުނުމުގެ ބަދަލުގައި "އަނގަ ނުގަޅާށޭ" ބުނުން.

ހުތެއަނބުލު

ނ. (ގ) މުރާކީގެ ހުތްރަހަދޭ ބާވަތެއް.

ހުތް

ނ. 1 ލުނބޯއާއި ބިލަމަގު ފަދަތަކެތީގެ ދިޔަ. 2 ލުނބޯ އާއި ނާރިނގާއި ބަނބުޅަބޮސް ފަދަ ތަކެތީގެ ތެރޭގައި ހުންނަ ފިތްނުވަތަ ބައި. 3 ރުކުރާ މޭބިސްކަދުރު ދިޔަ ފަދަ ތަކެއްޗަށް ވަކި މުއްދަތެއްވުމަށްފަހު ކިޔާނަން. 4 ލުނބޯ އާއި ބިލަމަގު ފަދަތަކެތީގައި ހުންނަރަހަ. މިބަސްނަން އިތުރެއްގެ ގޮތުންވެސް ބޭނުންކުރެއެވެ. މިސާލު: {ހ} ހުތް އަންނާރު. {ށ} ހުތް ކުންނާރު. 5 (އ) މޫދުތެރޭ ގަލުގައި ހިއްޕައިގެން އިންނަ އެއްޗެއް. 6 [މަޖާޒު] ނުބައި ކަމަކަށް ދޭނަސޭހަތް

ހުތްހަކުރު

ނ. ހުތްވެފައި ހުންނަ ދިޔާހަކުރު.

ހުތްރަހަ

ނ.1 ހުތުގައިދޭރަހަ 2ހުތް

ހުތްބަރަބަރަ

ނއ. ހުތްރަހަ މާގަދަކަން ދެއްކުމަށް ބުނާބަހެއް.

ހުތްބޭސް

ނ. ހަމުގެ ބައެއް ބަލިބަލީގެ ބޭހަށް ގެންގުޅޭ ބާވަތެއްގެ އަލިފާން އާތްވެއް.

ހުތްކަން

ނއނ. ހުތްރަހަ ދޭކަން.

ހުތްކިރު

ނ. ދަހީ އާއި ފެނާ އެއްކޮށް ގެން ހަދާ ބުއިމެއް.

ހުތްވަސް

ނ. 1 ހުތްވެފައި ހުންނަ އެއްޗެހިން ދުވާ ވަސް. 2 ދާވެފައި ހުންނަ ފޭރާމާއި ހަޑިކޮށް ހުންނަ މީހާގެ ގައިން ދުވާ ވަސް.

ހުތްވުން

މ. ކައްކައިފައި ހުންނަ ރިހަޔާއި ބަތްފަދަ އެއްޗެހި ގިނައިރުވުމުން ނުބައިވުން.

ހުތްމަސްކާށި

ނ. ލައިގެން ކާއެއްޗެއް. މިހަދަނީ ކިހައް، ހިކިމަސް، ކާށި، ފިޔާ، ހުތް، މިރުސް، ލޮނު، މިތަކެތި ލައިގެންނެވެ.

ހުތްފޮނި

ނއ. ހުތްރަހަޔާއި ފޮނިރަހަ އެކުލެވިގެންވާ.

ހުތްދިނުން

[މަޖާޒު] 1 ތިމާ ބޭނުން ގޮތަކަށް އަނެކަކު އަނބުރައިލުމަށް ޓަކައި ވާހަކަ ދައްކައިގެން ހެއްލުން. 2 ނުބައި ކަމަކަށް ނަސޭހަތް ދިނުން.

ހުތްތެޔޮ

ނ. ރާހުތް އަޅައިގެން ހަދާ ވައިތެލެއް. މިތެޔޮ އުނގުޅަނީ ތަންތަން ޅައި ކުރާށެވެ.

ހުލި

ނ. 1 ގަސްގަހުގައި އަޅާ އާދައާއި ޚިލާފަށް ކުދިވެ ބޭނުންނުހިފޭގޮތް ވެފައި ހުންނަވައް. 2 މަދު ނުހުންނަ އޮށް. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަ ވާއިރު އެއަށްލިބޭންވީ ސިފަ އުނިވެފައިވާ ބާވަތް. 4 އެނދުމުގެ ސަބަބުން ނެތިގެންދާ ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކު ފަދަތަކެތި އާތްވަށްވެގެންދާ ދިއުން. 6 ލޮނުމެދު ކާފޫރުތޮޅި ފަދަތަކެތި ހިކެމުން ކުޑަވަމުންދާ ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުންދާ ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ، މިބަސް ބޭނުން ކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުލިވުން

މ. 1 ގަސްގަހުގައި އަޅާ މޭވާ ފަދަ ތަކެތި އާދަޔާ ޚިލާފަށް ކުދިވެ ބޭނުން ހިފޭގޮތް ނުވުން. 2 މަދުހުންނަ އޮށުގައި މަދުނެތުން. 3 ގަސްގަހުގައި އަޅާއެއްޗެތި ފުރިހަމަވާއިރު އެއަށް ލިބޭންވީ ސިފަ އުނިވެފައިވުން. 4 އެނދުމުގެ ސަބަބުން ނެތިގެން ދިއުން. 5 ހުދުކާފޫރާއި ކަރުބޮލަކުފަދަ ތަކެތި އާތްވަށް ވެގެން ދިއުން. 6 ލޮނުމެދު ކާފޫރުތޮޅިފަދަ ތަކެތި ކުޑަވަމުން ދިއުން. 7 [މަޖާޒު] ވިޔަފާރީގައި ގެއްލުންވަމުން ދިއުން. 8 ނއ. ހިމަ، ކަމީނާ، ކުޑަ. މިބަސް ބޭނުންކުރަނީ ފުރާނަހުރި ތަކެއްޗާ މެދުގައެވެ.

ހުސެންދަރި

ނ. 1 އޮޑިދޯނިފަހަރުގެ ހުރަސްފިލާގެ ދެކޮޅުގައި ވާއައްސާން ލަކުޑިން ޖަހާފާ ހުންނަ ދެމޫޓު. 2 (ޏ،ސ) އޮޑިދޯނިފަހަރުގެ ދިރުނބާކޮޅުގައި ވާއައްސާން ހުންނަ ދެމޫޓުގެ ތެރެއިން ކުޑަވަނި ފަރާތުގައި ހުންނަ މޫޓު.

ހުސް

ނއ. 1 އެއްޗެއްނެތް. މިސާލު: މިއީ ހުސްފުޅިއެކޭ ބުނެފިނަމަ އެއީ އެއްޗެއްނެތް ފުޅިއެކެވެ. 2 މުޅީން. 3 އެކީ. މިސާލު: މިދަތުރުގެނައީ ހުސްހަކުރޭ ބުނެފިނަމަ އެއީ މިދަތުރު ގެނައީ މުޅިން ހަކުރެވެ. ނުވަތަ މިދަތުރު އެކީގެނައީ ހަކުރެވެ. 4 މީހަކުނެތް. މިސާލު: ހުސް މަޤާމް. 5 ހަމައެކަނި. މިސާލު: ކެއީ ހުސްބަތް.

ހުސްނުހީނާ

ނ. މީރުވަސްދުވާ މަލެއް އަޅާގަހެއް. މިއީ ވާކޮށްފެތުރި ހެދޭގަހެކެވެ. މިއީ ފަތްގިނަ ގަހެކެވެ. މާހުންނާނީ މަޑުފެހިކުލައިގައި ކޯޅި ކޯޅި އަށެވެ. މި މާ ހުންނާނީ ކުޑަކޮށް ހިމަދިގު ކޮށެވެ. މީގެ މަލުގައި ހުންނަނީ ފަސް ފިޔައެވެ. މި ގަހުގައި އަޅާ މާ ހަތްފަހަރަށް ފޮޅެއެވެ.

ހުސްކުރުން

މ. 1 އެއްޗެއްގައި ނުވަތަ ތަނެއްގައި ހުރި އެއްޗެއް ނުބަހައްޓައި ނެރުން ނުވަތަ ވަކިކުރުން. 2 އެއްޗެއްގައި ހުރި އެއްޗެއް ނުހުންނާނޭގޮތް ހެދުން.

ހުސްތަން

ނ. 1 ހުސްޖާގަ. 2 އެއްޗެއްނެތް ތަންތަންކޮޅު ނުވަތަ އެއްޗެއްނެތް ހިސާބު. 3 ނުފުރިހުރި ހިސާބު. 4 ފުރިހަމަ ނުވެ އޮންނަ ބައި.

ހޫނު

ނ. 1 ފިނީގެއިދިކޮޅު. 2 އަލިފާނާއި ކައިރިވީމާ ކުރާއަސަރު. 3 އަވީގައި ހުރީމާ ހަށިގަނޑަށް ކުރާ އަސަރު. 4 (ގ) ކާށިހުނި. [މަޖާޒު] 5 ރުޅި. 6 ފޯރިގަދަ. 7 ގަދަޒުވާބު.

ހޫނުކަން

ނއނ. 1 ފިނީގެ އިދިކޮޅުކަން. 2 އަލިފާނާއި ކައިރިވީމާ ހޫނުގެ އަސަރުކުރާކަން. 3 އަވީގައި ހުރީމާ ހަށިގަނޑަށް ހޫނުގެ އަސަރުކުރާކަން. [މަޖާޒު] 4 ރުޅީގެ އަސަރު ހުރިކަން. މިސާލު: މިއަދުގެ މެޗު ހުއްޓާލީ މާބޮޑަށް މެޗު ހޫނުވުމުގެ ސަބަބުންނެވެ. 5 ފޯރިގަދަކަން. 6 ގަދަ ޒުވާބު ކުރާކަން.

ހޫނުވައި

ނ. 1 ހޫނުކަން ހުންނަވައި. 2 ފަރުބަދަމަތިން ސަހަރާއަށް އަންނަ ވައި. މިވައިގައި ދިލަހޫނެއް ހުރެއެވެ.

ހޫރަހި

ނ. 1 އެއްޗެއް ބަންނައިރު އެއްފަށުގެ މަތިން އަނެއްފަށް ކައްތިރި ވާހެން ބަންނަ ބަނުން. 2 (ސ) ހަތަރު އަނގޮޅި.

ހޫރައިލުން

މ. 1 އެއްޗެއްގެ އެއްކޮޅުގައި ހިފަހައްޓާފައި އަނެއްކޮޅު ފަރާތް ފަރާތަށް ބާރަށް ގެންދިއުން. 2 ނުރުހިގެން އެއްލައިލުން.

ހޫރުން

މ. 1 އެއްކޮޅު ހިފެހެއްޓިފައިވާ އެއްޗެއްގެ އަނެއްކޮޅު ހެލުން. 2 އަވަސް އަވަހަށް ފަރާތް ފަރާތަށް ދިއުން. 3 [މަޖާޒު] އާވާރާވެގެން އުޅުން.

ހޫޅައްޕަނިވެމެ

ނ. (ގ) 1 ހަރުފައިގައި ހުންނަގޮތަށް ކުރެހުމެއް ހުންނަވެނެއް. 2 ފޫޅަށްފުންމި.

ހޫކު

ނ. އެއްޗެހީގައި އަޅުވާން ނުވަތަ އެއްޗެހި އޭގައި އަޅުވާން ވިރިކެކޭ ތަކެތީން ހަދައިފައި ހުންނަ ބުޅި. މިސާލު: {ހ} ބޯޓު ހޫކު. {ށ} ތަޅުދަނޑި އަޅުވާ ހޫކު.

ހޫކުޅި

ނ. (ގ) ފާނަޔާ ވައްތަރު، ބޮލުގައި ކައްޓެއް ހުންނަ ވިހަ މަހެއް.

ހޫފަތި

ނ. (ގ) 1 ތުނބި. 2 މޫދުވިނައިގެ ތެރޭގައި އުޅޭ މުޅިއެތީގައި ކެހެރި ފަޅައިފައި ހުންނަ ފަންޏެއް. މިފަނި ޖެހިއްޖެއްޔާ ދިލަ ނަގާ ކަހައި ފިތް ނަގާނެއެވެ.

ހޫލަ

ނ. [ނަކަތްތެރި] 1 ނަކަތްތެރީން ނަކަތް ހިމަނާން ގެންގުޅޭ ކުރަހާފައި އޮންނަ ތާވަލު. 2 އެއްޗެއްގެ ބައިތައް ވަކި ވާގޮތަށް ރޮނގު ކުރެހުމުން ކުރަހައި ފައިވާ ކުރެހުން.

ހެހުން

މ.1 ފޭރާއިން ނުވަތަ އެފަދަ އެއްޗަކުން ކާށިފަދަ ބޮނބި ހުންނަ އެއްޗެހީގެ ބޮނބި ނެއްޓުން. 2 ކޮޅަށް ހުރިތޫނު އެއްޗަކަށް އެތެރޭގައި ހޮއި އޮންނަ އެއްޗެއް މަތިން ވެއްޓި އެމުނުން. 3 [މަޖާޒު] ނަހަމަ ގޮތުން ބިކުރު ކަނޑައިލުން.

ހެހެސް

ނ. މީހަކާ ހިތާވެގެންގޮސް ހައްދު ފަހަނައަޅާ ދާދިއުން.

ހެހެސްގަތުން

މ. މީހަކާ ހިތާވެގެންގޮސް ހައްދުފަހަނަ އަޅައި ދިއުން.

ހެނދު

ނ. ޤުދުރަތީ ގޮތުން ހެދިފައި ހުންނަ ނެރުކަހަލަ ބޮޑެތި ފުންތަންތަން.

ހެނދުން

ނ. ދުވާލުގެ ހަތަރުބައިން ކުރީބައި ނުވަތަ ދުވާލުގެ ފުރަތަމަ ތިންގަޑި.

ހެނގަމަސް

ނ. ވާއްޔާ ވައްތަރުމަހެއް. އާންމުކޮށް މި މަސްބޮޑުވަނީ މެދުމިނު ފަނިހަންޖަކާ އެއްވަރަށެވެ

ހެނގާލި

ނ. ހިނގަހަލި.

ހެނިހިރި

ނ. (ޏ) ހުކުރު ހަތްދުވަހުގެ ތެރެ އިން ދެވަނަ ދުވަސް.

ހެނެހިރި

ނ. (ސ) ހުކުރު ހަތްދުވަހުގެ ތެރެ އިން ދެވަނަ ދުވަސް.

ހެން

އ. 1 ކަހަލަ. 2 ފަދަ. 3 އެއްގޮތަށް. މިސާލު “ކަލޭ ބައްޕަ އުޅޭހެން އުޅޭ” 4 ވައްތަރަށް.

ހެންވޭރުޓަކި

ނ. [މަޖާޒު] މާ ބާރަށް ބޮލުގައިޖަހާ ޓަކި. މި ޓަކި ޖެހުމުން މީހުން ބައެއްފަހަރަށް މަރުވެސް ވެއެވެ.

ހެރަ

ނ. (ސ) 1 ސޫފާސޫފީގެ ހަރު. 2 ހުރާ.

ހެރަސްދަނޑިގަނޑަ

ނ. (ސ) ދޯނިފަހަރުގެ ފިލާގަނޑުގެ ފަހުފޮތި.

ހެރެ

ނ. (ގ) ހަރު.

ހެކި

ނ. 1 ތިމާގެ ބަސް ތެދުކުރުމަށް ދައްކާ ހަމަ. 2 ތިމާގެބަސް ތެދުކަން ސާބިތުކޮށް ދިނުމަށް ވާހަކަ ދައްކާ އަނެކާ. 3 ނިޝާން. 4 ފާހަގަ.

ހެކިވުން

މ. 1 ތެދުކޮށް ޤަބޫލުކުރުން. 2 ހެއްކެއް ކަމުގައިވުން. 3 އެހެން މީހަކު ނުވަތަ ބަޔަކު މީހުން ބުނިބުނުމެއް، ނުވަތަ ކުރިކަމެއް، ދެނަހުރިކަމަށް ނުވަތަ އަޑުއެހިކަމަށް ބުނެ އެއްބަސްވުން.

ހެކިވެރިވެލާ

ނ. 1 ދެ ވެލާ ޖޯޑުވާއިރު ބަލާން އޮންނަވެލާ. 2 [މަޖާޒު] ސިއްރު ގޮތުގައި ދެމީހަކު ޖާމިލުކޮށްފައި ފާރަވެރިވެގެން ހުންނަމީހާ.

ހެއި

ނ. 1 ވާނުވާ އެނގުމުގެ ބާރު. 2 ބުއްދި. 3 އަށާވީސް ނަކަތުން ފަނަރަވަނަ ނަކަތް "ހުޅަނގު މޫސުމުގެ ނަކަތެއް" 4 އ. ސުވާލުކުރުމުގެ ޖުމުލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: "އިބުރާހީމް އަތުވެއްޖެހޭ؟" މިބަހަށް "ހޭ" މިހެންވެސް ކިޔައެވެ.

ހެއިނެތި

ކއ. ހައިނުކޮށް މިސާލު : "ބުންބާބޭގެ ތުނބުޅީގައި ހޭނެތި ދެކޮތަރުބިސް އަޅަޔޯ"

ހެއިއެރުން

މ. 1 ވާނުވާ ނޭނގުމަށްފަހު ވާނުވާ އެނގުން. 2 ތަންދޮރު އެނގުން. 3 ނިދިން ހޭލެވުން. 4 ހަމަބުއްދި ލިބުން. 5 ވަތްހޭލާން ފެށުން. 6 އަޑިއެނގެން ފެށުން. 7 ކަމެއްގެ މައްޗަށް ވިސްނުން ތެރިވުން. މިސާލު: އޭނާއަކީ ވިޔަފާރިއަށް ހޭއަރާމީހެކެވެ.

ހެއިޖެއްސުން

މ. 1 ވިސްނައިދީ މަގަށް އެޅުވުން. 2 ހޭނިތިފައިވާ މީހަކު ހޭއެރުވުން. 3 (ސ) ނިދައިފައި އޮތްމީހަކު ހޭލެއްވުން. 4 އިހުގައި ރަސްކަލަކު މީހަކަށް ބަނޑުހަނޑޫ ލިބޭފެންވަރުގެ ވަޒީފާ އެއް ދެއްވުން.

ހެއުހިނގަމަސް

ނ. (ސ) ހިނގަމަހުގެ ތެރޭގައި ހިމެނޭ ތެޔޮގިނަ، މަސްގަނޑު މަޑު ބާވަތް. މިބާވަތުގެ މަހަށް މިޔަރު ދަހިވާނެއެވެ.

ހެއުމީހާ

މ. (ޏ) މަހަށްގޮސް ތިބޭއިރު ކުރުމަހަށް ކިޔާނަމެއް.

ހެއުމީސްވުން

މ. މީހަކާމެދު އަނެކުންގެ ދުލުން ރަނގަޅު ހެޔޮމީހެކޭ ބުނެވުން.

ހެއްވާމީހާ

ނ. 1 ހިނިއަންނަ ޒާތުގެ ކަންތައްކުރާ މީހާ. 2 ހިނިއަންނަ ކަހަލަ ވާހަކަ ދައްކައި ހަދާމީހާ. 3 މީހުން ހެއްވަން އުޅޭ މީހާ. 4 [މަޖާޒު] ކަމުނުދާމީހާ.

ހެއްދުން

މ. 1 ގަސްބޮޑުކުރާން މަސަކައްކުރުން. 2 ޒީނަތްތެރިކުރުވުން. 3 ދޮގު ތާރީފުކޮށްގެން މީހަކު ހެއްލުން. 4 ރެޓުވުން. 5 ތިމާ އަނެކަކު ލައްވާ އެއްޗެއް ހެއްދުން.

ހެއްދެވިހައި

ނއ. 1 ވަނިވިހައި. 2 އުފެއްދެވި އެންމެހައި.

ހެއްލުން

މ. 1 ތިމާ ބޭނުންގޮތަކަށް އަނެކާ އަނބުރައި ލުން. 2 ތިމާގެ ބަސްދަށުލުން. 3 އުނދޯލިފަދަ ތަކެތި ދެފަރާތް ދެފަރާތަށް ދާނޭގޮތް ހެދުން. 4 މީހަކުލައްވައި އަތުން އެދުން ފުއްދުވުން. 5 ހެލުން މިބަސް ކުރުވުމުގެ މާނައިގައި ބޭނުން ކުރާގޮތް

ހެއްލުންތެރި

ނއ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރިގަންނަ.

ހެއްލުންތެރިކަން

ނއނ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރި ގަންނަކަން.

ހެއްލުންތެރިވުން

މ. މީހުންގެ ބަހަށް ނުވަތަ ތިމާގެ އަމިއްލަ އެދުމަށް އެއްވެސް ވިސްނުމަކާ ނުލައި އެނބުރި ގަތުން.

ހެއްލުމެއްގައިގެއްލުމެއް

[މުސްކުޅިބަސް] 1 އަމިއްލައަށް ވިސްނުމަކާނުލައި އަނެކާގެ ބަހަށް ކަންތައް ކުރުމުން ލިބޭ ގެއްލުމަށް ބުނެއުޅޭ ބަހެއް. 2 ކަމަކާއިމެދު ވިސްނަންވީ ވަރަށް ނުވިސްނައި ކަންތައް ކުރުމުން ލިބޭގެއްލުމަށް ބުނެއުޅޭ ބަހެއް.

ހެއްޓިޖެހުން

މ. ނައުފަހަރުގެ ތަޅާކުރެވި ޖެހުން.

ހެއްޕުން

މ. 1 ހެއްޕުވުން. 2 އަނެކާ ހަފާނެގޮތް ހެދުން.

ހެވާއިންފަނިދެމުން

މ. (ސ) [މަޖާޒު] މިނަށްވުރެ ބޮޑުކޮށްފައި ވާހަކަ ދެއްކުން.

ހެވި

ނ. ކަނޑިއާއި ބަޑި އާއި ލޮންސި ފަދަ ހަތިޔާރަށް ކުލަދާނަ މީހާ.

