ބަސްފޮތް
<< ފުރަތަމަ ޞަފްޙާ | "ޅ" އަށް ދިއުމަށް

ޅަ

ނއ
  • ނ. އޮޑިދޯނި ފަހަރުގެ ވަތުތެރޭގައި އެއްޗެހި ބަހައްޓަން ހުރަހަށް ބަހައްޓާ ލަކުޑި އާއި ދަނޑިފަދަ ތަކެތި.
  • ހަރުކަމުގެ އިދިކޮޅު. މިސާލު: (ހ) މިއީ ޅަ އަނބެކެވެ. (ށ) މިފާރު އަދި މާ ޅަ އެވެ.
  • ޢުމުރުން ހަގު.
  • ހިލާއެއްޗެއް ހެއުވަރަށް ވަރުނުވާ. މިސާލު: މެޓާގަނޑު ހަރުވާ ވަރަށްވުރެ މާ ޅައެވެ.
  • ވިސްނުންދެރަ. މިސާލު: އޭނާގެ ވިސްނުން މާ ޅައީއެވެ.
  • ވައިމަތިން ވިއްސާރަގަނޑެއް އަންނާން ކައިރިވާ ވައްތަރު. މިސާލު: ވައިމަތި މުޅިން ޅަ ކޮށްލައިފިއެވެ.
  • ވަކިޒާތެއްގެ ބޭހެއްކުރުމުން ހަށިގަނޑަށް ލިބޭ ބާވަތެއްގެ ދެރައެއް. މިސާލު: ތިޔަ ހުޅު ހަމަޖެއްސޭނީ ބޭސްގަނޑެއް އަޅައި ކަށި ޅަ ކޮށްގެންނެވެ.
  • ތަޖުރިބާމަދު. މިސާލު: މިމަސައްކަތަށް އޭނާ އަދި މާ ޅަވާނެއެވެ.