ހެވިން

ނ. ކަނޑިބަޑި ލޮންސިފަދަ ހަތިޔާރަށް ކުޅަދާނަ މީހުން.

ހެވިކަން

ނއނ. 1 ހަނގުރާމަވެރިކަން. 2 ކަނޑި، ބަޑި ލޮންސި ފަދަ ތަކެއްޗަށް ކުޅަދާނަ ކަން.

ހެވޭ

އކ. 1 ވަރިހަމައޭ. 2 ފުދިއްޖެއޭ. 3 އެހީލިބެއޭ. 4 "ހެވުން" މިމަސްދަރުގެ ވޭވޭ ހުރިކަން.

ހެދި

އ. 1 ސަބަބުން. މިބަހުގެ މާނަ ދޭހަވަނީ އެހެން އެއްޗަކާ ގުޅުވައިގެން ބުނީމައެވެ. މިސާލު: މިދަތުރު އައުދެވުނީ އޭނާޔާހެދިއެވެ. 2 ތައްޔާރުކުރި. 3 އުފެއްދި.

ހެދިރަން

ނ. ރަނުގެ ގަހަނާ.

ހެދިކައިރު

ނ. ކައިރުސާފުކޮށް ފިނިފެނުގައި ކައްކައި އޮލަކޮށް ރަހަ މީރުކުރުމަށްޓަކައި އަތަރުފަދަ ތަކެތި އަޅައި، ގުޅަވަށައިގެން ދުފަން ގެންގުޅޭ ކައިރެއް.

ހެދިއަކުރު

ނ. އަރަބިއަކުރުގައި ނުކުތާ ޖަހައިގެން ވިޔަނިތައް ހަދައިފައި ހުންނަ އަކުރު.

ހެދިގެންއުޅުން

މ. 1 ތިމާހުރިގޮތް ނޫން އެހެން ގޮތަކަށް ދެއްކިގެން އުޅުން. 2 ވަކި މީހަކާ ވައްތަރު ވާންވެގެން އެ މީހެއްގެ ގޮތްދައްގައިގެން އުޅުން.

ހެދުންލުން

މ. ހަށިގަނޑުނިވާ ކުރުމަށްޓަކައި ގަޔަށް ފޭރާންމެހުން.

ހެދޭކުރިއަށްފެންދިނުން

[މަޖާޒު] 1 ޅަކުދިންނާއި ޒުވާނުންނަށް، ކުރިއަށްދާން ފުރުޞަތު ދިނުން. 2 ކުރިއަރަމުން ދާ މީހަކަށް ވައިއަޅުވައިގެން އުޅުން.

ހެލިވަތްހެލުން

މ. 1 ކޮށްނިމިފައިއޮތް ކަމެއް އަނެއް ފަހަރު ކުރަން ނުޖެހެނީސް ކުރުން. 2 (ޅ) މީހަކުކޮށް ނިންމައިފައި އޮތްކަމެއް ތިމާކުރި ކަމެއް ކަމުގައި ހަނދާންވެގެން ދެވަނަ ފަހަރަށް އެކަންތައް ކުރުން. މިސާލު: ފޮޅައި ނިންމައި އޮތްތަނެއް އަލުން ފޮޅުން.

ހެލިލުން

މ. 1 ގުޑިލުން. 2 ހަރަކާތްވެލުން. 3 ތެޅިލުން. 4 ކުޅިޖެހުމުގެ ތެރޭގައި ހަލުއި ކަމާއެކު ފަރާތް ފަރާތަށް ހަރަކާތް ކުރުން.

ހެލުވުން

މ. 1 ގުޑުވުން. 2 ހަރަކާތް ކުރުވުން. 3 ހެލުންމިބަސް ކުރުވުމުގެ މާނައިގައި ބުނާގޮތް.

ހެލެނބެލި

ނ. 1 ހުތްރަހަ ގަދަ ތޮޅިއެއް. މީގެ ހުތް ކެއުމަށާއި ބޭހަށް ބޭނުންކުރެއެވެ. 2 މިބާވަތުގެ ތޮޅިއަޅާގަސް.

ހެލްތު

ނ. ޞިއްހަތު.

ހެސްގަތުން

މ. މީހަކާ މޮޔަވެގެންގޮސް ހައްދު ފަހަނައަޅައި ދިއުން.

ހެޑުމާސްޓަރު

ނ. އިސްކޫލު ތަކުގައި ކިޔަވައި ދިނުމުގެ ކަންތަކާ ހަވާލުވެގެން ހުންނަ އިސްމީހާ.

ހެޓު

އ. 1 ހެސް. 2 ޖަނަވާރު ދުއްވައި ގަނުވާން ބުނާބަހެއް.3 – މަސައްކަތް ކުރުމުގައި ހުންނަ ޖޯޝާ ފޯރީ ބަޔާންކުރުމުގެ ގޮތުން ބުނާބަހެއް. މިސާލު: މިވެނިމީހަކު މިވެނިކަމެއް ހެޓުކިއައިފައި އެބަކުރެއެވެ.

ހެޔޮރޯޅި

ނ. ބޮޑުރިޔަލަށް ފުރިހަމައަށް ވައިލިބޭވަރަށް ޖެހޭ ރޯޅި.

ހެޔޮރޯޅިވުން

މ. 1 ވައިފަހިވުން. 2 އޮޑިދޯނިފަހަރު ރީތިކޮށް ދުއްވާ ވަރަށް ވައިލިބުން.

ހެޔޮބަސްބުނުން

މ. 1 ރަނގަޅު ވާހަކަ ދެއްކުން. 2 އޯގާވެރިކަމުގެ ބަސްތައް ދުލުން ފާޅުކުރުން. 3 ފައިދާހުރި ނަސޭހަތްދިނުން.

ހެޔޮވަރު

ނއ. 1 އެއްޗަކަށް އަނެކައްޗެއް ހިސާބު. 2 ހަމަހަމަ. 3 ބަރާބަރު.

ހެޔޮވަރުކަން

ނއނ. 1 އެއެއްޗަކަށް އެހެދިކަމަކަށް ހިސާބުކަން. 2 ހަމަހަމަކަން. 3 ބަރާބަރުކަން.

ހެޔޮވަރުމީހާ

ނ.ތަޢުރީފާއި މަލާމާތުގެ ގޮތުން ބުނެއުޅޭ ބަހެއް. މިސާލު: ގިނަކަންތައްތައް ކުރާނޭގޮތް ދަންނަ ހުޝިޔާރު މީހެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެކޭ" ބުނެއުޅެއެވެ. މީހަކަށް ވެވުނު ދެރަކަމެއްގެ ވާހަކަ ބުނުމުގައި "އޭނާއަކީ ހެޔޮވަރު މީހެއްތާއޭ" ބުނެއުޅެއެވެ.

ހެޔޮމީސް

ނއ. ހެޔޮމީހަކަށް ވާންއުޅޭ ވައްތަރު.

ހެޔޮމީސްވުން

މ. 1 ހެޔޮމީހެއްކަމުގައި ދެއްކުން. 2 ހެޔޮމީހަކަށް ވާންއުޅޭ މީހެއްކަން ދެއްކުން.

ހޭ

ނ. 1 ވާނުވާ އެނގުމުގެ ބާރު. 2 ބުއްދި. 3 ދެވަނަ ފަހަރަށް ސުވާލު ކުރުމުގެ ޖުމްލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: މިބުނި އެއްޗެއް ވިސްނިއްޖެހޭ. 4 މީހަކު ތިމާޔާ ކުޅަ ސުވާލެއް އަނެކާގާތު ބުނާއިރު، ޖުމްލައިގެ ފަހަތަށް ގެންނަ އަކުރު. މިސާލު: އަބްދުالله އަހަރެން ކުރެން އެއްސޭ އިބްރާހީމް ނާދޭހޭ. 5 ހުޅަނގު މޫސުމުގެ ނަކަތްތަކުގެ ތެރެއިން ފަނަރަވަނަ ނަކަތް. 6 ކަނޑުގެ އަޑި ކިރިޔަކިރިޔާ ފެންނަ. 7 (ޏ،ސ) ދުރުން ކިރިޔަކިރިޔާ ފެންނަ ފެނުން. 8 " އޭތް" މިބަސް އަންހެނުންނަށް ގޮވުމަށް ބޭނުން ކުރާގޮތް.

ހޭހަން

ނ. 1 ބަލިވެއުޅޭ މީހާއަށް އޯގާވެރިކަމާއެކު ކުރާ ޚިދުމަތް. 2 ބަލިމީހާއަށް ކުރާ ފަރުވާ. މިނޫނަސް މިބާވަތުގެ ޚިދުމަތަށް ހޭހަން ކިޔަ އެވެ. 3 ހާލުގައި ޖެހިފައިވާ މީހަކަށްވާ އެހީ. 4 (ސ.) ވަކި ދިމާއެއް ދެނެގަތުމަށް ބަލައި ހަނދާން ކުރުމަށް ޖަހާ ފާހަގަ.

ހޭހަންކުރުން

މ. 1 ބަލިވެއުޅޭމީހާއަށް އޯގާވެރިކަމާއެކު ޚިދުމަތްކުރުން. 2 ބަލިމީހާއަށް ފަރުވާތެރިކަމާއެކު އެހީވެ ދިނުން. 3 ހާލުގައި ޖެހިފައިވާ މީހަކަށް އެހީވުން. 4 [މަޖާޒު] މީހެއްގެ ގާތުގައި ވަފާތެރި ކަމާއެކު އަބަދު ޚިދުމަތް ކޮށް ކޮށް ހުރުން.

ހޭނަ

ނ. 1 ވިރި ކެކޭތަކެތި ފަޅައިބުރިކޮށް ހަދަންގެންގުޅޭ ހަތިޔާރެއް. 2 (ސ) ހުން.

ހޭނައްތާމީހާ

ނ. ބަލިމީހަކަށް ޞިއްޙީ ފަރުވާއެއް ދިނުމަށް ހޭނައްތަން ޖެހިގެން ހޭނެއްތުމުގެ ކަންތައްކުރާ ޑޮކްޓަރު.

ހޭނުން

މ. 1 ފިލަޔާއި ދަނޑިފަދަ ތަކެތި ބޭނުންގޮތަކަށް މަޑުމަޑުން ލެނބުން. 2 އިންސާނުންނާއި ފުރާނަހުރި ތަކެތި ވަކި ގޮތަކަށް ފަރިތަކުރުވައި އާދަކުރުވުން. 3 ތެޔޮ ހުންނަތަކެތި ކައްކައިގެން ތެޔޮ ނެރުން. 4 ހަށިގަނޑުގެ ތަންތަނަށް ފަރުވާކުރުމުގައި ވަކިގޮތަކަށް ޙަރަކާތްދިނުން. 5 [މަޖާޒު] އޮޑިދޯނިފަހަރު ދަތި ތަންތަނުން ނުބީއްސައި ގެންދިއުން.

ހޭރިޔާއެޅުން

މ. 1 ހޭރިޔާކުރުން. 2 ރިޔާނަގާތަކެތި ވަކި ހިސާބެއްގައި ހިފަހައްޓާން ވެގެން ދެއަތަށް ދުއްވުން. 3 [މަޖާޒު] މީހަކު ތާކަށް ވަންނާނޭ ވަގުތެއް ހޯދާން އެތާގެ ކައިރީގައި ދެކޮޅަށް ހިނގުން.

ހޭރިޖެހުން

މ. ނެރުއެތިގަނޑު ހަރުކުރުން.

ހޭރުވުން

މ. 1 އަނެކާ ހަދާގޮތް މަލާމާތުގެ ގޮތުން ކުރިމަތީގައި ހެދުން. މިސާލު: {ހ} މީހަކު ވާހަކަދައްކާގޮތަށް ވާހަކަދެއްކުން. {ށ} ހިނގާގޮތަށް ހިނގުން. 2 ދަށްބަހުރުވައިގައި ރޮއްވުން. 3 ލަދުގެންނެވުން. 4 ރަކިކުރުން. 5 ދެރަކުރުން.

ހޭރޭމިޔަރު

ނ. ބާވަތެއްގެ މިޔަރެއް. މީގެ ބުރިކަށިމަތީގައި އެހެންމިޔަރަށްވުރެ އެއްއުރަހަ ގިނަވާނެއެވެ. މި މިޔަރު ބޭނުމަށްފަހު ހޭރޭނެއެވެ.

ހޭބަލިވުން

މ. 1 ނިދުމަކާއި ނުލައި ހުރިހައި ޙިއްސުތައް ބަންދުވުން. 2 ވާނުވާނޭނގުން.

ހޭބޯ

ނ. 1 ވިސްނާވިސްނުން. 2 ޚިޔާލު. މިބަސްބޭނުން ކުރަނީ ވަކިވަކި ޚާއްޞަ މަޤާމުގައެވެ. 3 ވިސްނުން ބެހެއްޓުން. މި ބަސް ބުނެއުޅެނީ ކަންތައްގަނޑެއްގެ ތެރޭގައި ނުވިސްނައި އަވަސްއަރަގެން އުޅޭ އިރުގައެވެ. މިސާލު: ނިކަން "ހޭބޯއަރައިގެން އުޅޭށޭ" ބުނެފިނަމަ އެ ބުނަނީ އެކުރާ ކަންތައްގަނޑެއްގެ ތެރޭގައި ވިސްނުން ބަހައްޓައިގެން ކުރާށެވެ.

ހޭބޯނޭރުން

މ. 1 ކަމެއްގެ ފޯރީގައި އެހެން ކަންތައްތައް ހަނދާން ނެތުން. 2 އަވަދިނެތުން.

ހޭބޯއެރުން

މ. ވިސްނުން ބެހެއްޓުން. މިބަސް ބުނެއުޅެނީ ކަންތައްގަނޑެއްގެ ތެރޭގައި ނުވިސްނައި އަވަސް އަރައިގެން އުޅޭއިރުގައެވެ. މިސާލު: ނިކަން " ހޭބޯއަރައިގެން އުޅޭށޭ" ބުނެފިނަމަ އެބުނަނީ އެކުރާ ކަންތައްގަނޑެއްގެ ތެރޭގައި ވިސްނުން ބަހައްޓައިގެން ކަންތައް ކުރާށެވެ.

ހޭކަޅުކުރުން

މ. (މ) މަސްދޯނި ފަހަރު އެންފަޅުން ކަނޑަށް ނުކުންނައިރު ޞަލަވާތް ފާތިޙާ ކިޔަވައި އޮޑިޔަށް ފަންޑިތަ ހެދުން.

ހޭއަރުވައިލުން

މ. 1 އިޝާރާތުން ވިސްނާލަދިނުން. 2 ކުޑަގޮތަކަށް ހޭއެރުވުން. 3 [މަޖާޒު] މީހަކަށް ހަނދާން ހުންނަވަރުގެ ބޮނޑިއެއް ދިނުން.

ހޭއެރުން

މ. 1 ވާނުވާ ނޭނގުމަށްފަހު ވާނުވާ އެނގުން. 2 ތަންދޮރު އެނގުން. 3 ނިދީން ހޭލެވުން. 4 ހަމަބުއްދި ލިބުން. 5 ވަތް ހޭލާން ފެށުން. 6 ކަމެއްގެ މައްޗަށް ވިސްނުންތެރިވުން. މިސާލު: އޭނާއަކީ ވިޔަފާރިއަށް ހޭއަރާ މީހެކެވެ.

ހޭއެރުވުން

މ. 1 ނިދާފައިވާ މިހާ ހޭލެއްވުން. 2 ހޭނެތިފައިވާ މީހާ ހޭޖެއްސުން. 3 ނަސޭހަތަކުން ނުވަތަ އަދަބަކުން ކަމެއްވިސްނައިދިނުން. 4 ވާންއުޅޭ ގެއްލުމެއް ނުވަތަ އަންނާން އުޅޭ ނުރައްކަލެއް ކޮންމެވެސް ގޮތަކުން އަންގައިދިނުން. 5 ވަތް ހޭލާ ހިސާބަށް ގެންދިއުން.

ހޭވަރި

ނ. 1 ހަމަބުއްދި. 2 ތަންދޮރު ވަކިވުމުގެ ބާރު.

ހޭވަރިވުން

މ. 1 ހަމަބުއްދިވުން 2 ތަންދޮރު ވަކިވުމުގެ ބާރު ލިބުން.

ހޭވައްލާތައްޔާރު

އ. އަމުރަކަށް އިޖާބަ ދިނުމުގެ ގޮތުން ފޯރިއާއެކު އެކަމަކަށް ތައްޔާރުގައި ވާކަން ދޭހަކޮށްދިނުމުގެ ގޮތުން ބުނާބަހެއް.

ހޭމަ

ނ. ކުދިންކުޅެން ދަނޑިކޮޅުކޮޅުން ހަދާ ކުދިބުދު.

ހޭމަސަރުނަ

ނއ. [ބޯދާ] ފުރިހަމަ ހަނދެއް ފަދަ.

ހޭމަސަކަވަރުނަ

ނ. [ބޯދާ] ހަނދުވެރިފާންކަން. (ހަނދުގެ އަލިކަން)

ހޭމަސް

ނ. ކުރުމަހާއި ވޮށިމަސްފަދަ މަސްމަސް މަރާންދާމީހުން މަހެއްގެ ސިފައިގައި ހަދައިގެން ކަނޑުގައި ކާއްތުވާން ގެންގުޅޭ ކަނދު ގަނޑެއް.

ހޭމަސްހެލުން

މ. 1 ކުރުމަހާއި ވޮށިމަސް ގެންނާން ހޭމަސްދޮއްޓެއްގައި ލައިގެން ކަނޑުގައި ކޭއްތުން. 2 [މަޖާޒު] އަންހެނުން ހިތް ޖެއްސުމަށްޓަކައި ޖިންސީ ގުނަވަން ކަހައި، ގޮތްގޮތް ހެދުން.

ހޭލަމޭލަ

ނ. 1 ބަޔަކުކަމަކާ ހަރަކާތް ތެރިވުމުގެ ގޮތުން ހިނގާ ބިނގާވެއުޅޭ އުޅުން.

ހޭލަމޭލަވުން

މ. ބަޔަކުކަމަކާ ހަރަކާތްތެރިވުމުގެ ގޮތުން ހިންގާބިނގާވެ އުޅުން.

ހޭލެއްވުން

މ. 1 ނިދައިފައި އޮތް މީހަކު ނިދީން ވަކިކުރުން. 2 ތަންދޮރު އަންގައި ދިނުން. 3 ކަމަކާމެދު ވިސްނައި ދިނުން.

ހޭޖެހުން

މ. 1 ތަސައްރަފު ފުދުން. 2 ބުއްދިހަމަވުން. 3 (ސ) ހޭލުން. 4 (މަލިކު) ހޭއެރުން.

ހޮހަޅު

ނ. ހޮހަޅަ.

ހޮހޮޅަ

ނ. (ޏ، ސ) ހޮހަޅު.

ހޮނދަޖާތީ

ނ. ރިހަކައްކާން ގެންގުޅޭ ބާވަތެއްގެ ހިމެރިޔެއް.

ހޮނދި

ނ. ބަތާލައިގެން ކާން ހަވާދުނުލައި ކައްކާ ދިޔައެއް.

ހޮނދު

ނ. 1 ލަކުޑިގަނޑު ފުރޮއިން ބުރިކުރާއިރު ހެދެމުންދާ ވަޅުގަނޑު. 2 ލަކުޑިގަނޑު ފަޅާން ފުރޯއިންޖަހާލާ ފުރޯވަޅު. 3 ލަކުޑިގަނޑު ކީހަމުންދާއިރު އެލަކުޑިގަނޑު ވަކިވަމުންދާމަގު.

ހޮނދުޖެހުން

މ. ލަކުޑިގަނޑު ފަޅާން ފުރޯއިން ޖަހައި ފުރޯވަޅު އުފެއްދުން.

ހޮނޑަލިކަނދު

ނ. (އ) ދޯނީގެ ބޮޑުފިލާގަނޑު ދަށުގައި، މަޅާދެތެރޭގައި، ކަފިގަނޑުކައިރީގައި ދޯނީގެ ހުރަހަށް ޖަހައިފައި ހުންނަ ފިލާފޮއްޗެއް. މި ފިލާފޮތި ޖަހައި އުޅެނީ އެ ތަނަށް ހޮނޑަލި އެޅުނަ ނުދޭށެވެ.

ހޮނޑުމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ހިމަތޮޅި ދިގުކޮށް ހުންނަ މިރަށެވެ. ބުރިކަށިމަތީގައި ދެއުރަހަ ހުރެއެވެ. އަދި ބަނޑުދަށް ފަރާތުގައިވެސް ދެއުރަހަހުރެއެވެ. މި މިޔަރުގެ ނިގޫ ކުރުވެފައި ކޮޅަށް ފުޅާ ވާނެއެވެ.

ހޮނޑެލިފަހާވާލި

ނ. ހަށަވާލި.

ހޮނޑެލިފޮތި

ނ. މަސްފިލާގަނޑުގެ ކުރީކޮޅުގައި މަތީ މަޅުމައްޗާއި ގުޅޭތަނުގެ ކެނޑުން ނުވަތަ ހުސްތަން ބައްދާން ހަރުކުރާއަރިފިލާ.

ހޮނިހިރު

ނ. 1 ހަފުތާގެ ފަހު ދުވަސް. (ހުކުރު ދުވަހާ ވިދިގެން އަންނަ ދުވަސް) (ބ) 2 ހޮނިހިރު ވިލޭރޭ ކެއުމުގެ ބަދަލުގައި ކާން ހަދާ ހެދިކާ އެއްޗެއް. [ބޯދާ] 3 ނިންމާ ނިންމުން.

ހޮނިހިރުބަތްޕެން

ނ. ހޮނިހިރު ދުވަހު ކައްކާގޮތަށް އަނެއް ހޮނިހިރު އަންނަންދެން ހުސްވިޔަނުދީ ބަހައްޓާ ބަތްޕެނެއް. މީން ބަތްޕެން އުނދުޅިއެއް ނަގައިފިނަމަ ފެންއުނދުޅިއެއް އަޅާނެއެވެ. މިއީ ބ. އޭދަފުށީ މީހުން ކައްކައި އުޅުނު ބަތްޕެނެކެވެ.

ހޮންބޮއް

ނ. (ސ) ކުޑަފަރުމަހެއް. މިއީ މަޑު ރީނދޫ ކުލައިގެ މަހެކެވެ. މި މަހުގެ ބޮލުން ފެށިގެން ނިގޫފަތާ ހަމައަށް ރީނދޫކުލައިގެ ފަސްރޮނގު ހުރެއެވެ. ބުރަކަށިމަތީގެ ކޮތަރިބައި ނިމޭ ހިސާބުގައި ގަދަ ރީނދޫކުލައިގެ ލަފެއް ހުރެއެވެ.

ހޮރަ

ނ. ރާއްޖޭން ބޭރުން ގެންނަ، ރަތްވައްތަރެއްގެ ހަރުލަކުޑިއެއް.

ހޮރަޖެހުން

މ. (ސ) ފަހައިގަތީމާ ދުވެފައިގޮސް ތަނަކަށްވަދެ ފިލުން.

ހޮރޮޖެހުން

މ. (ޏ،ސ) ބޯކޮޅު ބަލަމުން ފަހަތުން ދިޔުން.

ހޮރޮވާހަކަ

ނ. (ސ) 1 މަކަރުވެރި ވާހަކަ. 2 ދޮގު ވާހަކަ.

ހޮބަސަކަވަރުނަ

ނ. [ބޯދާ] ހަނދުވަރުގެ އަލިކަން.

ހޮޅި

ނ. 1 ފޯލިކޮށް ދިގުކޮށް އެތެރޭގައި ހޮއި އޮންނަ އެތި. މިސާލު: {ހ} ބައްތިހޮޅި. {ށ} ފެންހޮޅި. {ނ} އާގުބޯޓުގެ ދުންހޮޅި. 2 ދިގުނޫން ނަމަވެސް މެދުގައި ހޮއިއޮންނަ ބައެއްތަކެތި. މިސާލު: {ހ}މޫދުގައި ފަތަން ގެންގުޅޭ ހޮޅި. {ށ} ފަންހޮޅި. {ނ} ފޮނިރޮށި ކަނޑާ ހޮޅި. 3 ލަވަކިޔާ ފޮށީގެ ލަވަ އަޅައިފައި އެއޮންނަ ފަތިބުރު. 4 އޮނުފަޅި. މިސާލު: {ހ} ހޮޅިކުރަފަތް. {ށ} ހޮޅިވަޑާންކަށި 5 އުތުރުކަރައިގެ މީހުންގެޒާތް. 6 ތާކުންތާކުނުޖެހޭ ކަންތައް. 7 ތާކުންތާކުނުޖެހޭ ވިޔާނުދާ ވާހަކަ.

ހޮޅިހޮއްލުން

މ. (ސ) މާނައެއްނެތް، ބޭނުމެއްނެތް ވާހަކަދެއްކުން.

ހޮޅިންނަށް ދިގުރަށް ދައްކާހެން

މިސާލުބަސް: ގެއެއް ނުވަތަ ތަނެއް ވީދިމާއެއް ޔަގީންނުވެ، މީހަކަށް އެ ގެ، ނުވަތަ އެ ތަނެއް ދައްކަން އުޅުމުން ބުނެއުޅޭ ބަހެއް.

ހޮޅިކޮށި

ނ. އިހުގައި ކުޅި ޖަހައި އުޅުނުކޮށި ކޮށީގެތެރެއިން ފަސްވަނަ ކޮށި. އެއީ އައްޑަނަ ކޮށްޓެކެވެ.

ހޮޅިވާހަކަ

ނ. 1 ދޮގުވާހަކަ. 2 [މަޖާޒު] ތާކުންތާކުން ނުޖެހޭ ވާހަކަ.

ހޮޅިގެނުން

މ. (ސ) 1 މާނައެއްނެތް ބޭނުންނެތް ވާހަކަ ދެއްކުން. 2 ބޭކާރު ވާހަކަދެއްކުން.

ހޮޅުވުނެހަނދެ

ނ. (ގ) ހުޅެވިހަނދު

ހޮޅުގަނޑު

ނ. 1 ކަނޑައިލައިފައި އޮންނަ ކަށިކެޔޮ ގަސްބުރި. 2 ރާއްޖޭގައި ހަދައިފައި ހުންނަ ހަންނުޖަހާ ގިރުނބާ. 3 [މަޖާޒު] ދަތްވެރިފައި ހުންނަ މުސްކުޅިޔާ.

ހޮއްލުން

މ. (ޏ،ސ) 1 ހިތާނުވެގެން ވާހަކަ ދެއްކުން. 2 އަޑުލުން. 3 ވާހަކަދެއްކުން.

ހޮއްޓުފައި

ނ. 1 ހަތަރެސްފައިޖެހި ޖަނަވާރުގެ ފަހަތުފައި. 2 ބައެއްދިރޭ އެއްޗެހި ފުންމައި ގަންނާން ވިއްދާ ފަހަތު ދެފައި. 3 އޮއްޓުފައި

ހޮވުން

މ. 1 ބިމައްވެއްޓިފައި ހުންނަ ބައެއްތަކެތިނެގުން. 2 އެތަކެއް ބާވަތުގެ އެއްޗެހި އެއްވެފައި ހުރިތާކުން ވަކިބާވަތެއްގެ އެއްޗެހި ނެގުން. މިސާލު: ހަނޑޫ ހޮވުން. 3 ގެއްލިފައި ހުންނަ ތަކެތި ފެނިގެން ނެގުން. 4 ވަކިކަމަކަށް ބަޔަކު ނުވަތަ މީހަކު އިޚްތިޔާރުކުރުން. 5 ބައެއް ކުޅިވަރުގައި ކުޅޭ ބައިނޫން އަނެއްބައިގެ މީހުން ކުރާކަންތައް. މިސާލު: ކުރިކެޓް ކުޅޭއިރު ބޯޅަހޮވުން. މަންޑިކުޅޭއިރު ފޯލި ހޮވުން.

ހޮދާރު

ނއ. 1 ފަލަ. 2 ވަރުގަދަ. 3 އމ. ނައުޒޯނގު ގައި މިބަސް ބުނެފިނަމަ އެއީ ދޫނުކޮށް ހިފަހައްޓާށެވެ.

ހޮޑުލުން

މ. މައިދާގައި ހަޖަމުނުވެހުރި ތަކެތި އަނގައިން އައުން.

ހޮޓުކޮޅު

ނ. ހަތަރެސްފައި ޖެހި ޖަނަވާރުގެ ފޫކޮޅު.

ހޯ

އ. 1 ހުއްޓާލާ! 2 ނުކުރޭ! 3 ފުދިއްޖެ. މިބަސް ގަދަކުރުމަށް ފަށް ކޮށް ބުނެއެވެ. މިސާލު: ހޯހޯ. އަދި މިބަހަށް ބައެއް މީހުން " ހޮ" ވެސް ކިޔައެވެ. 4 (ހ) އާނއެކެވެ.

ހޯހިރިބެލުން

މ. (ޏ،ސ) 1 މީހަކު ނުވަތަ ބަޔަކު އުޅޭ ނުއުޅޭގޮތް އެމީހަކަށް ނުވަތަ އެބަޔަކަށް ނޭނގި ސިއްރުން ބެލުން. 2 އުޅަނދެއްގެ ދަތުރުފަތުރާއި ޙަރަކާތްތައް ހުންނަގޮތް އެ އުޅަނދެއްގެ މީހުންނަށް ނޭނގި ސިއްރުން ބެލުން.

ހޯނަ

ނ. ކުޑަކުޑަބޮނޑެއްގެ ސިފައިގައި އޮންނަ ބޮނޑަށްވުރެ އަނގުނުތައް ކުރު ހަން އޮމާން ސޫތްޕެއް. ޢާއްމުކޮށް މިއުޅެނީ ބިތްބިތާއި ފާރު ފާރުގައެވެ.

ހޯނައްސާގާ

ނ. މިސްކިތަށް އަރާ ހަރުފަތާޖެހިގެން ބޭރުގައި އޮންނަ ގާ.

ހޯނު

ނ. 1 ކުޑަކުޑަބޮނޑެއްގެ ސިފައިގައި އޮންނަ ބޮނޑަށްވުރެ އަނގުނުތައް ކުރު ހަން އޮމާން ސޫތްޕެއް. ޢާއްމުކޮށް މިއުޅެނީ ބިތްބިތާއި ފާރު ފާރުގައެވެ. 2 [ބޯދާ] މަހާނަ.

ހޯނެ

ނ. (ގ) ނ. ކުޑަކުޑަބޮނޑެއްގެ ސިފައިގައި އޮންނަ ބޮނޑަށްވުރެ އަނގުނުތައް ކުރު ހަން އޮމާން ސޫތްޕެއް. ޢާއްމުކޮށް މިއުޅެނީ ބިތްބިތާއި ފާރު ފާރުގައެވެ.

ހޯނޮ

ނ. (ޏ) ނ. ކުޑަކުޑަބޮނޑެއްގެ ސިފައިގައި އޮންނަ ބޮނޑަށްވުރެ އަނގުނުތައް ކުރު ހަން އޮމާން ސޫތްޕެއް. ޢާއްމުކޮށް މިއުޅެނީ ބިތްބިތާއި ފާރު ފާރުގައެވެ.

ހޯރަބޯޓު

ނ. ތައްޔާރުކޮށްފައިވާ ސާޅަނގައެއްގައި ލައިފައި ފޮނުވައިލުމުން ނުވަތަ އިންޖީނުލީ މަތިންދާބޯޓެއްގައި ކަފުޖަހައިގެން ގެންގޮސް ވައިގެތެރެއަށް ދޫކޮށްލުމުން އިނޖީނު ނުލައި އުދުހޭގޮތަށް ހަދައިފައި ހުންނަ، މަތިންދާ ބޯޓު. މިވައްތަރުގެ ބޯޓުގައި އިންޖީނެއް ނުހުންނާނެއެވެ.

ހޯރައެޅުން

މ. ދޫނި ސޫފާސޫފި އުދުހެމުންދާއިރު ފިޔަނުޖަހައި ފިޔަ ދަމައިލައިގެން އޮވެ ފަރާތް ފަރާތަށް ދިއުން.

ހޯބޯ

ނ. ބަޔަކު މީހުން ގޮތެއްނެތިލާހަޅޭ.

ހޯބޯލެވުން

މ. 1 ހަޅޭއްފަޅޭއްލެވުން. 2 ރުޅިއައިސްގެން ނުވަތަ ކަމެއްގެ ފޯރީގައި ގިނަބަޔަކު ހަޅޭލެވުން.

ހޯއްދުން

ނ. 1 އިންސާނާގެ ބުރުސޫރަ. 2 ހަށިގަނޑުގެ ރީތިސިފަ. 3 ހަށިގަނޑުގެ ސަމައްތަރު. 4 (މ.) މީހަކުލައްވާ އެއްޗެއް ހޯދުވުން.

ހޯއްގޮވާ ކެއްސުން

ނ. ބާވަތެއްގެ ކެއްސުމެއް. މިކެއްސުމުގައި ގިނަ ފަހަރަށް ކެއްސުން ވަރުގެ ފަހަތުގައި "ހޯއް" ކިޔާފައި ނޭވާ އެތެރެއަށް ދެމިގެންގޮސް ހާސްވާނެއެވެ.

ހޯމަ

ނ. 1 ހުކުރު ހަތްދުވަހުގެ ހަތަރުވަނަ ދުވަސް. 2 [ބޯދާ] ހަނދު.

ހޯދަރު

ނ. ބޮޑެތިއޮޑި ފަހަރު ބާލާއިރު މައްޔަލުގައި ހުރަހަށް އަޅާ "ގަސް" ކިޔާ އެތިގަނޑުގައި އަޅާޔާރި.

ހޯދަރުކުރުން

މ. (ސ) ހަދާފައިހުރި އިމާރާތެއްގެ އެތެރޭގެ ހުރިހާބައިނަގައި އެއްހޯލެއްގެ ގޮތުގައި ތަންބޮޑުކުރުން.

ހޯދީނެރުން

މ. [މާކެޔޮޅުކަމުގެ] ހުރަހަށް ދައްސޫރަ ދުއްވާފައި ފިލިމަސް އޮޑިއާ ދުރުކުރުން.

ހޯދީދަނޑި

ނ. (ހ) ކަތި ރިޔަލުދޯނި ފައްސިޔަށް ދާއިރު ކަނީގައި ޖަހާފައި ދޯންޏާ ދުރަށް ނެރެފައި ހުންނަ، ވައުހަރުކޮށްފައި އޮންނަ ދަނޑި.

ހޯދުފަހި

ނ. 1 ބޭހަށް ގެންގުޅޭ ބާވަތެއްގެ މަޢުދަނެއް. 2 ކުރުނބާގެ ހިލަތޮށީގެ އަޑީގައި ހުންނަ ފިހި.

ހޯގުޅާ

ނ. ކަނޑުމަތީ ދޫންޏެއް. މިނިދައި ބިސްއަޅައި ވިހައި އުޅެނީ އެއްގަމުގައި ހަރުކޮނެގެންނެވެ. މީގެ ދެބާވަތެއްވެއެވެ. އެއީ ބަނޑުދޮން ހޯގުޅާއާއި ބޮޑު ހޯގުޅާއެވެ.

ނަ

އކ. 1 ނަފީކުރަން ބޭނުންކުރާ އަކުރެއް. މިއަކުރު އާންމުކޮށް އަންނާނީ ބަހުގެ ކުރިޔަށެވެ. މިސާލު ނަހަމަ. 2 ނޫން.

ނަހަނާ

ނ. ހަމުގެބައްޔެއް. މިއީ ދޫތްމަކަށް ވުރެން ބޯކޮށް ހުންނަ ހަމުގެކުލަ ބަދަލުވާ ބައްޔެކެވެ. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ.

ނަހައްދަވާއަޅުން

ނ. [މަޖާޒު] ރަނގަޅުކަމުގެ ގޮތުން ނުވަތަ ނުބައިކަމުގެ ގޮތުން ވިއަސް ފާހަގަ ކުރެވޭފަދަ ކަމެއް ނުކުރެވޭ މީހުން.

ނަހަމަ

ނ. 1 ހަމައިގެ އިދިކޮޅު. 2 ބޭއިންސާފު. 3 ނއ. އަރަފޯދިގެންނުވާ. 4 އެކަށީގެންނުވާ.

ނަހަމައިން

ކއ. 1 އިންސާފެއްނެތި. 2 ހަމަޔާ އިދިކޮޅަށް. 3 ރަނގަޅުގޮތާ ޚިލާފަށް.

ނަހަލާއު

ނ. (ސ) ނަހަލާލު.

ނަހަލާލު

ނއ. 1 ހަލާލުނޫން. 2 ޙަރާމް.

ނަހަލާލުދަރި

ނ. 1 ޒިނޭކޮށްގެން ލިބޭދަރި. 2 ހަރާންދަރި.

ނަހާސްކީރާއްޖެ

ނ. ފަންޑިތަވެރީން ތަންތަން ފަޅުކުރާން ހަދާ ފަންޑިތައިގައި ރަށެއްގެ ސިފައިގައި ކުރަހާ ކުރެހުމެއް.

ނަށާމައު

ނ. ކަނޑާއި މޫދާއި ފަޅުގައި ދިރިއުޅޭ އެއްޗެއް. މީގައި ކަށްޓެއް ނުހުންނާނެއެވެ. މިއީ ވަރަށް މަޑު އެއްޗެކެވެ. މިހުންނާނީ މުރަކަ ގައު ފަދަ ތަކެތީގައި ހިއްޕައިލައިގެންނެވެ. މީގެ ބައެއް ވައްތަރުގައި ބާރުގަދަ ވިހައެއް ހުންނާނެއެވެ. މީގެ މަތީގައި ފަށްތަކެއްހެން ހުންނަ ބައި އަބަދު ހުންނާނީ ހުޅުވިލެއްޕި ވާގޮތަށް ޙަރަކާތް ކޮށްކޮށެވެ.

ނަނުއުކުން

ނ. ގޮނޑުދޮށުގައި ނުވަތަ ތޮށި މަތީގައި ހުރެގެން މަސްބާނަން ނަނުއެއްލުން. މިކަން ކޮށްއުޅޭގޮތަކީ، މުގޫކޮޅު ހަރުކޮށް ބަހައްޓައިގެން އެންގަނޑު އޮންނަކޮޅު އެއްލަނީއެވެ.

ނަނުފެން

ނ. ކެޔޮޅުކަމުދާން ރެހަންޖަހައިގެން ގެންގުޅޭ ނަނުބައި ފެނުއެޅީމާ ހުންނަފެން.

ނަން

ނ. އެލަފުޒަކުން މީހެއްކަން ނުވަތަ ތަނެއްކަން ނުވަތަ އެއްޗެއްކަން ނުވަތަ ކަމެއްކަން ނުވަތަ ސިފައެއްކަން ދޭހަވާ ކޮންމެ ލަފުޒެއް.

ނަންނުގަތި

ނ. 1 ހަރުފަ ޒާތުގެ ސޫތްޕެއް. 2 (ހ) ނަނުކަތި.

ނަންނުގަތިދުލި

ނ. ނަންނުގަތި ބާލާދުލި. މިއީ ނަންނުގަތީގެ ބޭރުހަމުގެ މަތީގެ ދުލިފަށެވެ. މިދުލި ހުންނަނީ ވަރަށް މަޑުމަޑުކޮށް ހުދުކުލައިގައެވެ.

ނަންނޯޓުކުރުން

މ. ހަނދާން ބެހެއްޓުމަށްޓަކައި ނަންލިޔެފައި ބެހެއްޓުން.

ނަންބަރުއައިނު

ނ. ލޮލުގެ ފެނުމާ ގުޅޭގޮތަށް ނަންބަރު ނަގައިގެން ހަދައިފައި ހުންނަ އައިނު.

ނަންބަރުވިނަ

ނ. ބިމުގައި ނަންއަޅަން ބޭނުންކުރާ ވިނައެއް. މިއީ ވަރަށް ފަސޭހައިން ރޯވާ ވިނައެކެވެ. މީގެ ރަތްކުލައާއި ފެހިކުލަހުރެއެވެ. މިއަށް، ނަންއަޅާވިނަ، ރަތްވިނަ، ޖަރުމަނުވިނަ، މިނަންނަމުންވެސް ކިޔައެވެ.

ނަންބަރުދިނުން

މ. 1 މޮޅުދެރަ ބެލުމުގައި ދިހަޔަކުން ނުވަތަ ސަތޭކަޔަކުން އެމީހަކަށް ނުވަތަ އެބަޔަކަށް ލިބޭންވީ ޢަދަދު ބަޔާންކޮށް ދިނުން. 2 ތަރުތީބަކުން ކަމެއް ހިންގުމަށްޓަކައި އެކިމީހުންނަށް ވަކިނަންބަރު ޚާއްޞަކޮށް ދިނުން.

ނަންބަރުޖެހުން

މ. 1 ޢަދަދު ޖެހުން. 2 އެއްޗެހިތަކެއް ތަރުތީބު ކުރުމަށްޓަކައި އެކަކުން ފަށައިގެން ޢަދަދު ޖަހަމުން ގިނަކުރަމުން ގެންދިއުން.

ނަންކިއުން

މ. 1 ކުއްޖާއަށް ނަންދިނުން. އާންމުކޮށް ނަން ކިޔައިއުޅެނީ ކުއްޖާގެ ޢުމުރުން ހަތް ވަނަ ދުވަހުއެވެ. 2 އެއްޗަކަށް ނުވަތަ ތަނަކަށް ކިޔާނޭ ވަކިނަމެއް ކަނޑައަޅައި ފާޅުކޮށް އިއްވުން.

ނަންކުރުން

މ. މީހެއްގެ ނުވަތަ އެއްޗެއްގެ މޮޅުކަމުގެ ވާހަކަ ގިނައިން ދެއްކުން.

ނަންވެސްނެތުން

މ. [މަޖާޒު] 1 އަސަރެއްވެސް ނެތުން. 2 ހަނދާންވެސް ނެތުން. 3 ހިމެނިފައި ނެތުން.

ނަންފޮހެވުން

ނ. މީހެއްގެ ހަނދާން ނެތިގެން ދިޔުން.

ނަންގަތުން

މ. 1 މީހެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ތަނެއްގެ ނުވަތަ ބަޔެއްގެ ވާހަކަ ބުނެލުން. 2 ބުނުން މިބަހުގެ މާތްގޮތް.

ނަރަހަނދި

ނ. (ސ) ނަރުވާ ހަނދި.

ނަރަކަ

ނ. މީސްތަކުން ކުރާކުށަށް ޤިޔާމަތް ދުވަހުން ޢަޛާބު ދެއްވުމަށް ހައްދަވައިފައިވާ ތަން.

ނަރަވިލެވި

ނއނ. [ބޯދާ] ހަމަކަން (ހަމަހަމަކަން).

ނަރަވެލި

ނ. 1 ދިރުނބާކޮޅުން މަތިކަން ފިލަޔަށް އަރުވައިލައިފައި އޮންނަ ކިއްސަރު. 2 ކަނދުފަތީގެ ކޮޅާއި، އުނދޯލި އަނގުނު ކޮޅު ހަދައިފައި ހުންނަ ކިއްސަރު. 3 ނަރުވިލި. 4 ހަމަހަމަ.

ނަރު

ނ. 1 މަޢުދަނީ ބާވަތަކުން އުފައްދާ ހިމަ ފަށް. 2 ބޮތްބާއި ކަށިކޭލާއި ތޮރާ ފަދަ ތަކެތީގައި ހުންނަ ހިމަ ހަރު ފަށް. 3 މިއުޒިކު ކުޅޭ ސާމާނުގައްޔާއި، ކުޅިވަރު ކުޅޭ ބައެއް ކަހަލަ ރެކެޓުގައި ފުރައިފައި ހުންނަ ފަށް. 4 ހިމަ ފަށްފަށަށް ވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާ ތަކެތި. މިސާލު: {ހ} ހަލުއިދާނަރު. {ށ} ފަޅޮލު އަސާރައިގެ ނަރު. 5 ވެޔޮވެލުގެ ފަތް ވަޅުން ފަޅައިފައި ހުންނަ ހިމަފަށް. [ބޯދާ] ނއ. 6 ހިމަ 7 ތުނި.

ނަރުހަނދި

ނ. ނަރުވާ ހަނދި.

ނަރުހިރު

ނ. ދަތުގައި ހިރުގަނޑު ހިފައިފައި ހުންނަ ތާންގައި ތުނިކޮށް ހުންނަ ކައިރިފަށް. (ބައްޔެއް ނުޖެހެންޏާ އުމުރުން ތިރީހަކަށް އަހަރުވަންދެން މިކައިރިފަށް ހުރެއެވެ.)

ނަރުނެތްފޯނު

ނ. 1 އޭރިއަލެއް ޖަހައިގެން ނަރެއްނެތި ބޭނުންކުރެވޭ ފޯނު. މިވައްތަރުގެ ފޯނުގެ މައިގަނޑެއް ހުންނާނެއެވެ. އެމައިގަނޑު ހުންނާނީ ނަރާ ގުޅިފައެވެ. 2 ނަރުން އެކްސްޗޭންޖާ ނުގުޅައި ބޭނުންކުރާ ފޯނު.

ނަރުބުރުސް

ނ. ބުރުހުގެ ނަރުތައް މަޢުދަނަކުން ހަދައިފައި ހުންނަ ބުރުސް.

ނަރުކެނޑި

ނ. މަޢުދަނީ ނަރު ކަނޑާން ގެންގުޅޭ އެކަތައިން ހަދައިފައި އޮންނަ އާލަތެއް.

ނަރުކޮއްޓި

ނ. ކޮއްޓާފޮށި. މިއީ ފުރައިފައި ހުންނަ ނަރުތަކެއްގައި ތުނިއެތިކޮޅަކުން ކޮއްޓަމުން ނަންބަރު ޖަހައިފައި ހުންނަ އަޑުތަކަކަށް އޮބަމުން ރާގުއަޅުވާ، ހަނި ދިގު ފޮއްޓެކެވެ. އަޑުތައް ހުންނާނީ ދެބަރިޔަށެވެ.

ނަރުވާ ހަނދި

ނ. ހަނދީގެ ބާވަތެއް. ނަރުވާ ހަނދި ބޮޑުވެގެން ދުވަސްވީމާ އެނަރުތައް ނެތިދެއެވެ. މިހަނދީގެ ކުލައަކީ ރިހިކުލައެވެ. ބުރަކަށިމަތި ހުންނަނީ ގަދަ ނޫކުލައިގައެވެ. މިއީ ވަރަށް މަސްމީރު މަހެކެވެ.

ނަރުދަމާ

ނ. ހަޑިފެނާއި ނަޖިސް ފަދަތަކެތި ދުރަށް ފޮނުވާން ހަދައިފައި އޮންނަމަގު، ނުވަތަ ހޮޅި.

ނަރުދަމާވަޅުގަނޑު

ނ. ވަޅުދޮށުން ބޭނުންކޮށްނިމިފައި ހުންނަ ހަޑިފެން އެޅޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ވަޅުގަނޑު.

ނަރުދާ

ނ. ވިރިކެކޭ ތަކެތީގެ ނަރުން ހަދައިފައި ހުންނަދާ.

ނަރުދޭވާނި

ނ. (ޅ) ލަކުޑީގައި އަޅާ ފަންޏެއް. މިއީ ފައި ގިނަ ކަޅުރަތްކުލައިގެ ފަންޏެކެވެ. މިފަނީގައި ކޮއްޓާލުމުން ބަޅުވެ ދެކޮޅުޖެހޭ ވަރަށް އޮޅިގަނެއެވެ. އަދި އޮޅިފައިވާ ވަގުތު ވަރަށް ހަރުކަށި ވާނެއެވެ.

ނަރުގަނޑު

ނ. 1 އިނގިލީގައި އަޅާ ތަނޑިގަނޑު. 2 އަތްފައިގައި އަޅާން ވަށްބޮޅެއްހެން ހަދައިފައި ހުންނަނަރު. 3 އެކިކަހަލަ މަޢުދަނީ ނަރުގެ ވަރުވަރުގެ ބުރިވަރު.

ނަރުގަނޑުފާނޫޒު

ނ. 1 ދުންހޮޅިއެއް ޖަހައިފައި ހުންނަ ކަރާސީނު ބައްތިއެއް. މީގައި ހިފުމަށާއި އެލުވުމަށް ނަރުގަނޑެއް ހުރެއެވެ. 2 ފާނޫޒު.

ނަރުގިސް

ނ. ފިޔާގަހުގެފަތް ކަހަލަ ހިމަފަތްތަކެއް ހުންނަ، ތަނޑިދިގުމަލެއް އަޅާގަހެއް. މިއީ އަޑިއަށް ގޮނޑިފައިބާ ލިލީ ޢާއިލާގެ ބާވަތެކެވެ.

ނަރުސިނގު

ނ. 1 ހަތަރެސްފައިޖެހި ޚިޔާލީ ހައިވާނެއް. މިހައިވާނު ކުޑަކަމުގޮސްފައިވާ ތާނގެ ވެލި އުކީމާ ޖެހޭހާތާކުން އަލިފާން ރޯވެއޭ ބުނެއުޅެއެވެ. 2 ނއ އަނަރޫފަވެ ބަނޑު ނުކުމެފައިވާ.

ނަރުސް

ނ. ޑަކްޓަރުންގެ އިރުޝާދުގެ މަތިން ބަލިމީހުންގެ ކަންތައް ބަލަހައްޓަންތިބޭ މީހުން.

ނަރޮމަތި

ނ. (ސ) ދޯނިފަހަރުގެ ކަސްމަތި.

ނަބާޒުހަކުރު

ނ. ސާފުކޮށް ގަނޑުކޮށް ބޮޑެތި އެތިއެތިކޮޅަށް ހުދުކޮށް ހުންނަ ހަކުރެއް.

ނަކަތް

ނ. 1 މޫސުމުގެ ގޮތުން އަހަރު ބެހިފައިވާ އަށާވީސް ބައިންކުރެ ކޮންމެ ބަޔަކަށް ކިޔާނަން. 2 ނަކަތް ނަކަތަށް ރޭވިފައި ހުންނަ ތަރިތައް.

ނަކަތްމުޑި

ނ. ތަންތަން ހަދާއިރު އިރުވަރުން ޖަހާމުޑި.

ނަކަތްގައު

ނ. ތަންތަން ހަދާއިރު އިރުވަރުން ބާއްވާ ގައު.

ނަކަތްގާ

ނ. ތަންތަން ހަދާއިރު އިރުވަރުން ބާއްވާ ގާ. ނަކަތްގައު.

ނަކަލުކުރުން

މ. 1 އަޞްލާ އެއްގޮތަށް އެއްޗެއް ހެދުން ނުވަތަ ލިޔުން. 2 ލިޔެފައިވާ ލިޔުމެއް އެހެން އެއްޗަކަށް ނެގުން. 3 ހެދިގެން އުޅުން. މިސާލު: އޭނާ އުޅެނީ އަހަރެން ނަކަލުކޮށްގެންނެވެ.

ނައި

ނ. 1 މޫދުގައި ހަރުކޮނެގެން އިންނަ އިހިފާޑުގެ ކުޑަ އެއްޗެއް. މި ކަށި ޖަހައިފިނަމަ ވަރަށް ދިލަ ނަގާނެއެވެ. 2 (ޅ) މަސްކާށިދޫންޏެއް ކަހަލަ ފެހިކުލައިގެ ކުޑަ އެއްޗެއް. [ބޯދާ] 3 އޮނު ނޫން އެހެން އެއްޗަކުން ހަދައިފައި ހުންނަ ފުމޭ އޮނު ބާވަތުގެ މިއުޒިކީ އާލަތެއް.

ނައިބު

ނ. 1 ވެރިއެއްގެ ބަދަލުގައި ކަންހިންގާން ހުންނަމީހާ. 2 ރާއްޖެތެރޭގެ ރަށްރަށުގައި ޝަރީޢަތް ކުރަން ހުންނަމީހާ. 3 ފުށުން ހަދައިފައި ހުންނަ ފޮނިހެދިކާއެއް. މިބޮޑަށް ވައްތަރުވާނީ ފޮނިރޮށްޓާއެވެ.

ނައިބުހަކުރު

ނ. އިހުގައި ރާވެރިންގެ އަތުން ނާއިބުންނަށް ނެގިހަކުރު.

ނައިބުބޮލި

ނ. ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޮލި ގެންގުޅުނު ޒަމާނުގައި ރަށްރަށުގައި ތިއްބެވި ނައިބުންނަށް ނަގައި އުޅުނު ބޮލީގެބައި. (މިނަގަނީ ބައިހަރަކުން އަތްގެކެވެ.)

ނައިބުކަމާ ހިނގުން

މ. ރަޖަބުމަހު ހަވަނަދުވަހު ދައުލަތުން ބޮޑު ރަސްމީ ޖަމާޢަތެއް ފޮނުވައިގެން ހަތަރު އަވަށު މައިޒާންގޭދޮށުގައި ދީނުގެ އަމުރު މަޢުރޫފު ކުރުން. މި ޖަމާޢަތް އެކުލެވިގެންވަނީ ބޮޑުބޭކަލުން، ޚަތީބު ބޭކަލުން، ފަނޑިޔާރުގޭ ނާއިބު ބޭކަލުން، މަލިން ބޭކަލުން، އަސްކަރު މުސްކުޅިން މަޖިލީހަށް އަރާބޭކަލުން، މުދިން ބޭކަލުން، ދޭވާނީން. މިބޭބޭކަލުންގެ މައްޗަށެވެ.

ނައިބުފަތް

ނ. 1 ނާއިބުކަން ރަށްރަށުގެ މީހުނާ ޙަވާލުކުރާއިރު މަޙުކަމަތުއް ޝަރުޢިއްޔާއިން ދޭ ފަތް. މިފަތް އެރަށްރަށުގެ ރައްޔިތުންނަށް ކިޔައިދިނުމީ ލާޒިމް ކަމެކެވެ. 2 އިހުގައި ކޮންމެ އަހަރެއްގެ ރަޖަބުމަހު ހަ ވަނަ ދުވަހު ފަޑިޔާރު މަނިކުފާނުގެ ފަރާތްޕުޅުން ދީނީ އަމުރު މަޢުރޫފު ހިންގުމަށް އަންގަވާ އެންގެވުން ލިޔެފައިވާ ކަރުދާސް.

ނައިބޮލި

ނ. ބޮލީގެ ތެރޭގައި ހިމެނޭ ބާވަތެއް. މިއީ މާކަނާ ތަޅުދަނޑިއެއްގެ ފާޑަށް އެއްކޮޅު އެތެރެއަށްލައި އޮޅިފައި ފަޅިބުރެއްގެ ސިފަޔަށް އޮންނަ ބޮއްޔެކެވެ. ބޮލީގެ ބޭރު ހުދުކޮށް ހުންނައިރު އޭގެދެބައިކުޅަ އެއްބައިހާތަނުން ފެށިގެން ފަހަތަށް ހުންނަބައިގައި ހުރަސް ގަޅިތަކެއްހެން ހުދާއި ދޮންމުށި ކުލައިން ނުވަތަ ގަދަމުށި ކުލައިން ހަނދުފަޅި ބުރަށް ކަހަލަ ގޮތަކަށް ފަލަ ފަށްތަކެއްހެން ރޮނގު ހުރެއެވެ. އޭގެ ތޮށިގަނޑުން ސަމުސާ ހަދައި އުޅެއެވެ.

ނައިބޮލިކަނޑާހަނު

ނ. ނައިބޮލިކަނޑާން ވަކިގޮތަކަށް ހަދައިފައި ހުންނަ ހަނު. މި ގިނައިން ހުންނަނީ އެއްދަނޑީގައި ދެބުރު ލާފައެވެ. މީގެ އެއްބުރުން ނައިބޮލި ކަނޑައި އަނެއް ބުރުން ކަރުނަގަނީއެވެ.

ނައިބޮލިކަރު

ނ. ނައިބޮލިތެރޭގައި ހުރަހަށް ހުންނަ ބައިތައް. މިއިން ވައްތަރު ވައްތަރުގެ ފޮތި ހަދައިގެން ފަންޑިތައަށް ކުދިންގެ ކަރުގައި އަޅައި އުޅެއެވެ.

ނައިބޮލިއުނބުގަނޑު

ނ. ފެންބުއިމަށް ނައިބޮލިން ހަދާކަންވާރެއް.

ނައިބޮލިސަމުސާ

ނ. 1 ނައިބޮލިން ކަނޑައިގެން ހަދައިފައި ހުންނަ ސަމުސާ. 2 (ހ) ނައިބޮލިތުޅާ.

ނައިކަ

ނ. މާލޫދުހަރުގެފަދަ ތަންތާނގައި ދަމައިފައި ހުންނަ ބޮޑެތި ދަމާ ފޮތިގަނޑުގެ މެދުގައި ލައިފައި ހުންނަ ސީޓު ފޮތިގަނޑު. (މި ފޮތިގަނޑުގެ ވަށައިގެން ކަޅު ދެހިރު ހުންނާނެއެވެ.)

ނައިކަލުން

މ. ދަމާފޮތިގަނޑުގައި ނައިކަ ހަރުކުރުން.

ނައިލޯނު

ނ. ރޮއްޖާއި ވައުފަދަ ތަކެތި ހަދަން ބޭނުންކުރާ މަޞްނޫޢީ މާއްދާއެއް.

ނައު

ނ. ޗާނދާލައިފައި ހުންނަ ހަތަރެސްކަން ރިޔާ ނުވަތަ ގޯސީ ނަގައިގެން ދުއްވާ އުޅަނދު.

ނައުފަހަރު

ނ. ނާފަހަރު.

ނައުސަރައްކު

ނ. 1 ނަވުސަރައްކު. 2 ފުރާދުއްވާ ބޮޑެތި އެއްޗިއްސަށް ދަތުރަށް ހަދާންވެގެން ފުރަތަމަ އިރުވަރުންލާ މުދައު.

ނައްކާރަ

ނ. ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއްޖަހާއިރު ޖަހާބެރު. މިބެރު ޖަހަނީ ހާރުވަގުތު ވަދެއްޖެކަމުގެ އިޢުލާނަކަށެވެ.

ނައްކާރަލަވަބައި

ނ. ނެއްޓީގެ ލަވަބައިތަކުގެ ތެރޭގައި ޖަހާ ލަވަބައެއް. މިލަބައި ޖަހަނީ ބެރުގައި ބެރުދަނޑިއާއި އެއްތެއު ގަނޑަކުންނެވެ.

ނައްދު

ނ. ބޮކަރުދުންދަނޑި. ބޮކަރާއި މާވަހަރާއި ގޮމަކަސްތޫރި ފަދަ ތަކެތި އެއްކޮށްގެން ހަދާ މީރުވަސްދުވާ ދުމެއް ނުވަތަ ދުންދަނޑިއެއް.

ނައްޓުވައިލުން

މ. ތަނެއްގައި އެޅިފައި ނުވަތަ ހަރުވެފައި ހުރިއެއްޗެއް ވަކިކޮށްލުން.

ނައްޕި

ނ. ރިހަ. ފަނިފަދަ ތަކެތި ކައްކަންވީ ގޮތްނޫން ގޮތަކަށް ކެކިފައި ހުރީމާ ކިޔާނަން.

ނަވަހައްޓި

ނ. 1 އޮނަހަތްތަރި. 2 (69) 3 އަށުހައްޓިއާއި ހަތްތަރިއާއި ދެމެދުގެ ޢަދަދު. 4 ފަސްދޮޅަސް ނުވައެއް.

ނަވަހަތްތަރި

ނ. 1 އޮނައާހި. 2 (79) 3 އަށުހަތްތަރިއާއި އަށްޑިހައާ ދެމެދުގެ ޢަދަދު. 4 ހަތްދިހަ ނުވައެއް.

ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ.

[މުސްކުޅިބަސް] ހިނގާ ޚަރަދާއި ހޭދަވާ ފައިސާ އެނގޭނީ އެކަމާ ޙަވާލުވެގެން ހުންނަ މީހަކަށްކަން ދޭހަކޮށްދޭން ބުނެއުޅޭ ބަހެއް.

ނަވައި

ނ. 1 ނުވަދިހަ. 2 90. 3 ނަވާހިއާއި އެކާނަވައާއި ދެމެދުގެ ޢަދަދު.

ނަވަވަންނަ

ނ. 1 އޮނަހައްޓި. 2 (59) 3 އަށުވަންނައާއި ފަސްދޮޅަހާއި ދެމެދުގެ ޢަދަދު. 4 ފަންސާސް ނުވައެއް.

ނަވަތަ

ނނަމުރުވ. ގުނުމާއި، އެއްކުރުމާއި، ގުނަކުރުމުގެ ހަމަތައް އެކުލެވޭ ތާވަލު.

ނަވަގުރަހާނަ

ނ. [ބޯދާ] ނުވަގުރަހަ (ގުރަހަނާ، ގުރަހަ، ތަރިބައެއް).

ނަވާހި

ނ. 1 އޮނަވައި. 2 (89) 3 އަށާހިއާއި ނުވަދިހައާއި ދެމެދުގެ ޢަދަދު. 4 އަށްޑިހަ ނުވައެއް.

ނަވާނަވައި

ނ. 1 އޮނަސައްތަ. 2 (99) 3 އަށާނަވައާއި ސަތޭކައާއި ދެމެދުގެ ޢަދަދު. 4 ނުވަދިހަ ނުވައެއް.

ނަވުރުމާ

ނ. 1 ވެދުން އެޅި ރުމާ. 2 ބޮކުސާ ރުމާ، މިއީ ހުދުމާ ޖަހައިފައި ހުންނަ ޚާއްޞަ ރަތް ރުމާލެކެވެ.

ނަވުސަރައްކު

ނ. ފުރާދުއްވާ ބޮޑެތި އެއްޗިއްސަށް ދަތުރަށް ހަދާންވެގެން ފުރަތަމަ އިރުވަރުންލާ މުދައު.

ނަވުސަރައްކުލުން

މ. ފުރާދުއްވާ ބޮޑެތި އެއްޗިއްސާއި، އަލަށް ހަދާ ފިހާރަ ގުދަން ފަދަތަންތަނަށް އިރުވަރުން މުދާލުން.

ނަމަ

އ. ނަމަވުން މާނަކުރުމަށް ބޭނުންކުރާ އަކުރެއް. މިސާލު: ކަލޭއައިނަމަ، އަހަރެން ދިޔައިމުސް.

ނަމަވުން

ނ. ކަމެއް ހިނގީތީ ހިނގިކަމެއް ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނޭ ކަމެއް ދޭހަކޮށްދޭ ޒަމާން.

ނަފުސު

ނ. 1 ފުރާނަ. 2 ހަށިގަނޑު. 3 އަމިއްލަޒާތު.

ނަތު

ނ. 1 އަންހެނުން ނޭފަތުގައި ލާއެތި. 2 ރަނުން ވާގަހަނާއެއް.

ނަލަހަފޮޅު

ނ. މަސްދޯނިފަހަރުގެ ފެން ފިލަޔަށްވީ ހިސާބުގައި މަތިކަނުގެ އެތެރޭން އަޅާ ތުނި ހަފޮޅު.

ނަލަހެދުން

މ. ރީތި ފޭރާން ލައި ރީތި ގަހަނާ އަޅައި ޒީނަތްތެރިވުން.

ނަލައަތަވާ

ނ. (ސ) 1 މެއްލަ ޖަހައިފައި އަޅާގޭގެ ހުރަސްތަކުގެ ކޮޅުގައި މަތިންއަޅާ ވަކަރު. 2 ކުރަކަނި މައްޗަށް ފައްތާ ވަކަރު.

ނަލަފަށް

ނ. މަސްދޯނި ފަހަރުގެ ފަތޭރި މަޑުލުގެ މަތީ ކައިރީން ބޭރަށް ނެރެފައި ހުންނަ ފަށަލަ.

ނަލަފިލާ

ނ. ފުރާޅު ތިރީ ކައިރި ފައިދޮށްތަކުގެ ކޮޅުގައި ޖަހައިފައި ހުންނަ ފިލާ.

ނަގާހައި ވިލަޔަކުން ފެނެއް ނާންނާނެއެވެ. ޖަހާހައި ގުގުރިއަކުން ހޮނެއް ނާޅާނެއެވެ.

[މުސްކުޅިބަސް] 1 ކުރިމަތި ވެދާނެކަމަކަށް ހީކުރެވުނު ނުރައްކާތެރިކަމެއް ނުވެދިޔުމުން އެކަމާގުޅިގެން އެކަން ނުވިކަން ދޭހަކޮށް ދިނުމަށް ބުނެއުޅޭ ބަހެއް. 2 ކުރިމަތިވަމުންއައި ކަމަކުން ނުކުންނާނެކަމަށް ހީކުރި ނަތީޖާ ނުނިކުތުމާ ގުޅިގެން ބުނެއުޅޭ ބަހެއް.

ނަގާނޭ ބަނދަރެއްގައި އޮޑިނާޅާށެވެ.

[ހަރުބަސް] ތިމާޔާ އެކަށީގެންނުވާ ހިސާބެއްގައި އިށީނދެ ނޫޅުން ފަދަ ކަންކަމަށް ބުނާބަހެއް.

ނަގިލިހިފުން

ނ. ބަނދަރު ކުރާތަނެއްގެ އަޑީގައި ނަގިލި ހަރުލުން.

ނަގިލިކަހައިލުން

މ. 1 ނަގިލިލައި ހަރުކޮށްފައި އޮތް އެއްޗެއްގެ ނަގިލި ކެހިގެން ދިއުން. 2 [މަޖާޒު] އަނބިމީހާ ރުޅިހަދައިލައިފައި ދިއުން.

ނަގިލިކަސްމަތިންދިއުން

ނ. 1 ނަގިލިލައިފައި އޮންނަ ކެނބު ބޯރުދޫއާ ހަމައިން ކަނޑައިލުން. 2 [މަޖާޒު] ކުއްލިއަކަށް އަނބިމީހާ ވަރިކުރުން.

ނަގިލިކެނޑުން

މ. 1 ނަގިލީގައި ޖަހައިފައި އޮންނަ ވައު ބުރިވުން. 2 [މަޖާޒު] ދެމަފިރިން ވަރިވުން.

ނަގިލިލުން

މ. 1 ފުރާދުއްވާ އެއްޗެހި ތަންތާ ހަރުކުރާން ނަގިލި ވައްޓައިލުން. 2 [މަޖާޒު] ދެމީހަކު ހިތާވެގެން އުޅޭތީ އެކަން ފާޅުކުރުމަށްޓަކައި އެހެން ބަޔަކު ދޮން ވެލިން މަގުމަތީގައި ނަވެއް ކުރަހައި އެނަވުގެ ދެނަގިލި އެދެމީހުންގެ ދެގޭދޮށަށްލުން.

ނަގިލިޖެއްސުން

މ. ގަލެއްގައި ނަގިލި ހަރުކުރުން.

ނަގުލަންދާށި

ނ. ކަށިޖަހާ ވިހަގަދަ ސޫތްޕެއް. މިއީ ނަގުލުގެ ކޮޅުގައި ކަށްޓެއް ހުންނަ ބޯކޮޅުގައި ކަކުނީގެ ދެދަތްގަނޑުހެން ހިމަ ދެ ދަތްގަނޑު ހުންނަ ސޫތްޕެކެވެ.

ނަގުލުންބަޑިއެޅުން

މ. 1 ކަނޑުގައި އުޅޭ ބޮޑެތި މަސްއަޑިޔަށް ދަމުން ނަގޫފަތުން ކަނޑުގައި ޖަހައި ލޮނުގަނޑު ވިއްސައިލުން 2 [މަޖާޒު] ރުޅިއައިސްގެން ހުރެ ކުދި ކިޔަމުން ދިޔުން.

ނަގޫ

ނ. 1 ބައެއް ހައިވާނުގެ ފަހަތުކޮޅުގައި މައިކަށްޓާ އެކުވެގެން، ޅިނދު މަތިން ފަޅައިގެން ނިކުމެފައި އޮންނަ ގުނަވަން. 2 ވިލާގަނޑުން ފައިބާފައި ހުންނަ ގަދަވައިރޯޅި.

ނަގޫހުދުމަޑި

ނ. ނަގޫ ހުދުކޮށް ހުންނަ މަޑިއެއް. މިއީ ތިލަފަޅުފަޅާއި ފަރުބޭރުގައި އުޅޭ މަޑިއެކެވެ. މީގެ އެންމެ ޚާއްޞަ ސިފައަކީ ނަގޫ ހުދުކަމެވެ. ބުރަކަށި ފަރާތް ހުންނާނީ ކަޅުކުލައިގައި ހުދު ތިކިތަކެއް ޖަހައިފައެވެ. މަޑީގެ ނިގޫ ގާތްގަނޑަކަށް އޭގެ ހަށިގަނޑާ އެއްވަރު ވާނެއެވެ.

ނަގޫއެނބުރުން

މ. މީހަކާ ދިމާއަށް "ނަގޫބަޅެ" ކޭ ނުވަތަ "ނަގޫކެނޑި" އެކޭ ބުނުން.

ނަގޫފަތް

ނ. މަހުގެ މައިކަށްޓާ ގުޅިގެން ފަހަތަށް އޮންނަބައި. ޢާންމުކޮށް މިބައި އޮންނަނީ ދެކަތްޕަށެވެ.

ނަގޫފިތުން

މ. [މަޖާޒު] މީހަކު އަނެކަކު ދެކެ ރުޅިއަރުވާން ވާހަކަ ދެއްކުން.

ނަގޫދިގުބުޅާހެދުން

[މަޖާޒު] އޮޅުބުޅާ މީހުންގެ ގައިގައި ހޭކިއުޅޭ ގޮތަށް މީހަކާ ގައިގޯޅި ވެގެން އުޅުން.

ނަގޫސޭސަރު

ނ. ކަނޑުން އަރާކަމަށް ބުނެވޭ ޚިޔާލީ ފުރޭތައެއް. މިއީ ބޮޑު ނަގުލެއް އޮންނަ، އަރައިގެން އަންނައިރު މަގުފުޅަފުގައި ނަގުލުންތަޅާ މުޅި ހަށިގަނޑުގައި ރެދަންލައިފައި ހުންނަ ފުރޭތައެއް ކަމަށް ބުނެވެއެވެ.

ނަސަބު

ނ.1 ނިސްބަތްކުރެވޭ ދަރިކޮޅު. 2 ވަންހަ. 3 މަތިފުށް. 4 ދަރިކޮޅު.

ނަސޭހަތް

ނ. މީހަކަށް ހެޔޮމަގެއް ދެއްކުމަށްޓަކައި އޯގާވެރިކަމާއިއެކު އެމީހަކާ ދައްކާ ވާހަކަ.

ނަސޭހަތްތެރިކަން

ނއނ. މީހަކަށް ހެޔޮއެދިގެން ނަސޭހަތުގެ ގޮތުގައި ވިސްނައިދޭކަން.

ނަސްލީއިމްތިޔާޒު

ނ. 1 ޢާއިލާއަށް ބަހައްޓާ ޚާއްޞަގޮތް. 2 ނަސްލު މަތިވެރިކުރާ ކުރުން. 3 ދަރިކޮޅަށް މޮޅުގޮތް ހޯދައިދޭ ހޯދައިދިނުން. 4 [މަޖާޒު] އެންމެންނަށް ލިބެންޖެހޭ ޙައްޤުތަކެއް ވަކިބަޔަކަށް ލިބޭގޮތަށް އޮންނަ އޮތުން.

ނަޑަރު

ނ. ވެލާގެ ޒަކަރު. މީހަކު ދެރަކޮށްލުމަށް އެމީހާއީ އެއްވެސް އެއްޗެއްނޫން ކަމުގައި ހަދައިފައި މިނަމުން ބުނެއެވެ.

ނަޖިސްކަން

ނއނ. 1 ނަޖިހުގެ ސިފަ ލިބިފައިވާކަން. 2 ނުލާހިކު ހަޑިކަން.

ނަޚުދާ

ނ. އޮޑިފަހަރާއި ބަނގަލާ ބޯޓުފަހަރުފަދަ ތަކެތީގެ ނެވިމީހާ.

ނަޣާރާ

ނ. ތަބުލާއެއްފާޑަށް އެއްކޮޅުގައި ހަންއަޅައިފައި އޮންނަ ބޮޑުބެރެއް. މިޖަހަނީ ހަތްކޮޅުނަގާ ދުވަހު ޚަޒީނާ ޖެހީމައެވެ.

ނަސޭހަތްދިނުން

މ. މީހަކަށް ހެޔޮމަގެއް ދެއްކުމަށްޓަކައި އޯގާވެރިކަމާއެކު އެމީހަކާ ވާހަކަ ދެއްކުން.

ނަސޭހަތްތެރި

ނއ. މީހަކަށް ހެޔޮއެދިގެން ނަސޭހަތުގެ ގޮތުން ވިސްނައިދޭ.

ނަސޭހަތްތެރިކަން

ނއނ. މީހަކަށް ހެޔޮއެދިގެން ނަސޭޙަތުގެގޮތުން ވިސްނައިދޭކަން.

ނަސޭހަތްތެރިވުން

މ. މީހަކަށް ހެޔޮއެދިގެން ނަސޭޙަތުގެ ގޮތުން ވިސްނައިދިނުން.

ނާ

ނ. 1 ނައު. 2 ނަވު. 3 އކ. ސުވާލާ ދެކޮޅަށް ދޭޖަވާބު. ނުވަތަ ޖަވާބުގެ ކުރީގައި ބުނާ އަކުރެއް. މިސާލު: "ކަލޭނުކާނޫތަ؟" އެހީމާ "ނާ" ބުނެފިނަމަ އެބުނީ ކާނަމެވެ. މިއަކުރު ޖަވާބުގެ ކުރިއަށް ގެންނަ ގޮތަކީ، "ކަލޭނުކާނޫތަ؟" އެހީމާ "ނާ" ކާނަން މިއެވެ. 4 ޗާނދާލައިފައި ހުންނަ ހަތަރެސްކަން ރިޔާ ނުވަތަ ގޯސީނަގައިގެން ދުއްވާތަކެތި. 5 ބައެއް ބަސް އެބަހުގެ އިދިކޮޅު މާނައިގައި ބޭނުންކުރާއިރު ބަހުގެ ކުރިޔަށް ގެންނަ އަކުރެއް. މިސާލު: ނާއުންމީދު، ނާތަހުޒީބު.

ނާށި

ނ. ކާށި ގަބުޅިފަދަތަކެތި ހެހުނީމައި ފެންނަ ހަރުތޮށިގަނޑު.

ނާށިއުނދުޅި

ނ. ކާށީގެ ނާށިން ހަދާއާލަތެއް. (މި ހުންނަނީ ހިފާތަނުގައި ހިމަދިގު ދަނޑިއެއްލައިފައެވެ.)

ނާށިފަތި

ނ. ކުރީޒަމާނުގައި އެދުރުގެއަށް ކިޔަވަން ދާކުދިން ކިޔަވަން ނުދާތާ ދުވަސްވުމުން، އެކުދިން ގެނެސްގެން އެކުއްޖާގެ އުނަގަނޑުގައި ވާގަނޑެއް ޖަހައިގެން ބަންޖެއް ކިޔަމުން ކުދިވެރިން ދަމާއިރު ކަރުގައި އަޅަން ލޯނާށިން އަމުނައިފައި އޮންނަ ނާށިފަތި.

ނާށިދިލަ

ނ. 1 ނާށިއާވި. 2 އަނދައަނދާ ހުންނަ ނާށްޓެއްގެމަތިން އެއްޗެއްޖަހައި ބަންދުކުރީމާ ނެގޭ އާވި.

ނާށިތާރަ

ނ. ނާއްޓެއްގެ އަނގަ މަތީގައި ހަންއަޅައި، އެހަން ތޮރުފައި ރޮއްޖެއް ލައިގެން އެރޮދީގެއަނެއް ކޮޅުގައި މަޅިއެއް ހަދައިފައި ދަނޑިގަނޑެއްގައި އަޅުވައިގެން އެނބުރީމާ އަޑުގޮވާ އެއްޗެއް.

ނާށިލުން

ނ. 1 އޮއްޓަރު ފަދަތަކެތީގެ ބޭރުގައި އޮންނަ ޅަތޮށި ހަރުވުން. 2 ފާރުގަނޑުގެ ވަށައިކައިރި ބޭރުން އަސަރު ނުކުރާހައި ހަރުވުން. 3 ފޭރާއި އަދިވެސް ބައެއް މޭވާ ގަހުގައި ހުންނައިރު ވާލާއި މީދަލުން ރައްކައުތެރި ކުރުމަށްޓަކައި މޭވާގެ ބޭރުން ދެނާށިލައި މޭވާ ފޮރުވުން. 4 [މަޖާޒު] މީހަކު އެއްކަމެއް ކުރާތާ ގިނަދުވަސް ވެގެން އެކަމަކަށް ހޭނުން. 5 މިންވަރަށް ވުރެން ހަރުމީހަކަށް ހެދިގެން އުޅުން.

ނާށިގަނޑު

ނ. 1 އެކިއެކި ބޭނުމަށް ތާހިރުކޮށްގެން ގެންގުޅޭ ނާށި. 2 ކަދޫ، ޖަހާމުގުރިފަދަ ތަކެތީގެ ބޭރުން އޮންނަ ހަރު ތޮށިގަނޑު. 3 އިންސާނާގެ ބޮލުގެ ހަރު ތޮށިގަނޑު. 4 [މަޖާޒު] އަންހެން ދުޅާކޮށް އުޅޭ ފިރިހެނުން.

ނާށިގަނޑުކުކުޅު

ނ. 1 ސީނުކުކުޅު. 2 ގިނިކުކުޅު. 3 ކަޅުނޫކުލައިގައި ހުދުކުލައިގެ ތިއްތިއް ޖަހައިފައި ހުންނަ ބިންމަތީ އުޅޭ ދޫންޏެއް. މީގެ ބުރިކަށިމަތި އޮންނާނީ ތާވައްކާށި ނާށިގަނޑަކާ އެއްބައްޓަމުގައެވެ.

ނާށިގުޑުގުޑާ

ނ. ދިގު ނާށިއުނބުން ހަދައިފައި ހުންނަ ގުޑުގުޑާ. މިއުނބު ބޭނުން ކުރަނީ ފުޅީގެ ބަދަލުގައެވެ.

ނާށިޖެހުން

ނ. މިއުޒިކުގެ ހަމައަށް ދެނާށި ދެނާއްޓަށް ތަޅަމުން ވަކިސިފައަކަށް ނަށަމުން ލަވަކިޔައިފައި ކުޅޭ ކުޅިވަރެއް.

ނާނަކަޓާ

ނ. ފާރޮށި އުނދުނުގައި ފިހާ ފޮނި ކާއެއްޗެއް. މިއީ ހަކުރާއި، ގިތެލާއި ކުކުޅުބިހާއި، ކާފޫރުތޮޅި ލައިގެން ގޮދަން ފުށުގައި ތައްޔާރުކުރާ އެއްޗެކެވެ.

ނާނާ

ނ. 1 ހަމައެކަނި އަޑުން އަޅުވާލާ ރާގު. މިސާލު: ނާނަޔޭނާނާ. އޫނ. އޫނ. އޫނ. 2 ކުދިން ނިންދަވަން ކިޔާލަވަ. 3 އތ. ނޫނެކޭ ބުނުން ގަދަކުރުމަށް ބުނާގޮތް. 4 [މަޖާޒު] ކިޔާއެއްޗެއް ނުފިލާގޮތަށް ނުވަތަ އަޑުއަހާމީހުން ފޫހިވާ ގޮތަށް ދައްކާ ވާހަކަ. 5 ކިޔާއެއްޗެއް އޮޅުން ނުފިލާގޮތަށް ކިޔާ އެއްޗެހި.

ނާނާބޭސް

ނ. ގަންޖާލައިގެން ހަދައިފައި ހުންނަ ޢަމަލުވާ ހިކި ބޭހެއް.

ނާނާކިއުން

މ. 1 ކުދިން ނިންދަވާން ލަވަ ކިއުން. 2 ހަމައެކަނި އަޑުން ރާގު އަޅުވައިލުން.

ނާނު

ނ. 1 ފާރޮށި އުދުނުގައި ގޮދަން ފުށުން ފިހާ، ބޯކިބަލެއްގެ ބައްޓަމަށް އޮންނަ ކަމީރު ރޮށްޓެއް. 2 މަހުގެ ހަން ދެމީމާ މަސްގަނޑުގެ ޅިޔަތައް މަތީގައި ހުންނަ ކަޅުކުލައެއްގެ ހިމަ ފަށްތަކެއް.

ނާރިގުފާނަ

ނ. ފާނައިގެ ބާވަތެއް. މިއީ ރާއްޖޭގެ ފަޅުފަރުތަކުގެ ފުން ބޭރުގައި ދިރިއުޅޭ ނާރިނގު ކުލައިގެ ކުޑަ މަހެކެވެ. މިމަހުގެ ނިގޫފަތުގެ ފަހަތުބައިގައި ހުރަހަށް ހުދު ނޫކުލައިގެ ހިމަ ރޮނގެއް ހުންނާނެއެވެ.

ނާރު

ނ. 1 ސިކުނޑިއާ ހަށިގަނޑުގެ އެހެންބައިތަކާ ގުޅައިދޭ މުވާޞަލާތީ ވިއުގައިގައި ހިމެނޭ ފަށް. 2 ލޭ ހިނގުމުގެ ނިޒާމުގައި ހިމެނޭ ހޮޅި. 3 އަތްފައިގެ ހުދުހަމުގައި އެހަމުގެ ކުލަޔާ ތަފާތުކޮށް ހުންނަ ގުދުރަތީ ރޮނގު. 4 ކާނާއާއި ފެން ދައުރުކުރުމަށް ގަސްގަހާގެހީގެ ފަތުގައި ހުންނަ ފަށް. 5 ގަސްގަހުގެ ފަތުގެ ބޭރުފުށުގައި އުސްކޮށް ހުންނަ ފަށްފަށާއި މީގެ ބަނޑުފުށުގައި ހުންނަ ރޮނގު.

ނާރުނެގުން

މ. 1 ފަތްފަދަ ތަކެތީން ނާރު ވަކިކުރުން. 2 ހަމުގެ ބޭރަށް ނާރު އުފުލުން. 3 ނާރު ފުއްޕުން.

ނާރުރާހަ

ކއ. [ބޯދާ] ވަންހަނާ.

ނާރުތަކާބެހޭނިޒާމު

ނ. ހަށިގަނޑުގެ އެންމެ ހިމަހިމަ ނާރުތަކުން ފެށިގެން ސިކުނޑީގެ ނާރުތަކާއި މައިކަށީގެ މަދާއި ޙަރަކާތް ކުރުމަށް މެސެޖުގެނެސް ގެންގޮސްދޭ ހުރިހާ ނާރުތައް ހިމެނޭބައި.

ނާރުޖެހުން

މ. ކޮންމެވެސް ބައްޔަކަށްޓަކައި ތޫނުއެއްޗެއް ހަރައިގެން ލޭހޮޅިޔަކުން ލޭނެރުން.

ނާރެސް

ނ. 1 އުޑީގެ އަޑިކިބައިގެ މެދުގައި މަތިކިބަ ހިފެހެއްޓުމަށްޓަކައި ޖަހައިފައި ހުންނަ ދަނޑިގަނޑު. 2 ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓި އޮތުމަށްޓަކައި މެދުގައި އޮންނަ ކޮންމެ އެއްޗެއް.

ނާރޮވައްފަލުދަ

ނ. (ޏ) ބަނބުކޭލުގައި ހަދާ ފޮނިކާއެއްޗެއް. މިހަދާގޮތަކީ ބަނބުކެޔޮ ފެނުކައްކައި މަޑުކޮށް ފުނޑައި ހިމުންކޮށް ދިޔާހަކުރު އޭގެތެރެއަށް އަޅައިގެން ހިލައި، ވެށޭވަރަށް ހިލުމަށްފަހު ގުޅަވަށައި އޭގެ ސިފައަށް ގެނެސް ދޮލަނގުގައި އަތުރައި ނުވަތަ ފިނިފެންމާ އަޅައިފައި އަވީލަނީއެވެ. މިކެއްކުމުގައި ދޯބުރާލި ހަކުރުކޮޅެއްވެސް އަޅައެވެ.

ނާރޯޒު

ނ. 1 ފާރިސީންގެ ޤައުމީ ޢީދު ދުވަސް. 2 އިރުގެ ދައުރުކުރުމުގެ ގޮތުން ބަލާއިރު އަހަރު ފެށޭ ދުވަސް.

ނާބަ

ނ. މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރު. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑުދެހިތީގައި ޖަހާއުޅުނީ ހިތިގެދޮށުގައެވެ. ރަޖަބު، ރަމަޟާން، ޝައްވާލު މިމަސްމަހަށް ހަނދުބަލާރޭރޭ މިބެރުޖަހައި އުޅުނީ ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެނގުނީމައެވެ.

ނާބަބަޑި

ނ. 1 ރަމަޟާންމަހު އިރުއޮއްސިއްޖެކަން އެންގުމަށް ޖަހާއުޅުނު ބަޑި. ހަރޯދައިގެ ދުވަސްތަކުގައިވެސް މިބަޑި ޖަހައި އުޅެއެވެ. 2 ބޮޑު ދެ ހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑި.

ނާބަބޭލުން

މ. ނާބަ ޖަހަންވާއިރަށް ނުޖެހުނުނަމަ، ކުދިބޭކަލަކު ނާބަޖަހާބެރާ ދަނޑިގަނޑު ބާލައިގެން ދެގެދޭތެރެއަށް ގެންދިއުން. (މިހެން ހަދައިފިނަމަ ދެން ނާބަޖެހޭނީ އަލުން އިޒުނަ ހޯދައިގެންނެވެ.)

ނާބުސްޚާނު

ނ. ރަސްކަމުގެ ދުވަސްވަރު އާދަވެގެން ރަސްމީ ބެރުޖަހައި އުޅުނުތަން. މިތަންހުރީ ހިތްތަން ދޮރޯށީގެ މަތީގައެވެ. މިތަންހަދައިފައި ހުރީ ބޯކު ދޮރުތަކެއް ލައިފައި ހުންނަ ދިގު ކުޅިބަލާ ގެއެއް ހެންނެވެ. މިތާގެ އިރުމަތީ ބަޔަށް ކިޔަނީ ނާބުސްޚާނެވެ.

ނާޅި

ނ. 1 ގޮވާމުގެ ބާވަތްތައް މިނާން ގެންގުޅޭ ހަތަރު ލާހީގެ މިންވަރު ހުންނަ އެއްޗެއް. 2 ހަތަރު ލާހީގެ މިންވަރު. އެއީ ގާތްގަޑަކަށް ދެރާތަލެވެ.

ނާމަރޫފަ

ނ. އަންގައިގެ ނަކަތްތެރި ކަމުގައި ދުވަސް ބަހައިފައިވާ ބައިތަކުގެ ތެރެއިން ބައެއް.

ނާދެލެ

ނ. އޮޑިދޯނިފަހަރުގެ ތަންތާނގައި ހަރުކޮށްފައި ހުންނަ ކުދިކުދި ހިރުއްދަ ނުވަތަ ހިރުއްދަފިލާ.

ނާލުދަތުރުކުރުން

މ. 1 ނާލުބައްތެލި ފަހަރުގައި އެއްތަނުން އަނެއްތަނަށް މުދާ ގެންގޮސްދޭން އުޖޫރައަށް ދަތުރު ކުރުން. 2 ފުރާދުއްވާ އެއްޗެހީގައި އެއްތަނުން އަނެއް ތަނަށް މުދާ ގެންގޮސް ދިނުމަށް އުޖޫރައަށް ދަތުރު ކުރުން.

ނާގަހަރުފަ

ނ. ހަރުފައިގެ ބާވަތެއް. މިއީ ވިހަގަދަ ކަޅު ހަރުފަޔެކެވެ.

ނާގަ

ނ. [ބޯދާ] ހަރުފަ.

ނާގާ

ނ. 1 ގަހާއިން ފެށިގެން ހަތަރުވަނަ މިސްރާބު. [ބޯދާ] 2 ހަރުފަ. 3 ނއ. ހާމަ

ނާސަނާ

ނ. [ބޯދާ] 1 ހަލާކު. 2 ސުންނާފަތި.

ނާސަރީ

ނ. ގަސްގަހާގެއްސާއި ވެޔޮވެލާވެލި މުޑުވައްކޮށް ހައްދައި ބަލަހައްޓާތަން.

ނާސިގެ

ނ. 1 ކަސްބީންތިބޭގެ. 2 [މަޖާޒު] ނަހަމަގޮތްގޮތުގައި އަންހެނުންނާ ފިރިހެނުން ބައްދަލުކުރުވާ ގޭގެ.

ނާޒިރު

ނ. 1 ކިޔަވައިދީ އުގަންނައިދޭ ތަނެއް ބެލެހެއްޓުމުގެ އެންމެ މަތީވެރިޔާ. 2 ކަމެއް ބަލަހައްޓާމީހާ.

ނިހަމަ

ނއ. (ޏ،ސ) ނަހަމަ.

ނިހާލި

ނ. ރާއްޖޭގެ ރަސްމީ ބައެއް ހެދުމުގައި އުނަގަނޑުގައި ބަންނަން ގެންގުޅުނު ހަތަރުމުށް ނުވަތަ ފަސްމުށުގެ ދިގުމިން ހުންނަ ފަށާވީސް އެޅި ދިގުރޮނގުދެމި ފޮތިގަނޑެއް. މީގެ ދެދަރަޖަ ހުރެއެވެ. އެއްވަނަ ދަރަޖައަކީ އެއްފަށް ނިހާއްޔެވެ. ދެވަނަ ދަރަޖައަކީ ދެފަށް ނިހާއްޔެވެ. އެއްފަށް ނިހާލި ހަދަނީ ދެފުށް އެއްކަހަލަ ފަށުވި ފޮއްޗަކުންނެވެ. ދެފަށް ނިހާލި ހުންނަނީ އެހެން ކުލައެއްގެ ފޮއްޗަކުން ބަތާނަލައިފައެވެ.

ނިހުރޯދަ

ނ. 1 ހިޖްރީ އަހަރުފެށޭ ދުވަސް. 2 މުޙައްރަމް މަހުގެ ފުރަތަމަ ދުވަސް.

ނިންމައިލުން

މ. 1 ކަމެއްކޮށް ފުރިހަމަކޮށްލުން. 2 ނެތްތައިލުން. 3 އަވަދިކޮށްލުން. 4 ނިންމުން މިބަސް ލުއިކޮށް ބުނާގޮތް.

ނިންދަވާލުން

ނ. އެޅިބޮނޑިއަކުން ނުވަތަ ދިން އެތިފަހަރަކުން ހޭބަލިކޮށްލުން.

ނިންދަލާސް

[ބޯދާ] ރަހަކު އަވަހާރަފުޅު.

ނިންދެވުން

މ. 1 އަނެކަކުލައްވާ ކުރުވުމުގެ މާނައިގައި ނިދުން މިބަސް ބުނެއުޅޭގޮތް. 2 އިންޖެކްޝަނަކުން، ބޭހަކުން، ފަރުވާއަކުން ނުވަތަ އެނޫންވެސް ގޮތަކުން ނިދިއަންނާނޭގޮތް ހެދުން. 3 ނިދޭނޭގޮތް ތަނަވަސްކޮށް ދިނުން. 4 [މަޖާޒު] އަންހެނަކު ރޭގަނޑު އޭނާގެ ގާތުގައި ހިލޭ ފިރިހެނަކު ބާއްވައިގެން އޮތުން.

ނިރުދު

ނ. (ގ) ފިލާވެއްޔެއް. މިއީ ހިރުނދާ ވަރަށް އެއްވައްތަރަށް އެކަމަކު ހަލަވެލި ގަހަށްވުރެ ބޮޑުނުވާ ގަހެކެވެ. މީގައި އަޅާ ހިރުނދުފާޑުގެ އެއްޗެހީގެ ކިރު ދަދުގައާއި ފެތުރީގައި އަދި ފުންނާބު ފަޅައިގެންދާ މީހުންގެ ފުންނާބުގައި އުނގުޅައެވެ.

ނިބޫ

ނއ. 1 އެއްމާބަނޑު. 2 އެއްފަހަރާ ގަރުބަގަތުމުގައި އެއްކުއްޖަކަށްވުރެގިނަ. މިސާލު: އެއްމާބަނޑު ދެބެން، ނުވަތަ ތިންބޭން ހަތަރުބޭންފަދަ.

ނިކަކޯޅި

ނ. ހަނޑުލުފުށުން ހަދާ ތެލުލައި ހަކުރުލައިފައި ހުންނަ ހެދިކާއެއް.

ނިކައަޅޯ

ނ. ނިކަގަހުގެ އޮފިތަކުން ފައިބާމޫ. މިމުލުގެ ޚާއްޞަ ބޭނުމަކީ އޮޑިދޯނި ފަހަރުގެ ފަރުމާނު ހެދުމެވެ.

ނިކަމެތި

ނއ. 1 ހާލުދަތި. 2 ހަށިގަނޑުގެ ޟަޢީފު. 3 ބަލިކަށި. 4 ފަޤީރު.

ނިކަމެތިކަން

ނއނ. 1 ހާލުދަތިކަން. 2 ހަށިގަނޑު ޟަޢީފުކަން. 3 ބަލިކަށިކަން. 4 ފަޤީރުކަން.

ނިކަމެތިވުން

މ. 1 ހާލުދަތިވުން. 2 ހަށިގަނޑު ޟަޢީފުވުން. 3 ބަލިކަށިވުން. 4 ފަޤީރުވުން.

ނިއަރޮދި

ނ. ނިޔަފަތިގަނޑާއި ހަމާގުޅޭ ތަނުން ހަމުގެ ކައިރިފަށް.

ނިއަފަތި

ނ. އިނގިލިތަކުގެ ކަޅުހަން ނިމޭތާ ކުރީގައި ހުންނަ ހަރު ތޮށިގަނޑު.

ނިއަފަތިގަނޑު

ނ. ގެރިއާއި އަސްފަދަ ތަކެތީގެ ހަތަރު މޮށްގަނޑުގެ ކޮޅުގައި އޮންނަ ހަރުބައި.

ނިއާމަ

ނ. 1 ފަސޭހަ. 2 ނިޢުމަތް. މިބަސް ގިނައިން ބުނެއުޅެނީ ދަތުރާއި ވިދިގެންނެވެ. މިސާލު: ނިޔާމަ ދަތުރު ނުވަތަ ފަހި ދަތުރު.

ނިއާމަކަން

ނއނ. 1 ފަސޭހަކަން. 2 ފަހިކަން.

ނިއުޅުން

މ. 1 އޮޅާފައި އޮތް ފޮތި ނުވަތަ ދޫލަ ރޯލެއް ފަތުރައިލުން. 2 އެތައް ފަށްތަކެއް ހަރުކޮށް އެއް އުޅިއަކަށް ހަދައިފައިވާ ގޮތް، ކެނޑި ފަށްތަށް ވަކިވަކިކުރުން. 3 ނ. އެއްޗެއްގައި ހުންނަ މަޢުނަވީ ބަންދުކަމެއް މޮހައިލުމަށް ފަންޑިތަވެރިންކުރާ ކަމެއް.

ނިއުޅުންކުރުން

މ. އެއްޗެއްގައި ހުންނަ މަޢުނަވީ ބަންދުކަމެއް މޮހައިލުމަށް ފަންޑިތަ ހެދުން. ނުވަތަ ހަދައިފައިވާ ފަންޑިތައިގެ ބާރު ކެނޑުވުމަށް ކަމެއް ކުރުން.

ނިއުޅުންޖެހުން

މ. ނިއުޅުންކޮށްފައި ކާށި، ކުކުޅުބިސް، ކިހަވައްފަދަ ތަކެތި، ކޮންމެވެސް ތާކު ޖަހައި މުގުރައިލުން. މިސާލު: މަސް ނުބޭވިގެން ދޯނި ބާލާއިރު ވަށާމަތި ކަންމަތީގައި ކާށްޓެއް ޖައްސަމުން ހިނގައިފައި ދެން އެކާށި ތާކު ޖަހައި މުގުރައިލުން.

ނިއުމޯނިއާ

ނ. ފުއްޕާމޭ ދުޅަވާ ބައްޔެއް. މިބަލީގައި ފުއްޕާމޭގެ އެތެރޭގައި ޖަރާސީމުގެ ސަބަބުން ދޮސްހެދި ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބެއެވެ. މޭގައި ރިހުމާއި ކެއްސުންވެސް އެއީ މިބަލީގެ ޢަލާމާތެކެވެ.

ނިއޯން

ނ. ކުލައެއް ވަހެއް ނުހުންނަ ގޭހެއް. މިއީ ވައިގެ ތެރޭގައި ވަރަށް ކުޑަމިންވަރަކުން ހިމެނޭ މާއްދާއެކެވެ. ބައެއް ކަހަލަ އިލެކްޓްރިކް ދިއްލުންތަކުގައި ހޮޅިބުރިއަށް އަޅާ ގޭހުގައި މިބައި ހިމެނެއެވެ.

ނިވައްތައިގަތުން

މ. ބަނޑުހައިކަމުގެ އުނދަގޫތައް ބޮޑުވެގަތުން.

ނިވާފަތް

ނ. 1 ތަޅުދަނޑިވަޅު ފޮރުވާން ތަޅުވަޅުމަތީގައި ހަރުކޮށްފައި ހުންނަ އެތިކޮޅު. 2 ދޮރުފަތް ލެއްޕީމައި ދެދޮރުފަތް ދެމެދުން ހާއަޅާތަން ނިވާކުރުމަށް އެއްދޮރުފަތުގައި ހަރުކުރާ ފަތިގަނޑު. މިފަދަ ބޭނުމަށްޓަކައި ހަރުކުރާ ކޮންމެ އެއްޗަކަށްވެސް މިނަމުން ކިޔައެވެ.

ނިވާފަތްގަނޑު

ނ. 1 އެއްޗެއް ނިވާކުރުމަށާއި ރައްކާތެރި ކުރުމަށްޓަކައި ޖަހާނިވާ. 2 [މަޖާޒު] މީހަކަށް ނުވަތަ ބަޔަކަށް ރައްކާތެރިކަންދޭ މީހާ.

ނިވާލުން

މ. 1 އަލިފާން ނެއްތައިލުން. 2 ހޫނު ފެނަށް ހިހޫ ފެންއަޅައިގެން ހޫނުކަން މަޑުކޮށްލުން. 3 އިންޖީނާއި ރޭޑިޔޯއާއި ފަންކާ ފަދަ ހިނގަހިނގާ ހުންނަ ތަކެތީގެ ހިނގުން ހުއްޓައިލުން. 4 އަވިމަޑުވެލުން ނުވަތަ ހަނދުވަރު ފަނޑުވެލުން.

ނިވުން

މ. 1 އަލިފާން ހުރެފައި ނެތުން. 2 ދިއްލިފައި ހުރިއެއްޗެއްގެ އަލިކަން ދިޔުން. 3 ހޫނުފެނާ ހިހޫފެނާ އެއްކޮށްގެން ހޫނުކަން މަޑުކުރުން. 4 އިންޖީނު، ރޭޑިޔޯ، ފަންކާ ފަދަ ހިނގަހިނގާ ހުންނަ ތަކެތީގެ ހިނގުން ހުއްޓުން. 5 އަވި މަޑުވުން ނުވަތަ ހަނދުވަރު ފަނޑުވުން.

ނިވެއްތުން

މ. ބަނޑުހައިކަމުގެ އުނދަގޫތައް ބޮޑުވުން.

ނިމަ

ނ. 1 ރަށްރަށުގެ ރައްޔިތުންކުރާ ދަތުރުތަކުގައި ރައިވެރިންނަށް ނުދެވޭތީ އެމީހުން އަތުން ނަގައި އުޅުނު ހަކުރު ނުވަތަ ތަކެތި. 2 ދަތުރުވެރިންނަށް ބައެއް ރަށްރަށުން ހަދިޔާއަށް ދީއުޅުނު ތަކެތި. މިތަކެތިދީ އުޅުނީ އެރަށްރަށުގެ ފަޅަށް ދަތުރުދޯނި ވަނީމައެވެ.

ނިމުނުކަން

ނ. ވޭތިވެދިޔަ ކައިރި ޒަމާނެއްގައި ހިނގައިފިކަމެއް ދޭހަކޮށްދޭ ކަމެއް.

ނިމުން

މ. 1 ކަމެއްހުއްޓުން. 2 އަވަދިވުން. 3 ހަލާކުވުން. 4 މަރުވުން.

ނިމެއްކުހަރާމީ

ނ. 1 ޚިޔާނާތްތެރިޔާ. 2 ގެންގުޅޭ ސާހިބު މީހާޔަށް ޚިޔާނާތްތެރިވާ މީހާ. 3 ހަރާންކޯރު.

ނިފާޅަ

ނ. (ޅ) ފަތްޕިލާވެއްޔެއް. މިއީ ބިލެތް އަރާހެން ރުއްރުކަށާ ގަސްގަހަށް އަރާ ވެލެކެވެ. މިވެލުގެ ފަތްތައް ހުންނާނީ ބިލެތާ އެއްފާޑަކަށް އެއަށްވުރެ ބޮޑެތިކޮށެވެ. މިއީ ވަރަށް ގިނައިން ދިވެހި ބޭހަށް ބޭނުންކުރާ ފަތެކެވެ.

ނިދަންމިޔަރު

ނ. މިޔަރުގެ ބާވަތެއް. މިއީ ވަރުގަދަ ބޯހަންގަނޑެއް އޮންނަ ބަރުހެލި މިޔަރެކެވެ. މިމިޔަރު ނިދައިފައި އޮންނައިރު އޮންނާނީ އެސޮރުގެބޯ ހަރުހަރަށް ވައްދައިގެންނެވެ. މިޔަރުގެ ކުލައަކީ މުށިކުލައެވެ. އުރަހަތައް ހުންނަނީ އަޅިކުލައެއްގައެވެ.

ނިދި

ނ. ހަށިގަނޑާއި ސިކުނޑިއަށް އަރާމު ލިބިގަތުމުގެ ޠަބަޢީ ޙާލަތެއް. މިޙާލަތުގައި ހިއްސުތަކުގެ ތޫނުކަންކެނޑި ސިކުނޑީގެ ފުރިހަމަ ސަމާލުކަން ކުޑަވެއެވެ.

ނިދިންހޭލުން

މ. ހިތާއި ސިކުނޑިއާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވައި އަރާމު ދިނުމަށްޓަކައި، ޠަބަޢީގޮތުން ހަށިގަނޑަށް އަންނަ ވަގުތީ ބަދަލު އައުމަށްފަހު އިހުހުރި ޙާލަތަށް ރުޖޫޢަވުން.

ނިދިބަރުކެއުން

މ. 1 ނިދީގެ އުނދަގޫތައް ލިބުން. 2 ލޮލާއި ބޮލާއި ހަށިގަނޑަށް ނިދީގެ ގަދަ އިޙުސާސްތައް ކުރަމުން ދިޔުން.

ނިދިއައުން

މ. ނިދީގެ އަސަރު ހަށިގަނޑަށް ވެރިވުން.

ނިދިމަޑު

ނއ. 1 ކުޑަކޮށް ނިދި އަންނަ. 2 ފަސޭހައިން ހޭލެވޭ.

ނިދިމަޑުވުން

ކއ. ނިދާފައި އޮންނައިރު ފަސޭހައިން ހޭލެވޭ ގޮތްވުން.

ނިދިމޯޅަ

ނ. 1 ނިދާ ތެދުވާއިރު ހަށިގަނޑަށް ލިބިފައިހުންނަ މޯޅިކަން. 2 ނުފިލާ ހުރި ނިދީގެ އަސަރު.

ނިދިގަދަ

ނއ. 1 ގަދަޔަށް ނިދި އަންނަ. 2 ފަސޭހައިން ހޭ ނުލެވޭ.

ނިދިގަދަވުން

މ. ނިދާފައި އޮންނައިރު ފަސޭހައިން ހޭނުލެވޭ ގޮތްވުން.

ނިދުން

މ. 1 ހިތާ ސިކުނޑިޔާއި ހަށިގަނޑަށް ލިބޭ ވަރުބަލިކަން ފިލުވާ ޠަބަޢީ ގޮތުން އަރާމު ލިބިދިނުމަށްޓަކައި މުޅިހަށިގަނޑަށް އަންނަ ވަގުތީ ބަދަލުއައުން. 2 ހޭލާހުރުމުގެ އިދިކޮޅު. 3 [މަޖާޒު] ހަރަކާތެއްނެތި ހިމޭންވުން.

ނިތުރު

[ބޯދާ] ހައްތާއެވެ. (ހައްތާ)

ނިތުބަޑި

ނ. ކުނަހަނގާލި.

ނިތްތެޅުން

މ. [މަޖާޒު] ފަރުވާކުޑަކޮށް އަވަސް އަވަހަށް ނަމާދުކޮށްލުން.

ނިތްތޮޅި

ނ. ކުނަހަނގާލި.

ނިތްގަނޑު

ނ. 1 ނިތާދިމާއިން ނެރެ ހަދައިފައި އޮންނަ އިސްތަށިގަނޑު. 2 ތޮފިފަދަ އެއްޗެތީގައި ނިތާ ދިމާއިން ނެރެފައި ހުންނަތަން. 3 މިޔަރުގެ ތަލަމަތި.

ނިތްގަނޑު މިޔަރު

ނ. (އ) މެންދާ މިޔަރުގެ ބާވަތެއް. މިއީ އާދައިގެ މިޔަރަށްވުރެ ނިތްގަނޑު ބޮޑު، އެހެން މިޔަރަށްވުރެ އުރަހަ ކުދިކޮށް ހުންނަ މިޔަރެކެވެ. ހެލިފެލިވުމުގައި ތަންކޮޅެއް ހަރަކާތްލަސް މިޔަރެކެވެ.

ނިލަ

ނ. 1 ކަށިކެޔޮ ހޮޅުފަޅައިގެން ހަދާފަތި. 2 ބައްތެލި ފަހަރުގެ ހިޔަލުމަތީ އަޅައިފައި ހުންނަފަތި.

ނިލަންގޮނޑި

ނ. (އ) ވިހަލަގަނޑި.

ނިލަކެހެވައް

ނ. (ސ) ނުލުރުކުގެ ކިހައް.

ނިލަގަނޑު

ނ. 1 ނިލަފަންގެ. 2 އޮޑިދޯނި ފަހަރުގެ ކުޑަ ހިޔާ ހަދަން ބޭނުންކުރާ ފަންގެ. މިއީ އޮޑިދޯނި ބައްތެލި ފަހަރުގެ ފަންހިޔަލުގެ ފުރާޅުމަތީގައި ފެތުރުމަށްޓަކައި، ކަށިކޭލު ހޮޅުގެ ފަތިން ދެފަތިގަނޑު ދޭތެރޭގައި ކައިވަތެއްހައި ދުރުމިން ހުންނަވަރަށް ބަނޑުވަރުތަކެއްގައި އައްސައި އަމުނައިފައި އޮންނަ ފަތިތަކެކެވެ.

ނިލޫބޮނދަ

ނ. (ސ) ލަނޑާ. ލަނޑާގެ ނޫކުލަގަދަ ވައްތަރު، މިއީ އަނގައިގެ ދަތްގަނޑު ހަޑިކޮށް ހުންނަ މަހެކެވެ.

ނިގާރަން

ނ. 1 ކަނޑު ދަތުރުފަތުރުކުރާ ބައެއް އުޅަނދު ދުއްވުމަށްޓަކައި ކޮންމެހެން ބޭނުންވާބަރު 2 [މަޖާޒު] ހެނދުނު ފުރަތަމަ ބަނޑައްލާ އެތިކޮޅު. 3 މީހުންގައި ހުންނަ ހަރުދަނާކަން.

ނިގާރަންފޮށި

ނ. ދެއަތްގަނޑު ލައިފައި ހުންނަ ފޮށްޓެއް. މީގެ އެތައް ފޮށްޓެއް ހުރެއެވެ. މީގެ ތެރޭގައި ހުންނާނީ ކަޅުތިމަރަ ނޫނީ ހިލައަޅައިފައެވެ. މިފޮށި ބަހައްޓަނީ ނާފަހަރުގެ މެދުތެރޭގައެވެ. މިއީ، ނާދުއްވާއިރު ރޯލުކުރިއަ ނުދިނުމަށް އަރުވާ ފޮށިތަކެކެވެ. މިފޮށިތައް އަރުވަނީ ބަރުވާ ވަރަށް މުދާ ނުލިބި ދަތުރުކުރަން ޖެހުމުންނެވެ.

ނިގޫދިގުހިކާ

ނ. ހިކާގެ ބާވަތެއް. މިމަހަކީ ހިމަދިގު ފެހިކުލައިގެ މަހެކެވެ. މި ފެހިކުލައިގެ ތެރެއިން ނޫކުލައެއް ފާއްދައިފައި ހުރެއެވެ. ހުޅުނބުތަކުގެ ހުރަހަށް ރަތްކުލައިގެ ރޮނގެއް ފާޅުކޮށް ހުރެއެވެ. މި މަހުގެ ބޮލުގައި ރަތްދަނބުކުލައިގެ ކުރެހުންތަކެއް ހުރެއެވެ. ނިގޫފަތުގެ ދެފަރާތުކައިރި ނަރުވައެއްގެ ސިފައިގައި ދިގުކޮށް ހުރެއެވެ.

ނިސްބަތް

ނ. 1 މީހަކާ ނުވަތަ އެއްޗަކާ ނުވަތަ ފަރާތަކާ ގުޅުވާ ގުޅުވުން. 2 މީހަކާ ނުވަތަ އެއްޗަކާ ނުވަތަ ފަރާތަކާ ހިމަނާ ހިމެނުން.

ނިސްބަތްކުރުން

މ. މީހަކާ ނުވަތަ އެއްޗަކާ ގުޅުވައި ކިޔުން.

ނިސްބަތްވުން

މ. މީހަކާ ނުވަތަ އެއްޗަކާ ނުވަތަ ފަރާތަކާ ގުޅިފައިވުން. މިސާލު: މަޖީދީމަގު ނިސްބަތްވެފައިވަނީ ޢަބުދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާ އެވެ.

ނިޔަނދުރު

ނ. ލުނބޮޔަށްވުރެ ތޮށިގަނޑުބޯ، ތޮށިގަނޑުގައި ފިތްހުންނަ، މެދުވަރު ފަޅޮލުގެ ބޮޑުމިނުގެ ހުތްމޭވާއެއް، މިއީ ކާއިރުމީރު އެކަމަކު ފަހުން ހިތިރަހަލާ އެއްޗެކެވެ.

ނިޔަރޮދި

ނ. ނިޔަފަތިގަނޑާއި ހަމާއި ގުޅޭ ތަނުން ހަމުގެ ކައިރިފަށް.

ނިޔަފަތި

ނ. އިނގިލިތަކުގެ ކަޅުހަން ނިމޭތާ ކުރީގައި ހުންނަ ހަރުތޮށި ގަނޑު.

ނިޔަފަތިކަނޑާދަތި

ނ. ނިޔަފަތި ކަނޑަން ހަދައިފައި ހުންނަ އާލަތެއް.

ނިޔާމަ

ނ. 1 ފަސޭހަ. 2 ނިޢުމަތް. މިބަސް ގިނައިން ބުނެއުޅެނީ ދަތުރާ ވިދިގެންނެވެ. މިސާލު: ނިޔާމަ ދަތުރު (ފަހި ދަތުރު)

ނިޔާމަދަތުރު

ނ. 1 ފަހި ދަތުރު. 2 ފަސޭހަކަމާއި އަރާމާއެކު ކުރާ ދަތުރު.

ނިޝާން

ނ. 1 ފާހަގަ. 2 ޢަލާމާތް. 3 ޢިއްޒަތާއި ތަޢުރީފުގެ ފާހަގައެއް ކަމުގައި ދީއުޅޭ ރަން ރިހިފަދަ ތަކެތީން ހަދައިފައި ހުންނަ ފޮއްޗާއި މައު.

ނިޞާބުހަމަވުން

މ. ޒަކާތް ދިނުން ވާޖިބުވާ މިންވަރު ހަމަވުން.

ނީ

ނ. 1 ހަނޑޫފަދަތަކެތި ފޮޅީމާ ނެގޭ އެންމެ ހިމުންބައި 2 އޮޑި ފަހަރުގެ ކުނބުގެ ކުރީގައި ސާމޯރުޖަހަން ހިމަކޮށްފައި ހުންނަ ތަންކޮޅު. 3 [ބޯދާ] ކުރީކޮޅު.

ނީހަ

ނ. 1 ޣީބަ. 2 ނެތިމޮށޭ ނެތިމޮށުން. 3 ހަސަދަ. 4 ދެބައޮޑުވާ އޮޑުވުން. 5 ހިތުގެ ރުޅި.

ނީހަނޑޫ

ނ. ހަނޑޫފަދަ ތަކެތި ފޮޅީމައިނެގޭ އެންމެ ހިމުން ބައި.

ނީހަމޮށުން

ނ. 1 ޣީބަބުނުން. 2 ނެތިމޮށުން. 3 ހަސަދަވެރިވުން. 4 ދެބައޮޑުވުން.

ނީރި

ނ. (ޏ) 1 ފަންވަތުގެ ކައިރިން ނެގޭ މުއިރު. 2 ނިރު. 3 ވަތް އެނގޭ ވަރުތަންތާގައި ފެތުރިފައި ހުންނަ ހަތާގަނޑު. 4 ނީރުން، މިބަހުގެ ނިމިނިމުނުކަން.

ނީދަނޑި

ނ. އޮޑިފަހަރުގެ ކުނބުގެ ކުރީގައި ސާމޯރުޖަހަން ހިމަކޮށްފައިހުންނަ ތަންކޮޅު.

ނީލަން

ނ. 1 ވިހަލަގޮނޑި. 2 ނީލަންގޮނޑި. 3 ނީލަމް. 4 އެއްޗެއް ވިއްކާލުމަށް ބައެއްގެ މެދުގައި އަގުކިޔާ ކިޔުން.

ނީލަންބެހުން

މ. ދަރަނިވެރިއެއްގެ މުދާ ނީލަން ކިޔައިގެން ލިބޭ ފައިސާ ދަރަނީގެ މައްޗަށް ނިސްބަތުން ބަހައިދިނުން.

ނީލަންގޮނޑި

ނ. (ސ) ވިހަލަގޮނޑި.

ނު

އކ. 1 ނަފީގެ އަކުރެއް. މިއަކުރުގެ މާނަދޭހަވާނީ، ބަހަކާއި ގުޅުވައިގެން ބުނުމުގައެވެ. މިސާލު: {ހ} ނުބަލާ! {ށ} ނުދޭ! {ނ} ނުކާނަން. 2 ނުދަންނަ އެއްޗެއް.

ނުހަނު

އ. ވަރަށް. މިބަސް ބުނެއުޅެނީ ރަނގަޅު ކަންތަކާ މެދުގައެވެ. މިސާލު: ނުހަނު މޮޅު ބޭހެއް.

ނުހިނދޭކުޅިގަނޑު

ނ. 1 އޮށްވަޅު ކުޅުމުގައި ނުހިނދޭ ގޮތަށް ރޭވިފައިވާ ކުޅިގަނޑު. މިކުޅިގަނޑު ކުޅޭނީ ފިހާރައަށް ނުލައެވެ. 2 [މަޖާޒު] ނުހުއްޓި ގެންދާކަންތައް. މިސާލު: ދެމީހަކު ހިތާވެގެން ދުރުނުވެ ނުމެ އިނދެމެ އުޅޭ އުޅުން.

ނުހިކޭފާރު

ނ. 1 ބޭހުން ފަސޭހަނުވެ ޢުމުރަށްވެސް ހުންނަފާރު. [މަޖާޒު] 2 ތިމާ، އިންމީހެއް ނުވަތަ ހިތާވި މީހެއްގެ ނުފިލާ ހުންނަ ހަނދާން. 3 ނުފުދިފައި ހުންނަ އެދުން.

ނުނިޔަތް

ނ. 1 ހަސަދަ. 2 ހިތުގައިހިނގާ ނުރުހުން. 3 އަނެކާއަށް ދެރައެއް ދިނުމަށް ގަސްދުކުރާ ކުރުން.

ނުނިޔަތްލުން

މ. 1 ހަސަދަވެރިވުން. 2 ހިތުގައި ނުރުހުން ތެރިކަން ބޭއްވުން. 3 އަނެކާއަށް ދެރައެއް ދިނުމަށް ގަސްދު ކުރުން.

ނުރަމަދިރި

ނ. (ހ) މަދިރީގެ ބާވަތެއް: މިއީ ހުދުތިއްތިއް ޖަހައިފައި ހުންނަ މަދިރިއެކެވެ.

ނުރުހުން

ނ. 1 ރުހުމުގެ އިދިކޮޅު. 2 ނުގަބޫލުވުން. 3 ހިތްހަމަނުޖެހުން.

ނުރޯދަރިޔަކަށް ކިރެއްނުލިބޭނެއެވެ.

[ހަރުބަސް] 1 ކަންކަމާ ނޫޅޭމީހުންނަށް އެކަންކަން ޙާޞިލު ނުވާނެކަން ދޭހަކޮށްދިނުމަށް ބުނެއުޅޭ ބަހެއް. 2 ކަންކަމާ އުޅޭމީހުންނަށް އެކަންކަން ޙާޞިލުވީމާ އެކަން ދޭހަކޮށްދިނުމަށް، ބުނެއުޅޭ ބަހެއް.

ނުބައިއަޑު

ނ. 1 ބިރުވެރިއަޑު. 2 [މަޖާޒު] މީހަކާ ބެހޭގޮތުން ދެކެވޭ ނޭދެވޭ ވާހަކަ.

ނުބައިއެއްޗެހި

ނ. 1 ހަލާކުވެފައިވާ ތަކެތި މިސާލު: އަލުވި ބަސްތާއިން ނުބައި އެއްޗެހި ހޮވާލާށެވެ. 2 ރަހަމީރުނޫން ތަކެތި. މިސާލު: ވިހަލަގޮނޑިއަކީ ވަރަށްނުބައި އެއްޗެކެވެ. 3 ހަޑިހުތުރު އެއްޗެހި.

ނުބައިވަސް

ނ. 1 ހިތްހަމަނުޖެހޭ ނުރުހޭވަސް. 2 ކުނިވަސް.

ނުބެހޭކަމަކާއި ކާޅުކެއަސް ސޮއްނުގޮވާތި

[ހަރުބަސް] ތިމާއާނުބެހޭ ކަންކަމާ ގާތްނުވުމަށް ބުނެއުޅޭ ބަހެއް.

ނުކުތާ

ނ. 1 ބައެއް އަކުރުގައި ހުންނަ ތިކި. 2 ކަމެއްގެ ތެރޭގައި ޚާއްޞަ ވިސްނުމެއް ބަހައްޓާންވީ ކަންތައް.

ނުއަތުރޯޅި

ނ. 1 ވައިޖެހޭ ފަރާތްނޫން އަނެއް ފަރާތުން އަންނަރޯޅި. 2 ފުށަތުރޯޅި. 3 ވެރިޔަކު އޭނާގެ ދަށުން ހުންނަ މީހަކާމެދު އޭނާގެ ކުށެއްނެތި ކަމަކާނުލައި، ރުޅިއައިސްގެން ކުރާކަންތައް.

ނުއިބޭސް

ނ. ކަޅުދަނބުކުލައިގައި އެތިއެތިކޮޅަށް ހުންނަ ކުލަޖައްސާން ގެންގުޅޭ އެއްޗެއް. މިހަދަނީ ކުދި ހިތިގަހުގެ ފަތް ފެނުއަޅައިގެންނެވެ. މި ބޭހަށްވެސް ލައިއުޅެއެވެ. އިހުޒަމާނުގައިވެސް ނުލުގެ ބަދަލުގައި ބޭނުން ކުރަނީވެސް މިއެވެ.

ނުވަރޭފެން

ނ. ވިހާތާ ނުވަދުވަސްވުމުގެ ކުރި. މިހެން ކިޔުނުގޮތަކީ އިހުގައި މީހަކު ވިހައިފިނަމަ ނުވަދުވަސް ވަންދެން ދުވާލަކު ތިންފަހަރު ނުވަތަ ފަސްފަހަރު އެމީހާ ފެންވަރުވާތީއެވެ. މި ފެންވަރުވާނީ ހޫނު ފެނުންނެވެ.

ނުވައެއް

ނ. 1 ގުނުމުގެ ނުވަވަނަ ޢަދަދުގެ ނަން. 2 (9) 3 އަށަކާއި ދިހައަކާއި ދެމެދުގެ ޢަދަދު.

ނުފިރުކެވެނިސް ދުވަން ނޫޅޭށެވެ.

[ހަރުބަސް] 1 ކަމެއް ކުރަން ރަގަޅަށް ނޭނގެނީސް އެކަންމޮޅަށް ދަންނަމީހަކަށް ހެދިގެން ނޫޅޭށޭ ބުނުމަށްޓަކައި ބުނެއުޅޭ ބަހެއް. 2 ތިމާ އުޅެންވާނީ ތިމާގެ ފެންވަރުންނޭ ބުނަން ބުނެއުޅޭ ބަހެއް.

ނުފެންނަތާކިހާ

ނ. ޚިޔާލީ ތާކިހަލެއް. މިތާކިހާއެޅުމުން އެމީހަކު، އެހެން މީހުންގެ ލޯތަކަށް ގެއްލިދާނެކަމަށް ފުލޯކު ވާހަކައިގައި ބުނެވެއެވެ.

ނުގަންނާން ހުންނަ ދޮނގެއްހެން

[މިސާލުބަސް] މީހަކު ކަމެއް ކުރާން ނުކުރާން ހުންނަ ހުރުމަށް ބުނެއުޅޭ ބަހެއް.

ނުގުޅި

ނ. (ޏ) ކަށިކެޔޮ އޮށް ފަޅައިލައިފައި ހަލާކުނުވެ ރީތިކޮށް ނަގާ މަދު.

ނުސީދާ

ނއ. 1 ސީދާނޫން. 2 ތެދުގެ އިދިކޮޅު. 3 ހަމަޔާ އިދިކޮޅު. 4 ހުޅަތް.

ނުސީދާކަން

ނއނ. 1 ސީދާ ނޫންކަން. 2 ހަމައާއި އިދިކޮޅުކަން.

ނުސީދާވުން

މ. 1 ސީދާ ނުވުން. 2 ހަމައާއި އިދިކޮޅުކަން.

ނޫ

ނ. 1 ކުލައެއްގެ ނަން، މިއީ ދުވާލު އުޑުމަތި ސާފުކޮށް އޮންނައިރު އުޑުމަތިން ފެންނަ ކުލައެކެވެ. ނަންއިތުރެއްގެ ގޮތުގައިވެސް މިބަސް ބޭނުން ކުރެއެވެ. މިސާލު: ނޫތަށި. ނޫފޮތި. 2 ވިއްސާރަ ދުނީގައި ހުންނަ ހަތްކުލައިގެ ތެރެއިން ފެއްސާއި ވައިލެޓާ ދެމެދުގައި ހުންނަ ކުލަ. 3 (މަލިކު) ފެހި.

ނޫހިލަފާޖާރު

ނ. ހިލަ ބިންބިމުގެ އާނުފަށަލައިން ނެގޭ މަޑުނޫކުލައިގެ މަޑު މަޢުދަނެއް. ހިލައަށްވުރެ މީގެކީލި ހިމުންވާނެއެވެ. މިއީ ވިހައިގެ ބޭހަށް ބޭނުންކުރާ އެއްޗެކެވެ.

ނޫނާރު

ނ. ހަމުގެ ތެރެއިން ނޫކުލައިގައި ފާޅުވާ ލޭނާރު.

ނޫނު

ނ. 1 ތާނައިގެ ތިންވަނަ އަކުރުގެ ނަން. 2 ދެކޮޅުގައި މުލައްގަނޑު ޖަހައިފައި ހުންނަ ގިލަކިއްސަރު ތިލަކޮށް އޮންނަ ޖަހާދޯންޏެއް.

ނޫނެކޭ

އ. 1 ނޫނެކޭގެ ގަދަގޮތް. 2 "ނޫނޭ" ބުނީމާ ނުވަތަ ބުނެފައި އެވާހަކަ އަނެކާ ގާތުގައި ބުނާގޮތް.

ނޫންކަހަލަ

އ. (މަލިކު) ނޫންހެން. ކަހަލަ، ހެން، ފަދަ

ނޫކާޅު

ނ. ރާއްޖޭގެ ފަރުފަރުގެ މުރަކައާއި ގާތަކުގެ ތެރޭގައި ވަރަށް ގިނައިން އުޅޭ މަހެއް. މޫދުމަސް ދިރުވައިގެން ގެންގުޅޭ މީހުންގެ ގާތުގައި މިއީ ވަރަށް މަޝްހޫރު މަހެކެވެ. މަހުގެ ބޮލުގެ ކުލައަކީ ކަޅުކުލައެވެ. ކޯތާފަތުގެ ކުލަ ހުދުވާނެއެވެ. ހަށިގަނޑުގައި ހަންހުރި ހުރިހާ ހިސާބެއްގެ ކުލައަކީ ނޫކުލައެވެ. ނަގޫފަތުގެ ކޮޅުގައްޔާ ބުޑުދަށުގައި ހުރަހަށް ކަޅުކުލައިގެ ފުޅާ ދެރޮނގު ހުންނާނެއެވެ.

ނޫމަދަރަކަ

ނ. ބޭހަށްގެންގުޅޭ މަޢުދަނީ ވިހައެއްޗެއް. މިއީ ނޫކުލައިގައި ހުންނަ އެއްޗެކެވެ.

ނޫފަންނަދަރި

ނ. ދެމަފިރިންކުރެ މީހަކަށް ލިބިފައިހުރި އަނެކެއްގެދަރި. މިގޮތަށް ކިޔައި އުޅެނީ އިނދެގެން އުޅޭއިރުއެވެ.

ނޫސްކަރުދާސް

ނ. 1 ފަރަންޖީ ކަރުދާސް. 2 ނޫސް ޗާޕްކޮށްފައި ހުންނަ ކަރުދާސް. 3 ނޫސް ޗާޕްކުރަން ހަދައިފައި ހުންނަ ކަރުދާސް.

ނޫސްވެރިން

ނ. 1 ނޫހަށް ލިޔެއުޅޭ މީހުން. 2 ނޫހަށް ޚަބަރު ހޯދާ މީހުން. 3 ރިޕޯޓަރުން.

ނޫޑުލިސް

ނ. ބޭރުން ގެނެވޭ ޕެކެޓްކުރެވިފައިވާ ތައްޔާރީ ކާނާއެއް. މި ހުންނަނީ ފަށްފަށަށެވެ. މިއީ، ހޫނުފެނުގައި ފަސޭހައިން ރޯފިލާ ކާނާއެކެވެ.

ނެށުން

މ. 1 ހަމައެއްގެ މަތިން ހެލިފެލިވެ ޙަރަކާތްތަކެއް ކުރުން. 2 ނ. ރާގަކަށް ނުވަތަ ލަވައަކަށް ހަމަކޮށްފައި ޖެހުމާއެކު ހަށިގަނޑަށް ގެންނަ ހެލިފެލިވުމެއް.

ނެންގުން

މ. 1 ނެންގުވުން. 2 މީހަކުލައްވާ އެއްޗެއް ނަގާނެގޮތް ހައްދާ އެކަން ކުރުވުން.

ނެރަށް އެރުން

މ. 1 ނެރުން ވަދެވޭގޮތަށް ނެރާ ދިމާވުން. 2 ނެރުތެރެ ސާފުކުރުމުގެ މަސައްކަތަށް އެސަރަހައްދަށް އެރިއުޅުން.

ނެރުބައްތި

ނ. ނެރުފާހަގަ ކުރުމަށް ޖަހާފައި ހުންނަ ބައްތި.

ނެރުއެތިގަނޑު

ނ. 1 ނެރު ފާހަގަކުރަން ޖަހައިފައި ހުންނައެތި. 2 ހޭރި.

ނެރުމަތީބުރޮޅި

ނ. 1 އޮޔާދާހައި އެއްޗެހީގައި ކޮށައިފައި ނެރުމަތީގައި އުޅޭ ކުޑަމަހެއް. 2 [މަޖާޒު] ފުޅަލި ނުވަތަ ދޮރޯށި ދޮށުގައި ހުރެގެން ދާހައި ފިރިހެނަކާ ހަނގާކޮށް އުޅޭ ޒުވާން އަންހެނާ.

ނެރުފާހަގަ

ނ. 1 ނެރުފާހަގަ ކުރަން ޖަހައިފައި ހުންނަ ހޭރި. 2 ނެރުގެ ވަނަވަރު. މިސާލު: ފަރުކޮޅުފުށްޓާ ވިހަމަނާ ފުއްޓާ ޖެހޭއިރު ފޭދޫގެ ނެރަށް ސީދާވުން.

ނެއްޓުން

މ. 1 ހަރުވެފައި ނުވަތަ ހަރުކޮށްފައި ހުރި އެއްޗެއް ވަކިކުރުން. 2 އަޅުވާފައިހުރި އެއްޗެއް ނެގުން. 3 ތަތްކޮށްފައިހުރި އެއްޗެއް ވަކިކޮށްލުން. 4 ބޮލުގައި އެޅިފައިވާ ކަމަކުން ރެކިގަތުން. 5 އޮޅުލުމުގައި ބައްދާފައިވާ ބެއްދުމުން ސަލާމަތްވުން. 6 އެޅުވުމުގެ އިދިކޮޅު.

ނެވިމަޅު

ނ. ދަތުރުކުރާ އުޅަނދުފަހަރުގެ ނެވިމީހާއަށް ޚާއްޞަ ހިސާބު.

ނެދާ

ނ. (ގ) ހަންޖާ.

ނެތަވާ

ނއ. [ބޯދާ] 1 ލަސްކުރާ. 2 ފަހަށް ބާއްވާ.

ނެތިނުބައި

ނ. މީހާ ނެތްތާނގައި ދައްކާ އެމީހާގެ ބަދުނާމު ވާހަކަ.

ނެތިނުބައިކިއުން

މ. މީހާ ނެތްތާނގައި އެމީހާ ބަދުނާމުކޮށް ވާހަކަ ދެއްކުން.

ނެތިދިއުން

މ. 1 މަރުވުން. 2 އެއްޗެއް ހަލާކުވެ މުޅިން ނެތުން. 3 ނިމި ދިއުން.

ނެތްވަރުދެއްކުން

މ. 1 ނެތް ހިތްވަރު ދެއްކުން. 2 ކަމެއް ކުރުމުގެ ކުޅަދާނަކަމެއް، ފެންވަރެއް ނެތް މީހަކު އެކަން އޭނާއަށް ކުރެވިދާނެކަމަށް ހެދިގެން އުޅުން.

ނެގިމަޑުވުން

މ. 1 ވަޔަށް ނެގިގެންގޮސް ރިޔަލުން ވައި ހުސްވާ ވަރަށް ނެގުން. 2 [މަޖާޒު] މީހަކު ކަންކަމުގައި ޙަރަކާތެރިކަން ކުޑަވެ ލަސްވެފައި ހުރުން.

ނެގުން

މ. 1 އުފުލުން. މިސާލު: ދުޢާ ކިޔާއިރު ދެއަތް މައްޗަށް ނެގުން. 2 އެއްޗެއް ހިއްލުން. މިސާލު: ނަގިލި ނެގުން. 3 ލިބިގަތުން. މިސާލު: އޭނާ މުޙައްމަދު އަތުން ނެގީ ދެރުފިޔާއެވެ. 4 އެއްޗެއް އޮތްތާކުން ދުރުކުރުން. މިސާލު: ފަޅުތެރޭގައި އޮތް ދޯނި ނަގާށެވެ. 5 އެއްޗެއް ހުރިތާކުން އެހެންތާކަށް ގެންދިއުން. މިސާލު: އެގޭ ބަދިގެ އެތަނުން ނަގަން އަންގައިފިއެވެ. 6 މީހަކު އިންތާކުން ދުރުކުރުން. މިސާލު: އޭނާ އިންގޮނޑިން ނަގައިފިއެވެ. 7 ފުރާދުއްވާ ތަކެތި ވަޔަށް ހިއްލުން. މިސާލު: ދޯނި ވަޔަށް ނެގުން. 8 މީހަކަށް އޮތް ކަމެއް ނުވަތަ އެއްޗެއް މީހެއްގެ ކިބައިން ވަކިކުރުން. މިސާލު: ވަޒީފާ ނެގުން. 9 ގައިގައި ބިހި މުލިހި ފަދަ ތަކެތި އުފެދުން. މިސާލު: ގަނޑުނެގުން، ބިހިނެގުން. 10 ސެޓްފިކެޓް ސަނަދު ފަދަ ތަކެތި ޙާޞިލުކުރުން. މިސާލު: ސަނަދު ނެގުން.

ނޭނގުން

މ. 1 އިޙްސާސް ނުވުން. 2 ދޭހަނުވުން. 3 ނުވިސްނުން. 4 މޭރުންނުވުން.

ނޭވާހިއްލުން

ނ. 1 ނޭވާލާން ދަތިވުމުގެ ސަބަބުން ހަށިގަނޑަށް ކެކުޅުން ލިބޭ ބައްޔެއް. މިޔަށް "ހިއްލުން" "ދެއްމުން" "ނޭވާޔަށް އުދަގޫވުން" މި ނަންނަމުންވެސް ކިޔައެވެ. 2 ނޭވާލުން ދަތިވުމުގެ ސަބަބުން ހަށިގަނޑަށް ކެކުޅުން ލިބުން.

ނޭވާހޮޅިޔަށް އެޅުން

މ. ފުރާނަދާން ކައިރިވާއިރު، މުޅިހަށިގަނޑަށް ބާރުކޮށްގެން ނޫނީ ނޭވާ ނުލެވޭ ގޮތްވުން. މިހާލުގައި ގިނައިން ނޭވާލެވޭނީ އަނގައިންނެވެ. ބައެއް ފަހަރަށް ކަރުތެރެއިން އަޑުކިޔާ ގޮތްވެސްވެއެވެ.

ނޭވާނުފެތުން

މ. ނޭވާހަށްޓަށް ނުފެތުން.

ނޭވާކޮޅަށްދިއުން

މ. 1 ނޭވާނުލާ ހުރެވޭ އެންމެ ގިނައިރުވުން. 2 ނޭވާ ހުސްވުން. 3 [މަޖާޒު] ކަމެއް ކުރަމުންގޮސް އެކަމެއް ވެވޭންހުރި ހުރިހައިގޮތް ހުސްވުން.

ނޭވާއެޅުން

މ. ނޭވާގެ ހޫނުކަން ފޯރާ ފަށުން އެއްޗަކަށް ނުވަތަ މީހަކާ ދިމާކޮށް ނޭވާލުން.

ނޭވާފެތުން

މ. ހަމަޔަށް ނޭވާލެވުން.

ނޭވާޖެހުން

މ. 1 ނޭވާދަތިވުމަށްފަހު ނޭވާ ހަމަޖެހުން. 2 [މަޖާޒު] ދަތިކަމެއް ލިބުމަށްފަހު ހަމަޖެހިލުމެއް ލިބުން.

ނޭޒާ

ނ. 1 ހަނގުރާމަވެރިން ގެންގުޅޭ އެއްކޮޅު ތޫނު ދަގަނޑު ހަތިޔާރެއް. 2 ވަޖިދުވާ މީހުން ގެންގުޅޭ ހިމަ ދަގަނޑެއް.

ނޮޅުން

މ. 1 ކުދިގަސްތަކެއް އުފުރުން. 2 ގަހަކުން ފަތް ވަކިކުރުން. 3 ތަނޑުން ފަތް އުފުރުން. 4 ތޮށިދޫ މޭވާއާއި ތަރުކާރީގެ ތޮށި ފިލުވުން. 5 ބަކަރި ކުކުޅުފަދަ ތަކެތީގެ ހަން ފިލުވުން. 6 ދޫނިސޫފާސޫފީގެ ފަތް އުފުރުން. 7 ވީދާ ވަކިއަޅާ ހެދުން. 8 ކުކުޅު ބިސްފަދަ ތަކެތިން ތޮށި ފިލުވުން. 9 ހަށިގަނޑުން ފޮޅިފައިހުންނަ ހަންކޮޅުކޮޅު ނެއްޓުން.

ނޮޅާލުން

މ. 1 ނޮޅުން މިބަސްލުއިކޮށް ބުނެއުޅޭގޮތް. 2 [މަޖާޒު] ލޭކޮށާލާ ވަރަށް މީހަކަށް ޖިސްމާނީ ގޮތުން ގެއްލުން ދިނުން. 3 [މަޖާޒު] މާލީގޮތުން މީހެއްގެ ދުވަސް ދުއްވައިލުން. 4 މީހަކު ދެއްކި ވާހަކައެއް ބޭޒާރު ކުރުމުގެ ގޮތުން އަނެކާގާތު ދެއްކުން.

ނޯށުންރުއިން

މ. 1 ހިތާމައިގެ އަސަރު އެންމެމަތީ ދަރަޖައަށް ކުރުން. 2 ހިތާމައިގެ އަސަރު ވަންހަނާ ކުރުން.

ނޯށުންކާންދިނުން

މ. ދިޔާކޮށްފައި ހުންނަ ކާތަކެތި ނޭފަތުގެ ތެރެއިން ބަނޑަށް ފޮނުވުން. މިހެން ހަދަނީ ނޭފަތުގެ ތެރެއިން ބަނޑަށް ހޮޅިލައްވައިގެންނެވެ.

ނޯށްބަބުރު

ނ. ކަހަރުވައް ގަސް.

ނޯށްގަނޑުމަސް

ނ. (އ) ބޮޑެތިހަނދި.

ނޯބެލްއިނާމު

ނ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެކި ރޮނގުރޮނގުން ޚާއްޞަ ޚިދުމަތްކުރާ މީހުންނަށް އަހަރަކު އެއް ފަހަރު ދެވޭ އިނާމެއް. މިއިނާމަކީ، އަލްފްރެޑް ނޯބެލްގެ ވަޞިއްޔަތަކާ ގުޅިގެން ޞުލްޙައަށާއި، އަދަބިއްޔާތަށާއި، ބޭސްވެރިކަމަށާއި ސައިންސްގެ އާހޯދުންތައްފަދަ ކަންކަމަށް ދެވޭ ބައިނަލްއަޤްވާމީ އިނާމެކެވެ.

ނޯއްބަބުރު

ނ. ކަހަރުވައް ގަސް.

ނޯޓިސް

ނ. 1 އިޢުލާން. 2 މީހަކަށް ނުވަތަ ބަޔަކަށް ކަމެއް އެންގުމަށްޓަކައި ލިޔެފައިވާ ލިޔުން.

ނޯޓިސްބޯޑު

ނ. އަންގަންޖެހޭ ކަންތައްތަކާއި ހަނދާންކުރަންޖެހޭ ކަންތައްތައް އޮޅުން ފިލާގޮތަށް ހުންނަ ބޯޑު.

ނޯޓިސްދިނުން

މ. 1 އިޢުލާން ކުރުން. 2 މީހަކު ނުވަތަ ބަޔަކު ކަނޑައެޅި ގޮތެއް އެޔާބެހޭ ބަޔަކަށް އެންގުން.

ނޯޓު

ނ. 1 ހަނދާނަކަށް ލިޔެލާ އެއްޗެއް. 2 ކުރުބަޔާން. 3 ބަހެއް ބަޔާން ކުރުމަށް ލިޔުމެއްގެ ތިރީގައި ލިޔާ ލިޔުން. 4 (މަލިކު) ނޫޓު.

ނޯޓުކުރުން

މ. ކަމެއް ހަނދާން ބެހެއްޓުމަށްޓަކައި އެކަމެއްވާހައި ކުރުކޮށް ލިޔެލުން.

ނޯޓުފޮތް

ނ. ހަނދާނަކަށް ތަކެތި ލިޔާން ގެންގުޅޭ ފޮތް.

ރ

އ. ތާނައިގެ ހަތަރުވަނަ އަކުރު.

ރަހަ

ނ. 1 ދުލުގައި ހުންނަ ގްލޭންޑްތަކުގެ އެހީގައި އެއްޗަކީ، ކުޅިއެއްޗެއްކަން ނުވަތަ ފޮނި އެއްޗެއްކަން ނުވަތަ ލޮނު އެއްޗެއްކަން ނުވަތަ ހުތް އެއްޗެއްކަން ނުވަތަ ހިތި އެއްޗެއްކަން ނުވަތަ އެހެންވެސް ރަހައެއްލާ އެއްޗެއްކަން އެނގުމުގެ ޙިއްޞު ނުވަތަ ބާރު. 2 އެމީހެއްގައި ހުންނަ ވަކި އެއްޗަކަށް ގަބޫލުވާ ނުވަތަ ވަކި ކަހަލަ ގޮތަކަށް ހެދުން އަޅާ ސިފަ. 3 ދިރޭރަހަ.

ރަހަބެލުން

މ. ދުލުކުރީގައި ޖައްސައިގެން ތަކެތީގައި ހުންނަ ރަހަ އޮޅުން ފިލުވުން.

ރަހަކުރުން

މ. ރަހަފަތިގަނޑުން ނުވަތަ ފެންހޮޅިއެއް ބޭނުންކޮށްގެން ތަންތަން ހަމަކުރުން ނުވަތަ ތެދުކުރުން.

ރަހައައުން

މ. 1 ކައްކާތަކެތީގައި ހުންނަންވީ ރަހަ، ކެކޭ އެއްޗަކަށް ލިބުން. 2 ކޭއެއްޗެތީގެ ރަހަ އަނގަޔަށް އައުން.

ރަހައެނގުން

މ. 1 އެއްޗެއްގައިލަނީ ފޮނިރަހަކަން، ލޮނުރަހަކަން، ހުތްރަހަކަން ނުވަތަ ކުޅިރަހަކަން، ހިތިރަހަކަން އިހުސާސްވުން. 2 [މަޖާޒު] އަންހެނެއްގެގޮތް ބާވަތް އެނގުން.

ރަހަފަތި

މ. ރަހަކުރަން ގެންގުޅޭ ފަތިގަނޑު.

ރަހަފަތިގަނޑު

ނ. 1 ރަހަކުރަން ގެންގުޅޭ ފަތިގަނޑު. 2 ބޮކިފަތިގަނޑު. 3 ރަހަފޮދު.

ރަހަފޮށި

ނ. އުދަރެސް ނުފެންނަ ތަންތާނގައި ފިލާއަޅާއިރު އިރުބަލާން ދިރޭރަހަ އަޅައިފައި ހުންނަ ފޮށްޓެއް.

ރަހަފޮދު

ނ. ރަހަފަތިގަނޑު.

ރަހަދިނުން

މ. ރަހަލުން.

ރަހަދެއްކުން

1 އެއްޗެއްގެ ރަހައެހެން މީހަކަށް އެނގޭނެގޮތް ހެދުން. 2 ކާއެއްޗަކުން ކުޑަ އެތިކޮޅެއް ދިނުން. 3 ނުބައިކަމަކަށް ބަދަލު ދިނުން. 4 ލޯނު ދެއްކުން.

ރަހަލިބުން

މ. 1 އެއްޗެއްގެ ރަހަ އެނގުން. 2 [މަޖާޒު] ކުޅަ ނުބައިކަމެއްގެ ނަތީޖާ ލިބުން.

ރަހަލުން

މ. 1 ރަހަދިނުން. 2 ބިއްލޫރިގައި ދިރޭރަހަ އުނގުޅުން. [މަޖާޒު] 3 ކުޅަކުށަކުން ބޮނޑިއެއް ލިބުން. 4 ކުށަކަށް އަދަބު ލިބުން.

ރަހަލެއްވުން

މ. ރަހަދޭގޮތް ހެދުން.

ރަހަޔަކުންރަހަޔެއްނެތް

ނއ. 1 މީރުކަމެއްނެތް. 2 ކާހިތްވާގޮތެއް ނެތް. 3 އެއްވެސް ރަހަޔެއް ނެތް.

ރަހާ

ނ. 1 ރަސްގެފާނު . 2 އައްޑޫ (އިސްދޫ) ޢަލީ ރަސްގެފާނުންގެ ދަރިކޮޅުގެ ފިރިހެނުންގެ ނަމުގެ ފަހަތަށް އިތުރުކުރާނަމެއް މިސާލު: ހުސެންރަހާ، ދޮންރަހާ. 3 ރަށުން ފަށައިގެން ތޮށްޓާ ދިމާޔަށް ނުވަތަ ތޮށިން ފަށައިގެން ރަށާ ދިމާއަށް ހެދިފައި ހުންނަ ހުރާގަނޑު.

ރަހީނުކުރުން

މ. ވަކިމަޤްޞަދެއް ހާޞިލު ކުރުމަށްޓަކައި ގަދަކަމުން މީހަކު ނުވަތަ ބަޔަކު ހިފެހެއްޓުން.

ރަހުނު

ނ. މީހަކު އަތުން ދަރަންޏަށް ފައިސާ ނަގާއިރު އޭގެ ބަދަލުގައި ބަހައްޓާއެތި.

ރަށުފަންޑިތަ

ނ. ރަށަށްހަދާ ފަންޑިތަ. (މަސްވެރިކަމާއި ދަނޑުވެރިކަން ދެރަވުމުން ރަށުގައި ވަޙުތާންޖަހައި ފިލި، ކުދެހިގަސް އިންދައި ތަވީދު ވަޅުގައި ހަދާ ފަންޑިތަ)

ރަށްކޮޅުމާމެލިދައިތަ

ނ. ރަށުގެ މީހުންނާ ދުރުގައި އިންނަކަމުގައި ފުލޯކު ވާހަކައިގައިކިޔާ ފަގީރު މުސްކުޅި އަންހެނެއް.

ރަށްމާލޫދު

ނ. ރަޖަބުމަހު ހަތާވީސް ވިލޭރޭގައި މާލޭގައި ކިޔައި އުޅުނު ރަސްމީ މައުލޫދު.

ރަށްމެދަށް ބަލިވެއިނުން

މ. ނަހަލާލަށް ބަލިވެ އިނުން.

ރަށްމެދަށް ވިހެއުން

މ. ނަހަލާލަށް ވިހެއުން.

ރަށްމެދަށް ފޫޅުކެނޑުން

މ. ނަހަލާލަށް ވިހޭކުއްޖެއްކަމުގައި ފޫޅުކެނޑުން.

ރަށްފުށް

ނ. 1 މާލެ ފިޔަވައި ރާއްޖޭގައި މީހުންއުޅޭ ރަށްރަށް. 2 ގައުމުތަކުގައި އޮންނަ ރަށްވެހިކަންކުޑަ ސަރަހައްދުތައް.

ރަށްގޮނޑުވުން

މ. 1 ރަށާ ކައިރިވުން. 2 ރަށު ތެރެހަޑިވުން.

ރަށްގޮވާއަޑު

ނ. 1 ރަށުތެރޭ ގިނަބައެއްގެ ތުންތުންމަތިން ދައްކާ ވާހަކަ. 2 ރައްދުއަޑު. 3 ތަނެއްގައި ޖެހިފައި އެނބުރި އަންނަ އަޑު.

ރަށްގޮވުން

މ. 1 މުޅިރަށަށް ފެތުރިގެން ވާހަކައެއް ދެކެވުން. 2 ބައެއް ހާލެއްގައި ރޭގަނޑަށް ރަށުތެރޭން އިވޭކަމަށް ބުނާއަޑެއް. މިއަޑުއިވެނީ ކިޔަވާ އަޑު މާދުރުން އިވޭކަހަލަ ގޮތަކަށެވެ.

ރަނބަ

ނ. ދެ އަންހެނަކު ނުވަތަ އެއަށްވުރެ ގިނަ އަންހެނުން އޮލަކޮށް ދައްކާ ވާހަކަ.

ރަނބަހެލުވުން

މ. ދެއަންހެނަކު ނުވަތަ އެއަށްވުރެގިނަ އަންހެނުން އޮލަކޮށް ވާހަކަދެއްކުން.

ރަނބާލި

ނ. (ހ) 1 އެމުގެ ބާވަތެއް. މިހުންނާނީ ކަޅުކޮށް ހުރަހަށް ރޮނގު ދަމާފައެވެ. މިއުޅެނީ ބުރެކި މުގުރާން ތެރޭގައެވެ. 2 (ސ) ރަތް ބުރަކި.

ރަނބާލިކަކުނި

ނ. ކަކުނީގެ ބާވަތެއް. މިއީ އާނުގަނޑު ކައިރީގައި އުޅޭކަޅުކުލައިގެ ހަލުއި ކަކުންޏެކެވެ.

ރަނގަ

ނ. 1 ތަންތާނގައި ލާ ދަވާދު. 2 ތާސްބައިގައި ހިމެނޭ ހަތަރުބައިން ކުރެ ބައެއް. 3 (ހ) މާރަނގައިގެ ބާވަތެއް.

ރަނގަބީލު

ނ. 1 އެތެރެއަށް ގޮނިކޮށް ހަދައިފައި އޮންނަ މަޢުދަނީ އެއްޗެއް. މިއީ އެތެރެއިން ނުވަތަ ބޭރުން އޭގައި އެއްޗަކުން ޖެހުމުން ރީތި އަޑެއް ކިޔާގޮތަށް ހަދައިފައި ހުންނަ އެއްޗެކެވެ. 2 ރަނގަބީލު ބޭނުންކުރާގޮތަށް ބޭނުން ކުރުމަށް ތަފާތު ގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗެހި.

ރަނގަޅު

ނއ. 1 ކަމުދާ. 2 ރީތި. 3 ހެޔޮ. 4 ނުބައިގެ އިދިކޮޅު. 5 ޞައްޙަ. 6 ފުރިހަމަ. 7 ކުށެއްނެތް.

ރަނގަޅުކުރުން

މ. 1 ކަމުދާގޮތް ހެދުން. 2 ރީތިކުރުން. 3 ހެޔޮކުރުން. 4 ޞައްޙަކުރުން. 5 ފުރިހަމަކުރުން. 6 ކުށްފިލުވުން.

ރަނގަޅުވުން

މ. 1 ކަމުދިއުން. 2 ރީތިވުން. 3 ހެޔޮވުން. 4 ނުބައިނުވުން. 5 ޞައްޙަވުން. 6 ފުރިހަމަވުން. 7 ކުށެއްނެތުން.

ރަނގަވާޅު

ނ. ކަކުލަށްވުރެ ތަންކޮޅެއް ތިރިޔަށް ދިގުމިން ހުންނަ ފައިކުރިފުޅާ ހަރުވާޅެއް.

ރަނގަލުން

މ. ދަވާދުލުން. މިބަސް ގިނައިން ބޭނުންކުރަނީ ދޯނިފަހަރުގައި ދަވާދުލުމަށެވެ.

ރަނޑު

ނ. 1 އުޅުމާއި ޙަރަކާތްތަކުގައި މިނަށްވުރެން ބޮޑަށް ޖައްސާ އަންހެން ވައްތަރު. 2 އަންހެންދުޅާ ފިރިހެނުން ޖައްސާ އަންހެން ވައްތަރު. 3 ޅައަންހެން ކުދިން ޖައްސާ ހަރު އަންހެނުންގެ ވައްތަރު. 4 ޖޯޑު ހަމައަށް ނެތިގެން ކޮންމެ ދޫންޏަކާ އަޅާގޮވާ ކާކާލާ ވައްލަޔާއި ބިސް ފީވެގެން ދުވަސް ހަމަވާއިރު ނުވިހާ ކުކުޅުފަދަ ބައެއް އެއްޗެތި ސޭކުވެގެން އުޅޭގޮތް.

ރަނޑުރިހި

ނ. ހަނގު ބޭކަލަކު މީހަކާ ކައިވެނި ކުރެއްވުމަށްފަހު، ވަރިކުރައްވާފާ ދެން މީހަކާ ކައިވެނި ނުކުރައްވާ ހުންނަވާތާ އަހަރުވީމާ ނަގައި އުޅުނު ލާރި.

ރަނޑުކަން

ނއނ. 1 އުޅުމާއި ޙަރަކާތ